Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

މާސްކު (ޕާޓް 8)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
August 22, 2025 5 Mins Read
2 Comments

’އައިލް ފިނިޝް ވަޓް އައި ސްޓާރޓެޑް…ވެއިޓް ފޮރ މީ އެޓް ހޯމް…‘ އަހަރެން ނުކުމެ ނުކުމެ ހުއްޓައި އާރިން މަޑު މަޑުން ބުނެލި އަޑު އިވުނެވެ.އަހަރެންގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ.

****

އަހަރެން އާރިންގެ ކެބިން އިން ނުކުމެގެން ދޮންތަ ހުއްޓިލައިގެން ހުރި ދިމާލަށް މިސްރާބު ޖެހިއިރުވެސް ދޮންތަ ދިޔައީ ހުއްޓުމެއް ނެތި އަހަންނަށް ގުޅަމުންނެވެ.ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ދެފަރާތަށް ކަޅި އުކަމުން ދިޔަ ގޮތުން ދޮންތަ ހާސްވެފައި ހުރިވަރު އަހަންނަށް އެނގުނެވެ.އަހަރެން ގޮވައިލުމުން އަހަންނާއި މަގަތަށް އެނބުރިފައި ދޮންތަ ދޫކޮށްލީ ފިސާރި ފުން ނޭވާއެކެވެ.މޭގައި އަތް އަޅައިލާފައި ދެފަރާތަށް ބޯ ހޫރައިލި ގޮތުން އަހަރެން ގާތަށް ހިނިވެސް އައެވެ.

****

’އަދި އެބަ ހެޔެއްނު!ސާބަސް ހަމަ މިހޫއަށް… ފޯނު ނުނަގާ ކީއްތަ ތިކުރަނީ؟!…މުޅި ޝޮޕްތެރެ ހޯދިއްޖޭ މިހާރު…ކިރިޔާއޭ ބިރުން ހަލާކު ނުވީ…ދޮންތަ ހީކުރީ  ދޯކާ ދީފައި ފިލައިގެން ގެއަށް ދިޔައީކަމަށް… ކޮންތާކުން އަޅެ ތި އައީ؟!‘ ދޮންތަ ޝަކުވާގެ ރާގެއްގައި އެއް ފައްޗަކަށް އަމުނާލިއެވެ.

****

’އާރިން މިއަދު މިކޮޅުގައި އުޅޭތީ އޭނަ ކޮބާތޯ ބަލާލަން ދިޔައީ…ހޫނ ދެން ހެވޭ…ކަމުދާ އަބާޔާއެއް ފެނުނުތަ؟‘ އަހަރެން އަވަހަށް މަޢުޟޫ ބަދަލުކޮށްލަން ވެގެން ބުނެލީމެވެ.ދޮންތަ ހުންނާނީ އާރިން އޭ ކިޔައިގެން އަހަންނާއި ދިމާކުރާނޭ ފުރުސަތެއް ނުލިބިފައިކަން އަހަންނަށް އެނގެއެވެ.

****

’އޯހ…އަސްލު މިތަނަށް ތިއައީ ހަމަ ފިރިސޮރު ނުފެނި ގިނައިރު ވެގެން ދޯ…އޯކޭއޭ އިނގޭ…ހެހެހެ…ނޫނޭ އެބަހުރި ކަމުދާ ބައިވަރު އަބާޔާ… އޮޕީނިއަން އެއް ހޯދަން މިހޫ ކޮބާތޯ ބަލައިލިއިރު ވަތް ތަނެއް ނޭނގުނު ވިއްޔާ…އެލާޓަށް ދިޔައީ ސީދާ…އާނ މީހަކު ކިޑްނެޕްވެސް ކޮށްފާނެ ވިއްޔާ ދޯ.‘ ދޮންތަ ލާނެތްކަމާއި އެކުގައި ބުނެލިއެވެ.

