Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާއަށް އާދޭސް 8…

kamana Level 310 Stories500 Comments100 Comments
October 4, 2016 4 Mins Read
17 Comments

“އާން… ޝީރީން ބަނޑުބޮޑު.. ހަތަރު ހަފަތާ…” މަނިކު އެހެން ބުނުމުން ޝީރީން ބަނޑުގައި އަތް ބާއްވާލީ ޔަގީންނުވާތީއެވެ. މިއީ ހުވަފެނެކެވެ. ނޫނެކެވެ. މިއީ ހުވަފެނެކެވެ. ޝީރީން ދިޔައީ ހިތާ ހިތާ އެހެން ކިޔަމުންނެވެ. ޝީރީން ބަނޑުގައި ފިރުމާލުމައްފަހު ފިތާލީ އަތުގެ މުށުތެރެއަށް ލުމައްފަހުގައެވެ. ޝީރީންއާއި ޝީރީންގެ ލޯބީގެ ހުރަހަކަށް މި ކުއްޖާ ވިޔަ ނުދޭނަމޭ ޝީރީން ހިތާހިތުން ކިޔާލިއެވެ.

“ޝީރީން ޕްލީޒް… ލިބެން އުޅޭ ދަރިފުޅަށްޓަކާ… ހިނގާބަލަ މަސައްކަތް ކުރަން.. އަހަރެން ނުލާހިކު ލޯބިވޭ ޝީރީންދެކެ… ޝީރީންގެ ހިތް ލޯބިން ފުރާލަ ދޭނަމޭ.. އެ ކުޑަ ކުޑަ ފުރާނައަށްޓަކާ.. ” ޝީރީންގެ އަތުގައި ހިފަމުން މަނިކު އެހެން ބުނެލީ އާދޭހާއެކުއެވެ. ބަނޑުބޮޑުކަން އެނގުނުފަހުން ޝީރީންގެ އަމަލު ހުރިގޮތުން މަނިކުގެ ހިތް ބުނެލީ ޝީރީންދެން މަނިކު ދޫކޮއްލައިފައި ނުދާނެކަމުގައެވެ. ދަރިފުޅަށްޓަކާ ނަމަވެސްމެއެވެ. “ޝީރީން” ބަހެއް ނުބުނެ ޝީރިން އިނުމުން މަނިކު އަނެއްކާވެސް ޝީރީންއަށް ގޮވާލިއެވެ.

ޝީރީން އިރުކޮޅަކު ބަހެއް ނުބުނެ މަނިކުއާއި ދިމާލަށް ބަލާލީ ރުޅިވެރިނަޒަރަކުންނެވެ. އެބެލުމުން ބުނާކަހަލައެވެ. އެއީ މަނިކު ޝީރީންއަށް ގަސްތުގައި ދިން ލަނޑެކެވެ. ޝީރީން އެއްޗެކޭ ބުނަން ހުޅުވައިލި އަނގަ ލައްޕާލީ ޝީރީންއާއި ދިމާލަށް އަންނަ ސަމްސިއްޔައާއި އަފީފްފެނިއެވެ.

“މަންމާ…” ޝީރީން ސަމްސިއްޔަގެ ގައިގަ ބައްދައި ގަންނަމުން ރޯންފެށީ ވީދެރައިންނެވެ. ކުއްޖަކު އަދި ބޭނުންނުވާކަން މަންމައަށް އަންގަން ޝީރީން ބޭނުންވިއެވެ. މަނިކުއަކީ ނުބައި ނުލަފާމީހެއްކަން އަންގަން ޝީރީން ބޭނުންވިއެވެ. ގަސްތުގައި މަނިކު ޝީރީންއަށް ދޭ ލަނޑުތަކޭ ބުނަން ޝީރީން ބޭނުންވިއެވެ. އެހެން ނަމަވެސް އެއްޗެކޭ ބުނަން ނުކެރުނީ ސަމްސިއްޔަ ދައްކަންފެށި ވާހަކައަކުންނެވެ.

