Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުފިލާނޭ މިހިތަކުން… 13

Laya Level 310 Stories100 Login
June 15, 2020 7 Mins Read
4 Comments

ހިމާޔަތް މިރޭ… ތިއަތުން ލިބުން…

އެދޭތީ މިހިތް… ނުހަނު ހައިރާންވެޔޭ…

އޭރު އެ އަތުގެ ތެރޭގައި ހުރި މެހެކްގެ ނަފްސަށް ވެރިވެފައިވާނީ އާދަޔާ ޚިލާފު ހަމަހިމޭން ކަމެކެވެ. ދެއަތް މާކިންގެ މޭގައި ތަތްކޮށްލައިގެން ލޯ މަރާލައިގެން ހުރިއިރު އޭނާއަށް އިހުސާސް ކުރެވެމުން ދިޔައީ ރައްކާތެރިކަމެވެ. ލޯތްބާއި ކުލުނެވެ. އޯގާތެރިކަމާއި އަޅާލުމެވެ.

“އާރ ޔޫ އޯކޭ؟..” މާކިންގެ މޭގައި މޫނު ފޮރުވާލައިގެން ހުރި މެހެކްގެ ބޮލުގައި ފިރުމާލަމުން އޭނާ އެހިއެވެ. އެއާއިއެކު އެހުރިގޮތަށް ހުރެފައި މެހެކް ބޯ ޖަހާލުމުން މާކިން ލޯ މަރާލުމަށްފަހު ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. މެހެކްއަށް ކުޑަކުޑަ ގެއްލުމެއްވެސް ލިބުމަކީ މާކިންގެ ހިތަށް ކެތްވާނޭ ކަމެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އޭނާ މެހެކް ދެކެ ލޯބިވެއެވެ. މެހެކްގެ ރައްކާތެރިކަމަށް އެދެއެވެ.

ކުޑަވަގުތުކޮޅެއްގައި އެހެން ހުރެލުމަށްފަހު މެހެކް މާކިންއާއި ދުރަށް ޖެހިލީ އިސް ޖަހާލައިގެން ހުރެއެވެ. ހަލުވި ހަލުވިކޮށް އެސްފިޔަ ޖަހަމުން، ދެއަތުގެ އިނގިލިތަކާއި ކުޅެމުން ދިޔައިރު މެހެކްގެ މޫނުގައިވާ ލަދުވެތިކަން ފެނި މާކިންގެ ހިތުގައިވާ ލޯބި އިހުނަށްވުރެ އިތުރުވެގެން ދިޔައެވެ.

“ދެން ވަދޭ ގެއަށް.. ނިދައްޗޭ ރަނގަޅަށް.. ނުނިދާ އެކި އެކި ނެގެޓިވް އެއްޗެހި ވިސްނަން ނޯންނާތި.. މްމްމް.. ނުނިދިއްޖެއްޔާ ގުޅާލިޔަސް އޯކޭ..” މާކިން ކުޑަކުއްޖަކާއި ވާހަކަ ދައްކާ ފަދައިން އޯގާތެރިކަމާއިއެކު ބަސްތައް އަތުރަމުން ދިޔައިރު މެހެކްގެ ތުންފަތުގައި ހިނިތުންވުމެއް އުފެދިފައި ހުއްޓެވެ. މާކިންއަކީ އޭނާއަށްވުރެ އެތައް އަހަރެއް ކުޑަ ކުއްޖަކަށް ވާއިރުވެސް ބޮޑު މީހަކު ފަދައިން އޭނާއަށް ނަޞޭހަތްތެރިވާތީ މަޖާވީއެވެ.

“އޯކޭ ވެމްޕް.. ގުޑް ނައިޓް..” އެންމެ ފަހުގެ ސަލާމެއްގެ ގޮތުން މެހެކްގެ ދުލުން ބޭރުވީ ޖެއްސުންކޮށްލުމުގެ ބަސްކޮޅެކެވެ. ހަމަ އެއާއިއެކު ވަގުތުން މާކިންގެ ދެލޯ ބޮޑުވެ އަނގަ ވަށް ވެއްޖެއެވެ. މެހެކްގެ އަސްލު ސިފައަކީ މީ ހެއްޔެވެ؟ ޖެއްސުން ކުރުމަކީ މެހެކް ވަރަށް ގަޔާވާ ކަމެއް ހެއްޔެވެ؟

“ގުޑް ނައިޓް ކޫ..” މެހެކް ގެއަށް ވަދެ ވަދެ ހުއްޓާ މާކިންވެސް ގޮވާލިއެވެ. އަދި ހިނިތުންވެލައިގެން ހުރެ ހަށިފުރާ ނޭވާއެއް ލުމަށްފަހު ބޮލުގެ އިސްތަށިގަނޑާއި ކުޅެމުން ސައިކަލާއި ދިމާއަށް މިސްރާބު ޖެހިއެވެ.

