Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ ފަސްވަނަބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
December 27, 2021 3 Mins Read
3 Comments

ލެޔާލްގެ އެވާހަކަތައް އައްކިޔުންގެ ބައްޕައަށް ފަހުމުވާގޮތް ނުވުމުން، އޭނާ ބުނަންއުޅެނީ ކީކޭކަން ސާފުވާގޮތަށް ބުނެދިނުމަށް އައްކިޔުންގެ ބައްޕަ އެދުނެވެ.

“އަހަރެން ބުނަން މިއުޅެނީ އައްކިޔުންނަކީ އަހަރެން އެންމެ ކުރީއްސުރެ ގަޔާވާ އަދި ލޯބިވާ މީހާއޭ….އޭނާ އެހެންމީހަކަށް ލިބުނަކަ ނުދޭނަމޭ ދުވަހަކުވެސް ދުވަހަކުވެސް” ވަރަށް ބޮޑަށް ރުޅިއައިސްފައިވާ ލެޔާލް އަވަސްނޭވާތަކެއް ދޫކުރަމުން ބުނެލިއެވެ.ލެޔާލް ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން އެންމެންވެސް ތިބީ ވާނުވާ ނޭނގޭ ހާލުގައެވެ.

“އަހަރެން އައްކިދެކެ ލޯބިވާ ވާހަކަ ބުނީމަވެސް އައްކި އަހަންނަކާ ނުގުޅުނު…އޭނައަށް އަހަރެންދެކެ ލޯބިނުވެވޭނެޔޯ..ލޯބިނުވެވޭއިރު މީހަކާއެކު އުޅުމަކީ އެމީހަކަށް ދެވޭ ގެއްލުމެކޯ…އައްކިޔުން އަހަރެންގެ ލޯބި ގަބޫލުނުކުރިޔަސް އަހަރެން އަބަދުވެސް ގެންދިޔައީ އައްކިގެ ބޯކޮޅު ބަލަމުން…އެހެންހުއްޓާ ނައިޝާއާ ގުޅުނީމަ އަހަރެންގެ ގާތަށް ވަރަށް ރުޅިއައި…އެދެމީހުން ދުރުކުރުވޭތޯ އަހަރެން ވަރަށް މަސައްކަތްކުރިން….އައްކިޔުންނަށްވެސް އެކަން ހުއްޓުމަށް އެކި ގޮތްގޮތުން ބުނިން…އެކަމަކު އައްކިޔުން ނައިޝާދެކެ ވެފައިވަނީ ވަަރަށް ބޮޑު ލޯތްބެއް” ލެޔާލް ރުޅިވެރިކަމާއެކު ކިޔައިދެމުން ދިޔައެވެ.

“އަހަރެން ހުރީ ނައިޝާ އައްކިޔުންނަށް ބޭވަފާތެރިވެ ދޫކޮށްލާތޯ…އެކަމަކު ނައިޝާވެސް އައްކިޔުން ފަދައިން އޭނާދެކެ ނުހަނު ލޯބިވޭ…. އެހެންކަމުން އަހަރެންގެ ރުޅި އިތުރުވެ ދެރަވީ….އަހަންނަށް އަބަދުވެސް ފެންނަމުންދިޔައީ އައްކިޔުންނާ ނައިޝާއާ އުޅެމުންދިޔަ ލޯބި ދިރިއުޅުން….އެކަމާ އަހަރެން ހަސަދަވެރިވީ…..ދެމީހުން ދުރުކުރެވޭނެ ގޮތެއް ވިސްނަމުން އަހަރެން ދިޔައީ….އެހެންހުއްޓާ އަހަންނަށް ފުރުސަތެއް ލިބުނީ ހީވެސް ނުކުރާގޮތަކަށް….ލިބުނު ފުރުސަތުގައި ހިފާ، ނައީޝާ ހުރަަޔަށް ފުރަންއޮތް ދުވަހު އޭނާ އަސްލު ހުންނަން ހަމަޖެހިފައިވާ ހުރާ ގެސްޓްހައުސް ކެންސަލްކޮށް ސައިފްގެ ރަށަށް އަހަރެން ނައިޝާ ފޮނުވާލީ…އައްކިޔުންނާ ނައިޝާގެ ފޯނަށް ނުގުޅޭ ގޮތް ހެދީވެސް ހަމަ އަހަރެން…ދެމީހުން އެކަަކު އަނެކަކަށް އިންތިހާއަށް ގުޅާ މެސެޖުވެސް ފޮނުވި، އެކަމަކު އަހަރެން އެމެސެޖުތައް އެމީހުންގެ ލޯމައްޗަށް ފޮރުވާލީ…ނައިޝާ އައްކިޔުންނާ ބައްދަލުކުރަން އައިދުވަހު ދެމީހުންނަށްވެސް އެމެސެޖްތައް ފެނުނީ އެއީ އަހަރެންކުރި ކަމެއް” ލެޔާލްގެ ވާހަކަތައް އަޑުއަހަން އޮތް އައްކިޔުންގެ އެތެރެހަށީގައި ހުޅުހިފި ފަދައެވެ.އެނދުން ތެދުވަން އޭނާގެ ހިތަށްއެރިއެވެ.ނަމަވެސް ގައިގައި ވަރު ނެތުމުގެ ސަބަބުން އައްކިޔުންނަށް ހިރިލެވޭގޮތެއް ނުވިއެވެ.

