“ހީވަނީ ދެން މާދަމާ ހެނދުނުހެން ދޯ މަލާކާއި މި ވާހަކަ ދެކެވޭނީ؟” މަސްޢޫދު އެ ސުވާލުކޮށްލީ ސާރިޔާއާއެކީ ބަދިގޭގައި ހުރި ކުޑަ ކާމޭޒު ދޮށުގައި ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން އިނދެއެވެ. “އާނދޯ؟ ހެހެ….ފިރިހެނަކު އޭނަ ނެގި ވާހަކަ ބުނީމަ ހުރީ ލަދުން މޫނު ރަތްވެފަ. އެކަމަކު ރުޅި އިސްކުރީ…އެއީ ހަމަ އޭނަގެ މިޒާޖު ހުންނަ ގޮތް. ބޮޑަށް ސަކަރާތްވެގެން ރަނގަޅަށް ނުކައި އެ ދިޔައީ ދެންމެ އާމިނަމެން އައިސް މާ ބޮޑަށް އަޅުވައިގެން ކިޔުނީމަހެން އަހަންނަށް […]
“ދެން މިކަން ޙައްލުވާން އަޔާޒް ޖެހޭނީ ހަމަ އެ ކުއްޖާއާ އިންނަންތަ؟” އެ ސުވާލުކޮށްލީ އެދުވަހުގެ މެންދުރު ވަގުތު ސިޓިންގް ރޫމުގައި ވަކިން ހުރި ސޯފާގައި ބާ ފޮތެއްގެ ޞަފްޙާއަކަށް ބަލަހައްޓައިގެން އިން ވަސީމާއެވެ. އެތާނގައި ހުރި ދިގު ސޯފާގައި އެހެނިހެން ލިޔެ ކިޔުންތަކަށް ބަލަން އިން ނިޝާން އެ ސުވާލު އިވިފައި ތުންފިއްތާލިއެވެ. “ރަނގަޅު ގޮތަކީ އެއީދޯ؟ އޭރުން ފަހުން އެހެނިހެން މައްސަލަތަކެއް ނުޖެހޭނީ.” ނިޝާން ބުނެލިއެވެ. “އެކަމަކު އަޔާޒް އެއްބަސްވާނެތަ؟” ވަސީމާ […]
އެ ބޭސްތަކަށް ބަލަންހުރެ މި ކުއްޖާއަށް ނުހިނގޭކަން ސިކުނޑިއަށް ނަގައިގަނެވުނު ހިނދު އޭނަގެ ހަނދާނަށް އައީ މީގެ ދުވަސްތަކެއް ކުރިން އޭނަ އިންޑިޔާގައި މަޑުކުރި ރެއެވެ. އެރޭ އޭނަގެ ޝައުޤުވެރިކަން ހޯދި އެމްއާރްއައި ރިޕޯޓެވެ. ހަމަ އެއާއެކު އެ ސްކޭންގެ މަތީގައި އޮތް ނަން ވެސް އޭނަގެ ލޯކުރިމަތިން ސާފުކޮށް ސިފަވެގެން ދިޔަ ހިނދު އޭނައަށް މަލާކަށް ބަލާލެވުނީ ކުއްލި ގޮތަކަށެވެ. “މި ކުއްޖާގެ އެމްއާރްއައި ރިޕޯޓެއް އޮތިއްޔާ ގެނެސްދެވިދާނެތޯ؟” އަޔާޒަށް ކުއްލި ގޮތަކަށް އެހެން […]
އެދުވަހު އެމީހުންގެ މުދަލަށް ދަހިވެތިވެފައި ތިބި މީހުންނަށް ގޭގައި ތިބުމަށް އިޒުނަ ދިނުމަށްފަހު، ސަބަބު ކިޔައިދިނުމެއްނެތި ދޮންބެ ގެއިން ނިކުމެގެން ދިޔަ ވަގުތުއްސުރެ އަޔާޒަށް ވިސްނެމުން ދިޔައެވެ. ދޮންބެ އެހެން ހަދަންވީ ފަހެ ކީއްވެ ހެއްޔެވެ؟ ދޮންބެ އެ ދެއްކީ ބައްޕަގެ ކޮން ސިއްރެއްގެ ވާހަކަ ހެއްޔެވެ؟ އޭނަ އެ ސުވާލުކުރުމުން ދޮންބެ އޭނަ ކުށްވެރިކުރާ ފަދައަކުން ބަލާލީ ކީއްވެ ހެއްޔެވެ؟ މިކަމުގައި އޭނައަށް ކުރެވޭނެ ކަމެއް އޮތީ ހެއްޔެވެ؟ އަޔާޒްގެ ހިތަށް ވެރިވަމުން ދިޔަ […]
ވަސީމާ ގޮސް ދޮރު ހުޅުވާލުމުން ފެނިގެން ދިޔަ މޫނުތަކުން އޭނަ ހުއްޓުންއެރިއެވެ. ދުރުގައި ހުރި އަޔާޒްގެ ބުމަގޮށްޖެހިގެން ދިޔަ ހިނދު ކާކުތޯ ބުނެ ފަހަތް ބަލާލި ނިޝާންގެ ކަތުރުކަށިގަނޑަށް ބާރުވިއެވެ. ދޮރުމަތީގައި ހުއްޓި ތިބީ ބަލާބެލުމަށް މެދު ޢުމުރުގެ ފިރިހެނަކާއި ބުރުގާ ނާޅާހުރި އަންހެނެއްގެ އިތުރުން އަޔާޒާއި ދާދި އެއްވަރެއްގެ ޒުވާނެކެވެ. ދޮށީ ފިރިހެން މީހާ ގަމީހަކާއި ފަޓުލޫނެއްގައި ބެގީ ކޮށްގެން ހުރިއިރު މޫނުން ރޫތައް ނަގަން ފަށާފައިވި އަންހެން މީހާ ލައިގެން ހުރީ ފެހި […]
