Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންދީނީ

އަހަރެންގެ ނަސީބު 4

kudhoo Level 310 Stories100 Comments
August 23, 2020 4 Mins Read
9 Comments

ދޮންމަންމަ އެވާހަކަތައް ފެށިތަނުން ޖުނައިދު ދޮންމަންމަގެ ވާހަކަތައް ހުއްޓުވައިފިއެވެ. އަދި އޭނައަށް އެކަންތައް އެނގޭކަމުގައި ބުންޏެވެ. އޭނަ ހަމައެކަނި ބޭނުންވަނީ އަހަރެންނައި ކައިވެނި ކުރުމަށް ކަމުގައި ބުންޏެވެ. އަދި ކޮންމެ ގޮތަކަށް ލިބިފަ ހުއްޓަސް އޭނަގެ ފަރާތުން އެދަރިފުޅަށް ބައްޕައެއްގެ ލޯބި ދޭނެ ކަމުގައި ބުންޏެވެ. އެވާހަކަތައް އަޑު އިވުމުން އަހަރެންނަށް ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ދޮންމަންމަ އިތުރު އެއްޗެކޭ ނުބުނެވެ. ނަމަވެސް އާޔަން ވާހަކަ ކުރިއަށް ގެންދިޔައެވެ. އެމީހުން އެކައިވެންޏާ ރުހޭ ކަމުގައި ބުންޏެވެ. އަދި ސައިގައި ބައިވެރިވެލުމަށް ޖުނައިދުމެން ކައިރިން އެދުނެވެ. ހަފްތާއެއްފަހެވެ. އަހަރެންނާއި ޖުނައިދު ކައިވެނި ކުރެވުނެވެ. ޖުނައިދު ބޭނުންވީ އޭނަގެ ގޭގައި އަހަރެން އުޅުމަށެވެ. އަހަރެން އެކަމާ ރުހި ޤަބޫލުވީމެވެ.

އަހަރެންގެ ޙަޔާތުގައި އަނެއްކާވެސް އާ ބާބެއް ފެށުނެވެ. އަހަރެން ޖުނައިދުއާ ކައިވެނި ކުރިތާ ހަފްތާއެއްވެއްޖެއެވެ. ޖުނައިދު އަހަރެންނަށާ ދަރިފުޅަށް ވަރަށް ރަގަޅެވެ. ޖުނައިދުގެ މައިންބަފައިންވެސް އަހަރެންނަށާ ދަރިފުޅަށް އަޅާލައެވެ. ކޮންމެ ދުވަހަކުހެން ކަހަލަ ގޮތަކަށް ޝާޔާވެސް އަހަރެންނާއި ބައްދަލުކުރުމަށްޓަކައި އާދެއެވެ. ޖުނައިދުއަކީ އޭނާގެ މަންމަޔާ ބައްޕަގެ ހުރި ހަމައެކަނި ދަރިއެވެ. އެމީހުން ޖުނައިދުގެ ކޮންމެ އުފަލަކަށް އުފަލާއެކު މަރުޙަބާ ކިޔައެވެ. އަހަރެން ޖުނައިދުއާއި ކައިވެނި ކުރިތާ ދެމަސްވީތަނާ ޖުނައިދުގެ މައިބަފައިން ލަންކާއަށް ބަދަލުވިއެވެ. އަހަރެމެން ކައިރީވެސް ބަދަލުވުމަށް އެދުނެވެ. ނަމަވެސް ޖުނައިދު އެގޮތް ބޭނުމެއް ނުވިއެވެ. އޭނަ ބޭނުންވަނީ ރަށުގައި ހިތްހަމަ ޖެހިގެން އުޅެލުމަށެވެ. އޭނަގެ މައިން ބަފައިން ފުރިތާ ހަފްތާއެއް ނުވެއެވެ. ޖުނައިދުއަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ގެއަށް އައުން ވަރަށް މަދެވެ. ސުވާލުކުރިޔަސް އަންނަނީ އޮފީހުން ކަމުގައި ނުވަތަ ރައްޓެހިންތަކަކާއެކު ކޮފީއަކުން ކަމުގައި ބުނެއެވެ. ބޭރު އުޅޭ ގަޑީގައި ފޯނު ކުރިޔަސް ޖަވާބެއް ނުލިބެއެވެ. ޝާޔާ ކައިރީ އެވާހަކަ ދެއްކުމުން އޭނަ އޮފީހުގައި ހަމަބިޒީ ވެދާނެ ކަމުގައި ބުންޏެވެ. އެހާވަރަށް ޝަކުވާ ނުކޮށް ކެތްތެރި ވުމަށް ނަސޭޙަތް ދިނެވެ. އަހަރެންވެސް އެގޮތުގައި އުޅެވޭތޯ މަސައްކަތް ކުރަމުން އައީމެވެ.