“އައްކިޔުންނަށް އޭނާގެ ރަހުމަތްތެރި ޒަަލަފްގެ ފޯނަށްވެސް ނުގުޅޭގޮތް ހެދީ އަހަރެން….އެއީ އައްކިޔުން ބަދަލުވި ގެ ހުރިތަން ޒަލަފް ކައިރި ބުނެފިނަމަ ނައިޝާއަށް ގެވާތަން އެނގިދާނެތީ..ނައިޝާ ހުޅުމާލެ އައިއްސަ އައްކިޔުން ހޯދަން ޒަލަފް ގެއަށް އަންނާނެކަން އަހަންނަށް އެނގޭތީ…ފޮޓޯތައް އަހަރެން ނެގީ، އަހަރެން ދައްކާ ވާހަކަ އައްކި ގަބޫލެއްނުކުރާނެކަން އެނގޭތީ ބޮޑަށް ގަބޫލުކުރުވަން” ލެޔާލް އަރައިގެން ރުޅިން އޭނާކުރި ކަންތަކަށް އިޢުތިރާފް ވަމުންދިޔައެވެ.

“އައްކިޔުން އަހަންނާާ ގުޅުނީ ނައިޝާއަށް ގޯނާ ކުރާނެކަމަށް އަހަރެން ބުނުމުން ނައިޝާ ރައްކާތެރިކުރަން ކަންވެސް އަހަންނަށް އިނގޭ..އެކަމަކު އަހަރެން ހީކުރީ އަހަންނާއެކު ލޯބީގެ ގުޅުމެއް އައްކިޔުން އުޅެންފެށީމަ ނައިޝާގެ މަތިން ހަނދާން ނައްތާލަފާނެ ކަމަށް..އެކަމަކު ނައިޝާގެ ހަނދާންތަކުން އައްކިޔުންނަކަށް ދުރަކަށް ނުދެވުނު އެކަމާވެސް އަހަރެން ވަރަށް ރުޅިއައި.. ފަހުން ފަހަރު ނައިޝާ އައިސް އައްކިޔުންދެކެ ނަފްރަތުވާ ވާހަކަ ބުނި ހިސާބުން އައްކިޔުން މުޅިން ސަކަރާތްވީ..އެއްގޮތަކަށްވެސް ކޮޓަރިން ނުނިކުމޭ…އަަހަންނަށް ވަގުތެއް ނުދޭ…އެހެންވެ އަހަރެންގެ ރުޅިގަދަވެ ނައިޝާއަށް ގޯނާ ކުރަން ނިންމީ…އައްކިޔުންގެ ބައްޕަ ނައިޝާއަށް ބަލަންފެށި ހިސާބުން އަހަންނަށް ފުރުސަތު ލިބުނުކަހަލަ…އަހަރެން ނައިޝާގެ ގެއަށްވަދެ ކޮންމެ ރެއަކު އޭނާ ބިރުގެންނެވިން….ކޮޓަރީގަ ހުރި އެއްޗެހިތައް އުކާ ނައިޝާގެ އިސްތަށިގަނޑުގަވެސް ހިފިން އަދި…” ލެޔާލަށް އެހިސާބަށް ބުނެވުނުތަނާ އައްކިޔުންގެ ކެތްތެރިކަން ކޮޅުންލިއެވެ.

