Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ވަޢުދު (ހަވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
August 28, 2019 8 Mins Read
31 Comments

މަލާކް މާލެއިން އައިތާ 3 ވަނައަށް ވީ ދުވަހުގެ ހެނދުނު ސާރިޔާ 8 ޖެހިއިރު ގެއިން ނިކުތީ ހެނދުނުގެ ސަޔަށް ބޭނުންވާނެ ބައެއް އެއްޗެހި ގަތުމަށްޓަކައި ފިހާރައަށް ދިޔުމަށެވެ. ފިހާރައަށް ގޮސް ބޭނުންވާ އެއްޗެހި ފިހާރައިގެ މޭޒުދޮށުގައި އިން ކުއްޖާ ކައިރި ބުނެލުމުން އެކުއްޖާ އެ އެއްޗެހި ކިރުމަށްޓަކައި ފިހާރައިގައި ހުރި ކުޑަ ގުދަން ތެރެއަށް ދިޔައެވެ. ހަމަ އެވަގުތު ސާރިޔާއާއި އަވަށްޓެރި ގެ ތަކުގައި އުޅޭ ރަފިއްޔާއާއި ރާމިޒާ ފިހާރައަށް ވަަދެގެންއައެވެ. ސާރިޔާ އެމީހުންނަށް ބެލިއެވެ. އެހެނަސް އެމީހުން ފިހާރައަށް ވަދެގެން ދިޔައީ ސާރިޔާ ނުވެސް ފެންނަ ފަދައަކުންނެވެ. ސާރިޔާ އެކަމާމެދު އަޅައެއް ނުލިއެވެ. އެމީހުންނަކީ އެެހެން ނޫނަސް އޭނައާއެކީ ފެންނަން ބޭނުންވާ ބައެއް ނޫންކަން އެނގޭތީވެއެވެ. އޭގެ ސަބަބުތައް އެނގުންވީ ހިނދު ސާރިޔާއަށް ދެލޯ މަރާލަމުން ފުންނޭވައެއް ދޫކޮށްލެވުނެވެ. މީގެ 21 އަހަރު ކުރިން އޭނަގެ ޙަޔާތުގައި ކަންތައް ހިނގައިދިޔަ ގޮތުން އޭނަގެ އަމިއްލަ ރަށުގައި އޭނަ ބީރައްޓެހިވެފައިވަ ކަމުގެ އިޙްސާސެއް އޭނައަށް ކުރެވެއެވެ. އެހެނަސް އޭނަ ހިތާމައެއް ނުކުރެއެވެ. ވި އެއްވެސް ކަމެއްގައި އޭނަގެ ކުށެއް ނުވާކަން އޭނައަށް ޔަޤީންވާތީވެއެވެ.

 

ފިހާރައިގެ މޭޒުކައިރީގައި އިން އަންހެން ކުއްޖާ ސާރިޔާ ބުނި އެއްޗެހި ކިރައިގެން އައިސް މޭޒުމަތީގައި ބެހެއްޓި ވަގުތު އޭނަ މުޅިންހެން ރަމީޒާމެން މަތިން ހަނދާން ނެތިފައިވިއެވެ. އެހެނަސް އޭނަ ލާރި ދައްކާފައި ދާން އުޅުނު ހިނދު އެމީހުން އޭނަގެ ފުރަގަހުން ދައްކަމުން ދިޔަ ވާހަކައިގެ ތެރެއިން ‘މަލާކް’ އޭ ކިޔުނު އަޑަށް އޭނައަށް ކަންފަތް ހުޅުވާލެވުނެވެ.

 

“އަޑެއް ނާހަންތަ ރަމީޒާ؟ ސާރިޔާގެ މަލާކް އިންޑިޔާއަށް ގޮއްސަ ސިކުނޑީގެ ޓެސްޓެކޯ ހައްދަން ޖެހުނީ. ޑޮކްޓަރުން ބުންޏޯ އޭނަގެ ސިކުނޑި ސަކަރާތްވެ މޮޔަ ވާނެއޯ ވަރަށް އަވަހަށް.” ރަފިއްޔާ ދެއްކި ވާހަކައިން ސާރިޔާއަށް ހީވީ އޭނަގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔައީ ހެންނެވެ. އޭނަގެ ނޭވާ ހުއްޓި ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނަގެ ލޯބިވާ ދަރިފުޅު ލޮލަށް ސިފަވެގެން ދިޔުމުން ހިތަށް ބިރުވެރިކަމެއްވަނެވެ. ހަމަ އެއާއެކު އެމީހުންނަށް އޭނަގެ ދަރިފުޅާއި ބެެހޭ ގޮތުން އެނގޭނީ ކޯޗެއްތޯ ބުނެ ހިތް ސުވާލު ކުރިއެވެ. ހިތަށް ވެރިވި އެ ސުވާލުން އައި ރުޅީގައި ސާރިޔާއަށް އެމީހުންނާއި ކުރިމަތިލެވެން އުޅުނެވެ. އެހެނަސް އޭގެ ކުރިން އަނެއްކާވެސް އެމީހުންގެ ވާހަކަ ސާރިޔާއަށް އިވުނެވެ.

 

“ތިއީ ހަމަ އަސްލު ވާހަކައެއްތަ ރަފީ؟ ކާކު ބުނި؟” ރަމީޒާ ކޮށްލީ ސާރިޔާވެސް ކުރަން ބޭނުންވެގެން ހުރި ސުވާލުތަކެވެ.

 

“މަ ދޮގު ޚަބަރެއް ފަތުރާނެހެން ހީވޭތަ؟ މީ ސީދާ މަލާކް ގޮވައިގެން އިންޑިޔާއަށް ދިޔަ ފަރުޒާނާގެ ފަރާތުން ލިބުނު ޚަބަރެއް. މިއަދު ރަށު ތެރޭގަ އެ ވާހަކަ ނުދައްކާ މީހެއް މަދު. ފަރުޒާނާ ބުނި މިހާރު މަލާކް އުޅެނީ ވެސް ވަރަށް ބަލިކޮންނޭ. ވަރަށް ހެލިފެލިވެ ނޫޅެއޭ.” އެ ވާހަަކައިގެ ތެރެއިން ފަރުޒާނާގެ ނަން އައުމުން ސާރިޔާގެ މެއަށް ނުބައި ގޮތެއްވިއެވެ. މަލާކާއި ބެހޭގޮތުން ބުނެލި ފަހު ޖުމްލަތަކާއެކީ އޭނަގެ ހަނދާނަށް އައީ ޙަޤީޤަތުގައި ވެސް މަލާކަށް މި ދުވަސްކޮޅު ހޭލާ ހުންނަން އުދަގޫވާގޮތެވެ. އޭނައަށް މި އިވެނީ ތެދެއް ކަމުގެ އިންޒާރުކަމަށް އޭނަގެ ސިކުނޑި ދޭންފެށި ވަގުތު ދެންވވެސް ރަމީޒާގެ އަޑު އިވުނެވެ.

 

“ހާދަ ދެރައޭދޯ؟ ސާރިޔާއަށް އެނގޭނެބާ ތިކަން…ވަަރަށް ހިއެއްނުވޭ. މިއަދު ދުށްއިރު ވެސް ހުރީ ނުލާހިކު ރަނގަޅަށް.” ރަމީޒާ ކަމަކާމެދު ވިސްނާ ފަދައަކުންނެވެ ބުނެލިއެވެ.