ޝުބާ ގޮވައިގެން ސައިކަލުގައި ބުރެއް ޖަހާލުމަށްފަހު އިޝާންއަށް އޭނާގެ ގެއަށް ދެވުނު އިރު ގަޑިން 11 ޖަހަނީއެވެ. ގޭ ތެރެއަށް ވަދެވުމާއިއެކު ސިޓިންގ ރޫމް ސޯފާގައި އިށީނދެލައިގެން ތިބި އޭނާގެ މަންމަ ޝާފިއާއާއި ބައްޕަ ކަލީމް ފެނުމާއިއެކު އިޝާންގެ ހިތުގައި ޖެހިލުންވުމުގެ އަސަރު ހިނގާލިއެވެ. އެމީހުން ފެނުނު ކަމަށް ނުހަދާ ލަސް ފިޔަވަޅުތަކެއްގައި ކޮޓަރިއަށް ގޮސް ގޮސް ހުއްޓާ އިޝާންގެ ނަމުން ކަލީމް ގޮވާލުމާއިއެކު އެހުރި ފިޔަވަޅުމަތީގައި އޭނާއަށް ހުއްޓިލެވުނެވެ.

“ބައްޕަ ވާހަކައެއް ދައްކާލަން.. އާދެބަލަ މިތަނަށް..” ކަލީމްގެ އަޑުގައި މަޑުމައިތިރިކަން ވީ ނަމަވެސް އިޝާންގެ ހިތުގައިވާ ޖެހިލުންވުން ދިޔައީ އިތުރުވަމުންނެވެ. ބޮލު ފުއްބުރުގައި އަތް ކާއްތަމުން ވަޅޯވެފައި ހުރެގެން އޭނާ އައިސް ސޯފާގައި އިށީނީ އިސްޖަހާލަމުންނެވެ.

“ކޮންތާކުން ތިއައީ؟..” ކަލީމްގެ އަޑުގައި ހަރުކަށިކަމުގެ އަސަރެއްވެސް ނެތެވެ. އެހެން ނަމަވެސް އޭރުވެސް އިޝާން އިނީ ކުއްވެރިއަކު ފަދައިން އިސް ޖަހާލައިގެންނެވެ.

“މި.. މިއައި.. ދުއްވާލާފަ..” އިޝާންގެ ނުތަނަވަސްކަން އޭނާގެ އަޑުން ރަނގަޅަށް ހާމަވެއެވެ.

“ޝުބާ ގޮވައިގެންތަ؟..” ކަލީމް އަނެއްކާވެސް އަހާލިއެވެ. އޭނާގެ މޫނުމަތީގައި ސީރިއަސްކަން ހުރި ނަމަވެސް އިޝާންގެ ހަރަކާތްތައް ހުރިގޮތުން ހެވެން އުޅޭހެން ވެސް ހީވެއެވެ. މިފަހަރު ކަލީމް ކުރި ސުވާލަށް އިޝާންގެ އަނގައިން ބުނުމުގެ ބަދަލުގައި ބޯ ޖަހާލިއެވެ.

“ބައްޕައަށް ވަރަށް ކަމުދާ ކުއްޖެއް ޝުބާއަކީ.. އާއިލާގެ ގޮތް އެނގޭ.. ހިތްހެޔޮ.. އަޚްލާގު ރަނގަޅު.. މީހުންނަށް އިހްތިރާމް ކުރާ ކުއްޖެއް އެއީ.. ކުޑައިރުން ފެށިގެންވެސް ބައްޕަމެންނަށްވެސް ޝުބާ ފެނޭ ވިއްޔަ..” ކަލީމް ވިސްނުންތެރިކަމާއިއެކު ވާހަކަ ދެއްކިއެވެ. އޭނާގެ ވާހަކަ ގެންދަން އުޅޭ މިސްރާބާއި މެދު ސުވާލު އުފެދިފައި އިން އިޝާން އޭނާގެ ބައްޕަގެ މޫނަށް ބަލާލީ އެވާހަކަތަކަށް ސަމާލުވެގެން އިނދެއެވެ.

