Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެ ލޯބި އަސްލު ހައްޤޭ (9 ވަނަ ބައި)

Liaa
December 18, 2016
7 Mins Read
57 Views
14 Comments

މާހިން ދެންމެ ދެއްކި ވާހަކަތައް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. މޫނުގައި ދެއަތުން ފިރުމާލަމުން އޭނާ މަގަށް ނުކުތެވެ. ދެވޭ ނުދެވޭ ދިމާއެއް ވެސް އޭނާއަށް ނޭނގޭ ކަހަލައެވެ. ބާރު ސްޕީޑްގައި އޭނާއާ ދިމާއަށް ދުއްވަމުން އައި ލޮރީ ވެސް އޭނާގެ ލޮލުގައި އަޅައި ނުގަތެވެ.

ފައިސާ ދައްކާފައި ކެފޭއިން ނިކުތް މާހިންއަށް ރާހުލްއާ ދިމާއަށް އަންނަމުން ދިޔަ ބޮޑު ލޮރީ ފެނުމުން ހުރެވުނުތަން ވެސް ނޭނގުނެވެ. ފަޔަށް ލެވުނުހާ ބާރެއްލައި ދުވެފައި ގޮސް ރާހުލްގެ ދެކޮނޑުގައި ހިފައި ފަހަތަށް ދަމާލިއެވެ. ރާހުލްއަށް ހޭވެރިކަންވީ ދެނެވެ. އޭނާ އެ ލޮރީގައި ނުޖެހި ސަލާމަތްވީ ކިރިކިރިޔާއެވެ. ފުންނޭވާ ތަކެއް ލަމުން އޭނާ މާހިންއާ ދިމާއަށް ބަލާލިއެވެ.

“ރާހުލް! މޮޔަވީތަ؟ މަގުމަތިން އަންނަ އެއްޗެހި ވެސް ނުފެންނަނީތަ!؟” ހާސްވެފައި ހުރިވަރުން މާހިންއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ރާހުލް އެއްޗެކޭ ނުބުނެ އިސްޖަހައިލީއެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުންދާ އެއްޗެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ.

“އަ… އަހަރެން ދާން ވެއްޖެ… ގެއަށް… ދާން… ދަނީ…” އެހެން ބުނުމަށްފަހު ރާހުލް މާހިންއާ ފުރަގަސްދީފައި ދުރަށް ދާން ހިނގައިގަތެވެ. މާހިން ރާހުލް ދިޔަ ދިމާ ބަލަން ހުރީ ވިސްނުމެއްގައެވެ.

ރާހުލްއަށް އާޓިފިޝަލް ބީޗާ ހަމައަށް އާދެވުނު އިރު އޭނާގެ ނޭވާ ވަނީ އަވަސް ވެފައެވެ. ގޮތް ހުސްވެފައިވާ މީހެއް ފަދައިން އޭނާ ހިނގާފައި ގޮސް އެތާ ހުރި ބެންޗެއްގައި އިށީނެވެ. ދެއަތުން ބޮލުގައި އަތް އަޅާލައިގެން އިނދެ އޭނާ ވިސްނަމުން ދިޔައެވެ. އޭރު ފިލްމެއްގެ މަންޒަރުތައް ފަދައިން އޭނާގެ މާޒީ ދެލޯ ކުރިމަތީގައި ސިފަވަމުން ދިޔައެވެ. އަންޖޫދާއާއެކު ހޭދަކުރެވުނު ލޯބިވެތި ދުވަސްތަށް ސިފަވުމާއެކު އޭނާގެ ދެލޮލުން ކަރުނަ ހިލުނެވެ. އަންޖޫދާއަށް އޭނާ ކުރި ނަފުރަތު މިހާރު ކޮބާ ހެއްޔެވެ؟ މާހިން އެ ދެއްކި ވާހަކަތައް އޭނާއަށް އެހާ ފަސޭހައިން ޤަބޫލުކުރެވުނީ ކީއްވެގެން ހެއްޔެވެ؟ އަންޖޫދާއާއެކު އޭނާ ހޭދަކުރި ދުވަސްތަކުގައި އެ ރީތި ދެލޮލުން އޭނާއަށް ފެނުނީ ލޯބިކަމުގައި ކެނޑިނޭޅި އޭނާގެ ހިތް ބުނަމުން އެދަނީ ކީއްވެގެން ހެއްޔެވެ؟  ހައްތަހާ ވެސް ޖަވާބު ނުލިބޭ ސުވާލުތަކެވެ. ވިސްނާ ވިސްނާ އޭނާގެ ބޯ ގޮވަން ކައިރިވެއްޖެއެވެ. އައި ރުޅިން އޭނާއަށް ދެއަތުން ބާރަށް ބޮލުގައި ތަޅައިގަތީ މޮޔަޔަކު ފަދައިންނެވެ. އޭރު އެތާ ތިބި ދެތިން މީހެއްގެ ނަޒަރު އޭނާއަށް ހުއްޓިފައިވިއެވެ. ނަމަވެސް އެކަމާ އަޅައިލާވަރަށް ވުރެ އޭނާގެ ސިކުނޑިއަށް ވަނީ ބާރުކޮށްފައެވެ.