****

’ އަބަދު މީހުން ވަދެ ނުކުމެވާ މިކަހަލަ ޕަބްލިކް ތަނެއްގައި އެކަހަލަ ކަމެއް ވުމަށް ވުރެ ނުވުން ގާތީ…‘ އަހަރެން ޖެއްސުމަށް ބުނެލީމެވެ.

****

ދޮންތައަށް ކަމުދިޔަ އަބާޔާ އަހަންނަށް ދައްކައިލިއެވެ.މާ ބޮޑު ޑިޒައިނެއް ނެތަސް އަތުކުރީގައި އިން އެމްބްރޮއިޑަރީ މަސައްކަތް އަހަންނަށް ވަރަށް ކަމުދިޔައެވެ. ދޮންތައާއި އަހަރެންގެ ރަހަތައް ހަމަ އެއް ގޮތީއެވެ.

*****

’ހިނގާ ގެއަށް ގޮސްލާފަ ދާން…މަންމަ ވަރަށް އުފާވާނެ މިހޫ ދިޔައިމަ…ފަޔަކަށް ތަދުކޮށްލައިގެން އުޅެނީވެސް…އިނގޭ މަންމައެއް ނުބުނާނެކަން އެހެންވެ މިބުނީވެސް…‘ކައުންޓަރަށް ފައިސާ ދައްކާ ނިންމާފައި ފިހާރައިން ނުކުންނަން ދަމުން ދޮންތަ ބުނެލިއެވެ.

****

’އަދި ބުނަން އަވަސް އިނގޭ… ފޯނެއް އޮވޭ ގައިމު…އަޅެ ދޮންތަވެސް ކީއްވާނީ ގުޅާފަ ނޫނީ މެސެޖެއް ކޮށްލާފައިވިޔަސް ބުނެލަން… ކިހިނެއް ފަޔަށް ތަދުވީ އަޅެ؟! މަންމައެއް ނުބުނާނެ ހަމަ އެއް ކަމެއް ވިޔަސް… އަބަދުވެސް ބުނަން ކިރިޔާ ކަމެއްވިޔަސް ބުނައްޗޭ…‘ މަންމަ ބަލިވެ އުޅޭކަން ދޮންތަގެ ފަރާތުން އެނގުމުން އަހަރެން ވަރަށް ދެރަވިއެވެ.މަންމަ އިސްވެ އަހަރެންގެ ގާތުގައި ނުބުނީތީ ހިތާ ހިތުން ޝަކުވާކޮށްލެވުނެވެ.ދޮންތަވެސް އެވާހަކަ ކުރިން ނުބުނީތީ އަހަރެން ވަރަށް ހިތްހަމަ ނުޖެހުނެވެ.

****

’ފާޚާނާ ތެރެެއަށް ކަހާލައިގެން ވެއްޓުނީ… ނަސީބަކުން ފަޔަށް އެކަނި ތަދުވީ…‘ ދޮންތަ ބުނެލިއެވެ.އަހަންނަށް ޗޮކެއް ކަނޑައިލެވުނެވެ.

****

މައިންބަފައިންނާއި ދުރުގައި އުޅެން އަހަންނަށް އެންމެ އުނދަގޫވާ އެއް ސަބަބަކީ އެއީއެވެ.ބައްޔެެއް ވިޔަސް ކަމެއް ދަމެއް ބޮޑުވިޔަސް އަބަދުވެސް ބަލާނީ ދަރިންގެ ގާތުގައި ނުބުނެ ފަރުޖެއްސޭތޯއެވެ.ދަރިންނަށް އުނދަގުލެއް ކުރެވިދާނެތީ ދަރިންގެ ހަމަ ޖެހުމަށްޓަކައި އެކަހަލަ ކަންތައްތައް ސިއްރުކުރުމަކީ ހަމަ ގިނަ މައިންބަފައިންގެ އާދައެކެވެ.