ކައިވެންޏަށް އަހަރެއްވާން ގާތްވެއްޖެއެވެ. ޖުނައިދުގެ ފަރާތުން އެއްވެސް އެހީއެއް އަޅާލުމެއް އަހަރެންނަކަށް ނުލިބެއެވެ. އޭނައަތުން އެއްވެސް އެއްޗެއްވެސް އަހަރެންނަކަށް ނުލިބެއެވެ. ނަމަވެސް އޭނަ އުޅޭ ނޫޅޭ ގޮތް ނުބަލައި އަހަރެންނަކަށް ކެތެއް ނުކުރެވެއެވެ. އެހެންކަމުން ގެއަށް އައުމުން އަހަރެންނަށް ސުވާލުކުރެވެއެވެ. ކެއިތޯ ބުއިތޯ ބެލެވެއެވެ. ނަމާދު ކުރިތޯވެސް ސުވާލުކުރެވެއެވެ. ފަހުން އައިސް އަހަރެން ކުރާ އެފަދަ ސުވާލްތަކަށް ޖުނައިދުގާތަށް އަންނަނީ ރުޅިއެވެ. އޭނައަކީ ކުޑަކުއްޖެއް ނޫންކަމާ މަންމަޔާ ބައްޕަ ނެހެދި އުޅެބަލާށޭ އަހަރެންނާ ދިމާލަށް ކިޔައެވެ. އޭގެ އިތުރުން އޭނަ ދުނިޔޭގައި އުޅޭނީ ކައިގެން ނޫންހޭވެސް ބުނެއެވެ. އަހަރެންނަށްވެސް އެނގެއެވެ. އިންސާނަކަށް ދުނިޔޭގައިނުކައި ނުބޮއި ނޫޅެވޭނެއެވެ. އަހަރެންގެ ދިރިއުޅުމަށްއަނެއްކާވެސް ރަގަޅަށް ތޫފާން ވެރިވެއްޖެއެވެ. މިރޭވެސް ޖުނައިދުއަށް ފަތިސްނަމާދަށް ގޮވުނު އަދަދެއްވެސް ނޭނގެއެވެ. ނަމަވެސް އޮތްތަނުން ގުޑިލާކަށްވެސް ހިތަކަށް ނޭރިއެވެ. ހެނދުނު ތެދުވުމުން އެހެން ކިޔައި ފިއްޔާ އަނގަގަދަ ނުކުރުމަށް ބުނެއެވެ. އެހިސާބުން ގެއިން ނިކުމެގެންދަނީ ސައިވެސް ނުބޮއެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ޖުނައިދު އެތެރެފުށްވެސް އަހަރެންނަށް ދަސްވެއްޖެއެވެ. އޭނައަކީ ކޮންކަހަލަ މީހެއްކަން އަހަރެންނަށް އެނގިއްޖެއެވެ. ނަމަވެސް އަހަރެންނަށް އަދިވެސް ލިބެން ނެތްއެއްޗަކީ މިދުނިޔޭގެ އުފާވެރިކަމެކެވެ. މީހަކާވެސް އިނދެވިއްޖެއެވެ. ނަމަވެސް އެއުފަލެއްވެސް އަހަރެންނަކަށް ނުލިބުނެވެ. ހަމަ އެކަނި ޚާދިމާއެއްގެ ވަޒީފާއިން ދުރުވެވުނު ކަމެވެ. އަހަރެންނަށް އިތުރަށް ކެތްނުކުރެވުމުން ޝާޔާއަށް ގުޅައިގެން ގެނައީމެވެ. އަދި ހުރިހާ ވާހަކައެއްވެސް އޭނައަށް ކިޔައި ދިނީމެވެ. ޝާޔާ އެދިފައިވަނީ ފިރިންގެ ވާހަކަތައް ރައްކާތެރި ކުރުމަށެވެ. ނަމަވެސް އަހަރެން މިހުރިހާ ވާހަކައެއް ރައްކާކޮށްގެން ހުންނާނީ ކޮންތަނެއްގައި ހެއްޔެވެ. އަހަރެންނަށް އަހަރެންގެ ދިރިއުޅުން ކޮޅެއްގައި ނުޖެއްސުނެވެ. ހުރިހާ ވާހަކައެއް އަޑުއަހައިގެން ހުރި އަހަރެންގެ އެންމެ ގާތް ރަޙުމަތްތެރިޔާ އަހަރެން ކިބައިން މާފަށް އެދުނެވެ. އޭނައަށް ބޭރު ފުށުން ފެނުނު ކަންތައްތަކަށް ގޮތް ނިންމުނީތީއެވެ. އަހަރެން ޝާޔާއަށް މާފުކޮށްދިނީމެވެ. ނަމަވެސް އެއީ ޝާޔާގެ ކުށެއް ނޫނެވެ. އެއީ ޝާޔާ އަހަރެންނަށް ރަގަޅު ދިރިއުޅުމެއް ހޯދައި ދިނުމަށްޓަކައި ކޮށްދިންކަމެކެވެ. ނަމަވެސް މާތް ރަސްކަލާނގެ އަދިވެސް އަހަރެން ބަހައްޓައިފައި މިހުރީ އިމްތިހާނެއްގެ ތެރޭގައި ކަން އަހަރެން ހަނދާން ނުނައްތަމެވެ. އަހަރެންނަށް އިތުރު ގޮތެއް ނެތުމުން ޖުނައިދު ކައިރިން ވަރިއަށް އެދުނީމެވެ. ފިރިމީހާ ކައިރިން ވަރިއަށް އެދުމަކީ ރަގަޅުކަމެއް ނޫންކަންވެސް އަހަރެންނަށް އެނގެއެވެ. ނަމަވެސް އަހަރެންގެ ފިރިމީހަކީ އަހަރެންނަށާ ދީނުގެ ކަންތައްތަކަށްވެސް ފަރުވައި ކުޑަކޮށްލައިފައިވާ މީހެކެވެ. އަހަރެން އަނެއްކައިވެސް ކުރިން ހުރި ގެއަށް ބަދަލުވީމެވެ. އަހަރެން ބަދަލުވުމުގެ ކުރިންވެސް ދޮންމަންމަ އަހަރެންނަށް އެއްޗިހި ކިޔާނެކަންވެސް އެނގެއެވެ. ނަމަވެސް އަހަރެން މިވަނީ މިހާރު އެކަމަށް ހޭނިފައެވެ. އާއަޑެއް ނޫނެވެ. އަބަދުވެސް އިވޭ އެއްއަޑަކެވެ. ނަމަވެސް މިއަދު އެއަޑު ނީވި އަހަރުތަކެއް ފާއިތުވުމަށްފަހު އެނބުރި އިވޭނެއެވެ.

