“ހުރިހާ އައިޓީ މީހުންގެ ތެރެއިން ވެސް އައްޒާމް މި ޚިޔާރުކުރީ އައްޒާމް މި ކަންތަކަށް ކިހާ ޤާބިލުކަން އެނގޭތީ…..އަދި އެ ހެކަރުންނަށް ހެޔޮ ވިސްނުން ވިސްނައިދެވޭނެ މީހަކީ ވެސް އައްޒާމްކަން އެނގޭތީ.” އެ އަންހެން މީހާ ދެއްކި ވާހަކައިގެ ޒާތުން އައްޒާމްގެ ނިތަށް ރޫގިނަވިއެވެ. އޭނައަށް ހެކަރުންގެ ކިބައިން ސައިޓް ސަލާމަތް ކޮށްދެވުނަސް އެ ހެކަރުންނަށް ހެޔޮ ވިސްނުން ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ؟ މިއީ އޮޅުމެއްގެ ތެރޭގައިވި އަންހެނެކޭ ހިތައި އައްޒާމަށް ވާހަކަ ދެކެވުނެވެ. “އަމް…އަޅުގަނޑަކަށް […]
“ހީވަނީ މަންމަ ހުންނާނީ ސިންގަޕޯރ ގަހެން. އެއީ މެލޭޝިޔާގަ އުޅުނު ދުވަސްވަރު މަންމަ ވަރަށް ސިންގަޕޯރ އަށް ގޮސް ހަދާނެ. އެތާނގަ މަންމަގެ ވަރަށް ގިނަ ފްރެންޑުންވެސް އުޅޭނެ.” މުޙްސިން އެއްދުވަހު ސިޓިންގް ރޫމުގެ ސޯފާގައި މިރްޒާނާއެކީ އިނދެ އޭނައަށް ލަފާ ކުރެވުނު ގޮތް ކިޔައިދިނެވެ. އެއާއެކު މިރްޒާނަށް އެކަމާމެދު ވިސްނެން ފެށިއެވެ. މުޙްސިނާއިއެކީ އެ މަންޒިލަށް ދާން މިރްޒާނަށް ވަގުތުން ނިންމުނެވެ. އެހެނަސް އޭނައަށްވަނީ އެ އަހަރުގެ އަހަރީ ޗުއްޓީ މުޅިން ނެގިފައެވެ. ހިނގަމުން ދިޔަ […]
ހިދާޔަތުގެ ސަބަބުން ހަމަޖެހުން ލިބިގެން ދިޔަ އައްޒާމާއި މާޝާގެ ޙަޔާތަށް ދެން އެއްވެސް ހިތާމަވެރިކަމެއް ނާންނާނެހެން އެ ދެމީހުންނަށް ވެސް ހީވިއެވެ. ދެމީހުން ވެސް ހިނގަންވީ މަގު ނުހަނު ސާފުކޮށް އެމީހުންގެ ކުރިމަތިން އެދެމީހުންނަށް ވެސް ފެންނަމުން ދިޔައެވެ. އެހެނަސް އެ ދެމީހުންނަށް ވެސް ނޭނގުނުކަމަކީ މި މަގަކީ އިމްތިޙާންތަކުން ވެސް ފުރިގެންވި މަގެއްކަމެވެ. އަދި އެމީހުންގެ އީމާންތެރިކަމުގެ ވަރުގަދަކަން ސާބިތުކުރުމަށްޓަކައި އެމީހުން ނުހަނު ދަތި ދުވަސްތައް ވެސް ކަނޑައްތު ކުރަން ޖެހޭނެކަމެވެ. ދީނީ ޢިލްމު […]
“މަންމަ ކޮބާ؟” މިރްޒާނަށް ފިނިވެގެން ދިޔަ ހިތަކާއެކީ އަވަސްއަވަހަށް އަހާލެވުނެވެ. އެއާއެކު މުޙްސިން އޭނައާއި ދިމާލަށް ހިތާމަވެރި މޫނަކާއެކީ ބަލާލިއެވެ. އެއަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ. “ނޭނގެ ބައްޕާ….މަންމަ އަހަންނާއި އެކީގަ އުޅުނީ އަހަންނަށް 10 އަހަރު ވަންދެން. އަހަންނަށް 5 އަހަރު ވަންދެން މަންމަ މުޅިންހެން އުޅުނީ ށަވިޔަނި އަތޮޅުގެ ރަށެއްގަ. އެ ރަށުގެ އޮފީހުން ވަޒީފާއެއް ހޯދައިގެން މަންމައާއެކީ ވަރަށް އުފަލުގަ އަހަރެން އުޅެމުން ދިޔައީ. ހެދުން ފަހައި ދީގެންނާ ތަންތަން ޒީނަތްތެރިކޮށްގެން […]
