Skip to content
އެސްފިޔަ

މާސްކު (ޕާޓް 6)

’ހޭލެވުނީތަ؟!‘ އަހަންނަށް އަހައިލެވުނެވެ.

’ހޫމް…ބޭބީ އެހާ ލޯބިން ބީހިލީމަ ދެން އަހަންނަށް ވަކި ނިދާފައި އޮވެވޭނެތަ؟ އާދެބަލަ…އައި ނީޑް ޔޫ ރައިޓް ނައު…‘އާރިންގެ ނިދި ބަރު އަޑު އިވިފައި އަހަރެންްގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ.

****

އަހަންނަކަށް އެއްޗެކޭ ބުނާކަށްވެސް އާރިން ފުރުސަތެއް ނުދިނެވެ.އޭނާގެ ބާރުގަދަ ދެއަތުގެ ތެރޭ އަހަރެން ހައްޔަރުކޮށްލުމުން އޭނާގެ ބީހުންތަކަށް އިސާހިތަކު އަހަންނަށްވެސް މަރުހަބާ ކިޔުނެވެ.އާރިންގެ ކޮންމެ ހަރަކާތެއްވެސް އަހަންނަށް ޖާދޫއެއް ޖައްސަމުން ދިޔަ ކަހަލައެވެ.

****

އާރިންއާއި އެކު ހޭދަ ކުރެވުނު އެ ހުވަފެނީ އުފާވެރި ވަގުތުކޮޅަށްފަހު،ހަށިގަނޑަށް ލިބުނު ވަރުބަލި ކަމުގެ ސަބަބުން އަހަންނަަށް އިރުކޮޅަކު ކަންނެތްވެފައި އޮވެވުނެވެ.ބަނޑުހައިކަމުންވެސް ހީވަނީ އެހެންފަދަ ކަމެއްހެންނެވެ.އެހެނަސް ފޯނުން ގަޑި ބަލައިލިލެވުނު ވަގުތު އިރު އެރުމަށް ކުޑަތަން ވަނީ ކަން އެނގުމުން ކަށްޓެއް ޖެހިހެން އަހަންނަށް ތެދުވެވުނެވެ.ނަމާދު ވަގުތު ފަހަނައަޅައި ދާތީ އަހަރެން ކަންބޮޑުވީ އިންތިހާ އަށެވެ.އޭރު ފާޚާނާގައި އާރިން އުޅޭ އަޑު އިވެއެވެ. ނަސީބަކުން އަހަރެން ތެދުވެ ފާޚާނާއަށް ވަންނަން ތައްޔާރުވެލިތަނާހެން އާރިން ނުކުމެއްޖެއެވެ.

****

’ލޯބި އަވަސްކޮށްލާތި އިނގޭ…އިރު އަރަން އެއުޅެނީ…‘ އަހަރެން ފާޚާނާއަށް ވަންނަނިކޮށް އާރިން ބުނެލިއެވެ.އެހެނަސް ހިތަށް ލިބިފައިވާ ނުތަނަވަސްކަމެއްގެ ސަބަބުން އަހަރެން އެވަގުތު އާރިންއާއި އަނގައިންވެސް ބުނާ ހިތެއް ނުވިއެވެ.ހިތާއި ހިތުން ކުށްވެރިކުރެވުނީ އާރިން އެވެ.އެހެނަސް ހަގީގަތުގައި އަހަންނަށް އާރިންއާއި ދިމާލަށް އިނގިލި ދިއްކުރެވޭކަށް ނެތެވެ.އަހަރެން ރީތިކޮށް އާރިން ގާތުގައި ނަމާދު ވަގުތު ޖެހުނީކަން ބުނެލިނަމަ ހަގީގަތުގައި އެކަން އެގޮތަކަށް ނުވީހެވެ.ފިރިމީހާވެސް އިސްވާނީ ނަމާދުގެ ފަރުޟު އަދާކޮށްފައެވެ.