މެންދުރުވީއިރުވެސް ރާހުލް އިނީ އެއިންތަކުގައެވެ. އިރުގެ އަވި ގަދަވެ، ރާހުލްގެ މޫނަށް ދިލަ ހޫނެއް އިހުސާސްކުރެވުމުން އޭނާ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ޔުނީފޯމު ލައިގެން ހުރި ކުޑަ ކުއްޖަކު ގޮވައިގެން އެހެންލާފައި ދިޔަ އަންހެނެކެވެ. ފުންމައިގެން އޭނާއަށް ތެދުވެވުނީ ރިޝްކާ ސްކޫލު ނިމެން ކައިރިވެދާނެކަން އެނގުމުންނެވެ. އޭނާގެ އަތުގައި އޮތް، ރިޝްކާގެ އެއްޗެހި އަޅާފައި ހުރި ދަބަސް ހިފައިގެން ބާރުބާރަށް ހިނގާފައި  މިސްރާބުޖެހީ ފެރީ ޓާމިނަލާ ދިމާއަށެވެ.

ފެރީއަށް އަރަމުން ރާހުލް ސައިލެންޓަށް ލާފައި އޮތް ފޯނު އޭނާގެ ޖީބުން ނަގައި ބަލާލިއިރު ނަޝްފާ ދެތިން ފަހަރަކު ގުޅާފައި ވެސް އޮތެވެ. ފެރީއަށް އަރައި ހަމަޖެހިލަމުން އޭނާ ނަޝްފާއަށް ގުޅާލިއެވެ.

“ކޮންތާކު؟ ރިޝްކޮ މިހާރު ސްކޫލުން އައިސް ހެދުމެއް ނެތިގެން އެއްޗެހި ބަދަލު ނުކުރެވިފައި އެ ހުރީ.. ތީ މެންދުރުވާންވާއިރަށް އަންނާނަމޭ ބުނި މީހާ…” ފޯނު ނެގުމާއެކު ނަޝްފާ ހުރިހާ ވާހަކައެއް އެއްފައްޗަކަށް އަމުނާލިއެވެ. ނަޝްފާ ވާހަކަ ދެއްކި ގޮތުން ރާހުލްގެ މޫނަށް ކުޑަ ހިނިތުންވުމެއް ވެރިވިއެވެ. ކުޑަކޮށް ނަމަވެސް އަންޖޫދާގެ ހިޔާލުތަކާ ދުރުވެވޭ ގޮތް ވިއެވެ.

“މިހާރު މިދަނީ… ފެރީގަ މީނީ….” ރާހުލް އެހެން ބުނުމުން ނަޝްފާ އެންމެ ރަނގަޅޭ ބުނުމަށްފަހު ފޯނު ބޭއްވިއެވެ.

ގޭގެ ދޮރު ހުޅުވާލި ވަގުތު ރާހުލްއަށް ދުވި ވަހުން އެތެރެއަށް ނޭވާ ދަމާލެވުނެވެ. އެއީ ނަޝްފާ ކައްކާ ރިހަގަނޑުގެ ވަސްކަން އޭނާއަށް ޔަޤީންވިއެވެ. އޭރު ސޯފާގައި ޓީވީއިން ކާޓޫނެއް އަޅުވައިގެން ރިޝްކާ އިންއިރު ކައިރީގައި ޞާބިރާ ވެސް އިނެވެ. ރިޝްކާއާ ސަމާސާކޮށްލުމަށްފަހު ރާހުލް ބަދިގެއާ ދިމާއަށް ދިޔައެވެ.

މޭޒުމަތީގައި ތަށިތައް އަތުރަން އުޅުނު ނަޝްފާ ސިހުންވީ ފަހަތުން މީހަކު އައިސް އޭނާގެ އުނަގަނޑުގައި އަތް ވަށާލުމުންނެވެ. އޭނާގެ މޫނަށް ރަކި ހިނިތުންވުމެއް ވެރިވީ އެއީ ރާހުލް ނޫން ދެވަނަ މީހަކު ނޫންކަން ޔަޤީންކުރެވޭތީއެވެ.

“މަގޭ ވައިފް… ހާދަ މީރު ވަހެކޭ އެ ދުވަނީ… ހަމަ ކުޅު ދިޔާވެއްޖެ… ކޯއްޗެއްތަ ކެއްކީ؟ ވަރަށް ބަނޑުހައި…” ވަރުބަލިވެފައިވާ އަޑަކުން ރާހުލް ވާހަކަ ދެއްކިއެވެ.

