Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ ހަވަނަބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
December 29, 2021 3 Mins Read
1 Comment

އައްކިޔުންގެ ބައްޕަ އެހެންބުނުމުން, ކަންބޮޑުވެފައި އިން ނައިޝާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. “ލެޔާލް ކޮންތާކަށް ތިފޮނުވާލީ؟”ނައިޝާ އަހާލިއެވެ. “އަހަރެމެންގެ ދުނިޔެއަށް…އަދަބެއްގެ ގޮތުގައި ދެން ލެޔާލަކަށް މިދުނިޔެއަކަށް ނާދެވޭނެ” އައްކިޔުންގެ ބައްޕަ ޖަވާބުގައި ބުނެލިއެވެ.

“އެހެންތަ؟…އައްކިއަށް ކީއްވެ މިހާ ބޮޑުވަރުވީ؟” ނައިޝާ އަނެއްކާވެސް އަހާލިއެވެ.”އައްކިޔުން އެއްވެސް ގޮތަކަށް ނުކައި…ވަރަށް ކިޔަންފެށީމަ ދެތިންފަހަރަކު އަނގަޔަށް ލަނީ..އަބަދު ކަމަކީ ރޮއެ ހިތާމަކުރުން…އެނދަކުން ތެދުވަނީކީއެއްވެސް ނޫން…ފަރުވާ ހޯދަންވެސް އޭނަ އިންކާރުކުރަނީ…އެހެންއޮވެ ހާލު ދަށަށް ދިޔައީ…އައްކިޔުން ރަނގަޅު ކުރެވޭތޯ އެކިގޮތްގޮތުން ބައްޕަ ވަރަށް މަސައްކަތް ކުރިން..އެކަމަކު ވި ފައިދާއެއް ނެތް…އެހެންވެގެން ބައްޕަ ނައިޝާ ގެނައީ” އައްކިޔުންގެ ބައްޕަ ދެރަވެލާފައި ކިޔައިދިނެވެ.

“އައްކި ދެން ރަނގަޅުވާން މަސައްކަތް ކުރާނޭ ދޯ އައްކީ؟…ކައިގެން ފަރުވާ ހޯދައިގެން ނައިއަށްޓަކާ ރަނގަޅުވާނަން ދޯ؟” ވަރަށް ލޯތްބާއެކު އައްކިޔުންގެ އަތުގައި ހިފާލަމުން ނައިޝާ ބުނެލިއެވެ.ނައިޝާއަށް އައްކިޔުން ބޯޖަހާލިއެވެ. “މަޑުކުރޭ ނައި އަންނާނަން ކާއެއްޗެއް ހިފައިގެން…ކާގެން ހޮސްޕިޓަލަށް ދާނީދޯ؟” ނައިޝާ އެހެންބުނެ ކޮޓަރިން ނިކުތެވެ.

ކޮޓަރިން ނިކުތް ނައިޝާއަށް ތަން ބަލަހައްޓާ ބިދޭސީމީހާ ފެނުނެވެ. “އަހަނ މެޑަމް އެބަހުރިންދޯ؟..ދެން ތިބިމީހުން ދިޔައީ ދޯ؟…ތަޅުދަނޑިތައް މިތާ އޮތީމަ..އަހަރެން ފާހަނައިގަ ހުއްޓާ ދޮރު ތަޅުލެވިގެން ނުނިކުމެވުނީ” ގޯޅިތެރެއިން ނިކުތް ނައިޝާ ފެނިގެން ބިދޭސީމީހާ ބުނެލިއެވެ.

“އެހެންތަ؟…އާނ…ނައި މަޑުކުރީ…މަތީ ކޮޓަރި ނައިއަށް ލިބިދާނެތަ؟” ނައިޝާ އެހެންބުނުމުން އެމީހާ ނައިޝާއަށް އެކޮޓަރީގެ ތަޅުދަނޑި ދިނެވެ. “މިތާ ކައިރި ކާއެއްޗެހި ވިއްކާ ތަނެއް ހުރޭތަ؟” އެމީހާ ކައިރި ނައިޝާ އަހާލިއެވެ. “އާނ އެކަމަކު ހޮޓެލެއްގަ ހުންނާނީ….ހޮޓެލްއަށް އަންހެންކުދިން ނުވަންނަނީ ދޯ..އަހަރެން ގަނެދީފާނަން” އެމީހާ އެހެންބުނުމުން ނައިޝާ އެކަމަށް އެެއްބަސްވިއެވެ.