“އާނ….މަންމައާ އެކީގަ އުޅުނުއިރު އަދި މާ ބޮޑަށްކުރިން. މަންމައަކީ އިންޓަނޭޝަނަލް އޯތާއެއް.” ހަސަން އެންމެ ފަހަކަށް ބުނެލި ވާހަކައާމެދު ވިސްނާލެވުނު މިރްޒާން ސިކުންތުކޮޅެއްގެ ތެރޭގައި ގަނޑުވެގެން ދިޔައެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނައަށް ހަސަނާއި ދިމާލަށް ބަލާލެވުނެވެ. ** ބައްޕަ އޭނައަށް ކުއްލިއަކަށް ބަލާލި ގޮތުން މުޙްސިން ކުޑަކޮށް ސިހުންވާ ގޮތްވިއެވެ. އޭނަ ދެންމެ ދެއްކި ވާހަކައިން ބައްޕައަށް އެފަދަ ބަދަލެއް އަންނަންވީ ސަބަބެއް މުޙްސިނަކަށް ނުވިސްނުނެވެ. ކެބިންގެ ސޯފާގައި އިންގޮތަށް އިނދެ ކުރިމަތީގައި […]
“ހެލޯ ޝަހާނީ! މަށަށް އަޑު އެބައިވޭ އެއްކަލަ ކުއްޖާ މިރްޒާންގެ ގެއަށް ގޮސްގެން އުޅޭ ވާހަކަ. ކޮންމެވެސް ފިޔަވަޅެއް އަވަހަށް އަޅާ. އެހެންނޫނީ ކަންތައް ގޯސްވެދާނެ!” އެކޮޅުން އޭނަގެ މަންމަގެ ވާހަކަ މުޚާތަބުވީ އޭނައާއި ނޫންކަން ޔަޤީންވީ ވަގުތު އައްޒާމްގެ ދެބުމަ ކައިރިވިއެވެ. އިރުކޮޅެއް ވަންދެން އޭނައަށް އެއްޗެކޭ ނުބުނެ ހުރެވުނެވެ. އޭގެ ސަބަބުން ފޯނުގެ އަނެއްކޮޅުގައި ހުރި އޭނަގެ މަންމަގެ އަޑު އަނެއްކާވެސް އިވިގެން ދިޔައެވެ. “ހެލޯ ޝަހޫ…ކޭން ޔޫ ހިއާރ މީ؟” އެކޮޅުން […]
“ތިމާގެ ކުއްޖެކޭ؟ މިއީ އަހަރުންނާ ތިމާގެ ކުއްޖެއް ނޫން. މީގެ ހަފްތާއެއްހާ ދުވަސްކުރިން މީނަ އައީ ކުޑަ ކުއްޔަކަށް މިގޭގަ ހުރެވިދާނެހޭ ކިޔާފަ. މިގޭގަ ނޯކަރެއްގެ ގޮތުގަ މަސައްކަތް ވެސް ކޮށްދޭނަމޭ ކިޔާފަ. އާލެއް އިޔާރެއް ހުރި މީހެއްނޫން މިއީ. މިރަށު މީހެއްގެ ކުއްޖެއްވެސް ނޫން މިއީ.” އެ ފިރިހެން މީހާ ކިޔައިދިން ވާހަކަތަކުން މިރްޒާންގެ ނިތަށް ރޫގިނަވިއެވެ. އޭނައަށް ކުއްލިއަކަށް ބަލާލެވުނީ އޭނަގެ އެއްފަރާތުގައި ހުރި ހަސަނާއި ދިމާލަށެވެ. އެ ހިނދު ހަސަން އޭނައަށް ބަލަން […]
“އައިޑީ ކާޑާއި ލާރި ހުންނާނެ….އައިޑީ ކާޑު އެމީހުންނަށް ދައް..ކާ. އެހެން…ނޫނީ ބޭ..ބެ އަތުން އެމީހުން ލާރި ހޯދާން..ނެ.” ހަސަން ބުންޏެވެ. ހަސަން އެހެން ބުނުމުން މިރްޒާން ހަސަންގެ ޖީބުން ވޮލެޓް ނެގީ ވަކި ލާރީގެ ބޭނުމުގައެއްނޫނެވެ. އެއަށްވުރެ ބޮޑަށް އޭނަ ހުރީ އެހެންކަމެއް ދެނެގަންނަން ބޭނުންވެފައެވެ. މަޑު މުށިކުލައެއްގެ ބާ ވޮލެޓް ހުޅުވާލަމުން އޭގައި ހުރި ޕޮކެޓެއްގެ ތެރެއިން އައިޑީ ކާޑެއްގެ ބައެއް ފެނިފައި މިރްޒާން އޭގައި ހިފައި ދަމާލިއެވެ. އެއާއެކު މިރްޒާންގެ ދެބުމަ ކައިރިވިއެވެ. ކާޑުގެ […]
ކާރު ތެރޭގައި އިންއިރު ވެސް ކެތްތެރިކަން ކޮޅުން ލަމުން ދިޔަ މިރްޒާނަށް ކުޑަ ދޮރުން ބޭރު ބަލަމުން އާތިފް އެ ބުނި ފިހާރަ ފެނޭތޯ ބަލަމުން ދިޔައެވެ. އެންމެ ފަހުން މިރްޒާން އެހެން އިންދާ ކުއްލިއަކަށް ފިހާރައެއްގެ ނަންބޯޑުން އެ ނަން ފެނިފައި މިރްޒާނަށް ކުއްލި ގޮތަކަށް މަޑުކުރާށޭ ބުނެލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ކާރު ކުއްލިއަކަށް ބުރަކި ޖައްސާލި ތަނާހެން މިރްޒާން ކާރުގެ ދޮރު ހުޅުވައި ފޭބިއެވެ. އަދި އަވަސްވެފައިވި ހިތަކާއެކީ ދިގު ފިޔަވަޅުތަކެއްގައި ފިހާރައިގެ […]