“އަސްލު…..ކުޑަ ވާހަކައެއް ދައްކާލަން އަހަރެން މަލާކް މިތަނަށް މިގެނައީ…” ލުއި ހިނިތުންވުމަކާއެކީ އަޔާޒް ބުނެލި އެ ވާހަކައިން މަލާކްގެ މެއަށް ފިނިވެގެން ދިޔައެވެ. އެއީ އަޔާޒްގެ ދުލުން ދެން އިވިދާނެ ވާހަކައަށް އޭނަ ކެތްމަދުވުމުންކަމެއް ނޫނީ ނުތަނަވަސްވުމުންކަމެއް ޔަޤީންކުރަން މަލާކަށް ނޭނގުނެވެ. ކިތަންމެ ބޭނުމެއްނުވިޔަސް ވޭތުވެ ދިޔަ ދުވަސްތަކުގައި އަޔާޒް އޭނައާއިމެދު ކަންތައް ކުރިގޮތުން އޭނަގެ ހިތުގައި އަޔާޒަށްޓަކައިވި އިޙްސާސްތައް އެތައް ގުނައެއް ފުންވެފައިވިއެވެ. އަދި އަޔާޒްގެ ޙަރަކާތްތަކެއްގެ ސަބަބުން އަޔާޒަށް ވެސް އެފަދަ އިޙްސާސްތަކެއް ކުރެވޭކަން […]
“ހެލޯ މަލާކް….މާ ބޮޑަށް ކަންބޮޑުވާނެ ކަމެއްނެތް ދަރިފުޅު. ދަރިފުޅަށް ކުށެއް ކުރެވުނިއްޔާ މަޢާފަށް އެދިލާ. އަޔާޒް ޢާއްމުގޮތެއްގަ އޭނަ ލޯބިވާ މީހުންގެ މަޢާފު ޤަބޫލުކުރާނެ. އެކަމަކު އޭނައާއި ވާހަކަ ދައްކައިގެން އޭނަ ހިތްހަމަޖައްސާލަދިނުން ވަރަށް މުހިއްމު. މި ޙާލަތުގަ އަޔާޒް އެކަނި ކޮށްނުލައްޗޭ މަލާކް. އޭނަ ހިތްހަމަޖައްސައިދީ އޭނަދެކެ ލޯބިވާކަން ހާމަކޮށްދީ.” ބޮޑުމަންމަ ފޯނުން އެހެން ބުނެލި ވަގުތަކީ މަލާކް ކާގޭގެ ދޮރާއި ހަމަވީ ވަގުތެވެ. އެވަގުތު އަޔާޒް އައިސްއަލަމާރި ހުޅުވައިގެން އޭގެ ތެރެއަށް ބަލަހައްޓައިގެން ހުރީއެވެ. […]
އެރޭ ރާއްޖޭގެ ގަޑިން 11 ޖަހަން ގާތްވެފައިވަނިކޮށް މަސްޢޫދު އޭނަގެ ބައެއް އެކުވެރި ފަޅުވެރިންނާއެކީ މަހަށް ދިޔަ ދޯނި ފާލަމާއި ގާތްކުރަމުން ދިޔައެވެ. އެކަނި އުޅެން ފެށިފަހުން ކޮންމެ ދުވަހަކު އޮފީހުގެ ޑިއުޓީ ނިންމުމަށްފަހު އެ ވަގުތެއްގައި ދަތުރު ފަށާ މަސް ދޯންޏަކަށް އަރައި މަހަށް ދިޔުމަކީ އޭނަގެ އާދައެކެވެ. އެއީ އޭނަ އިތުރު ފައިސާ ހޯދުމަށްވުރެ ބޮޑަށް އެކަނިވެރިކަމުގެ އިޙްސާސުން ދުރުވުމަށް ކުރާ ކަމެކެވެ. މަލާކް ދޭތެރެދޭތެރެއިން އޭނައަށް ގުޅިއެއްކަމަކު އެހާ ގިނަ އަހަރުތަކެއް ވަންދެން […]
“ބުނޭ! ކާކު ބުނެގެން ރޭ އަހަރުމެން ގެއަށް އައީ؟ އެއީ ކޮން ސިޓީ އުރައެއް؟” އަޔާޒް ހަރުކަށި އަޑަކުން ސުވާލުކުރިއެވެ. ސާޝާއަކީ އޭނަގެ ގާތް އެކުވެރިއަކަށް ވިޔަސް އޭނައާއެކީ އުޅުނުއިރު ވެސް ފައިސާއަށްޓަކައި ސާޝާ އެފަދަ ކަންތައް ކުރާކަން އޭނައަށް އެނގޭތީވެއެވެ. ސާޝާ ދެންވެސް ޖަވާބެއް ނުދީ އަޔާޒްގެ ފައިގައި ފައިން ޖަހަން އުޅުމުން އަޔާޒް އެ ހަމަލާއިންވެސް ރެކިގަންނަމުން ސާޝާގެ ގިރުވޯނަށް ބާރުކޮށްލިއެވެ. “ބުނޭ! ކާކު ފޮނުވީ؟” އަޔާޒް ތަކުރާރުކޮށް ސުވާލުކުރިއެވެ. އެހިނދު އަޔާޒްގެ […]
