Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެ ލޯބި އަސްލު ހައްޤޭ (14 ވަނަ ބައި)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
December 24, 2016 7 Mins Read
18 Comments

ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުންދާ ހާލު އޮތް އަންޖޫދާއަށް ވިޝާން ބަލާލިއެވެ. އެ މޫނުމަތީގައިވީ ނުލަފާ ހިނިތުންވުމެކެވެ. އަންޖޫދާ އޮތް ހާލުފެނި އެހިތުގައި ރަހުމުގެ ކަންފުޅެއް ވެސް ނުއުފެދުނެވެ.

“ހީކުރީމެއްނު ދޯ މަގޭ ކައިރިން ސަލާމަތްވެވޭނޭ… ހެހެ.. ނުވާނެ އެހެނެއް… މިޔަދު މަ ބޭނުން ކަމެއް މަށަށް ކުރެވޭނެ…” އަންޖޫދާގެ ގާތަށް ފިޔަވަޅު އަޅަމުން ވިޝާން ބުނެލީ ހިނިގަނޑެއް ޖަހާލުމަށްފަހުގައެވެ. އޭރުވެސް އަންޖޫދާ، އަތުގައި އައްސާފައިވާ ވާތައް މޮހެވޭތޯ ތެޅެމުން ދިޔައެވެ.

ވިޝާން އަންޖޫދާގެ ކައިރިއަށް އަންނަމުން ދިޔަވަރަކަށް އަންޖޫދާގެ ހިތުގެ ތެޅުން ބާރުވަމުން ދިޔައެވެ. ވިޝާންގެ ކިބައިން ދެން ސަލާމަތްނުވެވޭނެކަން އެނގުނުހިނދު އޭނާގެ ހިތްވަރު އެލުނެވެ. އަންޖޫދާ އާ ދިމާއަށް ގުދުވެލުމަށްފަހު ވިޝާން އެ ދޮންކޮލަށް ބޮސްދިނެވެ. އަދި އެ ހަށިގަނޑަށް ދަހިވެތި ބެލުމަކުން ބަލާލިއެވެ.

“އަންޖޫ… ޔޫ އާރ ޓޫ ސެކްސީ… ދެން އަހަންނަށް ކިހިނެއް ދޫކޮށްލެވޭނީ..” އެ މޫނުގައި ފިރުމާލަމުން ވިޝާން ވާހަކަދެއްކީ ތަންކޮޅެއް މަޑުންނެވެ. އަންޖޫދާގެ އަނގަމަތީގައި އައްސާފައިވާ ފޮތިގަނޑަށް ބަލާލުމަށްފަހު  އޭނާ ކުސްތަޅާލިއެވެ.

“ތުންފަތުގެ މީރުކަން އަހަންނަކަށް ނުލިބޭނެ ދޯ…” އެހެން ބުނެފައި އޭނާ ޖީބުން ނެގީ ކުޑަވަރެއްގެ ކަތުރެކެވެ. އަންޖޫދާގެ އަނގަމަތީގައި އައްސާފައިވާ ފޮތިގަނޑު ނުނެއްޓޭނެހެން އޭނާ އަންޖޫދާ އަޅައިގެން ހުރި ބުރުގާ ކަފާލީ ފަރުވާތެރިކަމާއެކުގައެވެ. އަދި އެއަށްފަހު އަންޖޫދާގެ ހެދުމުގެ ކަރުވަޅުން ފެށިގެން ތިރިއަށް ހަމަ އެކަތުރުން ކަފާލިއެވެ. އެ ހަށިގަނޑުގެ ވަނާތައް ފާޅުވުމާއެކު ވިޝާންއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. އަންޖޫދާގެ ގައިން ހުރިހާ އަންނައުނެއް ވަކިކުރުމަށްފަހު އޭނާ އެ ހަށިގަނޑުގެ އެތަންމިތާ ބީހެން ފެށިއެވެ. ރޮއިލަ ރޮއިލާ އޮތުން ނޫންކަމެއް އަންޖޫދާއަކަށް ނުކުރެވުނެވެ.

އަންޖޫދާގެ ދޮން ހަށިގަނޑުގައި ބީހެމުން ދިޔަ ވިޝާންގެ ކެތްތެރިކަން ކޮޅުން ލުމާއެކު އޭނާ ލައިގެން ހުރި ޓީޝާޓު އަވަސްކަމާއެކު ބާލައި ތަޅުންގަނޑު މައްޗަށް ވައްޓާލިއެވެ. ލައިގެން ހުރި ޖިންސުގެ ގޮށްތައް ނައްޓަމުން އަންޖޫދާގެ ހަށިގަނޑުގެ މައްޗަށް އެރިތަނާ މީހަކު އޭނާގެ ބޮލުގައި އެއްޗަކުން ޖެހިކަމުގެ އިހުސާސްވެގެން ދިޔައެވެ. ވީތަދުން އޭނާއަށް ބޮލުގައި އަތް އަޅާލަމުން ފަހަތް ބަލާލެވުނެވެ. ބޮޑު ލަކުޑިބުރިއެއް ހިފައިގެން ހުރި ނަޝްފާ ފެނި އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެ ސިހުމުގައި އޭނާ ހުއްޓާ އަނެއްކާވެސް ނަޝްފާ ލަކުޑިބުރިން އޭނާގެ ބޮލުގައި އެތިފަހަރެއް އަޅާލިއެވެ. އެއާއެކު ވިޝާން އެދިމާ ތަޅުން މައްޗަށް ވެއްޓުނީ މޫނުމައްޗަށް އަނދިިރިވާގޮތް ވުމުންނެވެ.

