Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ރިހުން (13)

Krystal Level 510 Stories100 Login100 Comments
July 29, 2025 4 Mins Read
0 Comments

މިންހާ އޭނާގެ އަތަށް ޖަހާފައި އިން ކެނިއުލާ ނަގާ ހޫރާލިއެވެ. އެވަގުތު އޭނާގެ އަތުން ލޭ ފައިބަން ފެށިއެވެ. ފައިބަމުން ދިޔަ ލެޔަށް ފަރުވާލެއް ނެތި މިންހާ ބެލީ މަންސޫރު ކަރުގައި ހިފޭތޯއެވެ. ޔާސިން ބެލީ މިންހާ މަތަ ކުރެވޭތޯއެވެ. އެންމެ ފަހުން މިންހާ މަތަ ވީ ނަރުހުން އައިސް ސެޑޭޓިވްއެއް ޖެހުމުންނެވެ.

*****

ޖެހިގެން އައި ދުވަސް

ޔާސިން އަށް މިންހާގެ އަމަލްތައް ރޭގައި ހުރި ގޮތް ހިތަށް އަރަމުން ދިޔައެވެ. މީ މިންހާ އެންމެ ސަކަރާތްވި އިރުވެސް އުޅުނު ގޮތެއް ނޫނެވެ. މި ހިޔާލުގައި ހުރެ އޭނާ ގޮސް ޔާސިރުމެން ގެޔަށް ވަނެވެ.

“ކަލޭ ކީއްކުރަން މިގެޔަށް ތިއައީ” ސޯފާގައި އިން އާތިކާ ފުންމައިން ތެދުވީ އެތެރެއަށް ވަދެގެން އައި ޔާސިން ފެނުމުންނެވެ.

“ބައްޕަ ހޯދަން..” ޖެހިލުން ވެފައި ޔާސިން ބުނެލިއެވެ.

“ބައްޕައޭ… ކަލޭގެ ބައްޕައެއް މިގެޔަކު ނެތް.. ހަމަ މިހާރު ނިކުމޭ” އާތިކާގެ އަޑު ވީހާވެސް މަޑުކުރެވޭތޯ ބެލީ ޔާސިރަށް އަޑު އިވި ދާނެތީއެވެ. އެވަޤުތު ވެގެން ދިޔައީ ޔާސިރު ކޮޓަރިން ނިކުތް ވަގުތަށެވެ.

“އާތިކާ… ބަލަ އެވެސް މަގޭ ދަރިއެކޭ… ހުޝާމެކޭ އެއްވަރަށް ޔާސިންއަށްވެސް މިގޭގަ އުޅެވޭނެ، ވަދެވޭނެ އަދި ބޭނުން ކަމެއް ކުރެވޭނެ.. އެކަމާ އާތިކާ ހިތްހަމަ ނުޖެހެންޔާ މިގެއިން ނިކުމެގެން ދިޔަޔަސް އަހަރެންގެ ފަރުވާލެއް ނެތް..” ޔާސިރު ލައްކަ ކެތެއް ކޮށްފިއެވެ. އާތިކާ ގާތު ޔާސިން ގެ ވާހަކަ އޭނާ ދެއްކީ ރޭގައެވެ. ޔާސިން އަކީ އޭނާގެ ދަރިއެއް ކަމާ ނައިރާ އަކީ އޭނާގެ ކާފަ ދަރި ކަމުގައި ބުންޏެވެ. ޔާސިރު ކުރިމަތީ މާ ރަގަޅު މީހަކަށް ހެދިގެން ހުއްޓަސް ޔާސިރު ނެތް ތަންތާ އާތިކާ އަކީ ވަރަށް ނުބައި މީހެކެވެ.

“ޔާސިރު އެބަ އުޅެންތަ؟ އަހަރެން ހީކުރީ ނެތް ކަމަށް. އެހެންވެ ދާށޭ މިބުނީ” އާތިކާގެ ހިޔަޅުކަން ފެނިފައި ޔާސިން ވެސް ހުރީ ކޮސްވެފައެވެ. ނަމަވެސް އެއްވެސް އެއްޗެކޭ ނުބުނެ ޔާސިރު ފަހަތުން ގޮސް ކޮޓަރިއަށް ވަނެވެ.