“މަންމަގެ ޝީރީން…. މަންމަ ވަރަށް އުފާވެއްޖެ.. ހެއްދެވި ފަރާތަށް މަންމަ ހަމްދު ކުރަން މަންމަ ދުނިޔޭގައި ހުއްޓައި މާމަ ކިޔާނެ ކުޑަ ފުރާނައެއް އުފެއްދެވީތީ… ދަރިފުޅަށް ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ..” ޝީރީންގެ ބުރަކަށީގައި ފިރުމަމުން ސަމްސިއްޔަ ވާހަކަ ދައްކަމުން ދިޔައިރު އެ ދެލޮލުން ކަރުނައިގެ އަސަރުފާޅުވާން ހުއްޓެވެ. “ދަރިފުޅާ ބައްޕަ ވެސް މިއަދު ވަރަށް އުފާވެއްޖެ.. ތި ދެކުދިންނަށް މަރުހާ…. ” މަނިކު ގައިގަ ބައްދާލަމުން އަފީފްވެސް އެއުފަލުގައި ބައިވެރިވިއެވެ.

……………….

ޝިޔާމާ ހިވަނީ ތާކަށް ދާން ލަސްވެގެން އުޅޭ މީހެއްހެނެވެ. އަތްމަތި ހަލުވި ކޮއްލާފައި ވާއިރު އިރު އިރުކޮޅާ ބޭރުބަލާލަނީ މީހަކު ފެނޭތޯއެވެ. އެކި ވައްތަރު ވައްތަރުގެ ކާތަކެތިން މޭޒު ފުރާލައިފައި ވާއިރު ޝީޔާމާގެ މޫނުމަތިން ފެނިގެން ދަނީ އުފާވެރިކަމެވެ.

“ދަރިފުޅާ….. ތިއައީތަ..” ގެއަށް ނުވަދެވި އުޅެނިކޮށް ޝީޔާމާ ޝީރީންގެ އަތުގައި ހިފީ ދޮރާށި ކައިރިންނެވެ. ޝީރީން ޝީޔާމާ ދެކެ ކިތައްމެ ހިތްހަމަ ނުޖެހުނަސް އެއްޗެކޭ ނުބުނެ އިނީ ކައިރީގައި ސަމްސިއްޔަ އިނިމުންނެވެ. މަނިކު ޝީރީން ކޮޓަރިއަށް ލުމައްފަހު މިސްރާބު ޖެހީ ޝިޔާމާ ކައިރިއަށް ދިޔުމަށެވެ.

******************

ލައިލާގެ މޫނުމަތިން ފެނިގެންދަނީ ހިތާމައެވެ. ކިތައްމެ ވިސްނަން ބޭނުންނުވިޔަސް މަނިކުގެ ހިޔާލުތަށް ދިޔައީ ލައިލާގެ ސިކުނޑިއާ ހިތަށް އުދަގޫ ކުރަމުންނެވެ. ޝީރީން ބަލިވެއިން ހަބަރު ލިބުމާއެކު ލައިލާއަށް ބަޔާންކުރަށް ދަތި ހިތްދަތި ވުމެއްލިބުނެވެ. މީގެ ކުރިން އެއީ ލައިލާވެސް ދުއް ހުވަފެންތަކެވެ. މަނިކުއާ ކައިވެނިކޮށް ކުޑަކުޑަ އާއިލާއެއްގެ ގަނޑުވަރު ބިނާކުރުން އެއީ ލައިލާ އެއްމެ ހިތްއެދެމުން ދިޔަ ކަންތަކެވެ. އެހެން ނަމަވެސް ތަގުދީރު ލައިލާއަށް އެފުރުސަތުވެސް ނުދިނީއެވެ. ކޮޓަރީގައި އެކަނި މާއެކަނި އޮވެ ލައިލާ ދިޔައީ މަނިކުގެ ހަނދާން އާކުރަމުންނެވެ. އެހެން އޮއްވާ ލައިލާ ސިހުނީ ލީނާ އައިސް ކޮޓަރިއަށް ވަންތަންފެނިއެވެ.

