Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (53)

lamhus Level 910 Stories100 Login500 Login100 Stories100 Comments
April 8, 2022 3 Mins Read
1 Comment

“ވާހަކައެއް އަހާލަންތަ؟” ކުޑަވަގުތުކޮޅަކު ވިސްނަން އިނުމަށްފަހު އާތިފް އަހާލިއެވެ.އާތިފް އެހެންބުނުމުން ފަރީޝާ ބޯޖަހާލިއެވެ. “ފަރީޝާގެ ލައިފަށް ވިޔާމްގެ ފަހުން އެއްވެސް މީހަކު ގެނައިންތަ؟…ބައި ދަ ވޭ އެއްޗެކޭ ހީނުކުރާތި ހަމަ އަހާލާހިތްވީ..ކިޔައިނުދެވެންޏާ އޯކޭ” އާތިފް ބުނެލިއެވެ. “ނޫން..އޭގެފަހުން ހަގީގަތުގަ ފިރިހެނުންދެކެ ފޫހިވީ….އެކަމަކު އިނގޭތަ އަދިވެސް އެވިޔާމްގެ ހަނދާންކުރެވޭ…ނޭނގެ ކީއްވެކަމެއް…އެހާ ގޯސްކޮށް އޭނަ ފަރީޝާއާ ދޭތެރޭ ކަންތައް ކުރިއަސް އެހަނދާން ނުނެތޭ” ފަރީޝާ ބުނެލިއެވެ.ފަރީޝާ އެހެންބުނުމުން އޭނާއާ ދިމާލަށް ބަލަން އާތިފަށް އިނދެވުނެވެ.

“އާތިފް ވަޓް އަބައުޓް ޔޫ؟” ފަރީޝާ އަހާލިއެވެ. “އާތިފަށްވެސް ވީ ތިހެން..ވަރަށް ގިނަ އަންހެންކުދިން ގުޅެންވެސް ހުށަހެޅި…އެކަމަކުވެސް ބޭނުމެއްނުވޭ…ވިޔާމްގެ ހަނދާންވާ ވާހަކަ ބުނީމަ ބުނެލާނަން…އެކަންތަކަކީ އަހަރެމެން ހަނދާންކުރަން ބޭނުންނުވިއަސް ހަނދާންވާނެ ކަންކަން…އަހަރެމެންގެ ކަޅު މާޒީ އަބަދުވެސް އަހަރެމެންގެ ފަހަތުގަ އެނބުރޭނެ…އާތިފް ބުނާނީ އެކަމާ ދޭތެރޭ މާބޮޑަށް ނުވިސްނާށޭ” އާތިފް ބުނެލިއެވެ.

*************

އެނދުގައި ފަރީޝާގެ ފޮޓޯ ބަލަން ވިޔާމް މިއަދުވެސް އިނެވެ.ފަރީޝާއާ ފުރަތަމަ ބައްދަލުވި ދުވަހުން ފެށިގެން އޭނާއާ ވަކިވި ދުވަހާ ހަމައަށް ވިހުރިހާކަމެއް ވިޔާމްގެ ސިކުނޑީގައި ތާޒާކަމާއެކު ހަރުލާފައި ވެއެވެ.އެނދުގައި އިނުމަށްފަހު ފެންވަރައިގެން ލާނެ އަންނައުނެއް ނަގަން އަލަމާރީގެ ދޮރު ވިޔާމް ހުޅުވާލިއެވެ.އެވަގުތު ފަރީޝާގެ ބަނޑުގައި ސިސްޓުހުރިކަމަށް ދެއްކި ސްކޭން ރިޕޯޓު ފެނުނެވެ.އެނެގުމަށްފަހު އެއަށް ވިޔާމް ބަލައިލިއެެވެ.އަދި އޭނާގެ ހިތުގައި ކުއްލިއަކަށް ސުވާލެއް އުފެދުނެވެ.އެސުވާލުގެ ޖަވާބު ހޯދުމަށް ވިޔާމް ގުޅީ ވަސީމާގެ ރައްޓެހި އަންހެނުންގެ ހާއްސަ ޑަކުޓަރަށެެވެ.