****

އަހަންނަށް ނަމާދު ލިބުނީ ހަމަ ކިރިޔާއެވެ.ޒިކުރު ތަސްބީހަވެސްކޮށް ނުނިމިގެން އުޅެނިކޮށް އިރު އަރައިފިއެވެ.އޭރު އާރިންއެއް ކޮޓަރިއަކު ނެތެވެ.އޭނާ ދިޔަ ތަނެއް ދާނީ ކޮންތާކަށް ކަމެއްވެސް އަހަންނަކަށް ނޭނގެއެވެ.އެހެނަސް ފިރިމީހާ ކިރިޔާ ލޯމަތިން ގެއްލޭއިރަށް އޭނާއަށް ގުޅާ އުނދަގޫ ކުރާ ކަހަލަ ’ހެލިކޮޕްޓަރު‘ އަނތްބަކަށް ވާކަށް އަހަރެން ބޭނުމެއް ނުވިއެވެ.

****

ކޮފީއެއް ބޯލަން ކަމަށް އަހަރެން ބަދިގެ ފަރާތަށް ނުކުތް ވަގުތު ނޭފަތުގައި ޖެހުނު ތާޒާ ބިސްގަނޑު އެޅޭ ވަހުން އަނެއްކާވެސް އަހަރެންގެ ބަނޑުން އަޑު ކިޔައިލިއެެވެ.އުނދުން ދޮށުގައި ތަވައެއް ހިފައިގެން ބިސް ގަނޑު އެޅުމުގައި ހަރަކާތްތެރިވަމުން ދިޔަ އާރިން ފެނިފައި އަހަންނަށް އިޚުތިޔާރަކާއި ނުލައި ހިނިތުންވެވުނެވެ.

****

’ގުޑް މޯރނިން މައި ލަވް…އައި މޭޑް ބްރެކްފަސްޓް ފޮރ ޔޫ…‘ އާރިން ލޯތްބާއި އެކުގައި ބުނެލިއެވެ.އެއޮއް ހެނދުނާއިވެސް އޭނާ ފެންނަލެއް ތާޒާކަމާއި ފުރިހަމަ ކަމުން އަހަރެންްގެ ހިތުގެ ހިނގުމަށް އެނގުންވެލިއެވެ.

****

މޭޒުމަތީގައި ބަހައްޓާފައި ހުރި ތަށިތަކަށް އާރިން އިޝާރާތް ކޮށްލުމުން އަހަރެންްގެ އަނގަ ހުޅުވުނެވެ.އާވި އަރަ އަރާ ހުރި ދެ ކޮފީ ޖޯޑާއި، އެކި ކަހަލަ ބެރީތައް އެކުލެވޭ މޭވާ ބޯތަށްޓަކާއި، ކްރެޕޭއާއި ނަޓެއްލާ، ހިތުގެ ބައްޓަމަށް ފިހެލާފަައި މައްޗަށް މާމުތާއި ބެރީކޮޅެއް އަޅާފައި ހުރި ޕޭން ކޭކު ތަކާއި، އެވަކާޑޯ ޓޯސްޓް އަދި ބިސްގަނޑު އަތުރާފައި ހުރި ތަށިތައް ފެނިފައި އަހަރެން ކުޅު ދިޔާވިއެވެ.ހީވީ ފިލްމެއްގެ މަންޒަރެއްގައި އުޅެވެމުން ދިޔަހެންނެވެ.އާންމުކޮށް އެހާ ރޮމޭންޓިކްކޮށް ފިރިހެނަކު އަންހެނަކަށްޓަކައި ހެނދުނުގެ ނާސްތާ ތައްޔާރު ކޮށްދޭތަން ފެންނަނީ ފިލްމުތަކުން ވިއްޔާއެވެ.

****

’ދިސް ލުކްސް ސޯ ގުޑް… ޔޫ ޑިޑިންޓް ހޭވް ޓު…ތެންކިއު އާރިން…‘ ބުނާނެ އެއްޗެއް ނޭނގިގެން އަހަރެން އެންމެ ފަހުން ބުނެލީމެވެ.

****

’އެނީތިން ފޮރ ޔޫ މައި ލަވް…ލުކްސް އެކޭ އެއްވަރަށް ރަހަވެސް މީރުވާނެ…‘ އެއްލޯ މަރާލަމުން އާރިން ބުނެލިއެވެ.އަހަރެންގެ ދެކޮލަށް ހޫނުވެގެން ދިޔައެވެ.އާރިން އައިސް އަހަންނާއި ކުރިމައްޗަށް ވާނޭހެން އިށީނދެ އަހަންނާއި ބައިވެރިވެ ސަޔަށް އިންސާފު ކުރަން ފެށްޓުމުން އަހަރެންވެސް ލަސްނުކޮށް ސައިބޯން ފެށީމެވެ.