****

މަންމައާއި މެދު ކަންބޮޑުވީ ވަރުން އަހަރެން  ދޮންތައާއިއެކުގައި މަންމަމެން ގެއަށް ދިޔައީމެވެ.ދޮންތަގެ ފަހަތުން ގޮސް އަހަރެން އެތެރެއަށް ވަތް ތަން ފެނުނުހާއިރަކަށް މަންމަގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.އޭރު މަންމަގެ ފައި މޮޑެދޭން ގާތުގައި ތުއްތަވެސް އިނެވެ.

****

’އަނހާ ދަރިފުޅާ… އަވަހަށް އުޅޭ ސައިބޯން…‘ އަހަރެން ފެނުމުން ގައިގައި އަޅަމުން ދިޔަ ވޭނުގެ މަތިންވެސް މަންމަ ހަނދާން ނެތުނު ކަހަލައެވެ.ތެދުވަން މަސައްކަތް ކުރަން ފެށުމުން ތުއްތަ އަތުގައި ހިފައި ކޮޅަށް ތެދުވަން އެހީތެރިވެދިނެވެ.

ބައްޕަވެސް އަހަރެން އައިކަން އެނގިގެން ހަމަ މަންމަ ބުނި ބީދައިން އަވަހަށް ސައިބޯން އުޅޭށޭ ކިޔައިފިއެވެ.އެންމެ ފަހުން އެންމެންވެސް ކުރުނުކޮށް ކިޔަން ފެށުމުން އަހަރެން ކަޅު ސައި ތަށްޓެއް ހަދާލައިގެން ކުޅި ކާޖާއާއި އެކުގައި ސައިބޯން ފެށީމެވެ.

****

 

’މަންމަ އަޅެ ނުވެސް ބުނޭ ފަޔަށް ތަދުވި ވާހަކައެއް..‘ ސަޔަށް އިންސާފު ކުރަން އިނދެފައި އަހަރެން މަންމައާއި ޝަކުވާކޮށްލީމެވެ. އެއްޗެކޭ ބުނުމުގެ ބަދަލުގައި މަންމަ ހިނިތުންވެލީއެވެ.

****

’މި ދެން އެވަރު ކަމެއް ނޫނޭ ދަރިފުޅާ…ތުއްތަ ބޮނޑިތާން ކޮށްލަދިން ފަހުން މިހާރު ވަރަށް ބޮޑުތަން ރަނގަޅުވެއްޖެ…ދެން ދެ ދުވަހެއްގެ ތެރޭ ރަނގަޅު ވެދާނެ…ދަރިފުޅު ކަންބޮޑުވާނެ ކަމެއް ނެތޭ..މަންމަ އޯކޭއޭ‘ އޯގާތެރި ކަމާއި އެކުގައި މަންމަ ބުނެލިއެވެ.ތުއްތަ މޫނަށް ހަދައިލި ގޮތުން އެއީ މުޅިން ތެދު ނޫންކަން އަހަންނަށް އެނގުނެވެ.

****

’ނޫން…އެކްސްރޭއެއް ނަގާލަންވާނެ…ތި އޮތީ ތިފައި ދުޅަވެފައި އޮތްވަރު…ހަމަ ކަށިގަނޑަކަށް ގޮތެއް ވެފައިވެސް ހުރެދާނެ…ހިނގާ ދާން ހޮސްޕިޓަލަށް…‘ މަންމަގެ ގޮތް އެނގިހުރެވެސް އަހަރެން ބުނެލީމެވެ.

****

’ނުނޭ… ކަށިގަނޑަކަށް ކަމެއް ވީނަމަ ވިއްދާ ވަރުންވެސް އޮބި ނޯތީސް… އެވަރެއް ނުވޭ އިރާދަފުޅުން…އެ ހަމަ ތަދުވެފަ އެ އޮތީ…‘ މަންމަ ބުނެލިއެވެ.

****

’ކިއެއް ކުރާނީ ދަރިފުޅާ… އެއްގޮތަކަށް ހޮސްޕިޓަލަށް ނުގެންދެވިފަ އެހުރީ…މަންމަވެސް ބޯހަރޭ ނިކަން…‘ ބައްޕަ ބުނެލިއެވެ.

