“އަސްލު ކިހިނެއް ވީ؟ ސަލަފްއާ ނާބިއާ އެ ހިސާބުން އެ މީހުންނާ ދިމާވީ ކިހިނެއް؟” ވާހަކަ ނުދައްކާ އިރުކޮޅަކު އިނދެފައި އާރިޝް އެހިއެވެ. ސަލަފްއާ ނާބިތު އެކަކު އަނެކަކަށް ބަލާލިއެވެ. ދެ މީހުންނަށްވެސް އެ ވަގުތުކޮޅު ލޯމަތިން ސިފަވެގެން ދިޔަ ކަހަލައެވެ. އަލްޔާ ދެއްކި ވާހަކަވެސް ދެ މީހުން ހަނދާން ހުއްޓެވެ. އަލްޔާ އެހާ ކަންބޮޑުވެފައި ހުރީ ކީއްވެ ކަން މުޅިން ސާފުނުވި ނަމަވެސް ރިޔާންއާ އަލްޔާގެ މެދުގައި ހަމަނުޖެހުމެއް އުފެދެން މެދުވެރިވި ސަބަބާ މެދު ދެ […]
ކާރުގައި ދިޔަ ނާބިތުއަށް ވުރެ ކުރިން ރިޔާން ހުރި ހިސާބަށް ދެވުނީ ސައިކަލުގައި ދިޔަ ސަލަފްއަށެވެ. އެ ހިސާބުން ސަލަފްއަށް ފެނުނީ ހީކުރި ފަދަ މަންޒަރެއް ނޫނެވެ. ނާބިތުއަށް ގުޅާފައި ރިޔާން މަސައްކަތް ކުރީ އަލްޔާ ހަމަޖެއްސޭތޯއެވެ. “އަލްޔާ، ހަމަޖެހިބަލަ… ހުއްޓާލާ ދެން… އިރުކޮޅަކުން ނާބި އައީމަ ގެއަށް ދާނީ…” ރިޔާން ބުންޏެވެ. “ރިޔާންއަކަށް ނުފެނޭތަ…؟ އެންމެން އެ ބޭބީއާއިގެން އުޅޭ ގޮތް ނުފެނޭތަ؟ އަހަރެންގެ މަންމަވެސް… އަހަރެން ވިހެއީމަ އެކަކުވެސް އެހެން އުޅޭނެތަ؟ މީ […]
ނަމަވެސް ކުއްލިއަކަށް ރިޔާންގެ ހިތުގައި ޝައްކު އުފެދިއްޖެއެވެ. ކުރިން ނުފެނުނު އެތައް ހުރަސްތަކެއް ރިޔާންއަށް ސިފަވާން ފެށިއެވެ. ދުވަހަކުވެސް ކަމަކަށް ބޭނުންވެފައި ނުވާ ވަރަށް ރިޔާން ލައިރާއަށް އެދެއެވެ. އެ އެދުން ފުރިހަމަ ނުވެއްޖެ ނަމަ ރިޔާންއަކަށް ކެތެއް ނުކުރެވޭނެއެވެ. ލައިރާއާ ވަކިން ރިޔާންއަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އަދި އަމްދުން ރިޔާންއަށް ނިންމުނު ނިންމުމެއްގެ ސަބަބުން އެހެން ވެއްޖެ ނަމަ ރިޔާން މޮޔަވެދާނެއެވެ. ހިތަށް އަރަމުން ދިޔަ ނޭދެވޭ ޚިޔާލުތަކުން ރިޔާންގެ މޭ ފިތެން ފެށި ކަހަލައެވެ. […]
ޚިޔާލު ބަދަލު ވީ އަލްޔާގެއެވެ. އެހެން ކަމަކަށް އެދެން ފެށީ އަލްޔާގެ ހިތެވެ. އެ ހިތުގެ އެދުމަށް ބޯ ލެނބެން ނެތްކަން އަލްޔާއަށް ވިސްނެއެވެ. ނަމަވެސް ހިތަކީ ފާޑެއްގެ އެއްޗެކެވެ. މީހާގެ ބާރެއް އޭގެ މައްޗަށް ނުހިނގާ ގުނަވަނެކެވެ. އެ ހިތް އަލްޔާގެ އަމުރަށް ކިޔަމަނެއް ނުވެއެވެ. ރިޔާންއަށް އެދުމަކީ ގޯހެއް ކަން އެނގޭ އިރުވެސް ހިތް އެދެނީއެވެ. “އަލްޔާ…” ރިޔާން ގޮވާލިއެވެ. ހިތާ ސިކުނޑީގައި އެނބުރެމުން ދިޔަ ޚިޔާލުތަކުން ނިކުމެ އަލްޔާ ރިޔާންއަށް ބަލާލިއެވެ. “ހިނގާ […]
