Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ ދެވަަނަބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
December 22, 2021 3 Mins Read
1 Comment

ގޯޅީގެ އެންމެ އެތެރޭގައި ހުރި ކޮޓަރިތެރެއިން ރާއީގެ އަޑު އިވުމާއެކު އެދިމާލަށް އެންމެންތައް ދުއްވައިގަތެވެ. “ދަރިފުޅާ ރާއީ ނިކުމޭ ތިތަނުން” އެތެރެއިން ތަޅުލާފައިވާ ތަޅުގައި ހިފާލަމުން ނައިޝާގެ ބައްޕަ ބުނެލިއެވެ.

“ކާފާ ސަލާމަތްކޮށްދީ…ރާއީ އަކަށް ނުނިކުމެވޭ” ރޮމުން ރާއީ ބުނެލިއެވެ.

“ދަރިފުޅާ ނުރޮއެ…މަންމަމެން ތިތަނުން ދަރިފުޅު ސަލާމަތްކޮށްދޭނަން…ހިތްވަރުކޮށްލާ އިނގޭ” ނައިޝާގެ ދޮންތައަށް ރޮވެން ފެށިއެވެ.

ތަޅުލެވިފައި ހުރި އެކޮޓަރި ހުޅުވަން އެންމެންވެސް ވަރަށް މަސައްކަތް ކުރިއެވެ.ދޮރުގައި ފައިންޖަހާ ދޮރު ވައްޓާލަންވެސް މަސައްކަތް ކުރިއެވެ.ނަމަވެސް ހީވަނީ ގަދަފަދަ ބާރަކުން ދޮރު ހިފަހައްޓާފައި ވާހެންނެވެ.

ކޮޓަރިދޮރު ހުޅުވަން މަސައްކަތްކުރަމުން އެންމެން ދަނިކޮށް، ވަރަށް ބާރަށް ގެސްޓްހައުސްއަށް ވަންނަން އިންނަ މައިދޮރު ލެއްޕުނެވެ.އެއަޑަށް އެންމެންތައް ސިހިގެންދިޔައެވެ.ދޮރު ލެއްޕުމާއެކު މީހަކު އައީކަމަށް ހީކޮށް އެދިމާލަށް ނައިޝާމެންގެ ބައްޕަ ހިނގައިގަތެވެ.

މީހަކު އައީކަމަށް ހީކޮށް ގޯޅިތެރެއިން ނިކުތް ނައިޝާގެ ބައްޕައަށް އެތަނުގައި އެއްވެސް މީހަކު ހުރިތަނެއް ނުފެނުނެވެ.އެހެންކަމުން ލެއްޕިފައިވާ ދޮރުގެ ތަޅުގައި އޭނާ ހިފާލިއެވެ.ނަމަވެސް އެދޮރުވެސް ހުޅުވޭގޮތެއް ނުވިއެވެ.

“ބޭރު ދޮރުވެސް ލެއްޕުނުގޮތަށް ނުހުޅުވުނު” ދޮރުހުޅުވަން މަަސައްކަތްކުރުމުގެ ސަބަބުން، ވަރުބަލިވެފައިވާ އެމީހުންގެ ބައްޕަ އައިސް ބުނެލިއެެވެ.ނައިޝާގެ ބައްޕަ އެހެންބުނުމުން، ވަމުންދަނީ ކީއްކަމެއް ނޭނގޭ އެމީހުންގެ ބޮލަށް އިތުރުވީ ސުވާލެކެވެ.

********

ބިރުވެރިމީހާގެ ކިބައިން ސަލާމަތްކޮށްދޭށޭ ރާއީ ބުނި ހިސާބުން ފެށިގެން ނައިޝާއަށް ހުރެވުނީ ފާޑަކަށް ހުއްޓުން އަރާފައެވެ.ރާއީ އެބުނި ބިރުވެރިމީހާ އަކީ އޭނާއަށް އުދަނގޫކުރާ މީހާބާވައޭ ނައިޝާގެ ހިތަށްއަރަމުންދިޔައެވެ.