“ކާން އެރީމައެއްނު ކެއްކި އެއްޗެއް ވެސް އެނގޭނީ… ކޮބާތަ ރިޝްކޮގެ އެއްޗެހި…؟ އެ ނުގެނަސްގެން އުޅޭތާ ކޮން އިރެއްތަ؟” ތަށިތައް އަތުރާ ނިމުމުން ނަޝްފާ ރާހުލްއާވީ ފަރާތަށް އެނބުރެމުން ވާހަކަދެއްކިއެވެ. އެވަގުތު ރާހުލް އަންޖޫދާ ދިން ދަބަސް ނަޝްފާ އަތަށް ދިނެވެ.

“ރިޔާ ނާދޭ ދޯ؟” ރާހުލް ސުވާލުކޮށްލިއެވެ. އެހެން ނޫނީ ރިޔާ އަބަދުވެސް ބަދިގޭގެ މަސައްކަތުގައި ބައިވެރިވެގެން އުޅޭތަން އޭނާއަށް ފެނެއެވެ.

“އާން… އެއްކަލަ ދުވަހު ރާހުލް އޭނާގެ ކައިވެންޏާ އެއްބަސްނުވީމަ ދެރަވެފަ ކަންނޭނގެ… އޭގެ ފަހުން ވާހަކައެއްވެސް ނުދައްކަ.. ފާޑަކަށް ހުންނަނީ…” ނަޝްފާ ދެރަވެލާފައި ބުނެލިއެވެ. ރާހުލް ދެއަތުން މޫނުގައި ފިރުމާލިއެވެ. ރިޔާ ކިތަންމެ ދެރަވިކަމުގައި ވިޔަސް، ވިޝާން އާ މެދު އޭނާގެ ހިތް ސާފުވާނެ ހެއްޔެވެ؟ އޭރު ވިޝާން އަންޖޫދާއަށް ހަދަން އުޅުނު ގޮތް އެންމެ ގާތުން ދުށް މީހަކީ އޭނާއެވެ.

ނަޝްފާ ،ރިޝްކާ ފެންވަރުވައި ރީތިކުރުމަށްފަހު ނިކުތް އިރު އޭނާގެ މޫނުގައިވި އާދަޔާ ޚިލާފު އުފާވެރިކަން ރާހުލްއަށް ސިއްރެއް ނުވިއެވެ. ހަޤީޤަތުގައިވެސް ރިޝްކާގެ ކަންތައްތައް އަމިއްލަ އަތުން ކޮށްދިނުމުގެ ފުރުޞަތު ލިބުމުން، ނަޝްފާއަށް މައިވަންތަކަމުގެ އިހުސާސަކީ ކޮން އެއްޗެއްކަން ކޮންމެވެސް ވަރަކަށް އެނގިއްޖެއެވެ. ރިޔާ ފިޔަވައި އެންމެން އެކީގައި ކާން އެރިއިރު ރިޝްކާގެ މަޖާ ވާހަކަތަކުން އެއެންމެންގެ މޫނުގައިވެސް ނުފިލާ ހިނިތުންވުމެއް ވިއެވެ.

ކައި ނިމިގެން ރާހުލް އާ ރިޝްކާ ސިޓިންގރޫމް ސޯފާގައި އިނެވެ. އޭރު ނަޝްފާ އާ ޞާބިރާ ތަށިތައް ދޮވުމުގެ މަސައްކަތުގައި އުޅެއެވެ.

“ބައްޕީ…ރިޝްކޮ މަންމި ބުނި އެއްޗެއް އެނގޭތަ؟ ރިޝްކޮ އަށް އެހެން ބައްޕިއެއް ގެންނަނީ އޯ…” އެކި ވާހަކަ ދައްކަމުން ގޮސް ރިޝްކާ ދެރަވެލާފައި އެހެން ބުނެލިއެވެ. އެއާއެކު އޭރު ރާހުލްގެ މޫނުގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. އަނެއްކާ ވެސް އަންޖޫދާގެ ޚިޔާލުތަކުން އޭނާގެ ސިކުނޑި ވަށާލިއެވެ.

“އެކަމަކު ރިޝްކޮ ބޭނުމެއް ނޫން އެހެން ބައްޕިއެއް… ރިޝްކޮ ބޭނުމީ ހަމައެކަނި ތި ބައްޕި…” ރިޝްކާ އެހެން ބުނެލިއިރު އޭނާގެ ކުޑަ ދެލޯ ފެންކަޅިވަމުން ދިޔައެވެ. ރިޝްކާގެ ހިތާމަވެރި މޫނު ފެނުމުން ރާހުލްގެ ހިތް ދެރަވިއެވެ. އަންޖޫދާ މާހިންއާ ކައިވެނި ކުރަން އުޅޭ އިރު އެއިން ރިޝްކާއަށް ކޮށްފާނެ އަސަރާމެދު އަންޖޫދާ ނުވިސްނީތީ އޭނާ ހިތްހަމަނުޖެހުނެވެ.

