Skip to content
އެސްފިޔަ
PRO · MVR 2.00

މަޢާފް އެދެމުން 39

“އަހަރެން ހީކުރީ މިއަދު ނާންނާނެ ކަމަށް” ގަސްތަކާ ނުލާ ރީވާގެ ދުލުން އެ ބަސްތައް ބުނެވުނެވެ.
ރީވާގެ އެހެން ބުނެލި ގޮތުން އާރިޝްގެ ހިތަށް ގޮތެއް ވެލިއެވެ. އާރިޝްއާ މެދު ރީވާއަށް އެއްވެސް ޔަގީންކަމެއް ނެތްކަން އެ ބަސް ބުނެލި ގޮތުން އާރިޝްއަށް ވިސްނުނެވެ. އެހެން އެވީ އާރިޝްއަށް ކަންތައް ކުރެވޭ ގޮތުން ކަން އާރިޝްއަށް އެނގެއެވެ. އާރިޝްގެ ސަބަބުން ރީވާގެ ހިތަށް ތަދުވާކަން އެނގުމުން އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އެ ދެމީހުން ގުޅުމަށް އެހެން ޙާލަތެއް މެދުވެރިވި ނަމައޭ އާރިޝްގެ ހިތަށް އެރިއެވެ.
ހިތާ ސިކުނޑިއަށް ވެރިވަމުން ދިޔަ ނޭދެވޭ ޚިޔާލުތަކުން މިނިވަން ވުމަށް މަސައްކަތް ކުރަމުން އާރިޝް ރީވާ އުރާލިއެވެ. ސިހިގެން ދިޔަ ރީވާ އާރިޝްގެ ނަމުން ގޮވާލަމުން އާރިޝްގެ އުނަގަނޑުގައި ދެފައި އަޅުވާލިއެވެ. އެއާއެކު ރީވާގެ ކަންފަތް ކައިރީ އާރިޝް ސިއްރުން ބުނެލި ދެތިން ބަސް އަޑު އިވުމުން ރީވާގެ މޫނު ރަތްވެގެން ދިޔައެވެ. ބާރަށް ހީލަމުން އާރިޝް ރީވާގެ މޫނުގައި ބޮސްދިނެވެ.

އޭގެ ފަހުން ހަފްތާއެއް ވެގެން ދިޔަ އިރު ލައިރާއަށް ޖަވާބެއް ދޭން ރީވާ ހަނދާނެއް ނެތެވެ. ރީވާގެ ޖަވާބެއްގެ އިންތިޒާރުގައި ހުރި ލައިރާ އ…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.