“ތިން މީހުންނަށް ކެވޭވަރަށް ގެނެސްދީ އައީމަ ރުފިޔާ ދޭނަން ނޫނީ މިހާރު ދޭންވީތަ؟”ނައިޝާ އަހާލިއެވެ. “ގަތީމަ ޕޭކުރިޔަސް އޯކޭ..ތިން މީހުން ތިބެނީތަ؟” އެމީހާ އެހެންބުނުމުން ނައިޝާއާ ލައިގެން ދެމީހުން ތިބޭ ކަމަށް ނައިޝާ ބުނެލިއެވެ. ބިދޭސީ މީހާ ހޮޓެލަށް ދިއުމުން ނައިޝާއާ އައްކިޔުންގެ ބައްޕައާ ވެގެން އައްކިޔުން މަތީ ކޮޓަރިއަށް އެރުވިއެވެ. “އައްކި ފެންވަރާލާ..ނައި އަންނާނަން ތިރިއަށް ގޮސް ބިދޭސީމީހާ އަތުން ކާއެއްޗެހި ނަގައިގެން..ލާނެ އަންނައުނު ގެނައިންތަ؟” ނައިޝާ އެހެންއަހާލުމުން އެއްޗެހި ހުންނާނެ ކަމަށް އައްކިޔުންގެ ބައްޕަ ބުނެލިއެވެ.

ނައިޝާ ތިރިއަށް ފޭބުމުން އައްކިޔުންގެ ބައްޕަ އައްކިޔުން ފެންވަރުވަން އުޅުނެވެ.ތިރިއަަށް ނައިޝާ ފޭބި ވަގުތު ބިދޭސީމީހާ ކާއެއްޗެހިތައް ހިފައިގެން އަންނަނީއެވެ. “މިހުރީ ބަތާ މަސް ރިހައާ..މެޑަމް އެދުނުގޮތަށް ފުރުޓުކޮޅެއްވެސް ގަތިން” އެމީހާއަށް ޝުކުރުއަދާކުރުމަށްފަހު، އެއަށްވާ ފައިސާ ނައިޝާ ދެއްކިއެވެ.

********

ލޯންޗު މާލެ ބަނދަރަށް ލެފުމުން ނައިޝާގެ އާއިލާ އެންމެން ފޭބިއެވެ.ނައިޝާގެ ދެދައްތައާ އެމީހުންގެ ދަރިންގެ އިތުރުން ނުހައިކުވެސް ކަމާލްގެ ކާރުގައި ގެއަށްދާން ނައްޓާލަން އުޅުނެވެ.ނަމަވެސް އެމީހުންގެ މައިންބަފައިން ބަނދަރުމަތީގައި މަޑުކުރިއެވެ. “ނައިގެ ޚަބަރެއްވެއްޖިޔާ އަހަރުމެންނަށްވެސް އަންގާލައްޗޭ” ބަނދަރުމަތީގައި ހުރި ނައިޝާގެ މައިންބަފައިންނަށް، ކާރުގައި އިން ނައިޝާގެ ދޮންތަ ބުނެލިއެވެ.ނައިޝާގެ ޚަބަރެއް ނެތުމުން އެންމެންވެސް ތިބީ ވަރަށް ހާސްވެފައެވެ.

“ދެން ނުރޮއެ ހުއްޓާލަބަލަ!” ނައިޝާގެ ބައްޕަ، ނައިޝާގެ މަންމައަށް ބުނެލިއެވެ. “އެކުއްޖާ ފަކީރު ނުރައްކަލަކަށް ދޫކޮށްލާފަވިއްޔާ އަހަރުމެން މިއައީ…އަހަރުމެންނަކީ ކޮންކަހަލަ މައިންބަފައިންނެއް” ނައިޝާގެ މަންމަ ރޮމުން ބުނެލިއެވެ. “މިހެން ހަދަން މިޖެހުނީ މަޖުބޫރުވީމަ..އެއްވެސް މީހަކަށް ނާންގާށޭ އެމީހާ ބުންޏެއްނު…މިނޫން ގޮތަކަށް ކަންތައް ކޮށްފިނަމަ ސަލާމަތެއް ނުވާނެ…ދެކޮޅުގަވެސް އަހަރެމެންގެ ދަރިން މިތިބީ..މިކޮޅުގަ ތިބި ދަރިންތައް އަލްޙަމްދުލިﷲ ސަލާމަތް ކުރެވިއްޖެ..ދެން ނައިޝާ ސަލާމަތްކުރަން ދާންވީ…އަހަރެން ބޭނުމެއްނޫން މޫނިސާ ގެންދާކަށް” ނައިޝާގެ ބައްޕަ ބުނެލިއެވެ.