****

’ހޫނ ދެން އެ އެވަރު ކަމެއް ނޫނޭ…‘ މަންމަ ގޮތް ދޫކުރާ ކަހަލަ ޚިޔާލެއް ނުކުރިއެވެ.

****

’ކިތަންމެ ތަދުވިޔަސް މަންމަ ބުނާނެ މަންމަ އޯކޭއޭ…‘ އަހަރެން އެހެން ބުނެލުމުން ތި ހަމަ ތެދެކޭ ކިޔައި އެންމެން އަހަަންނާއި އެއްބައި ވެއްޖެއެވެ.

****

އާއިލާއާއި އެކުގައި ވަގުތުތައް ހޭދަވެގެން ދިޔަ ގޮތްވެސް އަހަންނަށް ނޭގުނެވެ.އިޝާ ނަމާދުކޮށްލައިގެން އަހަންނަށް ގެއަށް ދާން ނުކުމެވުނު އިރު އަށެއް ޖަހަން ހުރީ ކުޑަތަންވެފައެވެ.އާރިން ހިތްހަމަ ނުޖެހިދާނެތީވެސް އަހަރެން ވަރަށް ކަންބޮޑުވިއެވެ.މަންމަމެން ގޭގައި ކަމަށް ބުނެ މެސެޖް ކުރުމުން އޭނާ ޖަވާބެއްވެސް ދިނީކީ ނޫނެވެ.

****

އަހަރެން އެޕާޓްމަންޓްގެ ދޮރު ހުޅުވައިލިއިރު މުޅި ތަނުގައި ރަސްކަން ކުރަމުން ދިޔައީ ކަނު އަނދިރިކަމެވެ.އާރިން އަދިވެސް ގެއަށް ނާންނަނީތާއޭ އަހަރެންގެ ހިތަށް އެރިއެވެ.

****

’ޔޫއަރ ލޭޓް…‘އެތެރެއަަށް ވަދެ އަހަންނަށް ބޮކިވެސް ނުޖެއްސިގެން އުޅެނިކޮށް ސިޓިން ރޫމް ސޯފާތަކާއި ދިމާލުން އާރިންގެ އަޑު އިވިފައި،ސިއްސައިގެން ގޮސް ތޫލި އަޑަކުން އަހަންނަށް ހަޅޭއްލަވައި ގަނެވިއްޖެއެވެ. މެއާއި ދިމާލުން އެއް އަތް ހުރަސްކޮށްގެން ހުރެ އަވަސް އަވަހަށް ބޮކި ޖައްސާލިއިރު އާރިން އިނީ ސޯފާގައި އިށީނދެލައިގެން އަހަންނާ ދިމާލަށް ނުރައްކާތެރި ނަޒަރަކުން ބަލަހައްޓައިގެންނެވެ.ކަތުރު ކަށިގަނޑަށް ވާން ވެލާފައި ހުރި ގޮތުން އޭނާ އެހުރީ ރުޅިއައިސްފައިކަން އަހަންނަށް އެނގުނެވެ.

****

’އަހަރެން ނުބުނަންތަ ގެއަށް އައިސް އަހަންނަށް އިންތިޒާރު ކުރާށެކޭ…‘ އާރިންގެ އަޑުގައި އެކުލެވުނީ ހަރުކަށިކަމެވެ.އެ އަޑު އިވިފައި އަހަންނަށް ހިންދިރުވައިލެވުނެވެ.މުޅި ހަށިގަނޑު ފާޑަކަށް ރޫ ރޫ އަޅައިގަތެވެ.

****

’ސޮރީ…މަންމަ…ބަލިވެ އުޅޭތީ…ގެއަށް ގޮސްލީ…‘ ޖެހިލުންވީ ވަރުން އަހަންނަށް ވާހަކަ ދައްކާކަށްވެސް ފަސޭހައެއް ނުވިއެވެ.މި ނޫނީ އާރިން އެހާ ރުޅިއައިސްފައި ހުއްޓައެއް އަހަންނެއް ނުދެކެމެވެ.