“ސޮރީ…” ރިޔާން މާފަށް އެދުނެވެ. ދެ މީހުންނަށް ތިބެވުނީ އެނދުގެ މެދުގައި އެކަކު އަނެކަކުގެ ގައިގައި ކިރިޔާ ނުޖެހޭހާ ކައިރީގައި ކަން އެނގި ރިޔާން ދުރަށް ޖެހިލަން އުޅުނެވެ. “ރިޔާން…” އަލްޔާ ގޮވާލުމުން ރިޔާން ބަލާލިއެވެ. އެއްޗެއް ނުބުނެ ކައިރިއަށް ޖެހިލަމުން އަލްޔާ ރިޔާންގެ ގައިގައި ބައްދާލިއެވެ. އެއީ އެ ދެމެދުގައި އާ ކަމެއް ނޫނެވެ. އަލްޔާއަށް ނިދަން އުނދަގޫވެ އެ ގޮތަށް ރިޔާން ގައިގައި ބައްދާލައިގެން އޮވެ ނިދުމުން ރިޔާން ތެދުވެގެން ގޮސް ސޯފާގައި ނިދާ […]
“އަދި ރޯކަށް ނުވެއެއްނު؟ ހުއްޓާލަބަލަ…” ކުޑަ އިރުން ފެށިގެންވެސް ބޭނުން ކަމެއް ނުވެގެން އިނާރާ ރޯތަން ދުށުމަކީ އިބާދާއަށް ކުރެވުނު ކަމެއް ނޫނެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އިނާރާ އަދި އިމާޒް ބޭނުންވާ ކަމެއް އިބާދާ ކޮށްދެއެވެ. އާރިޝްއާ ވާހަކަ ދައްކަން އިބާދާ ނަސޭޙަތް ދިން ނަމަވެސް އިނާރާ އެއްބަހެއް ނުވިއެވެ. އިބާދާ ނޫން މީހެއް ގާތު އެ ވާހަކަ ނުވެސް ބުނެއެވެ. އިނާރާގެ ފަރާތުން މާމަ ދަރިފުޅެއް ލިބެން އުޅޭތީ އެކަމާ އުފާވި ނަމަވެސް […]
އަލްޔާގެ ފިރިއެއްގެ ގޮތުގައި ހުރިހާ ދުވަހަކު ލައިރާއާ އެއްވެސް ގުޅުމެއް ނުބޭއްވުމަށް ލައިރާ ކަނޑައެޅި ޝަރުތު ރިޔާން ގަބޫލު ކުރީ އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ރިޔާންވެސް ގަބޫލު ކުރާތީއެވެ. ކުރިންވެސް އެ ދެމެދުގައި ވާހަކަ ދެކެވުނު ގޮތަށް، ވިހެއުމަށް ފަހު ދެ މީހުން ވަކިވުމަށް އަލްޔާ އެއްބަސްވިއެވެ. ދެ ހަފްތާ ފަހުން ރިޔާންއާ އަލްޔާގެ ކައިވެނި ކުރެވުނެވެ. ޝީލާ އެދުނީ އަލްޔާއާ ރިޔާން، ޝީލާމެންނާ އެކު ދިރިއުޅެން ނަމަވެސް، ރިޔާންއަށް އެ ގޮތް […]
“ވަޓް!؟” “ނޯ ވޭ!” “އާރިޝް މޮޔަވީތަ؟” ޔަޒްދާންއާ ސަލަފްއާ ނާބިތު އެއްފަހަރާ ބުންޏެވެ. “އަމިއްލައަށް އެއްބަސް ނުވި ނަމަ އަހަންނަށްވެސް ގަބޫލު ނުކުރެވުނީސް އެއީ އެހާވަރުގެ *** އެއް ކަން” ދެންވެސް އާރިޝް ބުންޏެވެ. “އާރިޝް…” ރިޔާން އެއްޗެއް ބުނަން އުޅުނެވެ. “ޑޯންޓް ސޭ މައި ނޭމް ޔޫ **” ކުރިއަށް ފިޔަވަޅެއް އަޅާލަމުން އާރިޝް ހަޅޭލަވައިގަތެވެ. އެކަކުވެސް އެއްޗެއް ނުބުނެ ތިބީ އާރިޝް ބުނީ ތެދެއް ކަން ގަބޫލު ނުކުރެވިފައެވެ. “ރިޔާން، ތެދެއްތަ އެއީ؟” ރިޔާންގެ […]
“ލައި… އެއްޗެއް ބުނެބަލަ!” ރިޔާން ވާހަކަ ދައްކާ ނިމުނު ފަހުން އެތައް އިރެއް ވީ އިރުވެސް ލައިރާ އެއްޗެއް ނުބުނުމުން ރިޔާން އެދުނެވެ. “އަހަރެން ކީކޭ ބުނަން ވީ؟ ދެ އަހަރު ފަހުން އައީ ރިޔާންގެ ފަރާތުން މި ކަހަލަ ވާހަކައެއް އަޑު އިވޭނެ ކަމަކަށް ނޫން. އަހަންނަށް ދެ އަހަރު ވަންދެން ބޭކާރު އިންތިޒާރެއްތަ މި ކުރެވުނީ؟ އެހާ ދުވަސް ފަހުން ރިޔާންގެ އަނތްބަކަށް ވެވޭނެ ކަމަށް ކުރެވުނު އުންމީދު ހުވަފެނަކަށްތަ ވާނީ؟ އަހަރެން އެކަނިތަ […]