Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެ ލޯބި އަސްލު ހައްޤޭ (13 ވަނަ ބައި)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
December 23, 2016 7 Mins Read
14 Comments

ވިޝާން އަންޖޫދާގެ ޓީޝާޓުގެ ކަރުގައި ހިފައި ބާރަކަށް ދަމައިގަތެވެ. އަދި ފަސޭހަކަމާއެކު އެ ޓީޝާޓު އިރާލިއެވެ. އެ ވަނާތައް ފުރިހަމަ ހަށިގަނޑަށް އޭނާގެ ދެލޯ ހުއްޓިފައިވިއެވެ. ދެއަތުން ގައި ނިވާކުރަން މަސައްކަތްކުރަމުން ދިޔަ އަންޖޫދާއަށް ގިސްލެވެމުން ދިޔައެވެ. ހިތާހިތުން އޭނާ މި މުޞީބާތުން ސަލާމަތްކުރެއްވުމަށް އެދި ދުޢާކުރަމުން ދިޔައެވެ.

“އޭރުވެސް އައި ވޯންޓަޑް ޔޫ ސޯ ބޭޑްލީ އިނގޭ… ކީއްވެތަ އޭރު އަހަންނަށް ފުރުސަތު ނުދިނީ؟” އަންޖޫދާގެ ކަނދުރާއިން ވަސްގަންނަމުން ވިޝާން ވާހަކަދެއްކިއެވެ. އެއަޑުގައި ވަނީ މަަސްތީކަމެވެ. އެ ހިތް އެދެމުން ދިޔައީ އަންޖޫދާގެ ހިތްގައިމު ހަށިގަނޑުން އުފާ ލިބިގަތުމަށެވެ. އޭނާގެ ހިއްސުތައް އެދި ގޮވަމުން ދިއައީ އެ ހަށިގަނޑުގެ ކޮންމެ ގުނަވަނެއްގައި ވަކިވަކިން ބީހުމަށެވެ.

ކުއްލިއަކަށް ރިޝްކާ ރޯންފެށި އަޑު އިވުމުން ވިޝާންއަށް ސިހިފައި ދުރަށް ޖެހިލެވުނެވެ. ދަނޑިވަޅުބަލާފައި އަންޖޫދާ ވިޝާންގެ އަތްދަށުން ނިކުމެގެން ދުއްވައިގަތެވެ. ފާހާނާގައި އަޅުވާފައި އޮތް ތުވާއްޔަކުން އޭނާގެ ހަށިގަނޑު ނިވާކޮށްލަމުން ދުވެފައި ފާހާނާއިން ނިކުތެވެ. އަދި ރިޝްކާގެ ގާތަށް ދިޔައެވެ.

“މަންމި ކޮންތާކުން ތިއައީ؟ މަންމި ނެތީމަ ރިޝްކޮ ބިރުގަތީ..” ގިސްލަމުން ދިޔަ ރިޝްކާ އަންޖޫދާގެ ހަށިގަނޑުގައި އޮޅުލައިގަންނަމުން ވާހަކަ ދެއްކިއެވެ. އަންޖޫދާ ލޯތްބާއެކު ރިޝްކާގެ ބޮލުގައި ފިރުމާލިއެވެ. އަދި އަމިއްލަ ލޮލުން ފާބައިފައިވާ ކަރުނަތައް ފުހެލުމަށްފަހު ރިޝްކާގެ ލޯވެސް ފުހެލަދިނެވެ.

“މަންމި މިއައީ ފާހާނާއިންނޭ ދޫނީ. ދެން އަވަހަށް ނިދާލަން އޮވޭ އިނގޭ…” އަންޖޫދާ އެހެން ބުނުމުން ރިޝްކާ އަންޖޫދާގެ އުނގުގައި ބޯ އަޅާލައިގެ އޮށޯވެލިއެވެ. ރިޝްކާ ނިދަންދެން އޭނާގެ ބޮލުގައި ފިރުމާލަ ފިރުމާލަ އޭނާ އިނެވެ.

ފާހާނާއިން ކޮޓަރިއަށް ބޯދިއްކޮށްގެން ހުރި ވިޝާންއަށް ރިޝްކާ ނިދިކަން އެނގުމާއެކު އަވަސް ފިޔަވަޅުތަކެއްގައި ފާހާނާއިން ނިކުތެވެ. އަދި އަލިފާނުގެ ބެލުމަކުން އަންޖޫދާއަށް ބަލާލުމަށްފަހު އެކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ދެކޮޅު ހޯދާ ބަލާލުމަށްފަހު ބޭރުގައި އެއްވެސް މީހެއް ނޫޅޭތޯ ޔަޤީންކޮށްލިއެވެ. އަދި އެނބުރި ކޮޓަރިއަށް ބޯދިއްކޮށްލުމަށްފަހު ވާހަަކަ ދެއްކިއެވެ.

