ހުޝާން ވިސްނަމުން ދިޔައީ އެކަމުން އޭނާ ސަލާމަތްވާނެ ގޮތެކެވެ. އެކަމަކު މަންމަޔަށް އެކަން އެނގުމުން ދެން ސަލާމަތްނުވާނެ ކަންވެސް އެނގެއެވެ. ” ނާއިލާ ކަލޭ ހިތުން އަހަރެންނާއި ކައިވެނި ކުރުމުން ކަލޭ ބޭނުންވާ އުފާތައް ލިބޭނެ ކަމަށްތަ ހީކުރީ..އެހެން ހީނުކުރޭ ތި ކުރެވެނީ މޮޔަ ކަމެއް..؟..” އައި ރުޅީގައި ނާއިލާއަށް ގުޅާގެން ހުޝާން އެއްޗެހި ކިޔަން ފެށިއެވެ. ” އަހަރެން މިކުރަނީ ކިތަންމެ މޮޔަ ކަމަކަށް ވިޔަސް މީ ހުޝާންގެ ދަރިޔަކަށް ނޫނީ ނުވާނެ.. މިއަދު ހުޝާން […]
” ޔުމާ އަދިވެސް އެއްޗެއް ނުނެގޭ.. ތިމަންނަ ސްޕޯޓްސް ޓީޝާޓް ކޮޅެއް ގަންނާށޭ ކިޔައިފައި.. ނުފެނުނީތަ..މަށަކަށް ހިއެއްނުވޭ މިތަނުގައި ތިބި ސްޕޯޓްސް އެއްޗަށް ވުރެ ރީތި އެއްޗެއް ލިބޭނެހެން..” ޝަމާ ބުންޏެވެ. “އާނ! ނުފެނުނު..ދެން މިރޭ އިތުރައް ތަނެއް ބަލަން ދާހިތެއް ނެތް.. ޝަމާމެން ގަންނަން ބޭނުންވި ވައްތަރު ފެނިއްޖެތަ؟..” ޔުމާ އަހާލިއެވެ. ” އަނ! އަހަރެމެން ދެމީހުން ޕޭ ވެސް ކޮށްފައި މިއައީ..” ޝަމާ ބުންޏެވެ. ” އެހެންވިއްޔާ ދާން ނިކުންނަމާ..” ޔުމާ ބުންޏެވެ. “ނޫނޭ […]
ޓެސްޓްގެ ނަތީޖާ ލިބޭނީ ހަވީރު ކަމުން ނާއިލާ އެނބުރި ގެއަށް އައެވެ. މެންދުރުވާން ވިއިރަށް މަންމަ ކައްކާފައި ހުއްޓެއް ކަމަކު ނާއިލާއަކަށް ނުކެވުނެވެ. އެއްކޮޅުން ކާއެއްޗެހީގައި ނުބައިވަސް ދުވަނީއެވެ. އަނެއްކޮޅުން ހިތްބިރުގެންފައި ހުންނަނީއެވެ. ހަވީރުވުމުން ހޮސްޕިޓަލަށް ދިޔަ ނާއިލާގެ މުޅި ދުނިޔެ އެނބުރެން ފެށިއެވެ. ގެއަށް ދިޔަޔަސް މައިންބަފައިންނާއި ކުރިމަތިލާނެ ހިތްވަރެއް ނެތެވެ. މިހުރިހާ ދުވަހު އެމީހުން ދެއްކިވާހަކަތަކަށް ބީރު ކަންފަތެއް ދިނުމުގެ ޝަޒާ މިއަދު ލިބުނީއެވެ. މިދުވަސް ޖެހުނުއިރު އެހާ ލޯބިން އުޅުނު ލޯބިވެރިޔާއެއްވެސް ނެތެވެ. […]
މިފަހަރު އިތުރު ބަހަނާއެއް ނުދައްކާ ހަނާ ސައިބޯން ދިޔައެވެ. ހަނާ އެތައް ފަހަރަކު ދީނާ ދެއްކިވާހަކަތަކާ މެދު ވިސްނިއެވެ. ދީނާ ދެއްކި އެއްވެސް ވާހަކައެއް ދޮގު ކުރެވޭކަށް ނެތެވެ. އޭނައާ އެކީ އެހެން އުޅުނު ކިތަންމެ އަންހެން ކުއްޖެއްވެސް މިހާރު ދިރިއުޅުމެއް ފައްޓައިގެން އުފާވެރި ކަމާއެކު އެބަ އުޅެއެވެ. ” ދެން މިއަދު ޑިއުޓީއަށް ނުދަންތަ؟.” ދީނާ އަހާލިއެވެ. ” އާނ! މިކޮޅަށް އައި މަގުމަތީ ސަލާން ބުނެފިން..” ހަނާ ބުންޏެވެ. ސައިބޮއިގެންވެސް ހަނާ ގެއަށް ދާކަށް […]
ރޭ ހުޝާންއާ އެއްކޮށް ބޭރަށް ދިޔަފަހުން ހުޝާންގެ ޚަބަރެއް ނުވެއެވެ. އެތައް ފަހަރަކު ގުޅާވެސް ލެވިއްޖެއެވެ. މެސެޖުވެސް ކޮށް ހެދިއްޖެއެވެ. އެންމެ ފަހުން ނައިލާ އެފްބީއިން ހުޝާން އޮންލައިންގައި ހުރިތޯ ބަލައިލިއެވެ. ހުޝާން އޮންލައިންގައި ހުރިތަން ފެނުމުން ނާއިލާ މެސެޖު ކުރިއެވެ. ނަމަވެސް ހުޝާން އެމެސެޖުތައް ބަލައިވެސް ނުލިއެވެ. ނާއިލާގެ ހިތައް ވަރަށް ބޮޑަށް ތަދުވަމުން ދިޔައެވެ. ހުޝާން ކަމަކާ ހިތްހަމަ ނުޖެހުނަސް ނުބުނާނަމަ އޭނާއަކަށް ނޭގޭނެ ނޫން ހެއްޔެވެ. ރޭގަ އޭނަ ގެއަށް ލާދޭން އައިރުވެސް […]
