މަލްޝާއަށް ހޭލެވުނީ ފިރެހެންވަންތަ އަޑެއް ގޮވާ އަޑު އިވިގެންނެވެ. “އޭތް ކިހިނެތްތަވީ؟” މަލްޝާގެ ނިތްކުރީގައި އަތްލަމުން ޒަޔާން ސުވާލުކުރިއެވެ. “ކީކޭ؟” ކިޔާ އެއްޗެއް ރަނގަޅަށް އަޑު ނީވޭތީވެ، މަލްޝާ ސުވާލުކުރިއެވެ. އިރުކޮޅަކުން ހަމަޔަކަށް އެޅުމުން މަލްޝާ މުށިތަކުމަތިން ކޮޅަށް ތެދުވެ، ސާފުކުރަން ގެންގުޅުނު ފޮތިކޮޅު ހިފައިގެން އެ ކޮޓަރިން ދުވެފައި ނުކުތެވެ. ޒަޔާން ހުރީ މަލްޝާއަށްޓަކައި ހާސްވެފައެވެ. ނަމަވެސް އެގޮތަށް އެއްޗެކޭ ނުބުނެ މަލްޝާ ދިޔުމުން ޒަޔާން ރުޅިއައެވެ. މަލްޝާ ކޮޓަރިއަށް ވަދެ މޫނުގައި އަތް އަޅައިގެން […]
މަލްޝާއަށް ހޭވެރިކަންވީހެން އިވުނު އަޑަކުން އޭނާގެ ހިތަށް ބިރުވެރިކަން ގެނުވިއެވެ. އެއީ އޭނާގެ ބައްޕަގެ އަޑެވެ. ނަމަވެސް ޝަރީފު ހުއްޓާނުލާ މަޢާފަށް އެދެމުން ދިޔައެވެ. ޝަރީފުގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ. މަލްޝާ އޮތްތަނުން ތެދުވެ، އިށީނެވެ. އޭނާގެ އަތުގައިވަނީ ބިޑި އަޅުވާފައެވެ. ކައިރީގައިހުރި ހޮޅިއަށް އެ ބިޑިއަށްވަނީ ޗޭނު އަޅުވާފައެވެ. އަލިކަން ފަނޑު ބޮޑު ތަނެކެވެ. މަލްޝާއަށް ދެން ފެނުނީ އޭނާގެ ބައްޕަ ބަނޑާ ދިމާލުގައި އަތް އަޅައިގެން ބިންމަތީގައި އޮއްވައެވެ. ޝަރީފުގެ ބަނޑަށްވަނީ ވަޅި ހަރާފައެވެ. އޭނާގެ […]
އަރައިގެން އައި އިރާއެކު ދުވަހުގެ ހަރަކާތްތައް ހިނގަންފެށިއެވެ. މަސްވެރިން މަހަށް ދިއުމާއި، ދަނޑުވެރިން ދަނޑުތަކަށް ދިއުމެވެ. ވަޒީފާއަށް ދިޔުމަށް ތެދުވެ ގަހުވަ ގިރާ އަޑުތައް އެޕާޓުމަންޓުތަކުން އަޑު އިވެއެވެ. މިބީދައިން ތައްޔާރުވެ ވަޒީފާއަށް ދިޔުމަށް ގެއިން ނިކުންނަން ދިޔަހެން، ޝަރީފު އޭނާގެ ދަރިންނަށް އަބަދުވެސް ބުނާ ބަސްކޮޅު ބުނެލިއެވެ. ނަސޭހަތުގެ ބަހެއް ބުނެލުމަކީ އަބަދުމެ ޝަރީފުގެ އާދައެކެވެ. ހަމަ އެފަދައިން އޭނާގެ އަނބިމީހާ ނުޒުހާވެސް އެ ނަސޭހަތްލައިދިނުމުގައި ބައިވެރިވެ، ދެތިން ބަހެއް ބުނެލިއެވެ. އޭރު ވަޒީފާއަށް ދާން […]