“އަދި މި ނިމުނީކީ ނޫން އިނގޭ އަންޖޫދާ… އަދި ހޭއަރުވާލާނަން…” ވިޝާން ވާހަކަދެއްކީ މަޑުން ނަމަވެސް އަންޖޫދާއަށް އެކީ އެއްޗެއް ސާފުކޮށް އިވުނެވެ. ވިޝާން ނިކުތުމަށްފަހު ދޮރުލެއްޕުމުން އަންޖޫދާ އެނދުން ތެދުވެ އަވަސް އަވަހަށް ގޮސް ދޮރުތަޅުލިއެވެ. އަދި ދޮރުގައި ލެނގިލައިގެން ހުރެ ފުންނޭވާތަކެެއް ބޭރުކުރިއެވެ. ވިޝާން ބުނެލި ކޮންމެ ބަހެއް އޭނާގެ ބޮލުތެރޭގައި އެނބުރެމުން ދިޔައެެވެ. އިސާހިތަކު އަނެއްކާވެސް އޭނާއަށް ގިސްލެވެން ފެށިއެވެ. އަޑު ބޭރުވެގެން ރިޝްކާއަށް ހޭލެވިދާނެތީ އޭނާ އަނގަމަތީގައި ދެއަތް އަޅާލިއެވެ. ރާހުލްއާ އެކީ އުފާވެރި ހަޔާތެއް ފެށީތާ މާގިނަ ދުވަސް ނުވަނީސް އަނެއްކާ އޭނާއަށް މިކުރިމަތިވީ ކޮންފަދަ މުޞީބާތެއް ހެއްޔެވެ؟ ރިޝްކާގެ ދުވަސްދުއްވާލާނަމޭ ކިޔައި ވިޝާން ބިރުދެއްކި ނަމަވެސް އޭނާ އެވާހަކަ ރާހުލް ގާތު ދައްކަން ނިންމިއެވެ. އޭނާގެ މި އުފާވެރި ޢާއިލާ ވިޝާންގެ ކިބައިން ސަލާމަތްކުރެވޭނީ އޭރުންކަމަށް އޭނާއަށް ވިސްނުނެވެ.

** ** **

އަނެއް ދުވަހަކީ ހޮނިހިރު ދުވަސްކަމުން އެއްވެސް މީހަކު ވަޒީފާއަށް ނިކުންނާކަށް ނުޖެހެއެވެ. ހެނދުނު ސައިބޯން އިނދެގެން އެއެންމެންގެ މެދުގައި ދެކެވެމުން ދަތުރުދާ ވާހަކައެވެ. މިކަމުގައި އެންމެ ފޯރިނަގައިގެން އުޅުނީ ރިޔާއެވެ. ނަމަވެސް ރާހުލް އިންނަނީ ފާޑަކަށެވެ. ރިޔާ ވިޝާން އާ އެކު އެގެއަށް ބަދަލުވީއްސުރެ އޭނާގެ މޫޑު ވަނީ ގޯސްވެފައެވެ. އެންމެން ދަތުރު ދާން އެއްބަސްވިއިރު ރާހުލް ދާކަށް ބޭނުމެއް ނުވިއެވެ. އަންޖޫދާއަށް ވެސް ރިޝްކާ ދާން ފޯރިދައްކާވަރުން ދަތުރުދާން އެއްބަސްނުވެ ނުހުރެވުނީއެވެ.

“ދެން ރާހުލް ހާދަ ގޯހޭ! އަހަރެން އަދި ނުދަމޭ މިގޮތަށް އާއިލާއާއެކީ ދަތުރެއް… އޯކޭ ވާނޭ މީހުން އުޅޭ ރަށަކަށް ދެވުނަސް…” ރާހުލް އެއްބަސްނުވުމުން ރިޔާ ބުނެލިއެެވެ.

“ތެދެއް ރާހުލް… އާއިލާތެރޭ ގުޅުން ބަދަހިކޮށްލަން ލިބޭނީ މިފަދަ މަދު ފުރުސަތެއް…” ވިޝާން އެހެން ބުނެލީ ވަށްކަޅިން އަންޖޫދާއާ ދިމާއަށް ބަލާލުމަށްފަހުގައެވެ. އެވަގުތު އަންޖޫދާއަށް ބުނެދޭން ނޭނގޭ ފަދަ ބިރުވެރިކަމެއް އިހުސާސްވެގެން ދިޔައެވެ. ރެއަށްފަހު ރާހުލްއާއެކު އެކަނިވެލާނެ ފުރުޞަތެއް އަދި އޭނާއަކަށް ނުލިބެއެވެ. އެހެންނޫންނަމަ އޭނާ މިހާރު ވިޝާންގެ ވާހަކަ ރާހުލްއަށް ކިޔައިދިނީހެވެ.