” ބައްޕާ.. އަހަރެން މިއައީ ކަމަކު ކިޔަން..” ޔާސިން ބުނެލިއެވެ.

“އަވަހަށް ބުނޭ… ދަރިފުޅު ބޭނުން ކޮންމެ ކަމެއް ބައްޕަ ބޭނުން ކޮށްދޭން.. ވޭތުވެ ދިޔަ 25 އަހަރު ބައްޕަގެ ލޯބި ނުދެވި ދިޔައީ.. އެ ހުރިހާ ކަމެއް ދަރިފުޅަށް ފުރިހަމަ ކޮށްދޭން ބައްޕަ ބޭނުން..” ޔާސިރު ވަރަށް އޯގާތެރިކަމާ އެކު ވާހަކަ ދެއްކިއެވެ.

“މިންހާގެ މައްސަލަ ޕޮލިހުން ނަގާދީ… އަހަރެން ބޭނުމެއް ނުން އަހަރެންގެ ދަރިފުޅުގެ މަންމަ އަށް އެއްވެސް ދެރައެއް ވަކަށް..” ޔާސިން ވާހަކަ ދެއްކިއެވެ.

“ބައްޕަ ހީކުރީ ދަރިފުޅު އޭނަ ވަރިކުރީ ކަމަށް.. އެކަހަލަ އެއްޗެއް އަޑު އިވުނު… އެހެން ނުނަސް ބައްޕަ އެ މައްސަލަ ދޫކޮށްލައިފިން ބައްޕަ ވެސް ބޭނުމެއް ނުން ބައްޕަގެ ހުރި ހަމަ އެކަނި ކާފަ ދަރިފުޅުގެ މަންމަ އަކީ މުޖުރިމެކޭ މީހުން ކިޔާކަށް” ޔާސިރު މިހެން ބުނުމުން ހަމަ ޖެހުމުގެ ނޭވާއެއް ޔާސިން ދޫކޮށްލިއެވެ. ދެބަފައިން އެތައް ވާހަކަ އެއްގައި ތިއްބެވެ.

*****

“ހަލޯ.. މޫސަބޭ… އާތިކާ އޭ… ކޮން އިރަކު ބައްދަލު ވެވޭނީ…އެބަ ބޭނުން ވޭ އޭގެ އެއްޗެއް..” ބަދިގެއަށް ވަދެ ހުރެ އާތިކާ ވަހަކަ ދައްކަމުން ދިޔައީ ފޯނުންނެވެ.

“ކޯންޗެއް؟” ފަހަތުން އައިސް ވަތް ހުޝާމް އަހާލިއެވެ. އާތިކާ އަށް ތެޅިގަނެވުނެވެ. ވަގުތުން ފޯނު ކަޑާލިއެވެ.

“އެއީ މަންމަ ކާ ބޭހެއް” އާތިކާ ދޮގު ހަދާލިއެވެ. ހުޝާމް ރޮއްޓަކާ ކުޅިމަސް ކޮޅެއް އަޅައިން ނިކުންނަން ހިގައިގަތެވެ.

“އެންމެ ރޮއްޓަކުން ވޭތަ ދަރިފުޅަށް” އާތިކާ އަހާލިއެވެ. އޭރު އެގޭގައި ނައިރާ ގެނެސްގެން އުޅޭކަމެއް އާތިކާއަކަށް ނޭގެއެވެ.

“މީ ނައި އަށް. ޔާސިންގެ ކުޑަމީހާ…. އޭނަ އަންހެނުން ހޮސްޕިޓަލްގަ އެޑްމިޓް ކޮށްފަ އޮތީމަ ދޫކޮށްލަންދެން މިގޭގަ ހުންނަނީ” ހުޝާމް މިހެން ބުނުމަށްފަހު ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

“ކަންތަކާ ލައިގަތީ… މި މަރިޔަމުގެ މުސީބާތަކާ ހެދި ބޮޑު އުދަގުލެއް… އޭރު އެ ކުއްޖާ މަރާލެވުނު ނަމަ މިއަދު މިތަން ނުފެނުނީސް…” އާތިކާ މަޑުމަޑުން ކިޔާލިއެވެ.