“ނޫން އަހަރެންވެސް ދާނަން…ނައިޝާ ފަކީރު އުޅޭނެ ހާލެއްވެސް ނޭނގޭއިރު އަހަންނަށް ދެއަތް އުރާލައިގެނެއް ނުހުރެވޭނެ” ނައިޝާގެ މަންމަ ބުނެލިއެވެ.”ފުރާ އެއްޗެއް ހޯދަންވީ އެރަށަށް ދާން..ސައީދުގެ ލޯންޗުގަ ގޮސްފިނަމަ އޭނަ ސުވާލުތައް އަހަންފަށާނެ..އަނެއްކާ މޫނިސާ ތިހެން ރޯއިރު ކަމަކުނުދާނެ” ނައިޝާ ހުރި ރަށަށް އަަނެއްކާވެސް ދާންވެގެން ބަނދަރުމަތީގައި ނައިޝާގެ މައިންބަފައިން ތިއްބެެވެ.

“ދަރިފުޅު ސަލާމަތްކުރަން އެނުލަފާ މީހާގެ އަތްދަށަަށް ދާން އަހަރެން މިހުރީ ތައްޔާރަށް” ނައިޝާގެ މަންމަ ރޮމުން ބުނެލިއެވެ.”ނައިޝާ ސަލާމަތްކުރަން ކިތަންމެ ބޮޑު ގުރުބާނީއެއް ވާން އަހަރެންވެސް ތައްޔާރު” ރޮމުންދިޔަ ނައިޝާގެ މަންމަ، ގަޔާ ކައިރިކޮށްލަމުން ނައިޝާގެ ބައްޕަވެސް ބުނެލިއެވެ.

**********

އައްކިޔުންނަށް ކާންދިނުމަށްފަހު، ހޮސްޕިޓަލަށްދާން ނައިޝާމެން ގެސްޓް ހައުސްއިން ނިކުތެވެ.އައްކިޔުންގެ ބައްޕަގެ އެހީއާއެކު، ނައިޝާ އައްކިޔުން ހޮސްޕިޓަލަށް ވެއްދިއެވެ.އައްކިޔުން ފެނުމުން އޭނާއަށް ފަރުވާކުރަން ނަރުހުންތައް އަވަސްވެގަތެވެ. އައިވީގުޅާ އައްކިޔުން ހޮސްޕިޓަލުގައި އެޑްމިޑް ކުރެވުނެވެ.

“ކީއްވެތޯ ޕޭޝަންޓު މިހާ ހާލުދެރަވީ؟ތިބޭފުޅާ އެކަނިދެއްތޯ ދުރުވީ ބަލިމީހާއާ އެކު؟” ނަރުސްމީހާ އެހެން އެހުމުން ކައިރީގައި ހުރި އައްކިޔުންގެ ބައްޕައަށް ބަލައިލުމަށްފަހު ނައިޝާ ބޯޖަހާލީ، އެމީހާއަށް އައްކިޔުންގެ ބައްޕަ ނުފެންނަކަން އެނގުމުންނެވެ. “މިފަހުން ވަޒީފާއާ ހެދި ސްޓްރެސްވެ ކެއުމާދުރުވުމުން މިހެންވީ” ހަގީގަތް ފޮރުވަމުން ނައިޝާ ބުނެލިއެވެ.ނަރުސްމީހާ ދިއުމުން ނައިޝާ ގޮނޑީގައި އިށީނެވެ.

“އޯ..މަންމަމެން ތިބޭނެ މިހާރު ވަރަށް ކަންބޮޑުވެފަ ނައިގެ ޚަބަރެއް ނުވެގެން ގުޅާލަންވެއްޖެ” އައްކިޔުން އޮތް އެނދުކައިރީގައި ހުރި ގޮނޑީގައި އިން ނައިޝާއަށް އޭނާގެ މައިންބަފައިން މަތިން ކުއްލިއަކަށް ހަނދާންވިއެވެ.

