ބާބު – 9 އެޝްލިޕްނެގެ ދުވަސް ދުވަސްތައް ފާއިތުވެ ދިޔައީވެސް އެހާމެ އަވަހަށެވެ. އަހަރެންގެ ހާލަތު ރަނގަޅުވިހެން އެޝްލިޕްނިއާއަށް ދަތުރުކުރުމަށް ރާވަމުން ދިޔައީމެވެ. ދަތުރު ދިޔުމަށް ލަވީން ، އުޔީން ، ކިޒަން އަދި އަހަރެންވެސް ތައްޔާރުވީ ދިމާވާނެ މަޚުލޫގުންނަށް ހަނގުރާމަ ކުރެވޭ ގޮތަށެވެ. ކަނޑިޔާކަނޑި އަޅާފައި ތަމުރީނުވީމެވެ. ކަނޑި ގެންގުޅުމަށް ދަސްކުރުމަށްފަހު، ޖާދޫގެ ތަމުރީނުތައް ފެށީމެވެ. ފެނުގެ ބައި ފިޔަވާ އިތުރު ބައިތައް ބަރާބަރަށް ދަސްވެފައިވެއެވެ. އެޝްލިޕްނިއާގައި ޖާދޫގެ ބޭނުންނުކުރެވޭތީ އަހަރެން ހުރީ ކަނޑިގެންގުޅުމަށް ތަމުރީނުވެގެންނެވެ. […]
އެ މީހާ ކަކޫޖަހައިގެ އިން ތަނުގެ ފަހަތުގައި ބާގަނޑެއް އުފެދިފައިވާތަން ފެނުނެވެ. އެ ބާގަނޑު ފުޅާކޮށްލުމަށްފަހު އޭގެތެރެއިން ހުރަސްކޮށް ނިކުމެވުނީ ރަތްކުލައިން އުދަރެސް ދިއްލިފައިވާ ހުސް ބިމަކަށެވެ. އެތަނުގައި ކަފަތަކެއްފަދަ ތަނެއް ހުރި ދިމާއެއް ފެނުނެވެ. ވަގުތުން އެދިމާލަށް މިސްރާބުޖެހީމެވެ. ހުއްޓުމެއްނެތި ދުވުމަށްފަހު އެ ކަފަގަނޑެއްފަދަ ތަނެއްގައި އަތްޖެހުނެވެ. އެތަން އިރާލުމަށްފަހު އެތެރެއަށް ވަދެވިގެން ދިޔައެވެ. އޭރު ފެންނަން ހުރި މަންޒަރު އެހާމެ ހައިރާން ކުރުވަނިވިއެވެ. އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައީ އެތަނުން ޚިޔާލުތަކުގެ ތެރެއިން ފެންނަންހުރި […]
އެ ތަނުގައި އަހަރެން މީހަކަށް ނުވެއެވެ. އެ މީހުން ދައްކަމުން ދިޔަ ވާހަކަ ދޭހައެއް ނުވެއެވެ. “ޓިޚިން މިރާލް!” ކިޒަން އެ މީހުންނަށް އަހަރެން ތަޢާރަފުކޮށްދިނެވެ. “ކޮން ބަހުރުވައަކުންތަ ތި ވާހަކަދައްކަނީ؟” ކިޒަންއާ ސުވާލުކޮށްލީމެވެ. “އާނ. އަހަރެން ހަނދާން ނެތުނީ. މިނާލްއަށް އިނގޭނީ ހަމައެކަނި ސޯލްގެ ބަހުރުވަ، އެ މީހުން އެ ދައްކަނީ ލުނާއީގެ ބަހުރުވައިން.” މިހެން ބުނަމުން ޖާދޫގެ ފުއްތަކެއް އަހަންނާ ދިމާއަށް ވިހުރުވާލިއެވެ. މިއާއެކު ދެއްކި ވާހަކަތައް ސާފުވެދިޔައެވެ. “މިނާލް. މިއަކީ އަހަރެންގެ ވަރަށް […]