“ރިޝްކޮ ނުރޯ އިނގޭ… ރިޝްކޮ ރޮންޏާ ބައްޕިއަށް ވެސް ރޮވިދާނެ…” ރިޝްކާގެ ދެލޮލުން ފޭބި ކަރުނައިގެ ރޮނގުތައް ލޯތްބާއެކު ފުހެލަމުން ރާހުލް ބުނެލިއެވެ. އަދި ރިޝްކާގެ ދަތް ދޮޅީގައި ހިފައި ކުޑަކޮށް ހިއްލާލަމުން ވާހަކަދައްކަން ފެށިއެވެ.

“ދެން ރިޝްކޮ ނުބުނަންތަ މަންމި ކައިރީގަ އެހެން ބައްޕިއެއް ބޭނުމެއް ނޫނެކޭ؟” ރާހުލް ލޯތްބާއެކު އަހާލިއެވެ.

“ބުނިން…. އެކަމު… އެކަމު މަންމި ނަހަދަ ރިޝްކޮ ބުނާ ގޮތެއް…” ރިޝްކާ އެހެން ބުނުމުން ރާހުލްގެ ލޭ ހުނުވެގެން ދިޔައެވެ. ރިޝްކާއަށް ދެރަވާ ފަދަ ގޮތަކަށް އަންޖޫދާ ކަންތައް ކުރަން އެ އުޅެނީ ކީއްވެބާއޭ އެ ހިތަށް އަރަމުން ދިޔައެވެ.

ރިޝްކާ ނިންދެވުމަށްފަހު ވެސް ރާހުލްއަށް އިނދެވުނީ އެކަހަލަ ޚިޔާލުތަކެއްގައެވެ. އެނދުމަތީގައި އޭނާ އިންދައި ނަޝްފާ އައިސް އޭނާގެ ކޮނޑުގައި އަތް އަޅާލިއެވެ. ވީކީއްތޯ ނަޝްފާ ސުވާލުކުރުމުން އޭނާ ރިޝްކާ ދެއްކި ވާހަކަތައް ކިޔައިދިނެވެ.

“ރާހުލް.. ގޮސް އަންޖޫ ތިކަން ކުރިޔަ ނުދީ ހުއްޓުވާ… އަހަރެންވެސް ރިޝްކާ ދެކެނީ އަމިއްލަ ދަރިއެއް ގޮތަށް… ރިޝްކާ އަކީ ރާހުލްގެ ހުރި ހަމައެކަނި ދަރިފުޅު… ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އަހަންނަށް ރާހުލްއަށް ދަރިޔަކު ހޯދައެއް ނުދެވޭނެ… އެހެންވީމަ ރާހުލް ޖެހޭނެ ރިޝްކާއަށް އެއްވެސް ދެރަގޮތެއް ވިޔަ ނުދޭން..” ނަޝްފާ މަޑުމަޑުން އެހެން ބުނުމުން ރާހުލް ނަޝްފާގެ މޫނަށް ބަލާލިއެވެ. އެދެލޮލުގައި ވިދަމުންދާ ކަރުނަތިކިތައް އޭނާއަށް ރީއްޗަށް ވެސް ފެނުނެވެ. އެ ބާރު ގަދަ ދެއަތުން ނަޝްފާގެ ހަށިގަނޑުގައި ވަށާލުމަށްފަހު އޭނާ ދެލޯ މަރާލިއެވެ.

** ** **

އޭގެ އަނެއް ދުވަހު ހަވީރު ރިޝްކާ ގޮވައިގެން ފެރީ ޓާމިނަލަށް ދިޔައިރު ރާހުލްގެ އަތް ފައި ވަނީ ފިނިވެފައެވެ. އަނެއްކާ ވެސް އަންޖޫދާއާ ކުރިމަތިލާން ޖެހުމުން އޭނާގެ ހިތް އާދަޔާ ޚިލާފަށް ބާރަށް ތެޅެމުން ދިޔައެވެ. އަންޖޫދާ އުޅޭ އިމާރާތް ކައިރިއަށް ދެވުމާއެކު އޭނާ އަންޖޫދާގެ ނަމްބަރަށް މިސްޑްކޯލެއް ދިނެވެ. އިރުކޮޅެއް ނުވެ އަންޖޫދާ ފައިބައިގެން އައެވެ. އަދި ލޯތްބާއެކު ރިޝްކާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.

