ދޮންމަންމަ އެވާހަކަތައް ފެށިތަނުން ޖުނައިދު ދޮންމަންމަގެ ވާހަކަތައް ހުއްޓުވައިފިއެވެ. އަދި އޭނައަށް އެކަންތައް އެނގޭކަމުގައި ބުންޏެވެ. އޭނަ ހަމައެކަނި ބޭނުންވަނީ އަހަރެންނައި ކައިވެނި ކުރުމަށް ކަމުގައި ބުންޏެވެ. އަދި ކޮންމެ ގޮތަކަށް ލިބިފަ ހުއްޓަސް އޭނަގެ ފަރާތުން އެދަރިފުޅަށް ބައްޕައެއްގެ ލޯބި ދޭނެ ކަމުގައި ބުންޏެވެ. އެވާހަކަތައް އަޑު އިވުމުން އަހަރެންނަށް ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ދޮންމަންމަ އިތުރު އެއްޗެކޭ ނުބުނެވެ. ނަމަވެސް އާޔަން ވާހަކަ ކުރިއަށް ގެންދިޔައެވެ. އެމީހުން އެކައިވެންޏާ ރުހޭ ކަމުގައި ބުންޏެވެ. އަދި […]
އަހަރެންނަށް މި ދަރިފުޅުގެ ބައްޕަޔަކީ ކާކުކަން އޭނގޭނަމަނޫން ހެއްޔެވެ. އަހަރެންގައިގައި ކޮޅަށް ހުންނާނެ ހިތްވަރު ނެތުމުން ކޮޓަރިއަށް ދިޔުމަށްޓަކައި ހިނގައިގަތީމެވެ. އަހަރެންނަށް ދެވުނީ ސިޑިއާ ހަމައަށެވެ. މޫނުމައްޗަށް އަރައިގެން ދިޔައީ ދޮންމަންމަގެ ހޫނު ވިހަގަދަ އަތްތިލައެވެ. ޖެހި ބާރުކަމުން އަހަރެން ކޮޅަށް ހުރުން ވީ ދަތިކަމަކަށެވެ. ވަގުތުން ވެއްޓެން ދިޔައެވެ. އަހަރެންގެ ބޮލަށް ވަރަށް ތަދުވިކަން އެނގުނެވެ. އޭގެފަހުން އަހަރެންނަށް ފެނުނީ އާޔަން އަހަރެންގެ ނަމުން ގޮވަމުން އައިސް ކައިރިގައި ހުއްޓުނު ތަނެވެ. އަހަރެންނަށް ލޯ ހުޅުވާލެވުނު […]
” އާނ! އެފަދަ ދެވަނަ ބައްޕައެއް ދުވަހަކުވެސް ނާންނާނެ.. އަހަރެންގެ އުމުރުން އަށާރަ އަހަރުގައި ބައްޕައެއްގެ ލޯބި އިޙުސާސްވީ..އެއީ އަމީގެ ބައްޕަގެ ފަރާތުން… އަހަރެންގެ އަމިއްލަ ބައްޕަ ދުވަހަކުވެސް ލޯބިން އަހަރެންގައިގައި ފިރުމާފައެއް ނެތް.. ނުވިތާކަށް މަންމަ ދޫކޮށްދިޔަ ފަހުން ދިން އެއްޗެއްވެސް ނެތް.. މަންމަ ވަރަށް ޙާލުގައި އުޅެނިކޮށް މަންމަޔަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނީ އަމީގެ ބައްޕަ.. ނަމަވެސް މިހާރު މަންމަޔަށް އެކަމެއް ނުވިސްނޭ.. އަސްލު ބަހެއް ނުކިޔާ ހުއްޓަސް ވަރަށް ދެރަވޭ.. ބަހެއް ކިޔަސް […]
އާދައިގެ މަތިން މިއަދުވެސް ރޭގަނޑު ތިނެއް ޖެހީ އަހަރެން ހޭލާ ހުއްޓައެވެ. އެހެން ރޭތަކެކޭވެސް އެއްފަދައިން ފެންވަރައިލައިގެން ތަހައްޖުދު ނަމާދު ކޮށްލީމެވެ. ހިތައް އެންމެ ބޮޑު ހަމަޖެހުމެއް ލިބިގެންދަނީ ދަމުތެދުވެ މިކުރާ ނަމާދުންނެވެ. ފަތިސް ނަމާދާ ދެމެދު އޮތް ވަގުތު ދިޔަގޮތެއްވެސް ނޭނގެއެވެ. ދުޢާ ކުރުމަށް އަތް އުފުލިގޮތަށް އަތް ތިރިކޮށްލެވުނީ ފަތިސްނަމާދު ބަންގީގެ ހިތްގައިމު އަޑުންނެވެ. ދިރިއުޅުން ބާއްޖަވެރިކޮށްދެއްވުމަށްއެދި އެތައް ފަހަރަކު ދުޢާކުރެވިއްޖެއެވެ. އެއީ ކޮންމެ ނަމާދެއްގެ ފަހުގައި ވެސް ކުރެވެމުންދާ އާދޭހެކެވެ. ފަތިސްނަމާދުކޮށްލައިގެން އިށީދެލީ […]
