އަޔާޒާއި މަލާކް ރަޝިޔާއަށް ފުރަން އޮތީ ޖެހިގެން އަންނަ ހޮނިހިރު ދުވަހު ކަމަށްވުމުން އޭގެ ކުރިން އައި ހުކުރު ދުވަހު ދެމީހުން ވެސް ހޭލަމޭލައަށް އުޅެމުން ދިޔައީ ދަތުރަށްޓަކައި ހުރިހާ އެއްޗެހި ހަމަ ކުރުމުގައެވެ. ވޭތުވެ ދިޔަ ދެތިން ދުވަހުގައި ދެމީހުން ގޭތެރޭގައި އުޅުނުއިރު ވެސް އެދެމެދުގައި ފެނިގެން ދިޔަ އެކުވެރިކަމުން ވަސީމާއަށް މަލާކާއި ވަކިން ސުވާލުކުރެވުނެވެ. އޭނަ މަލާކާއި ދެއްކި ވާހަކައަށްފަހު މަލާކާއި އަޔާޒް ވަކިވެދާނެކަމުގެ ބިރު ވަސީމާއަށް ހީވެފައި އޮތުމުންނެވެ. އެހެނަސް…… “އަޔާޒްއާ […]
އެރޭ 10:30 ވާން ގާތްވެފައި ވަނިކޮށް މަލާކް ނިދަން އޮށޯތްއިރު އެ މޫނުމަތީގައި ހިނިތުންވުމެއްވިއެވެ. ކޮޓަރިއަށް ވެރިވެފައިވި ފަނޑު އޮރެންޖު ކުލައިގެ އަލީގެ ތެރެއިން ވެސް އެ ލޮލުގައި ވިދުމެއްވިއެވެ. ދޭތެރެދޭތެރެއިން އޭނަގެ ހިނިތުންވުން ފުންވަމުން ދިޔައީ ހިތަށް އަރާ ފައިބަމުން ދިޔަ ޖަޒުބާތުތަކެއްގެ ސަބަބުންނެވެ. އެ ޖަޒުބާތުތަކުގެ ފަހަތުގައިވީ އޭނަގެ ސިކުނޑި ހުއްޓުމެއްނެތި އޭނަގެ ލޮލަށް ސިފަކުރުވަމުން ދިޔަ މަންޒަރުތަކެވެ. އޭނަ އަޔާޒާއި ގާތްކޮށް ހޭދަކުރި ވަގުތުކޮޅުތަކެވެ. އޭނަ އަޔާޒާއި މެދު ތަފާތު ނަޒަރަކުން ދެކެން […]
ފޯނަށް ލިބުނު މެސެޖު ބެލުމުގެ ޝައުޤެއް އޭނަގެ ހިތުގައި އެއްގޮތަކަށް ވެސް ނެތުމުން އަޔާޒްގެ ކާރު ގޮސް ކާރަށް ވައްދާލެވުނު ވަގުތުވެސް އޭނައަށް ހުރީ އޭތި ނުފެނިއެވެ. ބޭސްފިހާރައިން ގެއަށް އައި އެ ދަތުރުގެ ބޮޑުބައިގައި އޭނައަށް އިނދެވުނީ އެދުވަހު އޭނައާއި މަލާކާއި ދެމެދު ހިނގި ވަގުތުކޮޅުތަކުގެ މަތިން ހަނދާންކޮށް ހިނިތުންވެވިފައެވެ. އެކަމާމެދު އަޔާޒަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައީ މައުވާގެ މަތިން ވެސް ހަނދާންވަމުން ދިޔައީތީވެއެވެ. އެހެނަސް އެކަން އެގޮތަށް ނަހަދަން އޭނަ ނިންމީ […]
ރަޝިޔާގެ ގަޑިން 8:30 ވާން ގާތްވެފައި ވަނިކޮށް އާދައިގެ މަތިން މައުވާގެ ކާރުގެ މިޞްރާބު ހުރީ އޭނަ ޢާއްމު ގޮތެއްގައި ދާ ކްލަބާއި ދިމާލަށެވެ. ކާރުގެ ތެރެއިން އިވެމުން ދިޔަ ބާރު މިއުޒިކާއި އެއްވަރަށް އޭނަ ބޯޖަހަމުން ދިޔައިރު ހުންގާނު ބުރުގައި ހިފައިގެން ހުރި ބައެއް އިނގިލިތައްވެސް ތަޅުވަމުން ގެންދިޔައެވެ. އޭނަގެ ނަޒަރުން އޭނައަށް ދެން ޙަޔާތުގައި ބޭނުންވާހާ ކަމެއް ލިބިފައިވާ ފަދައައެވެ. އޭނަ އެއްވެސް މީހެއްގެ ފަރާތުން އެއްވެސް ކަމަކަށް އެދޭކަށް ނުޖެހެއެވެ. އަދި ކުރިއަށް […]
ހަމަ އެވަގުތު އޭނަގެ ދެފައިގައި ވެސް ރިހުމެއް އުފެދެން ފެށުމުން މަލާކަށް އޭނަގެ އެއްފަރާތަށް ނަޒަރު ހިންގާލެވުނެވެ. އޭނަގެ އިސްޓާކީން ބާއްވާފައި އޮންނަނީ އަބަދުވެސް އަރިމަތީ މޭޒުމަތީގައި ކަމަށްވާތީވެއެވެ. އެހެނަސް އޭނައަށް މި އޮވެވުނީ މުޅިން އާ ގެއެއްގައިކަން އެނގުންވުމުން މަލާކްގެ ހިތް ގެނބުނެވެ. އަދި އަމުދުން އިޙްސާސްކުރެވެމުން ދިޔަ ފިންޏަކުން އިސްޓާކީނަކުން ވެސް އޭނައަށް މާ ބޮޑު އެހީއެއް ނުލިބޭނެކަން ޔަޤީންވުމުން މަލާކަށް ސީދާވެލަމުން އެނދުގައި އިށީނދެވުނެވެ. ހަމަ އެވަގުތު އޭނައަށް ދެފައި ވެސް ލަންބާލެވުނު […]
