” ދައްތާ.. މިހާ ހޫނުއިރު ވަރަށް ދާހިއްލާ… ދެން ގައިގަ ދުވާނީ ކުނިވަސް… އަނެއްކޮޅުން މާގިނައިން ދާހިއްލަންޏާ ގައިން ބިހިވެސް ނަގާ..” އަމްނާ ހިނިތުންވުމަކާއެކު މަންމައަށް ބަލާލަމުން ބުންޏެވެ. ” އަންހެން ކުދިން އައުރަ ނިވައި ނުކޮށް އުޅެންޏާ މިއަށް ވުރެން ހޫނު ދުވަހަކާ ކުރިމަތިލާން ޖެހޭނެ.. އަމްނާ ތި ވިސްނުން ބަދަލުކޮށްލާ… ބުރުގާ އެޅިޔަސް މިހާރުވެސް ވާ ހޫނެއް ވާނީ… ދައްތަމެންވެސް ބުރުގާ އަޅައިގެން އުޅޭތާ ކިތައް އަހަރު..” މަންމަ ބުންޏެވެ. ************************************************* އަމްނާ އިތުރަށް […]
މަސްވިއްކާ ނިމުމުން ބައްޕަ އަހަރެންނަށް ގޮވާފައި ބަރޯ ހިފައިގެން ކައިރިއަށް އައުމަށް ބުންޏެވެ. އަބަދުވެސް ބަރޯގައި މަސް ގެއަށް ގެންދާނީ ބައްޕައެވެ. ” ދަރިފުޅާ! ސައިބޯގެންތަ ބައްޕަ ހޯދަން ތިއައީ؟..” ބައްޕަ އަހާލިއެވެ. އެއީ ބައްޕަ އަބަދުވެސް ރަށަށް ފައިބާ އެންމެ ފުރަތަމަ ވެސް ކުރާނެ ސުވާލެވެ. މަންމަޔާ އަހަރެން ކައިގެން ހުރިތޯ ނުވަތަ ސައިބޮއިގެން ހުރިތޯއެވެ. ” އާނ! ފުރަތަމަ ފަތިސްނަމާދު ކޮށްލައިގެން މަންމަ ދިން ކަޅު ސައި ތައްޓެއް ބޮއިލައިގެން.. ދެން ހެނދުނު މަންމަ […]
ފަތިސްނަމާދަށް ބަންގި ދިނީ އަހަރެން ހޭލާ މި ކުޑަކޮޓަރީގެ އަނދިރިކަމުގެ ތެރޭގައި ހުއްޓައެވެ. އިށީދެގެން ހުރި ގޮނޑިއަށް ދެފައި ނަގައިގެން މޭމައްޗާ ކައިރިކޮށްގެން ކަކޫމަތީ ފޮތް ބާއްވައިގެން އެފޮތުގެ މަތީ ބޯއަޅައިގެން އަހަރެންނަށް ރޯން އޮވެވުނީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. ފޮތް ކިތަންމެ ބާ ނަމަވެސް އެ ފޮތުގެ ބޭރުގަނޑު އެ ފޮތުގެ ވެރިޔާ ހަދައި ފައިވަނީ ނުލާހިކު ރީތިކޮށް އެހާމެ މޮޅުކޮށެވެ. އެހެން ނޫންނަމަ މިހާރު އެފޮތް ގިރިގެން ހިނގައިދާނެކަން ޔަޤީނެވެ. އިވެމުން ދިޔަ […]
ޔުއާން އެއްވެސް ކަމެއް ކުރާ ހިތެއް ނުވެއެވެ. ހަނާގެ ކައިވެނީގެ ކަންތައް ހަމަޖެހެން އުޅޭކަން ޔުއާންއަށް އެނގުނު ހިސާބުން މުޅި މީހާގެ މޫޑު އެއްކޮށް ޚަރާބު ވެއްޖެއެވެ. އޭނާ ކުރި އެއްވެސް އާދޭހެއްގެ އަޑެއް ހަނާނޭހިއެވެ. ހަނާގެ ހިޔާލުތަކުގައި ބަނދެވިފައި ހުރެ ސާރާވެސް ދޫކޮށްލައިފިއެވެ. އަނެއްކޮޅުން ޗުއްޓީ ހަމަވެއްޖެ ތާވެސް އެތައް ދުވަހެއް ވެއްޖެއެވެ. ވަޒިފާއަށް ނުނިކުންނާތީ ވަޒީފާއިން ކަނޑާލާނެ ކަމުގެ މެސެޖުވެސް ލިބިއްޖެއެވެ. ނަމަވެސް އެތަނަށް ދާނެ ހިތްވަރެއްވެސް ޔުއާންގެ ކިބަޔަކު ނެތެވެ. އޭނާއަށްޓަކައި ހަނާ […]
ހުމޭޝްގެ މެސެޖު ހުޅުވައިލުމުން ހަނާގެ ހިތައް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ހުމޭޝްއަށް އާއެކޭ ބުނެ ޖަވާބު ދިނުމަށްފަހު ނިދޭތޯ ލޯމަރާލިއެވެ. ހެނދުނު ތެދުވެ ހަނާއަށް ފުރަތަމަ ކަމަކަށްވެސް މިރޭ ބައްޕައާ ބައްދަލުކޮށްލަން މެހުމާނަކު އަންނާނެ ވާހަކަ މަންމަ ކައިރީގައި ބުނެލެވުނެވެ. ފަލާޙާއަށް ހަނާގެ މޫނުމަތީގައިވާ ހިނިތުންވުން ސިއްރެއް ނުކުރެވުނެވެ. ނަމަވެސް ހަނާ ބުނީއެއީ ސިއްރެއް ކަމަށެވެ. އަދި ބައްޕައަށް އެވާހަކަ ނަންގަނެ ދެއްވަން ހަނާ ބުންޏެވެ. ދުވަހަކީ ހުކުރު ދުވަސްކަމުން ހަނާވެސް ވަރަށް ފަތިހާ ހޭލައިގެން ނިކުތެވެ. […]
