ހިތުގެ ރިހުން (16)
ޔާސިން މިންހާގެ އަތް ނަގާ މޫނާ ދުރު ކޮށްލިއެވެ. އެ ދެލޯވަނީ ރަތްވެފައެވެ. މިންހާ ހަމަޔަކަށް އެޅުވުމަށް މިންހާ ގައިގާ ޔާސިން ބައްދާލިއެވެ. އަދި ނައިރާ އާ މިންހާ ގޮވައިން އެމީހުން ގެޔަށް ދިއުމަށް ތެދުވިއެވެ.
“ހުޝާމް އަހަރުމެން ދަނީ… ކަމެއް ވެއްޖެޔާ އަހަންނަށް ގުޅައްޗޭ.. އަހަރެން އަދި ބައްޕައާ ވާހަކަ ދައްކާނަން..” ޔާސިން މިހެން ބުނުމަށްފަހު ދިޔައެވެ. ހުޝާމްގެ ހިތް ތެޅެމުން ދިޔައެވެ. އޭނާގެ މައިންބަފައިން ކޮޓަރިން އަޑެއް ބަޑެއްވެސް ނީވެއެވެ. ކޮޓަރިތެރޭ ހިނގާ އެއްވެސް ކަމެއް އަޑެއް ނީވެއެވެ. އަޑު އިވޭތޯ ކަންފަތް ދޮރާ ގާތް ކޮށްލިއެވެ. އެވަޤުތު ޔާސިރު ދޮރު ހުޅުވާލުމަށްފަހު ބާރު ހިގުމެއްގައި ގެއިން ނިކުމެގެން ހިގައްޖެއެވެ. ހުޝާމް ދޮރު ހުޅުވާ އެތެރެއަށް ބޯ ކޮށްޕާލީ އޭނާގެ މަންމަ ހުރިތަނެއް ބަލާލަންށެވެ. އޭރު އާތިކާ ބިންމަތީ އިދެ ރޮނީއެވެ. ހުޝާމް ދުވެފައި އައިސް އާތިކާގެ ކޮޑުގައި ހިފާ ތެދުކޮށްލިއެވެ. އަދި ވީ ގޮތް އޮޅުން ފިލުވިއެވެ.
“ދަރިފުޅާ… ބައްޕަ އެދިޔައީ މަންމަ ވަރިކޮށްފަ” އާތިކާ މިބުނި އެއްޗަކުން ހުޝާމް ހުރީ ބަސް ހުއްޓިފައެވެ. މިއަދު ހިގައި މިދިޔަ ކަމަކީ ބައްޕަ އެވަރު ނިންމުމެއް ނިންމަންޖެހޭ ސަބަބެއް ބާއޭ ހިތައް އަރަމުން ދިޔައެވެ.
“މަންމާ ހަމަ ޖެހިބަލަ… ބައްޕަ އެދިޔައީ ކޮންތާކަށް…” ހުޝާމް އަކީ އަބަދުވެސް ކަމުގެ ދެކޮޅު ބަލާ މީހެކެވެ. ޔާސިރުގެ މި ނިންމުން ނިންމަން ޖެހުނީ ކީއްވެތޯ އެއީ އެނާ އިގެން ބޭނުންވާ ކަމެކެވެ. އާތިކާ ނޭގެއޭ ބުނުމުގެ ގޮތުން ކޮޑު ހިއްލާލިއެވެ. ހުޝާމް ފޯނު ނަގާ ފުރަތަމަ ގުޅީ ޔާސިން އަށެވެ. ކަން ހިގައިދިޔަ ގޮތް އިގެން ޔާސިން އަށްވެސް މުހިންމު ކަމުގައި ދެކޭތީއެެވެ. ދެން ޔާސިރު އަށް ގުޅާލިއެވެ.
“ބައްޕާ ކޮންތާކު.. އަޅުގަނޑު އެބަދަން..” ޔާސިރު ހުރިތަން ބުނުމުން ހުޝާމް ފޯނު ބޭއްވުމަށްފަހު އެބަ އަންނަމޭ އާތިކާ ގާތު ބުނެ ގެއިން ނިކުތެވެ.