އަވަސް ނޭވާތަކެއް ލަމުން ދިޔަ ނަޝްފާ ވިޝާންއަށް ބަލާލުމަށްފަހު ލަކުޑި ބުރި ތިރިއަށް ވައްޓާލިއެވެ. އަދި އަންޖޫދާ ގާތަށް އައިސް އޭނާގެ އަނގަމަތީގައިވާ ފޮތިގަނޑު ނައްޓާލިއެވެ. ހަތަރެސް ފައި އައްސާފައި ހުރި ވާތައް ނުނެއްޓިގެން އޭނާ ކޮޅުކޮޅަށް ނަޒަރު ހިންގާލިހިނދު ވިޝާން ގެންގުޅުނު ކުޑަ ކަތުރު އޭނާގެ ލޮލުގައި އަޅައިގަތެވެ. އެ ނަގައި ހުރިހާ ވާތަކެއް ކަފާލުމާއެކު އަންޖޫދާ ނަޝްފާގެ ގައިގައި އޮޅުލައިގަތެވެ. ތުރުތުރު އަޅާވަރުން އޭނާއަކަށް ވާހަކައެއް ވެސް ނުދެއްކެއެވެ. މަޑުމަޑުން ގިސްލެވެމުން ދިޔައިރު ރޮއިރޮއި އެ އަޑު ވަނީ ކުރަކިވެފައެވެ.

“ހޭ.. އިޓްސް އޯކޭ އަންޖޫ… ހުއްޓާލާ ދެން…” އަންޖޫދާ މިވަގުތު ގަނެފައިވާ ބިރު އަންޖާޒާކޮށްލެވުމާއެކު ނަޝްފާ މަޑުމަޑުން އަންޖޫދާގެ ބޮލުގައި ފިރުމަމުން ވާހަކަދެއްކިއެވެ. އަދި އޭނާ އަޅުވާފައިވާ ހޭންޑް ބޭގްއިން އޭނާ ގެނައި ހެދުމެއް ނަގައި އަންޖޫދާ އަތަށް ދިނެވެ. އަންޖޫދާގެ އަތް ތުރުތުރު އަޅާ ވަރުން އެ ހެދުން ލުމުގައިވެސް ނަޝްފާ ޖެހުނީ އެހީވާށެވެ. ނަމަވެސް ނަޝްފާ އަތުގައި އެހެން ބުރުގަލެއް ނެތުމުން އޭނާއަށް ޖެހުނީ ބުރުގާ ނާޅާ އެތަނުން ނިކުންނާށެވެ.

އަންޖޫދާގެ ގައިގައި ހިފަހައްޓާލައިގެން ނަޝްފާ އެގެގަނޑުން ނިކުންނަމުން ވެއްޓިފައި އޮތް ވިޝާން އަށް އެއްފަހަރު ބަލާލިއެވެ. އެތަނުން ނިކުތުމާއެކު އެ ދެމީހުންގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ އެގޭގެ ބޭރު ބިތުގައި ލެނގިލައިގެން ހުރެ ގިސްލަމުން ދިޔަ ރިޔާއެވެ. ރޮއިރޮއި އެ ދެލޯ ރަތްވެފައިވީއިރު އޭނާ ހުރީ އަނގަމަތީގައި އެއް އަތް އަޅައިގެންނެވެ. އަންޖޫދާ ފެންނައިރަށް އޭނާ އައިސް އަންޖޫދާ ގައިގައި އޮޅުލައިގަތެވެ.

“އައިމް ސޮރީ އަންޖޫ… އަހަންނާ ހެދި މިހެން މިދިމާވީ… އަހަރެން ވިޝާން އާ ކައިވެނި ނުކުރިނަމަ މިހެން ނުވީސް….” ގިސްލުމުގެ ތެރެއިން ރިޔާ އުނދަގުލާއެކު ބުނެލިއެވެ. ވިޝާންއާ މެދު އެހިތް އެތަށް ހާސް ޝަކުވާއިން ފުރިފައިވިއެވެ. ތުރުތުރު އަޅަމުން ދިޔަ އަންޖޫދާއަށް އެވަގުތު އެއްވެސް އެއްޗެކޭ ނުބުނެވުނެވެ. ރިޔާ ވެސް އަންޖޫދާ އާ އިތުރަށް ވާހަކަ ދައްކަން ނޫޅުނީ އަންޖޫދާ ހުރި ހާލު ފެނިފައެވެ. އަޅައިގެން ހުރި ނޫ ދޯބައްޓާ ކަރުން ނަގައި އޭނާ އަންޖޫދާގެ ބޮލުގައި ބުރުގަލެއްހެން އަޅާލިއެވެ.