އަހަރެން ގެއަށް ބަދަލުވާ ވާހަކަ އާޔަން ކައިރީ ބުނީމެވެ. އެހެންކަމުން އެގަޑިއަށް އާޔަން ގެއަށް އައިސް ހުއްޓެވެ. ފޮށިތައް ހިފައިގެން އައިސް އަހަރެން ވަންތަން ފެނުމާއެކީ ދޮންމަންމަގެ އަޑުފަތްގަނޑު ގަދަވެގެން ދިޔައެވެ. ދޮންމަންމަގެ އަޑާއެކު އެވަގުތު ގޭގައި ތިބި ސާޖިދުއާއި ތާނިޔާ ނިކުތެވެ. ވެގެން އުޅޭގޮތް އެނގުމުން އެމީހުން އެނބުރި އެތެރެއަށް ވަނދެއްޖެއެވެ. އާޔަންއާ އޭނަގެ އަންހެނުން ސިޓިންގ ރޫމުގައި ތިއްބެވެ. އަހަރެން ޖުނައިދުއާ ކައިވެނި ކުރިތާ މާގިނަ ދުވަހެއް ނުކޮށް އާޔަން ވެސް ކައިވެނި ކުރިއެވެ. މަންމަ ފަތިވަރު އެމުނުމަށްފަހު ރޭގަނޑަށް ނުކައްކާ ހުރިވާހަކަ ބުންޏެވެ. އަހަރެން އެއްޗެހިތައް ކޮޓަރިއަށް ވެއްދުމަށް އާޔަންއާ އޭނަގެ އަންހެނުން އެހީތެރިވެދިނެވެ. އަހަރެން ހެދުން ބަދަލުކޮށްގެން ބަދިގެއަށް ވަނީމެވެ. އިޒާ ސޯފައިގައި ފޮތެއް ހިފައިގެން ހުއްޓެވެ. އާދައިގެ މަތިން އާޔަން އިޒާއަށް ފޮތް ކިޔައިދޭން ހުއްޓެވެ. އާޔަންގެ އަންހެނުން ހުޒޭމާއަކީ ވަރަށް ހިތްހެޔޮ ގެވެހި ކުއްޖެކެވެ. “ހުޒޭ ހުންނައިރުވެސް މިއަޑުތައް މިގޭތެރެއިން އިވޭތަ؟..” އަހަރެންނަށް އަހާނުލާ ނުހުރެވިގެން ހުޒޭނާ ކުރެން އަހާލީމެވެ. “ދޭތެރެ ދޭތެރެއިން އިވޭ.. އެހެން ހުރެފަ ޖުނައިދު އޮންނަނީ ޕޮލިހުގެ ގޮޅީގަ ދެދުވަސް ނުވެ ދޫކޮށްލާނެ… އެކަހަލަ ދުވަހެއްގައި ހީވާނެ ގެ ބޮލަށް ވެއްޓެނީހެން… ދެން ތާނިއާ ބޭނުންވާކަމެއް ނުވެގެން އުޅޭ ދުވަސް ދުވަހުވެސް ހީވާނެ އެހެންފަދުގެ ކަމެއްހެން… ކުރިން އެކަހަލަ ކަންކަމުގައި ފައިސާ ހޯދާނެ އާޔަން އަތުންވެސް… އެބޭނުންވާ އެއްޗެއް ލިބުނީމަ މުޅި އެދުވަހަކުވެސް ގެއިން ނުފެންނާނެ… ދެން ނަވާ އޭނަ ފުރި ފަހުންވެސް ޚަބަރެއް ނުވާކަމުގައި ވަނީ… އެހެން ހުރެފަ ފައިސާއަށް ބޭނުންވީމަ އެކަނި އޭނަގެވެސް ޚަބަރެއްވާނީ.. މަންމަގެ އަތުގައި އެމީހުން ބުނާވަރަށް ނެތްނަމަ އާޔަން ކައިރި ބުނާނެ…މިހާރު މަ އާޔަން ކައިރީ ބުނެފަ އޮންނާނީ ފައިސާއަކީ އެމީހުން ބޭނުންވީމަ ތަޅަން ހުރި އެއްޗެއް ނޫނޭ.. އެއަށްވުރެ މާރަގަޅުވާނޭ ދަތި ޙާލުގައި ޖެހިފައި ތިބި ބަޔަކަށް އޭ ދިނަސް… އޭނަ ބުނާނެ އެއީ އެއްބަނޑު މީހުންނޭ އެހެން ކަމަކު ނުދާނޭ… މިހާރު މަދޫނުކޮށްގެން ކުރިން އެމީހުނަށް ދޭ ގޮތަށް ނުދޭ..” ހުރިހާ ވާހަކައެއް އެއްފަހަރާ ހުޒޭމާ ކިޔައި ދިނެވެ. ” އަސްލުވެސްތަ؟.. މަންމަ އެމީހުން ބޮޑު ކުރީވެސް އެގޮތަށޭ..” އަހަރެން ބުނީމެވެ.