“އެކަމަކު ދަރިފުޅާ.. ތިޔަ ޒުވާން އުމުރުގަ.. ތިޔަހެން މާ ގާތްކޮށް އުޅުން ރަނގަޅެއް ނޫނެއްނު..” ކަލީމް ނަސޭހަތުގެ ރާގަކަށް ބުނެލިއެވެ. އެވަގުތު އިޝާން އަނެއްކާވެސް އިސް ޖަހާލިއެވެ. ބައްޕަ ދައްކަން ބޭނުންވި ވާހަކައަކީ އެއީކަން އެންމެ ފުރަތަމަވެސް އޭނާއަށް އެނގުނެވެ. ތެދެކެވެ. ކަލީމަކީ އަބަދުއްސުރެ ދީނީ އުސޫލުތަކަށް ލޯބިކުރާ އެ އުސޫލުތައް ދަރީންގެ ކިބައިގައި ހަރުލައްވަން މަސައްކަތް ކުރާ މީހެކެވެ. ކަލީމްއާއި ޝާފިއާއަށް ލިބިފައިވާ 3 ކުދިންގެ ތެރެއިން އިޝާންއަކީ ދެވަނަ ކުއްޖާއެވެ. އަދި ހުރި ހަމަ އެކަނި ފިރިހެން ދަރިފުޅެވެ. ކަލީމް ބޭނުންވާ ވަރަށް ދީނާއި ސުންނަތަށް ނުއުޅުނަސް އިޝާންއަކީ އަޚްލާގު ރަނގަޅު ކުއްޖެކެވެ. ނަމާދުތަކަށް ފަރުވާތެރިވާ، ޤުރްއާން ކިޔަވަން ލޯބިކުރާ ކުއްޖެކެވެ. ކުޑައިރުން ފެށިގެންވެސް އޭނާގެ އެންމެ ގާތް ރަހްމަތްތެރިންގެ ގޮތުގައި މާކިންއާއި ޝުބާ ވެފައިވުމުން ޒުވާން އުމުރަށް އަޅަމުން އައި އިރުވެސް ކަލީމްމެންނަށް ގޮތް ނޭނގޭ ރަހްމަތްތެރިންތަކެއް އޭނާ ނުގެންގުޅެއެވެ. އެހެން ނަމަވެސް އުމުރުން ދޮށީވެ، ޒުވާނުންނަށް ވުމަށްފަހުވެސް ކުޑައިރު އުޅުނު ގާތްކަން މަތީ އިޝާންއާއި ޝުބާ އުޅެމުންދާތަން ފެނުމަކީ ކަލީމްގެ ހިތައް ނުތަނަވަސްކަން ވެރިކުރުވި ކަމެކެވެ. އޭނާ  އެކަމާއި ކަންބޮޑުވިޔަސް ޝާފިއާއަށް އެކަންތައްތައް މާ ބޮޑެތި ކަންކަމަށް ނުވާތީ އޭނާ ޝާފިއާއާއި ވަރަށް ގިނައިން އެވާހަކަ ދައްކަންވެސް ދައްކައެވެ. މި ސަބަބާއިއެކު އެގާތްކަމާއިމެދު އެއްޗެއް މިހާތަނަށް ވެސް ނުބުނެވިފައި އޮތީ އިޝާންއަށް ވިސްނައިދޭން އުނދަގޫ ވާނެ ވަރުންނެވެ. އެއީ ކުޑައިރުގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވާތީއެވެ. އެހެން ނަމަވެސް މިހާރު އެދެމެދުގައި އޮތީ ހަމައެކަނި ރަހްމަތްތެރިކަން ނޫންކަން ކަލީމްގެ ދެމަފިރިންނަށް އެނގުނީ އެމީހުންގެ ދޮށީ ދަރިފުޅު އާޝިޔާގެ ފުށުންނެވެ. އެހާ ހިސާބުން ފިޔަވަޅެއް ނާޅައިފިނަމަ، އެހާ ގާތްބޮޑުވެފައިވާ ގުޅުމެއް ނުބައި ފައްތަރަކަށް ހިނގައިދާނެކަމުގައި ކަލީމްއަށް ގަބޫލުކުރެވުނެވެ.

“ކުރިން އޮތީ ރަހްމަތްތެރިކަން.. އެކަމަކު މިހާރު ތިވަނީ އެއަށްވުރެ ގާތް ގުޅުމެއް އުފެދިފަ.. އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ތިފަދަ ގޮތަކަށް މާ ގާތްކޮށް އުޅެން ވެއްޖެނަމަ ގޯސް ފިޔަވަޅެއް އެޅުމަކީ ވަރަށް ގާތުގައި ވާކަމެއް..” ދައްކަމުންދާ ވާހަކައަކީ ލަދުވެތި ވާހަކައަކަށް ވީ ނަމަވެސް ކަލީމް އެއްގޮތަކަށްވެސް އޭނާގެ ދަރިފުޅު ނުބައިކަން ބޮޑު އަމަލަކަށް އަރައިގަންނާކަށް ބޭނުމެއް ނުވެއެވެ.

“ބައްޕާ.. އަހަރެން.. ހަމައެކަނި ދުއްވާލަން ދިޔައީ..” އިޝާންގެ އަޑުގައި ކިޔަމަންތެރިކަން ވީ ނަމަވެސް ނުރުހުމުގެ އަސަރުވެސް ހުއްޓެވެ.