ސައީދަށް ގުޅަންވެއްޖެ…މިތަން ބަލަހައްޓާ ބިދޭސީމީހާވެސް، އެހެންމީހެއްވެސް ފެންނާކަށްނެތް” އެހެންބުނެ ނައިޝާގެ ބައްޕަ ފޯނު ނެގުމަށްފަހު، އޭނާގެ ރަހުމަތްތެރިޔާއަށް ގުޅަން އުޅުނެވެ.

“އަހަރެންގެ ފޯނަަކަށް ރޭންޖެއްނުލިބޭ” ގުޅަން އުޅުނު ނައިޝާގެ ބައްޕަ ބުނެލިއެވެ.ނައިޝާގެ ބައްޕަ އެހެންބުނުމުން ފަހަަރަކު މީހަކު އެމީހެއްގެ ފޯނުނެގުމަށްފަހު ޗެކުކޮށްލިއެވެ.

“އަހަރެންގެ ފޯނަކަށްވެސް ނުލިބޭ” ނައިޝާގެ ދޮންތަ ބުނެލިއެވެ. “އަހަރެންގެވެސް” ނައިޝާގެ ތުއްތަވެސް ބުނެލިއެެވެ.އެއްވެސް މީހެއްގެ ފޯނުން ރޭންޖު ނުލިބޭތީ ނައިޝާގެ ފޯނުން ރޭންޖު ލިބޭތޯ އެމީހުންގެ މަންމަ އަހާލިއެވެ.

ނައިޝާގެ ސިކުނޑިއަށް އެތައް ސުވާލުތަކެއް އަރާ ފައިބަމުންދިޔައެވެ. “އެއީ އެމީހާބާ؟…އެމީހަކު އަހަންނަށް އެހާ އުދަނގުލެއް އެކުރަނީ ކީއްވެބާ؟…އަހަރެންގެ ފަރާތުން އެމީހާ ހިތްހަމަނުޖެހޭ ކަމެއްދިމާވެފައި ވިޔަސް ކުޑަކުޑަ ރާއީގެ ފުށުން އެކަމުގެ ބަދަލުހިފަންވީ ކީއްވެބާ؟” މިފަދަ އެތައްސުވާލުތަކެއް ނައިޝާގެ ސިކުނޑިއަށް އަރާ ފައިބަމުންދިޔައެވެ

“ނައި….ނައިޝާ!” ވިސްނުމެއްގައި ހުރި ނައިޝާއަށް އޭނާގެ ދޮންތަ ތަންކޮޅެއް ބާރަށް ގޮވާލިއެވެ. “އެނ؟ކި…ކީކޭ؟” ނައިޝާ އަވަހަށް އަހާލިއެވެ.

“އެއްވެސް މީހެއްގެ ފޯނަށް ރޭންޖެއް ނުލިބޭ އަޅެ ނައިގެ ފޯނަށް ލިބޭތޯ ބަލައިލަބަ” ނައިޝާގެ ދޮންތަ ބުނެލިއެވެ.ނައިޝާ އޭނާގެ ފޯނު ޗެކުކޮށްލިއެވެ. “ނުލިބޭ ނައިއަށްވެސް” ނައިޝާ ބުނެލިއެވެ.

“އަޅެ ދެން ކިހިނެއްހަދާނީ؟…ކިހިނެއް މީހެއް ކައިރި އެހީއަކަށްވެސް އެދޭނީ…އަހަރުމެން މިތާ ތާށިވީތަ؟” ހާސްވެފައިވާ ނައިޝާގެ ދޮންތަ އެއްނޭވާއިން ބުނެލިއެވެ.

ވަމުންދާ އަޖައިބުކުރުވަނިވި ކަންތަކުން އެންމެންވެސް ތިބީ ހަދާނެގޮތެއް ނޭނގިފައެވެ.އެއްކޮޅުން ސަލާމަތަށްއެދި ރާއީ ގޮވާއިރު އަނެއްކޮޅުން ނައިޝާމެންނަށްވެސް ވަނީ މީހެއްގެ އެހީ ބޭނުންޖެހިފައެވެ.ހާސްކަންއިތުރުވެފައި އެންމެން ތިއްބާ ރާއީ ހުރި ކޮޓަރިތެރެއިން ބަރު ފިރިހެން އަޑެއް އިވުނެވެ.