“ދެން ބައްޕީ… ކީއްވެތަ ނުދަނީ ބައްޕި؟ ރިޝްކޮއާ، މަންމިއާ، ބައްޕިއާ، ކުޑަމަންމިއާ، މާމައާ، ރިޔާއްތައާ، ރިޔާއްތަބެއާ އެންމެން ދިޔައީމަ ކިހާ މަޖާވާނެތަ؟” މީހުންގެ ނަންތައް ކިޔަމުން ދިޔައިރު ރިޝްކާ އަތުގެ އިނގިލިތައް ބިންދަމުން ދިޔައެވެ. އޭނާ ވާހަކަ ދައްކައި ނިމުމާއެކު އެންމެން ގާތަށް ވެސް ހިނިއަންނަ ގޮތް ވިއެވެ. ރާހުލް ވެސް ހެމުން ހެމުން ރިޝްކާގެ ކޮލަށް ދޮނެއް ދިނެވެ. ރިޝްކާ އެހާ ދާހިތުން ހުރިއްޔާ އޭނާވެސް ދާން ބޭނުމެވެ.

“އޯކޭ…އޯކޭ.. ބައްޕިވެސް ދާނަމޭ..” ރާހުލް އެހެން ބުނުމާއެކު ރިޔާ އާ ރިޝްކާ އެއްފަހަރާ “ޔޭސް!” އޭ ބުނެލިއެވެ. އޭރު ނުލަފާ ގޮތަކަށް ހީލައިގެން ހުރި ވިޝާން ބަލަމުން ދިޔައީ އަންޖޫދާއާ ދިމާއަށެވެ.

ދަތުރު ދާން ހިފި ލޯންޗު އޮތް ކަމަށް ބުނި ދިމާއަށް އެންމެން ދިޔައީ އަވަސް އަރުވާލާފައެވެ. ދަތުރުގައި އެމީހުން މާހިން އާ އޭނާގެ ދެ ފިރިހެން ކޮއްކޮ ވެސް ބައިވެރިކުރިއެވެ. ލޯންޗުގައި އެންމެން ހީ ސަމާސާކުރަމުން ދިޔައިރު މާހިންއަށް ބެލެމުން ދިޔައީ އަންޖޫދާގެ ރީތި ހިނިތުންވުމާ ދިމާއަށެވެ. އެ ބެލުމުގައި ވަނީ މާޔޫސްކަމެެވެ. ރާހުލް ފަދައިން އަންޖޫދާގެ ލޯބި އޭނާއަށް ވެސް ލިބޭނެނަމައޭ އެހިތަށް އަރަމުން ދިޔައެވެ.

ދަތުރު ދާން ހަމަޖެއްސި ރަށަށް ލެފުމާއެކު ހުރިހާ އަންހެންވެރިން ރަށަށް ފޭބިއެެވެ. ފިރިހެންވެރިން އުޅުނީ ގެނައި އެއްޗެހިތައް ލޯންޗުން ބޭލުމުގެ މަސައްކަތް ކުރުމުގައެވެ. ރަށުގެ ހުދު ހިމުން ދޮންވެލިގަނޑު މަތީގައި ދުވެ ދުވެފައި އުޅުނު ރިޝްކާ ފެނި އަންޖޫދާގެ މޫނަށް ހިނިތުންވުމެއް ވެރިވިއެވެ.

“ރިޝްކޮ ހާދަ އުފަލުންނޭ ދޯ އެއުޅެނީ ދަތުރު އާދެވުނީމަ..” ނަޝްފާ އައިސް އަންޖޫދާއާ ދާދި ގާތުގައި ހުއްޓެމުން ބުނެލިއެވެ.

“އެހެނެއްނު ވާނީ.. އޭނަ އަދި ދުވަހަކުވެސް ފަޅު ރަށަކަށް ނާދެއޭ…” އަންޖޫދާ އެހުރި ގޮތަށް ހުރެ ބުނެލިއެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ ފެންކޫލަރު ހިފައިގެން ލޯންޗާ ދިމާއިން އަންނަމުން ދިޔަ ވިޝާންއެވެ. އޭނާ އަންޖޫދާ އާ އަރާ ހަމަވެފައި އަންޖޫދާއަށް ބަލާލީ ނުލަފާ ގޮތަކަށެވެ. އަންޖޫދާ ނޫންކަމަށް ހަދާފައި އަވަސް އަވަހަށް އިސްޖަހާލިއެވެ. ވިޝާންގެ އުނދަގޫ މާ ބޮޑު ވުމުގެ ކުރިން ރާހުލް ގާތު ކޮންމެހެން މި ވާހަކަ ދައްކަން އެބަޖެހެއެވެ.