“ތި ނޫނެކޭ ނުބުނެއެއްނު ބައްޕައެއް..” ޝާފިޔާވެސް ކަލީމްއާއި ބައިވެރިވެލިއެވެ.

އެއްޗެހި ބަދަލުކޮށްލައިގެން ނިދަން ތައްޔާރުވެލި މެހެކް ހުރީ އޭނާގެ އިސްތަށިގަނޑުގައި ފުނާ އަޅާށެވެ. ކޮނޑު ކަށިގަނޑާއި ހަމައިން ކޮށާލާފައިވާ އޭނާގެ ފަން އަދި ބޯ އިސްތަށިކޮޅުގައި ފުނާ ކާއްތަމުން ދިޔައިރު އެތުންފަތުގައި ކުޑަ ކުޑަ ހިނިތުންވުމެއް އުފެދިފައި ހުއްޓެވެ. އޭނާގެ ޚިޔާލުތަކުގައި ވަނީ މާކިންއެވެ. އޭނާއާއި އެކުގައި ހޭދަކުރެވުނު ވަގުތުތަކެވެ. އެގާތްކަމެވެ. އޭނާގެ ފުށުން ލިބުނު ރައްކާތެރިކަމެވެ. އިސްތަށިގަނޑު ބޮލު މެދަށް ގެންދިއުމަށްފަހު ވޫލް ކޮޅަކުން އައްސާލަމުން މެހެކް އޭނާގެ އެނދުގައި އިށީނދެލިއެވެ. އަދި މޫނުމަތީގައި ދެއަތް އެޅުމަށްފަހު ފުންފުންކޮށް ނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ ހިތައް ވަމުން އެދާގޮތް އޭނާއަށް އެނގެއެވެ. އެ އިހުސާސްތައް އޭނާއަށް އަލެއް ނޫނެވެ. އެހެން ނަމަވެސް އެހިތުގައިވާ ބޮޑު ލައްގަނޑުގެ ސަބަބުން އެ އިހުސާސްތަކަށް އޭނާއަށް ޖާގަ ދެވިދާނެ ހެއްޔެވެ؟ ލޯ މަރާލާއިރަށް އެ ހިތްދަތި މަންޒަރުގެ ފެނުމުގެ ބަދަލުގައި މާކިންގެ ސޫރަ ފެނިދާނެ ހެއްޔެވެ؟ އެހެން ވެދާނެ ކަމަކަށް ކުޑަކޮށްވެސް އޭނާގެ ހިތް ގަބޫލެއް ނުކުރެއެވެ.

ވިސްނުންތައް ގިނަވެ ބޮލަށް ހާސްކަން ވެރިވާން ފެށުމުން މެހެކް އާދައިގެ މަތިން ނިދާއިރު ކިޔާ ހެޔޮ އެއްޗެތި ކިޔުމަށްފަހު ނިދޭތޯ މަސައްކަތް ފެށިއެވެ. އެހެން ރޭރެއާއި ޚިލާފަށް އޭނާއަށް އެކަން ނުހަނު ފަސޭހައިން ކާމިޔާބުވިއެވެ. ހިތާމައަކީ ނިދުނަސް ހުވަފެންތަކުގައި ނަމަވެސް އޭނާއަށް އެ ކަޅު އަނދިރި ރޭގަނޑުގެ ބިރުވެރި ޚިޔާލުތަކުން ސަލާމަތް ނުވެވޭތީއެވެ. ނިދީގެ ފުން އަރާމާއި ހަމަޖެހުން ނުލިބޭތީއެވެ.

 

