Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާއަށް އާދޭސް .. 1

kamana
August 31, 2016
3 Mins Read
64 Views
46 Comments

ފެން ތިއްކަކަށްފަހު ފެންތިއްކެއް ޝަބުނަމް ތިކިތަކެއްގެ ސިފައިގައި ޖެހެމުންދިޔަ ދޮން ކަނދުރާއަށް ބަލަން މަނިކަށް ހުރެވުނީ އާޝޯހުވެފައެވެ. އެވަގުތު އެދޮން ކަނދުރާގައި އަތް ބީއްސާލާ ހިއްވީވަރު އެގޭނެ ދެވަނަ މީހަކު ނުހުންނާނެއެވެ. ހަވީރުގެ އެ ތުނިކޮށް ވެހެމުން ދިޔަ ވާރޭތެރޭން ފެންނަމުން ދިޔަ ހުވަފެން ވިއްސިވިހާލިވެގެން ދިޔައީ ނަދީމް އައިސް މަނިކުގެ ކޮނޑުގައި ޖަހާލުމުންނެވެ.

“ސާބަސް ކަލޭއަށް… ތިއޮށް ޗޮނި ފައިބަނީ.. ހަހަހަ” ނަދީމްގެ އެއަޑަށް އަސްކަނި ދަށުގައި އިން އަންހެން ކުއްޖާ މަނިކަށް ބަލާލިއެވެ. އެވަގުތު އެ އަންހެން ކުއްޖާގެ ތުންފަތަށް ޖައްސާލި ވައްތަރުން މަނިކު ލަދުން އިސްޖަހާލީ ކުރެވުނު ކަންތަކާ ލަދުންނެވެ. “ކަލޭ މިތާ ކީއްތިކުރަނީ.. ހިނގާ ދާން… ކުޅޭ އެއްޗެހި ލައިގެން ހުންނަ އިރުވެސް މީހުން ތެމޭތީ އުޅޭތަ.. ހިނގާ ދާން” މަނިކުގެ ކޮނޑަށް އެއްއަތް ވައްޓާލަމުން ނަދީމް ބުނެލީ މަލާމާތުގެ ރާގަށެވެ. “ތި އަނގަ ނުހުއްޓާތި ކޮންމެސް ކޮންމެސް” މަނިކު ހިތް ހަމަ ނުޖެހި ނަދީމްގެ އަތް ފޮޅުވާލިއެވެ. އަދި އަސްކަނި ދަށުގައި އިން އަންހެން ކުއްޖާއަށް ބަލާލުމައްފަހު ހިނގައިގަތީ ދަނޑަށް ދިޔުމަށެވެ.

“ދަރިފުޅާ ޝީރީން… ތިއޮށް ތެމެނީނު… ކީއްވެފަ މިތާ ތީނީ.. ދަރިފުޅު ބަލާ އަދި ބަނދަރަށް ދާން މަންމަ މިއުޅުނީ.. ނަސީބެއްނު މިހެން އާދެވުނުކަން… ހިނގާ ދާން… ކޮބާ ފޮށިތަށް…” ޝީރީނުގެ ކޮނޑު މަތީގައި ހުރި ފެންތަށް ފޮޅާލަމުން ސަމްސިއްޔަ ބުންޏެވެ. “ކޮން އިރެއް ބައްޕަ އޭޗެހި ގެންދިޔަތާ… މަންމަ އަންނަންދެން މިހުންނަނީ… އެހެން ނޫނަސް ރަށް އެވަރަށް ބަދަލެއް ނުވެއޭ މަންމަ ތިހާ ބިރުން އުޅޭކަށް… އަދި އަޅުގަނޑަށް އެނގެއޭ މިރަށުގައި ހިނގަން… ހެހެހ” ސަމްސިއްޔަގެ އަތުގެ ތެރެއަށް އަތް މަހާލަމުން ދެމައިން ހިނގައިގަތީ ގެއަށް ދިޔުމަށެވެ.