ގަސްގަހުގެ ފަތްތަކުން ފުރޭނިގެން ފައިބާ ހަނދުގެ އަލިކަން ފިޔަވައި އިތުރު އަލިކަމެއް އެތާކުނުވެއެވެ. ނޫކުލައިން ދިއްލިފައިވީ ނަމަވެސް މުޅިތަނުގައި އަނދިރިކަން ހުއްޓެވެ. އަޑަކަށް އިވެނީ ކިޒަން ހިނގަމުން ދިޔަވަރަކަށް ފަތްތައް މުގުރޭ އަޑެވެ. ޖިފެ(އަލިފާނުގެ ޖާދޫ) ބޭނުންކޮށްގެން އަތުގެ ބަނޑުފުށުގައި އަލިފާންކޮޅެއް ރޯކޮށްލީމެވެ. ވަށައިގެންވާ ގަސްތަކަށް ނަޒަރު ހިންގާލީމެވެ. ޓެފަނުރްގައިވާ ގަސްތަކާއި ހާސްތަން ތަފާތެވެ. ކިޒަންގެ ފަހަތުން މަޑުމަޑުން އުދުހެމުންގޮސް އެ ބޯ ޖަންގަލިން ނިކުމެވުނެވެ. ނިޔާމަ ހުސް ބިމެކެވެ. މުޅި އެތަންވަނީ ނޫކުލައިގެ ހަނދުވަރުން ދިއްލިފައެވެ. […]
ބާބު – 7 އެޝްލިޕްނިއާ ހުރަސްކުރުން ޓެލިޕޮފްޓި(ޖާދޫ ދަތުރު) ގެ ޖާދޫ ބޭނުންކުރަން އުޅުނު ނަމަވެސް އެތާގެ އެތެރެއެއް ސިފައެއްނުވިއެވެ. ވައިގެ ބާރު ބޭނުންކޮށް ދޮރުވައްޓާލަން ހިފީމެވެ. އެއާއެކު މުޅި އެތަން ފަނޑުވެ ގެއްލިގެން ދިޔައެވެ. ހޭލެވުނީ ހަވީރުގެ ފިންޏަށެވެ. މުޅި މާޙައުލުގައި ތެތް ފިނިކަމެއް ހުއްޓެވެ. އަވަސް އަވަހަށް ފެންވަރާލައިގެން ސަބިޝަލް ލިއަޣްފަފައި(ޖާދޫގެ ކުތުބުޚާނާ) އަށް ދިޔުމަށް ޓެލިޕޮފްޓި ވީމެވެ. ގަހުގެ މަތީބައިން ތިން ވަނަ ހަރުފަތައް އުދުހިގަތީމެވެ. ކިޒަން ހުރި ހަރުގަނޑާ ދިމާއަށް މަޑުކޮށްލީމެވެ. […]
ދަންވަރުގެ ހިމޭން ވަގުތެވެ. އެނދުގައި އޮތުމަކުން އަހަރެންގެ ލޮލަކަށް ނިއްޖެއްނައެވެ. އަލިގުޅަތައް އުދުހި އުދުހިފައި އުޅެއެވެ. ގަނޑުވަރުތެރެ ފަޅުތަނެއް ކަހަލައެވެ. ދިރޭ އެއްޗެއްގެ އަޑެއްވެސް ނީވެއެވެ. އެނދުން ތެދުވެ، ކުޑަދޮރު ކައިރިއަށް އުދުހިފައި ދިޔައީ ހިތްހަމަ ޖައްސާލުމުގެ ނިޔަތުގައެވެ. “ޒައިލީ ބުނި ސަބިޝް މޮޝްޓަފް ހޯދަންވެސް ދާންވީ. ކިޒަންއަށް އިނގޭނެބާ އޭގެ މީހަކު؟” އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. “ދެންމެ އެފެނުނީ ކޮންކަހަލަ ހުވަފެނެއް! އަދި ދުވަހަކުވެސް އެވަރުގެ ބިރުވެރި ހުވަފެނެއް ނުފެނޭ! އެ ހުވަފެނުގައި ފެނުނީ […]
