ޖޫނާއަށް ހޭލެވުނު އިރު އެނދުގައި އާހިލުއެއް ނެތެވެ. ކޮޓަރީގައި ނެތުމުން ބޭރަށް ދިޔައީ ކަމަށް ހިތާހިތުން ނިންމިއެވެ. ވަރުބަލިކަންހުރި ނަމަވެސް ތެދުވެ ފާހާނާއަށްވަދެ ފެންވަރާލިއެވެ. އަދިވެސް ހިނގަން އުނދަގޫވިއެވެ. ނަމަވެސް ބޯ ހިއްކަމުން ފާހާނާއިން ނުކުމެ ރީތިވާ މޭޒު ކައިރިއަށް ދިޔުމުން ކުޑަ ގަނޑުކޮޅެއް ފެނުނެވެ. ‘ކާނެ ތަކެތި ހިފައިގެން އިރުކޮޅަކުން އެބަ އަންނަން.’ އެ ގަނޑުކޮޅުގައި ލިޔެފައިވެއެވެ. ހިނިތުންވުމެއް ޖޫނާގެ މޫނުމައްޗަށް ވެރިވިއެވެ. އަންނައުނުލައި ތައްޔާރުވިއެވެ. ލޯގަނޑުން ބަލައިގެން ފުނާ އަޅާލަ އަޅާލަ ހުއްޓެވެ. ކުއްލިއަކަށް […]
“ފަޅު ގެއެއްގެ ތެރޭގައި އޮތް ފުރޮއެއްގައި ލޭ ކުލަ ހުރެގެން ވަރަށް ރަނގަޅަށް ބެލިއިރު އިނގިލީގެ ނިޝާނެއް ފާހަގަވި. އޭގެ ފަހުން އިމުތިހާނުތަކާއި ތަހުލީލުތައް ކޮށްގެން ބެލިއިރު ޒާންގެ އިނގިލީގެ ނިޝާނާ ދިމާވޭ.” ނުހާދު ފޯނުން ވާހަކަ ދެއްކިއެވެ. ޖޫނާއަށް އެ ޚަބަރު އަޑުައިވި އަނގަމަތީ އަތްއަޅާ މުށިތަކުމައްޗަށް ވެއްޓިގަތެވެ. އޭނާގެ ކަންފަތަށް އިވުނު އަޑު ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. “ޖޫނާ ކިހިނެތްވީ؟ އާހިލު އުޑަފައިން އިށީންދެ ޖޫނާގެ އަތުގައި ހިފިއެވެ. “ދެން ކިހިނެތް ދޮންބެއަށް […]
“އެއީ ރައިޝާ ނަމަކަށް ކިޔުނު މީހެއް.” އާހިލުގެ ކަންފަތަށް އިވުނު އަޑަކީ ތެދުކަން ގަބޫލުކުރާކަށް އޭނާގެ ހިތެއް ނޭދެއެވެ. ދުރުގައި ތިބި ނަޒުރާނާމެން އުފާވެރި ހިނިތުންވުމެއް މޫނުމަތިން ފާޅު ކުރިއެވެ. އާހިލު އަވަސްވެގަތީ އިތުރު މައުލޫމާތުތައް ހޯދާށެވެ. ރައިޝާއަކީ އާހިލު ދަންނަގޮތުން އެފަދަ ނުބައި އަމަލެއް ކުރާނެ މީހެއް ނޫނެވެ. ނަމަވެސް ނުމޮށޭ ގުރާ ބާރަށް ދަތް އަޅާނޭ ބުނާ އަޑު އޭނާ އަހައެވެ. ރައިޝާއާމެދު އާހިލު އަދިވެސް ހިތުން ޝަކުވާ ކޮށްލަކޮށްލާ ހުއްޓެވެ. ފަރީ […]
ޖޫނާގެ ގައިން ތުރުތުރު އަޅައިގެން ދިޔައެވެ. މިއީ އޭނާއަށް އެ ނަންބަރުން ގުޅި ދެވަނަ ފަހަރެވެ. ކުރީ ފަހަރުގައި އަޅައިނުލާ ބެހެއްޓީއެވެ. އެއީ ދެއްކި ވާހަކަ އެހާ މުހިއްމު ނުވީމައެވެ. ނަމަވެސް މިފަހަރު ލުބުނާގެ ނަން ބޭނުންކުރުމުން އެއީ އޭނާގެ ކަންތައްތަކަށް ފާރަވެރިވެ އުޅޭ މީހެއްކަން އޭނާއަށް ދޭހަވިއެވެ. އޭނާގެ ހަތަރު އުދަރެސް ފެނުޖެހުނެވެ. ހަދާނެ ގޮތް ހުސްވިއެވެ. މިފަހަރު އޭނާ ރައްކާތެރިވުމަށް ފިލާނެ ބިތެއްވެސް ފެންނަ ހިސާބަކު ނެތެވެ. ބިރުން ހަށިގަނޑު އިންތަނުން ގުޑުވާލަންވެސް ނުކެރިފައި […]