 

“އެ ކުއްޖާ މަންމަ ކައިިރި ނުބުނަންޏާ ނޭނގޭނެތާ. ސާރިޔާއަށް އެނގޭނީ ނޫންވިއްޔާ ބޭރުގެ ހޮސްޕިޓަލްތަަކުން ދީފަ ތިބޭ ރިޕޯޓުތައް ކިޔަން…ޕިސް ޕިސް..އެހާވަރު ކަމެއް އަމިއްލަ މަންމައަށް ފޮރުވާނީ ކޮންކަހަލަ ކުއްޖެއް؟” ރަފިއްޔާ އެހެން ބުނި އަޑަށް ސާރިޔާގެ ހަނދާނަށް އައީ  މަލާކް ރަށަށް އައި ދުވަހެވެ. ޑޮކްޓަރު ބުނީ ކީކޭތޯ އެހުމުން މަލާކް ފުރަތަމަ އިސްޖަހާލި ގޮތެެވެ. އެއަށްފަހު ވެސް ބޭސް ކެއުމުން ރަނގަޅުވެދާނެނޫންތޯ ހިތު ލަފަޔަށް ބުުނި ގޮތެވެ.

 

އެ  ހަނދާން އާވެގެން ދިޔުމުން ސާރިޔާއަށް ޙަރަކާތް ކުރެވެން ފެށީ ކުއްލިއަކަށެވެ. އޭނަ އަވަސްއަވަހަށް އޭނަގެ ކޮތަޅުތައް ނަގައިގެން ފިހާރައިން ނިކުމެގެން ދިޔައެވެ. އެ ހިނދު އޭނައަށް ނޭނގުނަސް ނުހަނު ރާވައިގެން އެ ވާހަކަތައް އޭނައަށް އިއްވި ރަމީޒާއާއި ރަފިއްޔާ އޭނައަށް ބަލާފައި ދަތްތައް ދައްކައިގެން ތިއްބެވެ. ސާރިޔާ މަގަށް ނިކުތުމުން ވެސް އޭނައަށް ފެންނަމުން ދިޔައީ މަގުމަތިން އޭނަ ފެންނަ ކޮންމެ މީހަކު ސިއްރު ވާހަކަތައް ދައްކާ މަންޒަރެވެ. އެކި މީހުންގެ ދުލުން މަލާކްގެ ނަން އިވުމުން އެންމެން އެ ދައްކަނީ އެ ވާހަކަކަން އޭނައަށް އެނގުންވިއެވެ. ފިހާރައަށް އައިއިރު ވެސް މީހުންގެ ނަޒަރުތައް އޭނައަށް އަމާޒުވިކަން އޭނައަށް ފާހަގަވިއެވެ. އެހެނަސް އެ މީހުން އެ ބަލަނީ ކީއްވެކަން އޭނައަށް އެނގުންވީ މިހާރެވެ. އޭނައަށް ބަލައި ވާހަކަ ދައްކަމުން ދިޔަ މީހުންގެ ޢަދަދު ގިނަވަމުން ދިޔަކަން ފާހަގަވުމުން ސާރިޔާއަށް ފިޔަވަޅުތައް އަވަސްކޮށްލެވުނީ ބިރުވެރިކަމުން ވަށާލެވިގެން ދިޔަ ހިތަކާއި އެކީގައެވެ. އޭނަގެ ހަނދާނަށް އައީ މީގެ އަހަރުތަކެއް ކުރިން މީހުން އޭނައާއި މެދު އެގޮތަށް ވާހަކަ ދައްކަމުން ދިޔަ ހަނދާނެވެ. އޭނަގެ ދަރިފުޅު އެފަދަ ޙާލެއްގައި އުޅެން އޭނަ އެއްގޮތަކަށް ވެސް ނުޖައްސާނެއެވެ. މީގެ ޙަޤީޤަތާއި ހަމައަށް އޭނަ ކޮންމެހެން ވެސް ދާންޖެހޭކަން އެނގުންވުމުން ސާރިޔާ ފައިގައި ހުރި ބާރުމިނަށް ހިނގާފައި ދިޔައީ ގެއާއި ދިމާލަށް މިޞްރާބު ޖަހަމުންނެވެ.

 

ސާރިޔާ ހިނގުން މަޑު ކުރުމެއްނެތި ގޮސް ގެއަށް ވަން ވަގުތު މަލާކް ބޮޑު ކޮޓަރީގެ ތެރެއިން ގޮސް ބަދިގެއާއި ދިމާލަށް ދަނީއެވެ.

 

“އޮހް މަންމާ! ފިހާރައަށްދޯ ދިޔައީ؟ ހިނގާ މަންމައަށް އެހީވެދޭނަން ސައި ހަދަން. ނޭނގެ ވާނެކަމެއް. މިއަދު ކުޑަކޮށް ބޯ އަނބުރާތީ މިއުޅެނީވެސް. ހޮޑު ލަވައިގަންނާނެހެން ހީވާތީ ނިދަން ނޯވެވިގެން މިއައީ.” މަލާކް ސާރިޔާ ފެނުމާއެކު އޭނައާއި ދިމާލަށް ގޮނޑި އަނބުރާލަމުން ހިނިތުންވުމަކާއެކީ ވާހަކަ ދެއްކިއެވެ.

 

“ކީއްވެ އެހެން ހީވާންވީ؟ ކީއްވެ ބޯ އަނބުރަންވީ؟” ެއަތުގައި ހުރި ކޮތަޅުތައް އެތާހުރި ކުޑަ މޭޒުމަތީގައި ބަހައްޓަަމުން ސާރިޔާއަށް އެހެން އަހާލެވުނީ ހިސާބެއްގެ ނުރުހުންތެރިކަމާއި އެކީގައެވެ. އެ ހިނދު މަލާކްގެ ހިނިތުންވުން ފަނޑުވިއެވެ.

 

“ކިހިނެއްވީ މަންމާ؟” މަލާކަށް އަހާލެވުނެވެ.

 

“ކިހިނެއްވީހޭ؟! ކީކޭ ހިތަަށްއަރައިގެން ޑޮކްޓަރު ދެއްކި ވާހަކަތައް ތިމާ ބަލަން ތިބި މީހުން ކައިރި ނުބުނެގެން ތިއުޅެނީ؟” މަންމަ ހަރު އަޑުން ކޮށްލި ސުވާލުތަކުން މަލާކްގެ މެއަށް ފިނިވެ އޭނައަށް ނޭނގި އޭނަގެ އަތާއި ފަޔަށް ބާރުވެގެން ދިޔައެވެ. މަންމައަށް އެ ވާހަކަ އެނގުނީތޯ ހިތަށްއެރި ވަގުތު ބަދިގެއިން ނިކުތް ބައްޕަގެ އަޑުއިވުނެވެ.

 

“ކިހިނެއްވީ މާ އަޑު ހަރުވެގެން މިއުޅެނީ؟” މަސްޢޫދު މަލާކްގެ ކައިރިއަށް ދަމުން ސުވާލުކުރިއެވެ.