“ކީކޭ ވިޔާމް؟” ފޯނު ނެގުމާއެކު ޑަކުޓަރު އަހާލިއެވެ. “މީ ސުވާލެއް އަހާލަންވެގެން..ނޭނގެ ހަމަކުއްލިއަކަށް ހިތަށްއެރީމަ އަހާލާހިތްވީ…ބަނޑުގަ ޓިއުމަރު އިނަސް ދަރިންލިބޭނެތަ؟” ވިޔާމް އޭނާގެ ހިތުގައިވާ ސުވާލު ޑަކުޓަރާ ކޮށްލިއެވެ. “ބައެއް ފަހަރު ލިބިވެސްދާނެ” ޑަކުޓަރު ބުންޏެވެ.ޑަކުޓަރު އެހެންބުމުން ވިޔާމް އިތުރަށް ޔަގީންކުރަން ބޭނުންވިއެވެ.

“އަޅުގަނޑުގެ ޓެސްޓު ހެދޭނެތޯ ދަރިން ލިބޭތޯ” ވިޔާމް އަހާލިއެވެ. “އާނ ހެދިދާނެ…އާދޭ ހޮސްޕިޓަލަށް” ޑަކުޓަރު އެހެންބުނެ ފޯނު ބޭއްވުމާއެކު ވިޔާމް ތައްޔާރުވެގެން ހޮސްޕިޓަލަށްދާން ނިކުތެެެވެ.ޒަމާންގަނޑަކަށްފަހު ވިޔާމް ބޭރަށްދާތަން ގޭމީހުންނަށް ފެނުމުން ހައިރާންވިއެއްކަމަކު ހިތްހަަމަވެސް އެމީހުން ޖެހުނެވެ.

*******

ހޮސްޕިޓަލަށް ދެވުމާއެކު ވިޔާމްގެ ޓެސްޓު ކުރެވުނެވެ.ނަތީޖާ ލިބުމުން ގުޅާނަން ކަމަށް ޑަކުޓަރު ބުނުމުން ވިޔާމް ގެއަށް އެނބުރި އައެވެ.އޭނާ ދެން އިންތިޒާރުކުރަމުންދިޔައީ ނަތީޖާ ލިބޭނެ ވަގުތަކަށެވެ.ހެނދުނުވެގެންގޮސް މެންދުރުވެ ހަވީރުވީއެވެ.ވިޔާމްގެ އިންތިޒާރީގެ ނިމުން އައީ ފޯނުކޯލަކުންނެވެ.ނަތީޖާ ލިބުނުކަމަށް ޑަކުޓަރު ބުނުމުން އެނަގަން ވިޔާމް އަވަހަށް ދިޔައެވެ.ހޮސްޕިޓަލަށް ވަތް ވިޔާމްގެ ހިތް ގަދައަށް ތެޅެމުންދިޔައީ ލިބޭނެ ނަތީޖާއަކާ ދޭތެރޭ ވިސްނާފައެވެ.

“އެހާ އުފާވެރިއެއްނޫން ނަތީޖާއެއް..ވިޔާމްގެ މައްސަލަ އެބަހުރި ދަރިންލިބުމުގަ..މީ ބަނޑުގަ ޓިއުމަރު އިނދެެގެންވާކަމެއްނޫން” ޑަކުޓަރުގެ އެޖުމުލައިން ވިޔާމަށް ހީވީ ރިހޭފައިމައްޗަށް ފޮއެ ވެއްޓުނުހެނެވެ.ހިތާމައެއްގެ މައްޗަށް އިތުރު ހިތާމައެއް ލިބުނީއެވެ.މިހުރިޙާ ދުވަހަކު އޭނާ ހީކޮށްގެންހުރީ ދަރިން ލިބުމަށްހުރަސްއެޅީ ޓިއުމަރުގެ ސަބަބުން ކަމަށެވެ.ނަމަވެސް އޭނާއަށް ބަލިޖެހުމުގެ ކުރިންވެސް ދަރިން ނުލިބޭކަން މިއަދު އެނގުމުން ވަރަށް ދެރަވިއެވެ.

ކިތަންމެ ހިފަހައްޓަން މަސައްކަތް ކުރިނަމަވެސް ވިޔާމްގެ ކަރުނަތައް އޮހޮރިގެން ދިޔައެވެ.ދަރިން ނުލިބިގެން ފަރީޝާ ކުރި ހިތާމަތަކަކީ އޭނާގެ ސަބަބުންވީ ކަމެއްކަން އެނގުމުން އިތުރަށް މާޔޫސްވިއެވެ.