އެނދުން ތެދުވަން އައްކިޔުން މަސައްކަތް ކުރިއެވެ. ނަމަވެސް ގައިގައި ވަރުނެތުމުގެ ސަބަބުން އޭނާއަކަށް ތެދުވެވޭ ގޮތެއް ނުވިއެވެ.އެހެންކަމުން ދެން އޭނާ ބެލީ ލެޔާލާ ދިމާލަށް އެއްޗެހި ކިޔޭތޯއެވެ.ނަމަވެސް އެކަމެއްވެސް ކާމިޔާބުވާ ގޮތެއްނުވިއެވެ.ތިން ބަހުގެ ޖުމުލައެއްވެސް އައްކިޔުންގެ އަނގައިން ބޭރުކޮށްލުމަކީ އޭނާއަށް ބޮޑު ތަކުލީފެކެވެ.އެހާވެސް އޭނާގެ ހާލު ދަށެވެ.

*********

އައްކިޔުންނަށް ވަމުންދާގޮތް ފެނި އޭނާގެ ބައްޕަ އޭނާގެ ކައިރިއަށް އަވަހަށް ދިޔައެވެ.އަދި އައްކިޔުން ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރިއެވެ.

“އެހެންވީމަ މިހުރިހާ ކަމަކީ ކަލޭގެ ކަމެެކޭތަ ތިބުނަނީ….އައްކިޔުން މިހާލަތަށް ދިޔައީ އަސްލު ކަލެޔާ ހެދިދޯ؟” އައްކިޔުންގެ ބައްޕަ ލެޔާލަށް ބުނެލިއެވެ.

“އަހަރެންގެ ލޯބިވެރިޔާއާ ދުރަށްޖެހޭށޭ!” އިވިގެންދިޔަ ވާހަކަތަކުން ހަރަކާތް ހުއްޓިފައި އިން ނައިޝާއަށް ހަމަލާދޭން ލެޔާލް ދިޔައެވެ.ނަމަވެސް އެއަށްވުރެ ކުރިއަށް އައްކިޔުންގެ ބައްޕަ އަތުންކޮށްލި އިޝާރާތަކުން، ކޮޓަރި ތެރޭގައި ހުރި ގޮނޑިއެއްގައި ޗޭނުލެވި ލެޔާލް ބަނދެވުނެވެ.

ޗޭނުޖެހުމުން ލެޔާލްގެ ރުޅިގަނޑު ކެކުނެވެ. ޗޭނުގަނޑު ނައްޓަން އޭނާ ވަރަށް މަސައްކަތްކުރިއެވެ.”އަަހަރެން ދޫކުރޭ!” ގޮނޑީގައި އިން ލެޔާލް ދެކޮޅަށް ގުނޑެމުން ބުނެލިއެވެ.

އައްކިޔުން ކައިރި އިސްދަށަށް ޖަހާލައިގެން އިން ނައިޝާގެ އަތުގައި އޭނާގެ ބައްޕަ ލޯބިން ހިފާލިއެވެ. “ނައިޝާ ދަރިފުޅާ ބައްޕައަށް މާފުކުރޭ….ދަރިފުޅާ ދޭތެރޭ ބައްޕައަށް ނުހައްގުން ވަރަށް އެއްޗެހި ގޮވިއްޖެ….ދަރިފުޅުގެ އާއިލާމީހުން ކުރިމަތީގައިވެސް ބައްޕައަށް ވަރަށް ހަޑިކޮށް ކަންތައް ކުރެވިއްޖެ…އެކަމާ ބައްޕަ ދެރަވެ ލަދުގަންނަން…ބައްޕަ ހިއެއް ނުކުރަން ލެޔާލް މިހާ ގޯސްވެދާނެ ކަމަކަށް…ބައްޕައަށް ނައިޝާ ކުށްވެރި ކުރެވުނީ އެއީ ބައްޕައަށްވެސް ކަންތައް ދިމާވެފައިވާ ގޮތުން” އަސަރުން ފުރިގެންވާ ރާގަކަށް ބުނެލިއެވެ.

“ނައިއަށްވެސް މާފުކުރޭ ބައްޕައާ ވަރަށް ހަޑިކޮށް ނައިއަށްވެސް ވާހަކަދެކެވުނީ” ނައިޝާ ބުނެލިއެވެ.ނައިޝާ އެހެންބުނުމުން ކޮންމެމީހަކު ނަމަވެސް މިހެންވުމުން އެއްޗެހި ކިޔޭނެ ކަމަށް އައްކިޔުންގެ ބައްޕަ ބުނެލިއެވެ.