ތިން މީހުން އެދިމާ އަތިރިމައްޗަށް ނިކުތްއިރު ރިޝްކާ އެތަނުގައި ވެލިކުޅެން އިނެވެ. އޭރު ތަންކޮޅެއް ދުރުން ރާހުލްމެން އެދިމާއަށް އަންނަތަން ފެނެއެވެ. އަންޖޫދާމެން ތިބި ގޮތް ފެނިފައި ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ރާހުލްއަށް އިހުސާސްވިއެވެ. އެހެންކަމުން އޭނާ އެންމެނަށްވުރެ ކުރިން ދުވެފައި އެހިސާބަށް އައެވެ. ހިސާބަކަށް ހައިރާންވެ ހުރެ އޭނާ އެންމެނާ ދިމާ ބަލާލިއެވެ. ރިޔާ ގިސްލަމުން ދިޔައިރު، އަޑު ބޭރުނުވިއެއްކަމަކު އަންޖޫދާ ގެ ދެލޮލުން ވެސް ހޯސްލާފައި ކަރުނަ ފައިބަމުން ދާތަން އޭނާއަށް ފެނުނެވެ. ކުޑަކުޑަ ރިޝްކާ ވެސް ވާނުވާ ނޭނގިފައި ފަހަރަކު މީހަކާ ދިމާ ބަލަމުން ދިޔައެވެ.

“ނަޝް.. ކިހިނެއް ވެގެން މިއުޅެނީ؟” އަންޖޫދާގެ ގައިގައި ހިފަހައްޓައިގެން ހުރި ނަޝްފާއަށް ރާހުލް ސުވާލުކުރިއެވެ. އެއާކު ނަޝްފާ ކަންތައް ވީގޮތް އޮޅުން ފިލުވައިދޭން ފެށިއެވެ.

#

ނަޝްފާއާ ރިޔާ ރިޝްކާ ގޮވައިގެން ވެލި ކުޅެން ހުއްޓައި އަންޖޫދާއަށް ފޯނެއް އައިކަން އޭނާއަށް އެނގުނެވެ. ފޯނު ހިފައިގެން އަންޖޫދާ ތަންކޮޅެއް ދުރަށް ޖެހިލުމުން އޭނާ ވެސް އެކަމަކާ މާބޮޑު ސަމާލުކަމެއް ނުދެއެވެ. ރިޝްކާ އާ ރިޔާ އާއެކު ތަފާތު މަޖާ ވާހަކަތަކުގައި ތިއްބާ އެއްލި ކަޅިއަކުން އޭނާއަށް ފެނުނީ އަންޖޫދާ ރަށުގެ ދެކުނު ފަރާތަށް ހިނގާފައި ދާތަނެވެ. އެކަނި އަންޖޫދާ އެދިމާއަށް ދިއުމުން ނަޝްފާގެ ހިތުގައި ސުވާލު އުފެދުނެވެ. ކުއްލިއަކަށް އޭނާ ހަނދާންވީ ހެނދުނު ފޯނުން ވިޝާން ދެއްކި ވާހަކަތަކެވެ. އެހިތުގައި އެވަގުތު ގޮތް ނޭނގޭ ބިރުވެރިކަމެއް އުފެދުމުން އޭނާ އެދިމާއަށް ދާން ހިނގައިގަތެވެ. އޭނާއާއެކު ރިޔާ އާ ރިޝްކާ ވެސް އައެވެ.

ތަންކޮޅަކަށް ގޮސްފައި އަންޖޫދާ ވަލުތެރެއަށް ވަތްތަން ފެނުމުން ނަޝްފާ އެ ދިމާއަށް ދިއައީ ދުވެލާފައެވެ. އަންޖޫދާ ވަތް ދިމާއަށް ވަންނަން އެޅި ފިޔަވަޅު ހުއްޓުނީ އަންޖޫދާގެ އަޑު އިވުމުންނެވެ.

“ދެން ރާހުލް.. ތި އަތް ނަގާބަލަ… އެނގެއޭ ތީ ރާހުލްކަން…” އަންޖޫދާ އެހެން ބުނުމުން ނަޝްފާ އެނބުރި ދާން ހިނގައިގަތީ އަންޖޫދާ އެހުރީ ރާހުލްއާއެކު ކަމަށް ހީކޮށްފައެވެ. ނަމަވެސް ތަންކޮޅަކަށް ދިޔަތަނާ އަންޖޫދާ ރޮއިގަތް އަޑު އޭނާއަށް އިވުނެވެ. ރިޝްކާ ގޮވައިގެން ހުރި ރިޔާއަށްވެސް އެއަޑު އިވުމުން ދެލޯ ބޮޑުކޮށްލާފައި ނަޝްފާއަށް ބަލާލިއެވެ. ނަޝްފާ ބަލާކަށް ނުހުރެ ވަލުތެރެއަށް ވަދެގެން ދިޔައީ އެއެއް މިޔެއް ބަލާފަކާ ނޫނެވެ. ރިޔާ ވެސް ހާސްވެފައި ހުރިވަރުން ރިޝްކާ އަތިރިމަތީގައި ބައިންދާފައި ނަޝްފާގެ ފަހަތުން ދިޔައީއެވެ.