 

“އަޑުހަރުވާ ގޮތް ކުޑައީ އަދިވެސް….އަހަރުމެން އެހާ ހޭދަކޮށްގެން ފަރުވާ ހޯދަން ފޮނުވީމަ ކުޑަމިނުން އޭގެ ނަތީޖާވެސް އަހަރުމެންނަކާ ހަމައަށް ނުފޯރާ. އެކި މީހުން ތުންތުން މަތިން މި އިވުނީ އަހަރެންގެ ދަރިފުޅުގެ ސިކުނޑިއަށް ހުރީ ގެއްލުމެއް ލިބިފައޭ!!” ސާރިޔާ ހަރުވަމުން ދިޔަ ރުޅިވެރި އަޑަކާއެކީ ޖުމްލަ ނިންމާލިތަނާހެން އޭނައަށް ގިސްލެވެން ފެށިއެވެ. އެ ހިނދު މަސްޢޫދު ހުއްޓުން އަރާފައި އެއްފަހަރު ސާރިޔާއަށް އަނެއްފަހަރު މަލާކަށް ބެލިއިރު މަލާކް އިނީ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ފެންކަޅިވެފައެވެ. މަލާކްގެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވެފައިވީއިރު އޭނައަށް އިނދެވުނީ ހިރިލަން ވެސް ނުކެރިފައެވެ. އޭނަ އެއްޗެކޭ ބުނަން ނުކުޅެދިފައި ވަނިކޮށް މަސްޢޫދު ވާހަކަ ދެއްކިއެވެ.

 

“ކިހިނެއް މީހުންނަށް އެނގުނީ؟ ސިކުނޑިއަށް ގެއްލުމެއް ލިބިފަ ހުރީމަ ކޮބާ މައްސަލައަކީ؟ އަހަރުމެންގެ މަލާކްގެ ވިސްނުން ނުލާހިކު ރަނގަޅު…” މަސްޢޫދު ބުނެލިއެވެ.

 

“އެއީ މިހާރު….ފަހުން އަހަރުމެންގެ މަލާކަށް ވާނެގޮތް މަ ދުލާއި ހަމައަށް ގެންނަން ވެސް ބޭނުމެއްނޫން. މަސްޢޫދަށް ނުފެނޭތަ މިހާރުވެސް އޭނަ ބަލިވަމުންދާ ގޮތް؟….ކީއްވެ މަންމަމެން ކައިރި ނުބުނީ ދަރިފުޅު؟ މަންމަމެން އެހާވެސް ދުރީތަ ދަރިފުޅަށް؟ މިހާ ބޮޑު ހިތާމައެއް ދަރިފުޅު އެކަނިމާއެކަނި ތަޙައްމަލުކުރަން ނިންމީ ކީއްވެ؟” ސާރިޔާ ގިސްލަގިސްލާފައި ރޮމުން މަލާކްގެ ކުރިމައްޗަށް ތިރިވެ އެއްފަހަރާ އެތައް ސުވާލެއް ކުރިއެވެ. އެ ހިނދު މަސްޢޫދުވެސް އެދެމައިންނަށް ބަލަހައްޓައިގެން ހުރީ ދެރަވެފައިވާ ހިތަކާއިއެކީގައެވެ.

 

“ހިތާމަ ތަޙައްމަލުކުރާކަށް ނޫން ނިންމީ މަންމާ…މި ޙާލަތާއިމެދު ރަނގަޅަށް ވިސްނަން ނިންމީ. މަލާކް ދެރަވި…ދެރަވި އެ އެމްއާރްއައި ރިޕޯޓްގަ ދެކެވިފައިވި ވާހަކަތައް އެނގުނު ދުވަހު. އޭގައި ވާގޮތުން މަލާކްގެ ސިކުނޑީގެ ޙާލަތު ދުވަހުން ދުވަހަށްދަނީ ގޯސްވަމުން. އެކަމަކު މަންމަ ބުނީމެއްނު ކޮންމެ ޙާލަތެއްވެސް ﷲ މެދުވެރި ކުރައްވަނީ އެންމެ ރަނގަޅަށޭ؟ އެހެންވީމަ މަލާކް މި ޙާލަތާއި މެދު ވެސް ރަނގަޅަށް ވިސްނަން މަސައްކަތް ކުރީ. ފަހުން ކޮންމެ ގޮތެއްވިޔަސް ކޮބާ މައްސަލައަކީ މަންމާ؟ މާދަމާ މަލާކަށް މަންމައާއި ބައްޕަ ވަކިކުރަން ނޭނގުނަސް މިއަދު އެބަ އިނގޭ. މިއަދު އެބަ ވިސްނޭ. ބަލިވަމުން ދިޔަޔަސް މަންމަމެންގެ ލޯބި އިޙްސާސް އެބަ ކުރެވޭ. މަލާކްގެ ބުއްދި މަލާކްގެ ކިބައިން ފިލައިގެންދާނެ ދުވަހެއް އަދި އެގެނީއެއްވެސް ނޫން. ދެން ކީއްކުރަން މުސްތަޤްބަލުގެ ވާހަކަ ދައްކައި މަލާކްގެ މިއަދު ބަރުބާދުކޮށްލަންވީ މަންމާ؟” މަލާކް ސުވާލުކުރިއެވެ. މަލާކްގެ އެ ވާހަކަތަކުން ކަރުނައިން ކޯތާފަތް ތެމިފައިވި ސާރިޔާ ހިސާބަކަށް ހިމޭންވާ ގޮތްވިއެވެ. އޭނައަށް އެއްވެސް އެއްޗެކޭ ނުބުނެ މަލާކަަށް ބަލަހައްޓައިގެން ހުރި ގޮތަށް ހުރެވުނެވެ.

 

“މަންމަ ކައިރި ކުރިން ނުބުނެވުނު ކަމަށްޓަކައި މަޢާފަށް އެދެން. ހިއެއްނުކުރަން ތުންތުންމަތިން މަންމައަށް އެ ވާހަކަ އިވޭނެ ކަމަށް. މަންމަ ދެރަކޮށްލެވުނީތީ ދެރަވެއްޖެ.” މަލާކް ވައި އަޑަކަށް ބަދަލުވަމުން ދިޔަ އަޑަކުން އެހެން ބުނެލި ހިނދު އޭނަގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. އެ ހިނދު ސާރިޔާއަށް ވެސް އޭނަގެ ހިތާމަވެރި މޫނާއެކީ އިސްޖަހާލެވުނެވެ. އެހެނަސް ހިމޭންކަމުގެ ކުރު ވަގުތުކޮޅަކަށްފަހު ސާރިޔާ އިސްއުފުލާލިއެވެ.

 

“ދަރިފުޅު ތިބުނީ ހަމަ ރަނގަޅަށް. އަދި ދަރިފުޅު އެފަދަ ޙާލަކަށް ދާނެ ދުވަހެއް ނޭނގޭ. އެކަމަކު މަންމަ ބޮޑަށް ކަންބޮޑުވަނީ ބަޔަކު މީހުން ޤަޞްދުގަ އެ ވާހަކަ ރަށުތެރެއަށް ފަތުރާލީމަ. ދަރިފުޅު ދެން ގެއިން ބޭރަށް ނުދައްޗޭ ދުވަސްކޮޅެއް ވަންދެން.” ސާރިޔާ އޭނަގެ ވާހަކައިގެ މެދުތެރެއިން ރުޅިވެރި ރާގަކަށް ވާހަކަ ދެއްކުމަށްފަހު މަލާކް ކައިރި އެދުނެވެ.