އެމީހުނަށް މަލާއިންމެންގެ ރަށަށް ދިޔުމަށް ދެމަސްވަރު ނެގިއެވެ. އަލަށް ފެންނަމުން ދިޔަ މަންޒަރުތަކުން ހާތިބުގެ އެކުވެރިންނާ ސުމައްޔާ ހުރީ އަޖައިބުވެފައެވެ. މިއަށް ވުރެ ކުރިން އެމީހުންނަށް އުޅެވުނު ތަނުގެ ކުޑަކަން އެމީހުންގެ ހިތައް އެރިއެވެ. ހައްޔާމުއަށްވެސް އެހާ ގިނަތަންތަނެއް ފެނިފައެއް ނުވެއެވެ. އެދަތުރުގެ ސަބަބުން އޭނާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. ހާތިބުމެން ދިޔުމުން ގަނޑުވަރުން ވަކިބަޔެއް އެމީހުން އުޅުމަށް ޚާއްސަކޮށްގެންދިނެވެ. މަލާއިންގެ އެދުމަށް ސުމައްޔާ ބެހެއްޓީ މަލާއިންގެ ގޭގައެވެ. އެންމެން ހަމަވުމުން އެރޭގެ ކެއުމުގައި ހާތިބުމެން […]
“ދަރިފުޅާ އެއީ ކޮން ކުއްޖެއްތަ؟… އޭރުނެއްނޫންތަ މަންމަޔަށްވެސް އެހީތެރިކަމެއް ވެދެވޭނީ..” ނައިނާ ބުންޏެވެ. ” މަންމާ އަޅުގަނޑު ބުންޏަސް މަންމަޔަކަށް އެކަމެއް ނުވާނެ… އެއީ އެހެންމީހެއްގެ ހައްގަކަށް ވުމަށްޓަކާ ތައްޔާރުވަމުންދާ ކުއްޖެއް…” ރާވިން އެދައްކަނީ ކޮންކުއްޖަކުގެ ވާހަކަކަން ކޮންމެވެސް ވަރަކަށް ނައިނާއަށް ފަހުމް ވިއެވެ. ” ދަރިފުޅާ!.. މަލާއިންގެ ވާހަކަތަ ތިބުނަނީ..” ނައިނާ އަހާލިއެވެ. ރާވިން އަނގަޔަކުން ނުބުންޏެވެ. ނަމަވެސް އެހިތައް ކުރަމުންދާ އަސަރު އެމަންމަޔަށް އިހުސާސް ވަމުން ދިޔަކަހަލައެވެ. ” އެކަމަކު ދަރިފުޅާ.. އެއީ ދަރިފުޅު […]
ހާތިބު ދިޔަ ދިމާލަށް ބަލަން ހުރި ރާވިންގެ ހިތުގައި އެތައް ކަމެއް ހިނގާލިއެވެ. ރާވިން ދިޔައި ހިތްހަމަޖައްސާލުމަށްޓަކައި އުނދޯލިތައް ތިބި ދިމާލަށެވެ. ހާތިބަށް އުނދޯލީގައި ނުއިށީ ދެވެނީސް އޭނާއާ ދިމާލަށް ބާރެއް އަންނަކަމުގެ އިހުސާސެއް ވިއެވެ. އެހެންކަމުން އެއަންނަ ދިމާލަށް ވަރަށް ފަރުވާތެރިވެގެން ހުއްޓެވެ. ހާތިބު އިނގިލިން ކޮށްލި އިޝާރާތާއެކު ބާރު މިނުގައި ހާތިބުއާ ދިމާލަށް އައި ދަނޑިބުރި ބިންމައްޗަށް ވެއްޓުނެވެ. އަނެއްކާވެސް ދެވަނަ ހަމަލާއެއްއައެވެ. ނަމަވެސް ހާތިބުއާ ހަމައަށް ނުފޯރަނީސް ވެއްޓިއްޖެއެވެ. ރާވިން ދިން ހަމަލާ […]
” އަހަރެމެންގެ ގުޅުމަކަށް އާއިލާއިން ނަފްރަތެއް ނުކުރާނެ.. އެކަމަކު ތިބުނިހެން ރާވިންއަށް ކުރާނެ… އެކަމަކު ރާވިންއަށްވެސް އެނގޭނެ ދޯ ލޯތްބަކީ ގަސްދުގައި ވާ އެއްޗެއް ނޫންކަން؟…” މަލާއިން ބުންޏެވެ. ކޮންމެއަކަސް ދެމީހުންވެސް ގުޅުން ކުރިޔަށް ގެންދަން ބޭނުންވަނީ އާއިލާގެ އެހެންމީހުނަށް އަންގައިގެންނެވެ. ” އިހަށް ހިނގާ ރާވިންއާ ވާހަކަ ދައްކާލަން…އޭރުންދޯ ރާވިން ދެން ކަންތައް ކުރާނެ ގޮތެއްވެސް އެނގޭނީ..” ހާތިބު ބުންޏެވެ. ” އޭނަ އަހަރެމެން ދައްކާ ވާހަކައެއް އަޑެއް ނާހާނެ.. އެއީ އެއަށްވުރެ ބޯހަރު މީހެއް..” […]
” ރާވިން ކިހިނެއްވީ.. ދެލޯވެސް ހާދަ ރަތޭ..” މަޑުމައިތިރި އަޑަކުން މަލާއިން އަހާލިއެވެ. ” މަލާ އަހަރެން ވަރަށް ދުވަސް ވެއްޖެ ހިތުގައި މިވާހަކަ ބާއްވައިގެން އުޅޭތާ… ދެން އެކަމަކު ނުބުނެ ހުންނަން އުނދަގޫވެއްޖެ..” ރާވިން ބުންޏެވެ. ” ކީކޭތަ ރާވިން ނުބުނެވިގެން ތިއުޅެނީ… ރާވިން ކީއްވެ ނުބުނެ ހުންނަންވީ؟..” ރާވިން ބުނަން އެއުޅެނީ ކީއްކޭކަން ނޭނގި މަލާއިން އަހާލިއެވެ. ” މަލާ އަހަރެން… އަހަރެން… މަލާދެކެ ވަރަށް ކުޑައިރުން ފެށިގެން ވެސް ލޯބިވޭ…” ބުނަން ނުބުނަން […]