**********

ބަނދަރުމަތީގައި ހާސްވެފައިތިބި ނައިޝާގެ މައިންބަފައިންނަށް ނައިޝާގެ ކޯލު ލިބުމާއެކު އަވަހަށް ނެގިއެވެ.ފޯނު ނެގުމާއެކު ނައިޝާ އޭނާގެ މަންމައަށް ގޮވާލިއެވެ. “ދަރިފުޅާ ކަންބޮޑުނުވޭ..ބައްޕައާ މަންމަ މިހުރީ ދަރިފުޅު ސަލާމަތްކުރަންދާން ބަނދަރުމަތީގަ ލޯންޗެއް ހޯދަން” ނައިޝާގެ މަންމަ އަވަހަށް ބުނެލިއެވެ.

“ނޫން މަންމާ ނައި ރަނގަޅޭ…މިރަށަށް އަންނާނެކަމެއްނެތް” ނައިޝާ އެހެންބުނެ، ކަންތައްވީގޮތް އޭނާގެ މަންމައަށް ކިޔައިދިނެވެ. ‘ދަރިފުޅު ހަމަ ރަނގަޅުތަ؟” ނައިޝާގެ މަންމަ އަހާލިއެވެ. “އާނ ރަނގަޅޭ” ނައިޝާގެ އަޑުގައިވަނީ ހަމަޖެހުމެވެ.

ނައިޝާގެ ލޯބިވެރިޔާ އައްކިޔުންނަކީ ޖިންނި ބައްޕައެއްގެ ދަރިއެއްކަން އެމީހުންނަށް ނައިޝާ ކިޔައިދިނުމުން، އެމީހުން ތިބީ އެކަމާ ވަރަށް ހައިރާންވެފައެވެ. “ދެން މަންމަމެން ކީކޭ ބުނާނީ؟…އައްކިޔުން ދަރިފުޅުދެކެ ލޯބިވޭ އަނެއްކާ އައްކިޔުންނަކީ އިންސާނެކޭ ތިބުނީ….ދަރިފުޅަށް އޭނަ ހެވިއްޔާ މަންމަމެންނަށް އޯކޭ” ނައިޝާގެ މަންމަ ބުނެލިއެވެ.އައްކިޔުންނާ ގުޅިގެން އުޅެން އޭނާގެ މައިންބަފައިން ދެކޮޅު ނެހެދުމުން ނައިޝާ ވަރަށް އުފާވިއެވެ.މިއަދުވި ކަންތަކަށް އައްކިޔުންގެ ބައްޕަ އެދެމީހުން ކިބައިން މާފަށް އެދުނެވެ.

“ނައި މިހުރީ އައްކިޔުން ގޮވައިގެން ހޮސްޕިޓަލަށް އައިސް” އެހެންބުނެ ނައިޝާ އެމީހުންނަށް ވީޑިއޯ ކޯލެއް ކޮށްލުމަށްފަހު އައްކިޔުން ދައްކާލިއެވެ. “ފެނިއްްޖެދޯ އައްކިޔުން….މިހުރީ ނައިޝާ ހަމަ ރަނގަޅޭ” އެހެންބުނެ އޭނާގެ މައިންބަފައިންނަށް ނައިޝާ ހިނިތުންވެލިއެވެ.ނައިޝާ ފެނުމުން އެދެމީހުންގެ ހިތަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ.ނައިޝާއާ ފޯނުން ވާހަކަ ދައްކާލުމަށްފަހު އެދެމީހުންވެސް ގެއަށްދާން ނައްޓާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ހޮޓެލްގެ ސިއްރު 7

Next

ލޯބިވާތީ(1)

Next
December 29, 2021

ލޯބިވާތީ(1)

Previews
December 29, 2021

ހޮޓެލްގެ ސިއްރު 7

One Comment

  1. Khadheeja Mohamed says:
    December 30, 2021 at 5:40 pm

    Masha allah v v v rythi ehenve kanneyngey kiya nimey iru hyvany story up kuraa bai v v kuruhen ?? anyways when nxt prt v kiyaahithun inthizaaruga mihury avahah libeyne kamuge ummydhuga ?

Comments are closed.

Next Episodeދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ ހަތްވަނަބައި)←


All Right Reserved!