ވިޝާން ގޮސް އަންޖޫދާމެން ތިބި ހިޔާދޭ ބޮޑު ހިރުނދު ގަސް ދޮށުގައި ފެންކޫލަރު ބެހެއްޓިއެވެ. ހިންދެމިލަމުން އޭނާ އެއްލިކަޅިއަކުން އަޅައިގަތީ އެ ހިޔާގަނޑުގައި ވެއްޔާ ކުޅެން އިން ރިޝްކާއެވެ. އިރުކޮޅެއް ނުވެ ނަޝްފާ އާ އަންޖޫދާ ވެސް ރިޝްކާއާއެކު ވެލި ކުޅުމުގައި ބައިވެރިިވިއެވެ. ހީލާއިރު ފެންނަމުން ދިޔަ އަންޖޫދާގެ ސާފު ހުދު ދަތްތައް ފެނުމުން އޭނާއަށް އާޝޯޚުވެފައި އެދިމާ ބަލަހައްޓައިގެން ހުރެވުނެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް މިދަތުރުގައި އެ ހަށިގަނޑުން އުފާ ހޯދުމަށް އެ ހިތުގައި ކަނޑައެޅިއެވެ.

“ވިޝް…! ކޯއްޗަކަށް ގެއްލިފަ ތިހުރީ؟” ވިޝާން ސިހުނީ ކުއްލިއަކަށް ރިޔާ އައިސް އޭނާގެ އަތުގައި އެލިގަނެގެން ހުރެ ވާހަކަދެއްކުމުންނެވެ. މިއީ އަނެއްކާ އަނެއް ބޮޑު އުނދަގުލޭ އޭނާގެ ހިތަށް އެރިއެވެ. ދަތުރުގައި ރިޔާ އޭނާގެ ފަހަތުން އެންމެ ހިނދުކޮޅަކަށް ވިޔަސް ނައްޓައިފިއްޔާ ރަނގަޅެވެ.

“މި ބަލަނީ ރިޝްކޮ މާ ހެވިފައި އިންނާތީ…” ވިޝާން ރިޔާއަށް ހީލަމުން ބުނެލިއެވެ.

“އާނ ދޯ… ރިޝްކޮ ވަރަށް އުފާވެފަ އެއިނީ…” ރިޔާ ވެސް ރިޝްކާމެން ތިބި ދިމާއަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ. އެވަގުތު އަންޖޫދާ ތެދުވެގެން ވެލި ފޮޅާލުމަށްފަހު އޭނާއާ ދިމާއަށް އަންނަން ފެށިއެވެ. އޭނާ ހިނގާއިރު އެ ހަށިގަނޑު ހެލިލާ ގޮތް ފެނި ވިޝާންއަށް އެދިމާ ބަލަން ހުރެވުނެވެ.

“ކައްކަން އުޅެންވީނު؟ މިހާރު މެންދުރުވަނީ ވިއްޔަ… ނަޝް ބުނީ ރިޔާ ހަދައޯ ވަރަށް މީރުކޮށް ނޫޑުލިސް… ހިނގާބަ ކައްކަން އުޅެން…” ކައިރީގައި ހުރި ވިޝާންއަށް ނުބަލަން މަސައްކަތްކުރަމުން އަންޖޫދާ ރިޔާއާ ވާހަކަ ދެއްކިއެވެ. އޭރުވެސް ވިޝާން އޭނާއަށް ބަލާވަރުން އޭނާއަށް އުނގަދޫތަކެއް ވަމުން ދިޔައެވެ.

ރިޔާ އަންޖޫދާ އާއެކު ދިއުމުން ވިޝާންއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. ރިޔާ އޭނާގެ ގާތުގައި ހުރިހާ ހިނދަކު އޭނާގެ ރޭވުން ކުރިއަށް ގެންދަން އުނދަގޫވާނެކަން އޭނާއަށް އެނގެއެވެ. ދެކޮޅު ހޯދާ ބަލާލުމަށްފަހު އޭނާ ޖީބުގައި އޮތް ފޯނު ނަގައި ނަންބަރަކަށް ގުޅާލިއެވެ.

“އޭ… މަ ބުނީ ގުޅާނަމޭ އިނގޭ އޯކޭވީމަ…” ކައިރިން މީހެއްގެ ހިލަމެއް ވޭތޯ ބަލާލުމަށްފަހު އޭނާ ފޯނުން ވާހަކަދެއްކިއެވެ. އަތިރިމައްޗަށް ފުރަގަސްދީގެން ހުރެ އޭނާ ވާހަކަ ދައްކަމުން ދިޔައެވެ.