ގްރޭޑް ހަތަކުން ފަށައިގެން މާލޭގައި ޝީރީން ކިޔަވަމުން ދިޔައީ ބައްޕަގެ ރައްޓެއްސެގެ ގޭގައި ހުރެގެންނެވެ. ގްރޭޑް ބާރަ ކިޔަވައި ނިމިގެން ޝީރީން ރަށައް ބަދަލުވީ ހިތާ ދެކޮޅަށެވެ. ދ ބަނޑިދޫ އަކީ ތަރައްގީގެ ގޮތުންބަލާއިރު އެހާ ކުރިއަރާފައި އޮތް ރަށެއްނޫނެވެ. ބައްޔެއްވިޔަސް ދާންޖެހޭނީ އަތޮޅުގެ ވެރިކަން ކުރާ ރަށެއްކަމައްވާ ދ.ކުޑަހުވަދޫއަށެވެ. ޝީރީން ރަށްދެކެ ފޫހިވަން މެދުވެރިވީވެސް އެހެން ވެގެންނެވެ. ރަނގަޅު ވަޒީފާއެއް ރަނގަޅު ތައުލީމެއް ރަށުގައި އުޅޭބަޔަކަށް ހާސިލް އެއް ނުވާނެއެވެ. ޝީރީން ރަށައް އެރީ މާލެ އަލުން ބަދަލުވާން ނިންމައިގެންނެވެ. މާލޭގައި ވޭތުވެދިޔަ ހަ އަހަރުގައި ޝީރީންއަށް ވަނީ މާލެ ވަރަށް ކަމުގޮސްފައެވެ. މާލޭގައި ރަށަށް ވުރެއް “ސަޅި” ކޮށް އުޅެވޭނެ ކަމަށް ޝީރީން ގަބޫލު ކުރެއެވެ. ފޫކޮޅަށް ވުރެއް ދިގު ހެދުން ލައި އުޅުނު ޝީރީން މިހާރު ވަނީ ޒަމާނީ ފެޝަން ހެދުން ގަޔަށް ހެޔޮވަރުކޮއްފައެވެ.

“މަންމާ ބައްޕަ ބުންޏެއްނު ގެ އަދި އެއްބުރިއަށް ނަގާވާހަކަ.. ” ދެބުރިއަށް ނަގާފައިވާ ގެއާ ދިމާލަށް ބަލާލަމުން ޝީރީން ސަމްސިއްޔަ ކުރެން އަހާލިއެވެ. ” އާން ދަރިފުޅާ.. ހުއްދަ ނުލިބުނީ… ދަރިފުޅު ދޭބަލަ ކޮޓަރި ބަލާލަން.. ދަރިފުޅު ބޭނުން ވާގޮތަށް އިންނާނެ މަރާމާތުކޮށް ނިންމާފަ.. ” މަތީގައި އިން ކޮޓަރި ދައްކާލަމުން ސަމްސިއްޔަ ބުންޏެވެ. ކުޑަކުއްޖެއްހެން ދުވެލާފައި ގޮސް ޝީރީން ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. “ވާއު މަންމާ…. ވާއު” ކޮޓަރި ތެރޭގައި އެނބުރެމުން ޝީރީން ކިޔަމުން ދިޔައެވެ. ފެހި ކުލައިގެން ޖަރީކޮއްފައިވާ ކޮޓަރި ފެނި ޝީރީންއަށް ވަމުން ދާނެ ގޮތް ނުވާނެ އެއްވެސް އަންހެން ކުއްޖަކު ނުހުންނާނެކަން ޔަގީނެވެ. ފެހިކުލައިގެ ޑިޒައިން ދޮރު ފޮތިގަނޑު ކަހާލުމުން ފެންނަނީ ބިއްލޫރި ބޮޑު ކަހާލެވޭ ދޮރެކެވެ. ބިއްލޫރި ދޮރުގެ ބޭރުން ފެންނަމުން ދިޔައީ ރަށުގެ އެކިއެކި ތަންތަނެވެ. ތަންކޮޅެއް ދުރަށް ބަލާލައިފި ނަމަ ފެންނަމުން ދަނީ ކުލަ ގަދަ ރީތި މޫދެވެ. ހުވަފެނީ މަންޒަރުތަކެއްކަށް ގައިމެވެ. ދޮރާޖެހިގެން ބަހައްޓާފައިވާ ބޮޑު ކުއީން ސައިޒުގެ އެނދު ފެންނަނީ ނުލާހިކު ޝާހީ ކޮށެވެ. ހަތަރު ދޮރުފަތްލީ އަލަމާރިފެނި ޝީރީން އުފަލުން ފޮޅުނެވެ. ފާރުގައި ލަކުނޑިން ޒީނަތް ތެރިކޮއްފައިވާ ކަބަޑުތަކެއް ހުއްޓެވެ. “މަންމާ ވަރަށް ރީތި… އަޅުގަނޑު ބައްޕައަށް ފޮނުވި ފޮޓޯގަ އިން ގޮތަށް ދޯ ހަދާފަ މީ… މަންމަ ހާދަ ރަނގަޅޭ… ކޮބާ ބައްޕަ” ޝީރީން އުފަލުން އުޅެވޭ ގޮއްވެސް ނޭނގެއެވެ.