އަންޖޫދާގެ އަޑު އައި ދިމާއަށް ދިޔައިރު ފެނުނު މަންޒަރަކުން ނަޝްފާއަށް މޭގައި އަތް އަޅާލެވުނެވެ. ގަސްތަކު ތެރޭގައި އޭނާއާ ރިޔާ ތިބީ ފެންނަމުން ދިޔަ ކަންތައް ޤަބޫލުކުރަންވެސް ދަތިވެފައެވެ. އަންޖޫދާގެ ދެއަތުގައި ހިފައި ދަމަމުން އެ ގެންދަނީ ލޯންޗުން އައި ފަޅުވެރި ދެކުދިންކަން އެމީހުންނަށް އެނގުނެވެ. އޭގެ ފަހަތުން ދިޔަ ވިޝާން ފެނުމުން އެންމެ އަސަރުކުރީ ރިޔާގެ ހިތަށެވެ. ވިޝާން އެފަދަކަމެއް ކޮށްފާނެކަމަށް ދުވަހަކުވެސް އޭނާ ހިޔެއް ނުކުރެއެވެ. ބަލަބަލާ ހުއްޓާ ވިޝާން އަންޖޫދާގެ އަނގަމަތީގައި ފޮތިގަނޑެއް އައްސާލިއެވެ.

އެމީހުން އަންޖޫދާ ގެންދިޔަ ދިމާއަށް ނަޝްފާ އާ ރިޔާ ދިޔައީ އެއްވެސް އަޑެއް ނުލައްވަން މަސައްކަތްކުރަމުންނެވެ. ވިޝާން އެއުޅޭ ގޮތުން ރިޔާއަށް ރޮވެމުން ދިޔަ ނަމަވެސް އަޑުބޭރުވެ ނުދިއުމަށްޓަކާ އޭނާ އަނގަމަތީގައި އަަތް އަޅައިގެން ހުއްޓެވެ. އެމީހުން އަންޖޫދާ ވެއްދީ ވަލުގެ މެދެއްހާ ހިސާބުގައި ހުރި ފަނުން ހަދާފައިވާ ގެގަނޑަކަށެވެ. އެގޭގެ ބިއްދޮށުގައި ނަޝްފާއާ ރިޔާ ތިއްބެވެ. ގޭގެ ބިތުން ފަންކޮޅެއް ފޭކޮށްލައިގެން އެތެރޭގައިވާ ކަންތައް ބަލަން ހުރިއިރު ނަޝްފާގެ ހިތް ބިރުން ތެޅެމުން ދިޔައެވެ.

“ތޭންކްސް ބްރޯސް… ދެން ކައެމެން ނައްޓާލާ… މަ ނިމުނީމަ ކައެމެންނަށް ގޮވާލާނަން..” ފަޅުވެރި ދެމީހުން އަންޖޫދާގެ ހަތަރެސް ފައި އެތާ ހުރި އައްޓެއްގައި އެއްސުމުން ވިޝާން އެެމީހުންނަށް ބަލާލަމުން ބުނެލިއެވެ. އެދެމީހުން ނިކުމެގެން ދިއުމުން ނަޝްފާ ކޮޅުކޮޅަށް ނަޒަރު ހިންގާލީ ވިޝާންއަށް ހަމަލާދޭނެ އެއްޗެއް ފެނޭތޯއެވެ. ތަންކޮޅެއް ދުރުގައި އޮތް ލަކުޑިބުރިއެއް ފެނުމުން އޭނާ ދެފަޔަށް ބާރުލާފައި އެދިމާއަށް ދުއްވައިގަތެވެ. ލަކުޑިގަނޑު އަތަށް ހެޔޮވަރުކޮށްލަމުން އޭނާ އެގެގަނޑުގެ ދޮރުމައްޗަށް އެރީ މަޑު ފިޔަވަޅުތަކެއްގައެވެ. އޭރު ވިޝާން ލައިގެން ހުރި ޓީޝާޓު ބާލާ ތަޅުންގަނޑު މައްޗަށް ވައްޓާލަނީއެވެ. އެއްވެސް ނިވާކަމެއް ނެތި އޮތް އަންޖޫދާ ފެނި ނަޝްފާގެ ލޭކެކިގަތެވެ. ޖިންސުގެ ގޮށްތައް ނައްޓަމުން ވިޝާން އަންޖޫދާގެ ގައިމައްޗަށް އެރިވަގުތު އޭނާ ދުވެފައި ގޮސް ވިޝާންގެ ބޮލުގައި ލަކުޑިބުރިން ބާރަކަށް ޖެހިއެވެ. ދެވަނަ ފަހަރަށް ޖެހުމާއެކު ވިޝާން ހޭނެތިގެން ބިންމައްޗަށް ވެއްޓުނެވެ. ދަނޑިވަޅުބަލާފައި ނަޝްފާ އަވަސް އަވަހަށް އަންޖޫދާ ސަލާމަތްކޮށްގެން އެތަނުން ނެރުނެވެ.