“ރިޝްކޮ މަތިން މަންމި މިސްވި އިނގޭ…” އަންޖޫދާ ރިޝްކާގެ ކޮލަށް ބޮސްދެމުން ވާހަކަ ދެއްކިއެވެ. ރިޝްކާ އެއްޗެކޭ ނުބުނެ އިސްޖަހައިގެން ހުރީއެވެ. އަދި ވެސް އޭނާ އެ ހުރީ އަންޖޫދާ ދެކެ ނުރުހިފައިކަން އެނގުމުން އަންޖޫދާ ދެރަވިއެވެ. ރާހުލްއާ ދިމާއަށް ބަލާލުމަށްފަހު ރިޝްކާ ގޮަވައިގެން މައްޗަށް އަރަން ހިނގައިގަތްތަނާ ރާހުލް އޭނާއަށް ގޮވާލިއެވެ.

“ވާހަކަ އެއް ދައްކާލަން ބޭނުން…” ރާހުލް އެހެން ބުނުމުން އަންޖޫދާ ރިޝްކާ ލާފައި އަންނާނެ ކަމުގައި ބުނެލިއެވެ. ރިޝްކާ ކޮޓަރިއަށް ލުމަށްފަހު އޭނާ ސިޑިން ފައިބައިގެން އައިއިރު އެ ނިތްކުރިމަތިން ދާތިކިތައް ފާޅުވާން ހުއްޓެވެ. ރާހުލް އެ ދައްކަން އުޅެނީ ކޮން ވާހަކައެއްކަން ނޭނގޭތީ އެހިތް ނުތަވަސްވަނީއެވެ.

އަންޖޫދާއާކު ރާހުލް މިސްރާބުޖެހީ އާޓިފިޝަލް ބީޗާ ދިމާއަށެވެ. އެތަނުގައި ހުރި ބެންޗެއްގައި ދެމީހުން އިށީންދެ ހަމަޖެހުމުން ރާހުލް ވާހަކަ ދައްކަން ފެއްޓިއެވެ.

“މާހިންއާ އިންނަންތަ ތި އުޅެނީ؟” ދުރު ބަލަހައްޓައިގެން ހުރެ ރާހުލް ސުވާލުކުރިއެވެ.

“ހޫމް..” އަންޖޫދާ ވެސް އިިސްޖަހައިގެން ހުރެ ބުނެލިއެވެ.

“ކީއްވެ؟” ރާހުލް އަހާލިއެވެ. އޭރު އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އިއްޔެ މާހިން އޭނާ ގާތު ދެއްކި ވާހަކަތަކެވެ. އަދިވެސް އޭނާގެ ސިކުނޑި އެވާހަކަތައް ޤަބޫލުކުރާކަށް އެއްބަހެއް ނުވިއެވެ.

“އެ.. އެ .. އެއީ……. ރާހުލް ކީއްކުރަން ތި ސުވާލު ތި ކުރީ؟ އަހަންނަށް ވެސް މީހަކާ އިނުމުގެ ހައްގު ލިބިގެންވެއެއްނު؟” އެއީ އާމިނާ ބުނެގެން ކުރާ ކަމެއް ކަމުގައި ބުނަން އުޅެފައި ވެސް އަންޖޫދާ ވާހަކަ އޮޅުވާލިއެވެ.

“ތި ކައިވެނީގެ ސަބަބުން ރިޝްކާ ދެރަވެފައި ހުރިވަރު ނޭންގެނީތަ؟ އެއްފަހަރުވެސް ރިޝްކާއާ މެދު ވިސްނާލިންތަ؟” ރާހުލް މިފަހަރު ވާހަކަދެއްކީ ތަންކޮޅެއް ބާރަށެވެ. އެއަޑުގައި ހަރުކަށިކަން އެކުލެވިގެންވިއެވެ. ރާހުލްގެ އެ ސުވާލާއެކު އަންޖޫދާއަށް ކޮޅަށް ތެދުވެވުނެވެ. އަދި ރާހުލްއާ ފުރަގަސް ދިނެވެ. އޭރު އެދެލޯ ކަރުނުން ފުރިގެން ބަންޑުންވަނީއެވެ. އޭނާ ރިޝްކާ ދެކެ ވާ ލޯބި އަދިވެސް ރާހުލްއަށް އިހުސާސްނުކުރެވެނީ ހެއްޔެވެ؟ އޭނާ ރިޝްކާ ދުނިޔެއަށް ގެނައީ ކީއްވެގެން ކަން ރާހުލްއަށް އަންދާޒާ ނުކޮށްލެވެނީ ހެއްޔެވެ؟ އޭނާ ބޭނުންވި ނަމަ ރިޝްކާ ދުނިޔެއަށް ނާންނަނީސް ނައްތާލެވުނީހެވެ. ނަމަވެސް އޭނާ އެގޮތް ބޭނުންނުވީ ރިޝްކާއަކީ އޭނާއާ ރާހުލްގެ ލޯބީގެ ނިޝާނަކަށް ވީތީއެވެ. އޭނާ ރާހުލްގެ ލޯތްބަށް ޤަދަރުކުރާތީއެވެ. ރަށު މީހުން އޭނާއަށް އެހާ މަލާމާތް ކުރިއިރު ވެސް އޭނާ ކެތްކޮށްލައިގެން ހުރީ ރާހުލްދެކެ ވީ ލޯބީގެ ހައްޤުގައެވެ. ކަރުނަތައް ފުހެލަމުން އޭނާ ނޭފަތް ދަމާލިއެވެ.