“ބައްޕާ… ޝުކުރިއްޔާ” އަފީފް ގައިގައި ކުޑަކޮށް ބައްދާލަމުން ޝީރީންއަށް އެހެން ބުނެވުނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. “ހެހެހ ދަރިފުޅަށްޓަކާ ކޮންމެ ކަމެއްވެސް ބައްޕަމެން ކޮއްދޭނު… ދެން ހިނގާ ދޯ ކާން..” ޝީރީންގެ ބުރަކަށީގައި ފިރުމާލަމުން އަފީފް ބުނެލީ ހިނިތުންވަމުންނެވެ. ހަމަ އެކަނި ހުރި ދަރިފުޅުގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަމުން އެ ހިތަށްވެސް ހަމަޖެހުން ގެނުވައިފިއެވެ.

“ދަރިފުޅު ބަނޑުހައި ނުވޭދޯ މިހާރު” ސަމްސިއްޔަ އެހެން ބުނުމުން ޝީރީން މޫނަށް ގޮތެއް ހަދާލީ ލަދުންނެވެ. އެވަގުތު އަފީފްގެ ހުނުމުގެ އަޑު މުޅި ގޭގައި ގުގުމާލިއެވެ.

………………………………

“ބުރޯ ސޮރީއޭ.. މަށަށް އެނގޭތަ ކަލޭ ހުރީ ހަމަ އަސްލުވެސް އެމަންޖެއަށް ބަލަންކަން” މަނިކުގެ މޫނުމަތިން ހިތްހަމަ ނުޖެހުން ފާޅުވުމުން ނަދީމް މާފަށް އެދުނެވެ. “އޯކޭއޭ. ކަލޭ ނުވާނެ ބަދަލެއް.. އެކަމް އެމަންޖެ ހާދަ ރީޗޭ… މިރަށު ކުއްޖެއް ނޫން އެއީ.. އެއީ ކާކޫބާ” ކުޅެނިންމައިގެން އައިސް ގޭ ބޭރު ޖޯލީގައި ހަށިގަނޑު ދަމާލަމުން މަނިކު ބުނީ ހިޔާލީ ދުނިޔެއަށް ދަތުރުކުރަމުންނެވެ. “އޭ ސާބަހޭ…. ލަވް އެޓް ފަސްޓް ސައިޓު ދޯ.. މަހީކުރީ ކަލޭއަށް ލޯބިވެވޭނީ އެކަކުދެކެ ކަމަށް… ހަހަހ” ނަދީމް ވާހަކަ ދެއްކީ ހެމުންނެވެ. ” މަމިރޭ މިގެއަށް އަންނާނީ އެއީ ކާކުކަން ހޯދައިގެން.. ބަލައްޗޭ… ” ޖޯލިން ތެދުވަމުން ނަދީމް ޔަގީން ކަމާއެކު މަނިކު ކައިރީގައި އެހެން ބުނެ މިސްރާބު ޖެހީ ގެއަށް ދިޔުމަށެވެ. ނަދީމް ދިޔުމުން މަނިކު ބޮލުގެ އިސްތަށި ގަނޑަށް ވާންކޮއްލިއެވެ. “ޝިޓް ޝިޓް.. މި ނަދީމް އާ ހެދި ދެން ނުކެރޭނެ އޭނަ ކުރިމައްޗަށް އަރަންވެސް.. އޭނަ ހީކުރާނީ ކީކޭ” ޝީރީން މަނިކް އާއި ދިމާލަށް ބަލަން އިން ގޮތް ސިފަވުމުން މަނިކު ދެފަރާތަށް ބޯ ތަޅުވާލިއެވެ.