#

ނަޝްފާގެ ވާހަކަ ނިމުނުއިރު ރާހުލް ރުޅިއައިސްގެން ތުރުތުރު އަޅައެވެ. މާހިންމެންވެސް ތިބީ ނަޝްފާގެ ވާހަކަ އަޑުއަހާފައި ބުނާނެ އެއްޗެއް ނުވިސްނިފައެވެ.

“ކޮބާ މިހާރު އޭނަ؟” އަޑަށް ބާރުލާފައި ރާހުލް ބުނެލިއިރު އޭނާގެ ދެބުމަ ގޮށްޖެހިފައިވިއެވެ.

“އަހަރެން މިހުރީ…” އެއަޑަށް އެންމެން ވަލާވީ ފަރާތަށް އެނބުރުނެވެ. އެއްއަތުން ބޮލުގައި ހިފަހައްޓާލައިގެން ހުރި ވިޝާން ފެނި ރާހުލް އެދިމާއަށް ފިޔަވަޅެއް އަޅާލިއެެވެ. ނަޝްފާ އަންޖޫދާ ގޮވައިގެން ތަންކޮޅެއް ދުރަށް ޖެހެލިއެވެ.

“ކަލޭ އަދިވެސް ބަދަލެއް ނުވޭ ދޯ! ހުންނަ ގޮތްކުޑަކަން!” ރާހުލް އަޑަށް ބާރުލާފައި އެހެން ބުނަމުން ވިޝާންގެ މޫނުމަތީގައި ގޮށްމުށުން ޖެހިއެވެ. ރާހުލް އަތުން ފައިން ގޯހެއް ހަދައިފާނެކަމަށް ހީވުމުން މާހިން އެތައް މަސައްކަތަކުން ރާހުލް ވިޝާންއާ ދުރުކުރިއެވެ.

“އަތް އިސްކުރުމަކީ އަދި ރަނގަޅު ގޮތެއް ނޫން، ރާހުލް…” މާހިން ރާހުލްއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ރާހުލް މާހިންގެ އަތް ފޮޅުވާލަމުން ވިޝާންއަށް ބަލާލީ ދަތްކުނޑި ވިކާލަމުންނެވެ. އެއާއެކު ވިޝާން ފެށީ ހޭށެވެ. ހައިރާންވެފައި ރިޔާއަށް ވެސް ވިޝާން ހޭތަން ބަލަން ހުރެވުނެވެ.

“ކަލޭމެނާ ތަޅާފޮޅާކަށް މަށެއް ނެތިން… މަ ބޭނުންވީ ހަމައެކަނި އަންޖޫ ވިއްޔަ…” ހީހީފައި ވިޝާން ބުނެލީ އެހެންނެވެ. ޤަބޫލުކުރަން ދަތިވެފައި ރިޔާއަށް ހުރެވުނެވެ. އެދެލޮލުން ކަރުނައިގެ ރޮނގުތައް ފައިބަމުން ދިޔައެވެ.

“ވިޝާން އެހެންވީމަ އެއްވެސް އިރަކު އަހަރެން ދެކެ ލޯތްބެއް ނުވޭ ދޯ؟ އެއީ ހުސް އޮޅުވާލުން ދޯ؟” އެއްޗެކޭ ނުބުނަން ހުރެފައިވެސް ރިޔާއަށް އެހެން ބުނެވުނީ ވެފައިވާ ދެރައެއްގެ ސަބަބުންނެވެ. އޭނާ ވިޝާންއަށް ކިހާ އިތުބާރެއް ކުރި ހެއްޔެވެ؟ ވިޝާން އެއްމިޔަކުން ހީލައިގެން ހުރެ ރިޔާއާ ދިމާ ބަލާލިއެވެ.

“މަ ލޯބިވިން … ހަމައެކަނި ތި ހަށިގަނޑު ދެކެ… އިތުރު އެއްޗެއް ދެކެ މަ ނުވަން…” ވިޝާން އެހެން ބުނުމާއެކު ރިޔާ ގިސްލަމުން ހުރިދިމާއަށް ތިރިވިއެވެ. އެ ބަސްތައް އޭނާގެ ހިތް ކަފާކުދިކޮށްލި ފަދައެވެ.

“އެހެންވީމަ ތި ހުރީ ވަރިކޮށްފަ..” ވިޝާން އެހެން ބުނެލުމަށްފަހު ވަލުތެރެއަށް ވަދެގެން ދިޔައެވެ. އެ ދިމާއަށް ބަލަހައްޓައިގެން ރިޔާ ހުރީ ހުއްޓުން އަރާފައެވެ. އަބަދު އޭނާއަށް ކެހި ލިބެނީ ކީއްވެބާއޭ އެހިތަށް އަރަމުން ދިޔައެވެ. އަބަދު އޭނާއާ މެދު މިގޮތައް ކަންތައްވާން އޭނާ ކުރީ ކޮން ކުށެއް ހެއްޔެވެ؟ އަލަތު ކައިވެނިންވެސް އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ނޫން އެއްޗެއް ނުލިބެއެވެ. ދެން އޭނާ އެކުރީ މި ކައިވެންޏެވެ. މި ކައިވެނީގެ ސަބަބުން ވެސް އޭނާގެ ހިތް ހަލާކުވެއްޖެއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭ އޭނާގެ ހުރިހާ ހުވަފެންތަކެއް ވިއްސިވިހާލިވެގެން ހިނގައްޖެއެވެ.

