Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ ހަތްވަނަބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
December 30, 2021 3 Mins Read
6 Comments

ފޯނު ބޭއްވުމާއެކު ނައިޝާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.އަދި އެނދުގައި ނިދިފައި އޮތް އައްކިޔުންގެ ބޮލުގައި ލޯބިން ފިރުމާލުމަށްފަހު، ކައިރީގައި އިން އައްކިޔުންގެ ބައްޕައަށް ނައިޝާ ބަލައިލިއެވެ.ނައިޝާ ބަލައިލުމާއެކު އައްކިޔުންގެ ބައްޕަ އޭނާއަށް ހިނިތުންވެލިއެވެ.

“މިއަދު ކޮޓަރިތެރޭގަ ހުރެފަ ބުނީމެއްނު ބައްޕައަށްވެސް ކަންތައް ދިމާވެފައި ހުރި ގޮތުންނޭ ނައިއަށް އިތުބާރުނުކުރީ…އެއީ ކޮންގޮތެއްތޯ އަހާލެވިދާނެތަ؟” ވިސްނަން އިނުމަށްފަހު ނައިޝާ އަހާލިއެވެ.ނައިޝާގެ އެސުވާލަށް އާނއެކޭ ބުނުމުގެ ގޮތުން އައްކިޔުންގެ ބައްޕަ ބޯޖަހާލިއެވެ. “އެއީ އައްކިޔުންގެ މަންމަ ކަންތައް ކުރިގޮތުން” އައްކިޔުންގެ ބައްޕަ ބުނެލިއެވެ.

“ތިހެންބުނީމަ އަހާލާ ހިތްވޭ އައްކިޔުންގެ މަންމަަ ކީއްކުރީތޯ” ނައިޝާ ޝައުގުވެރިކަމާއެކު ބުނެލިއެވެ.ނައިޝާގެ އެސުވާލުން، ފުން ނޭވާއެއް އައްކިޔުންގެ ބައްޕަ ދޫކޮށްލިއެވެ. އަދި އެހާދިސާ އޭނާ ނައިޝާއަށް ކިޔައިދިނެވެ.

**********

“އެއީ މީގެ އެތަކެއް އަހަރުތަކެއް ކުރި…ވަރަށް ކުރީއްސުރެ ދުނިޔެއަކީ ރީތި ތަނެއްކަމަށް އެންމެންވެސް ބުނާ އަޑު އަހަރެން އަހަން..ދުނިޔެ ދެކިލަން ވަރަށް ގިނަ ޖިންނިން މިތަނަށް އާދޭ..އެގޮތަށް އަހަރެންވެސް މިދުނިޔެއަށް އައީ…އޭރު އަހަރެންގެ އުމުރުން ވާނީ އެންމެ ވިހި އަހަރު…އެއީ އަހަރެން ދުނިޔެއަށް ކުރި ފުރަތަމަ ދަތުރުކަމުން އަހަންނަށް އެދަތުރުވީ މުޅިން އާ ތަޖުރިބާއަކަށް…އަހަންނަށް އަލަށްވެސް އާދެވުނީ އައްކިޔުންގެ މަންމަގެ ރަށަށް….އެދުވަހު އަހަންނަށް ޔަގީންވި ހުރިހާ އެންމެންވެސް ބުނީ ތެދު ވާހަކައެއްކަން…ދުނިޔެއަކީ ވަރަށް ރީތި ތަނެއްކަމާ އަދި މިތާ ދިރިއުޅޭ އިންސާނުންގެ ރީތިކަންވެސް އެދުވަހު އަހަރެންގެ ލޮލަށް ފެނުނު…

ރަށަށް އާދެވުމާއެކު އެރަށުތެރޭގެ ހުރިހާ ތަނެއް ބަލައިލަން، މުޅި ރަށުތެރޭގަ އަހަރެން އެނބުރުނިން…އެރަށުގެ ރީތި ގޮނޑުދޮށާ ރީތި ފެހިކަންގަދަ ގަސްތައް ފެނުމުން އެތަނުން ދާހިތެއް އަހަރެން އެއްގޮތަކަށްވެސް ނުވި” އައްކިޔުންގެ ބައްޕަ ކިޔައިދެމުން ދިޔައެވެ.

