ހިތުގެ ރިހުން (12)
“ތިކާކު” ކުރަކި އަޑަކުން ޔާސިންއަށް ބަލަހައްޓައިން އޮތް މިންހާ ބުނެލިއެވެ. ޔާސިން ފަސް އެބުރި ބަލާލިއެވެ.
“މަންމީ… މަންމީ..” ނައިރާ މިންހާ ގާތަށް ދާން ރޯންފެށިއެވެ. ނަމަވެސް. މިންހާ އަޑުގެ ނެތްތަނަށް ހަޅޭއް ލަވަން ފެށިއެވެ. މުޅި އީއާރުގައިވެސް އިވެމުން ދިޔައީ މިންހާގެ ހަޅޭކުގެ އަޑެވެ. ޑޮކްޓަރާއި ނަރުސް އައިސް ޔާސިން އެތަނުން ނެރުނެވެ. އޭރު ހުޝާމް ވެސް ވީގޮތް ނޭގިފައި ދޮރު ކައިރި މަޑުކޮށްލައިން ހުއްޓެވެ.
“ކިހިނެއްވީ؟” ހުޝާމް އަހާލިއެވެ.
“ނޭގެ ހޭ އެރި ގޮތަށް ހަޅޭއްލަވަން ފެށީ… ” ޔާސިން އަށްވެސް ވީ ގޮތެއް ނޭގެއެވެ.
” ޝީ ހޭސް ޓެމްޕޮރަރީ މެމޮރީ ލޮސް ޑިއު ޓުދަ ޝޮކް.. ޝީ ނީޑްސް އޯލް އޮފް ޔޯ ކެއާރ ޓު ރިކަވާރ.. ނައު އައި ހޭވް ގިވެން ހާރ ސެޑޭޓިވް ޓު ކޮންޓްރޯލް..” ޔާސިންގެ ކޮޑުގައި ޖަހާލަމުން ޑޮކްޓަރު ބުނެލިއެވެ.
ހުސް އެއްވަރުގެ ކަންތަކާ ލައިގަންނަ ދުވަހެކެވެ. މިންހާގެ ބަލި ހާލަތު ހުރި ގޮތުން މިއަދު ޔާސިން އަށް މަޖުބޫރު ވަނީ މިންހާ ބަލަންށެވެ. ދަރިފުޅަށް ޓަކާވެސް މިންހާ އަބުރާ ގެންނަން އެބަ ޖެހެއެވެ. ޔާސިން ނައިރާ ހުޝާމް އަތަށް ދިނުމަށްފަހު ގޮސް މިންހާ އޮތް އެދު ކައިރިއަށް ވަނެވެ.
ޔާސިން ވަނުމުން މިންހާ މޫނު އަނެއް ފަރާތަށް އަބުރާލިއެވެ.
“މިންހާ! އަހަރެން މީ މިންހާގެ ފިރިމީހާ. އަހަރެން މަތިން ހަދާނެއް ނެތްތަ؟” ޔާސިން ބުނެލިއެވެ. ކައިވެނި އަލުން ރުޖޫއު ކޮށްގެން ވެސް މިންހާ ރަގަޅުވަންދެން މިންހާ ގާތުގައި ހުންނަން އޭނާ ބޭނުންވީ އޭނާ އެންމެ ބަލިވެ އެދުމަތިވި އިރު އޭނާއަށް އެހީތެރިކަމެއް ފޯރުކޮށްދީ އެންމެ ގާތުގައި ހުރީ މިންހާ ކަމުންނެވެ.
މިންހާ އާނއެކޭ ބުނެލިއެވެ. ޔާސިން އައިސް މިންހާގެ އަތުގައި ހިފާލިއެވެ.
*****
އޭޑީކޭ ތެރެއިން ދުވަމުން އައި ނޫރާ ދިޔަ ގޮތަށް ގޮސް ވަނީ އެމެޖެންސީ ތެރެއަށެވެ. އޭރު ހުޝާމް ނައިރާ އުރާލައިން މިންހާ ބާއްވާފައި އޮތް އެދުގެ ބޭރުގައި މަޑު ކޮށްލައިން ހުއްޓެވެ. ދުވެފައި އައި ނޫރާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވެވެ ހުއްޓެވެ.