މާހިން ގެ މަސައްކަތުން އެރަށަށް އެހެން ލޯންޗެއް ގެނެވުނެވެ. އެމީހުން އައި ލޯންޗުގައި ތިބި ދެފަޅުވެރިން ކުރިކަމެއްގެ ސަަބަބުން އެ ލޯންޗުގައި އަންނަން އެއްވެސް މީހަކު ބޭނުންނުވީއެވެ. މާލޭގެ ބަނދަރަށް ލޯންޗު ޖައްސަންދެން އެއްވެސް މީހެއްގެ މެދުގައި ވާހަކައެއް ނުދެކެވެއެވެ. މިޔަދު އެ ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން އެންމެން ވެސް ވަނީ ބޮޑު ފިކުރެއްގެ ތެރޭގައެވެ. ވިޝާން އޭރު ވަލުތެރެއަށް ދިޔަގޮތަށް ޚަބަރެއްވެސް ނުވެއެއެވެ. އެއްވެސް މީހަކު ވިޝާން އެދިޔަ ތަނެއް ބަލަން ބޭނުންވެސް ނުވީއެވެ.

މަސްދުވަސް ފާއިތުވެ ދިޔައިރުވެސް ވިޝާން ކަންތައްކުރި ގޮތުން ރިޔާއަށް ލިބިފައިވާ ހިތާމަ ފިލައެއް ނުދެއެވެ. އޭނާގެ ލޯމަތީގައި އަބަދުހެން ވިޝާން ކަންތައްކުރި ގޮތް ސިފަވަމުން ދެއެވެ. ރާހުލްމެން އެވަރަށް ވިޝާންއާ ނުގުޅޭށޭ ކިޔަކިޔާ އޮއްވައި އޭނާ އެމީހުންގެ ބަހާ ދެކޮޅުހެދީތީ މިހާރު ދެރަވެއެވެ. އެތައް ފަހަރެއްގެ މަތިން އޭނާ ރާހުލް ގާތު މާފަށް އެދުނެވެ. ރާހުލްވެސް ރިޔާއަށް މާފުކުރީ ހެޔޮހިތުންނެވެ.

އަންޖޫދާގެ ހާލަތު ކުރިއަށްވުރެ ރަނގަޅުވެ، އޭނާ ވެސް ކުރިން އުޅުނުހެން ރިޝްކާއާ ސަމާސާކޮށް އުޅެއެވެ. ނަމަވެސް އެ ފަޅުރަށުގައިވީ ކަންތައް އަދިވެސް އެހިތުން ފިލައިގެން ނުދެއެވެ. އެހާ ބިރުވެރި ކަމަކާ އޭނާއާ ދުވަހަކުވެސް ދިމާއެއް ނުވެއެވެ.

** ** **

މެންދުރުގެ އަވިގަދަ ވަގުތު މާލޭގެ ހަލަބޮލި މަގުމަތީގައި ރާހުލް ހިނގަމުން ދިޔައެވެ. އޭނާ އެދަނީ މަސައްކަތް ނިންމާފައި ގެއަށް ދިއުމަށެވެ. މިޔަދު ހޭލެވުނުލެއް ލަސްކަމުން އޭނާ ގަރާޖަށް ދިއައީ ސައިވެސް ނުބޮއެވެ. އެހެންކަމުން ވެފައިވާ ވަރުބައްޔާ އެއްވަރަށް އޭނާ ވަނީ ބަނޑުވެސް ހައިވެފައިވިއެވެ. ހަނިގޯޅިއެއްގެ ތެރެއިން އޭނާ ހިނގާފައި ދަނިކޮށް ގޯނިގަނޑެއްގެ މަތީގައި އިން އަންހެނަކު ފެނުނެވެ. ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ މީގެ ދުވަސްތަކެއްގެ ކުރިން ހަމަ އެ ގޯޅިގަނޑުގައި އިން މީހާގެ މަތިންނެވެ.  އެމީހަކީ ޒުލޭހާކަމުގައި އޭނާއަށް އެދުވަހު ހީކުރެވުނެވެ.