****

އާރިން އެއްޗެކޭ ނުބުނެ ތެދުވެގެން އައި ގޮތަށް އަހަރެންގެ މޫނާއި މޫނު ޖެހޭހާ ގާތުގައި ހުއްޓިލިއެވެ.އޭނާ ކުރަން އުޅޭ ކަމެއް ނޭނގޭތީ އަހަރެން ހުރީ އަތަކަށް ގުޑިލާންވެސް ނުކެރިފައެވެ.

****

’ދޭ ރޫމަށް…އެނދުމަތީގައި އޮންނާނެ އެއްޗެއް… އެ ފެނުނީމަ މިހްރާއަށް އެނގޭނެ ދެން ކަންތައް ކުރަންވީ ގޮތް…ޑޯންޓް މޭކް މީ ވެއިޓް…މައި ޕޭޝަންސް ލެވެލް އިޒް އެޓް ޒީރޯ ރައިޓް ނައު…‘ އަހަރެންގެ ކަންފަތް ބުޑުގައި މަޑު މަޑުން އާރިން ބުނެލިއެވެ.އެ ބަސްތައް އިވިފައި އަހަރެންގެ މުޅި ހަށިގަނޑުގައި ފިނީގެ ރާޅެއް ދަތުރުކޮށްލިއެވެ.

****

އާރިން ބުނި ބަހަށް ކިޔަމަންވެ، އަހަރެން އަވަސް އަވަހަށް ގޮސް ކޮޓަރިއަށް ވަނީމެވެ.ބޮކި ޖައްސައިލި ވަގުތު އެނދުގެ ފައިލާކޮޅުގައި ބަހައްޓާފައި ހުރި ކަޅު ކުލައިގެ ’ގިފްޓް ބޮކްސް‘ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ބަލާކަށް ނުހުރެ އަހަރެން އެ ދިޔަ ގޮތަށް ގޮސް އެ ފޮށި ނަގައި ހުޅުވާލައިފީމެވެ.ފުރަތަމަވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ އެންމެ މައްޗަށް ވާގޮތަށް ފެންނަން އޮތް ނޯޓުކޮޅެވެ.އެ ނަގައި އޭގައި ލިޔެފައި އޮތް އެއްޗެއް ކިޔައިލި ވަގުތު އަހަރެންގެ މުޅި ގައިން ހީބިހި ހިލިގެން ދިޔައެވެ.

****

’އައި ކޭންޓް ވެއިޓް ޓު ރިޕް ދިސް އޯފް އޮފް ޔޫ‘ އެ ނޯޓުކޮޅުގައި ވިއެވެ.އެ ކިޔާފައި އެ ފޮށީގެ ތެރޭގައި ދެން އެ އޮތީ ކޮން އެއްޗެއްކަން އަހަންނަށް ވަގުތުން ނަގައިގަނެވިއްޖެއެވެ.ރީތިކޮށް ފަށްޖަހާލާފައި އޮތް  ރަތްކުލައިގެ ’ލާންޖްރޭ ‘ ނަގައި ނިއުޅައިލި ވަގުތު އަހަންނަށް ދެލޯ ބޮޑުކޮށްލެވުނެވެ.އެ ލައިގެން އަހަރެންގެ ހަށިގަނޑުން ހަމަ އެންމެ ތަންކޮޅެއްވެސް ނިވާ ވުމަކީ ވާނޭ ކަމެއްނޫނެވެ.އެހާވެސް ތުނިވެފައި ނިވާކަން ކުޑައެވެ. އާރިންގެ ކުރިމަތީގައި އެފަދަ އެއްޗެއް ލާން އަހަރެން ދުވަހެއްގެ ކޮޅުންވެސް ހިތަށްވެސް ނާރުވަމެވެ.އެކަމަކު އެންމެ ފަހުން އެކަންވެސް މިއޮތީ ކުރަންޖެހިފައެވެ.ފިރިމީހާގެ އެދުމަކަށް ދެކޮޅެއް ނުހެދޭނެތާއެވެ.