“ދަރިފުޅާ މަޑުކޮށްބަލަ!” ނޫރާގެ ފަހަތުން އައި އައިޝާ ނޫރާއަށް ގޮވަމުން އައެވެ. ހުޝާމްވެސް ބެލީ ނޫރާ ހުއްޓުވޭތޯއެވެ. ނަމަވެސް ހުޝާމްގެ އަތުގައިވެސް ނުޖެހި ނޫރާ ގޮސް އެތަނަށް ވަދެގަތެވެ. އޭރު ޔާސިން މިންހާގެ އަތުގައި ހިފައިން މިންހާގެ ކަރުގައި ބީހިލަން ހުއްޓެވެ. މިންހާވެސް ޔާސިންގެ ދެލޮލަށް ބަލަހައްޓައިން އޮތެވެ. ނޫރާއަށް ހުއްޓުން އެރިއެވެ. ޔާސިން އަށް ކަމެއްވީ ކަމަށް ހިތައި އޭނާގެ ހިތް ބިރުގަނެފައި ހުރި ވަރު ދެނެވޮޑިގެންވާނީ މާތް ﷲ އެވެ.
“ކާކު؟” މިންހާ އަހާލީ އެދުގެ ކޮޅުގައި ހުރި ނޫރާ ފެނުމުންނެވެ. ޔާސިންއަށް ނޫރާ ފެނުމުން މިންހާއާ ދުރަށް ޖެހިލިއެވެ. ނޫރާއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާއަކީ ކާކުކަން މިންހާއަށް ނޭގި ނުދާނެއެވެ. އޭނާއަކީ އެންމެ ފުރަތަމަ ދުވަހުއްސުރެ މިންހާގެ ދުޝްމަނެކެވެ.
“މިންނު.. މަޑުކޮށްލައްޗޭ އެބަ އަންނަން..” ނޫރާ އެއްޗެކޭ ބުނުމުގެ ކުރިން ޔާސިން ބުނެލިއެވެ. އަދި ނޫރާގެ އަތުގައި ހިފައިން އެތަނުން ނިކުތެވެ.
“ނޫރާ މިތާ ކީއްކުރަނީ؟” ޔާސިން އަހާލިއެވެ.
ނޫރާ ބޭ އިޙްތިޔާރުގައި ޔާސިން ގައިގާ ބައްދާލެވުނެވެ.
“ޔާސިން… އާރ ޔޫ އޯކޭ… އެއްވެސް އަނިޔާއެއް ނުވޭތަ؟ އަހަރެން ހާދަ ބިރުންނޭ ހުރީ ހަބަރު އަޑު އަހާފަ؟” މީހަކަށް ފެނުމުގެ ކުރިން ޔާސިން ނޫރާ ދުރުކޮށްލިއެވެ.
“އަހަންނަކަށް ނުވޭ އެއްވެސް ކަމެއް.. އެންމެ ރަގަޅުވާނީ ނޫރާ މިތަނުން ދިޔައްޔާ..” މި ދަޑިވަޅުގައި ނޫރާ އެތާ ހުރެ އިތުރު ގަޑުބަޑު ކަމެއްގެ ތެރެއަށް ވަންނަން ޔާސިން ބޭނުމެއް ނޫނެވެ. އަދި މި ވަޤުތަކީ މަންސޫރުވެސް އަތުވެދާނެ ވަގުތެއް ކަމުން އޭނާ ބޭނުން ވީ އަވަހަށް ނޫރާ އެތަނުން ފޮނުވާލާށެވެ.
“އަހަރެން މިތަނަށް މިއައި ޔާސިން އަށް ކަމެއްވީ ކަމަށް.. އަހަރެން ބޭނުމެއް ނުން ޔާސިން އަށް އެއްވެސް ދެރަ ގޮތެއްވާން.. އަހަރެން އަދިވެސް ޔާސިން ދެކެ..” ނޫރާ އަށް ބުނެވުނީ މިވަރަށެވެ. އައިޝާ އައި ގޮތަށް އައިސް ނޫރާ ދުރައް ޖައްސާލިއެވެ. އައިޝާ އަށް ވެސް ނޫރާ ބުނަން އުޅޭ އެއްޗެއް އިނގެއެވެ.