“ރިޝްކާއަށް ދެރަގޮތެއް ވާކަށް އަހަރެންވެސް ބޭނުމެއް ނޫން….” އަންޖޫދާ މަޑުމަޑުން ބުނެލިއެވެ. އެއާއެކު ރާހުލްގެ ރުޅި ކޮންޓުރޯލުން ނެއްޓިއެވެ. އޭނާ ތެދުވެގެން އައިސް އަންޖޫދާގެ ކޮނޑުގައި ހިފައި އޭނާއާ ވީފަރާތަށް އަނބުރާލިއެވެ.

“ދެރަގޮތެއް ވާން ނޭދޭތީތަ ރިޝްކާ ދެރަކުރަނީތި؟ އަހަރެން ނޫން އެހެން ބައްޕައެއް ބޭނުމެއް ނޫނޭ ރިޝްކާ އެ ބުނަނީ؟ ދެން ކީއްވެ ތިހެން ތި ހަދަނީ؟ ނަފްސާނީ ގޮތުން ރިޝްކާއަށް އަސަރުކޮށްފިއްޔާ ހަދާނީ ކިހިނެއް؟ އޭނ؟؟” ރާހުލް އަންޖޫދާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ސުވާލުތައް ފަތިފައްޗަށް އަމުނާލިއެވެ. އެއަޑުގައި ވަނީ ރުޅިވެރިކަމެވެ. ރާހުލް ރުޅިއައުމުން އަންޖޫދާ ދެރަވިއެވެ. އަނެއްކާވެސް އޭނާގެ ދެލޯ ފެންކަޅިވާންފެށިއެވެ.

“ރާހުލް ޕްލީސް… އަހަންނާ ތި ސުވާލުތައް ނުކުރޭ….” އެ ސުވާލުތަކަށް ދޭނެ ޖަވާބެއް ނުވިސްނުމުން އަންޖޫދާ ބުނެލިއެވެ. އަދި ރާހުލްގެ އަތް ފޮޅުވާލުމަށްފަހު ނުރޯން މަސައްކަތްކުރަމުން ދުރަށް ދާން ހިނގައިގަތެވެ.

އެމީހުން ބީޗަށް އައިއިރުވެސް އުޑުމަތި އޮތީ ކުޑަކޮށް ބަނަކޮށެވެ. ނަމަވެސް މިހާރު ޖެހޭ ވައިރޯޅިތައް ވެސް ކުރިއަށް ވުރެ ބާރުވެއްޖެއެވެ. ކަޅުވިލާތައް އިރު ފޮރުވާލިއިރު މުޅި އުދަރެސްމަތި ފެންނަނީ ކުޑަކޮށް އަނދިރިކޮށެވެ. އިސާހިތަކު ހިމަފޮދު ވާރޭގެ ތިކިތައް ވެހެން ފަށައިފިއެވެ. އެ ވާރޭތިކިތައް އަންޖޫދާ ލައިގެން ހުރި ކަޅުކުލައިގެ ޖިލްބާބް ހެދުން ތެންމަމުން ދިޔައިރު އޭނާއަށް އިހުސާސްކުރެވުނީ ފިނިކަމެވެ. ނަމަވެސް ވެހެމުން ދިޔަ ވާރޭއަކަށް ނުބަލައި އޭނާ ހިނގައިގަތީ ރާހުލްއާ ވީހާވެސް ދުރަކަށް ދިއުމަށެވެ. އޭރު ރާހުލްއާއެކު މިތަނަށް އާދެވުނު މޮޔަ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އެދެލޮލުން ފޭބި ކަރުނަތައް ވާރޭތިކިތަކާ އެއްވެ މޫނުން ތިރިއަށް ފޭބިއިރު އެއްވެސް މީހަކަށް އޭނާ ރޮނީކަމެއް ނޭނގޭނެއެވެ.