*****
ޔާސިންމެން ގެއަށް އައިސް ވަތް އިރު މަންސޫރު ގޭ ސޯފާގައި އިނެވެ. މަނާލްވެސް މަންސޫރު ގާތު ފޯނާ ކުޅެން އިނެވެ. މިންހާ ފެނުމާ އެކު މަންސޫރު އައި ގޮތަށް އައިސް މިންހާގެ މޫނުމަތީ އެތިފަހަރެއް އަޅާލިއެވެ. ޔާސިން މިންހާ ކުރިމައްޗަށް އެރީ މަންސޫރު ދެވަނަ އެތިފަހަރެއް އަޅަން އަތް ދިއްކޮލުމުންނެވެ.
“ބައްޕާ ކިހިނެއްތޯވީ؟” ޔާސިން މިންހާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
“ކިހިނެއް ނުވަނީ.. މި އަންހެނާ އަކާ ހުރެ އަހަރެން ލަދުން ބޯފަޅައިން ދާ ވަރުވޭ..” މަންސޫރު ޔާސިންގެ ފަހަތުގައި ހުރި މިންހާ ދުރު ކޮށްލަމުން ބުނެލިއެވެ. ޔާސިން ހުރީ ވަނީ ކިހިނެއްކަމެއް ނޭގިފައެވެ. އެއްކޮޅުން އޭނާގެ ބައްޕަ ގާތަށްވެސް ދާން އެބަ ޖެހެއެވެ. އަނެއްކޮޅުން މިންހާ އަށް ކަމެއް ނުވެ ވޭތޯ ބަލަން ޖެހެއެވެ.
“ބައްޕާ ރުޅި މަޑުކޮށްފަ ވީ ގޮތް ބުނީމަދޯ އިނގޭނީ….އަތް އިސްކުރިއަސް އަދި ކަންކަން ހައްލެއް ނުވާނެ..” ޔާސިން ހިތްހަމަ ނުޖެހުނީ ނައިރާވެސް ބަލަން ހުއްޓާ މަންސޫރު ފަރާތުން މިފަދަ އަމަލެއް ފެނުމުންނެވެ. މަންސޫރު ދިއްކޮށްލީ އޭނާގެ ފޯނެވެ. ޔާސިން ފޯނު ނަގާ ވީޑިއޯ ބަލަމުން ދިޔައެވެ. ވީޑިއޯ އިން ފެންނަމުން ދިޔައީ މިންހާ އާ އެޑަމް މޭރީ ބްރައުން ތެރޭ ދައްކަމުން ދިޔަ ވާހަކަ ތަކެވެ. ޔާސިންގެ ދެފައިން ހީވީ ބިންގަޑު ދިޔަހެނެވެ. ނައިރާ އަކީ އޭނާގެ ދަރިއެއް ނުންކަން އިގުމުން ބިންމައްޗަށް ތިރިވެވުނެވެ. އިތުރަށް އެދެމީހުން ދައްކާ ވާހަކަ އަޑުއަހާކަށް ޔާސިން ބޭނުން ނުވިއެވެ. ފޯނު ނަގާ މަންސޫރު އަތައް ދިނުމަށްފަހު ގައިގާ ހުރި ހިއްވަރެއް ލާފައި ތެދުވެގެން ޔާސިން ހިގައިގަތީ ބޭރަށެވެ. މިންހާ އަށް އިތުރަށް ކުރެވޭނެ ކަމެއް ނެތްކަން އިނގުމުން ހުރީ ހަނެވެ.
“މިންހާ މިއޮއް ހުރިހާ ދުވަހު ޔާސިންއަށް އޮޅުވާލައިން ތިއުޅުނީ.. މިންހާ ބަލިވެ އިނީމަ ނުންތަ އޭނަ މިންހާ އާ އިނީ.. އަދި ނުވިތާކަށް އަދިވެސް އޭނަ ކުރިމަތީ ތި ޖައްސަނީ ހަދާން ބަލި ޖެހިފަ ހުރި މީހެއްގެ އެކްޓް…” މަނާލް މިންހާ ގާތަށް އައިސް ބުނެލިއެވެ.