މިނާލް ކިޒަންގެ އަތުގައި ހިފައިގެން ކޮޅަށް ތެދުވިއެވެ. އަދި ހަނގުރާމަ ކުރުމަށް އެއްބަސްވިއެވެ. ކޮންމެ މީހަކުވެސް ހަނގުރާމައިގައި ބައިވެރިވާން ނިންމިއެވެ. ހުރިހާ އެންމެންވެސް ޔަޥާޒްއާއެކު ޖަދޫތައް ދަސްކުރަން ފެށިއެވެ. އެކި އެކި ގޮތްގޮތަށް ޔަޥާޒް ޖާދޫތަކާއި އަދި އޭގެ ބާރުތައް ކިޔައިދެމުން ދިޔައެވެ. ދުވަހަކަށްފަހު ދުވަހެއް ޖާދޫގެ މައުލޫމާތު ދަސްކުރަމުން ދިޔައެވެ. ތަމުރީނުވުމަށް ޚަލޫފްގެ އެހީތެރިކަމާއެކު ޣިފިމް ރެނިޓް (ދޫނީގެ ހާލިގަނޑު)އަށް ހުރިހާ އެންމެން ފާޅުވިއެވެ. ޖާދޫގެ އާ ވައްތަރުތައް ތަހުލީލުކުރުމާއި ޖާދޫތައް ބޭނުންކުރުމަށް ދަސްކުރިއެވެ. ހުރިހާ […]
ބާބު 7 – ޖަވާހިރު ޚަލޫފް ހުރިހާ އެންމެންނަށް މުޚާތަބުކޮށް ވާހަކަ ދައްކަންފެށިއެވެ. “މި ޖާދޫތައް ދަސްކުރުމަށް ޔަޥާޒްގެ އެހީތެރިކަން ލިބޭނެ. އަދި ކިޔެވުމަށްފަހު ތަމުރީނު ކުރެވޭނެ.” އުޔީން ހުރީ ޚަލޫފް ވާހަކަ ދައްކާ ނިމޭނެ އިރަކަށެވެ. ސުވާލު ގޯންޏެއް މުޅި އެތަނަށް އޮއްސާލިއެވެ. “މި ބާރުތައް ނެތިގެން ދިޔައީ ކީއްވެ؟” ޔަޥާޒް މޭޒުދޮށުން ތެދުވަމުން ބުންޏެވެ. “އަހަރެން ތިޔަ ހުރިހާ ކުދީންނަށް ވާހަކައެއް ކިޔައިދެންތަ؟ އޭރުން ތިޔަ ސުވާލުތަކަށް ޖަވާބެއް ލިބޭނެ.” ލައްބައޭ ބުނުމަށްފަހު ހުރިހާ […]
“ކަލޭ މައާފަށް އެދުމުން ނޫނީ ދުލެއްނުކުރާނަން.” މިނާލް ބާރަށް ބުންޏެވެ. “މަގޭ ދުވަހަކުވެސް އޭނާގެ ކިބައަކުން މައާފެއް ނޭދޭނަން.” ބާތިޘް މިނާލްގެ ތަނބިކަށީގައި، ހިފާ ވައްޓާލަމުން ބުންޏެވެ. ބާތިޘްގެ ފަހަތުން ޒައިލީ ދުވެފައި އައިސް ކާން ގެންގުޅުނު އެކަތަ ތަށިން ލެވުނުހާ ބާރެއް ލައިފައި ބޮލުގައި ޖެހިއެވެ. އެއާއެކު އެ ތަށި ބަނޑިވެގެން ދިޔައެވެ. އިރުކޮޅަކުން ބާތިޘް ބިންމައްޗަށް ވެއްޓުނެވެ. ޒައިލީއާ މިނާލް ދެ މީހުންވެގެން ބާތިޘް ދަމަމުން އެތަނުން ގެންދިޔައެވެ. އަދި ގަހެއްގެ ވަށައިގެން އޭނާގެ […]