 

“މަންމާ….ދުވަސްކޮޅަކުން ނިކުތަސް މިއަދު ނިކުތަސް ވާނީ އެކައްޗެއް. އެހެންނޫނަސް މަންމައެއްނު އަބަދުވެސް ބުނަނީ…މީހުންގެ ނަޒަރިއްޔާތާއި މެދުގައެއްނޫނޭ ވިސްނަންވީ. ﷲ އަޅާ ދެކެވޮޑިގެންވާ ގޮތާއިމެދުގައޭ ވިސްނަންވީ.” މަލާކް މަންމަ ބުނާ ބައެއް ބަސްތައް ހަނދާންކޮށް ބުނެލިއެވެ. އެއީ ވަކި އޭނައަށް އެ ބަސްތައް ދޭހަކުރެވޭތީވެއެއްވެސް ނޫނެވެ. ﷲ އޭނައާމެދު ދެކެވޮޑިގެންވާ ގޮތާއިމެދު ވިސްނުމަކީ ކޮބައިކަން އޭނައަށް ނޭނގެއެވެ. އެނގުނަސް އޭނަ ވިސްނާކަށް ބޭނުމެއް ނުވަނީއެވެ. އޭނައަކީ ނަމާދުކުރިޔަސް ވީހާވެސް އަވަސްއަރުވާލައިގެން ނަމާދުކޮށް އެހާ ގިނައިން ޤުރުއާން ކިޔަވާ މީހަކަށް ނުވުމުން އޭނައަކީ ﷲ ގެ ރުހިވޮޑިގަތުމުން ދުރު މީހެއްހެން އޭނައަށް ހީވެއެވެ. ވީއިރު އޭނަ އެކަމާމެދު ވިސްނަން ބޭނުމެއްނުވީއެވެ. އެހެނަސް މިވަގުތު އޭނަ އެ  ބަސްތައް ބުނެލީ އޭނަ މީހުން ދައްކާ ވާހަކައަކަށް ފަރުވާލެއް ނުބަހައްޓާކަން މަންމައަށް އެންގުމަށްޓަކައެވެ. އެއީ ޙަޤީޤަތަކަށްވަނީ ވަކި ވަރަކަށް ވިޔަސްމެއެވެ.

 

“ހަމަ ރަނގަޅަށް ތިބުނީ ދަރިފުޅު. މީހުންނަށް ހުރިހާ ކަމެއް އެނގޭނީއެއްވެސް ނޫން. ކަނބުލޮގެ ޙާލަތް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ މާތް ﷲ. އެހެންވީމަ އެކަލާނގެ މަތިން ގިނަގިނައިން ހަނދުމަކޮށް ކެތްތެރިވޭ ދަރިފުޅު. ޙަޤީޤީ ކާމިޔާބު ލިބިގެންވަނީ ހަމައެކަނި މުއުމިނުންނަށް. މި ދުނިޔޭގެ މީހުންގެ ނަޒަރުގަ ކާމިޔާބު ނުވިޔަސް ﷲ ގެ ޙަޟްރަތުގަ ކާމިޔާބު ވައްޗޭ ދަރިފުޅު. އޭރުން އެކަލާނގެ ދަރިފުޅަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވާނެ އިން ޝާ ﷲ.” ސާރިޔާ އެހެން ބުނެލީ ލުއި ހިނިތުންވުމަކާއެކީ މަލާކްގެ ބޮލުގައި ފިރުމަމުންްނެވެ. މަލާކް އެ ބަސްތަކަށް ބޯޖަހާލިއެއްކަމަކު އޭނަ އެ ބަސްތަކާއި އެއްބަހެއް ނުވެވެއެވެ. ﷲ ގެ ޙަޟްރަތުގައި ކާމިޔާބުވުމުން ދުނިޔޭގެ ކާމިޔާބީތައް އޭނައަށް ލިބެނީ ކިހިނެއް ހެއްޔެވެ؟ ﷲ އަށް ބޯލެނބުމުން އޭނައަށް ކިޔަވަން ފުރުޞަތު ލިބި، އެބުނާ ފިރިއަކު ވެސް އޭނަގެ ޙަޔާތަށް އައިސް އެމީހުން އެ ސިފަކުރާ ފަދަ ‘ދިރިއުޅުމެއް’ އޭނައަށް ލިބޭނީ ހެއްޔެވެ؟ އެކަން މަލާކަށް ޤަބޫލުކުރަން ނުހަނު ދަތިވިއެވެ. އެހެނަސް ﷲ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެންވާކަން މަލާކަށް ރޭކާނުލައެވެ. އަދި އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ނިޢުމަތްތައް އިތުރު ކުރެއްވުމަކީ އެކަލާނގެއަށް ނުހަނު ފަސޭހަކަމެއްކަން ވެސްމެއެވެ.

 

**

 

އަޔާޒަށް އެދުވަހު ހޭލެވުނީ އޭނަގެ ތަނަވަސް ކޮޓަރީގައި ހުރި އެންމެ ފަހުގެ ކިންގް ސައިޒް އެނދުގެ އަރިމަތީ މޭޒުމަތީގައި ބެހެއްޓިފައިވި ޑިޖިޓަލް ގަޑި އެލާމްވާން ފެށުމުންނެވެ. އެލާމްގެ އަޑު އިވުނުއިރު އާދައިގެ މަތިން އަޔާޒަށް ބަންޑުން އޮވެވުނު އިރު ނިދިއިރު އޭނަ ގައިމަތީގައި އެޅިފައިވި އަޅި ކުލައާއި ހުދުކުލައިގެ ޑުވެޓާއި ބާލީސްތައް ހުރީ އެހެން މިހެންނެވެ. އަޔާޒް އެލާމްގެ އަޑުއިވިފައި އެ ނިވަން އަތް ދިއްކޮށްލީ ވެސް ދެލޯ މަރައިގެން އޮވެ ކަންނެތް ކަމާއި އެކީގައެވެ. އެދުވަހު އޭނަގެ ވަކި ޒިންމާއެއް ނެތްކަމަށް ސިކުނޑި ބުނަމުން ދިޔައީތީ އޭނަ އިތުރަށް ކަންނެތްވަމުން ދިޔައެވެ. އެކަން އެނގުންވުމުން އެ ގަޑި އެލާމްވާތީ ވެސް ޙައިރާންވިއެވެ. މިކަހަލަ ދުވަހަކަށް އޭނަ އެލާމެއް ނުލާނެކަން އޭނައަށް ޔަޤީނެވެ. ވީއިރު އޭތި ހުއްޓުމެއްނެތި އަޑު ލައްވަނީ ކީއްކުރަންތޯ އަޔާޒްގެ ހިތަށްއެރީވެސް ހިސާބެއްގެ ނުރުހުންތެރިކަމެއް އޭނަގެ މޫނުމައްޗަށް ވެރިވެފައިވަނިކޮށެވެ. ހަމަ އެހިނދު އޭނަގެ އަތަށް އެރި އެތިފަހަރަކާއެކީ އަޔާޒް ހޭއެރިއެވެ.

 

“އައުޗް!!!” އަޔާޒަށް އެހެން ބުނެލަމުން ލުއްކެއްޖަހައި ތެދުވެވުނު ވަގުތު އޭނަގެ ލޯ ހުޅުވި ނިދިފިލައިފިއެވެ. އެ ހިނދު އުކުޅުގައި އަތްވިއްދައިގެން ހުރި ބޮޑުމަންމަ އޭނައަށް ފެނުނެވެ.