ބާބު – 6 އަޒްޓިޝް ދިއްލިފައިވާ އަލިގުޅަތައް މުޅި ގަނޑުވަރުތެރޭގައި އުދުހި އުދުހިފައި އުޅެއެވެ. ފައްވާރުގެ އެތެރެއަށް ފައި ލައިގެން އިށީނީމެވެ. ހަމައެއާއެކު، ‘ސަބިޝް ރެރިޑެން’(ޖާދޫގެ ނާރުތައް) ފިނިވެ ދިޔައެވެ. ކުއްލިއަކަށް އުޑަށް ނަޒަރު ހިންގާލެވުނެވެ. ކުއްލިއަކަށް އަހަރެންގެ ހިތައް އަރަން ފެށިއެވެ. “މިތަނަށް ހަނދު ނުފެންނަނީ ކީއްވެ؟ ހަނދު ނުފެންނަތާ މިހާރު ވަރަށް ދުވަސް ވާނެ. އެންމެފަހުންވެސް ފެނުނީ ފުވައްމުލަކުގައި އުޅެކޮށް.” ފައްވާރުގެ މައްޗަށް ހުރި ސީދަލަށް އުދުހިގަތީ އެހާވެސް ބާރަށެވެ. މައްޗަށް ދަތުރުކުރި ވަރަކަށް […]
ގަނޑުވަރުގެ ތެރެއަށް ވަދެ ހަމަޖެހުމުގެ ނޭވާއެއް ލެވޭތޯ ބެލީމެވެ. ނަމަވެސް ގަނޑުވަރުތެރެއިން ފެނުނީ އާދައިގެ މަންޒަރެއް ނޫނެވެ. މުޅި ފާރުތަކުގައި ވަނީ ހުސް ލެއެވެ. ބިންމަތީގައި މަރުވެފައިވާ އެހީތެރިންވެއެވެ. އެތަން ފުރިފައިވަނީ ކުނި ވަހާއި، ލެއިންނެވެ. އެތަނުން މީހެއްގެ ހިލަމެއްވޭތޯ އަހަރެމެން ދެމީހުންވެގެން ބެލީމެވެ. “އަހަރެންނަކަށް ދެނެއް ނުހިނގޭނެ ދޯ!” ރަނގަޅަށް ފައިނޭޅޭނެތީވެ، އަހަރެން ބުނީމެވެ. “ނޫން. ހިނގޭނެ ނަމަވެސް މި ގަޑީގައި އެނދުގައި ހަމަޖެހިލަން ހިނގާ! އެ ވަގުތު އަހަރެން މިތަން ސާފުކޮށް މަރުވެފައި އެތިބަ […]
ރަތް ފިޔާތޮށި އުދަރެހަށް ލޯހުޅުވުނީވެސް އެހާ ހާލުންނެވެ. ކޮޅައްތެދުވަންވެސް ގައިގައި ވަރެއް ނެތެވެ. އިރުކޮޅަކުން ޒައިލީ ދުވެފައި އަހަރެން ކައިރިއަށްއައެވެ. “ކީއްވެ އަހަރެން ދޫކޮއްލާފައި ދިޔައީ!” ޒައިލީ ޝަކުވާކޮށްލިއެވެ. “ދާން މަޖުބޫރުވީ، އޭނާ އަހަރެންގެ ފަހަތުން އެހާ ބާރަށް އާދޭ! އަޅެފަހެ އެއީ ކާކުތަ؟” ހިތްހަމަނުޖެހިފައި ބުނީމެވެ. “މިވަރުން ދާނަމަ އަހަރެންނަށްް އެއްވެސް ޖާދޫއެއްގެ ޢިލްމު ލިބޭނެބާ!” ހިތާހިތުން ކިޔާލީމެވެ. އަހަރެންނަށް ހޭލެވުމާއެކު، ބާއްވާފައި އޮތްތަން ބަލާލީމެވެ. އަހަރެން ބާއްވާފައި އޮތީ ތިންވަނަ ހަރުފަތުގެ ހަރުގަނޑެއްގެ ކައިރީގައެވެ. […]