******

“އޭ އޭ މަނިކޫ… ދޮރުހުޅުވަބަލަ” ކޮޓަރީގައި ހިޔާލީ ދުނިޔޭގައި އޮތް މަނިކު ހޭވެރިކަމެއްވީ ނަދީމް ދޮރުގައި ތަޅަން ފެށުމުންނެވެ. “ސާބަހޭ އަނެއްކާ ކިހިނެއްވީ… ކޮން ކަމެއް ލައިގަތީ.. ނަސީބެއް މަންމަ ނެތްކަން.. އެހެން ނޫންނަމަ ހިތަށް އަރާނެ ތަނެއްގަ ރޯވީއޭ…” ދޮރު ހުޅުވިގޮތަށް މަނިކު ކުދި ކިޔާލިއެވެ.

“އޭ ކަލޭ އައިސްބަލަ… ހަމަ އެއީ ޝީރީން ކަން އެނގިގެން ދޯ އެވަރަށް ބެލީ… އަދި މަހިތަށް އަރައިފިއޭ މީނަ އެހެންޏާ އަންހެން ކުއްޖަކަށް ނުބަލާ މީހަކަށް ވެފަހުރީ ކީއްބާއޭ… ” ނަދީމް އެނދުމަތީގައި އިށިންނަމުން ކިޔަމުން ދިޔަ އެއްވެސް އެއްޗެއް މަނިކުގެ ސިކުނޑިއަކަށް ނުވިސްނުނެވެ. “އޭ ކީކޭ… ކީކޭ ތިކިޔަނި.. ކޮން ޝީރީންއެއް. އަނެއްކާ.. އަނެއްކާ އަހަރެންގެ..” މަނިކު ހިތުގައި އަތް އަޅާލިއެވެ. “އާން.. ކަލޭގެ ފުރަތަމަ ލޯބި… މިއުޅޭ މުއްސަދިގޭ އަފީފްގެ ހަމަ އެކަނި ހުރި ދަރި.. ކަލޭގެ ޝީރީން.. ލައިލާ..” ނަދީމް އެނދަށް ވެއްޓިގަންނަމުން ކިޔަމުން ދިޔައެވެ. “މަގޭ ލައިލާއޭ….” މަނިކުގެ ތުންފަތިގައި ދުވެލީ މިއިން ޒަމާނަކުވެސް ނުފެންނަ ހިނިތުންވުމެކެވެ.