“މީހުންކައިރި އެހީއަށް އެދެން ގުޅަން އުޅޭނެކަމެއް ނެތް…ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ދޮރުތަކެއްވެސް ނުހުޅުވޭނެ މީހަކަށްވެސް ނުގުޅޭނެ” އެ ބަރު އަޑު ރުޅިވެރިކަމާއި އެކު ބުނެލިއެވެ.އެއަޑު އިވުމާއެކު އެންމެންތައް ފަހަރަކު މީހެއްގެ މޫނަށް ބަލައިލުމަށްފަހު، ކޮޓަރީގެ ދޮރާ ދިމާލަށް ބަލައިލިއެވެ.

“ތީކާކު؟ އަހަރެންގެ ދަރިފުޅުގެ ފަރާތުން ކޮންކަމެއް ބޭނުންވަނީ؟” ދޮރާ ދިމާލަށް ބަލަންހުރެ ރޮމުންދިޔަ ނައިޝާގެ ދޮންތަ ބުނެލިއެވެ.

“އަހަރެން މީ ކާކުތޯ ބަލަންއުޅޭނެ ކަމެއްނެތް…މިކުޑަކުއްޖާ ސަލާމަތްކުރަން ބޭނުންވާނަމަ އަހަރެން ބުނާގޮތެއްހަދާ…އޭރަށް ކުއްޖާވެސް ސަލާމަތްވާނެ ކަލޭމެނަށްވެސް ސަލާމަތުން މިތަނުން ނިކުމެވޭނެ” ކޮޓަރިތެރެއިން އެބަރު އަޑު ބުނެލިއެވެ.

“އެއީ ކޮންގޮތެއް؟” އެންމެން އެއްފަހަރާ ކަހަލަގޮތަކަށް އަހާލިއެވެ.

“އަހަންނާ މިކުއްޖާއާ އެއްވެސް މައްސަލައެއް ނެތް…އަހަރެންގެ މައްސަލަ އޮތީ ނައިޝާއާ…އަހަރެން ބޭނުންވަނީ ނައިޝާ…ނައިޝާ މަޑުކޮށްފަ ދެން ހުރިމީހުން ދޭ…މިހެންހަދަން އަހަންނަށް މަޖުބޫރުކުރުވީވެސް ނައިޝާ” އެބަރު އަޑު ބުނެލިއެވެ.

އެއަޑު އެހެންބުނުމާއެކު ނައިޝާއަށް އެއީ އޭނައަށް އުދަނގޫކުރާ މުސްކުޅިމީހާކަން ޔަގީންވިއެވެ.އެމީހާގެ އެޖުމުލައާއެކު ނައިޝާއަށް ރުޅިން އަތް މުށްކަވާލެވުނެވެ.

“ނައި؟ އެކާކު؟” ނައިޝާގެ މަންމަ އަހާލިއެވެ.އެންމެންވެސް ތިބީ ވާނުވާ ނޭނގޭ ހާލުގައި ނައިޝާއަށް ބަލަހައްޓައިގެންނެވެ.

“ރާއީ ދޫކޮށްލާ..ހަދާގޮތެއް އަހަންނަށް ހަދާ… އަހަރެންވެސް ބޭނުންވޭ ތީކާކުކަން އެނގެން” މަންމައަށް ޖަވާބުނުދީ ބިރުވެރި އަޑަށް ނައިޝާ ބުނެލިއެވެ.އޭނާ ވަނީ ވަރަށް ރުޅިއައިސްފައެވެ.

“ނޫން ދަރިފުޅާ އެބިރުވެރި އަޑަށް ދަރިފުޅު ހަވާލުކުރާކަށް މަަންމަމެންނަކަށް ނުކެރޭނެ….އެއީ އިންސާނެއްނޫން….އެހުރީ އެމީހާ ވާހަކަދައްކާ އަޑު”ނައިޝާގެ މަންމަ ކަންބޮޑުވިއެވެ.

“އާނ އަހަރެން މީ ޖިންނިއެއް….އަހަރެން މިބުނާގޮތަށް ހަދާ…އެެހެންނޫނީ ރާއީއަށްވެސް ކަލޭމެންނަށްވެސް މިތަނުން ސަލާމަތެއް ނުވެވޭނެ” އަޑު ބުނެލިއެވެ.

