ދުވަސްތައް ފާއިތުވަމުން ދިޔަ ގޮތެއްވެސް ނޭނގެއެވެ. އަހަރެންނަށް މަޖާނެގުނުގޮތެއްވެސް ނޭގެއެވެ. މުޅި ރޭގަނޑު އުފާ ކުރުމުގައި ވަގުތުތައް ގުނީމެވެ. އިރުއަރަން ކައިރިވުމުން ގޮސް އޮށޯންނަނީއެވެ. ދުވާލު ހޭލާއިރު މެންދުރުވެދާނެއެވެ. އެކިމަޖަލާ ސަކަރާތުގައި ހޭދަކުރަމުން އަހަރެންގެ ޗުއްޓީ ކުރުކުރީމެވެ. އަހަރެން ރަށުގައި ނެތީސް މަންމަ އުޅުނީ ކިހިނެއްތޯވެސް އެންމެ ފަހަރަކުވެސް އަހަރެންގެ ހިތަކަށް ނާރައެވެ. މަންމަގެ ހާލު ބައްޕަ އެނބުރިއައުމުންވެސް އަހާނުލަމެވެ. އަހަރެން މަންމަ މަތިން ހަނދާންވީވެސް ފުރަންއައިސް ދޯނީގައި ހުއްޓާއެވެ. އެކަމާ ދެރަވެސްވިއެވެ. ނަމަވެސް އަހަރެންނާއެކު އަމްނާ […]
އަހަރެމެން ދިޔައިރު އަމްނާގެއަކު ނޫޅެއެވެ. ނަފީއްސައްތަ އަވަހަށް އުޅުނީ އަހަރެމެން އުޅޭނެ ތަނެއް ދައްކާށެވެ. އަހަރެންނާ ބައްޕަޔާ އުޅެން އެއް ކޮޓަރި ދިންއިރު އަހަރެން އުޅޭ ގެއަށްވުރެން ބޮޑުކަމަށް ދައްކައެވެ. ތެޅިގަލުން ރާނާފައިވާ ހަތަރުކޮޓަރިއަކާ ބަދިގެއެއް އެކޮށް ރާނާފައި ހުއްޓެވެ. ނަމަވެސް ފާޚާނާ ކުރަން ދާން ޖެހެނީ އަތިރިމައްޗަށެވެ. ނޫންނަމަ ގިފިލީގައި ވަޅުކޮނެގެންނެވެ. އަހަރެންނަށް އެއީ މާ ބޮޑުކަމަކަށް ނުވެއެވެ. އެއީ އަހަރެންވެސް ރަށުގައި އުޅުނު ގޮތްކަމުންނެވެ. **************************************************** އަމްނާ ގެއަށް އައިސްވަންއިރު ރޭގަނޑުން ބާރަޖަހާފިއެވެ. އޭރު […]
އަހަރެންނަށް އިރުކޮޅަކަށް އެތާ މަޑުކޮށްލެވުނެވެ. ނަމަވެސް މަންމަ އިސްއުފުލާ އަހަރެންނާ ދިމާލަށް ބަލާވެސް ނުލައެވެ. އަހަރެން މަޑުމަޑުން ގޮސް މަންމަގެ ކޮނޑުމަތީ ބޯއަޅާލީމެވެ. އަދި މާފަށް އެދުނީމެވެ. މަންމަ ހިފަހައްޓާއިގެން ހުރި ކަރުނަތައް ލޮލުން ފޭދެން ފެށީ އެވަގުތުއެވެ. މަންމަ ގިސްލަގިސްލާފައި ރުޔެވެ. އަހަރެންނަށް އެމަންމަގެ ހިތުގައި ޖެއްސުނީ ކިހާވަރަކަކަން އިޙުސާސް ކުރެވުނެވެ. އެމަންމަ އުފާ ކޮށްލަދޭންވެސް އަހަރެން ނޫނީ އެހެން މީހަކު ހުރީއެއްވެސް ނޫނެވެ. މަންމަ އަހަރެންނަށް ހެޔޮހިތުން މާފްކުރިއެވެ. ********************************************* އަހަރެން އެތެރެއަށް ވަނީ […]