 

“އައުޗްއޭ ކިޔާފަ! ފަތިހުއްސުރެ މީތި ރިންގު މިވަނީ. ކޮންމެ ދުވަހަކު މީތި ފަތިސް ނަމާދަށް އެލާމަށްލާފަ މި ހުންނަނީ. އެކަމަކު މީގެ ވެރި ފަރާތަށް ހޭލެވޭ ގޮތް މިވަނީ ހަމަ މީހަކު ގޮވީމަ. މިއަދު ވިއްޔާ އެ ގަޑީގަ އައިއިރު މިކޮޓަރި ވެސް ތަޅުލާފަ ހުރީ. ދެން އެންމެ ފަހުން ނިޝާން ކައިރި އަހައިގެން ޑުޕްލިކޭޓް ތަޅުދަނޑި ހޯދައިގެން މި ހުޅުވީ. ހުޅުވިއިރު އަދިވެސް ތިއޮތީ ނިދާފަ…..ދެންވެސް ތެދުވެ ނަމާދު ކުރަން އުޅޭ!” ވަސީމާ ހިސާބެއްގެ ހަރުކަށިކަމާއެކީ އަންގާލިއެވެ.

 

“މިހާރެއްނޫން ދެން ބޮޑުމަންމާ. މެންދުރު ނަމާދުކުރާއިރު އެ ނަމާދާއެކީ ކޮށްލާނަން.” އަޔާޒް ދެންވެސް ކަންނެތްކަމާއެކީ ފޫހިވެފައި ހުރެއެވެ.

 

“ހޫނ…..މެންދުރު ނަމާދު ވާއިރަށް ދުނިޔޭގަ ހުންނާނެއޭ ބުނީ ކާކު؟ އަވަހަށް ތެދުވެ ނަމާދުކުރޭ. ނަމާދުކޮށްގެން އައީމަ މިގެއިން ސައި ލިބޭނީ.” ވަސީމާ އެ ވާހަކަ އެންގުމަށްފަހު އަޔާޒަށް ފަސްދީފައި ކޮޓަރިން ނިކުމެގެންދާން ހިނގައިގަތެވެ. އަޔާޒް ދެލޯ ނިދިބަރުވެފައި އިން ގޮތަށް އިންދާ ބޮޑުމަންމަ ކޮޓަރީގެ ދޮރު ޖަހާލަމުން ދިޔަ އަޑުއިވުނެވެ. އެއާއެކު އޭނަ ފުން ނޭވައެއް ދޫކޮށްލަމުން އެނދުން ތެދުވުނެވެ.

 

މިއީ އަޔާޒްގެ ބައްޕަ ނިޔާވި ފަހުން ކޮންމެ ދުވަހެއްގެ އާދައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބައްޕަ ދުނިޔޭގައި ހުރިއިރު ބައްޕަ އޭނަ ޤަވާޢިދުން މިސްކިތަށް ގެންގޮސް ހެދިއެވެ. ނަމާދަށްޓަކައި ތަނަކަށް ދާންޖެހޭތީ އޭރު އޭނައަށް އެކަން ވެފައިވީ ނުހަނު ގަޔާވާ ކަމަކަށެވެ. ބައްޕަ ނަމާދަށް ގޮސް ނަމާދު ފެށުމުގެ ކުރިން އޭނައަށް ކިޔައިދޭ ޤުރުއާނުގެ ވާހަކަތަކަކީ ވެސް އޭނަގެ ހަނދާނުން ފިލައިގެންދާނެ ވާހަކަތަކެއް ނޫނެވެ. އޭގެ ތެރެއިން އޭނައަށް އެންމެ ކަމުދިޔައީ ޔޫނުސް ޢަލައިހިއްސަލާމްގެ ވާހަކަކަން އޭނަ އަދި އަދަށްދާންދެންވެސް ހަނދާން އެބަހުއްޓެވެ.

 

އެހެނަސް އޭނަގެ ޙަޔާތް އެގޮތުގައި ދެމިއެއް ނުދިޔައެވެ. އޭނަގެ މަންމައާއި ބައްޕަ ވަކިވިތާ މާ ގިނަ ދުވަހެއްނުވެ ބައްޕަވެސް ނިޔާވިއެވެ. އެހާ ހިސާބުން އޭނަ ނަމާދަށް ހުރި ޝައުޤުވެރިކަން ގެއްލޭ ގޮތްވިއެވެ. ނަމާދުކުރުމުން ވެސް އޭނަގެ ޙަޔާތުގައި އެހާ ދަތިކޮށް ކަންތައް ހިނގުމުން ނަމާދުގެ ބޭނުމެއް ނެތީހެން އޭނައަށް ހީވީއެވެ. އޭނަ ކިރިޔާ ވެސް ނަމާދުކުރަމުން ދިޔައީ ބޮޑުމަންމަގެ ހިތްވަރުންނެވެ. އެހެނަސް ޑޮކްޓަރުކަން ކިޔެވުމަށްޓަކައި ރަޝިޔާއަށް ދިޔަފަހުން ބޮޑުމަންމަގެ ‘އުދަގުލުން’ ދުރުވިދުރުވިހެން އޭނަ ނަމާދާއި ވެސް ދުރުވިއެވެ. އަދި ވަކިން ޚާއްޞަކޮށް މައުވާއާއި ރައްޓެހިވި ފަހުން ދީނާއިމެދު އޭނަގެ އޮތް ނަޒަރިއްޔާތުވެސް ބަދަލުވާން ފެށިއެވެ.

 

“ކަމޯން އަޔާޒް ދެން ތިވާހަކަ ނުދައްކަބަލަ. އައި ނޯ ޔޫ މިސް ޔުއާރ ޑޭޑް އެކަމަކު ޑޭޑް ވެސް ޙަޤީޤަތުގަ ދައްކާފަ އެހެރީ ހުސް ފުލޯކު ވާހަކަތައް ދޯ؟ މި ކަހަލަ ސިވިލައިޒްޑް ޒަމާނެއްގަ މީހުން ތިބޭ ތަންތާ ތިކަހަލަ ވާހަކަ ދެއްކީމަ ވާނީ ކިހިނެއް؟ ދޭ ވުޑް ތިންކް ޔޫ އާރ އިންސޭން!” އެއްދުވަހު އަޔާޒް އޭނަގެ ބައްޕަ ކިޔައިދިން ވާހަކައެއް މައުވާއަށް ކިޔައިދޭން ފެށުމުން މައުވާ ބުނެފައިވެއެވެ. އެދުވަސްފަހުން އޭނަ ދީނުގެ އެއްވެސް ވާހަކައެއް ދައްކަން ޖެހިލުންވެއެވެ. އޭނަގެ ބައްޕަގެ ގިނަ ހަނދާންތަކަކީ ބައްޕަ އޭނައަށް ދީނާއި ގުޅިގެން ދީފައިވި ނަޞޭޙަތްތަކަކަށް ވިޔަސްމެއެވެ. މުސްލިމް ނޫން އެކުވެރިން ގިނަވެގެން ދިޔަދިޔަހެން އެއްވެސް ދީނަކަށް ތަބާނުވުމުގެ ޚިޔާލުވެސް އޭނަގެ ސިކުނޑީގައި ޒީނަތްތެރިވިއެވެ. އެހެނަސް އޭނަގެ ހިތުގެ ކަނެއްގައި އަބަދުވެސް ބައްޕަގެ ހަނދާންތަކެއްވިއެވެ. އެ ސަބަބާހެދި ކަންނޭނގެއެވެ. ނަމާދާއި ޤުރުއާނާއި ދުރުވިއެއްކަމަކު ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ އަޚްލާޤް ކަމަށްބުނެ ބައްޕަ ދިން ނަޞޭޙަތްތަކާއި އެއްގޮތަށް އުޅެން އޭނަ ބޭނުންވެއެވެ. ވަކިން ޚާއްޞަކޮށް ތެދުވެރިވުމާއި، ކުރާ ކޮންމެ މަސައްކަތެއް އެންމެ ފުރިހަމައަށް އަމާނާތްތެރިކަމާއެކީ ކުރުމާއި، އަނިޔާ ލިބެމުންދާ މީހުންނަށާއި ނިކަމެތިންނަށް އެހީވުމުގެ އިތުރުން ވަޢުދު ފުއްދުމަކީ އަޔާޒް ލޯބިކުރާ ކަންތައްތަކެވެ. ބައްޕަ އެ ކަންތައް އެގޮތަށް ކޮށްފައިވި މަންޒަރު އޭނައަށް ފެނި އެކަންތައްތަކުގެ ރީތިކަން އޭނައަށް އިޙްސާސް ކުރެވިފައިވާތީވެއެވެ. އެ އާދަތަކަކީ އޭނަ ދުނިޔެ ޢުމުރަށްވެސް ގެންގުޅޭނެ އާދަތަކެއްކަމުގައި އަޔާޒް އަމިއްލަ ނަފްސުގާތު ބުނެފައިވެއެވެ.