ދުވަސްތައް މަސްތަކަށް ބަދަލުވަމުންގޮސް މިހާރު ދެއަހަރު ފާއިތުވެއްޖެއެވެ. ގޭތެރޭގެ އުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އާޔަންގެވެސް އެއްއަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ހުރެއެވެ. ޖުނައިދު ވީ ވައްކަމާ ޑްރަގުގެ މައްސަލައެއްގައި ހަތް އަހަރަށް ޖަލަށް ލައިފައެވެ. ތާނިޔާ ވެސް އޭނާގެ އާދައިގެ މަތިން މެންދުރުވާން ކައިރިވެފަ ހުއްޓާ ތެދުވެ ކައިގެން ނިކުންނީ ބޭރަށެވެ. އެނބުރި ގެއަށް ވަންނާނީ ރޭގަނޑުން ދޭއްވެސް ޖަހާފައި ހުއްޓާއެވެ. އޭރު މީހާގެ ހަމަހޭ ނުހުރެއެވެ. އެއްބައި ދުވަސް ދުވަހު ޖެހެންޖެހެމުން އައިސް ވެއްޓިގަންނަނީ ސިޓިންގ ރޫމްގެ ސޯފާއަށެވެ. ހެނދުނު އޭނަ އެތާގައި އޮތްވާ މަންމައަށް ފެނިއްޖެއްޔާ ދެން އެހެން މީހަކަށް ހަމަޖެހިގެން ގޭތެރޭގައި ނުހުރެވޭނެއެވެ. މަންމަ ހަޅޭލަވާއަޑަށް ތެދުވެގެން އަނެއްކާވެސް ކޮޓަރިއަށް ވަނދެދާނެއެވެ. އެއްދުވަހެއްގެ ހެނދުނެވެ. އަހަރެންނާއި ހުޒޭމާ ހުރީ މެންދުރަށް ކެއުން ތައްޔާރު ކުރާށެވެ. ހުޒޭމާ ހުރީމަ އަހަރެންނަށް މިހާރު ވަރަށް ބޮޑުތަން ލުއިވެގެން ދެއެވެ. ކެއްކުމާއިގެން އުޅުނުއިރުވެސް ހުޒޭމާގެ އަނަގަޔަކަށް ބަދަލެއް ނާދެއެވެ. ވާހަކަ އޮޑިއެކެވެ. ނުދައްކާނެ ކަހަލަ ވާހަކައެއްވެސް އޭނާގެ ނޯވެއެވެ. ކެއްކުމާއިގެން އުޅޭއިރުވެސް ވަރަށް ފޫހިފިލައެވެ. ” އަމީ އެއްޗެކޭ ހީނުކުރައްޗޭ… އަހަރެން އަސްލު ހިތައް އަރާ ވާހަކައެއް ބުނެލަން..” ވާހަކަ ދެއްކުމުގެ ތެރެއިން ހުޒޭމާ ބުންޏެވެ. އަހަރެން ގާތަށް ހިނިއަންނަގޮތްވިއެވެ. މީ އެހެންޏާ ހިތައް އަރާ އެއްވެސް ވާހަކައެއް ދުލުންބޭރުކޮށް ނުލާ ނުހުރެވޭ މީހެކެވެ. ” މިހާރު ކޮންވާހަކައެއް ހިތައް އަރާގެން ތިއުޅެނީ… އަހަރެންނަށް ކޯއްޗެކޭ ހީވާނެ ވާހަކައެއްތަ؟..” އަހަރެންވެސް އަހާލީމެވެ. ” ދެން އަމީގެ ލައިފާ ގުޅުން ހުރި ކަމެއްގެ ވާހަކަ ވީމަ..” ހުޒޭމާ ބުންޏެވެ. ” އަހަރެންގެ ލައިފްގަ ހުޒޭއަށް ނޭނގެނީ ކޮންކަމެއްތަ؟.. އަހަރެންގެ ލައިފްގައި ހިނގާ ކަންތައް މިހާރުވެސް ފެންނަމުންނެއް ނޫންތަ ދަނީ..” އަހަރެން ބުނެލީމެވެ. ” އަހަރެންނަށް އިޒާ ގައިގައި ޖަހަނީ މިގޭ ވައްތަރު…” ހުޒޭމާ ބުނިއެއްޗަކުން އަހަރެން ހެމުން ގޮސް ބަނޑަށް ތަދުވާ ވަރު ވިއެވެ. ” ހުޒޭ ދައްކާ ވާހަކަ ބަލަ އަހަރެންމީ މިގޭ މީހެއްނޫންތަ … އެހެންވީމަ ދަރިފުޅު ގައިގައިވެސް ޖަހާ ނެއެއްނޫންތަ؟..” އަހަރެން ހެމުން ބުނެލީމެވެ. ” ނޫން.. އަމީއަކާ ވައްތަރެއް ނޫން..އާޔަން ފެމިލީ ވައްތަރު… އެއްޗެކޭ ހީނުކުރައްޗޭ.. ފަހަރެއްގައި އެއްކޮށް އުޅޭތީ އެއްވައްތަރު ޖަހާވެސް ފާނެ ދޯ…” ހުޒޭމާ ބުންޏެވެ. ނަމަވެސް އަހަރެންގެ ހިތައް ފާޑުފާޑުގެ އެއްޗިހިތައް އަރަން ފެއްޓިއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް މޫނުމަތިން ފާޅުވިޔަ ނުދެމެވެ.