“ހިލޭ އަންހެން ކުއްޖަކު ގޮވައިގެން ތިހެން އުޅުން ރަނގަޅެއް ނުވާނެ.. ދަރިފުޅު ތިޔަކަން ހުއްޓާލަންވީނުން..” ކަލީމް ބުނެލި އެއްޗަކުން އިޝާން ވަގުތުން ދެލޯ ބޮޑުކޮށްފައި އޭނާގެ ބައްޕަގެ މޫނަށް ބަލާލިއެވެ. ޝުބާއާއި މެދު ހިތްހަމަޖެހޭ ވާހަކަ ބުނެފައި މިހާރު އެބުނީ ކީކޭ ހެއްޔެވެ؟ އޭނާގެ ހިތުގައިވާ ލޯބި އޭނާއަށް ފަހުމްވުމަށްފަހު އަދި ދުވަސްކޮޅެއްވެސް ނުވެއެވެ. ޝުބާއާއި އެކު އޭނާ އުޅެމުން އެދަނީ އުފާވެރި ދުވަސްތަކެކެވެ. އެގުޅުން ލޯތްބަށް ބަދަލުވުމަށްފަހު ޝުބާގެ ފަރާތުން އޭނާއަށް ލޯތްބާއި އެހީތެރިކަން ދޭ މިންވަރު އިންތިހާއަށް އިތުރެވެ. ޝުބާއަކީ އޭނާއަށް ލިބިފައިވާ އަގުބޮޑު ޖަވާހިރެކެވެ. ދެމީހުންގެ ގާތްކަމާއިމެދު ބައްޕަ ހިތްހަމަ ނުޖެހޭނެކަން އޭނާއަށް ކުރިއްސުރެ އެނގިފައި އޮތަސް އޭނާގެ ލޯތްބަށް ބައްޕަ ހުރަސް އަޅާނެ ކަމަށް އޭނާއަކަށް ހީކުރެވިފައެއް ނެތެވެ. ކުރީގައި ކުއްޖަކާއި ރައްޓެހިވިޔަސް އާއިލާއަށް ސިއްރުކޮށްގެން އުޅުނު ނަމަވެސް މިފަހަރު ސިއްރުކުރަން މަސައްކަތް ނުކުރީ ޝުބާއާއި މެދު އެމީހުން ހިތްހަމަޖެހޭނެ ކަމުގައި ޔަގީންކޮށްފައެވެ.

“ބައްޕާ.. އައި.. އައި ލަވް ހާ..” ބައްޕަގެ ނަޞޭހަތަކީ ގޯސް އެއްޗަކަށް ނުވިޔަސް އިޝާންގެ ހިތް ޝުބާ ދޫކޮށްލާކަށް އެއްބަހެއް ނުވާނެއެވެ. ޝަކުވާއިން ފުރިގެންވާ ފަދަ ގޮތަކަށް އޭނާ ކަލީމްގެ މޫނަށް ބަލަހައްޓައިގެން އިން އިރު އެލޮލަށް ކަރުނަ ޖަމާވާން އުޅޭ ފަދަ ނިޝާންތައް ފެންނަމުން ދިޔައެވެ.

“އެހެންވީމަ ހުއްޓައެއް ނުލެވޭނެ ދޯ؟.. އެހެން ވީމަ ކައިވަނި ކުރަން ވީނުން..” ހަމަޖެހިލަމުން ދެން ކަލީމް ބުނެލި އެއްޗަކުން އިޝާން ލަމުން ދިޔަ ނޭވާވެސް ހުއްޓުނު ފަދައެވެ. އެސްފިޔަ ޖަހާލުމެއްވެސް ނެތި އޭނާގެ މަންމައާއި ބައްޕަގެ މޫނަށް ބަލާލަ ބަލާލާ އިންއިރު އޭނާގެ އަނގަވެސް ހުރީ ހިސާބަކަށް ހުޅުވިފައެވެ. އޭނާއަށް ވީގޮތުން މިފަހަރު ކަލީމްއާއި ޝާފިޔާއަށްވެސް ނުހީއެއް ނުތިބެވުނެވެ.

“ބައްޕާ.. އަހަރެން.. ކައިވެނި ކުރާށޭ… އަދި.. އަދި ވީ ކުޑަ ދުވަސްކޮޅެއް.. ކައިވެންޏޭ؟.. އެހެން ހަމަ ހުރެފަ ކައިވެނި ކުރޭތަ.. ބައްޕަ ސަމާސާ ކުރަނީތަ؟..” އިޝާންއަށް ކިޔޭ ނުކިޔޭއެއްވެސް ނޭނގުނެވެ.

“ދެން ވަކި ނުވެވެންޏާ އޮތް ގޮތަކީ އެއީ.. ކައިވެންޏަކާ ނުލާ ތިއުޅޭ ގޮތަށް އުޅޭކަށް ބައްޕަ ހަމަ ކުޑަކޮށްވެސް ގަބޫލެއް ނޫން..” ކަލީމް އެއްފައި މައްޗަށް އަނެއް ފައި އެއްލަމުން ސޯފާ މަތީގައި ހަމަޖެހިލިއެވެ. ހަގީގަތުގައި އޭނާގެ ވާހަކަތަކަށް އިޝާން ހަކަރާތްކުރިގޮތުން އޭނާ އެއިނީ ނުހަނު ގަޔާވެފައެވެ.