 

އަޔާޒް ފެންވަރައި ތާޒާވެލައިގެން ޓީޝާޓަކާއި ޖިންސެއްލުމަށްފަހު ކޮޓަރީގައި ނުހަނު އަވަސްއަވަހަށް ފަތިސް ނަމާދުކޮށްލިއެވެ. އެއަށްފަހު އާދައިގެ މަތިން އޭނަގެ ކޮޓަރިން ނިކުމެގެން ދިޔައީ ފޯނާއި ކުޅެމުންނެވެ. މައުވާގެ މެސެޖެއް ނޫނީ ނޮޓިފިކޭޝަނެއް ވެސް ލިބިފައިވިތޯ ބަލަމުންނެވެ. އޭނަ ހުރި ކޮޓަރިން ނިކުތް ވަގުތު ވަދެވުނީ އަނެއްކާވެސް އެއްޒާތެއްގެ ތަނަވަސް ކޮޓަރިއަކަށެވެ. 8 ފަންގިފިލާއަށް ނެގިފައިވި ‘ސަންރައިޒް’ ނަމަކަށް ކިޔާ އެ ޢިމާރާތުގެ ހުރިހާ ފަންގިފިލާތައް ވެސް ފަރުމާ ކުރެވިފައިވަނީ އެފަދައިންނެވެ. ކޮންމެ ފަންގިފިލާއެއްގައި އެގޮތަށް ގުޅިފައިވި ދެކޮޓަރީގެ ދެ ބަޔާއި ވަކިން ކޮޓަރިއެއްގެ އިތުރުން ގުޅިފައިވި ސިޓިންގް ރޫމަކާއި ކާގެއަކާއި ބަދިގެއެއް ހުރެއެވެ. އަޔާޒްމެން އުޅެމުން ދަނީ އެންމެ މަތީ ފަންގިފިލާގައި ކަމަށްވުމުން އަޔާޒް ހިނގާފައި ދިޔައިރު ކޮޓަރީގެ ތެރެއިން ފެންނަމުން ދިޔަ ބެލްކަނިން މާލޭގެ ޢިމާރާތްތަކުގެ މަތީ ބައިތައް ފެންނަމުން ދިޔައެވެ.

 

އަޔާޒް އޭނަގެ ފޯނުން ނަޒަރު ވަކިކޮށްލީ ދެވަނަ ކޮޓަރީގެ ދޮރު ހުޅުވައި ގޭގެ ސިޓިންގް ރޫމަށް ނިކުންނަމުންނެވެ. އެ ހިނދު ސިޓިންގް ރޫމުގެ ސޯފާގައި ލަޔާން ކާރޓޫނަކަށް ގެއްލިފައި އިންއިރު ލިލިއަން ކާރޕެޓް މަތީގައި ފޮތެއް ބާއްވައިގެން ކުލަޖައްސަން އިނެވެ. ދެކުދިން ފެނިފައި ހިނިތުންވެލަމުން އަޔާޒް ކަނާތްފަރާތުގައި ހުރި ކާމޭޒު ދޮށާއި ދިމާލަށް މިޞްރާބުޖެހި ވަގުތު، ގަމީހަކާއި ފަޓުލޫނަކާއެކީ ބެގީކޮށްގެން ސައިބޯން އިން އޭނަގެ ދޮންބެވެސް ފެނުނެވެ. ހުކުރު ދުވަހު ވެސް ދޮންބެ ކްލައިންޓުންނާއި ބައްދަލުކުރުމަކީ އާ ކަމަކަށް ނުވުމުން އަޔާޒް ވަކި ސުވާލުކުރުމެއްނެތި އެ ދިމާލަށް ދިޔައެވެ. ދޮންބެގެ އިތުރުން ކާމޭޒުދޮށުގައި ބޮޑުމަންމަގެ އަންހެން ދަރިފުޅު ކަމަށްވާ 17 އަހަރުގެ ހައިފާ ވެސް އިނެވެ. އަޔާޒްގެ ބައްޕައާއި ނުހަނު އެއްދުވަސްވަރެއްގައި ބޮޑުމަންމަގެ ފިރިމީހާ ނިޔާވިފަހުން ބޮޑުމަންމައާއި ހައިފާވެސް އުޅެމުން ދަނީ އެގޭގައެވެ. ހައިފާ ބޮޑުމަންމަގެ ދަރިފުޅަށްވީތީ އަޔާޒް ބައެއްފަހަރު ޙައިރާންވެއެވެ. ބޮޑުމަންމަ ބުރުގާ އަޅައި ދިގު ހެދުން ލައިގެން ހުއްޓެއްކަމަކު ހައިފާ އަޅަނީ ކުރު ޝޯލްތަކާއި ޓޮޕްތަކުގެ އިތުރުން ބާރު ޖިންސްތަކެވެ. ބޮޑުމަންމަ ނަޞޭޙަތް ދީ ދީ ހައިފާ ބަދަލުވާ ގޮތެއްނުވެއެވެ. އެހެނަސް އަޔާޒްހެން ހައިފާ ވެސް ރަނގަޅު އަޚްލާޤްގައި ހިފަހައްޓާކަން އަޔާޒަށް ފާހަގަވެއެވެ. ދުވަހެއްގެ ކޮޅުން ވެސް ހައިފާ ދޮގެއް ހަދާފައިވި ހަނދާނެއް އޭނަ ނުވެއެވެ. އެކަމަށްޓަކައި އޭނަގެ ކޮއްކޮއަށްޓަކައި އަޔާޒްގެ ހިތުގައި ޤަދަރެއްވެއެވެ.