މާހިލްގެ ހިތައް އަރާނީވެސް ކީކޭ ހެއްޔެވެ. ލުމާ ލަދުގަންނަން ވެސް ފަށައިފިއެވެ. މިއަދަކީ އަނެއްކޮޅުން ހުރިހާ ސްޓާފުންގެ މީޓިންގ ވެސް އޮންނަ ދުވަހެވެ. މިކަންތަކަށް ފަހު އަނެއްކާވެސް މާހިލްއާ ކުރިމަތިލާން ޖެހުނީއެވެ. ދެބަޔަށް ވަކިން ހަދާފައިވާ ތަނެއް ހުރެ އެތަނުގައި ބޮޑު އަކުރުން ވަކިވާހެން ނަން އަޅައިފައި ހުއްޓާވެސް ލުމާއަށް ކުރެވުނު ކަންތަކުން އަވަހަށް އެތަނުން ނިކުމެގެން ދާންވެސް ހިތައް އެރިއެވެ. އެންމެންގެ ދިމާ ކުރުންތަކާވެސް ކުރިމަތިލާން ޖެހުނީއެވެ. ސައިގަޑީގައިވެސް މިއަދު ދެކަމެއް ނުކުރެއެވެ. އެންމެން ލުމާއާ […]
ނާއިލާ ވިހަން އެމަޖެންސީކޮށް ވެއްދުނެވެ. ދެއާއިލާގެވެސް ބައެއް މެންބަރުން ބޭރުގައި މަޑުކޮށްލައިގެން ތިއްބެވެ. ފަލާޙާގެ ދެފައި އެއްތާކު މަޑެއް ނުވެއެވެ. ވިހަން ވެއްދިތާ ގަޑިއިރެއްފަހުން ރަޖައެއްގައި އޮޅައިލައިގެން ކުޑަކުޑަ ލޯބި އަންހެން ކުއްޖެއް ނެރުނެވެ. ” ފަލާޙާ!.. ދަރިފުޅަށް ހަތްދުވަސް ފާހަގަ ކުރުން ތިގޭގައި ދޯ ބާއްވާނި…” އެންމެން އެކުއްޖާ ނަގާ ފޮޓޯނަގާ ހަދައި ނިމުމުން ނަރުހުން އަނެއްކާވެސް އެދަރިފުޅު ގޮވައިގެން އެތެރެއަށް ވަނުމުން ޒުލޭޚާ ބުންޏެވެ. ” ޒުލޭޚާ ބޭނުން ގޮތެއް.. ހުޝާން ކޮންމެ ގޮތަކަށް […]
ކޮލެޖު ނިމިގެން ގެއަށް އައިސްވަން ލުމާގެ މޫނުމަތީގައި ވަރުބަލިކަމެއްހުއްޓެވެ. މިއަދަކީ ލުމާ ހަދަމުންދާ ކޯހުގެ ފަހު ޓެސްޓް އޮތް ދުވަހެވެ. ލުމާގެ އެވަރުބަލިކަމަކީ ސްކޫލް ދައުރުގައިވެސް ޓެސްޓް ޖެހުމުން އޭނާގެ ކިބައިން ފެންނަ ކަންތަކެވެ. ” ލުމާ ޓެސްޓް ނިމުނީދޯ؟.. ފަސޭހަތަ؟..” މުނާން އަހާލިއެވެ. ” އެހާ އުނދަގުލެއް ނޫން.. ތިއްތީ މިވިސްނަނީ މެހެލް ކްލިނިކާ ގުޅެން… ދެންމެ އައި މަގުމަތީ ދުށިން އެތަނަށް ވަޒީފާގެ ފުރުސަތަކަށް އިއުލާން ކޮށްފައި އޮއްވައި..” ލުމާ ބުންޏެވެ. ” ރަގަޅު […]
” ދައްތާ އަހަރެން އޯކޭ…އެކަމަކު އަހަރެން މިކައިވެންޏަށް އާއެކޭ ބުނުމުން އެހެން މީހުން ރުޅި ނާންނާނެތަ؟.. އަޅުގަނޑަކީ މިގެއަށް ދުރުން އައިސްހުރި މަސައްކަތު މީހެއް…އަސްލު އަޅުގަނޑާ މުނާންއާ އެކަށީގެނެއްވެސް ނުވޭ….އެކަމަކުވެސް މުނާން ބޭނުންވަންޏާ އަދި ދައްތަމެންވެސް އޯކޭ ވިއްޔާ ކުރާގޮތަށް މިހުރީ…” އެކަމަށް ސީދާ އެއްބަސްވާން ނުކެރި ހުރެވެސް ލާނާ ބުންޏެވެ. ” ލާނާއަށް އެނގޭނެ ދައްތަޔަކީ ދައްތަގެ ދަރިން ދިރިއުޅުމެއް ފަށަންވީމަ އެކުދިންނަށް މަޖުބޫރު ކުރާނެ މީހެއްނޫން.. އެކުއްޖަކު ދިރިއުޅުމެއް ފަށާނީ އެކުއްޖަކު ބޭނުންވާ މީހަކާ […]