ސޫޓްގެ ނަންބަރު ޖަހާލުމަށްފަހު ދޮރު ހުޅުވާލަމުން އޭނައަށް އެތެރެއަށް ވަދެވުނީ ރޫރޫއަޅާ އަޑަކުން މަލާކްގެ ނަމުން ގޮވަމުންނެވެ. ވެފައިވި ހާސްކަމެއްގެ ސަބަބުން އޭނަ ވަދެގެން ދިޔައީ ވެސް ސޫޓްގެ ދޮރު ލައްޕާލުމެއްނެތިއެވެ. އަޔާޒް ވަގުތުން ސީދަލަށް ގޮސް އެ ވީޑިޔޯއިން ސާޝާ މަލާކް ލީ ކޮޓަރިއާއި ހަމައަށް ގޮސް އެ ދޮރު ކައިރިއަށް ދިޔައެވެ. ދޮރާއި ކައިރިވަމުން ދިޔަދިޔަހެން ވެސް އޭނައަށް ކުކުރުމެއްގެ އަޑު އިވެމުން ދިޔައެވެ. ކުޑަކޮށް ހުއްޓިފައި ހުރުމަށްފަހު އަޔާޒް ދޮރު ހުޅުވާލުމާއެކު އޭނަ […]
އެރޭގެ ގަޑިން 8:30 ވެ ބޮޑުވީ ވަގުތު ޒޫމް ލައްވާފައި އައި ސައިކަލެއް އައިސް އަޔާޒްމެން އުޅޭ ހޮޓެލުގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. އެ ސައިކަލުގައި ކަޅުކުލަގަދަ ޖެކެޓެއްގައި ހުރި ޒުވާނާ އޭނަގެ މޫނު ނިވާކޮށްފައިވި ހެލްމެޓް ނަގާލި ވަގުތަކީ މަޑު ފެހި ކުލައިގެ ކާރެއް ވެސް އައިސް އެތަނަށް މަޑުކޮށްލި ވަގުތެވެ. ސައިކަލުން ފޭބީ އަޔާޒްގެ އެކުވެރި ސާޝާ ނޫން ދެވަނަ މީހެއްނޫނެވެ. އެ ފެހި ކުލައިގެ ކާރުން ފޭބީ އާދައިގެ މަތިން ކުރު ހެދުމެއްގައި ހުރި […]
“އަހަންނަށް ނޭނގޭ ތި ދައްކާ ވާހަކައެއް މައު….ކޮންކަހަލަ މިނިވަންކަމެއް؟” އަޔާޒަށް އަހާލެވުނެވެ. މައުވާ ދެއްކި ވާހަކަތަކުން މި ދުވަސްވަރު ސޯޝަލް މީޑިޔާގައި ދައުރުވާ ވާހަކަތައް އޭނަގެ ހަނދާނަށް އަޔަސް އެވަގުތު މައުވާ އެ ވާހަކަ ދައްކަންވީ ސަބަބެއް އަޔާޒްގެ ވިސްނުމަކަށްނައެވެ. މައުވާގެ ކާރު ތަނެއްގެ ކުރިމައްޗަށް މަޑުކޮށްލީ އެވަގުތެވެ. އަޔާޒް ކުޑަދޮރުން ބޭރު ބަލާލި ވަގުތު މައުވާ އަބަދުވެސް ގޮސް އުޅޭ ކްލަބް ފެނިގެން ދިޔުމުން އިސާހިތަކު އަޔާޒް ރުޅިން ރަތްވިއެވެ. “ސީރިއަސްލީ މައުވާ! އަހަރެން […]
އަޔާޒް މައުވާ އަންނަންވާއިރަށް ތާޒާވެލަން ދިޔުމުން މަލާކަށް އޭނަގެ އަމިއްލަ ޚިޔާލުތަކުގައި އިން ގޮތަށް އިނދެވުނެވެ. މި ޙާލަތް ވެގެން މި ދަނީ އޭނަ ހީކުރާވަރަށްވުރެ ދަތި ޙާލަތަކަށެވެ. އެދުވަހު އޭނަގެ އިޙްސާސްތައް ބަދަލުވެގެން ދިޔަ ގޮތުން އޭނައަށް އަޔާޒާއި އޭނަގެ ލޯބިވެރިޔާ އެކުގައި ތިބޭ މަންޒަރު ފެނުނަސް އޭނައަށް އަސަރެއް ނުކުރާނެކަމަށް މަލާކަށް ހީކުރެވުނެވެ. އެހެނަސް އެ ލޯބިވެރިޔާ އަންނާނެ ކަމުގެ ޚަބަރުން ވެސް އޭނަގެ ހިތަށް މާޔޫސްކަމެއް ވެރިވެފައިވެއެވެ. އެ ވާހަކަ އިވިފައި އެހެންކަމަކާމެދު […]
ސްކޫލްގެ ކައިރީގައި ކާރު ޕާކްކުރުމަށްފަހު ނިޝާން ކާރުން ފޭބިއިރު ވެސް ބައެއް ބެލެނިވެރިން ފުޓުބޯޅައިގައި ބައިވެރިވާ ކުދިން ގޮވައިގެން ސްކޫލުން ދަމުން ދިޔަ މަންޒަރު ފެންނަމުން ދިޔައެވެ. ނިޝާން އެމީހުންނަށް ބަލަމުން ބަލަމުން ސްކޫލްގެ ގޭޓުން ވަދެގެން ދިޔައެވެ. އެއަށްފަހު މަޑުކުރުމެއްނެތި ސްކޫލްގެ ކަނާތްފަރާތުން ފެންނަން އޮތް ގްރައުންޑާއި ދިމާލަށް މިޞްރާބުޖެހީ ލަޔާންމެން ޢާއްމު ގޮތެއްގައި ކުޅެ އުޅޭ ތަނަކީ އެއީ ކަމަށްވެފައި އެދިމާލުން ލަޔާންމެންގެ ކޯޗުވެސް ފެނިގެން ދިޔުމުންނެވެ. ދުރުން އެ މަންޒަރު ފެންނަމުން ދިޔައިރު […]