މަލާކް މާލެއިން އައިތާ 3 ވަނައަށް ވީ ދުވަހުގެ ހެނދުނު ސާރިޔާ 8 ޖެހިއިރު ގެއިން ނިކުތީ ހެނދުނުގެ ސަޔަށް ބޭނުންވާނެ ބައެއް އެއްޗެހި ގަތުމަށްޓަކައި ފިހާރައަށް ދިޔުމަށެވެ. ފިހާރައަށް ގޮސް ބޭނުންވާ އެއްޗެހި ފިހާރައިގެ މޭޒުދޮށުގައި އިން ކުއްޖާ ކައިރި ބުނެލުމުން އެކުއްޖާ އެ އެއްޗެހި ކިރުމަށްޓަކައި ފިހާރައިގައި ހުރި ކުޑަ ގުދަން ތެރެއަށް ދިޔައެވެ. ހަމަ އެވަގުތު ސާރިޔާއާއި އަވަށްޓެރި ގެ ތަކުގައި އުޅޭ ރަފިއްޔާއާއި ރާމިޒާ ފިހާރައަށް ވަަދެގެންއައެވެ. ސާރިޔާ އެމީހުންނަށް ބެލިއެވެ. […]
“ޑޮކްޓަރު ދިނީ ބޭސް. މިހިރީ ބޭސްކޮތަޅު.” ފާރޫޤު އެހެން ބުނެލީ ފާލަމުން ފައިބަމުން އޭނަގެ އަތުގައި އޮތް ކުޑަ ކަރުދާސް އުރައެއް މަސްޢޫދަށް ދިއްކުރަމުންނެވެ. ބޮޑުބޭބެ އެ އުރަ ބައްޕައާއި ޙަވާލުކުރި ވަގުތު މަލާކަށް އިނދެވުނީ ދެބުމަ ކައިރިކޮށްގެންނެވެ. ކުރިން އެއްވެސް ބޭހެއްގެ ވާހަކަ ބޮޑުބޭބެ ބުނެފައިނުވުމުންނެވެ. “ބޮޑުބޭބެ ކުރިން ނުބުނޭ ބޭހެއްގެ ވާހަކަ.” މަލާކަށް ވަގުތުން ބުނެލެވުނެވެ. އެ ހިނދު ފަޅި ސިކުންތަކަށް ފާރޫޤުގެ މޫނުމަތިން ފެނުނު ނުތަނަވަސްކަމަށްފަހު އޭނަ ވާހަކަ ދެއްކިއެވެ. […]
މަލާކަށް ނޭނގުނު ކަމަކީ އޭނަ އެ ދުޢާ ކުރި ހިނދުވެސް އޭނަގެ ތަޤްދީރުގައި އެ ހުރިހާ ދުޢާއެއް އިޖާބަވެފައިވިކަމެވެ. އޭނައަށްޓަކައި އެންމެ ރަޙްމާންވަންތަ ރަސްކަލާނގެ ޙަޟްރަތުގައިވާ ލޯބިފުޅު އެނގުންވިނަމަ އޭނަގެ ހިތަށް މާ ބޮޑަށް އަސަރުކުރީސްކަމެވެ. އަދި އޭނައަށްޓަކައި އެކަލާނގެ ރާއްވަވާފައިވި ރޭވުންތައް ފެންނާނެނަމަ އެކަލާނގެއަށްޓަކައި ލޯބިން ހިތް ކުދިކުދިވެގެންދާނެކަމެވެ. މަލާކް ދުޢާކުރަން ފެށި ވަގުތުއްސުރެ އޭނަގެ ކަރުނަތައް ހުއްޓިފައިވިކަން އޭނައަށް އެނގުންވާން ހިނދުކޮޅެއްނެގިއެވެ. ހަމަ އެ ވަގުތު އޭނަގެ ފޯނު އެލާމްވާން ފެށުމުން މަލާކަށް […]
“އަހަރުމެން ބުނާ އެއްޗަކާ ދެކޮޅު ހަދަން ތީ އަދި ކާކުތަ؟ އެނ؟” ފަރުޒާނާ އެހެން ބުނެލީ އޭނަ ކާން އުޅުނު ޕާންފޮތި ތަށީގެ ތެރެއަށް ދޫކޮށްލަމުންނެވެ. މަލާކަށް އެ ދައްތައާއި ދިމާލަށް ބަލާލެވުނީ ބިރުގެންފައިވި ހިތަކާއި އެކީގައެވެ. ވަރަށް ބޮޑުކަމެއް ގޯސްކޮށް ވާންއުޅޭ ކަމުގެ އިންޒާރެއް އޭނަގެ ސިކުނޑި ދިނެވެ. މަލާކް ބަލަބަލާ ހުއްޓާ ރުޅިވެރި މޫނަކާއެކީ ފަރުޒާނާ އޭނަގެ ކައިރިއަށް އައިސް ބުރުގާގެ މަތިން އޭނަގެ އިސްތަށިގަނޑުގައި ހިފެހެއްޓިއެވެ. ވީ ތަދާއެކީ މަލާކްގެ އަނގައިން […]