ލުމާ ވަނީ ހިޔާލުތަކުން ސިކުނޑި ފުރިފައެވެ. ތިއްތި އެބުނާ ދިރިއުޅުމުގެ ހިތްހަމަޖެހުން ލިބޭނީ ދެން ކިހިނެއް ހެދުމުން ހެއްޔެވެ. ވިސްނެމުންދަނީ އެ ހިތްހަމަޖެހުމަކީ ކޮބައިތޯއެވެ. އޭނަ ނާހިދުއާވެސް ވާހަކަ ދައްކާލުމުން ހިތްހަމަޖެހުން ލިބެއެވެ. ދެން ތިއްތި މިކިޔާ އެއްޗެއް ނޭނގުނެވެ. އެއީ ހިލޭ ފިރިހެނަކަށް ވީމަ ހެއްޔެވެ؟. އެކަމަކު ހިލޭ މީހަކާ ވާހަކަ ނުދައްކާ ކައިވެންޏަކާ ހަމައަށް ދެވޭނީ ކިހިނެއް ހެއްޔެވެ؟.. އަނެއްކާ މައިންބަފައިން ދައްކާ މީހަކާ ކައިވެނި ކުރުން ހެއްޔެވެ؟.. އެހެން ވެއްޖިއްޔާ ތިއްތި މިކިޔަނީ […]
ދުނިޔެމަތި ވަނީ ކަޅު ވިލާ ތަކުން ފުރި ބާރުވެފައެވެ. ދެންމެ ދެންމެ އޮއްސާލަފާނެ ހެންވެސް ހީވެއެވެ. އިރުއިރުކޮޅާ ޖެހިގަންނަ ބާރު ވައިރޯޅިން ގަސްތައްވެސް މުލުން ލުހިގެން ހިނގާދާނެހެން ހީވެއެވެ. ބައެއް ގަސްތަކުގެ ހިމަ އޮފިތައް ވަޔާ ބިންދައިގެން ފައިބައެވެ. ދުނިޔެ މަތީގައި އުފެދިފައިވާ ކަޅު ވިލާތަކުގެ ސަބަބުން ދުވާލުގެ އެންމެ އަލިގަދަ މެންދުރު ވަގުތުވެސް ހީވަނީ އިރުއޮތްސި ރޭގަނޑަށް އަޅަނީ ހެންނެވެ. އެހާވެސް އަނދިރެވެ. ލާނާ ހިއްކަން ރޯނުގައި އެޅި އަންނައުނުތައް ނަގަން އަވަހަށް ނިކުތެވެ. މުޅި […]
އެއްވެސް މީހަކު ދޮންމަންމަގެ ވާހަކަތަކަށް އެއްޗެކޭ ނުކިޔައެވެ. ނަމަވެސް ޒިމްރާން މަންމަ ކީ އެއްޗެއް އޮޅުން ފިލުވަން ބޭނުންވިއެވެ. “އެއީ އަމީރާގެ މާޒީއާ ބެހޭ ގޮތުން އެކިޔަނީ…އަޅާ ނުލާ އެވާހަކަތައް މިހާރަކު މުހިއްމެނުވާނެ…” ނާފިޒު ޒިމްރާން ކައިރީ ބުންޏެވެ. އާޔަން ބުނުމުން ޒިމްރާންމެން ކެއުމަށްޓަކައި ބަދިގެއަށް ވަނެވެ. އެއްޗެހީގެ ރަހަ ބަލާލުމަށްފަހު ކާ އެއްޗިހި މީރުވެގެން ޒިމްރާން އެވާހަކަވެސް ދެއްކިއެވެ. ވާހަކަ ދައްކާ ގޮތުން ޒިމްރާން އަކީ ވަރަށް ހިތްހެޔޮ މީހެއް ހެން ހީވެއެވެ. ނަމަވެސް އަންނަ […]
ދުވަސްތައް ފާއިތުވަމުންދެއެވެ. އެއްރެއެއްގެ ދަންވަރެވެ. އަހަރެންނަށް އެރެއަކު އެއްގޮތަކަށްވެސް ނުނިދުނެވެ. ހުޒޭމާ އެދުވަހު ދެއްކި ވާހަކަތަކާ އަބަދު ވިސްނެނީއެވެ. މިރޭ އެކަމާމެދު މާބޮޑަށް ވިސްނެމުންދާ ރެއެކެވެ. އެވިސްނުން ސިކުނޑިން ނެރެލެވޭތޯ އަހަރެން ވަރަށް މަސައްކަތް އެބަކުރަމެވެ. ނުނިދި އެތައް އިރެއް ވީފަހުން އަހަރެންނަށް ނިދުނު އިރު ދޭއްވެސް ޖަހާފާނެއެވެ. ނަމަވެސް އެހެން ދުވަސްތަކެކޭ އެއްފަދައިން ހޭލާ ގަޑިއަށް ހޭލެވުނެވެ. ނަމަވެސް ބޮލަށް ވަނީ ވަރަށް ބޮޑަށް ބުރަކަމެއް އިހުސާސް ކުރަން ޖެހިފައެވެ. ނަމާދުކޮށްލައިގެން އަހަރެން ނިކުތީ ބޭރަށެވެ. […]