” ހިނގާ ހަވީރު އިޒްކޮ ގޮވައިގެން ބުރަކަށް ދާން..” ހުޒޭމާ ބުންޏެވެ. އަހަރެން އާނއެކޭ ބުނީމެވެ. ނަމަވެސް އަހަރެންނަށް ވިސްނެމުންދަނީ ހުޒޭމާ ދެއްކި ވާހަކަތަކަށެވެ. ހުޒޭމާ ބުނިގޮތަށް އަހަރެންނަށްވެސް އިޒާ ގައިގައި ދަންނަ ވައްތަރެއް ހުރެއެވެ. ނަމަވެސް އެއީ ކޮންވައްތަރެއްކަން ވަކިކުރާކަށް ނޭނގުނެވެ. ނަމަވެސް ހުޒޭމާ އެހެން ބުނިފަހުން އެކަމާ ދޭތެރޭ ވިސްނެނީއެވެ. ކޮންމެއަކަސް އަހަރެންގެ ދަރިފުޅުގެ ބައްޕަ ދެނެގަތުމުގެ ޝައުޤު އަހަރެންގެ ހިތުގައި އުފެދެން ފެށިއެވެ. ނަމަވެސް އެކަން އެއްވެސް މީހަކާ ހިއްސާއެއް ނުކުރަމެވެ.