ފޯނުން ވާހަކަދެއްކީ ފިރިހެންވަންތަ އަޑެކެވެ. ހައިބަތުބޮޑު އިންޒާރުވެރި އަޑެއް އޭނާގެވެއެވެ. އެއީ ޖޫނާ މަސައްކަތް ކޮށްދޭ މީހާއެވެ. އޮފީހުގެ ބޮޑެތި ނިންމުންތައް ނިންމާ މީހާއެވެ. އޭނާ ގުޅަންވީ ސަބަބެއް ޖޫނާއަކަށް ނުވިސްނުނެވެ. “މާދަން އަށެއްޖަހާއިރު ފެރީ ގިމަތައަށް ދަނގެތި އޮފީހުގެ ތަހުގީގީ މީހުން ބަލައި ދާއިރު، މެހުމާންދާރީގެ ކަންކަން ކުރުމަށް މި ގުޅީ.” ވަދީލު ގުޅައިގެންހުރެ ވާހަކަ ދެއްކިއެވެ. “ލައްބަ. އަޅުގަނޑަށް ވީ އެންމެ ރަނގަޅަކަށް އެކަން ވޭތޯ ބަލާނަން.” ޖޫނާ އަޑުގައި ކުޑަނަމަވެސް ތުރުތުރެއްވެއެވެ. އިތުރު […]
އަރައިގެންއައި އިރާއެކު އާ ދުވަހެއް ފެށިގެން ދިޔައެވެ. އުޑުމަތީގައި އެންމެ ވިލާ ރޮއްޖެއްވެސް ނެތެވެ. މީހުން އަވަދިނެތި އުޅެ މަދަރުސާތަކާއި އޮފީސްތަކަށް ދާން ފެށިއެވެ. އިރުގެ ހޫނުކަންގަދަ ދޯދިތަކުން މަގުތައް ދޮންކުރަމުން ދިޔައެވެ. އާހިލު އަދިވެސް އޮތީ ގަދަ ނިދީގައެވެ. “ރައިޝާ…” ނިދީގައި އޮވެ އާހިލު ގޮވަމުން ދިޔައެވެ. ނަމަވެސް އެނދުގެ އެ ފަޅީގައިވަނީ ހުސްކަމެވެ. ޖޫނާ އެ ރަށުން ފުރިތާ މަހަކަށްވުރެ ގިނަ ދުވަސްވީއެވެ. ރައިޝާ ދިޔަތަނެއް އާހިލުއަކަށް ނޭނގެއެވެ. އޭނާ ގެއްލިގެން ހޯދާތާ ދުވަސްގަނޑެއް […]
ޖޫނާ ހުޅުމާލޭގައި ކުރާނީ ކޮން ކަމެއް ހެއްޔެވެ؟ އޭނާއަށް ހަމައެކަނި އިހުސާސް ވަމުން ދިޔައީ މިނިވަން ކަމެވެ. ނަޒްލާމެން ގާތަށް ގޮސްފައި އުޅެމުން ވަޒީފާއެއް ހޯދާނެބާވައެވެ. ރަށުގައި ހިނގި މަރުތަކުގެ ތުހުމަތު އޭނާގެ ބައްޕައަށް އަދިވެސް ނިމިފައި އޮތެވެ. އެއީ ކާކުކަން ސީދާ ޕޮލިހުންނަށް ޔަގީންވޭ ހެއްޔެވެ؟ އާހިލު ހުޅުމާލެއަށް ދާނެ ހެއްޔެވެ؟ ޖޫނާ ފަހަތުން އާހިލު ދާނެ ހެއްޔެވެ؟ އާހިލު ޖޫނާއާ ދޭތެރޭ ވިސްނަނީ ކޮން ގޮތަކަށް ބާވައެވެ؟ ޖޫނާ އާހިލުއާ ދޭތެރޭ ވިސްނަނީ ކިހިނަކުން […]
(މި ލިޔުމުން އެއްވެސް ބަހަކީ މަލާމާތަށް ލިޔުނު ބަސްތަކެއް ނޫންކަމުގައި ދަންނަވަން! މި ލިޔުމުގައި ބޭނުންކޮށްފައިވާ ބައެއް ބަސްބަހުގެ އިނގިރޭސި ލަފުޒުވެސް ލިޔުމުގެ ދަށުން ފެނިލައްވާނެ ވާހަކަ ދަންނަވަމެވެ!) ބަނޑެއް ލީ ވާހަކަ ދިމާލަށް ބުނުމުން އެއީ ވަރަށް އިހުތިރާމު ކުޑަ ގޮތެކެވެ. ނަމަވެސް އާއިލާ މީހަކު ބުނުމުން އެއީ ކަމަކަށް ނަހަދާ ދޫކޮށްލާ ކަމެކެވެ. ގިނަ ފަހަރު މީހަކު ނުފެނި ގިނަ ދުވަސްވެ ފެނުމުންވެސް މި ބަސް ބޭނުން ކުރެއެވެ. “ހާދަ ފަލަވެއްޖޭ!” ދުރުތާކު އުޅެފައި […]
ދިވެހި ބަހަކީ ހިންދޫކަރައިގެ ކަނޑުގައި އެއްލާލެވިފައިވާ ރީތި ޖަޒީރާ ރަށްތަކުގެ އަހުލުވެރިން ވާހަކަ ދައްކަމުން އަންނަ ބަހެވެ. ތަފާތު ބަހުރުވަތައް ރާއްޖޭގެ އެކި ހިސާބުތަކަށް ނިސްބަތްވެއެވެ. ސަގާފަތްވެސް ތަފާތެވެ. އާންމު ދިރިއުޅުމުގައި މިހާރުގެ ކުދިން ވާހަކަ ދައްކަމުން ދަނީ އިނގިރޭސި ބަސްތައް ލައިގެންނެވެ. ދިވެހި ބަސްކޮށާރު އެހާމެ ކޮށްޓެވެ. އިނގިރޭސި ލަފުޒެއްނުލައި ޖުމުލައެއް ފުރިހަމައެއް ނުވެއެވެ. އެކި ހާލަތްތަކުގައި ބޭނުންކުރާނެ ބަސްތަކެއް ނޭނގެއެވެ. މާހައުލާއި ގުޅޭ ބައިވަރު ބަސް ހުންނައިރުވެސް އޭގެ ބޭނުމެއް ނުކުރެއެވެ. މުސްކުޅި ބަހާއި […]