ނަމަވެސް މިއަދު އޭނަގެ އަންހެންދަރީގެ ހުރި ޖާސޫސުކަން ބޮޑުކަމުން ވަލީލުދުމެންގެ ދެލޮލުގެ ކޮއި ވަނީ މަގުން ކައްސައިލައިގެން ގޮސްފައެވެ. އޭނަގެ ފަރާތުން ވަލީދުމެންނަށް ލިބިގެން މިދިޔަ ހިތްދަތިކަމުގެ އަގު ހަލީލް އަނބުރާ ދޭނީވެސް ކިހިނެއްހެއްޔެވެ. އެތައްފަހަރަކު އަމްނާ ގޮވައިގެން ނާދެވުނު ނަމައޭ ހިތައް އެރިއެވެ. އެހެން ނަމަވެސް ނަމަޔަކުން ކެއްކޭނެ ރިހައެއް ނޯންނާނެތާއެވެ. ************************************************* ބައްޕަ ދައްކަން ބޭނުންވި ވާހަކަ ނިމުމުން ބަދިގެއާ ދިމާލަށް ދާން ހިނގައިގަތެވެ. ހަލީލްބެ ވެސް މަޑު ހިނގުމެއްގައި ފަހަތުން ދިޔައެވެ. ” […]
” އަނ! އަހަރެމެންނަށް ނަމާދެއް ދޫކޮށްލެވުނަސް އެހާވަރު ކުރާނެ… އެކަމަކު އިއްޔެވެސް އަސުރުގަޑި ޖެހުނު އިރުވެސް ލޮލަކަށް ދައްކާ ނުލާ…އަނެއްކޮޅުން ހަސަންބެ ދޭ ނަޞޭހަތުގައި އަޑުއަހާލަންވެސް މަޑެއްކޮށް ނުލަން…ހަސަންބެއާ އެއްކޮށް ޤުރުއާން ކިޔަވާލަން ތިބެވުނީމާވެސް ހިތްހަމަޖެހޭ ވާހަކަ އެންމެ ގިނައިން ދައްކާނީވެސް ސަމީރު… މިއަދު ހަސަންބެއަށްވެސް މިކަންތައް ފާހަގަ ވެގެން ދައްކައިފި..” އުމައިރު ބުންޏެވެ. ********************************************* ” ހަސަންބެ ކިޔައިދެނީ އަބަދު ކިޔައިދޭ އެއްވާހަކަތަކެއް… އާވަހަކައެއް ކިޔާދޭކަށް ނޫޅޭ..” އަހަރެން ބުނެލީމެވެ. ” ބަލަ.. ސަމީރުއެއްނޫންތަ ބުނީ […]
ކޮންމެއަކަސް އަހަރެންގެ ހިތްބިރުގަންނަން ފެށިއެވެ. އަހަރެންނަށް ހީވީ ނަމާދު ނުކުރެވުމުގެ ސަބަބުން ވާގޮތެއްހެންނެވެ. ލޮލުފިޔައެއްވެސް ޖަހާނުލާ އަހަރެން ބޭރަށް ބަލަހައްޓައިގެން ހުރީމެވެ. ބަދިގެ ތެރޭގައި ބޮއްކެއް ހުއްޓަސް ބޭރު އަނދިރި ކަމުން އެއްޗެއް އައިސް އަހަރެން ކާލިޔަސް ނޭނގޭނެއެވެ. އަހަރެން އެހެން ބަލަހައްޓައިގެން ހުއްޓާ ކަންފަތް ފަޅައިގެންދާވަރުގެ އަޑަކާއެކު ކުރިމައްޗަށް އެއްޗެއް ފުންމާލައިފިއެވެ. އަހަރެންގެ އަތުގައި ކާއެއްޗިހި އަޅަން ހުރި ތަށިވެސް ސިއްސައިގެން ދިޔުމުން ދޫވިއެވެ. އޭރު ތައްޓައް އެޅި ބަތް ހުރީ އަހަރެންގެ ގަޔަށް އެޅިފައެވެ. […]