އަންޖޫދާ ދިޔަދިމާއަށް ބަލަން ހުރި ރާހުލް ދެއަތް މުއްކަވާލިއެވެ. އޭނާ މުހިއްމު ވާހަކައެއް ދައްކަން ފަށާއިރަށް އަންޖޫދާ އެ ދަނީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ މިއީ ރިޝްކާއާ ގުޅުން ހުރި ވާހަކައެެކެވެ. ރިޝްކާ ދެކެ ލޯބިވަންޏާ އޭނާ އެ ދައްކާ ވާހަކައަށް އަންޖޫދާ ސަމާލުކަން ނުދެނީ ކީއްވެގެން ހެއްޔެވެ؟ ކުޑަކޮށް ތެމިފައި އޮތް އޭނާގެ އިސްތަށިގަނޑުގައި އަތް ހާކާލަމުން ބާރުބާރަށް އަންޖޫދާއާ ދިމާއަށް އޭނާ ހިނގައިގަތެވެ.

“އަންޖޫ!” ރާހުލް އަންޖޫދާގެ އަތުގެ މުލައްދަނޑީގައި ބާރަކަށް ހިފައި އޭނާއަ ދިމާއަށް ދަމާލިއެވެ. އެފަދަ ކަމަކަށް ނުވިސްނާ ހުރި އަންޖޫދާ ގޮސް ލައްވީ ރާހުލްގެ ތަނަވަސް މޭމަތީގައެވެ. ހިނދުކޮޅެއް ވަންދެން ދެމީހުންނަށްވެސް އެކަކު އަނެކަކުގެ ލޮލުތެރެއަށް ގެއްލިފައި ހުރެވުނެވެ. ހުރެވުނު ގޮތް ރޭކާލުމުން އަންޖޫދާ ރާހުލްގެ އަތް ނައްޓުވަން މަސައްކަތް ކުރިއެވެ. ނަމަވެސް ރާހުލް ކުރިއަށްވުރެ ބާރަށް އަންޖޫދާގެ އަތުގައި ހިފަހައްޓާލިއެވެ.

“ދޫކުރޭ ރާހުލް! ތަދުވެޔޭ!” އަންޖޫދާ ރޮވިފައިވާ އަޑަކުން ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެވަގުތު ރާހުލްއަށް އަންޖޫދާގެ އަތުން ދޫކޮށްލެވުނެވެ. އޭނާ އެހެން ކަންތައް ކުރީ އެއްގޮތަކަށްވެސް އަންޖޫދާއަށް ތަދުކުރާކަށް ނޫނެވެ.

“އަންޖޫ…! ކީއްވެތަ އެނގިހުރެ ރިޝްކާއަށް ދެރައެއް ދޭން ތިއުޅެނީ؟” ދެބުމަ ގޮށް ޖަހާލަމުން ރާހުލް ސުވާލުކުރިއެވެ. އޭރު ވާރޭ ވެސް ބޯ ކޮށްލާފިއެވެ. ދެމީހުންކުރެ އެކަކު ވެސް ހިޔާވާން ދާކަށް މަސައްކަތެއް ނުކުރެއެވެ.

“އަހަރެން ނޫޅެމޭ ރިޝްކާއަށް ދެރައެއް ދޭކަށް! އަހަރެން ނޫޅެމޭ!” އަންޖޫދާ ބާރުބާރަށް ރޮއިގަންނަމުން ބުނެލިއެވެ. ގިސްލަމުން އޭނާ ހުރި ދިމާއަށް ތިރިވިއެވެ. ރަތް ވެފައިވާ އޭނާގެ ދެލޯ ފެނުމުން ރާހުލްގެ ރުޅި ކުޑަކޮށް ފިނިވިއެވެ. އެ ގިސްލުމުގެ އަޑު އަހަން އޭނާގެ ހިތަށް އުނދަގޫވިއެވެ.

“ދެން ކީއްވެތަ މާހިން އާ އިންނަނީ؟ އަންޖޫ މާހިން ދެކެ ލޯބިވާތީތަ؟” ރާހުލް އެ ހުރިގޮތަށް ހުރެ ތަންކޮޅެއް މަޑުން ސުވާލުކުރިއެވެ.

“އަހަރެން ނުވޭ މާހިން ދެކެ ލޯތްބެއް… މީ މަންމަ ބޭނުނ    ްވެގެން ކުރާ ކައިވެންޏެއް..” އަންޖޫދާވެސް މިފަހަރު ވާހަކަ ދެއްކީ ތަންކޮޅެއް މަޑުންނެވެ. އޭރުވެސް އޭނާއަށް ގިސްލެވެމުން ދިޔައެވެ.

“މަންމަ ބޭނުންވިޔަސް…. ރިޝްކާ…. ރިޝްކާއާ މެދު ވިސްނާލި ނަމަ….” އަދިވެސް އަންޖޫދާގެ ދިރިއުޅުމަށް އާމިނާ ނުފޫޒު ފޯރުވާކަން އެނގުމުން ރާހުލްއަށް ބުނެވުނެވެ.