ވިސްނުމެއްގައިހުރެ ރާހުލް އެމީހާއާ ކައިރިވަމުން ދިޔައެވެ. އެއީ  އެ ދުވަހުވެސް ހަމަ އެތަނުގައި އިން މީހާތޯ އޭނާ ޔަޤީންކުރަން ބޭނުންވިއެވެ. އެއީ ޒުލޭހާއަށް ވެއްޖެނަމަ އޭނާ ޒުލޭހާއާ ކުރަން ބޭނުން އެތައް ސުވާލެއް އެބަހުއްޓެވެ. ތަންކޮޅެއް ކައިރިއަށް ދެވުމުން އެމީހާ އިނީ ފާރުގައި ލައްގަނެގެން ނިދާފައިކަން ރާހުލްއަށް އެނގުނެވެ. އޭނާ އަޅާފައިވާ ބުރުގާ ލޯމައްޗަށް ވެއްޓިފައި އޮތުމުގެ ސަބަބުން މޫނުގެ ބޮޑު ބަޔަކަށް ހިޔަނި އެޅިފައިވިއެވެ. އެހެންކަމުން ރާހުލްއަށް އެމީހާގެ މޫނު ރީތިކޮށް ފެންނަވަރެއް ނުވިއެވެ. ކުޑަކޮށް ގުދުވެލުމަށްފަހު އޭނާ އެމޫނަށް ތަންކޮޅެއް ގާތުން ބަލާލަން އުޅުނެވެ.

ކުއްލިއަކަށް އެމީހާ ދެލޯ ހުޅުވާލުމުން ރާހުލްއަށް ސިހިގެން ގޮސް ދެތިން ފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. ރުޅިވެރިކަމާއެކު އެމީހާ ރާހުލްއަށް ލޯއަޅާލިއެވެ. މޫނު ހިއްލާ ބަލާލުމާއެކު ރާހުލްއަށް އެއީ ހަމަ އަސްލުވެސް ޒުލޭހާކަން ޔަޤީންވިއެވެ.

“ކަލޭ ތިއުޅެނީ މަގޭ ކާއެތިކޮޅު ގެންދަން ދޯ؟ މަ ފަގީރުކަމުން ވަންނާނެތަނެއް ނެތިގެން އުޅޭ މީހާގެ ކާއެއްޗެހި ވަގަށް ނަގަން މި މީީހުންނަށް އެނގޭނީ…” ޒުލޭހާ އޭނާ ކައިރީގައި ހުރި ފަތްޖަހާފައިވާ ނޫސްކަރުދާސްގަނޑު އަދިވެސް ކައިރިއަށް ޖައްސާލަމުން ބުނެލިއެވެ. ހީވާގޮތުން އޭގައި ހުރީ ކޮންމެވެސް ކާއެއްޗެކެވެ. އިސްއުފުލާ އޭނާ ރާހުލްއަށް ބަލާލި ވަގުތު އޭނާގެ ހަރަކާތްތައް ގަނޑުވިއެވެ.

“ރަ… ރަ… ރަ… ރާހުލް؟” ތުރުތުރު އަޅާ ޝަހާދަތް އިނގިލި ރާހުލްއަށް ދިއްކޮށްލަމުން ޒުލޭހާއަށް ބުނެވުނީ އެހާ ހިސާބަށެވެ. އޭނާ ގެ އަރުތެރެ ބެދޭގޮތްވިއެވެ. އިސާހިތަކު އޭނާގެ ދެލޯ ފެންކަޅިވެ ހޯސްލާފައި ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.

“ޒުލޭހާ ދައްތަ..؟ މިތާ ކީއްކުރަނީ؟ ކީއްވެ؟” ރާހުލް އަހަމުން ދިޔައެވެ. އެ ސިކުނޑީގައި ތަފާތު ސުވާލުތައް އެނބުރެމުން ދިޔައެވެ. އޭނާ ޒުލޭހާ ލައިގެން ހުރި ބާވެ، ހަލާކުވެ، ހަޑިވެފައިވާ ހެދުމަށް ބަލާލިއެވެ. ހެދުމުގެ ބައެއް ތަންތަން އިރައިގެން ގޮސްފައިވިއެވެ. ޒުލޭހާ މިއިން ދުވަހަކު ފެންވެރިކަމެއް ނޭނގެއެވެ.

“ތީ ހަމަ އަސް..ލުވެސް ރާހުލްތަ؟ އާމިނާމެން ގޭގަ އޭރު މަސައްކަތްކުރަން އުޅުނު ރާހުލްތަ؟” ޒުލޭހާ ދެލޮލުން ފޭބި ކަރުނަ ފުހެލަމުން އަހާލީ ޔަޤީންނުވެ ހުރެއެވެ. އޭނާއަށް އެނގިފައިވާ ގޮތުގައި ރާހުލް ނަޝްފާއާ އިނދެގެން ދިރިއުޅެނީ ބަންގްލަދޭޝްގައެވެ.

“އާ ދައްތާ.. އެކަމަކު ދައްތަ؟ ކީއްވެ މިތާ؟” ރާހުލްއަށް އަނެއްކާވެސް އޭނާގެ ސުވާލު ތަކުރާރުކޮށްލެވުނެވެ. އޭނާ ޒުލޭހާ ގާތަށް ޖެހިލުމަށްފަހު އުޑުފައިން އިށީނެވެ. ޒުލޭހާ ގައިން ދުވާވަހުން އޭނާގެ ނޭވައަށް އުނދަގޫވަމުން ދިޔަ ނަމަވެސް ކެތްކޮށްލައިގެން އިނީއެވެ.