” ކިހިނެއްވީ ކަލޭމެން މިސްކިތުން ނިކުމެގެން ތިއުޅެނީ..” އަހަރެން އަހާލީމެވެ. ” ސަމީރުތީ މޮޔައެއްތަ؟.. މިސްކިތަކީ އަހަރެމެން ބޭނުންހާ ވާހަކައެއް ދައްކަން ގޮސް ތިބޭނެ ތަނެއް ނޫނޭ..” އުމައިރު ބުންޏެވެ. ” އޯކޭ.. އަހަރެން ދިޔައީ އަދި ހަވީރު ސައި ނުބޮއެ މިހުރީ..” އަހަރެން ބުނެލީމެވެ. ” ސަމީރު އަހަރެމެންނަށް ހީވަނީ ތި ކުރެވެނީ ރަގަޅު ކަމެއް ނޫންހެން.. އެކުއްޖާއާ އެކު ތިހެން އުޅެން ނަހަދާ.. ސަމީރުއާ ގުޅޭ ކަހަލަ ކަމެއްވެސް ނޫން..” ޒާހިދު ބުންޏެވެ. އަމްނާއާ […]
” ހާދަ ބައިވަރު މީހުން އެއްފަހަރާ..” މީހުން ގިނަވާން ފެށުމުން އަމްނާއަކަށް ކަމަކު ނުދިޔައެވެ. އޭނާ ބޭނުންވީ އަވަހަށް އެހެން ތަނަކަށް ދިޔުމަށެވެ. ” ހުކުރު ދުވަހަކީ މިރަށު އެންމެން ގޮތަށް ޕިކްނިކް ހަދަން މިތަނަށް އަންނަ ދުވަހެއް..” އަހަރެން ބުނެލީމެވެ. ” ދެން އެހެން ވިއްޔާ ހިނގާ އެހެން ތަނަކަށް.. މީހުނަށް ފެނުނީމަ ސަމީރުއަކަށް ކަމަކު ނުދެއެއްނު..” އަމްނާ ބުންޏެވެ. ************************************************* އަހަރެން އަމްނާ ގޮވައިގެން މައްޗަށް ދާން ހިނގައިގަތީމެވެ. ދެމީހުން އެއްކޮށްގޮސްފޭބީ އަނެއްކާވެސް އެހެން […]
” މިހާރު އެބަކިޔާ.. މިއަންނައަހަރު ސްކޫލަށް ދާން މިރަށަށް އަންނަން ބޭނުމޭ… އަހަރެން ބުނިން އަމްނާގެ އުޅުން ތިހެން ހުންނަންޏާ ކިހިނެއްހޭ މިކަހަލަ ތަނެއްގަ އައިސް އުޅޭނީ.. ދެން އެހެން ބުނީމަ ބުނި ރަގަޅު ކުރާނަމޭ..” ހަލީލް އިތުރަށްވެސް ކިޔައި ދިނެވެ. ހަލީލްބެ ދެއްކި ވާހަކަތަކުން އަހަރެންގެ ހިތައް ހަމަޖެހުމެއް ލިބުނެވެ. އަމްނާ އަތުވެއްޖެނަމަ އަހަރެންނަށް އަބަދުވެސް އަމްނާ ފެނިފެނި ހުންނާނެތީވެއެވެ. ************************************************** އަމްނާ ތެދުވުނު އިރު އެގާރަގަޑި ބައިވެސް ވެއްޖެއެވެ. އޭނަ ބޭރަށް ނިކުތްއިރު އަހަރެން […]