Skip to content
އެސްފިޔަ
PRO · MVR 2.00

މަޢާފް އެދެމުން 42

އާރިޝްއަށް ކަންތައް ކުރެވުނީ އެންމެ ރަނގަޅަކަށް ނޫނެވެ. އެހެން ހުރިހާ ޖަޒްބާތެއްގެ މައްޗަށް ރުޅި ގަދަވެގެންފައިވީ ވަގުތެއްގައި ރަނގަޅު ނިންމުމެއް ނުނިންމޭނެއެވެ. އާރިޝްއަށް ވީ އެހެންނެވެ. ރިޔާން ދެކެ އައިސްފައި ހުރި ރުޅީގައި ރީވާއާ މެދު ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫނެވެ. އަޒްހަރުއާ ޔަޒްދާން ވިސްނައިދޭން އުޅުނީ ކޮން ކަމެއް ކަން އާރިޝްއަށް ވިސްނުނީ އަދި ކިރިޔާއެވެ. ރީވާއާ މެދު ކަންތައް ވަމުން ދަނީ ކިހާ ނާއިންސާފުން ކަން ރީވާގެ އެ ކުޑަކުޑަ ޝަކުވާގެ ސަބަބުން އާރިޝްއަށް އިހުސާސް ކުރެވިއްޖެއެވެ. ރީވާއަށްވެސް ފުރިހަމަ އުފަލާ ހިތްހަމަޖެހުން ހައްގެވެ. ރީވާގެ ޙަޔާތަށް އަންނަން ޖެހޭނީ ރީވާ ދެކެ ހިތާ ފުރާނައިން ލޯބިވާ، އެހެން ހުރިހާ ކަމަކަށް ވުރެ ރީވާއަށް އިސްކަން ދޭނެ މީހެކެވެ.
ކުރެވުނީ ކިހާ ވަރެއްގެ ކުށެއް ކަން އިހުސާސް ކުރެވި އާރިޝްގެ ހިތް ގެނބިގެން ދިޔަ ކަހަލައެވެ. އާރިޝް ފަދަ މީހަކަށް ރީވާގެ ލޯބި ލިބުން ހައްގެއް ނޫނެވެ. އާރިޝް ދެކެ ރީވާ ލޯބި ވާކަން އެނގި ހުރެ ރީވާއާ މެދު ކަންތައް ކުރެވުނު ގޮތް ހިތަށް އެރުމުން ކުރެވުނު ކުށްވެރި އިހުސާސުން މޭ ފިތިގެން ދިޔުމާއެކު އާރިޝްއަށް މޭގައި އަތް ޖައްސާ…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.