“ބައްޔެއް ނުން އަހަރެން ދެން ކީއްތަ ކުރަންވީ.. އޭނަ އަހަރެން ވަރިކޮށްފައޭ ދިޔައީ.. އަހަރެން އޭނަ އެއްވެސް މީހަކަށް ލިބޭކަށް ބޭނުމެއް ނޫނޭ… އެހެން ނޫނަސް އަހަރެން ހަދާން ނެތޭ މީހެއް ނުން މޮޔައެއްގެ އެކްޓް ޖެއްސިއަސް ކަލޭ އަށް ކޮން ބަލާއެއް” މިންހާ ކޮލުގައި އަތް އަޅާލީ އަނެއްކާވެސް މަންސޫރު ޖެހުމުންނެވެ. މިންހާގެ އަތުގައި ހިފާ ގެންގޮސް ކޮޓަރިއަށް ލާ ދޮރު ލައްޕަލިއެވެ. އަދި ރޮއެ ރޮއެ ހުރި ނައިރާ ނަގައިން މަންސޫރު ނުކުތީ ޔާސިން ފެނޭތޯއެވެ.
*****
“ދަރިފުޅަށް އިނގޭތަ މަންމަ މިއަދު ދިޔަ ތަން… ނައިރާ ގޮވައިން ޕާކަށޭ ކިޔާފަ ދިޔައީ ފަންޑިތަ ހަދާ މީހެއް ކައިރިއަށް.. އެވެސް ޔާސިން އަހަންނާ ދުރި ކުރަން.. 25 އަހަރަށް ފަހު އަހަންނަށް ޔާސިން އާ ދިމާވެ އެ ސޮރަށް ނުދެވުނު ބައްޕައެއްގެ ލޯބިދޭން ފުރުސަތު ލިބުނީ.. އެކަމް އެ އާތިކާ އުޅުނީ އެ އުފާވެސް އަހަރެން އަތުން ފޭރި ގަންނަން..” ޔާސިރު ވާހަކަ ދައްކަމުން ދިޔައީ އާޓިފިޝަލް ބީޗުގައި އިން ބެންޗެއްގައި އިދެ ހުޝާމުއާއެވެ. ހުޝާމްވެސް ހުރީ އޭނާގެ މަންމަގެ އަމަލުތައް ހުރި ގޮތުން ވަރަށް ބޮޑަށް ހިއްހަމަ ނުޖެހިފައެވެ. މައިންބަފައިންގެ މެދުގައި ހިގާ ކަމެއްގެ ސަބަބުން ދަރިންނަށް އޭގެ އަސަރު ކުރުން އެއީ ހުޝާމް އެންމެ ނަފްރަތު ކުރާ އެއްކަމެވެ.
“ބައްޕަ ނިންމާ ނިންމުމަށް އިޙްތިރާމް ކުރަން.. އެކަމް މަންމަ ތިގޮތަށް ވަރިކުރީމަ މަންމަ ގޮސް ވަންނާނީ ވަކި ކޮންތާކަށް..” އާތިކާ ކިތަންމެ ގޯހަށް ކަންތައް ކުރިޔަސް އެއީ ހުޝާމްގެ މަންމައެވެ. އާތިކާއާ ދޭތެރޭ ހުޝާމްއަށް ވިސްނެން ފެށުނެވެ.
“ދަރިފުޅު އެކަމާތަ ތި ކަންބޮޑު ވަނީ.. މަންމަ އަކީ މާލެ މީހެއް މާލޭގަ ދެ ގޯތި އޮވޭ.. އާއިލާ އެހާ ބޮޑު.. ކީއްވެ މަންމަ ދާނެ ތަނެއް ނުހުންނަންވީ…” ޔާސިރު މިހެން ބުނުމުން ހުޝާމް އަށް ލިބުނީ ކުއްލި ސިހުމެކެވެ. މިވީހާ ދުވަހު އާތިކާ ހުޝާމްއަށް ވިސްނަ ދިނީ އާތިކާގެ ހުރިހާވެސް މީހަކީ ޔާސިރު އާއި ހުޝާމް ކަމާ އެ ދެމީހުން ނެތިއްޔާ އޭނާ ވަރަށް އެކަނިވެރިވާނެކަމެވެ. އާތިކާގެ އާއިލާ މީހެއް ހުޝާމް ލޮލަކުންވެސް ނުދެކެވެ. އޭނާގެ މާމަ ދުނިޔޭގައި ހުރިކަންވެސް އިގުނީ މިއަދު ޔާސިރު ކައިރިންނެވެ.
