“އަޅޭ ހާދަ ދެރައޭ…އެހާ ލޯބިކުއްޖަކު ދޫކޮށްލަން ކެރުނީ ކިހިނެއްބާއޭ ހިތަށްއަރާ” އާތިފްގެ ވާހަަކަތައް އަޑުއަހަން އިނުމަށްފަހު ފަރީޝާ އަހާލިއެވެ.
“ލީނާއާ ވަކިވިފަހުން އާތިފް ވަރަށް ދެރަވި..އެންމެ ދެރަވީ އައިލީން އޭނަގެ މަންމަގެ ލޯބިން މަހުރޫމުވުމުން…އާތިފްވެސް ބޭނުން އެހެންވެސް މީހުންގެ ދަރިންނެކޭ އެއްފަދައިން، އައިލީންނަށްވެސް މަންމައާ ބައްޕަގެ ލޯބި ހަމަހަމަކޮށް ލިބެން….
ލީނާއާ ވަރިވިފަހުން އައިލީންނަށްޓަކާ އާތިފް ހިތްވަރުކުރިން…މެދުކަނޑާލި ކޯސް އަނެއްކާވެސް ކުރިއަށް ގެންދިޔައިން…ކިޔަވާ ނިންމުމަށްފަހު ބޭނުންވި ވަޒީފާއަށް ކުރިމަތިލިން…އޭރުއްސުރެ މިއަދާ ހަމައަށްވެސް އާތިފް މިއުޅެނީ އެވަޒީފާގަ…
އޮފީސް މަސައްކަތަކީ އާތިފް ވަރަށް ކުރާހިތްވާ ކަމެއް…މިހާރު ވަޒީފާއަކަށް ނުދިޔަސް ﷲ އިރާދަފުޅުން ގެއިން ލިބޭ ކުލިން ވަރަށް ހަމަ ޖެހިގެން އުޅެވޭނެ…އެކަމަކު ކުރާހިތްވާ މަސައްކަތެއްވީމައާ، އެހާ ގިނަދުވަހު އުޅެވިފަވާތީ ވަކިވާހިތް ނުވަނީ” އާތިފް އެހެންބުނެ ކުރިމަތީގައި އިން މޭޒުމަތީގައި އޮތް އޭނާގެ ފޯނުނަގާ ހުޅުވާލުމަށްފަހު ހާވާލިއެވެ.
“މީ ލީނާ” ފޯނުން ލީނާގެ ފޮޓޯގަނޑެއް ދައްކާލަމުން ފަރީޝާއަށް އާތިފް ބުނެލިއެވެ. “މާޝާ ﷲ ވަރަށް ރީތިދޯ… ހިއެއްނުވޭ ބަލާފަ ރާއްޖެމީހެއް ހެނެއް…އައިލީންނާ ވައްތަރު ވަރަށް” ލީނާގެ ފޮޓޯގަނޑަށް ރަނގަޅަށް ބަލާލުމަށްފަހު ފަރީޝާ ބުނެލިއެވެ.
“އާނ…އެހެންވެގެން އާތިފަށްވެސް އޭނާދެކެ ގަޔާވެވުނީ… އެކަމަކު މިހާރު ވިސްނިއްޖެ ބޭރުފުށުން ފެންނަން ހުންނަ ރީތިކަމަކީ އެއްވެސް އެއްޗެއް ނޫންކަން…މިފޮޓޯ ފޯނުގަ ސޭވްކޮށްގެން އާތިފް މިގެންގުޅެނީ އައިލީން ބޮޑުވެގެން އޭނަގެ މަންމަ ހުންނަގޮތް ދެކެން ބޭނުންވެދާނެތީ…އޭނައަށް އޭނަގެ މަންމައާކީ ކާކުކަން ބުނެދޭންޖެހޭނެތާ” އާތިފް ބުނެލިއެވެ.އާތީފް އެހެންބުނުމުން ފަރީޝާ ބޯޖަހާލިއެވެ.