****

ފުރަތަަމަ އަނގަޔަށް ލީ ޕޭން ކޭކު ކޮޅުގެ ރަހަ ޖެހުމުންވެސް މީރުވެގެން އަހަންނަށް ’މްމްމް‘ ލައްވައިލެވުނެވެ.އާރިން އެއް މިޔަކަނުން ހިނި އައިސްފައި އިނދެ އަހަންނަށް ނިއް އަރުވައިލީ އޭނާ ބުނީ ތެދެކެއް ނޫންހޭ ބުނާ ކަހަލަ ގޮތަކަށެވެ.

****

’އަސްލުވެސް ވަރަށް މީރު…‘އާރިންގެ ތޫނު ނަޒަރު އަހަންނަށް އަމާޒުވަމުން ދިޔަކަން އެނގި ނޭނގޭ ކަމަށް ހެދެން ވެގެން އަހަރެން ފަހަރަކު އެއްޗެއްގެ ރަހަ ބަލާލާފައި ތައުރީފް ކޮށްލީމެވެ.ހަގީގަތުގައިވެސް ވަރަށް މީރެވެ.ކެއްކުމުގެ ހުނަރުވެސް އާރިންގެ އެބަހުރިކަން އޭނާ ވަރަށް ރަނގަޅަށް ސާބިތުކޮށްދީފިއެވެ.

****

ކައިވެންޏަށް މަހެއް ފުރިގެން ދިޔައީ އަަމާން ކަމާއި އޮމާންކަމާއި އެކުގައެވެ.އަހަރެމެން ދޭތެރޭގައި އިރާދަފުޅުން އެއްވެސް މައްސަލައެއް ނުޖެހިއެވެ.އާރިންއަކީ ހަރުދަނާ ޒިންމާދާރު އަހަރެން ދެކެ އިންތިހާއަށް ލޯބިވާ ފިރިއެއްކަން އޭނާ ފާއިތުވީ އެއް މަސް ދުވަސް ތެރޭގައި އެތައް ގޮތަކުން އަހަންނަށް ސާބިތުކޮށްދިނެވެ.އެހެނަސް އެ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އާރިންގެ ސިއްރުވެރި ގޮތެއް ހުންނަކަންވެސް އަހަންނަށް އޮތީ ފާހަގަ ކުރެވެން ފަށާފައެވެ.

****

އެކި ރޭރޭ މަތިން އާރިން ވަރަށް ސިއްރުވެރި ގޮތަކަށް ދަންވަރު ލެޕްޓޮޕް ހިފައިގެން ކޮޓަރި ބެލްކަންޏަށް ނުކުންނަނިކޮށް އަހަންނަށް ހޭލެވުނެވެ.ފުރަތަމަ އަހަރެން އެއީ މާ ބޮޑު ކަމަކަށް ނުހަދަމެވެ.އެހެނަސް ތަކުރާރުކޮށް އެއް ގަޑިއެއްގައި އޭނާ އެގޮތަށް ބެލްކަންޏަށް ނުކުންނަކަން އަހަންނަށް ފާހަގަ ކުރެވުމުން އަހަރެންގެ ހިތުގައި ޝައްކުގެ އޮއިވަރެއް ހިނގަން ފެށިއެވެ.ފަހުން ފަހުން އައިސް އޭނާ ހަމަ ތެދުވާ އިރަށް އަހަންނަށް ހޭލެވެއެވެ. ގިނަ ރޭ ރޭ އާރިން ދެން އެނބުރި އޮށޯންނަން އަންނާނެ އިރެއްގެ އިންތިޒާރުގައި އޮވެ އަހަންނަށް ނިދޭ އިރުވެސް އާރިންއެއް އަދި އަަންނާކަށް ނޫޅޭނެއެވެ.އެހެނަސް ޝައިޠާނާވެސް ހުންނާނީ ދެމަފިރިއެއްގެ ދޭތެރެއަށް ވަންނާނޭ ފުރުސަތަކަށް ބަލަ ބަލާކަން އަހަރެން ހަނދާން ނައްތައެއް ނުލަމެވެ.ކޮންމެ ފަހަރަކު ހިތްހަމަ ޖައްސައިލަނީ އެކަން ހިތަށް އަރުވާލައިފައެވެ.

