Skip to content
އެސްފިޔަ
PRO · MVR 2.00

މަޢާފް އެދެމުން 38

“އަހަރެން… އަހަރެން… ރީވާ…” އާރިޝްއަށް ހިތުގައިވި އިހުސާސްތައް ބަސްތަކެއްގެ ގޮތުގައި ބޭރުކުރަން އުނދަގޫވިއެވެ. އެއްޗެއް ބުނަން ފަށާފައިވެސް އާރިޝް ހުއްޓުނެވެ.
އާރިޝްއަށް ބަލަން އިން ރީވާ އިސްޖަހާލިއެވެ.
“ރީވާ… ޔޫ އާރ ޕްރެޝަސް ޓު މީ… ކްލޯޒަރ ޓު މައި ހާޓް ދޭން އެނީވަން އެލްސް… އަހަރުމެންގެ މެދުގަ ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އެ ކަން ހަނދާން ކުރައްޗޭ” ރީވާގެ އަތްތިލައަށް ބޮސްދީފައި އެ އަތްތިލަ ގެނެސް މޭގައި ޖައްސާލައިގެން އިނދެ ހިތުގައި ވާ އިހުސާސްތައް ރީވާއަށް ބުނެދޭން އާރިޝް މަސައްކަތް ކުރިއެވެ.
ހިތް އެދެމުން ދިޔަ ބަސްތައް އާރިޝް ބުނާނެ ކަމަށް ރީވާއަށް ނޭވާ ހިފަހައްޓާލައިގެން އިނދެވުނެވެ. ނަމަވެސް އާރިޝް އިތުރަށް އެއްޗެއް ނުބުންޏެވެ. އެހެން ވިޔަސް އެ ވަރުން އެ ވަގުތަށް ރީވާ ހިތްހަމަޖެހުނެވެ. ސީދާ ނުބުނި ނަމަވެސް އާރިޝް ބުނަން އެ އުޅުނީ ރީވާ ދެކެ ލޯބިވެއޭ ކަން ރީވާއަށް ޔަގީންވިއެވެ.
ރީވާ އެއްޗެއް ނުބުނެ އާރިޝްގެ އަތްތިލައަށް ބާރުކޮށްލިއެވެ.
“ހިނގާ ދާން ދޯ؟” އަތުކުރީގައި އޮތް ގަޑިއަށް ބަލާލާފައި އާރިޝް ބުންޏެވެ. އެ ވަގުތުކޮޅަށް ނިމުން ގެންނަން ބޭނުން ނުވިޔަސް ރީވާ ބޯ ޖަހާލިއެވެ.
ރީވާގެ…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.