“އައިލީންގެ މަންމައާ ފަރީޝާއާ ކިހާ ތަފާތު…އާތިފް މިބުނީ ފަރީޝާ ހަޑިވާހަކައެއް ނޫން އިނގޭ ގޯސްކޮށް ހީނުކުރާތި…މިބުނީ ލީނާއާ ފަރީޝާއާ އެއްވެސް ވައްތަރެއް ނޫނެއް ނޫންހޭ…އެހެންވެ އައިލީން ފަރީޝާއަށް މަންމަ ކިޔާތީ ވަރަށް ހައިރާންވޭ” އާތިފް ބުނެލިއެވެ.
“އާނ ދޯ ފަރީޝާވެސް ވަރަށް ހައިރާންވޭ އެކަމަކު އުފާވެސްވޭ” ފަރީޝާ ބުނެލިއެވެ.
“ވިޔާމްގެ ފޮޓޯއެއް ނެތްތަ؟…ވަރަށް ބަލާލާހިތްވޭ” އާތިފް ބުނެލިއެވެ.އާތިފް އެހެންބުނުމުން ވިޔާމްގެ އެއްވެސް ފޮޓޯއެއް ނީންނާނެ ކަމަށާއި އޭނާގެ ހަނދާން ފުހެލަން އޭނާގެ ފޮޓޯތައް ފޮހެ އޭނާ ދިން ފޯނުވެސް އެއްލާލީ ކަމުގައި ފަރީޝާ ބުނެލިއެވެ.
“ފަރީޝާވެސް ސުވާލެއް އަހާލަންތަ؟” ވަގުތުކޮޅަކު ހިމޭނުން އިނުމަށްފަހު ފަރީޝާ އަހާލިއެެވެ. “އައިލީން ވަރަށް ކުޑައިރެއްނު ތިބުނީ ލީނާއާ ވަކިވީ…ދެން ކިހިނެއް އައިލީންނަށް އޭނަގެ މަންމަގެ ސިފަ އެނގޭނީ” ފަރީޝާ އޭނާގެ ހިތުގައިވާ ސުވާލު އާތިފާ ކޮށްލިއެވެ.
“އަދި އެއްކޮށެއް ކިޔައެއް ނުދެމެއްނު…މިކިޔައިދިނީ ލީނާއާ ވަކިވިފަހުން އާތިފްގެ ފުނޑުފުނޑުވި ހަޔާތް އަނެއްކާ އަލުން ކޮޅަށް ޖެހި ހިސާބަށް…
ވަރިވިތާ ހަމަސްފަހުން ލީނާ އެނބުރި އައިސް އާތިފްގެ ކިބައިން މާފަށް އެދުނު…އޭނަ އިސްލާހު ވާނަން ކަމަަށާއި އޭނައަށް ފުރުސަތެއް ދިނުމަށް އެދި ރޮއެ އާދޭސްކުރި…
ކޮންމެއަކަސް އެއީ އައިލީންގެ މަންމައަށް ވާތީ އައިލީންނަށްޓަކާ އާތިފް ލީނާއަށް ޗާންސެއް ދިނިން…އެދުވަހު ލީނާއަށް ބުނިން މީ އޭނައަށް ދެވޭ ފުރަތަމަ އަދި ފަހު ފުރުސަތޭވެސް…މިފުރުސަތުގެ ބޭނުންހިފާށޭ…
އޭރު އައިލީންނަށް ވާނީ އަހަރެއް…އޭނައަށް މީހުންގެ ސިފަ ރީއްޗަށް އެނގޭނެ…އެހެންވެ މިބުނީ އައިލީންނަށް ލީނާގެ ސިފަ އެނގޭނެހެނޭ ހީވަނީ” އާތިފް ބުނެލިއެވެ.
