
މަޢާފް އެދެމުން 35

ފެންނަމުން ދިޔަ މަންޒަރަށްވެސް ރީވާގެ ސަމާލުކަމެއް ނުދެވުނެވެ. އެހެން އޮވެފައި ރީވާ ސިހުނީ ދޮރު ހުޅުވާލުމުންނެވެ. ރީވާއަށް ފުންމައިގެން ތެދުވެވުނު އިރު އާރިޝް ވަދެ ދޮރު ލައްޕާލީއެވެ.
“އަހަންނޭ” ރީވާއަށް ވީ ގޮތް ފެނިފައި އާރިޝް ބުންޏެވެ.
އާރިޝް ފެނުމުން އުފާވުމުގެ ބަދަލުގައި ރީވާއަށް އާދެވުނީ ރުޅިއެވެ. އެއްޗެއް ނުބުނެ ރީވާ ތެދުވީ އެއްޗެހި ބަދަލު ކޮށްލަން ދާށެވެ. ނަމަވެސް ކޮޓަރިއަށް ވަދެ ރީވާއަށް ދޮރު ލައްޕާ ނުލެވެނީސް އާރިޝް ފަހަތުން ވަނެވެ.
“ޗޭންޖް ކޮށްގެން މި ނިކުންނަނީ” ރީވާ މަޑުކޮށްނުލާ އެހެން ބުނަމުން އަލަމާރި ހުޅުވާލިއެވެ.
“އައިމް ސޮރީ!” ފަހަތުން އައިސް ރީވާ ގައިގައި ބައްދާލަމުން އާރިޝް މާފަށް އެދުނެވެ.
“އަހަރެން ކައިރިން އާރިޝް މާފަށް އެދޭކަށް ނުޖެހޭނެ” އާރިޝްގެ އަތުތެރެއިން ނިކުންނަން ގަދަ ހަދާލަމުން ރީވާ ބުންޏެވެ. އާރިޝް ދެކެ ރުޅި އައިސްފައި ހުރި ކަން ނުދައްކަން ހުރި ނަމަވެސް ހިތުގައި ވި ޝަކުވާތަކުގެ ސަބަބުން ރީވާއަށް އެ ރުޅި އިސްކުރެވުނީއެވެ.
“ޖެހޭނެ… ސޮރީ ގުޅާ ނުލެވުނީމަ… ވީ ގޮތް ނުބުނެވުނީމަ” ރީވާގެ ބަނޑާ ދިމާލުން ދެ އަތަށް ބާރުކޮށްލާފައި ރީވާގެ ބޮލުގައި ނިތްކުރި ޖައްސާލަމުނ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.