ރާހުލް ރިޝްކާ ގާތަށް އައުމުން ނަޝްފާ ވެސް މިސްރާބުޖެހީ އަންޖޫދާއާ ރިޔާއަށް ކެއްކުމުގައި އެހީވެދޭން ދިއުމަށެވެ. ފޯނުން ވާހަކަ ދައްކަން ހުރި ވިޝާންއަށް އެދިމާއަށް ނަޝްފާ އަންނަ ކަމެއް ނޭނގެއެވެ. ވިޝާންއާ ދާދި ގާތްވެފައި ހުއްޓާ ވިޝާން ދެއްކި ވާހަކަތައް އޭނާއަށް ރަނގަޅަށް ވެސް އިވުނެވެ.

“އާ.. ވަލުތެރެއަށް ގެންގޮސްފަ ހޭއަރުވާލަން މަ ވިސްނަނީމި… ހެހެ.. ކައޭމެންނަށް ވެސް ދޭނަމޭ ޗާންސް… އޯކޭ…” ވިޝާން ކިޔަމުން ދިޔަ އެއްޗެއް އަޑުއިވުމާއެކު ނަޝްފާއަށް ދެލޯ ހަނިކޮށްލެވުނެވެ. އަނެއްކާ ވިޝާން އެއުޅެނީ ކީއްކުރަންބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

ފޯނު ބާއްވާފައި އެނބުރެލި ގަޑީގައި ފަހަތުގައި ހުރި ނަޝްފާ ފެނި ވިޝާން ދިޔައީ ސިހިގެންނެވެ. ނަޝްފާއަށް އޭނާ ދެއްކި ވާހަކަ އަޑުއިވުނީކަން އެނގުމުން އޭނާއަށް ހިންދިރުވާލެވުނެވެ. ނަމަވެސް ނަޝްފާ ވިޝާން އެނބުރެލި ގަޑީގައި އޭނާގެ މޫނުގެ ކުލަވަރު ބަދަލުކޮށްލިއެވެ. ރީތި ހިނިތުންވުމެއްގައި ހުރެ އޭނާ ވިޝާންއާ ވާހަކަ ދެއްކީ އޭނާއަށް ވިޝާން ދެއްކި އެއްވެސް ވާހަކައެއް ނީވޭކަން ދެއްކުމަށެވެ.

“ވަރަށް މަދިރި ހަފާ ދޯ…؟ ވިޝާން އާދެބަލަ އަހަރެން މިދޭ މަދިރި ލޯޝަންފުޅި ރާހުލްއަށް ގެންގޮސްދޭން… ރިޝްކާ ގައިގައި ވަރަށް މަދިރި ހަފާއެބަ…” އެހެން ބުނެލުމަށްފަހު ނަޝްފާ ދަބަސްތައް ހުރި ދިމާއަށް މިސްރާބުޖެހިއެވެ. ފަހަތުން ދިޔަ ވިޝާން ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލިއެވެ. އޭނާ ދެންމެ ދެއްކި ވާހަކަތައް ނަޝްފާއަށް އިވުނު ނަމަ ނަޝްފާ އޭނާއާ އެހާ ރީތިކޮށް ވާހަކައެއް ނުދައްކާނެކަން އޭނާއަށް ވިސްނުނެވެ.

** ** **

މެންދުރު ކައިގެން ހުރިހާ ފިރިހެންވެރިން ގަސްތުކުރީ ރަށުތެރެ ބަލާލަން ދިއުމަށެވެ. ރިޝްކާ ދާން އެއްބަސްނުވުމުން އަންޖޫދާއަށް ޖެހުނީ އަތިރިމަތީގައި މަޑުކުރާށެވެ. އެކުގައި ނަޝްފާއާއި ރިޔާ ވެސް މަޑުކުރީ އަންޖޫދާ އެކަނިވާނެތީއެވެ. ވަލުތެރެއިން ފިރިހެންވެރިން ހިނގަމުން ދިޔަ ގަޑީގައި އެންމެންގެ މެދުގައި ތަފާތު ވާހަކަތައް ދެކެވެމުން ދިޔައެވެ. ރާހުލްއާ ވިޝާންއާ ދެމެދު ފިޔަވައެވެ. ރާހުލް ހުރީ ވިޝާން އާ މިޔަދު ވާހަކަނުދައްކަން ހުވާކޮށްގެންނޭ ހީވާކަހަލައެވެ.

ވަލުގެ ގަސްބޯ ހިސާބަކަށް ދެވުނުތަނާ އެމީހުންނަށް ވިޝާން ގެއްލުނެވެ. މާހިންއާ ރާހުލް ކުޑަކޮށް ހޯދި ނަމަވެސް ވިޝާން ފެންނަ ގޮތެއް ނުވިއެވެ.

“އަޅާ ނުލާ.. ވިޝާން މިރަށަށް ކުރިން ވެސް އައި… އެނގޭނެ އުޅެން… އަހަރެމެންނާ އެކީ ނުދާންވެގެން ކަންނޭނގެ އެދިއައީ….” ރާހުލް އެހެން ބުނުމުން މާހިންމެން ވެސް އިތުރަށް ވިޝާން ހޯދާކަށް ނޫޅުނެވެ. ރަށުގެ އެކި ދިމަ ދިމާ ފޮޓޯ ނެގުމުގައި މާހިންގެ ދެކޮއްކޮ އަވަދިނެތި އުޅުނެވެ.