“ފުރަތަމަކޮޅު ލީނާ އުޅުނުގޮތުން ހީވީ އޭނަ އިސްލާހުވީއޭ…އާތިފް ކުރިމަތީ ވަރަށް ރަނގަޅު އައިލީންނަށްވެސް ހެޔޮކޮށް ހިތި…ނަމަވެސް އާތިފްގެ ފުރަގަހުން ލީނާ ކުރަމުންދިޔަ ވިޔާނުދާ ކަންތައް ފަޅާއެރީ ލީނާ ރަނގަޅުވީކަމަށް ހީކޮށް އަލުން އޭނައާ ކައިވެނިކުރަން ފޯމުނެގި ދުވަހު….
ލީނާއާ އަލުން ކައިވެނި ކުރަން ނިންމީ ވަރަށް ވިސްނުމަށްފަހު….އެދުވަސްކޮޅަކީ ލަކްޝްމީގެ ތިމާގެމީހެއް ރާއްޖެއައިސްގެން އުޅުނު ދުވަސްކޮޅެއް…ލީނާ ގޭތެރޭގެ މަސައްކަތްތައް ކުރާތީ އާތިފް ލަކްޝްމީއަށް ކޮންމެ ދުވަހަކު ހަވީރުން ފެށިގެން ރޭގަނޑު އަށަކާ ހަމައަށް ފްރީ ކޮށްދިނިން…
ހަވީރުވުމުން ލަކްޝްމީ ދަނީ ބޭރަށް ދެން އޭނަ އަންނަނީ އަށެއްޖަހާއިރު….އެދުވަހު ފޯމު ނަގައިގެން އާތިފް ގެއަށް އައިއިރު އާތިފްގެ ކޮޓަރިތެރެއިން އިވެނީ ފިރިހެނެއްގެ އަޑު…ވަގުތުން ދޮރު ހުޅުވާލިން…އެދުވަހު ފެނުނު ލަދުވެތި މަންޒަރުން އާތިފަށް ލޯވެސް ހުޅުވާލާކަށް ނުކެރުނު….އެއީ ވަރަށް ރުޅިއައި ދުވަހެއް…އެމީހުން އެޖެހި ސަކަރާތެއް ޖެހީ ކޮޓަރިތެރޭގަ އައިލީންވެސް ބަހައްޓައިގެން އޭނަގެ ކުރިމަތީގަ ކަމުން އަދި ވަކިން ރުޅިއައި….އަރައިގެން ރުޅިން އެމީހުންނާ ދިމާލަށް އާތިފް އެތިވަރު ގޮވާލިން…ލީނާދެކެ ދުވަހަކުވެސް ނާންނަވަރަށް އެދުވަހު ރުޅިއާދެވުނު..
އެދުވަހު އެނގުނު ގޮތުގައި ލީނާ އާތިފާ ވަރިވެގެން އުޅުނީ ހަށިވިއްކުމުގަ.. ސިނގިރޭޓްގެ އިތުރުން ޑްރަގުވެސް ލީނާ ބޭނުންކުރާކަން އެދުވަހު އާތިފަށް އެނގުނު….އެކަންކަން ކުރިން އާތިފަށް ނޭނގުނީ އެއީ ލީނާ ރަނގަކުވީކަމަށް ހީކޮށް މާބޮޑަށް ސަމާލުކަން އޭނައަށް ނުދެވުމުން….ލީނާ އައިފަހުން އާތިފް ރައްކާކޮށްފަ ހުންނަ ރުފިޔާ މަދުވާހެން ހީވާންފެށި… އެހެންނަމަވެސް އެއީ ހީވި ހީވުމެއްކަމަށް ނިންމާ އެކަަމަށްވެސް އަޅައެއްނުލާަާްން….