“ދަރިފުޅު ނުދެކެންތަ މަންމަ ފަރާތު އާއިލާ މީހުންނެއް..” ޔާސިރުވެސް ހުރީ ހައިރާންވެފައެވެ. ސަބަބަކީ ހުޝާމް އުމުރުން 6 އަހަރު ވަންދެން އާތިކާ ދޭތެރެ ދޭތެރެއިން އޭނާގެ އާއިލާ މީހުން ގާތަށޭ ކިޔާފައި ހުޝާމް ގޮވައިން ދެއެވެ. އަދި ޔާސިރުއާ އިދެގެން ހުޝާމް ލިބުމުގެ ކުރިންވެސް އާތިކާ އޭނާ އާއިލާ މީހުން ކައިރިއަށް ދިޔައެވެ. ހުޝާމް އަށް އެފަދަ އެއްވެސް ކަމެއް ނޭގި ނުވިތާކަށް ހަދާންވެސް ނެތުމުން ޔާސިރު އަހާލިއެވެ. ހުޝާމް އާއެކޭ ބުނެލިއެވެ.
“އަހަރެން ހަމަ ހައިރާން ވެއްޖެއިމުސް… އާތިކާ ގެ ހާދަ ބައިވަރު ސިއްރުތަކެއް އެބަ ހުއްޓޭ… ދަރިފުޅަށް 6 އަހަރުގައި އާތިކާ އެއް ފަހަރު އޭނަ މަންމަމެން ކައިރިއަށް ގޮސް ރޮމުން ރޮމުން އައީ… އެމީހުން ވަރަށް އެއްޗެހި ކިޔައިފިޔޭ އަހަރެން އެމީހުން ކައިރިއަށް ނާންނާތީ ކިޔާފަ… އަހަންނަށް އެމީހުން އެގޮތަށް އެއްޗެހި ކިޔަންޔާ ދެން ދުވަހަކުވެސް އެގެޔަށް ނުދާނަމޭ ބުނީ.. މިހާރު ތިކަން ހިނގައިދިޔަ ގޮތް ބަލަންވީ…” ޔާސިރު ބޮލުގައި އަތް އަޅާލިއެވެ. އޭނާގެ ސިކުޑީގައި އެތައް ކަމެއް ހިނގަމުން އެބަ ދެއެވެ. ހުޝާމް ޔާސިރުގެ ބުރަކަށީގައި ފިރުމަމުން ދިޔައީ އޭނާއަށް ހިތްވަރު ދިނުމަށެވެ.
*****
އެދުގައި އޮށޯވެގެން އޮތް ނޫރާ ދިޔައީ އޭނާގެ ފޯނުގެ ސްޓޯރޭޖު ފުލްވާތީ ބައެއް އެއްޗެހި ޑިލީޓް ކުރަމުންނެވެ. ބޭކާރު ފޮޓޯތައް ޑިލީޓް ކުރުމަށްފަހު އޯޑިއޯ ފައިލްތައް ޑިލީޓް ކުރުމަށް ފަހަރަކު ފައިލެއް އަޑު އަހަމުން ދިޔައެވެ. ނޫރާގެ ދެލޯ ބޮޑިވެގެން ދިޔައީ އޭނާއަށް އަޑު އިވެމުން ދިޔަ އޯޑިއޯއިންނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.




Aathikaa haadha goahey
Poor Yaasin
Dhen alhey naira ah kihaa asareh kuraane
Noora n Yaasin guhlhuvahchey
They are meant to be
Ekm hushaam ves
Find a girl for him
Mi part ves varah reethi
When next
LY😘😘😘