*****

ދެ ހަފްތާ ފަސް

“މަންމީ ހިނގާބަ މޫދަށް ދާން.. ނައި ވަރަށް މޫދަށް ދާ ހިތްވޭ…” ނައިރާ ވާހަކަ ދެއްކީ މިންހާއާ އެވެ. މިންހާގެ ކޮޓަރީގެ އެދުގައި ޔާސިން ވެސް އޭރު އޮށޯވެލައިން އޮތެވެ. ޔާސިންގެ މޫނު މަތިން ފެންނަމުން ދިޔައީ ހިތް ހަމަ ޖެހުމާއި އުފާވެރިކަމެވެ. ވޭތިވެދިޔަ 2 ހަފްތާ ދުވަސް ތެރޭ ވަރަށް ގިނަ ކަންކަން ބަދަލުވެގެން ހިގައްޖެއެވެ. މިންހާ ހީވަނީ މުޅިން އާ މީހެއް ހެނެވެ. ޔާސިން އަށްވެސް ނައިރާ އަށް ވެސް ވަރަށް ހެވެވެ. ޔާސިންގެ ހުރިހަ ކަމަކާ ނައިރާގެ ހުރިހަ ކަމެއްވެސް ވަރަށް ގާތުން ބަލަމުން ދިޔައެވެ.

“މަންމިގެ ކަބުލޮ މޫދަށް ދާން ބޭނުންވަނީތަ؟ ބައްޕީ ހިނގާ ހަވީރު ދަމާ… އަހަރުންގެ ޖާނުގަނޑު ދެރަ ކުރަކަށް ނުވާނެ ނުން” ނައިރާ ގައިގާ ގިލިގިލި ކޮށްޓާލަމުން މިންހާ ބުނެލިއެވެ. ޔާސިންވެސް ހެމުން ހެމުން އާނއެކޭ ބުނެލިއެވެ.

*****

“ދަރިފުޅާ ދެން ކޮން ކަމެއް ތީ.. މަންމަ އަށް ހީވަނީ ދަރިފުޅު ޔޫކޭ އިން އައިމަ މާ ނުބައިހެން.. މުޅި މީހާ ތިހުންނަނީ މޯޅިވެފަ..” އައިޝާ ވާހަކަ ދެއްކީ ނޫރާ އާއެވެ.

“މަންމާ.. އަޅެ އަހަރެން ކިހިނެއްތަ ހަދަންވީ.. އަހަރެން އަދިވެސް ވަރަށް ލޯބިވެޔޭ ޔާސިން ދެކެ… އަހަންނަކަށް އޭނަ އެއުޅޭ ދިރިއުޅުން އުޅޭތަން ދެކޭކަށް ކެތެއް ނުވާނެ.. އަހަރެންގެ ލޯބީގަ ކޮޅުފައިން ޖަހާފަ ގޮސް އޭނަ އުޅެން ޖެހޭނީ އުފަލުގަ ނުންތަ މަންމާ” ނޫރާ އަށް ރޮވޭގޮތްވިއެވެ. ހަޤީޤަތުގައިވެސް އޭނާ ޔާސިންދެކެ ވަރަށް ލޯބިވެއެވެ. އަދިވެސް އެ ހަދާންތައް އޭނާއާ އެކު ވެއެވެ. މިއަދު ޔާސިން މިންހާ ދޫކޮށްލާފައި އޭނާ ގާތަށް އަޔަސް ދެއަތް ހުޅުވާފައި ޔާސިން އަށް އޭނާ މަރުހަބާ ކިޔާނެއެވެ.