ވިޝާން މިސްރާބުޖެހީ ރާހުލްމެން ހިނގަމުންދާ ދިމާ ނޫން އަނެއް ކޮޅަށެވެ. ދަމުން އޭނާ ކުރިން ގުޅި ނަންބަރަށް އަނެއްކާވެސް ގުޅާލިއެވެ.

“އޭ.. ކައޭމެން ދެމީހުން އެއްކަލަތާ ރެޑީގަ ހުރޭ… އަހަރެން ކޮންމެވެސް ގޮތަކުން އޭނަ އެ ހިސާބަށް ގެންދާނަން..” އެހެން ބުނުމަށްފަހު ވިޝާން ފޯނު ބޭއްވިއެވެ. އަދި ޖީބުން އެހެން ފޯނެއް ނަގައި އެއަށް ބަލާލީ އެއްމިޔަކުން ހީލަމުންނެވެ. އެއީ ރާހުލްގެ ދަބަހުން އޭނާ ރާހުލްއަށް ނޭނގި ނެގި ފޯނެވެ.

** ** **

ރިޝްކާ އާ އެކު ކުޅެން އިން އަންޖޫދާގެ ފޯނު ރިންގުވާން ފެށުމާއެކު އޭނާ އަޅުވައިގެން ހުރި ދަބަހުން ފޯނު ނަގައި ސްކްރީނަށް ބަލާލިއެވެ. ރާހުލްގެ ކޯލެއްކަމުން އޭނާ ހިނިތުންވެ ހުރެ ފޯނުނެގިއެވެ.

“އަންޖޫ.. ތަންކޮޅެއް އެއްފަރާތަކަށް ޖެހިލާބަ.. އަހަރެން ކިޔާ އެއްޗެހި ކައިރީގައި ހުރި މީހުންނަށް ނީވޭގޮތަށް…” ރާހުލްގެ އަޑާ ވައްތަރު ގޮތަކަށް ވާހަކަ ދެއްކޭތޯ ވިޝާން މަސައްކަތްކުރިއެވެ. ރާހުލް އެހެން ބުނުމުން އަންޖޫދާ ރިޝްކާގެ ގާތުގައި އިން ނަޝްފާއާއި ރިޔާއަށް އަވަސް ނަޒަރެއް ދިނުމަށްފަހު ތަންކޮޅެއް ދުރަށް ހިނގައިގަތެވެ.

“މިހާރު އަޑެއް ނީވޭނެ… އަނެއްކާ ކަމެއްވީތަ؟” އަންޖޫދާ އަހާލިއެވެ.

“ހޫމްމް.. ވަރަށް ބޮޑު ކަމެއް ވެގެން މިއުޅެނީ… އަންޖު މަތިން މިސްވަނީ….” އެކޮޅުން އެހެން ބުނުމުން އަންޖޫދާގެ މޫނަށް ޖަންބުކުލަ އަރައިގެން ދިޔައެވެ.

“ދެން ކިޔާ އެއްޗެހި..” އަންޖޫދާ ކުޑަކޮށް ހީލަމުން ބުނެލިއެވެ.

“އަންޖު އާދެބަ އަހަރެން ގާތަށް… ބަލާބަލަ ވާތް ފަރާތް.. ތަންކޮޅެއް ދުރުގަ އެބަހުއްޓެއްނު ދޯ މޫދައް އަރިވެފައި ރުކެއް…؟ އާދެބަ އެހިސާބަށް… އަހަރެން މިހުރީ އެތާ ކައިރީ…” އެކޮޅުން އެހެން ބުނުމުން އަންޖޫދާ އޭނާގެ ވާތް ފަރާތަށް ބަލާލިއެވެ. މޫދާދިމާއަށް އަރިވެފައި އޮތް ރުށް ފެނުމުން އެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިއެވެ.

“ހަމަ ދާންވީތަ؟” އަންޖޫދާ އަހާލިއެވެ.

“އާއެކޭ ބޭބީ.. އެއްވެސް މީހަކަށް ނޭނގޭ ގޮތަށް އިނގޭ އަންނާނީ… ނަޝްއަށް އެނގެއްޖިއްޔާ ސަކަރާތްވާނެއްނު؟” އެކޮޅުން އެހެން ބުނުމުން އަންޖޫދާ އާއެކޭ ބުނެފައި ފޯނު ބޭއްވިއެވެ. އަދި ނަޝްފާމެން ތިބި ދިމާއަށް ނަޒަރު ހިންގާލިއެވެ. ރިޝްކާ ވެލިން ކޭކެއް ހަދަމުން ދިޔައިރު ކައިރީގައި ނަޝްފާ އާ ރިޔާ ތިބީ އޮލަ ވާހަކައެއްގައެވެ. ނަޝްފާ ރިޝްކާ ބަލާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތުމުން އޭނާ ރާހުލް ބުނިދިމާއަށް ދާން ހިނގައިގަތެވެ. އެ ރުށް އޮތްލެއް ދުރުކަމުން އޭނާއަށް ހިތާހިތުން ޝަކުވާވެސް ކުރެވުނެވެ.