ނުނިމޭ…

19
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

kamana

Other Articles

Previous

ލޯތްބޭތީ ހިތްއެދޭ… (ފަހުބައި)

Next

މަންޝާ (ބަޔާޅީސްވަނަ ބައި)

Next
September 1, 2016

މަންޝާ (ބަޔާޅީސްވަނަ ބައި)

Previews
August 31, 2016

ލޯތްބޭތީ ހިތްއެދޭ… (ފަހުބައި)

46 Comments

  1. kamana says:
    August 31, 2016 at 6:51 pm

    Hiii guyxx. I missed yu all?? i hope ni vaahaka aky thafaathu vaahaka akah hurihaa kudhinnah vaane kamah. I am tryin to write somthn new. Hope yu all will supprt me. I lov yu guyxx and i missd yu???

    1. Hoooo says:
      August 31, 2016 at 8:30 pm

      Varah slahi. Adie varah majaa koh genesdeefa hurie.
      Ekam avahaa upkohdeychey. ❤️

    2. kamana says:
      August 31, 2016 at 9:51 pm

      Thnk yu so much. Insha allah will try to up sooon??

  2. RaM says:
    August 31, 2016 at 6:51 pm

    Kamana. Is back MA first hehe

    1. kamana says:
      August 31, 2016 at 9:52 pm

      Hehhe yes yu r. N congra. Thnk yu so much for reading??

  3. love love says:
    August 31, 2016 at 6:52 pm

    Me first…yay

  4. love love says:
    August 31, 2016 at 6:59 pm

    Sorry…me second dhw…hehe..anyways..vaahaka varah reethi…avahah up kohdhechey…

    1. kamana says:
      August 31, 2016 at 9:53 pm

      Hheheh aaan dhw. And thnk yu so so much. Insha allah will try to up soon ??

  5. jee says:
    August 31, 2016 at 7:00 pm

    v rythi☺ interesting

    1. kamana says:
      August 31, 2016 at 9:53 pm

      Thnk yu so much??

  6. Dhona says:
    August 31, 2016 at 7:09 pm

    Great ! Avahah up kurahchey anehbai!

    1. kamana says:
      August 31, 2016 at 9:54 pm

      Thnk yoooo. Insha allah will try to up sooon??

  7. Sabeeha says:
    August 31, 2016 at 7:11 pm

    nice ?

    1. kamana says:
      August 31, 2016 at 9:54 pm

      Thnk you??

  8. Hoooo says:
    August 31, 2016 at 8:23 pm

    Yeeeeh. Kamana is back.
    Adie vaaahaka nuveys kiyaa mie comment kuranie. But I hope varah reethie vaaneyhen. As always

    1. kamana says:
      August 31, 2016 at 9:55 pm

      Thank yu so much for waiting??

  9. oneday says:
    August 31, 2016 at 8:23 pm

    Ohh Yeyyyyy???my kamana ix back.. hehe.. Luv this part?❤❤❤ nd Very interesting… whn nxt part??? Plxx avahah up kohdhehchey..
    Waiting

    1. kamana says:
      August 31, 2016 at 9:55 pm

      Awwwwnnnn thnk yu so much. N thank yu for waiting this long. ?? insha allah will try to up soon ingey

  10. ken? says:
    August 31, 2016 at 8:42 pm

    happy to c ur back with another amazing story…btw kobaatha storyge pic…v reethi pic ei up kuraathi…?

    1. kamana says:
      September 1, 2016 at 6:50 am

      Thnk you si much ken. Pic load nuve iny. Mihaaru innaane. Thnk you so much??

  11. mghug says:
    August 31, 2016 at 8:43 pm

    lovely

    1. kamana says:
      August 31, 2016 at 9:56 pm

      Thank you??

  12. Marsha says:
    August 31, 2016 at 8:56 pm

    Welcum back kamana… story ge feshun v interesting… waiting for more..

    1. kamana says:
      September 1, 2016 at 6:51 am

      Thnk you so much marsha. One of my fav writer. Tha k you??

  13. Appy says:
    August 31, 2016 at 9:02 pm

    I missed you too…..m soooo happy to c u here. …….v v v v inthixaaru kohfin kamana ge story ah finally kiyaalan vx libihje ….kuryge vaahaka thah hen avahahh up kohdhehchey .. v rythi n v thafaathu vaanehen hyvany trailer ah balaafa ….gud luck ….luv uuuu …..