“އެކަމު ބައްޕާ.. މަންމާ.. މަށަށް އަދި އެންމެ 23 އަހަރު.. އަދި މެރީ ކުރާ ވަރެއް ނުވެއެއްނު.. ކިޔަވާވެސް ނުނިމެނީސް… ޖޮބެއްވެސް ނެތް.. ކިހިނެތް ވައިފް ބަލަހައްޓާނީވެސް… ޝުބީވެސް.. ޝުބީވެސް ފްރީކް އައުޓް ވާނީ.. އަދި ރައްޓެހިވެފަ ވެސް.. ދުވަސްކޮޅެއް…..” “ކައިވެނި ކުރާ ވަރު ނުވަންޏާ ރައްޓެހިވާ ވަރެއްވެސް ނުވާނެ.. ކިޔަވާ ނިމި ޖޮބެއް ލިބެންދެން ދަރިފުޅުމެންގެ ކަންކަމާ ބައްޕަ ހަވާލު.. ” އިޝާން ކަންބޮޑުވެފައި ވާހަކަ ދައްކަ ދައްކާ އިންދާ ކަލީމް ދެއަތް އުރާލަމުން އަނެއްކާވެސް ބުނެލިއެވެ. އެއާއިއެކު ދެންވެސް އިޝާންއަށް ހައިރާން ކަމާއިއެކު ކަލީމްގެ މޫނަށް ބަލާލެވުނީ އަނގަ ހުޅުވާލަމުންނެވެ. އޭނާގެ ބައްޕަ އަޅެ އެއިނީ މޮޔަވެފައި ހެއްޔެވެ؟

“މަންމާ…. ” “މަންމަ ހަމަ ބައްޕައާއި އެއްބަސް…” ޝާފިޔާގެ ފަރާތުން ބާރެއް ލިބޭތޯ އިޝާން މަސައްކަތް ފެށުމާއިއެކު އޭނާވެސް އެކަން ނާކާމިޔާބު ކޮށްލިއެވެ. އިޝާން ފުން ނޭވާއަކާއިއެކު ދެއަތުގެ ތެރޭގައި އޭނާގެ މޫނު ފޮރުވާލިއެވެ.

“ގޮތެއް ނިންމާ ދަރިފުޅު.. ކައިވެނި ނޫނީ ވަކިވުން..” ކަލީމް އެހެން ބުނެލުމަށްފަހު ތެދުވެގެން ދިޔައީ އިޝާންގެ ކޮނޑުގައި ޖަހާލާފައެވެ. އޭގެ ފަހަތުން ޝާފިޔާވެސް އިޝާންގެ ބޮލުގައި ފިރުމާލާފައި ހިނގައްޖެއެވެ.

“އާގްގްގ..” ތަނުގައި އެކަނިވުމާއިއެކު އިޝާން ބޮލުގައި ހިފަހައްޓާލަމުން ސޯފާގެ ތެރެއަށް ވެއްޓިގަތެވެ. އިރުކޮޅެއްގައި އެހެން އިނުމަށްފަހު ޖީބުގައި އޮތް ފޯނު ނަގާ ޝުބާއަށް ޑައިލްކޮށްލަމުން އޭނާގެ ކޮޓަރިއަށް ވަނެވެ.

ނިދުމުގެ ކުރިން ފެން ވަރާލައިގެން ނުކުމެ މާކިން ލޯގަނޑު ކުރިމަތީގައި ހުއްޓިލީ އިސްތަށިގަނޑުގައި ތުވާލި ކާއްތަމުންނެނެވެ. ފެން ހިއްކަމުން ދިޔަ ވަރަކަށް ފަން އިސްތަށިގަނޑުން ވެއްޓޭ ފެންތިކިތައް އޭނާގެ ކުލަ އަލި ހަށިގަނޑުގައި ހަރުލަމުން ދިޔައެވެ. ފެން ހިއްކާ ނިމުމާއިއެކު ތުވާލި އަތަށް އޮޅާލާފައި ލޯގަނޑުން ފެންނަން ހުރި އަމިއްލަ ސޫރައަށް ނިކަން ފަރުވާތެރިކަމާއިއެކު ބަލާލިއެވެ. އަދި ހިތުގައި ހިނގާލި ޚިޔާލުތަކެއްގެ ސަބަބުން ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހިނިތުންވެލިއެވެ.

“ވެމްޕަޔަރ…” އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ހުރި މާކިންއަށް އޭނާގެ ދިގު ފޭރާ ދަތް ފެނުމާއިއެކު ހީނލަމުން ބުނެލިއެވެ. އޭނާގެ ޚިޔާލުގައިވަނީ މެހެކް އެހެން ބުނެލި ބުނުމެވެ. މެހެކްއަށް އޭނާގެ ޚާއްސަ ސިފައެއް ފާހަގަ ކުރެވުނުކަން ގަބޫލުކުރެވުމާއިއެކު އޭނާގެ ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ. ޚިޔާލުތަކަށް ގޮސް ހުސްވެ، އަމިއްލަ ދުނިޔެއެއްގައި ހުއްޓާ އޭނާއަށް ސިހުމެއް ލިބުނީ ފޯނު ރިންގުވާން ފެށުމުންނެވެ. އަވަސް އަވަހަށް އެނދުމަތީގައި އޮތް ފޯނު ނަގާ ބަލާލިއިރު އޭގެ ސްކްރީންގައި މެހެކްގެ ނަން އޮއްވާ ފެނުމުން  މާކިންގެ ހިތައް އާދަޔާ ޚިލާފު ގޮތްތަކެއް ވެގެން ދިޔައެވެ.