 

އަޔާޒް ކާމޭޒު ދޮށާއި ގާތްވަމުން ދިޔަ ވަގުތު ހައިފާ ކައިރި ގޮސް ސައިތަށި ބެހެއްޓި ވަގުތު ބޮޑުމަންމަ އޭނަ ފެނިފައި އެއްޗެކޭ ބުނަން އުޅުނެވެ. އެހެނަސް ހަމަ އެ ހިނދު ގޭގެ ބެލް އަޅުވާލި އަޑު އިވުނެވެ. ބޮޑުމަންމަ ތިމަންނަ ހުޅުވާނަމޭ ބުނެ ދޮރާއި ދިމާލަށް ދިޔައެވެ. ބޮޑުމަންމަ އެހެން ބުނެފައި ދިޔަ މަންޒަރުވެސް އަޔާޒަށް ބަލަހައްޓައިގެން ހުރެވުނެވެ. މި ގަޑީގަ އެގެއަށް އަންނާނީ ކާކުކަން ނުވިސްނުމުން އެނގެން ބޭނުންވި ވަރުންނެވެ.

 

ވަސީމާ ގޮސް ދޮރު ހުޅުވާލުމުން ފެނިގެން ދިޔަ މޫނުތަކުން އޭނަ ހުއްޓުންއެރިއެވެ. ދުރުގައި ހުރި އަޔާޒްގެ ބުމަގޮށްޖެހިގެން ދިޔަ ހިނދު ކާކުތޯ ބުނެ ފަހަތް ބަލާލި ނިޝާންގެ ކަތުރުކަށިގަނޑަށް ބާރުވިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ކުށަކާ ނުލާ 27 (ފަހުބައި)

Next

ބުނެދޭށޭ ރުހެމޭ 70 – ބަދަލުގެނެވިފައި

Next
August 28, 2019

ބުނެދޭށޭ ރުހެމޭ 70 – ބަދަލުގެނެވިފައި

Previews
August 28, 2019

ކުށަކާ ނުލާ 27 (ފަހުބައި)

31 Comments!

  1. IsHa says:
    August 28, 2019 at 3:41 pm

    Me first vv salhi

    1. Jana says:
      August 28, 2019 at 10:25 pm

      hehe…jana up kurithaa 2 minute in kanneynge IsHa comment kury. hithah ery ehaa irun kiyaalevunu baa ey. 😀 Alhamdhulillah! (All praise and thanks belong to Allah) 🙂

  2. Jana says:
    August 28, 2019 at 3:43 pm

    Assalaam’alaikum. mi bayaa gulhey blog post thah In Sha Allah jana mirey genesdheynan. dhen anna bain Ayaaz aa Malaak meet vaane. mi bain ves varah masakkaiy kurin meet kuruveytho ekamaku adhi eyge kurin vaanjehey kanthakaa kiyuntherinnah engen vaa kanthah hureema mi laskolly. In Sha Allah next part sunday ga 🙂

  3. jiji says:
    August 28, 2019 at 4:12 pm

    ??Will comment after reading

    1. jiji says:
      August 28, 2019 at 9:42 pm

      V v rythi mi bai vx..Waiting for the next❤❤❤??????

    2. Jana says:
      August 28, 2019 at 10:23 pm

      Alhamdhulillah! 😀 Next part sunday ga In Sha Allah <3 🙂

  4. Axee ? says:
    August 28, 2019 at 4:22 pm

    Masha Allah varah reethi mi part vx
    Huriha part eh vx kiyan but comment mikohly alah curiously waiting for the next part ???????

    1. Jana says:
      August 28, 2019 at 10:26 pm

      Alhamdhulillah! Ufaavejje kurin nufenna kiyuntherieh fenunyma. Ummeedhaky Axee ah ves vaahakain faidha eh kurun. In Sha Allah next part sunday ga 🙂

  5. Mary says:
    August 28, 2019 at 4:30 pm

    V v shauguveri, next part maadhan up kohdheynan dho, thanks

    1. Jana says:
      August 28, 2019 at 10:28 pm

      Mary thanks bunyas maadhan up kureveykah nethey. maadhamaain feshigen mi weekend ga ves jana busy vaane. ehenveema sunday ga next part In Sha Allah 🙂 English vaahaka nimunyma mi vaahaka avas kureveytho balaanan In Sha Allah 😀

  6. Faathun says:
    August 28, 2019 at 5:20 pm

    Varah reethi maashaa Allah

    1. Jana says:
      August 28, 2019 at 10:28 pm

      Alhamdhulillah! 🙂 <3

  7. Unique says:
    August 28, 2019 at 6:21 pm

    Maasha allah sis
    Mi partves varah emotional
    hama varah cute

    1. Jana says:
      August 28, 2019 at 10:30 pm

      varah cute vee kon thaneh baa adhi cute hisaabah jana ah nuves liyevenees? *curious* hehe….Alhamdhulillah! 😀

  8. Jana says:
    August 28, 2019 at 10:19 pm

    Blog post:

    Never underestimate the power of a good word you leave behind. A good word is like a good and pure tree with its roots firmly rooted into the ground and its branches reaching up to the sky.

    That tree isn’t just going to benefit one person. Rather, its going to provide shade and fruits to uncountable people, even after the person who planted it, has left this world. And when the tree gives its fruits, there will be a number of seeds in each fruit and those seeds will give raise to many other such trees.

    Such is the example of the kalimah of our deen (laa ilaaha illallaah, Muhammadhu rasoolullah). Such is the example of any reminder reminding people of their Master and the Sunnah of the Prophet (SAW). Such is the example of any good word said with a sincere heart.

    أَلَمْ تَرَ كَيْفَ ضَرَبَ اللَّـهُ مَثَلًا كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِي السَّمَاءِ

    “Have you not considered how Allah presents an example, [making] a good word like a good tree, whose root is firmly fixed and its branches [high] in the sky?” 14:24

    *************************************************************

    ތިބާ ބުނެލާ އެއްވެސް ހެޔޮ ބަހަކީ ކުޑަ އެއްޗެއް ކަމުގައި ނުދެކޭށެވެ. އެހެނީ އެ ހެޔޮ ބަހަކީ ރަނގަޅު ގަހެއްފަދަ އެއްޗެކެވެ. އޭގެ މޫތައް ބިމު އަޑީގައި ސާބިތުވެ އޭގެ ގޮފިތައް އުޑާއި ހަމައަށް ދާން މަސައްކަތް ކުރާ ގަހެއް ފަދައެވެ.

    އެ ގަހުން ފައިދާއެއް ކުރާނީ އެންމެ މީހަކަށް ނޫނެވެ. އެހެނެއްކަމަކު އެ ގަސް އިންދި މީހަކު ދުނިޔެއާއި ވަކިވުމަށްފަހު ވެސް ގުނާ ޢަދަދު ނުކުރެވޭހާ މީހުންނަށް އެ ގަހުން ހިޔާ ލިބި މޭވާ ލިބޭނެއެވެ. އަދި އެއިން ލިބޭ ކޮންމެ މޭވާއެއްގައި އޮށްތަކެއްވާނެވެ. އެ އޮށްތަކުގެ ޒަރިއްޔާއިން އެފަދަ އެތައް ގަހެއް ހެދިގެން ދާނެއެވެ.

    އަހަރުމެންގެ ދީނުގެ ކަލިމަ ކަމަށްވާ لاَ إِلَهَ إِلاَّ اللّه مُحَمَّدُ رَّسُوْلُ اللّه ގެ މިސާލަކީ އެއީއެވެ. މީހުންނަށް އެބައިމީހުންގެ ވެރިރަސްކަލާނގެއާއި ބެހޭގޮތުން އެހެންނޫނީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްއާ ބެހޭގޮތުން ހަނދުމަކޮށްދޭ ހަނދުމަކޮށްދިނުމެއްގެ މިސާލަކީ އެއީއެވެ. އިޚްލާޞްތެރި ހިތަކާއެކީ ބުނެލާ ކޮންމެ ހެޔޮ ބަހެއްގެ މިސާލަކީ އެއީއެވެ.