****

ސިކުނޑިއަށް ވެރިވެގަތް ލަދުވެތި ޚިޔާލުތަކުން އަހަންނަށް ތުންފަތުގައި ދައިގަނެވުނެވެ.ދައިގަނެވުނުލެއް ބާރުކަން އިހުސާސްވީ ތުންފަތް ހަލާކުވެ، އަނގައިގައި ލޭ ރަހަ ލީމައެވެ.އޭރު އަހަރެންގެ ތުންފަތް ހީވަނީ ރަތް ކަމުން އެހެންފަދަ ކަމެއްހެންނެވެ.

****

ފާޚާނާއަށް ވަދެ ތާޒާ ވެލައިގެން އެ އެއްޗެއްސަށް ބަދަލުކޮށްގެން އަހަރެން ނުކުތީ ތުވާލިވެސް ގައިގައި އޮޅާލައިގެންނެވެ.އެ ލާންޖްރޭގައި އަހަރެންގެ އަމިއްލަ ނަފްސަށް ބަލައިލަން ޚުދު އަހަރެންވެސް ލަދު ގަތީއެވެ.ފާޚާނާއިން ނުކުތް ވަގުތު އެނދުމަތީގައި އިށީނދެލައިގެން އިން އާރިން ފެނިފައި އަހަރެން ދިޔައީ ސިއްސައިގެންނެވެ.ތުވާލިގަނޑު އިހުނަށްވުރެވެސް ބޮޑަށް މެއާލައި ބޮނޑިކޮށްލެވުނެވެ.

****

’ދެން އަޅެ އާރިން!‘ އާރިން ބަލަން ހުރި ގޮތް ފެނިފައި އަހަރެންގެ ދުލުން އިޚުތިޔާރަކާއި ނުލައި ބޭރުވިއެވެ.

****

އާރިންގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.އަހަރެން މެއާއި ދިމާލުން ތުވާލި ބޮނޑިކޮށްލައިގެން ހުއްޓާ އާރިން އައި ގޮތަށް އައިސް އަހަރެންގެ އަތުން ތުވާލި ދަމައިގަނެ ބިންމައްޗަށް ހޫރާލައިފިއެވެ.ވަގުތުން އާރިންގެ ލޯ ކުރިމަތީގައި އަހަރެންގެ މުޅި ޖިސްމު ކަޝްފު ވެގެން ދިޔައެވެ.އާރިންގެ ދަހިވެތި ނަޒަރު އަހަރެންގެ ފައިން ފެށިގެން ބޮލަށް ދަތުރުކޮށްލިތަން ފެނި ލަދުން ގޮސް ހުރިތަނަށް ވިރިގެން ދިޔަ ނަމައޭ އަހަރެންގެ ހިތަށް އެރިއެވެ.

****

’ވަޓް އާރ ޔޫ ޓްރައިނަ ހައިޑް ލަވް….؟ އޭޒް އިފް އައި ހެވެންޓް ސީން އޯލް އޮފް ޔޫ އޯލްރެޑީ…‘ އާރިން އަހަރެންގެ ކަނދުރާގައި އަތްތިލަ ބީއްސާލަމުން ބުނެލިއެވެ.އަހަރެންގެ ދެލޯވެސް އާރިންގެ އެ ލުއި ބީހިލުމަށް ކިޔަމަންވެ މެރުނެވެ.