************

ދުވަސްތައް ހިނގަމުންދިޔައެވެ.އާތިފްގެ ހިތުގައި ފަރީޝާއަށް އޮތް އިހުސާސް ދުވަހެއް ދުވަހަކަށް ބޮޑުވާހެން ހީވާންފެށިއެެވެ.ލީނާއަށްފަހު އޭނާގެ ހަޔާތުގައި އަންހެނަކު ފެނިގެން ނުވާގޮތްތަކެއް ފަރީޝާ ފެނުމުން ވަމުންދާތީއާއެކު، އޭނާއަށް ފަރީޝާދެކެ ގަޔާވެވޭހެން ހީވާންފެށިއެވެ.މީ އާތިފް ބޭނުންވާގޮތެއްނޫނެވެ.ވެރިއަކު މަސައްކަތު މީހަކާ ދޭތެރޭ އެފަަދަ ނަޒަރަކުން ދެކިގެން ނުވާނޭ އޭނާގެ ހިތް ބުނަމުންދިޔައެވެ.ނަމަވެސް އޭނާއަށް ކުރެވެމުންދާ އިހުސާސަށް ބާރެއް ނުފޯރުވެއެވެ.ކަންމިހެން އޮތަސް އާތިފްގެ ފަރާތުން ތަފާތު އެއްވެސް ކަމެއް ފަރީޝާއަކަށް ނުފެނެއެވެ.އެހެންކަމުން އާތިފަށް ކުރެވިގެން އުޅޭ އިހުސާސުގެ ހިލަމެއްވެސް ފަރީޝާއަކަށް ނުވެއެެވެ.

ދުވަހަކީ އޮފް ދުވަހެއްކަމުން އާތިފްވެސް ގޭގައި ހުއްޓެވެ.ފަރީޝާ އާދައިގެމަތިން އައިލީންއާއެކު އިނެވެ. “މަންމީ ބަލާ” އަތުގައި އޮތް ޓެޑީބެއާ ދައްކާލަމުން އައިލީން ބުނެލިއެެވެ.ބިންމަތީގައި އައިލީންނާއެކު ކުޅެން އިން ފަރީޝާ، ހީހީފައި ސަކަރާތްޖަހަމުން ދިޔައެވެ.އެމަންޒަރުބަަލަން ސޯފާގައި އާތިފް އިނެވެ.އޭނާގެ ނަޒަރު މުޅިން ހުއްޓިފައިވަނީ ފަރީޝާއަށެވެ.ފަރީޝާގެ ތުންފަތްމަތީގައިވާ ހިނިތުންވުންފެނި އާތިފަށްވެސް އިނީ ހިނިތުންވެވިފައެވެ.

ފަރީޝާއާ ދިމާލަށް ކަޅިޖަހާނުލާ ހިނިއައިސްފައި އާތިފް ބަލަން އިންދާ، ފަރީޝާ އޭނާއާ ދިމާލަށް ބަލާލިއެވެ.ފަރީޝާ ބަލާލުމާއެކު، ހިނިތުންވެގެންއިން އާތިފް ސީރިއަސްވެލުމަށްފަހު އަވަހަށް އެތަނުން ތެދުވެ ބެލްކަންޏަށް ނިކުތެވެ.އާތިފަށް ބަލައިލުމަށްފަހު ފަރީޝާ އަނެއްކާވެސް އައިލީންނާއެކު ހީހީފައި ސަކަރާތް ޖަހަންފެށިއެވެ.އެމަންޒަރުބަލަން ބެލްކަނީގައި އާތިފް ހުއްޓެވެ.ފަރީޝާދެކެ އާތިފް އެންމެ ގަޔާވާ އެއްސަބަބަކީ އެއީ އެވެ.އޭނާގެ ދަރިފުޅަށް ފަރީޝާ އެހާ ހެޔޮވީމައެވެ.