“ހަލޯ.. މެހެކް.. ކިހިނެތްވީ..” މާކިންގެ އަޑުގައި ކަންބޮޑުވުމުގެ އަސަރުތައް ވެއެވެ. އެއާއިއެކު އޭނާއަށް އިވުނީ މެހެކްގެ ގިސްލުމުގެ އަޑެވެ. ވަގުތުން އޭނާއަށް އެނދުމަތީގައި އިށީނދެލެވުނީ އިޚްތިޔާރަކާއި ނުލައެވެ.

“ކިހިނެތްވީ؟.. ނުނިދުނީތަ މެހެކް.. ބިރު ގަންނަނީތަ..” ކުލުނުން ފުރިގެންވާ ފަދަ ގޮތަކަށް މެހެކްއާއި ވާހަކަ ދެއްކިއިރު މާކިންގެ ލޮލުގައި ކަރުނަ ވިދަން ފަށައިފިއެވެ.

“ޝުބީ.. ލެޓްސް ގެޓް މެރީޑް..” ޝުބާ ފޯނު ނެގުމާއިއެކު އިތުރު އެއްޗެއް ބުނުމުގެ ކުރިން އިޝާން ސީރިއަސްކަމާއިއެކު ބުނެލިއެވެ.

“ވަޓްޓްޓް..” އިޝާންގެ އަޑު ޖެހުމާއިއެކު ޝުބާގެ ތޫލި އަޑުން ހަޅޭއްލަވައިގަތްލެއް ބާރުކަމުން އިޝާންއަށް ފޯނު ކަންފަތާއި ދުރުކޮށްލަންވެސް ޖެހުނެވެ.

“ކޮން ސަކަރާތެއް ތިޔަ ޖަހަނީ؟” ޝުބާ ހިނިގަނޑެއް ޖަހާލާފައި ދެން ވާހަކަ ދެއްކީ އާދައިގެ ވަރަކަށެވެ. އެއާއިއެކު އިޝާން ހިންދިރުވާލަމުން ލޯ މަރާލިއެވެ.

“ސީރިއަސް އޭ ލަވް.. އެހެން ޗޮއިސް އެއް ނެތް.. މެރީ ކުރުން ނޫނީ ވަކިވުން..” އިޝާން އެނދުގައި އޮށޯވެލަމުން ވާހަކަ ދެއްކީ ދުވަހަކުވެސް ވާހަކަ ނުދައްކާފަދަ ސީރިއަސްކަމަކާއިއެކުއެވެ.

“ވަޓް.. އިޝާން.. ކަމެއް ވީތަ..؟” ޝުބާއަށް އިޝާންގެ އަޑުގައިވާ ކަންބޮޑުވުން ދެނެގަނެވުނެވެ. އެއާއިއެކު އިޝާން އެރޭގައި އޭނާ ބައްޕަ ދެއްކި ވާހަކަތައް ޝުބާއަށް ކިޔައިދޭން ފެށިއެވެ.

މެހެކް މާކިން އާ ގުޅީ އެ ހިތްދަތި މަންޒަރުތައް ތަކުރާރުކޮށް ސިފަވާން ފެށުމާއިއެކު ނިދީގައި އޮވެ ގިސްލަ ގިސްލާފައި އެންމެ ފަހުން އޭނާއަށް ހޭލެވުމުންނެވެ. ފަސޭހައިން ނިދޭ ރެއެއްގައިވެސް އޭނާ އުޅެން ޖެހޭ ހާލަކީ އެއީއެވެ. އެރޭ ލޫނާވެސް ކޮޓަރީގައި ނެތުމުން ހޭލެވުމުންވެސް އޭނާ ގަނެފައިވާ ބިރަށް ބަދަލެއް ނައީއެވެ.ފޯނު ނަގާ މާކިން ވާހަކަ ދައްކަން ފެށުމުންވެސް އޭނާއަށް ގިސްލެވުން ހުއްޓައެއް ނުލެވުނެވެ.

