އިސާހިތަކު ގަނޑުވަރުގެ ދޮރު ހުޅުވިގެން ދިޔައެވެ. ދޮރުން ވަދެގެން އައީ ޝަވްތާއާއި ޝާރާއެވެ. އަދި ޖަވާސުރު ގަނޑުވަރުގެ ޖާދޫގަރުންވެސް މެއެވެ. ލަަވީން ގޮނޑިން ތެދުވުމަށްފަހު، ޝަވްތާއާ ސުވާލުކުރިއެވެ. “ޥަޓެފް ޖަވާހިރު ސަލާމަތްކުރެވުނުތަ؟” ޝަވްތާގެ މޫނުގައިވާ އުފާވެރިކަން ފޭދިގެން ދިޔައެވެ. “ޖަވާހިރުވެސް ރަސްގެފާނުވެސް ސަލާމަތެއް ނުކުރެވުނު. ނަމަވެސް އެ ނުލަފާ މީހާ ހަދާ ޖާދޫތައް ފެނިއްޖެ.” “އޭނާ ބޭނުންކުރަނީ ކަޅުކުލައިގެ ޖާދޫ ފުއްތަކެއް. އަދި ފާޑެއްގެ ސަމުގާއެއްވެސް ގެންގުޅޭ.” ޝާރާ ކިޔައިދިނެވެ. “އޭނާ އެ ބޭނުންކުރާ ޖާދޫގެ ވައްތަރު […]
ބާބު – 4 ޖާދޫ ނެތް ކުއްޖާ ބާތިޘް އަނދިރި ގަނޑުވަރަށް ފާޅުވިއެވެ. ބާތިޘްގެ އަތުގައި އޮތް ޥަޓެފް (ފެނުގެ)ޖަވާހިރު ފެނި ކަޅު ބުޅާ އުފަލުން ހެވި ދިއްލުނެވެ. އަދި ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ. “އަވަސްކުރޭ ބާތިޘް، އޭރުން މުޅި މި އަޒްޓިޝްގެ ވެރިކަން ލިބޭނެ. ރޫހީ ދުނިޔެއިން ރަސްގެފާނުގެ އަސްލު ހަށިގަނޑު ގެނައުމަށް ތިޔަ ޖާދޫގެ ވަށްބުރު ފުރިހަމަކުރޭ!” ޖާދޫގެ ވަށްބުރުގައި ޥަޓެފް (ފެނުގެ) ޖަވާހިރު ހަރުކުރަމުން ބާތިޘް ބުންޏެވެ. “އާނ. އޭރުން މަށާ ކަލެއާ […]
ކިޒަންއާއި ޒަނީންއަށް ޣިފިމް ރެނިޓު (ދޫނީގެ ހާލިގަނޑު)ގެ ފަރުބަދަތަކާއި ވާދީތަކުގެ ތެރެއިންގޮސް ނިކުމެވުނީ، އާސާރީ ބިނާރެއްގެ ކުރިމައްޗަށެވެ. ވައިގެތެރޭގައި އުދުހެމުން ކުނާގަނޑު ބިނާރުގެ ތެރެއަށް ވަނެވެ. އެތެރެއިން މަރުޙަބާ ކީ ހޫލްއެވެ. “ކީތްކުރަން މިތަނަށް ތިއައީ؟” ކިޒަންމެން އައި ބޭނުމެއް ހޯދުމަށް ހޫލް އެހިއެވެ. “މިއައީ ޤަރޫތު ހޯދުމަށް.” ކިޒަން އައި ބޭނުން ތެދަށް ކިޔައިދިނެވެ. އޭރު އަކްޒާ މިނާލްގެ ކޮޓަރިން ނިކުންނަނީއެވެ. އަދި އައިސް ތިިބި އިންސާނުން ފެނި ހޫލް ކުރި ސުވާލު ތަކުރާރު ކުރިއެވެ. […]
ބާބު – 3 މެއަމް އޮޝެއަރް “ބިފަޣް!” މިނާލް ހަޅޭއްލަވައިގަތެވެ. އެއާއެކު ސޫރް (ހަނދުގެ)ޖަވާހިރުން ކަޅުކުލައިގެ އަތްތަކެއް ނިކުމެ، ދުރުގައި ހުރި ގަހުން މޭވާއެއް ބިނދެގެން ގެނައެވެ. މިނާލް ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު، ވަރުބަލި ފިލުވާލުމަށް ގަހެއްގެ ދޮށުގައި އިށީނެވެ. “ވަރަށް ރަނގަޅު، މިހާރު ‘ބިފަޣް’ގެ ބާރުވެސް ތިޔަ ދަސްވީ. ދެން އެހެން ބާރެއް ދަސްކުރުމުގެ ކުރިން ތި މޭވާ ކައިގެން ވަރުބަލި ފިލުވާލާ! ދެންމެ ތި ހެދި ޖާދޫތަކާއެކު، ގައިން ހަކަތަ ދަމާނެ. އަދި މިނާލްގެ […]
“ކިޒަން. އެ ދަނބުކުލައިގެ ފުއްތަކަކީ، ރިޒުއާނާ ދޯ؟” އުޔީން ސުވާލުކުރިއެވެ. “ނޫން އެއީ ރިޒުއާނާއެއް ނޫން. އެކަމު ރިޒުއާނާއާ އެއްފަދަ އަދި އެއަށްވުރެވެސް ނުބައިކަން ހުރި މީހެއް. އޭނާ އެދިޔައީ މި ރަށުގެ ޖަވާހިރުވެސް ހިފައިގެން.” ކިޒަން ކިޔައިދިނެވެ. “އަދި އޭނާގެ ނަމަކީ ކޮބާ ކަމެއްވެސް ނޭނގެ” ޒަނީން އިތުރުކޮށްލިއެވެ. “އޭނާގެ ހަޤީޤަތަކީ ކޮބާ؟ މީނައަކީ ޒަހީރު ކަހަލަ މީހެއްތަ؟” ސުވާލަކަށްފަހު ސުވާލެއް އުޔީން ކުރަމުން ގެންދިޔައެވެ. “މި ކަމާ ބެހޭ އިތުރު މަޢުލޫމާތެއް އަދި އަހަރެމެންނަކަށް […]