“މަންމާ.. މިތަނުން ދޭ ނޫރާ ގޮވައިން.. އަހަރެން ބޭނުމެއް ނުން އަހަރެން އަންހެނުންނަށް އެއްވެސް ދެރައެއް ލިބޭކަށް” ޔާސިން އަދިވެސް އައިޝާއަށް ކިޔަނީ މަންމަ އެވެ.
“އަހަރެމެން ވެސް ބޭނުމެއް ނުވޭ މިތާ ހުންނަން.. ޔާސިންއަށް ނޫރާ މިތަނަށް ތެޅެމުން ފޮޅެމުން އައި ކީއްވެކަން ރަގަޅަށް އިނގޭނެ.. ހިނގާ ދާން ދަރިފުޅާ” ނޫރާ އަތުލަފި ކޮށްލައިން އައިޝާ އެމަޖެންސީ އިން ނިކުމެގެން ހިގައްޖެއެވެ. ޔާސިން ދެލޮލުން އައި ކަރުނަ ފޮހެލުމަށްފަހު ހުޝާމް ފެންނަން ނެތުމުން ގުޅާލިއެވެ.
“ބައްޕަ ދޫކޮށްލައިފި ގެޔަށް.. އެކަމް ތިން ދުވަސް ވަންދެން ޖެހޭ ހޮސްޕިޓަލް އަށް ދާން.. އަހަރެން މިދަނީ ނައި ގޮވައިން ގެޔަށް.. ޔާސިން ކަންބޮޑު ނުވޭ ނައީ ބަލާނަން ވަރަށް ރަގަޅަށް. ތިކަން ނިންމާފަ އާދޭ ގެޔަށް އިނގޭ!” ހުޝާމްގެ އަޑިގައިވީ އޯގާތެރިކަމެވެ.
“ތޭންކްސް… އަހަރެން ދާނަން ނައި ބަލާ މިންހާ ދޫކޮށްލީމަ” ޔާސިން މިހެން ބުނެ ފޯނު ބާއްވާފައި މިންހާ ކައިރިއަށް އައިސް ވަނެވެ.
ގަޑިން މެންދަމުން އަބުރާ 3 ޖެހީއެވެ. ގަދަ ނިދީގައި އޮތް މިންހާގެ މޫނަށް ބަލަހައްޓައިން ޔާސިން އިނީ ހިޔާލުތަކަކަށް ގެއްލިފައެވެ. އޭނާގެ ހަޔާތުގައި މިހާ ގިނަ ކަންކަން އެއްފަހަރާ ދިމާމިވީ އަދި ފުރަތަމަ ފަހަރަށެވެ. ޔާސިރަކީ އޭނާގެ ބައްޕައެވެ. އަދި ހުޝާމް އަކީ އޭނާގެ އެއްބަފާ ބޭބެއެވެ. މަސްތަކެއްގެ ތަފާތު ދެމީހުންގެ ހުއްޓަސް ހުޝާމް ޔާސިން އަށް ވުރެ ބޮޑެވެ.
މިންހާ ހޮސްޕޮޓަލުން ދޫކޮށްލުމުން ދާނީ ކޮންތާކަށް ބާއެވެ. ކައިވެނި އަލުން ރުޖޫއަކުރުމަށް ފޯމްވެސް ނަގަން ޖެހެއެވެ. މާދަމާ އަކީ އަނެއްކާ ބައިވަރު ކަންތައް ކުރަން ޖެހޭ ދުވަހެކެވެ.
“ދަރިފުޅާ ޔާސިން.. މިންނު ކިހިނެއް؟” ޔާސިން ސިއްސައިން ދިޔައީ އޭނަ ކައިރި ހުރި މަންސޫރު ވާހަކަ ދައްކަން ފެށުމުންނެވެ.