“ނޫނޭ ބޮޑުމަންމާ….ބޮޑުމަންމަ ކައިރި އެއްޗެކޭ ބުނެލަން ބޭނުންވެގެން މި ގުޅާލީ….އަހަރެން ބޭނުން މަލާކްއާ އިންނަން…” ފޯނުގެ އެކޮޅުން އިވުނު ބަސްތަކުން ލިބުމާއެކީ ކޮޓަރީގެ ރީތިވާ މޭޒުކައިރި ހުއްޓިހުރި ވަސީމާއަށް ސިހުމެއް ލިބުނެވެ. އެ ބަސްތައް ޤަބޫލުކުރަން ނޭނގިފައި އޭނައަށް ސިކުންތުކޮޅަކަށް ހުރެވުނެވެ. މިއީ ހަމަ ޙަޤީޤަތެއްތޯ ހިތަށްއެރި ވަގުތު އޭނައަށް ވާހަކަ ދެކެވުނެވެ. “އަޔާޒް ކީއްވެތަ ކުއްލިއަކަށް ތިހެން ތިބުނީ؟ މަލާކްއާ އިންނަން ބޭނުންނުވަންޏާ ނުއިންނައްޗޭ….އެއީ ރަނގަޅުކަމެއް ނޫން.” ވަސީމާއަށް އެހެން ބުނެލެވުނީ ހިސާބަކަށް އަމިއްލަ […]
ސާރިޔާ ބޭއްވިފައި އޮތް އެނދު ހޮސްޕިޓަލްގެ ތެރެއިން ގެންދެވެމުން ދިޔައިރު އޭގެ ދެކޮޅުގައި ތިބީ އަޔާޒާއި މަސްޢޫދެވެ. އެނދުގެ ފަހަތުން ފެންކަޅިވެފައި ހުރި މަލާކް ވެސް ބާރު ދުވެއްޔެއްގައި އޭނަގެ ގޮނޑި ދުއްވަމުން ދިޔައިރު، ކަންބޮޑުވެފައި ތިބި ނިޝާނާއި ވަސީމާވެސް އޭނައާއި އެކުއެކީހެން އަވަސް ފިޔަވަޅުތަކެއްގައި ހިނގަމުން ދިޔައެވެ. މަލާކަކީ ޢާއްމުގޮތެއްގައި މިފަދަ ޙާލަތްތަކުގައި ރޮވޭ މީހެއްނޫނެވެ. މިފަދަ ޙާލަތެއްގައި ވެސް އޭނަ އަބަދުވެސް އެންމެ ހެޔޮކޮށް ވިސްނޭތޯ ބަލައެވެ. އެހެނަސް އެކަން ކާމިޔާބުވާ ގޮތެއްނުވީ ބައްޕަގެ […]
އަޔާޒް އެއާރޕޯޓަށް ދިޔުމަށްޓަކައި އެދުވަހު ކާރަށް އެރީ ހަވީރު 4:15 ހިކަށްހާއިރެވެ. އޭނައަށް ގެއިން އެ ނިކުމެވުނީ ދޮންބެއާއި ބޮޑުމަންމަ އޭނައަށް ގޮވާތާ ދިހަވަރަކަށް މިނެޓް ފަހުންނެވެ. ނަތީޖާއެއްގެ ގޮތުން އޭނަ ގަރާޖަށް ދިޔައިރު ދޮންބެގެ ކާރު ފެންނާކަށް ނެތެވެ. އަޔާޒް އޭނަގެ ކާރު ސްޓާޓްކޮށް ގަރާޖުން ނެރެން ފެށީ އެކަމާމެދު ހިސާބަކަށް އުފާވެފައި ހުރެއެވެ. އޭނައަށް ރަނގަޅީ ދޮންބެއާއި ބޮޑުމަންމަ ހަދަހަދައިގެން ކިޔައިދޭ އޭނަގެ ‘ލޯބީގެ ފަސާނާ’ އާއި ކުޑަ ވަގުތުކޮޅަކަށް ވެސް ދުރުވެވުނިއްޔާއެވެ. ހަމަ […]
“ދަރިފުޅު ތިބުނިހެން މީހަކަށް އިތުބާރުކުރަން ޖެހޭނެ އެމީހަކު ރަނގަޅަށް ދެނެގަންނަން. އެހެންވީމަ މަންމަމެން މިއުޅެނީ އަންނަ ހޮނިހިރު ދުވަހު މަލާކް ގޮވައިގެން އެ ޑރ އަޔާޒް ކައިރިއަށް. އެ ޢާއިލާއިން ބޭނުންވަނީ އަޔާޒްއާއި މަލާކް ކައިވެނިކުރަން.” ސާރިޔާ ބުނެލިއެވެ. އޭނަ އެ ބަސްތައް ބުނެލުމާއެކު މަލާކްގެ ދެލޯ ބޮޑުވެ އޭނަގެ އަތަށާއި ފަޔަށް ބާރުވެގެން ދިޔައީ އޭނަގެ އިޚްތިޔާރަކާއި ނުލައެވެ. ސާރިޔާ މަލާކަށް ވީގޮތް ބަލަން އިނދެފައި ފުން ނޭވައެއް ދޫކޮށްލިއެވެ. “އެނގޭ މަލާކް ވަރަށް […]