ދިޔަ މަގުމަތީގައި އަންޖޫދާއަށް ރާހުލް އެންމެ ފަހުން ބުނި ބަސްތަކާ ދޭތެރޭ ވިސްނާލެވުނެވެ. ރާހުލް ދުވަހަކުވެސް އޭނާއަށް “ބޭބީ” ގެ ނަމުން މުޚާތަބުކޮށްފައެއް ނުވެއެވެ. ނަމަވެސް މިޔަދު އެހެން އެކީ ކީއްވެބާއޭ އެހިތަށް އެރިއެވެ. ރާހުލް އޭނާއަށް ބޭނުންވެފައި ހުރިލެއް ބޮޑުކަމުން އެހެން ކިޔުނީކަމަށް އޭނާއަށް ހިތާހިތުން ނިންމުނެވެ.

ރުށް ކައިރިއަށް ގޮސް އަންޖޫދާ ބަލާލީ އެދިމާ ވަލުތެރެއާ ދިމާއަށެވެ. ރާހުލް ހުންނާނީ އެދިމާގައިކަން އެނގުމުން އޭނާ ގަސްތައް ފޭކޮށްލުމަށްފަހު ވަލުތެރެއަށް ވަނެވެ. އެވަގުތު އޭނާގެ ދެލޮލުގައި މީހަކު އަތްއެޅިކަމުގެ އިހުސާސްކުރެވުމުން އެ މޫނުމަތީގައި ދުވެލީ ލަދުރަކި ހިނިތުންވުމެކެވެ.

“ދެން ރާހުލް.. ތި އަތް ނަގާބަލަ… އެނގެއޭ ތީ ރާހުލްކަން…” ދެލޮލުން އެއަތް ނައްޓުވާލަމުން އޭނާ ފަހަތަށް އެނބުރުނެވެ. އެއާއެކު އޭނާއަށް ދެލޯ ބޮޑުކޮށްލެވުނީ ކުރިމަތީގައި ހުރި ވިޝާން ފެނުމުންނެވެ. އަވަސް އަވަހަށް އެތަނުން ދުރަށް ދުއްވައިގަންނަން އުޅުމުގެ ތެރޭގައި އޭނާއަށް ދެވުނީ ބޮޑަށް ވަލުތެރެއަށެވެ. ނަމަވެސް ތަންކޮޅަކަށް ނުދެވެނީސް ދެމީހަކު އައިސް އޭނާގެ ދެއަތުގައި ހިފެހެއްޓިއެވެ. ގަދަހަދަމުން ދިޔަނަމަވެސް އެމީހުން އޭނާ ބިންމަތީގައި ދަމާ ކޫއްތާފައި ކަހަލަ ގޮތަކަށް ގެންދިޔައެވެ. ބިންމަތީގައި ހުރި ދަނޑިދަނޑި ކޮޅާ ގާގާކޮޅު އަންޖޫދާގެ ފަޔަށް ހެރި މަށަމަށައިގެން ދިއައެވެ. ދެން ވިޝާންގެ އަތްދަށުން ސަލާމަތްނުވެވޭނެއޭ ހިތަށް އެރުމާއެކު އަންޖޫދާއަށް އަޑުން އަޑު ނަގައި ރޮއިގަނެވުނެވެ. ނަމަވެސް އެމީހުންގެ ފަހަތުން އައި ވިޝާން އަންޖޫދާގެ އަނގަމަތީގައި ފޮތިގަނޑެއް އަޅައި އައްސާލިއެވެ.

އެމީހުން އަންޖޫދާ ގެންދިޔައީ ވަލުތެރޭގައި ހަދާފައި ހުރި ފަންގެގަނޑެއްތެރެއަށެވެ. ދަމާ ކޫއްތާފައި ގެންގޮސް އެމީހުން އެ ގެގަނޑު ތެރޭގައި ހުރި އައްޓެއް މަތީގައި އޭނާ ބޭއްވިއެވެ. ތެޅިތެޅި އޮއްވައި އޭނާގެ ހަތަރެސް ފައި އަށީގެ ހަތަރު ފައި ގައި އޭނާއަށް ގުޑި ނުލެވޭނެހެން އައްސާލިއިރު އެމީހުންގެ ހިތުގައި ކުޑަވެސް ރަހުމެއް އުފެދިފައިނުވާ ކަހަލައެވެ.