ދުވަސްތައް ފާއިތުވަމުންދެއެވެ. އެއްރެއެއްގެ ދަންވަރެވެ. އަހަރެންނަށް އެރެއަކު އެއްގޮތަކަށްވެސް ނުނިދުނެވެ. ހުޒޭމާ އެދުވަހު ދެއްކި ވާހަކަތަކާ އަބަދު ވިސްނެނީއެވެ. މިރޭ އެކަމާމެދު މާބޮޑަށް ވިސްނެމުންދާ ރެއެކެވެ. އެވިސްނުން ސިކުނޑިން ނެރެލެވޭތޯ އަހަރެން ވަރަށް މަސައްކަތް އެބަކުރަމެވެ. ނުނިދި އެތައް އިރެއް ވީފަހުން އަހަރެންނަށް ނިދުނު އިރު ދޭއްވެސް ޖަހާފާނެއެވެ. ނަމަވެސް އެހެން ދުވަސްތަކެކޭ އެއްފަދައިން ހޭލާ ގަޑިއަށް ހޭލެވުނެވެ. ނަމަވެސް ބޮލަށް ވަނީ ވަރަށް ބޮޑަށް ބުރަކަމެއް އިހުސާސް ކުރަން ޖެހިފައެވެ. ނަމާދުކޮށްލައިގެން އަހަރެން ނިކުތީ ބޭރަށެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ނާމާން – 12

Next

އަލްވަދާޢު-5

Next
August 23, 2020

އަލްވަދާޢު-5

Previews
August 23, 2020

ނާމާން – 12

9 Comments!

  1. ޔާމާ says:
    August 23, 2020 at 5:20 pm

    Dhaanish dhw Hama iza ge dad eii..vv reethi story

    1. kudhoo says:
      August 23, 2020 at 11:19 pm

      Adhives neyge dho! kuriyah huri baitahah balaalamaa dho vaagotheh. ޔާމާ thank you

  2. ????????♕ says:
    August 23, 2020 at 6:08 pm

    masha allah kudhu….varah reethi mi vaahaka…..varah intresting…

    1. kudhoo says:
      August 23, 2020 at 11:20 pm

      Thank you thithaa

  3. Ram says:
    August 23, 2020 at 7:08 pm

    Maasha allah vvvvv reethi mibai vess??????

    1. kudhoo says:
      August 23, 2020 at 11:21 pm

      Thank you Ram

  4. ޠަައީ says:
    August 25, 2020 at 11:03 am

    Story vvvvvvvvv reethi vvvv interesting
    Konirakun next part upvaani

    1. kudhoo says:
      August 25, 2020 at 2:26 pm

      ތައީ Thank you. Insha Allah today

  5. ާިަަަަސދ says:
    August 27, 2020 at 12:38 pm

    Kobatha next part

Comments are closed.

Next Episodeއަހަރެންގެ ނަސީބު 5←


All Right Reserved!