“ލައީ ކޮންކަމަކާ ތި ވިސްނަނީ….” ލީނާ އައިސް ލައިލާގެ މަގަތުގައި އިށިންނަމުން އަހާލީ ކަންބޮޑުވުން އެކުލެވިގެންވާ އަޑަކުންނެވެ. “ލައީ ނުބުންޔަސް ދޮންތައަށް އެނގޭ… ދެންމެ ގެއަށް ވަންތަނުން މަންމަ ބުނެފި ޝިޔާމައްތަ ގުޅާފަ ބުނެފިޔޭ ޝީރީން ބަނޑުބޮޑޭ.. ލައީ.. ހެޔޮނުވާނެ… ލައިފް އާއިގެން ކުރިއަށް ދޭބަލަ.. މަނިކި ނޫނަސް ލައީ ދެކެ ލޯބިވާނެ މީހުން ވާނެއެއްނު… ލައީ އަށް ލޯބިވެސް ވެވޭނެ އަދި.. އެކަމް ލައީ ވެސް ޖެހޭނު މަސައްކަތް ކުރަން…” ލީނާ ވާހަކަ ދައްކަމުން ދިޔައީ ވިސަނައިދޭފަދަ ގޮތަކަށެވެ. ގަބޫލު ކުރަން ބޭނުން ނުވިޔަސް ލީނާ އެދެއްކީ ތެދު ވާހަކަ ތަކެކޭ ލައިލާގެ ހިތައްއެރިއެވެ. “ތޭންކްޔޫ ދޮންތާ…” ލައިލާ ލީނާގެ ގައިގަ ބައްދައިގަތީ ލޮލުން އައި ކަރުނަތަށް ފޮހެލަމުންނެވެ.

…………………

ބަނޑުބޮޑުކަން އެނގުނު ވަގުތުން ފެށިގެން ޝީރީންގެ ހިތް ދިޔައީ ނުތަނަވަސް ވަމުންނެވެ. މޯންޑޭއަށް ދޭނެ ޖަވާބަކާ މެދު ޝީރީން ދިޔައީ ވިސްނަމުންނެވެ. އެހެން ނަމަވެސް ވިސްނާ ވިސްނާ ޝީރީންގެ ބޮލަށް ތަދުވުން ނޫން ކަމެއް ނުވިއެވެ. “މި ކުއްޖާ ދުނިޔެއަށް އައިސްގެންނު އަހަރެން މިކޮށީގަ ބަންދު ކުރެވޭނީ..” ޝީރީން ހިނިތުންވެލީ ބަނޑުގައި ފިރުމާލަމުންނެވެ.

“ދަރިފުޅާ ޝީރީން އާދޭ ކާން ދެން…. ” ޝީޔާމާ ޝީރީންގެ ކޮޓަރީގައި ދެތިން ފަހަރު ޓަކި ދިނުމައްފަހު ދޮރުހުޅުވާލީ ކާން އައުމަށް ބުނެއެވެ. އެއްވެސް އެއްޗެކޭ ނުބުނެ ޝީރީން ޝީޔާމާގެ ފަހަތުން ދިޔައީ ބަނޑުހައި ވެފަ އިންލެއްވެސް ބޮޑުކަމުންނެވެ. ޝިޔާމާއާއި އެކު ކާކޮޓަރިއަށް ދިޔަ ޝީރީން ފެނި މަނިކުގެ ހިތް ނަށާލީ އުފަލުންނެވެ. ޝީރީންއަށް ހެޔޮ ބަދަލެއް އަންނަނީކަމުގައި މަނިކު ނިންމީ ލޮލުން ފެންނަ މަންޒަރުތައް ހެކިދީއެވެ.

……………….

“އޭ ލައިޕުޓީ…. ހާދަ ދެރަވެފަ… މީހަކު ޖެހީތަ…” ޖޯލިފަތީގައި އިން ލައިލާފެނި ނަދީމް އަހާލީ ލައިލާ އިންގޮތުންނެވެ. “ނޫން…. ނަދީމް ކޮން ވަޑާމެއް…” ލައިލާ ހިނިތުންވެލަމުން ނަދީމްއާއި ދިމާލަށް ބަލާލިއެވެ. ރީތި އިސްކޮޅެއްގެ ވެރިއެވެ. ނަދީމްއަކީވެސް މިރަށު އަންހެންކުދިން ހިތް ކިޔަމުންދާ ޒުވާނެކެވެ. ފަންފަން ރީތި އިސްތަށި ގަނޑެކެވެ. މަތިމަހަކާއި ކުޑަ ތުނބުޅިއެއް ލާފައިވާއިރު ވަނީ ތުނިކޮށް ކޮށާލެވިފައެވެ. ނަދީމްގެ ކިބައިން ކަމުނުދަނީ ކޮންކަމެއްބާއޭ ލައިލާގެ ހިތަށް އެރިއެވެ. “އޭ.. އޭ…” ނަދީމް ލައިލާގެ ލޯ ކުރިމަތީ އަތް ހަނާ އަޅާލީ ލައިލާ އެއްދިމާލަކަށް ގެއްލިފަ އިނުމުންނެވެ. “ސާބަހޭ ސާބަހޭ… ވަޑާމޯ އަހާފަ…. މިހާރު މަ ވާހަކަ ދައްކަ ދައްކަވެސް ވަރުބަލި ވެއްޖެ..” ނަދީމްގެ ހިތުގައި ކުޑަ ކުޑަ އުންމީދީ އޮށެއް ފެޅުނީ ލައިލާ ކަޅި ޖަހާ ނުލާ ބަލަން އިން ގޮތުންނެވެ. ލައިލާގެ ދެލޮލުން ފެނިގެން ދިޔައީ އެހެންޏާ ފެނިފައި ނުވާކަހަލަ ޝުއޫރުތަކެވެ. “ސާބަސް އެދިމާލުން އެއާ ޓެކްސީއެއް ދިޔާމަ… ނުދަންތަ މަނިކު ކައިރިއަކަށް… އެގެއަށް ދާންވާނު ޝީރީންއަށް ގޮވާލަން ދޯ….” ލައިލާ އެހެން ބުނުމުން ނަދީމް ބޯ ޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. “ލައީ ކޮން ކުލައެއްގެ އެއާރ ޓެކްސީއެއްތަ ފެނުނީ…” މަނިކު ލައިލާ ފަސްދީ ދަމުން އަހާލީ އެއްމިޔަ އަރުވާލަމުންނެވެ. ލައިލާ ލަދުން އިސްޖަހާލުމުގެ ބަދަލުގައި ލޯއަޅާލިއެވެ.