“އަ.. އަހަރެން ދެކެ ރުޅިއެއް ނާދޭތަ؟” ޒުލޭހާ ހައިރާންވެހުރެ ރާހުލްގެ މޫނަށް ބަލައިލަމުން އަހާލިއެވެ. މާޒީގައި ކަންތައްވެދިޔަ ގޮތުން ރާހުލް އޭނާ ދެކެ ރުޅިއައުން ހައްޤުކަމުގައި ޒުލޭހާ ޤަބޫލުކުރިއެވެ.

“އެވާހަކަ އިހަށް ބަހައްޓާ… ކީއްވެހޭ ޒުލޭހާ ދައްތަ މިތަނުގައި ތި އިނީ؟؟” ރާހުލް ތަންކޮޅެއް ބާރަށް އަހާލިއެވެ. އެވަގުތު ޒުލޭހާ ރާހުލްގެ މޫނަށް ބަލާލީ މާޔޫސްވެފައިވާ ނަޒަރަކުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ހިތް އެކީ ދެވިއްޖޭ….35

Next

ހިތް އެކީ ދެވިއްޖޭ…36

Next
December 24, 2016

ހިތް އެކީ ދެވިއްޖޭ…36

Previews
December 24, 2016

ހިތް އެކީ ދެވިއްޖޭ….35

18 Comments!

  1. Liaa says:
    December 24, 2016 at 3:32 pm

    Hii guys… i think dhen onnaanee emme fahu part kanneynge…. inthizaar kollahchey ?
    Loves?

  2. ~minty~ says:
    December 24, 2016 at 3:36 pm

    Wowww!!! Mihaaru mi story nimen dhw miulhenyyy…btw vishan ah vx knmex punishment eh dheyn vrne ehnu..waiting for next part ?

    1. ~minty~ says:
      December 24, 2016 at 3:38 pm

      Btw me first ?

  3. sam says:
    December 24, 2016 at 3:51 pm

    me 1st vv nice story

  4. Thaany says:
    December 24, 2016 at 3:54 pm

    Woooow naice v v naice v furihama kiyaa hithun indha nimunu iru vx neygunu hehe wishaan ah adhabu liben jeheyne n riya ah maahin ah vx ragalhu patnaer eh libeyne kamah hope kuran liaa v molhu ngey mi story nimmafa lia ge ehn story eh vx kiyaalan libeyne kamah ummedh kurany xuleyher eyna kuri kyshyge shaxa dw elibeny n eahul eynayah vx hlp v ma v salhiwaane..

    1. Thaany says:
      December 24, 2016 at 3:56 pm

      Kushuge* rahul*

  5. Liaa says:
    December 24, 2016 at 4:02 pm

    Thankyw all fr the lovely comments.?

  6. ?mixoo says:
    December 24, 2016 at 4:28 pm

    Very beautifull…?
    This is one of the best story i read.. ???
    Best of luck liaa.?

  7. run says:
    December 24, 2016 at 5:47 pm

    btw aky kon ehcheh?

    1. Eve says:
      December 24, 2016 at 8:18 pm

      By the way

  8. Manjeyy says:
    December 24, 2016 at 10:39 pm

    Liaa ge stories aslu haadha reechey… Hama gaimuves miulhey Ryn ah vure fenvaru rangalhu…. kiyaalan v faseyha gotheh hurey liaa ge stories… Bt tht stupid Ryn ge stories kiyaa meehaku bolah haadha undhaguley… ur my fav writer Liaa…. who else agrees with mee? ☺

    1. Dolly says:
      December 24, 2016 at 10:40 pm

      Liaa is my fav writer too… since the time she wrote Asaru… e stry hama habeys

    2. Dolly says:
      December 24, 2016 at 10:41 pm

      Mi part ves vvvvv salhi Liaa ☺

    3. Someone says:
      December 25, 2016 at 4:16 pm

      Kae eki meehunge namuga comment nukohbia
      Bayyh huwaa

    4. Manjeyy says:
      December 26, 2016 at 9:39 am

      Bayyejey? Bali jassavaa faraathakee Allah…. ekan dhanegen ulheba

    5. Someone says:
      December 26, 2016 at 2:41 pm

      Boduvaru dhw thi dhn comment kohfa amilla ah Meehun ge namuga reply kuran es vany
      Jokeh bodu ????

  9. Liaa ge fan says:
    December 25, 2016 at 1:05 pm

    Nukiyan hurefa ves reyga Nuhaggu obi fashaigen kiyaafa e lobi aslu haggey ves mi kee…. vvv reethi stry eh mee… waiting fr next part…. Liaa ge asaru storryyy vrs hama habeyss…

  10. Shi says:
    December 25, 2016 at 4:06 pm

    Liaa avahah up kohdybala can’t wait anymore

Comments are closed.

Next Episodeއެ ލޯބި އަސްލު ހައްޤޭ (15 ވަނަ ބައި)←


All Right Reserved!