“ބިރުނުގަނޭ އަހަރުމެންނާ އެކު އެއަށްވުރެ މާގަދަފަދަ ފަރާތެއް ވޮޑިގެންވޭ…ﷲ އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެ” ހިތްނުތަނަވަސް ވެފައިވާ މަންމަގެ އަތުގައި ހިފާލަމުން ނައިޝާ ބުންޏެވެ.ނައިޝާ އެހެންބުނި ކަމުގައިވިޔަސް އެއްވެސް މީހަކަށް އޭނާ އެތަނުގައި ބަހައްޓާފައި ދާކަށް ހިތްހަމައެއް ނުޖެހުނެވެ.

“މިތާ ތިބެންވެއްޖިއްޔާ މިހިރަ ކުދިންވެސް ހައްތަހާ ބިރުގަންނާނީ…އެއްވެސް މީހަކަށް ގުޅޭކަށް ވެސް އޮތީކީނޫން…ނިކުމެވޭނެ ގޮތެއްވެސް ނެތި އަހަރުމެން ބަނޑަށްޖެހި މަރުވާނީ…އަނެއްކާ ރާއީއާ ދޭތެރޭގަވެސް ވިސްނަބަލަ” އެންމެނަށް ވިސްނައިދިނުމުގެ ގޮތުން ނައިޝާ ބުނެލިއެވެ.

*********

ނައިޝާ ކުރުނުކޮށް ކިޔަންފެށުމުން، އެއްވެސް މީހަކު އޭނައާ ދެކޮޅަށް އިތުރަށް އެއްޗެކޭ ނުބުންޏެވެ.

“އަހަރެން ތައްޔާރު ރާއީ ދޫކޮށްލާ!” ރުޅިވެރި އަދި އަމުރުވެރި ރާގަކަށް ނައިޝާ ބުނެލީ ދޮރާ ދިމާލަށް ބަލައިލުމަށްފަހުގައެވެ.

“މިތާނގަ މިހިނގި އެއްވެސް ކަމެއް، އެއްވެސް މީހެއް ކައިރި، އެއްވެސް މީހަކު ދައްކައިގެން ނުވާނެ….މަށަށް އިނގޭނެ ދައްކާފިނަމަ….ނައިޝާ ނޫން އެއްވެސް މީހަކު މިތާ ކީއްކުރަން، މިރަށުގަ ވެސް ހުރެގެން ނުވާނެ…ހަމަ މިހާރު ނައިޝާ ފިޔަވައި ދެންތިބި މީހުން މާލެދޭ…ގަބޫލުތަ؟” އަޑު ބުނެލިއެވެ. “އާނ ގަބޫލު” އެންމެނަށް ބަލައިލުމަށްފަހު ނައިޝާ ބުނެލިއެވެ.

ނައިޝާ އެހެންބުނެލުމާއެކު ކޮޓަރީގެ ދޮރާއި ގެސްޓްހައުސްގެ ދޮރުވެސް ހުޅުވުނެވެ.ކޮޓަރި ދޮރުހުޅުވުމާއެކު ރާއީ ދުވެފައި ނިކުތެވެ.ރާއީ ފެނުމުން ނައިޝާގެ ދޮންތަ ވަގުތުން އެކުއްޖާ ގައިގައި ބައްދާލިއެވެ.

“އެމީހާ އެއްވެސް ކަމެއްކުރިތަ؟” ރާއީ ކައިރި އިށީންދެލަމުން ނައިޝާގެ ބައްޕަ އަހާލިއެވެ. “ނޫން އެއްވެސް ކަމެއްނުކުރޭ…އެމީހާ ހުރި ބިރުވެރިގޮތުން ރާއީ ބިރުގަތީ” ކުޑަކުޑަ ރާއީ ބުނެލިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ލޯބީގެ ހިނދުކޮޅު 7

Next

ފުރާވަރު ލޯބި

Next
December 23, 2021

ފުރާވަރު ލޯބި

Previews
December 22, 2021

ލޯބީގެ ހިނދުކޮޅު 7

One Comment

  1. Khadheeja Mohamed says:
    December 23, 2021 at 2:36 am

    Wow masaha allah v obi v v v reethi when nxt prt waitin waitin

Comments are closed.

Next Episodeދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ ތިންވަނަބައި)←


All Right Reserved!