………………………..

ދެފައި ވައްކޮއްލުމައްފަހު އެނދުމަތީގައި ޝީރީން އިށީނީ ޓީވީ ހުޅުވާލުމަށްފަހުއެވެ. ކުދި ކުދި ފޮތިފޮއްޗަށް ކޮށައިގެން ގެނައި ފަޅޯ ތައްޓަށް އުލެއް ޖަހާލަމުން ކާން ފެށީ ބަނޑަށް ޖެހިފައިވާ މީހެއްގެ އުސޫލުންނެވެ. ޝީރީންގެ އާދައަކީ ކޮންމެ ދުވަހަކު އެއީއެކެވެ. މޭބިސްކަނދުރު ކެއުމުގައިވެސް ޝީރީން ވަނީ ހައްދުފަހަނަ އަޅައި ގޮސްފައެވެ. މިއިން އެއްވެސް ކަމެއް ރޭކާ ނުލާ މަނިކު ގެއަށް ވަންނަ އިރު އޭގެން އެއްވެސް އެއްޗެއްގެ އަސަރުވެސް ގޭގަނުހުރެއެވެ.

ޝީރިންގެ ބަނޑަށް ތިންމަސް އެޅިއިރު ކުޑަ ކުޑަ ބަނޑޮޅެއް ދިއްކޮއްލާފައި ވަނީ ވަރަށްވެސް ލޯބިކޮށެވެ. ޝީރީންގެ ހަށިގަނޑަކީ ރީތި ބައްޓަން ލާފައިވާ ހަށިގަނޑެއްކަމުން އެ ވައް ބަނޑުވެސް ނިކުންނަން ފަށާފައިވަނީ ވަރަށް ވެސް ފުރިހަމައަށެވެ.

“ވަރަށް ފޫހިވޭ… އަޅެ ތި ބޮޑުވިޔަ ދޭނަމޭ….” ޝީރީން ކޮޓަރީގައި ބަނޑަށް ބަލަން އިނދެ ގަނެގެން އައި ހުދު ފޮތިގަނޑު ބަނޑުގައި އޮޅަންފެށީ އެ ކުޑަ ބަނޑުކޮޅު ބުރަކަށީ ކަށިގަނޑުގައި ތައްލާހާ ބާރަށެވެ. އެވަގުތު ޝީރިންގެ ބަނޑަށް ތޫލި ތަދެއް އަރައިގެން ދިޔައީ ކެއްނުކުރެވޭ ވަރަށެވެ. އަވަސް އަވަހަށް އަތުގައި އޮތް ފޮތިގަނޑު ދުރަށް އެއްލާލުމައްފަހު މަންމާ އޭ ކިޔާ އަޑުގެ ނެއްތަނަށް ގޮވާލީ ބިންމައްޗަށް ތިރިވަމުންނެވެ. ޝީރީންގެ އަޑަށް ދުވަމުން އައި ޝީޔާމާއަށް ޝީރީން އޮތް ގޮތް ފެނުމުން ނުރޮވުނީ ކިރިޔާއެވެ. އޭރު ޝީރީން ލައިގެން އިން ޖިންސުން ލޭގެ އަސަރު ފެންނަން ހުއްޓެވެ. “މަންމާ… ޝީރީން..” އެވަގުތު ގެއަށް ވަދެގެން އައި މަނިކަށް ޝީރިން އޮތް ގޮތް ފެނި އަވަސް ވެގަތީ ހެލްތް ސެންޓަރއަށް ގެންދިޔުމަށެވެ. އެދަރިފުޅަށް ގޮތެއްވެއްޖެއްޔާ މަނިކުގެ ހިތް ހުއްޓޭނެކަން ގައިމެވެ.