“އެއީ އަހަރެން އެރަށުގައި ހުރި ތިންވަނަ ދުވަސް…އަހަރެން އާދައިގެ މަތިން ހަވީރު ފިންޏަށް ގޮނޑުދޮށަށް ނިކުމެލިން…އެދުވަހު އަހަރެންގެ ލޮލުގައި އަޅައިގަތީ ދުވަހަކުވެސް ދެކިފައި ނުވާފަދަ ރީތިކަމެއް…އެއީ އައްކިޔުންގެ މަންމަ…އަހަރެން ވަރަށް އިރުވަންދެން އޭނައަށް ބަލަންހުރިން….އެރީތި ކަން އަހަރެންގެ ހިތަކުން ދުވަހަކުވެސް ފިލައިގެނެއް ނުދާނެ….އެހާވެސް ރީތި…އެހާވެސް ފުރިހަމަ…އެދުވަހު އޭނާ ހުރީ ހަމަ އޭނާގެ އުމުރުގެ ދެއަންހެން ކުދިންނާއެކު ހިނގާލަން ނިކުމެ…އެމީހުންގެ ތެރެއިންވެސް އޭނަ ވަކިން ފާހަގަވޭ” އައްކިޔުންގެ ބައްޕަ އެހިސާބަށް ބުނުމަށްފަހު ކުޑަ ވަގުތުކޮޅަކަށް ހިމޭންވެެލިއެވެ.އަދި އަނެއްކާވެސް ކިޔައިދޭން ފެށިއެވެ.

“އައްކިޔުންގެ މަންމަ ފެނުނު ފަހުން އެސިފަ އަހަރެންގެ ހިތަކުން ނުފިލި….އަބަދުވެސް އޭނާ ދެކެން ބޭނުންވީ…ޖެހިގެން އައި ދުވަހުވެސް އަހަރެން އެގޮނޑުދޮށަށް ހަމަ އެވަގުތަށް ދިޔައިން އޭނަ ފެނޭތޯ…އެދުވަހުވެސް އޭނަ އެތާ ހުރި…އެދުވަހަށްފަހު އަހަރެން އަބަދުވެސް ދިޔައީ އައްކިޔުންގެ މަންމަ އުޅޭނޫޅޭގޮތް ބަލަމުން….އޭނާގެ ފަސްފަހަތުގަ އަބަދުމެ އަހަރެން އުޅުނީ…އެކަމަކު އޭނާއަކަށް އަހަންނެއް ނުފެންނާނެ…އެހެންގޮސް އަހަންނަށް އޭނާ ދެކެ ގަޔާވެވިގެން އޭނާއާ ކުރިމަތިލާން ނިންމީ… އަހަރެން ހީކުރީ އޭނާގެ ރީތި ސިފައާ އެއްވަރު އޭނާވެސް ރަނގަޅުވާނެކަމަށް” އަނެއްކާވެސް ހިމޭންވެލުމަށްފަހު އައްކިޔުންގެ ބައްޕަ ކިޔައިދޭން ފެށިއެވެ.

“އެއްދުވަހަކު އޭނަ އެކަނި އެގޮނޑުދޮށުގަ ހުރިވަގުތަކު އަހަރެން އޭނާގެ ނަމުން ގޮވާލުމަށްފަހު އޭނައާ ވާހަކަ ދައްކަންފެށިން…އޭނާއަށް ފުރަތަމަ ލިބުނީ ހައިރާންކަމެއް..އެއީ އަހަރެން އެރަށުން ނުދެކޭތީއާއެކު އޭނާގެ ނަން އަހަންނަށް އެނގުމުން… އެކަމަކު ފަހުން އޭނަވެސް އަހަރެންދެކެ ގަޔާވި…އޭނައާއެކު އުޅެންފެށިފަހުން އަހަންނަށް އޭނަދެކެ ލޯބިވެވުނު..އޭރު ވެސް އަހަންނަކީ އިންސާނެއް ނޫންކަން އޭނާއަކަށް ނޭނގޭނެ…އެއީ އަހަންނަށް ހެދުނު ގޯހެއް…އޭރު އަހަންނަށްވެސް ފަސްޖެހެވުނީ އެވާހަކަ ބުނަން، އައްކިޔުން ނައިޝާ ކައިރި ބުނަން ނުކެރުނުގޮަތަށް…