    1. kamana says:
      August 31, 2016 at 9:57 pm

      Awww appy itx you. Heheh thank you so much for waiting. Insha alllah will try to make this one different. Thank you so much. N i missd you guyx too. ??

  14. Enaash says:
    August 31, 2016 at 10:18 pm

    Baeh mistake thah ebahuri e.g kotari innaany…. kotari eh nueh innaane hunnaany dho.. anyways goaheh nun

    1. kamana says:
      September 1, 2016 at 6:51 am

      Thnk you enaash. Will keep that in mind. Thank you??

  15. ken? says:
    August 31, 2016 at 10:20 pm

    manik nukiyaa faruhaadh kee nama

    1. kamana says:
      September 1, 2016 at 6:52 am

      Hehhe manik dhn mifaharu bahahtamaa. Sorry name rythi nuvyma ?

  16. shim says:
    August 31, 2016 at 11:41 pm

    manik name kada?

    1. kamana says:
      September 1, 2016 at 6:53 am

      Manik name kudhin ah kamu nudhiyaama varaha dhera. Ekm name inn gothah behehty ingey?

  17. Kk says:
    September 1, 2016 at 12:32 pm

    Kamana thiya gothuga ulhen huriyaa kashavare mikamuga ulhey namey?? nice story

    1. kamana says:
      September 1, 2016 at 3:03 pm

      Heheh thank you mikamuge ulheythy.?? thnk you so mich??

  18. Mary says:
    September 1, 2016 at 2:06 pm

    Feshun Maashaa Allah v reethi, konmedhuvahakuves up kohdheythi pls

    1. kamana says:
      September 1, 2016 at 3:07 pm

      Thnk you so much mary. Knme dhuvahaku nun ingeyy bt up kohdheynan varah avahah. Thnk you so much??

  19. Eeamy says:
    September 1, 2016 at 2:54 pm

    Omg….. Kahma is back….. Alhe haadha dhuvaheh fahunney ee wait koh koh halaaku vehjje…. Hehe…. Btw mi story ves vvvvvvvvvvvv reethi vaane kamah ee hope Kuran…. Nd good luck tha best writer kahma…. ???nd ee miss you so much… But kahmaa a pic ee akah ahaa reecheh noon….. Ehcheh heenukuraathi hama bunelee
    ☺??

    1. kamana says:
      September 1, 2016 at 3:12 pm

      Awwwnn eem lov you r here? I missd you guyxx tooo. N yaa actually this pic is not tht gud bt this ones perfectly fitx for the image of this stry. So itx okeyy. I understand. Thnk you so much ??

  20. Meera says:
    September 1, 2016 at 3:28 pm

    welcome back my Kamanaa….. ur my fvrite writer….. feshun vvv reethi…. name thah reethi kollaa…. name thakun maa kuree zamaaneh hen heevanee.

  21. faathi says:
    September 2, 2016 at 2:36 pm

    Wow nice story. I love this story

  22. Shaha princess says:
    September 2, 2016 at 6:17 pm

    Hey lov….nyc vrh story..vrh mis vey ingey dear….tc.?????

  23. sham says:
    September 2, 2016 at 7:53 pm

    Salhi mivaahaka dhn vaanegothakaa vishnaaaleveny…
    Gud luck..???

  24. Mary says:
    September 3, 2016 at 8:38 am

    Alhe please avahah up kohdheeba

  25. aish says:
    September 3, 2016 at 10:23 am

    Mi vaahaka up vanee kon iraku

  26. xxx says:
    September 12, 2016 at 6:33 pm

    Koba aneh part????

  27. kee meeheh says:
    April 15, 2017 at 3:10 pm

    hama best

Comments are closed.

All Right Reserved!