ހެލްތް ސެންޓަރއަށް ޝީރީން ގެންދިޔަ އިރުވެސް ޝީރީންގެ ވޭނީ ރުއިމުގެ އަޑު ނުކެނޑެއެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

ލޯބިވަން ޔާރާ އޭ 8

Next

ސިއްރު 9

Next
October 4, 2016

ސިއްރު 9

Previews
October 4, 2016

ލޯބިވަން ޔާރާ އޭ 8

17 Comments!

  1. kamana says:
    October 4, 2016 at 9:10 pm

    Heyy guys here is the new part. Hope yu all will like it. Lov u guyxx ??

  2. Yaana says:
    October 4, 2016 at 10:33 pm

    Wooow varah reethi. Sheereen haadha nubai eyy dhw. ?

    1. kamana says:
      October 5, 2016 at 10:52 am

      Thnk yu?

  3. Lai says:
    October 4, 2016 at 10:35 pm

    Varah varah rythiii. Thnk kamana for giving us a different story?

    1. kamana says:
      October 5, 2016 at 10:53 am

      Thnnk uu so much. ?

  4. ken? says:
    October 4, 2016 at 11:15 pm

    pis pos…sheereen kahalge nubai nulafaa meehunves ulheye dhw…kithamme varei kuriyas edhari ufan vaane…dhww kamana…?? mi part v kuruhwn heevanee??

    1. kamana says:
      October 5, 2016 at 10:53 am

      Ya ken. Kudakoh kuruvaane. Heheh. Thnk u so much foohikameh nethi kiyaathy ?

  5. Sheeby says:
    October 4, 2016 at 11:24 pm

    Sheereen ulhey gotheh vx dhw.. ???… Anyway vaahaka v salhi

    1. kamana says:
      October 5, 2016 at 10:54 am

      Thnk u so much sheeby ?

  6. Madhy says:
    October 5, 2016 at 1:00 am

    Story v v v salhi ?

    1. kamana says:
      October 5, 2016 at 10:54 am

      Thnk u so much?

  7. Khajja says:
    October 5, 2016 at 3:16 am

    Shyryn alhe hitevves nethytha noony thy anhenekey bunanves ladhuganey komme kamekkuriyas thidhari ufanvaanehen v hyvey ekam thikuraa kanthakuge sababun dharifulhu nukulhedhey kujjakavviyas maniku bolah dhw jahaany thikahala nuvisney rahum kudamyhunves ulhey dhw dhuniyeyga n stry v furihama v rythi v interestin waitin waitin nxt part

    1. kamana says:
      October 5, 2016 at 10:55 am

      Thnk u so much. Varah ufaavey readers hiyhama jehey kahala gothakah stry genes dheveythy ?

  8. Appy says:
    October 5, 2016 at 8:40 pm

    Hii kamana kihineh tha???v dhuvas kohlaafa mi comment kury ……..bt vaahaka hurihaa part eh vx kiyaifin mihaaru v rythi kuriyah dhaagoii …..

    1. kamana says:
      October 5, 2016 at 8:55 pm

      Heyy appi. How r u. I missd uu? Thnk yu so much mi vaahakavx foohikameh nethi kiyaathy. Asluvx my old readers supprt dheythi varah varah ufaaveyy. Thnk u guyxx. It means alot to me. ??

  9. kamana says:
    October 8, 2016 at 9:09 pm

    Heyy guyxx i on duty travel. Please try to understnd. Will upload new parts after
    Tueday. I am so so sorry guyxx ?

  10. kamana says:
    October 8, 2016 at 9:10 pm

    Tht is aftr 18 oct. thnk yu guyx for understnding

Comments are closed.

Next Episodeއިންތިހާއަށް އާދޭސް 9…←


All Right Reserved!