“މެހެކް.. ހުއްޓާލަބަ.. އެކަނިވަނީތަ.. ވާހަކަ ދައްކަބާ..” މެދުކެނޑުމެއްނެތި މާކިންގެ ލޯބިން ފުރިގެންވާ ބަސްތައް އަޑު އިވެން ފެށުމުން މެހެކްގެ ގިސްލުން މަޑުވަމުން ދިޔައެވެ. ބޭ އިޚްތިޔާރުގައި މާކިން އޭނާގެ ގާތުގައި ވުމަށް އެދެވެން ފެށުނެވެ. އޭނާގެ އެ އެކަނިވެރިކަމާއި، އެ ނުތަނަވަސްކަން މާކިން ފިލުވާލަދޭނެއެވެ. ރައްކާތެރިކަމާއި ހިމާޔަތް ދޭނެއެވެ. ވޭތުވެދިޔަ ދެއަހަރުގައި އޭނާއަށް އެފަދައިން ނުހޭލެވޭ ރެއެއް މަދުވާނެއެވެ. އެހެން ނަމަވެސް މީހެއްގެ ހިމާޔަތަށް އެދި ތަކުރާރުކޮށް ގޮވަމުންދާ އޭނާގެ ހިތުގެ އަޑު އަހާ، އެއަށް އިޖާބަ ދިނުމުގެ ގޮތުން އެހާލަތުގައި މީހަކަށް އޭނާ އެ ގުޅާލީ ފުރަތަމަ ފަހަރަށެވެ. މާކިންއާއި މެދު އޭނާގެ ހިތުގައި އިތުބާރާއި ޔަގީންކަން އުފެދެމުން ދާވަރު އޭނާގެ އަމިއްލަ ނަފްސަށް ވެސް ވިސްނުނީ ދެނެވެ.

“ނި.. ނިދާފަ އޮއްވަތަ މިގުޅުނީ.. ސޮ..ސޮރީ.. ބިރުގަނެފަ.. ހޭލެވުނީ.. ލޫ.. ލޫނާ ނެތީމަ މާ ބޮޑަށް.. ބިރުގަތީ..” ގިސްލެވެމުން ދިއުމުގެ ސަބަބުން މެހެކްއަށް ވާހަކަ ދެއްކުނީ އުނދަގުލުންނެވެ. ލޮލުން ފޭބި ކަރުނަތައް ފޮހެލުމަށްފަހު އޭނާ އެނދުގައި ހަމަޖެހިލީ މާކިން ބުނާ އެއްޗެއްގެ އިންތިޒާރުގައި އޮވެއެވެ.

“ނުނިދަމޭ އަދި.. ސޮރީ ނުބުނޭ.. ބުނީމެއްނު ގުޅައްޗޭ.. ވަރަށް އުފާވެއްޖެ ކޮމްފޯޓް ހޯދަން ގުޅާލީމަ.. ސޮރީ ނުބުނައްޗޭ.. ކީއްވެ ބިރުގަތީ.. ހުވަފެނެއް ފެންނަނީތަ…” މާކިންގެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ އޯގާތެރިމަކެވެ.

“އެ.. އެރޭގެ.. އެ..އެކްސިޑެންޓް… އެމީހުން.. ލެއިން ތަތްވެފަ…. އެތަން…” މެހެކްގެ އަޑު ބެދިއްޖެއެވެ.

“ޝްޝްޝް.. ނުރޮއްޗޭ.. ހުއްޓާލާ.. ރޯ އަޑަށް ވެމްޕަޔަރއެއް ވަދެދާނެ ތިތަނަށް..” މާކިން ލާނެތް ރާގަކަށް ވާހަކައިގެ މައުޟޫ ބަދަލުކޮށްލަން މަސައްކަތް ކުރިއެވެ. އެއާއިއެކު މެހެކް ލޯ ފުހެލަމުން ހިނިތުންވެލަން މަސައްކަތް ކުރިއެވެ. މާކިން އެވާހަކަ އެ ފެށީ އޭނާ ހެއްވާލަންކަން އޭނާއަށް އެނގުނެވެ.

ނުނިމޭ

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Laya

Level 310 Stories100 Login

I found peace in writing ❤️

Other Articles

Previous

ޒަޚަމް 9

Next

އެކުގައިވާން އެދެމޭ 10 – 6

Next
June 15, 2020

އެކުގައިވާން އެދެމޭ 10 – 6

Previews
June 14, 2020

ޒަޚަމް 9

4 Comments!

  1. Hajja says:
    June 15, 2020 at 12:56 pm

    Really nice mipart he he thanks vaahaka time up koladineythey

  2. ?Aashko?? says:
    June 15, 2020 at 11:39 pm

    Maasha Allah ?
    U left me speechless sis..??

    Ly

  3. Shuba... says:
    June 16, 2020 at 11:45 am

    Alhey kobaatha 14 vana bai. Curiously waiting. Vrh reethi story eh. Masha Allah. Loved it.❤❤❤

  4. Layaaa says:
    June 16, 2020 at 3:50 pm

    Aww thank you so much everyone ❤️
    Fourteenth submitted ingey ?

Comments are closed.

Next Episodeނުފިލާނޭ މިހިތަކުން… 14←


All Right Reserved!