    أَلَمْ تَرَ كَيْفَ ضَرَبَ اللَّـهُ مَثَلًا كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِي السَّمَاءِ

    اللَّه، ރަނގަޅު ބަހެއްގެ މިސާލު ޖެއްސެވީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އެއީ، އެ ގަހެއްގެ މޫތައް (ބިމުގައި) ހަރުލާފައި ހުންނަ، އަދި އެ ގަހެއްގެ ގޮފިތައް (ބިޔަކޮށްހެދި) މައްޗަށް އުފުލިފައިވާ ގަހެއްގެ މިސާލެވެ..

  9. Jana says:
    August 28, 2019 at 10:20 pm

    Blog post:

    Our belief in Allah strengthens us in the face of every kind of pressure. Because when we truly declare our Master as Allah, we hand over all of our affairs to Him. We acknowledge that we can’t control what any of the creations think or do because at the end of the day, the Master of all things is in-charge of everything. So our hearts are freed from the slavery of anything else except for the slavery to the One Who truly deserves it. Our Master, Allah.

    *****************************************************

    ކޮންމެ ކަހަލަ ދަތި ޙާލެއްގައި ވެސް ﷲ އާމެދު އަހަރުމެންގެ ހިތްތަކުގައިވާ އީމާންތެރިކަން އަހަރުމެންގެ ބާރަކަށްވެގެން ދެއެވެ. އެހެނީ އަހަރުމެންގެ ވެރިރަސްކަލާނގެއީ ﷲ ކަމަށް އަހަރުމެން ހިތުގެ ފުން މިނުން ޤަބޫލުކޮށްފިނަމަ އަހަރުމެންނަށް އަހަރުމެންގެ ހުރިހާ ކަމެއް އެކަލާނގެ ޙަޟްރަތަށް ދޫކޮށްލެވޭނެއެވެ. އެއީ އެކަލާނގެ ހެއްދެވި އެހެން އެއްވެސް މަޚްލޫޤަކު ކުރާ ކަމަކަށް ވެސް އަދި ބުނާ ބަހަކަށްވެސް އަހަރުމެންނަށް ބާރު ނުހިންގޭނެކަން އަހަރުމެންނަށް ޤަބޫލުކުރެވޭތީވެއެވެ. އެއީ އެ ހުރިހާ ކަމެއްގެ މައްޗަށް ބާރު ހިންގަނީ ހުރިހާ ތަކެއްޗެއްގެ ވެރިރަސްކަލާނގެކަން ޔަޤީން ކުރެވޭތީވެއެވެ. އެހެންކަމުން އަހަރުމެންގެ ހިތްތައް އެހެން ތަކެއްޗަށް އަޅުވެތިވުމުން މިނިވަންވެ ހަމައެކަނި އަޅުވެތިވުމަށް ޙައްޤުވެގެންވާ ފަރާތަށް އަޅުވެތިވެގެންދެއެވެ. އަހަރުމެންގެ ވެރިރަސްކަލާނގެ ކަމަށްވާ ﷲ އަށެވެ.

  10. Jana says:
    August 28, 2019 at 10:22 pm

    Assalaam’alaikum. Jana mi post thakuge dhivehi baithah In Sha Allah maadhama hendhunu genesdheynan. mi post thakun faidha eh kurinama ehen meehunna hissa kollumaky jana ge edhumeh In Sha Allah 🙂

  11. Shaai says:
    August 28, 2019 at 10:52 pm

    Thankyou Jana.

    Asr fb page ah upkuribaaru vaahaka kiyaifin… Janage vaahakathah kiyaaleema hama asluwes amilla eemaantherikan dhah min varu ihusaaswe, au hiywarakaa eku islaahu kuran massakai kurewey.. Thankyou Jana.. Be always happy and May Allah bless u with perfect health <3

    1. Jana says:
      August 29, 2019 at 8:13 am

      Shaai ah faidha eh kuriyya kury hama ekani Allah ge iraadhafulhun. 🙂 heyo kameh kuran hiyvvareh libigen dhiyanama eyge shukuru emme bodah haqquvegen vany Allah ah….varah bodu hiyvvareh libijje mi comment kiyaafa. maai Allah thibaa ashaai jana ah ves hidhaayathuge matheegai dhemihurumuge saabithukan dhevvaashi. Ameen!

      May Allah bless you with good in this world and in the next. Ameen! <3 <3 <3

  12. seff says:
    August 29, 2019 at 9:19 am

    jana akee my favorite writer mwah <3 mi part ves emme furihama masha Allah. <3<3<3<3

    1. Jana says:
      September 1, 2019 at 9:53 am

      Alhamdhulillah. Jazaakillah Khairan thi dhin hiyvvarattakai ?

  13. ?Shifna? says:
    August 29, 2019 at 9:21 am

    Masha allah. Vrh reethi. Kaakubaa e aee dhw. Vrh curious. Waiting for next part…

    1. Jana says:
      September 1, 2019 at 9:54 am

      Alhamdhulillah! Kaakukan engijje dho shifna sis? ?

  14. Kiyaa says:
    August 29, 2019 at 7:30 pm

    ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. Jana says:
      September 1, 2019 at 9:55 am

      ❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?❤?

  15. Ainee says:
    August 29, 2019 at 9:01 pm

    Jana akee hunaruveri liyuntherieh… Masha Allah! Dheenaa gulhuvaigen liyaathee adhi emme furihama ee… Maaiy Allah thibaa ah barakaaiy lavvaashi. Aameen.

    Jana aa private koh vaahaka dhakkaaleveyne gotheh fahikohdhevidhaanetha?
    Varah beynun vey eba…

    1. Jana says:
      September 1, 2019 at 10:03 am

      Thi dhin hiyvvarattakai Jazaakillah khairan Ainee. Maai Allah alhamen kuraa komme heyo kameggai barakaaiy lavvaashi. Ameen!

      Ainee facebook ga ulhenya mj vaahakaige furathama baige comment ga jana post koffa huri link ah gos msg eh kureema reply kuraanan In Sha Allah. Fb ga noolhey nama 7997991 ah jana ge number ah edhi msg kollun edhen. Jana ah Ainee ge number eyrun libeyne. Libunyma jana msg kuraanan In Sha Allah ?

  16. Jasmine says:
    August 29, 2019 at 10:07 pm

    Masha allah mi part ves varah emotional and varah ves salhi and waiting curiously to next part.

    1. Jana says:
      September 1, 2019 at 10:04 am

      Alhamdhulillah! Next part up vejje ?

  17. Maya says:
    August 29, 2019 at 11:58 pm

    Awahah malaak ge life ga rangalhu gotheh weba, mihaaru wamun dhaa gothun efakyrah hus dhera liben ulhey hen heewany n libeny wes, i hope ayaaz aa malaak meet v ma rangalhu waane kamah , waitin for the next part?

    1. Jana says:
      September 1, 2019 at 10:05 am

      Next part kiyaalaafa Maya ge hiyhama jeheynehen heevany. Ebai upvejje ?

Comments are closed.

Next Episodeވަޢުދު (ހަތްވަނަ ބައި)←


All Right Reserved!