****

ސައިބޮއެގެން އާރިން ގެއިން ނުކުމެގެން ދިޔައީ އޭނާ ހިންގާ އަބާޔާ ފިހާރައިގެ ހާލަތު ބަލައިލަން ދަނީ ކަމުގައި އަހަރެން ގާތުގައި ބުނެފައެވެ.ފިހާރައިގައި ބައިތިއްބާފައި ތިބެނީ ހުސް ބޭރު މީހުންނެވެ.އެމީހުން ބައެއް ފަހަރު ފަރުވާ ކުޑަކޮށް ކަންތައްތައް ކުރާ ވާހަކަ އާރިން ކުރިންވެސް އަހަރެންްގެ ގާތުގައި އޮތީ  ދައްކަައިފައެވެ.

****

އާރިން ފިހާރައަށް ދިއުމުން އަހަރެން ގޭގައި އެކަނިވުމުން ފޫހިވެގެން ހަލާކުވާވަރުވިއެވެ.ދެމަފިރިން އެކަނި އުޅޭތީ ގޭގައި ކުރާކަށް މާގިނަ ކަންތައްތަކެއްވެސް ނޯވެއެވެ.އާރިންގެ ދައްތައާއި ބޭބެ އުޅުނުއިރު ދޭތެރެއަކުން އެމީހުންގެ ކުދިން ގޮވައިގެން އަހަރެންގެ ގާތަށް އައިސް އުޅެއެެވެ. އޭރު އަހަރެން ފޫހިވާކަށް ވަގުތެއް ނުލިބެއެެވެ. އެކުދިންވެސް އަހަންނަށް އެހާ ވަރު ހުރެއެވެ.އަނެއްކޮޅުން އާރިންގެ ދައްތައާއި ބޭބެއަކީވެސް ނުލާހިކު މީހުނާއި ގުޅޭ މިޒާޖުގެ ދެމީހުންނެވެ. އެ މީހުންގެ ގާތްކަމުން އަހަންނަށް އެމީހުން ސިފަކުރެވުނީވެސް ގާތް ދެ ރަހުމަތްތެރިންހެނެވެ.އެހެނަސް އަހަރު މެދު ތެރެއިން އެކުދިންގެ ސުކޫލް ޗުއްޓީ ނިމޭތީ އެމީހުން އިހަކަށް ދުވަހު އެނބުރި އެކޮޅަށް ފުރީ އާރިންގެ މަންމައާއި ބައްޕަވެސް ގޮވައިގެންނެވެ.އެހެންކަމުން އެ ބޮޑު ގޭގައި އާރިންގެ އާއިލާގެ އިތުރު މީހަކުވެސް ނެތެވެ.

****

އަހަރެން ދެތިން ތާކަށް ގުރުއާން މުދައްރިސެއްގެ ވަޒީފާއަށް ލައިގެން އުޅޭތާވެސް މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ.އެއްތާކުންވެސް އަދި ލައްވައިލާ ގޮތެއް ނުވެއެވެ.ޕާޓް ޓައިމްކޮށް ރޭގަނޑު ހިންގާ ކުލާހަކަށް ކިޔަވައިދޭން އާރިން ދެއެވެ. އެތަނުން ވަޒީފާ ހޯދައިދޭނަމޭ އޭނާ ބުނުމުން އެގޮތެއް އަހަންނަކަށް ކަމަކު ނުދިޔައެވެ.އަމިއްލަ ގުރުއާން ކުލާހެއް ހިންގުމުގެ ޚިޔާލުވެސް އާރިން ދިނެވެ.އެހެނަސް ކުއްލިއަކަށް އާރިން ލައްވާ އެހާ ބޮޑު ޚަރަދެއް ކުރުވާކަށް އަހަރެންގެ ހިތެއް ނުރުހުނެވެ.ދުލުން ބުނެލަން ފަސޭހައަކަސް ހަގީގަތުގައި އަމިއްލަ ގުރުއާން ކުލާހެއް ހިންގުމަކީވެސް ހާދަ ބޮޑު ޚަރަދެކެވެ. އާރިންގެ ވިޔަފާރިއަކީވެސް މާ ފުޅާ ވިޔަފާރިއެއް ނޫނެވެ.އަހަރެންގެ ކުރިއެރުމަށްޓަކައޭ ބުނެ އޭނާގެ ފޯކަސް އަހަންނަށް އަނބުރާލާކަށް އަހަރެން ބޭނުމެއްނޫނެވެ.އަހަރެން ބޭނުންވަނީ އަހަރެންގެ އަމިއްލަ މަސައްކަތުން ކުރިއަރައި ދާށެވެ.