“ތޭންކްސް ބްރޯސް… ދެން ކައެމެން ނައްޓާލާ… މަ ނިމުނީމަ ކައެމެންނަށް ގޮވާލާނަން..” ވިޝާން ދެން ތިބި ދެމީހުންނަށް ބަލާލަމުން ބުނެލިއެވެ. އެދެމީހުން ބޯޖަހާލާފައި ގެގަނޑުން ނިކުންނަން ދިޔައެވެ. އަންޖޫދާއަށް އެދެމީހުންގެ މޫނު ފާހަގަވީ އެވަގުތެވެ. އެއީ އެމީހުން އައި ލޯންޗުގެ ދެފަޅުވެރިންކަން އޭނާއަށް އެނގުނެވެ. ވިޝާން މާކުރިންވެސް މިކަންތައް ރާވައިފައިވާކަން އޭނާއަށް އެނގުނުހިނދު އެހިތް ވިޝާންއަށްޓަކާ ނަފްރަތުން ފުރުނެވެ.

ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުންދާ ހާލު އޮތް އަންޖޫދާއަށް ވިޝާން ބަލާލިއެވެ. އެ މޫނުމަތީގައިވީ ނުލަފާ ހިނިތުންވުމެކެވެ. އަންޖޫދާ އޮތް ހާލުފެނި އެހިތުގައި ރަހުމުގެ ކަންފުޅެއް ވެސް ނުއުފެދުނެވެ.

“ހީކުރީމެއްނު ދޯ މަގޭ ކައިރިން ސަލާމަތްވެވޭނޭ… ހެހެ.. ނުވާނެ އެހެނެއް… މިޔަދު މަ ބޭނުން ކަމެއް މަށަށް ކުރެވޭނެ…” އަންޖޫދާގެ ގާތަށް ފިޔަވަޅު އަޅަމުން ވިޝާން ބުނެލީ ހިނިގަނޑެއް ޖަހާލުމަށްފަހުގައެވެ. އޭރުވެސް އަންޖޫދާ އަތުގައި އައްސާފައިވާ ވާތައް މޮހެވޭތޯ ތެޅެމުން ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ހިތް އެކީ ދެވިއްޖޭ..33

Next

ހިތް އެކީ ދެވިއްޖޭ…34

Next
December 23, 2016

ހިތް އެކީ ދެވިއްޖޭ…34

Previews
December 23, 2016

ހިތް އެކީ ދެވިއްޖޭ..33

14 Comments!

  1. Liaa says:
    December 23, 2016 at 8:12 pm

    Hii guys… mi baives mi up kollee hama avas kollan vegen…
    Feel free to leave ur comments
    Lov u all?

  2. Thaathi says:
    December 23, 2016 at 8:13 pm

    Wow wow v salhi ey liyaa vv salhi hama e vishaan miburu hey aruvaa lachchey ingey

    1. Liaa says:
      December 23, 2016 at 8:35 pm

      Thankss thaathi 🙂

  3. fau says:
    December 23, 2016 at 8:15 pm

    Reethi. Ekam maa kury.. Story varah habeys.. Maadhan neh partvup kohdhechey

    1. Liaa says:
      December 23, 2016 at 8:34 pm

      Mi baiga ves words hunnaanee ehen parts ga ves hunna varah… ☺ thankyw

  4. Liaa says:
    December 23, 2016 at 8:36 pm

    Next part miah vure dhigu kolleveythw massaikai kuraanan

  5. Pop says:
    December 23, 2016 at 8:55 pm

    V happy miharu upkohdheythi avahah.. Varah reethi ingey story..

  6. Naadhee says:
    December 23, 2016 at 10:09 pm

    Haadha asarugadhaey mi vaahaka

  7. Vaahaka foshi says:
    December 23, 2016 at 11:18 pm

    Thanx liaa . Vara salhi ?

  8. Anonymas says:
    December 23, 2016 at 11:27 pm

    Alhe anjoo salaamaii kurachey…nice story

  9. Sweetie says:
    December 23, 2016 at 11:39 pm

    Dhen Liaaaaaa!!!!! Konme parteh thi ninmanee Anjoo ah mi haalu jassaafa. ???

  10. Thaany says:
    December 23, 2016 at 11:46 pm

    Alhe wishaan gadu anju ah kameh kurumuge kurrin salaamay kurahchey plx
    V v v reethi ngey story

  11. lidhoo says:
    December 24, 2016 at 12:53 pm

    Varah reethi

  12. Liaa says:
    December 24, 2016 at 1:21 pm

    Thankyw all?

Comments are closed.

Next Episodeއެ ލޯބި އަސްލު ހައްޤޭ (14 ވަނަ ބައި)←


All Right Reserved!