“ކޮންމެއަކަސް އަހަރެން އެރަށުގަ ވަަޒަންވެރިވިން…އައްކިޔުންގެ މަންމަ އެދުނުގޮތަށް ވަޒީފާއެއްވެސް އަހަރެން އަދާކުރިން..އަހަރެން އުޅުނީ ފިހާރައެއްގެ ސޭޓަކަށް..އިންސާނަކަށްވެގެން އިންސާނުންގެ ތެރޭގައި އުޅެންޖެހުން، އެއީ އަހަންނަށް އޭރު ކުރެވުނު ވަރަށް ތަފާތު ތަޖުރިބާއެއް…އޭރު އަހަރެން އުޅުނީ ހަމަ އެހެންވެސް އާދައިގެ އިންސާނަކު އުޅޭނެފަދައިން ވަކިން ގެއެއްގަ..ގެ އަހަރެން ހޯދީ އެރަށުގައި އުޅުނުއިރު ރަހުމަތްތެރިވި ރަހުމަތްތެރިއެއްގެ އެހީގަ…ރަށު އެންމެނަށްވެސް އަަަހަރެން އެނގޭނީ ރަށުގައި ވަޒަންވެރިވާން އައިސްގެންއުޅޭ ބީރައްޓެއްސެއްގެ ގޮތުގަ…އަހަންނަކީ ބަސްމަދު މީހެއްކަމުން އަހަރެންގެ މާ ގިނަ ރަހުމަތްތެރިންތަކެއްވެސް ނުތިބޭނެ…އިންސާނެއް ގޮތަށް އަހަރެން އުޅުނުކަމުގައި ވިޔަސް އެންމެނަށްވެސް ފެންނާނީ މިހާރުވެސް މިފެންނަ ފަދައިން އަހަރެންގެ އަސްލު ސޫރައިގަ…އަހަރެންގެ އަސްލު ސިފަދެކެ އައްކިޔުންގެ މަންމަ ގަޔާވީތީ އަހަރެން ވަރަށް އުފާކުރިން…” އައްކިޔުންގެ ބައްޕަ ބުނެލިއެވެ. “ބައްޕަ ހީވަނީ ބަލާފަ ހަމަ އިންސާނެއްހެން..އެކަމް ރުޅިއައިސްފަ ހުންނައިރު ބިރުވެރި ވައްތަރުޖަހާ” ނައިޝާ އެހެންބުނުމުން އައްކިޔުންގެ ބައްޕަގާތަށް ހިނިއައެވެ.އަދި އަނެއްކާވެސް ކިޔައިދޭން ފެށިއެވެ.

ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް އަހަންނާ އައްކިޔުންގެ މަންމަގެ ގުޅުންވެސް ދިޔައީ ވަރުގަދަވަމުން…އެހެންނަމަވެސް އަހަރެމެންގެ ގުޅުމުގެ ވާހަކަ ރަށުމީހުންނަކަށްވެސް އަދި ދެފަރާތުގެ އާއިލާއަކަށްވެސް ނޭނގޭނެ…އަހަރެން އެވާހަކަ ނޭންގީ އެއީ އަހަރެންގެ އާއިލާއިން އެކަމާ ނުރުހޭނެކަން އެނގޭތީ…އައްކިޔުންގެ މަންމަ ނޭންގީ އެއީ އޭނާގެ އުމުރުން އެންމެ އަށާރަ އަހަރަށްވެފަ އެހާ ޅައުމުރުގަ މީހަކާ ލޯބީގެގޮތުން ގުޅިގެންއުޅެން އޭނާގެ އާއިލާއިންވެސް ނުރުހިދާނެތީ ކަމަަށް އޭނާ އަހަރެންގާތު ބުނީ…އެހެންނަމަވެސް މާގިނަދުވަހެއްނުވެ އަހަރެންގެ އާއިލާއަށް އެކަންތައްގަނޑު އެނގުނު…މަންމަމެން އަހަންނަށް ވަރަށް ނަސޭހަތްތެރިވި ވަރަށް އެއްޗެހިވެސް ގޮވި..އިންސާނަކާ ގުޅިގެން އުޅެން މައިންބަފައިން އެއްވެސް ވަރަކަށް ގަބޫލެއްނުވި…އެއީ އަހަރެންމީ އިންސާނެއް ނޫންކަން އެނގޭ ހިސާބުން އައްކިޔުން މަންމަގެ އާއިލާއިން އަހަރެމެންނަށް ފަންޑިތަހަދާ އަހަރެމެން މަރާލަފާނެތީ..އަނެއްކޮޅުން އިންސާނެއް ނޫންކަން އައްކިޔުންގެ މަންމައަށް އެނގުމުން އަހަރެންދެކެ އޭނާ ނަފްރަތުވެ ހުރިހާ ގެއްލުމެއް އަހަންނަށް ލިބިދާނެތީ…