****

އަހަރެން ފޫހިވެގެން ފޯނާއި ކުޅެން އިންދާ އަންނަން ފެށީ ދޮންތަގެ ކޯލެކެވެ.ކޮންމެ ދުވަހެއްގެވެސް ކޮންމެވެސް ވަގުތެއްގައި އެމީހުންގެ ކޯލެއް އައުމަކީ އަހަރެން އާރިންގެ ގެއަށް ބަދަލުވީ ފަހުން އާދައެވެ.އެހާވެސް އަހަރެން ދެކެ އަހަރެންގެ އާއިލާ ލޯބިވެއެވެ.ގަދަރު ކުރެއެވެ.ދޭތެރެއަކުން އަހަރެންވެސް އެމީހުންގެ ގާތަށް ގެއަށް ޒިޔާރަތްކޮށްލައި ހަދަމެވެ.

****

’މިހޫ…ގެސް ވަޓް! ދޮންތަ އާއި މެރީ ކުރަން ބޭނުންވެގެން މީހަކު ގުޅާ ވަރުން ދޮންތަ ބުނެފިން އިނގޭ ބައްޕައަށް ގުޅާށޭ…ހަމަ ބުނިތަނާ ނަންބަރު އަހައިގެން ހޯދައިގެން ޖަހާ ބައްޕަ އަށް ގުޅައިފި. މިހާރު އާއިލާއާއި ބައްދަލުކުރަން މާދަން މިގެއަށް އަންނަ ގޮތަށް އޮތީ…އަމް ސޯ ނާވަސް… ހިނގާބަލަ އަބާޔާ ޝޮޕިންއަކަށް މިއަދު ހަވީރު‘ ދޮންތަ އެއް ފައްޗަކަށް އަމުނާލިއެވެ.

****

’ވޯ ވޯ އިހަށް މަޑުކޮށްބަލަ…އައި ނީޑް ޑީޓެއިލްސް…ތިހެން އަދި  މެރީކުރަން ބޭނުންވެގެން މީހަކު ގުޅީއޭ ބުންޏަކަސް ނުފުދޭނެ އިނގޭ.ކާކުކަން ބުނަންވާނެއެއްނު…ދެން އޭނާ ރީތިތަ؟ ދޮންތަ ހިތްކީތަ؟ އާނއެކޭ ބުނާނަންތަ؟‘ އަހަރެން ދިމާ ކުރާ ރާގަކަށް އަހައިލުމުން ދޮންތަ ދެނޭ ކިޔައި ޗޮކެއް ކަނޑައިލިއެވެ.

****

’ހުތުރެއް ނޫން…އަދި މަޖާ ތަންކޮޅަކީ ކުރިންވެސް މީނައަށް ދޮންތަ ފެނިފައޯ ހުރީ…އެއްކަލަ ދޮންތަ ރައްޓެހި ޒައިނާ އެނގެއެއްނު… ދޮންތައާއި އެކީގަ ކިޔަވަން އުޅުނު…އޭނަ ދޮންބެގެ ފްރެންޑެކޯ މިއީ…އޭރު ޒައިނާއާއެކީ އުޅެނިކޮށް ދެތިން ފަހަރަކު ދިމާވެސް ވިޔޯ…އެކަމަކު ދޮންތައަކަށް ހަމަ އޭނާ ކުލައެއް ނުވޭ…މާ ކުރިން ދިމާވެފައި ހުރީމަ ތޯއްޗެއް…‘ ދޮންތަ ވަރަށް ފޯރީގައި ބުނެލިއެވެ.ދޮންތަގެ އަޑާއި ރާގު ހުރިގޮތުން ދޮންތަވެސް އޭނާއާއި ގަޔާވާކަން އަހަންނަށް ނަގައިގަނެވުނެވެ.އެހެނަސް ކިތަންމެ ކަމު ދިޔަޔަސް މީހެއްގެ ގޮތް ރަނގަޅަށް ބަލާފައި ނޫނީ ކައިވެނި ކުރަން އެއްބަސް ވުމަކީ ރަނގަޅު ގޮތެއް ނޫންކަން އަހަންނަށްވެސް ވިސްނެއެވެ.