“ބައްޕަ އައީތަ.. މިހާރު ރަގަޅު.. މާދަމައަށް ބަލާފަ ދޫކޮށްލާނެ.” ޔާސިން ވީ ގޮތް ކިޔާދިނެވެ.
“ޔާސިންގެ ބައްޕައޭ؟ އެކަމް ޔާސިން ބުނީމެއްނުނއ ބައްޕައެއް ނެތޭ!” މަންސޫރު ހައިރާން ކަމާއެކު އަހާލިއެވެ.
“އަޅުގަނޑުވެސް ހީކޮށްގެން ހުރި އެހެން ކަމަށް. މަންމަ ވެސް ބައްޕަ އަކީ ކާކުކަމެއް ނުއެއް ބުނޭ..” ޔާސިން ވާހަކަ ދެއްކިއެވެ.
“ބައްޕަ ހާލު ރަގަޅުތަ މިހާރު.. އަހަރެން މިހުންނަނީ ހަދާނެ ގޮތް ހުސްވެފަ.. މިންނު ރަގަޅިވާނީ ކޮން ދުވަހަކު ބާ… ެހާ ފަރުވާ ދެވިއްޖެ…” މަންސޫރު ނިދިފައި އޮތް މިންހާގެ އަތުގައި ހިފާލިއެވެ.
“އާނ. ބައްޕަ ގެޔަށް ދޫކޮށްލައިފި އަތް ފަހާފަ.. އެކަމް ޕޮލިހުގަ އެބަ އޮތް މިންހާގެ މައްސަލަ.. ޕޮލިހުން ދަނީ އެކަން ތަހުޤީޤް ކުރަމުން..” ޔާސިން އެންމެ ފަހުގެ އަޕްޑޭޓް މަންސޫރަށް ދިނެވެ.
“ޔާސިން ބައްޕަ ކައިރި ބުނެބަލަ އެ މައްސަލަ ދޫކޮށްލަން.. ޔާސިން އަށް ރަގަޅަށް އިނގޭނުން މިންހާގެ ހާލަތު..” މަންސޫރު ކަންބޮޑުވީ އެކަމުގެ ސަބަބުން މިންހާ އަށް އައިސްދާނެ ހުކުމަކަށެވެ. އެއްގޮތަކަށްވެސް ޔާސިރު އަށް ވީ ވަރެއް ބަލާކަށް ބޭނުމެއް ނޫނެވެ.
“އަޅުގަނޑު އެހެން ނުނަސް މާދަން ބައްޕަ ކައިރިއަށް ދާން ނިންމާފަ އިނީ ތިކަމުގަ.. ބައްޕަ އެކަމު އެކަމަށް ނިންމާ ގޮތަކަށް އަޅުގަނޑު އިޙްތިރާމް ކުރާނަން.” ޔާސިން ބުނެލިއެވެ.
“އިޙްތިރާމް ނުކުރާށެކޭ ނުން… ޔާސިން އަށް އެދެވޭނެ ދޯ މައްސަލަ ދޫކޮށްލަން.. މި ގައިމު ޔާސިން އަންހެނުންނާ ޔާސިން ދަރިފުޅުގެ މަންމަ ދޯ… އޭނަ ގޮސް ޖަލުގަ އޮންނަންތަ ޔާސިން ބޭނުން ވަނީ؟” މަންސޫރުގެ އަޑު ބާރުވިއެވެ. މިއަޑަށް މިންހާއަށް ހޭލެވުނެވެ.
“އޭއި.. ކަލޭތީ ކާކު އަހަރެން ފިރިމީހާއަށް ހަޅޭއްލަވަން..” މިންހާ އުޅުނީ ތެދުވެ މަންސޫރު ގައިގަ ޖަހަންށެވެ. ޔާސިންއަށް އެއްފަހަރު މިންހާ ހަދާން ނުނެކތޭ އޭވެސް ހިތައް އެރިއެވެ. މިންހާ ގެ އުޅުން ހުރީ އޭނަ ރަގަޅަށް ހުރިއިރުވެސް ހުންނަ ގޮތަށެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