****

’ބޭބް ޔޫއަރ ސޯ ހޮޓް… އެކަމަކު އަދި ފުރިހަމައެއް ނުވޭ…‘ އާރިން ބުނެލި އެއްޗަކުން އަހަންނަށް ދެބުމަ ކައިރިކޮށްލެވުނެވެ.އާރިން އެބުނީ ކިހިނެއް އަހަރެން ފުރިހަމަ ނުވާ ވާހަކަ ހެއްޔެވެ؟ އަހަރެންގެ ހަށިގަނޑުން އޭނާއަށް އައިބެއް ފެނުނީ ހެއްޔެވެ؟އިސާހިތަކު އެފަދަ އެތައް ޚިޔާލުތަކަކުން އަހަރެންގެ ސިކުނޑި ހާސްކޮށްލައިފިއެވެ.

****

ވާނުވާ ނޭނގިފައި އަހަރެން އާރިންއާއި ދިމާލަށް ބަލަން ހުއްޓާ އޭނާ ގޮސް ގިފްޓް ބޮކްސް ތެރެ ހަވާލާފައި ނެގި އެއްޗަކުން އަހަރެންގެ ނިތަށް ކުދި ރޫތަކެއް އަރައިގެން ދިޔައެވެ.ކުރިއަކުން އަހަންނެއް އެޔެއް ނުދެކެމެވެ.ފޮށިތެރެ ރަނގަޅަށް ނުބެލެނީތާއެވެ.

****

އެއީ ރަތާއި ކަޅު ކުލައިން ޖަރީ ކުރެވިފައިވާ މުޅި މޫނު ފޮރުވޭ ގޮތަށް ތައްޔާރުކުރެވިފައިވާ މާސްކެކެވެ.

****

’ސީރިއަސްލީ؟‘ އާރިން އަހަންނަށް އެ ދައްކައިލުމުން އަހަރެން ފުރަތަމަ ހީކުރީ އާރިން ސަމާސާއެއް ކުރަނީ ކަމަށެވެ.

****

’ޑެޑް ސީރިއަސް!‘ އެހެނަސް އާރިންގެ އަޑުގައި  އެކުލެވުނު ސީރިއަސްކަން އަހަރެންގެ ދޫ ހިމޭންކޮށްލިއެވެ.

****

’ނޮޓް ޖަސްޓް ޔޫ…‘ އާރިން ގޮސް ވެނިޓީ ޓޭބަލްގެ ދަމާ ވަތްގަނޑުން ހަމަ އެ ޒާތަކަށް އޮތް ހުސް ކަޅުކުލައިގެ މާސްކެއް ނެގިއެވެ.އޭނާ އެ އަޅައި މޫނަށް ހެޔޮވަރުކޮށްލުމުން އޭނާ ރަނގަޅަށް ދަންނަ މީހަކަށް ނޫނީ އެއީ އޭނާކަން ބުނެދޭން ނޭނގޭހާ ތަފާތުވިއެވެ.

****

އަހަންނަށް ޚާއްސަ ކުރެވިފައިވާ މާސްކު މޫނުގައި އަޅައި ހެޔޮވަރުކޮށްލިހެނެއް ހިޔެއް ނުވެ އާރިން އެއްލި އަތުން އަހަރެންގެ މެދުހަށީގައި ހިފައި އޭނާއާއި ގާތަށް ދަމާލައިފިއެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

އަބަދަށް-32

Next

ނުވާނަމޭ ބަދަލެއް ހުވާ ޔާރާ (10)

Next
August 22, 2025

ނުވާނަމޭ ބަދަލެއް ހުވާ ޔާރާ (10)

Previews
August 22, 2025

އަބަދަށް-32

2 Comments!

  1. Aysherr says:
    August 24, 2025 at 2:16 pm

    Mi bai ves Varah reethi ma sha allah.. vrh curious ves vehjje 😭
    Gurll When next..? Please avahah up kurahchey
    <33

    1. Lamtty Lamtty says:
      August 24, 2025 at 11:33 pm

      Thank you Aysherr ❤️
      Aneh part already out
      Enjoy 😊

Comments are closed.

Next Episodeމާސްކު (ޕާޓް 9)←


All Right Reserved!