ބާބު – 2 ސޫރް ނެޕްޓަފް އާ ދުވަހަކަށް ޓެފަނުރް (އިރުގެ ބިން)އަށް ފިޔާތޮށި ދޯދިތައް އަލިކަން ގެނުވިއެވެ. ފެހިކަން ގަދަ ގަސްތަކުގެ ތެރެއިން ކަސްރަތައް ދުވަމުން ދިޔަ ކިޒަން ހުރީ ދަލުން ފޯވެފައެވެ. ނަމަވެސް ހުއްޓާނުލައި މޫދާ ހިސާބަށް ދުވެފައި ދިޔައެވެ. ފާޑު ފާޑުގެ ކަސްރަތުތައް ކުރުމަށްފަހު، ކިޒަން މޫދަށް ފުންމާލިއެވެ. ފެނުގެ ފިނިކަމާއެކު ހަށިގަނޑުގެ ހޫނުކަން ފިލުވާ، ތާޒާކަން ގެނުވިއެވެ. އިރުކޮޅެއްފަހުން ސަބިޝަލް ލިއަޣްފަފައި (ޖާދޫގެ ކުތުބުޚާނާ)އަށް ދިޔުމަށް މޫދުން އެރިއެވެ. ޥަޓެފް (ފެނުގެ […]
“އަހަންނަކީ މި ގަނޑުވަރުގެ ޖާދޫގަރު، އެޒާރާ، ކީއްވެ ތިކަހަލަ މީހަކު އަންނައިރު އަހަންނަށް ގޮވައިނުލީ؟” އެޒާރާގެ އަތުންް ރީނދޫކުލައިގެ ޖާދޫ ފުއްތަކެއް ފާޅުކުރަމުން ބުނެލިއެވެ. ލަސްނުކޮށް އަނެއްކާވެސް ޖާދޫގެ ގުޅައެއް ބާތިޘްއާ ދިމާއަށް އަމާޒުކުރިއެވެ. ނަމަވެސް އެއާ އިދިކޮޅަށް ބާތިޘް ކަޅު ޖާދޫ ގުޅައެއް އެއްލިއެވެ. ދެ ޖާދޫ ބައްދަލުވުމާއެކު ބާރުގަދަ ގޮވުމެއް ހިނގިއެވެ. ބާތިޘްއާއި އެޒާރާ ގަނޑުވަރުގެ ދެ ފަރާތައް ވިއްސައިގެން ދިޔައެވެ. ދަހަނާގައި ތިބި މީހުންތައްވެސް ވިއްސައިގެންގޮސް ފާރުތަކުގައި ޖެހުނެވެ. މުޅި ތަނުގައި ވަނީ […]
ބާބު – 1 ޣިފިމް ރެނިޓް ހޭނެތިފައިވާ ބާތިޘްއަށް ހޭލެވުނީ އެޝްލިޕްނިއާގެ އަނދިރި ގަނޑުވަރަށެވެ. ކުއްލިއަކަށް ކަޅު ބުޅާ ހަޅޭއްލަވައިގަތެވެ. އޭރު ދަނބުކުލައިގެ ފުއްތަކެއް ބާތިޘްގެ ހަށިގަނޑުން ނިކުމެއެވެ. އަނގަ ހުޅާކޮށްލުމަށްފަހު، އެ ބުޅާ ވާހަކަ ދައްކަން ފެށިއެވެ. “ބާތިޘް، ކަލޭ ޒަހީރުއަށްވުރެ މޮޅުވާންވާނެ. އޭނަހެން ކަލޭ މަރުނުވާތި!” ބާތިޘް ބުންޏެވެ. “އެއީ މަގޭ މައްސަލައެއްތަ؟ މަގޭ އޭނަހެން ފިނޑިއެއް ނުވާނެ! ކަލޭ މަގޭ ޖަލުން ސަލާމަތްކޮށްދިނީމަ މިވަރު މިވީ. އެހެން ނޫންނަމަ، ކަލޭވެސް މިހާރު ވާނީ […]
ކިޔުންތެރިންގެ ސަމާލުކަމަށް: “ޖަވާހިރުގެ ބާރު ސީޒަން 1ގައި ހުށަހަޅައިދެވިފައިވާނީ ފުރަތަމަ ނަޒަރުންނެވެ. ނަމަވެސް ސީޒަން 2 ހުށަހަޅައިދޭން އަޅުގަނޑު ގަސްދު ކުރަނީ ތިންވަނަ ނަޒަރުންކަމުގައި ދަންނަވަމެވެ.” ހުރިހާ އެންމެންވެސް މަގުތަކުގައި ދުވަމުން ދިޔައީ އެހާމެ އަވަހަށެވެ. ކުޑަކުދިންތައްވެސް ދުވަނީއެވެ. އެ ހުރިހާ އެންމެންގެ ފަހަތުން އައީ ބޮޑު ބިޔަ ބާޒެކެވެ. ކަޅުކަންގަދަ ދެ ފިޔަގަނޑުވެއެވެ. އެ ބާޒުގެ ލޯ ހުރީ ރަތް އަނގުރުގަނޑެއްހެންނެވެ. ބާރު ދުވެލީގައި ވައިކަފަމުން އުދުހިފައި އެ ބާޒު އާދެއެވެ. މުޅި އެ މާޙައުލު […]