ބާބު 6 – އަރިޝިއެރިޓް ޕޮޥެފިން އަނދިރި ގަނޑުވަރުގެ ތަޚުތުގައި އިށީންދެ އިން ޠިލްޒާ އިނީ ޝަވީޚްގެ އިންތިޒާރުގައެވެ. އަތުގައި އޮތް ކުޑަ ވަށް ލޯގަނޑުން މަޚުލޫޤެއްގެ ތަސްވީރުތަކަކަށް ބަލަމުން ދިޔައެވެ. ލޯގަނޑު ކަޅު ޖާދޫތަކުން ވަޔަށް ގެއްލުވާލުމަށްފަހު، ތަޚުތުން ތެދުވިއެވެ. އަދި ހުރި ސީދަލަށް އަނދިރި ގަނޑުވަރުން ނުކުމެގެން ދިޔައެވެ. ކުއްލިއަކަށް އޭނާގެ ރައްޓެހިން އުޅުމަށް ހެދި ބިނާރުތަކުގެ މަތިން ހަނދާންވިއެވެ. ބިނާރުތައް ހުރި ދިމާއަށް ޠިލްޒާ ވިލާގަނޑަކަށް ބަދަލުވެ ދިޔައެވެ. ހަލާކުވެފައިވާ ބިނާރުތައްފެނި ޠިލްޒާގެ […]
ގަނޑުވަރުގެ ވަލުދޮރާށި ބަލަހައްޓަމުން ދިޔަ މީހާއާ ދިމާއަށް މިނާލް ސޫރް ނެޕްޓަފް (ހަނދުގެ ޖާދޫ ދަނޑިކޮޅު)ނެގުމަށްފަހު، ‘ޝިޚައޮން’އޭ ބުނެލިއެވެ. ކަނޑު ނޫ ކުލައިގެ ޖާދޫގެ ފުއްތައް އެމީހާގެ މޫނަށް ބުރައިގެން ދިޔައެވެ. ވަގުތުން ބޮލުގައި އަތް އެޅުމަށްފަހު، އެ މީހާ މޫނުވަތަށް ބިން މައްޗަށް ވެއްޓުނެވެ. ތަންވަޅު ބެލުމަށްފަހު ފަސް މީހުން ވެގެން މުޅި އެތަނުގައި އަތް ފުނާއަޅަމުން ދިޔައެވެ. އުޔީން އޭނާގެ ހިޔަނިތައް ބޭނުންކޮށް ތަންތަން ބަލަމުން ދިޔައެވެ. އިރުކޮޅެއްފަހުން ވަލުދޮރޯށި ހުރި ސީދަލަށް މާދުރުނޫން […]
އިސާހިތަކު ގަނޑުވަރުގެ ދޮރު ހުޅުވިގެން ދިޔައެވެ. ދޮރުން ވަދެގެން އައީ ޝަވްތާއާއި ޝާރާއެވެ. އަދި ޖަވާސުރު ގަނޑުވަރުގެ ޖާދޫގަރުންވެސް މެއެވެ. ލަަވީން ގޮނޑިން ތެދުވުމަށްފަހު، ޝަވްތާއާ ސުވާލުކުރިއެވެ. “ޥަޓެފް ޖަވާހިރު ސަލާމަތްކުރެވުނުތަ؟” ޝަވްތާގެ މޫނުގައިވާ އުފާވެރިކަން ފޭދިގެން ދިޔައެވެ. “ޖަވާހިރުވެސް ރަސްގެފާނުވެސް ސަލާމަތެއް ނުކުރެވުނު. ނަމަވެސް އެ ނުލަފާ މީހާ ހަދާ ޖާދޫތައް ފެނިއްޖެ.” “އޭނާ ބޭނުންކުރަނީ ކަޅުކުލައިގެ ޖާދޫ ފުއްތަކެއް. އަދި ފާޑެއްގެ ސަމުގާއެއްވެސް ގެންގުޅޭ.” ޝާރާ ކިޔައިދިނެވެ. “އޭނާ އެ ބޭނުންކުރާ ޖާދޫގެ ވައްތަރު […]