މަންމަމެން ކިތަންމެ އެއްޗިއްސެއް ގޮވިޔަސް އެކަމަށް އަހަރެން ފަރުވާލެއް ނުބަހައްޓަން…އެއަށްވުރެ އަހަރެން އައްކިޔުންގެ މަންމަދެކެ ލޯބިވިން…އެކަންތަކާ ހެދި އަހަރެންގެ އާއިލާ އަހަންނާ ގުޅުން ކަނޑާލީ…އެކަމާ އަހަރެން ވަރަށް ދެރަވެސްވި…އެހެންނަމަވެސް އަހަންނާ އައްކިޔުންގެ މަންމަގެ ލޯބީގެ ގުޅުން ކުރިއަށް ގެންދިޔައިން…އަހަރެން އައްކިޔުންގެ މަންމަދެކެ ވެފައިވާ ލޯތްބެއްގެ ބޮޑުކަމުން އޭނާ ބުނިހާ ކަމެއް ކޮށްދިނިން، ބުނިހާ އެއްޗެއް ހޯދައިވެސް ދިނިން…އޭރު އަހަންނަކަށް ނޭނގެ އޭނަ އަހަރެން ގެންގުޅުނީ އަމިއްލަ ފައިދާއަށް ކަމެއް….ފިހާރައިން ލިބޭ މުސާރައިން އައްކިޔުން މަންމަގެ ބޭނުންތައް ފުއްދާނުދެވޭތީ، އަހަރެން އިތުރު މަސައްކަތްވެސް ކުރިން..އަހަރެންބެލީ އަހަރެންގެ ކަންކަން ނުވިޔަސް އޭނާގެ ބޭނުންތައް ފުއްދައިދެވޭތޯ…

ދުވަސްތައް ހިނގަމުންގޮސް ވަރަށް ވިސްނުމަށްފަހު އެއްރޭ އޭނައަށް އަހަރެންގެ ހަޤީޤަތް ކިޔައިދިނިން…އަހަރެން ހީކުރީ އަހަރެންމީ ޖިންނިއެކޭ ބުނުމުން އޭނާ އަހަރެންދެކެ ނަފްރަތުވާނެ ކަމަށް، އެކަމަކު އޭގެ ބަދަލުގަ އޭނާ އަހަންނާ ވީގާތް…އަދި ދުވަހަކުވެސް އަހަރެން ދެރަވާފަދަ ކަމެއް ނުކުރާނެކަމުގެ ޔަގީންކަންވެސް ދިން….އެރޭ އަހަރެން ވަރަށް އުފާވި…އެރޭއަކީ އޭނާ އަހަންނަށް ދެވަނަ އުފާވެރިކަމުގެ ޚަބަރުވެސް ދިންރޭ…އެއީ އަހަރެން ބައްޕައަކަށް ވާންއުޅޭ ކަމުގެ ޚަބަރު…

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ލޯބިވާތީ(1)

Next

ލޯބިވާތީ(2)

Next
December 30, 2021

ލޯބިވާތީ(2)

Previews
December 29, 2021

ލޯބިވާތީ(1)

6 Comments!

  1. Hûdhãkkø says:
    December 30, 2021 at 9:49 pm

    Mi part VX vrh reethi wait for next part
    Hama obinex to the max
    And sorry Havana part ah comment nukurevuni thi ekam vx lamhus ge mi vaahaka Hama Habeys
    Dhn kihineh ba vaani ???
    Waiting for next part

    1. lamhus says:
      January 1, 2022 at 12:52 am

      Thanks dear ?

  2. Khadheeja Mohamed says:
    December 30, 2021 at 11:02 pm

    Masha allah v v salhi, mi story asluves v habeys , keep it up dear n when nxt prt mihaaru stry gossa in hisaabun v keiymadhuvefa hunnany nxt prt avaskolla dhechchey plz

    1. lamhus says:
      January 1, 2022 at 12:53 am

      Will upload soon and btw thanks for the support and am really happy that you like my story thanks dear ?

  3. Aishath faruha Abdullaa says:
    December 31, 2021 at 9:54 pm

    Akki ge bappa aa mamma neendhe ovva tha akki liben E ulhunee?? ?
    Masha Allah Vrh mi bai vx … ?❤️WhenNext ??Curiously waiting for the next…….❤️
    By the way adhi Mi story nimen noolhey dhw adhi??

    1. lamhus says:
      January 1, 2022 at 12:54 am

      Next part ga ingeyne☺️
      Story v avaha nimeyne
      Thanks dear ?

Comments are closed.

Next Episodeދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ އަށްވަނަބައި)←


All Right Reserved!