އެހީތެރިޔާ ބުންޏެވެ. “ރާ..ނީ. އަހަރެމެންގެ ތެރޭގައި އުޅުނު… ސަވާރު… މަރުވެއްޖެ!” އެއީ ކިހިނެތް ވީ ކަމެއްތޯ އަހަރެންް ސުވާލުކުރީމެވެ. “އޭނާ ހަރުގެއިން… ނުނިކުމެ ގިނައިރު…ވާތީވެ… އަހަރެން ބަލައިލަން ދިޔައީ…” އިތުރަށް ވާހަކަ ނުދެއްކި އެހީތެރިޔާއަށް ރޮވެން ފެށިއެވެ. ލަސްތަކެއްނުވެ އަހަރެންގެ މިސްރާބު ހުރީ ހަރުގެއާ ދިމާލަށެވެ. އޭރު އެތަނުގައި އެހެން އެހީތެރިން އެއްވެ ތިއްބެވެ. ހިތާމަކުރުމުގައެވެ. ކާކުތޯ ބެލުމަށް އަހަރެންވެސް އެހީތެރިންނާއި ގާތްވެލީމެވެ. އަހަރެންނަށްވެސް ރޮވެގަނެވުނެވެ. މީހަކު މަރުވުމަކުންނެއް ނޫނެވެ. އެއީ މިރަށުގައި އޭނާއާ ފުރަތަމަ ބައްދަލުވެ […]
އިސާހިތަކު އަހަރެމެންގެ ފަހަތުން ނުލަފާ ހިނިގަނޑެއްގެ އަޑު އިވުނެވެ. އެއީ ކާކުކަން އަހަރެން ދަންނަ ނަމަވެސް ޤަރޫތުއަށް އެއީ ކާކުކަމެއް ނޭނގުނެވެ. އޭނާ އައީ ޖަވާހިރުގެ ބޭނުމުގައިކަމަށް ޤަރޫތު ބުންޏެވެ. ޤަރޫތު ގޮސް އަހަރެން ޖަވާހިރު ގަހުގެ ހޮހޮޅަ ތެރެއަށްލައި ރިޒުއާނާ ކުރިމައްޗަށް ދިޔައެވެ. “ނޫން ޤަރޫތު. ނޫން ނުދާތި!” އަހަންނަށް ހަޅޭއްލަވައިގަނެވުނެވެ. “ޤަރޫތު! މީ ހަމަ ކަލޭގެ މައްސަލަ! ކީތްކުރަން މިނާލް މި ރަށަށް ގެނައީ؟ ކަލޭ މަރާލާނަން މިއަދު!” ރިޒުއާނާ ރުޅި އައިސްގެން މޫނުމަތިވެސް […]
އިރުކޮޅަކުން އޭނާ ސިފަ ބަދަލުވިއެވެ. “ތީ ކާކު؟” ވަރަށް ބިރުން ހުރެ އަހަރެން ސުވާލުކޮށްލީމެވެ. އަހަރެންގެ އަޑުގައި ކުޑަނަމަވެސް ތުރުތުރެއްވެއެވެ. “އަހަރެންނަކީ ކަލޭގެ ދޮންތަ ރިޒުއާނާ. ފުދިއްޖެތަ؟” ބޮލުގައި ދެ ދަޅު ފަޅާފައިހުރި ރިޒުއާނާ ބުންޏެވެ. “ކޮބާ ފޮތުގެ ވާނުވާ އެނގިއްޖެތަ؟” ޒީލަގަދަ އަޑަކުން އޭނާ ބުންޏެވެ. “ކީއްވެ ދޮންތަ ތި ސިފައިގައި ތިހުރީ؟” ދޮންތަ ކުރި ސުވާލަށް ޖަވާބުނުދީ އަހަރެންވެސް ކޮށްލީ ސުވާލެކެވެ. ” މަ މިހެންވާން ޖެހުނީ ހަމަ ކަލޭގެ ސަބަބުން! ހަހަހަހަހަހަހަ.” ނުލަފާ […]
ގައިން ކިލާ ފޮޅާލުމަށްފަހު ތަންތަން ބަލައިލީމެވެ. އަހަރެން މި ވަނީ ކުތުބުޚާނާއެއްގެ ތެރޭގައެވެ. އެ ތަން ހަޑިއެއްނޫނެވެ. އަނދިރިއެއްވެސް ނޫނެވެ. ނަމަވެސް އެ ގަޑީގައި ގަނެފައިހުރި ބިރުގެ ސަބަބުން ނިކުމެވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް މި ފަހަރު އަތް ދިމާކޮށްލުމުން ބޭރަކަށް ނުނިކުމެވުނެވެ. “އަހަރެން މިތިނުގައި ތާށިވީ ހެއްޔެވެ؟” އަހަރެން ހިތަށް އެރިއެވެ. އެތާގެ ހަރުގަނޑުތައް ހާވަމުން ދަނިކޮށް އެންމެ ފަހަތު ހަރުގަނޑުގައި އާދަޔާ ޚިލާފު ބޮޑުފޮތެއް އޮތްތަން ފެނުނެވެ. އެ ފޮތް ވަރަށް ބަރެވެ. ހިއްލާލެވެނީވެސް […]
ބާބު 1 – ރީތިރަށް އަހަރެންނަށް ހޭލެވުނީ އިރުގެ ފަނޑު އަލިކަން ކޮޓަރިތެރެއަށް އެޅިލުމުންނެވެ. އޭރު އަހަރެންގެ މަންމަ ބަދިގޭގައި ސައިހަދަން އުޅޭ އަޑު އިވެއެވެ. އިރުކޮޅަކުން ކޮޓަރީގެ ދޮރު ހުޅުވާލާފައި އަވަސް އަވަހަށް ހަނީފާ ބުންޏެވެ. “އާދޭ ދަރިފުޅާ ސައިބޯން، ހުންނާނެ ހަވާދު ރިހަވެސް ކައްކާފައި.” ލޯ އުނގުޅަމުން އެނދުން ތެދުވެ، ފާހާނާއާ ދިމާއަށް އަހަރެން ހިނގައިގަތީމެވެ. ތާޒާވެލައިގެން ބަދިގެއަށް ނުކުމެ، ރޮއްޓާއި ހަވާދު ރިހަ އާއެކު ސައިބޯން އިށީނީމެވެ. ގަޑިއަކަށް ބެލުމެއްނެތި، ފޮށި ތައްޔާރުކުރުމުގައި […]