ނައިޝާ އައްކިޔުންގެ އަތުގައި ހިފާލުމަށްފަހު، ލޯބިން ފުރިގެންވާ ނަޒަރަކުން ބަލައިލިއެވެ.އެމަންޒަރު ލެޔާލަަށް ފެެނުމުން ވަރަށް ރުޅި އައެވެ. “އަހަރެންގެ މައްޗަށް ފިނޑިއެއްތަ އައްކިޔުން ތި އިޚްތިޔާރުކުރީ؟..ކޮންމެ ރެއަކު ބިރުގެންނެވީމަ ބިރުން ހޭނެތޭވަރުގެ ފިނޑިއަކާތަ؟…ތި ނައިޝާއާ ގުޅުމަށްވުރެ އައްކިޔުން ތިހާލުގަ އޮވެ މަރުވުންވެސް މާރަނގަޅުވާނެ” ލެޔާލް ބުނެލިއެވެ.

“ކަލޭ ފިނޑިއެކޭ އަނެކައްޗެކޭ ކިޔަސް އެދެމީހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވޭ…ކަލޭގެ ނުބައިކަމާމެދު އަަހަރެން ހައިރާންވަން…މިއޮށްހުރިހާ ދުވަހަކު ނައިޝާ ހީކޮށްގެން އެހުރީ ގޯނާ ލިބެނީ އަހަރެންގެ ފަރާތުންކަމަށް..ކަލޭ އައްކިޔުންދެކެ ލޯތްބެއްނުވޭ..ލޯބިވާނަމަ އައްކިޔުން ދެރަވާފަދަ ކަމެއް ނުކުރާނެ…ތިއަށް ކިޔާނީ އަމިއްލަ އެދުންބޮޑުވުން” ރުޅިއައިސްފައި އައްކިޔުންގެ ބައްޕަ ބުނެލިއެވެ.

“އަހަރެން ދޫކުރާށޭ…ލާހިކެއްނޫން ކަލޭމެން ދެމީހުން އެކުވާކަށް….އަހަރެންގެ މަސައްކަތް އަދި ނުނިމޭ….އަހަރެން ހުރީ ކޮންމެ ރެއަކު ނައިޝާއަށް ގޯނާކޮށްގެން އޭނާ ދުނިޔެއިން މޮޔަކޮށްލަން…އޭނާ މަރާލަން….އެކަމަކު އެގޭގަ ގުރުއާން ޖަހަންފެށީމަ އަހަންނަށް ނުވަދެވުނު” ލެޔާލްގެ ދެލޯ ރަތްވެ ބިރުވެރި އަޑަކުން ބުނެލިއެވެ.

“ކަލެއަށް އެއްވެސް ކަމެއް ނުކުރެވޭނެ” އެހެންބުނެ އަތުގެ އިޝާރާތުން އައްކިޔުންގެ ބައްޕަ ލެޔާލް ގެއްލުވާލިއެވެ.

“ނައިޝާ ދަރިފުޅާ ކަންބޮޑުނުވައްޗޭ އޭނައަށް ދެން ދަރިފުޅަކަށް އުދަނގުލެއް ނުކުރެވޭނެ…އޭނަ މިފޮނުވާލީ މިދުނިޔެއިން …ކުށްކުރީމަ އަހަރުމެންގެ ގާނޫނުގަވެސް އަދަބު ލިބޭނެ” ނައިޝާ ކަންބޮޑުވެފައި އިނުމުން އައްކިޔުންގެ ބައްޕަ ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ހީވޭ ގާތުގާއި ވާހެން ކަލާ 13

Next

ސިއްރެއް ނުވާނޭ…. 4

Next
December 28, 2021

ސިއްރެއް ނުވާނޭ…. 4

Previews
December 27, 2021

ހީވޭ ގާތުގާއި ވާހެން ކަލާ 13

3 Comments!

  1. Hûdhãkkø says:
    December 27, 2021 at 11:59 pm

    Leyaal haadha goahey actually kohdhaakah alkiun ge bappa leyaal fonuvaali
    Vaahaka vrh reethi
    Just hama Habeys
    Obinex to the max

    1. Hûdhãkkø says:
      December 28, 2021 at 12:00 am

      Also forget to tell waiting for the next part
      And next part v.vvvvvvvv avahah kiyaalan libeyne kamah unmeedhu kuran ??

  2. Khadheeja Mohamed says:
    December 28, 2021 at 4:31 am

    Masha allah obiness to the max!! when nxt prt thankolheh avahah up kolladhubala plx n waiting waiting ❤

Comments are closed.

Next Episodeދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ ހަވަނަބައި)←


All Right Reserved!