“ނޫރާ.. މަންމަ ބުނިންދޯ މިހާރު އެތައް ފަހަރަކު ޔާސިން ބޭނުންވި ދިރިއުޅެމޭ އޭނަ އެއުޅެނީ… މަންމަ އަށް ފެންނަނީ ދަރިފުޅު ވެސް މީހަކާ އިންނަން.. އެއީ ދެން ތި ހަދާން ތަކާ ދުރަށް ދެވޭނެ ހަމަ އެކަނި ގޮތަކީ” އައިޝާ އޭނާގެ ހިޔާލު ފާޅު ކުރިއެވެ.

“އަހަންނަކަށް އަހަރެން ލޯބިނުވާ މީހަކާ އެކު ނޫޅެވޭނެ. އަނެއްކޮޅުން އެއީ އެމީހަކަށް ދެވޭ ކިހާ ބޮޑު ލަޑެއް..” ނޫރާ އެއްގޮތަކަށްވެސް އެގޮތް ބޭނުމެއް ނޫނެވެ.

“ދަރިފުޅު ލޯބި ނުވިޔަސް އެމީހަކު ދަރިފުޅު ދެކެ ލޯބިވަންޏާ އެނިމުނީ ނުން.. އިސާ ހިތަކު ދަރިފުޅުވެސް އޭނަ ދެކެ ލޯބިވެދާނެ..” އައިޝާ މިހާރު ބޭނުން ވަނީ ނޫރާ އަވަހަށް މީހަކާ ދެވާށެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ނޫރާގެ އެ ހިޔާލުތަކާ ދުރު ކުރަން އޭނާ ބޭނުން ވެއެވެ.

“ދެން ތިވާހަކަ ނުދައްކާ އަހަރެން ބޭނުމެއް ނުން އަދި މީހަކާ އިންނާކަށް” ނޫރާ ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އައިޝާ ދެއަތަކަށް ބޯ ހޫރާލިއެވެ.

*****

ހަވީރު 4 ޖެހި އިރު މިންހާ، ޔާސިން އަދި ނައިރާ ތިބީ އާޓިފިޝަލް ބީޗުގައެވެ. މިންހާ ގެނައި ފޮތިގަނޑު ބިންމަތީ އަޅާލުމަށްފަހު ކާ އެއްޗެހި އަތުރާލިއެވެ.

“ދަރިފުޅު ދުރަށް ނުދައްޗޭ. ބައްޕި މިއަންނަނީ އިންގޭ…” ޔާސިން ދުވެފައި ދިޔަ ނައިރާއަށް ގޮވާލާފައި ބުނެލިއެވެ.

“މިންނު ނޭރޭނަންތަ؟ ޔާސިން އަހާލިއެވެ.

“އާން… އިޓްސް ދެޓް ޓައިމް އޮފް ދަ މަންތް… އަހަރެން އެބަ އަންނަން އެހެރަ ކެފޭ އިން ކޮފީއެއް ގަނެލައިން..” މިންހާ މިހެން ބުނުމަށް ފަހު ކެފޭ އާ ދިމަލަށް ހިގައިގަތެވެ. ޔާސިން ވެސް ނައިރާ ކައިރިއަށް މޫދަށް އެރުނެވެ.

“އޭއި.. މިންނޫ…” ކެފޭ ކައިރީގައި ހުއްޓިލައިން ހުރި މިންހާގެ އަތުގައި ހިފައި ބާރަކަށް މީހަކު ދަމާލިއެވެ. އެ މަންޒަރު ނައިރާ އާ އެކު ކުޅެން ހުރި ޔާސިން އަށް ފެނުނެވެ.

މިންހާ ތަދުވެފައި ބަލާލިއިރު ކުރި މަތީ ހުރީ އެޑަމްއެވެ. މިންހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

-ނުނިމޭ-

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Krystal

Level 510 Stories100 Login100 Comments

Other Articles

Previous

ހިތުގެ ނާރުތަކުގާވެސް ތިބާ… 17

Next

ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާ ތަކެއް އޭރުދީފާ-9

Next
July 29, 2025

ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާ ތަކެއް އޭރުދީފާ-9

Previews
July 29, 2025

ހިތުގެ ނާރުތަކުގާވެސް ތިބާ… 17



All Right Reserved!