އޭރު ޖިދާ އިނީ ވަރަށް ބޮޑަށް ނިދިއައިސްފައެވެ. އެހެންކަމުން އޮށޯއްތަނާ މާގިނަ އިރެއްނުވެ ނިދިއްޖެއެވެ. އެހެން ދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް ފަތިސްނަމާދަށް ޖިދާ ހޭލިއެވެ. ނަމަވެސް މިއަދު ނަމާދުކޮށްލައިގެން ބޭރަށް ނުކުމެވޭ ގޮތެއް ނުވިއެވެ. އިއްޔެ ބަނަކޮށް އޮތް ގޮތަށް ދަންވަރު ވެހެން ފެށި ވާރޭ އަދިވެސް ހުއްޓައެއް ނުލައެވެ. ކޮފީއެއް ގިރާގެން އައިސް ބެލްކަނީގައި އިން ގޮޑިއެއްގައި ޖިދާ އިށީނެވެ. އަދިވެސް ހިމަފޮދު ވާރޭ ވެހެމުން ދެއެވެ. ކޮފީ ބޯން އިންތާ އިރުކޮޅެއް ނުވެ އުޝާމްގެ […]
[ޖިދާ ކިހިނެއްތަ؟.. އަހަރެންމީ ކާކުކަމެއް ނޭނގިގެން ދޯ ތިބަލަނީ..] ޑްރައިވަރު އަހާލިއެވެ. [ އާނ!.. ދަންނަ ވައްތަރެއް އެބަޖަހާ.. އެކަމު ނޭނގުނު..] ކަމެއް ހަނދާން ކުރާ ގޮތަކަށް ވާހަކަ ދައްކަމުން ޖިދާ ބުންޏެވެ. [ހަނދާންވޭތަ އުޝާމް އަލީ އާޒިފް.. ޓްރިޕްލް އޭ..] ހިނިގަނޑަކާއެކު އުޝާމް ބުންޏެވެ. [ އޯ.. މިހާރު ހަނދާންވެއްޖެ.. ހާދަ ދުވަސް ފަހުންނޭ ދިމާމިވީ.. ކޮންތާކު ފިލާގެން އުޅެފަ ތި ދައްކާލީ ..] އުޝާމްގެ ނަން ބުނުމުން ހަނދާންވެފަ ސަޕްރައިޒް އެއްލިބުނު ފަދަ ގޮތަކަށް […]
ފަތިހުގެ ހިއްގައިމު ވަގުތު ޖިދާއިނީ ރަސްފަންނުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީދެލައިގެންނެވެ. ހަޔާތާ މެދު ވިސްނުން ނޫން އިތުރުކަމެއް މިދުވަސްކޮޅު ސިނކުޑި ތެރޭގައި ނުވެއެވެ. ހިތައް ވެރިވެފައި ވަނީ އެކަނިވެރިކަމެވެ. އެހެން ހުންނަތާ ގަޑިއެއްހާއިރުވެއްޖެއެވެ. ދުނިޔެމަތި އެއްކޮށް އަލިކޮށްލައިފިއެވެ. އޮފީހަށް ދާ ގަޑިއަށް ތައްޔާރުވުމަށްޓަކައި ގެއަށްދާން ޖިދާ ތެދުވިއެވެ. ހިނގަމުންގޮސް ގޭގެ މަގަށް އެޅުމުން ގެއަށް ބަލަހައްޓައިގެން ހުރެވުނެވެ. އެއީ މީގެ މަހެއްހާ ދުވަސް ކުރިން ކިހާ އުފާވެރި ގެއެއް ހެއްޔެވެ. މިއަދު އެގެ ލޮލަށް ފެނުނަސް […]