“ރާހުލް! އަހަރެން ރިޝްކާއާ މެދު ވިސްނީމޭ… އަހަރެން ރިޝްކާއާ މެދު ނުވިސްނާ ނަމަ ރިޝްކާ މިޔަދު އެގޮތަކަށް ނުހުންނާނެ…! އަހަރެން ބޭނުންވިނަމަ އޭރު ބަނޑުބޮޑުވީ އިރު އެބޯޓްވެސް ކޮށްލެވުނީސް… ! އެކަމު އަހަރެން އެހެން ނުހެދީ ކީއްވެތޯ ރާހުލް އެއްވެސް ފަހަރަކު ވިސްނާލިންތަ؟ ރަށު އެންމެން އަހަންނާ ދިމާއަށް އެހާ ވަރަށް އެއްޗެހި ކީއިރުވެސް އަހަރެން ބަނޑުގައި އޮތް ދަރިފުޅު އެންމެ ރަނގަޅު ގޮތުގައި ބެލޭތޯ ބެލިން…! އެއީ ކީއްވެކަން އިނގޭތަ؟ އަހަރެން ގަބޫލުކުރީ އެއީ ރާހުލްގެ އަމާނާތެއް ކަމަށް…..” އަންޖޫދާ އުނދަގުލާއެކު ބުނެލިއެވެ. އެވަގުތު ރާހުލް ހުރި ދިމާއަށް ތިރިވެ އަންޖޫދާއާ ކުރިމައްޗަށް ވާ ގޮތަށް ކުޑަކަކޫ ޖަހައިގެން އިށީނެވެ. އަންޖޫދާގެ ދެލޮލަށް އޭނާ ބަލާލީ ފަރުވާތެރިކަމާއެކުގައެވެ.

“އަންޖޫދާ އަބްދުއްސައްތާރު… އަހަރެން ކުރާނީ އެންމެ ސުވާލެއް… އެ ސުވާލަށް ތެދަށް ޖަވާބު ދީ……………………..” އަންޖޫދާގެ ލޮލަށް ބަލަހައްޓައިގެން ހުރެ ރާހުލް ބުނެލިއެވެ. “އަހަރެން ދެކެ ލޯބިވޭތަ؟”

(ނުނިމޭ)

29
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Liaa

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ހުރީ ވެވިފާ ބާކީ… (ދިހަވަނަ ބައި)

Next

ހިތް އެކީ ދެވިއްޖޭ.. 20

Next
December 19, 2016

ހިތް އެކީ ދެވިއްޖޭ.. 20

Previews
December 18, 2016

ހުރީ ވެވިފާ ބާކީ… (ދިހަވަނަ ބައި)

14 Comments

  1. Gorgeous says:
    December 18, 2016 at 10:10 pm

    Wow!!! Vvvv salhi mi part.. Ethah dhuvahakah fahu miha salhi part eh mi kiyalevuny… Madhan vx upkohdheveytho balache liaa..

  2. :) says:
    December 18, 2016 at 10:16 pm

    Vrh salhi..waiting

  3. ny says:
    December 18, 2016 at 10:56 pm

    Waoooooow v v v reethi kurimathin eshotutha fennahen heevanee filmuge manzarege sifaaga

  4. Nish says:
    December 19, 2016 at 12:16 am

    Yes yes yes I love you Rahul ????

    1. Fahana thashi says:
      December 19, 2016 at 6:31 pm

      Are you anjoo??

  5. Hooooo? says:
    December 19, 2016 at 1:53 am

    Anju pls say yes.

    1. Fahana thashi says:
      December 19, 2016 at 6:32 pm

      Are you Rahul??

  6. Alam says:
    December 19, 2016 at 7:15 am

    No no no.. Rahul r Anjoodhaa nugulhu vaathi plx plx.. Ehn hedhyma nashfa kihaa ekani vaane plx liaa

  7. Liaa says:
    December 19, 2016 at 9:10 am

    hii all… sorry reyga internet massala eh dhimaa vegen liaa ah comment nukollevunii… hope u like this part too… next part miyadhu up kodheveythw varah eba massaikai kuran…
    Love u all ?

  8. Liaa says:
    December 19, 2016 at 9:11 am

    Thankyw all for the lovely comments ❤

  9. Liaa says:
    December 19, 2016 at 9:12 am

    Lets see dhw wat heppans next…

  10. Moon says:
    December 19, 2016 at 1:03 pm

    Waiting liaa.. Avahah upkohdheche..

  11. Irene says:
    December 19, 2016 at 5:57 pm

    Liyaa plzzz avhah up. Khdheeba… plzz Vaahaka ehkh ninmaalahchyy… V kiyaa hiyy vaa Vaahaka eh mi…haadha lahey up kuraaleh ekm….

  12. Fahana thashi says:
    December 19, 2016 at 6:33 pm

    Liaa Plz Plz avahah up kohdhyba… Vvvv Kiya hithun myni..

Comments are closed.

All Right Reserved!