އާތިފް އެއްޗިހި ކިޔައިގަތުމުން ލީނާ އަމިއްލަ ދުލުން ކިޔައިދިނީ ވެސް އޭނަ ޑްރަގާ ސިނގިރޭޓް ބޯކަމަށާއި ހަށިވިއްކާ ކަމަށް…އެކަންކަމަކީ ކަށީގަ ހިފާފަ ހުންނަ ކަންތަކަށްވާތީ އެކަންތައް ނުހުއްޓޭނެ ކަމަށާއި ނުވެސް ހުއްޓާނަން ކަމަށް އެދުވަހު އާތިފާ ދިމާލަށް ލީނާ ބުނި….އޭނަ އާތިފް ކައިރިއަށް އައީ އުޅެން ފަސޭހައަކަށް ކަމަށާއި އިސްލާހުވާން އެއްވެސް ވަރަކަށް ނިޔަތެއް ނެތްކަމަށް…އަދި އާތިފް ރައްކާކޮށްފަ ހުރި ރުފިޔާތައްވެސް ނަގަނީ އޭނާ ކަމަށް ބުނި…
އޭނަ އެހެންބުނުމުން ނެގި ކައިވެނީގެ ފޯމު ވީދާލުމަށްފަހު ވަގުތުން ލީނާ ގެއިން ނެރެލީ ދެން ދުވަހަކުވެސް މިގެއަށް އައިސްގެން ނުވާނެކަމަށް އާތިފް ބުނުމަށްފަހު” އާތިފް ބުނެލިއެވެ.
“އޭގެ އެއްއަހަރު ފަހުން މައިންބަފައިން ނިޔާވީ އެކްސިޑެންޓެއްގަ…އެއީ އާތިފް ވަރަށް ދެރަވި ދުވަހެއް…މުޅިން އެކަނިވެރިކަން އިހުސާސް ކުރެވުނު….ލީނާއާ ވަކިވިފަހުން ހަގީގަތުގަ މައިންބަފައިންގެ އެހީ ވަރަށްބޮޑަށް ލިބުނު…އެމީހުން އާތިފަށް ދިން ހިތްވަރުން އަސްލު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް އޭރު ލިބެމުންދިޔަ…..މައިންބަފައިން މަރުވުމުން ގެއާ ހަވާލުވިގޮތަށް އޭރުއްސުރެ މިއަދާ ހަމައަށް މިއުޅެނީ” އާތިފް އޭނާގެ ހަޔާތުގެ ވާހަކަތައް ހިއްސާކޮށް ނިންމާލިއެވެ.
“ހާދަ ސޭޑް ލައިފެކޭ ދޯ” އާތިފްގެ ވާހަކަތައް އަޑުއަހަން އިނުމަށްފަހު ފަރީޝާ ބުނެލިއެވެ.
“އަސްތާ ދެމީހުންގެ ލައިފްސްޓޯރީ އަޑުއަހަން ހަދައިގެން ވަގުތު ދިޔަ ގޮތްވެސް ނޭނގޭ…މިހާރު ވަރަށް ލަސްވެއްޖެ ދެން ދޭ ފަރީޝާ ނިދަން ބޭނުމިއްޔާ” ފޯނުން ވަގުތު ބަލާލުމަށްފަހު އާތިފް ބުނެލިއެވެ.
އާތިފްގެ ބަހަށް ފަރީޝާ ކޮޓަރިއަށް ވަންނަން އުނދޯލިން ތެދުވެ ހިނގައިގަަތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.






Wow love this part too
Conme part akah comments nukurevunas gavaindhun mi story kiyan one of the my favourite story mi
Story up kurumuga lasthakeh vumun kiyunetheringe arihun nihaayatha maafah Edhen…
Aslu by Veema lasvee but dhen nuvaane lahe insha Allah….
Hope you guys like this part too ??
Thanks dear Hûdhãkkø for your comment ?
Thanks dear inaan for your comment… sorry for not responding your comment on previous episode
Here is next episode…hope you will like it ?
Reethi engey
Thanks dear ?