**********

(އެއް ހަފްތާ ފަސް)

ދުވަސްތައް ހިނގަމުންދިޔައެވެ.އެއާއެކު ވިޔާމްގެ ހަނދާން ފަރީޝާއަށް ކުރިން ނުކުރެވޭހާ ގިނައިން ކުރެވެންފެށިއެެވެ.ހުވަފެނުންވެސް ވިޔާމް ރޯތަން ފަރީޝާއަށް ފެންނަން ފެށިއެވެ.އެއީ ކީއްވެ ވާކަމެއް ކަން ފަރީޝާއަކަށް ނޭނގުނެވެ.އަނެއްކޮޅުން ވިޔާމަށްވެސް ވަނީ އެހެންނެވެ.ކުރިއަށްވުރެ ބޮޑަށް ފަރީޝާ ދެކެންބޭނުންވާން ފެށިއެވެ.އެހެންކަމުން ކިތަންމެ ގިނަދުވަހެއްވިޔަސް ފަރީޝާ ހޯދަންދާން އޭނާ ނިންމިއެވެ.ވިޔާމްގެވަނީ ހަމަ އެންމެ މަގުސަދެކެވެ.އެއީ ފަރީޝާގެ މޫނު ދެކިލުމަށެވެ.އެހެންނަމަވެސް އޭނާއަށް ނޭނގޭނެ ހެންނެވެ.ވިޔާމް މާލެދާން އުޅޭތީ އޭނާއެކު އޭނާގެ މަންމަވެސް ދާން ނިންމިއެވެ.”މަންމަވެސް އެބަޖެހޭ ޑަކުޓަރަށް ދައްކާލަން” ވިޔާމަށް އޭނާގެ މަންމަ ބުނެލިއެވެ.

ޓިކެޓް ނަގާ ފުރުމަށް އެމީހުން ތައްޔާރުވިއެވެ.ހެނދުނުވުމުން އެމީހުން މާލެދާން ފުރިއެވެ.ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓް ޖެއްސުމާއެކު ޓެކްސީއެއްގައި އެމީހުން އައީ މާލެއަށެވެ.އަދި ދުވަހު ކުއްޔަށްދޭ ކޮޓަރިއަށް ހިފިއެވެ.ތަން ހިފުމާއެކު ވިޔާމް އަވަސްވެގަތީ ފަރީޝާ ހޯދުމަށެވެ.މުޅި މާލެތެރޭ އޭނާއަށް ހިނގުނުއިރުވެސް ފަރީޝާއެއް ނުފެނުނެވެ.ޖެހިގެން އައި ދުވަހުވެސް ވިޔާމް ފަރީޝާ ހޯދަން ނިކުތެވެ.ފޭސްބުކްއިން ވެސް އެނަން ޖަހައިގެން ހޯދަން މަސައްކަތްކުރިއެވެ.ނަމަވެސް ނުފެނުނެވެ.

ޖެހިޖެހިގެން ފަސްދުވަހު މުޅި މާލެތެރެ އަތްފުނާ އަޅައިގެން ބެލިއިރުވެސް ފަރީޝާއެއް ވިޔާމަށް ފެންނަގޮތެއް ނުވިއެވެ.އެހެންކަމުން އޭނާ މުޅިން މާޔޫސްވިއެވެ.ނަމަވެސް އެމޫނު ދުށުމަށް އޭނާ ކުރަމުންދާ ހިތްވަރަށް ކުޑަނަމަވެސް ބަދަލެއް ނާދެއެވެ.ފަރީޝާ ހޯދަން ވިޔާމް ކުރާހާ މަސައްކަތް ފެނި އޭނާގެ މަންމަގެ ހިތަށް ވަރަށް އަސަރުކުރިއެވެ.އޭނާ ގާތު މާގިނައިން ނުހިނގާ އަރާމުކުރުމަށް އެތައްފަހަރަކު އޭނާގެ މަންމަ އެދުނެވެ.ނަމަވެސް ފަރީޝާގެ މޫނު ފެނުމުން ނޫނީ އެހިތަކަށް ހަމަޖެހުމެއް ނެތްކަމަށް ވިޔާމް އޭނާގެ މަންމައަށް ބުނެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ހިނިތުންވެލާށޭ ކަލާ 9

Next

ވިންދު 3

Next
April 8, 2022

ވިންދު 3

Previews
April 8, 2022

ހިނިތުންވެލާށޭ ކަލާ 9

One Comment

  1. Angry says:
    April 9, 2022 at 1:48 pm

    V.reethi❤
    Comment nukurevunas kiyan engey?
    Dhen in bayah inthizaaru kuraanan?

Comments are closed.

Next Episodeހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (54)←


All Right Reserved!