****

’ތި ހުރިހާ އެއްޗެއް ކިޔައިދިން އިރުވެސް އަޅެ އޭނާގެ ނަމެއް ނުބުނަމެއްނު…‘ ދޮންތަ އެ ޒުވާނާއާއި ބޭހޭގޮތުން ވާހަކަ ދިގު ދަންމަން ފެށުމުން އަހަރެން ފާހަގަ ކޮށްލީމެވެ.

’އައްދެ ނުބުނެވޭދޯ…؟ އިހާން ކިޔަނީ‘ ލަދުރަކި ފާޑަކަށް ދޮންތަ ބުނެލިއެވެ.

’އޯކޭ ދޮންތަގެ ހިތުގެ ރާޖާ އާއި ބައްދަލު ވާނެ އިރަކަށް މިހާރު މި އިންތިޒާރު ކުރަނީ…‘ އަހަރެން ދޮންތަ އިތުރަށް ރަކިކޮށްލަންވެގެން ބުނެލީމެވެ.

’ހޫނ ސާބަހޭ މިހޫ…‘ ދޮންތަ ދެރަ ނުވާންވެގެން އަހަންނާއި ވެސް ދިމާކޮށްލިއެވެ.

****

’ހޫނ ދެން ދެވޭނެތަ ހަވީރު؟‘ އިސްވެ މައުޟޫ ބަދަލުކޮށްލީވެސް ދޮންތައެެވެ.

’އާނ…އާރިންމެން ފިހާރައަށް ދޯ ދާނީ…އެތާ އެބަހުރި ނިކަން ރީތި އަބާޔާ…މިއަދު އާރިން ދެއްކި ފަހުން ގެނެސްފައި ހުރި އަބާޔާތަކުގެ ފޮޓޯއެއް…ހިނގާބަލަ އަޅެ އެތަނަށް ‘ ކުއްލިއަކަށް ހަނދާން ވެގެން ބުނެލި ފަދަ ގޮތަކަށް އަހަރެން ބުނެލީމެވެ.ދޮންތަ ހަމަ ތެދެއްހޭ ކިޔައި ވަގުތުން އެއްބަސްވެއްޖެއެވެ.

****

އަހަރެން މެންދުރަށް ކާން ހަދައިގެން މޭޒުމަތީގައި ތަށިތައް އަތުރައިގެން އިނދެ އިނދެވެސް އާރިންއެއް ކާކަށް ނައެވެ.އެއީ މިވީހާތަނުގައި ކަން ހިނގި ގޮތެއް ނޫނެވެ.ކޮންމެ ތަނެއްގައި ހުރެފައިވެސް މެންދުރު ކާން ގެއަށް އައުމަކީ އޭނާގެ އާދައެކެވެ. ލަސްވިޔަސް ގުޅާފައި ނޫނީ މެސެޖް ކޮށްފައި އޭނާ އެވާހަކަ ބުނެ އެވެ.ގުޅަން ހިތަށް އަރާފައިވެސް ފަސް ޖެހެވުނީ އާރިންއަށް އުނދަގުލެއް ކުރެވިދާނެތީއެވެ.އެހެނަސް އަސުރުވެގެން ދިޔައިރުވެސް ޚަބަރެއް ނުވުމުން އަހަރެންގެ ހިތް ނުތަނަވަސްވާން ފެށިއެވެ.

 

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. Nayerr

    Masha Allah mi part ves Vrh reethi anehkaa aarin koba baa alhey aarin gehli dhaane thy Vrh biru ganey eba anehka aarin kon kameh ekurane lap hifaigen knme reyaku
    So curious???
    Curiously waiting for the next when’s next Avahah up kohdhehchey

    1. Lamtty
      Nayerr

      Thank you Nayerr ❤️
      Alhe hingaa balamaa dho.
      Next part submitted 😊

  2. ......

    Yageen having an affair with his vagu bitu

    1. Lamtty
      ......

      Hehe alhe balamaa dho vaa gotheh.

  3. Raya Raya

    Mi part vx vrh reethi
    Does he have a vagu bitu?
    So curious
    When is next?
    Can’t wait

    1. Lamtty
      Raya Raya

      Thank you Raya ❤️
      Hehe alhe balamaa dho
      Next part submitted 😊

  4. Rysh

    omggggg kameh veetha? what happened to aarin? haaadha kiyaa hiyy vefa indha eyyyyy

    1. Lamtty
      Rysh

      Thank you Rysh ❤️
      Hingaa balamaa vaa gotheh dho.

Comments are closed.