އެހެނަސް އޭނަގެ މަސައްކަތް ނިމެން ގާތްވެފައި ވަނިކޮށް ފެނުނު ސްކޭނެއްގެ ޒާތުން އޭނަގެ ދެބުމަ ކައިރިވިއެވެ. އެއްވެސް އެއްޗެއް ލިޔުމުގެ ކުރިން އޭނައަށް އެތައް ފަހަރެއްގެ މަތިން އެ ސްކޭން ސްކްރޯލް ކޮށްލެވުނެވެ. އިސާހިތަކު ފެނިގެން ދިޔައީ އޭނަ އެތާ މޭޒުމަތީގައި ހުރި ކޯޑްލެސް ފޯނު ނަގައި ނަންބަރެއް ޖަހައި ފޯނު ކަންފަތުގައި ޖައްސާލި މަންޒަރެވެ. “ހެލޯ….ކެބިންގެ ތެރެއަށް އައިސްދެވިދާނެތަ މިވަގުތު؟” ޒުވާނާ އިނގިރޭސި ބަހުން އެދުނެވެ. އެއަށްފަހު އޭނަ ފޯނު ބޭއްވިތާ ސިކުންތުކޮޅެއް […]
ހާމަ އެމްއާރްއައި މެޝިނެއްގެ މޭޒު މަތީގައި އޭނަ ބޭއްވިގެން ދިޔަ ހިނދު މަލާކްގެ އަތްފައި އިންތިހާއަށް ފިނިވެފައިވިއެވެ. އޭނަ ބޭއްވިފައި އޮތް މޭޒު ކުއްލިގޮތަކަށް ވާތްފަރާތަށް ދެމިގެން ދިޔަ ގޮތުން އޭނައަށް ދެލޯ މަރައި ތަގުޅި ކޮށްލެވުނެވެ. ބާރަށް ތެޅެމުން ދިޔަ ހިތަކާއެކީ ދެލޯ ހުޅުވައި ބަލާލިއިރު އޭނައާއި ދިމާ މައްޗަށް ވާގޮތަށް ވަށްބުރަކަށް ހުރި ބޮޑު ދަގަނޑުގަނޑެއް އޭނައަށް ފެނުނެވެ. އޭގެ މާ ގިނައިރެއްނުވެ އޭނަގެ މޫނުގައި ނުޖެހޭނެހެން މޫނުމަތީގައި ހަމަ އެ ޒާތުގެ ދަގަނޑުން […]
އެއީ މަންހާގެ ފަރާތުން އައި މެސެޖެކެވެ. މަންހާވަނީ ވީހާވެސް އަވަހަކަށް އޭނައަށް ގުޅާލުމަށް އެދިފައެވެ. ބަލާބެލުމަށް މަންހާ އެ މެސެޖުކުރީ ބޮޑު ކަމަކުހެން ހީވިއެވެ. އެހެނަސް މަންހާ މާޝާއާއި ބައްދަލު ނުވާތާވެސް ވަނީ އެތައް ދުވަހެއްވެފައެވެ. ވީއިރު މަންހާގެ ފަރާތުން އޭނަ ކަންބޮޑުވެދާނެ ޒާތުގެ ވާހަކައެއް އިވޭނީ ކިހިނެއް ހެއްޔެވެ؟ ސިކުނޑިއަށް ވެރިވި އެ ސުވާލުން އެ ވަގުތުގައި މަންހާއަށް މެސެޖަކުން ވިޔަސް ޖަވާބެއްނުދީ މާޝާއަށް ފަސްކޮށްލެވުނީ އެވަގުތު އޭނަ ވަށައިގެން ވެސް ސީރިއަސް ވާހަކައެއް ދެކެވެމުން […]
“ލައްބަ ކާފާ. މާތް ﷲ އަހަންނަށް މި އިމްތިޙާން ކުރިމަތިކުރެއްވީ އަހަރެންގެ އީމާންތެރިކަމުގެ ވަރުގަދަކަން ސާބިތުކުރުމަށްޓަކައި ކަމަށްވާނަމަ އަހަރެން ނުގުޑާ ޢަޒުމެއްގައި ހަމައެކަނި އެކަލާނގެއަށްޓަކައި ހެޔޮ ކަންތައް ކުރުމުގައި ދެމިހުންނާނަން. މާތް ﷲ އަހަރެންގެ ކިބައިން ނެންގެވީ އެންމެ ނިޢުމަތެއްކަމަށްވާނަމަ އެހެނިހެން އެތައް ނިޢުމަތެއް އެކަލާނގެ އަހަންނަށް ދެއްވި. އަހަރެން އެއްގޮތަކަށް ވެސް އެކަން ހަނދާން ނައްތައެއް ނުލާނަން.” އައްޒާމް ދައްކަމުން ދިޔަ ވާހަކަތަކުން ދުރުގައިހުރި ޒަމީންގެ ހިތަށް ކުރިން ނުކުރާ ފަދަ އަސަރުތަކެއް ކުރިއެވެ. އައްޒާމް […]
“މާޝާ ވަނީ އެހެން ކުއްޖަކާ ގުޅެން އެއްބަސްވެފަ.” ލަތީފް އިއްވާލި ވާހަކައިން އައްޒާމްގެ ހިތް ހުއްޓުމަކަށް އައިހެން އޭނައަށް ހީވިއެވެ. ނޭވާ މެދުކެނޑިގެން ދިޔަ ހިނދު މޭގައި ރިހުމެއް އުފެދިގެން ދިޔައެވެ. އަރުތެރެ ބެދެން ފެށި ވަގުތު އޭނައަށް ދެން އިތުރު ވާހަކައެއް ނުދެއްކޭނެހެން އޭނައަށް ހީވިއެވެ. އެހެނަސް އޭނަގެ ހިތުތެރޭގައި ކެނޑެމުން ދިޔަ އުއްމީދުގެ ރޯދިތަކުގެ ތެރެއިން ރޯއްޖެއްގައި ހިފަހައްޓަމުން އައްޒާމަށް ގަދަކަމުން ކަހަލަ ގޮތަކަށް ހީލެވުނެވެ. “ހް….ހެހެ…ސަމާސާއެއްދޯ ބޭބޭ؟ އެހެންނޫނީ މާޝާ ބުނެފަ […]
ކޮނޑާއި ހަމައަށް އޮތް ފަންކޮށްފައި އޮތް އިސްތަށިގަނޑުގައި ކުލަ ޖެއްސިފައިވީއިރު ލައިގެން ހުރީ އަތްކުރު ބާރު ޓޮޕަކާއި ފަޔަށް ހިފިފައި އޮތް ޖިންސެކެވެ. ބުނާނެ އެއްޗެއް ނޭނގިފައި މާޝާ ބަލަހައްޓައިގެން ހުންނަން ފެށުމުން އެ މީހާ ސަލާމަށް އަތްދިއްކޮށްލިއެވެ. “އައްޒާމްގެ މަންމަ.” އެ އަންހެން މީހާ ބުނެލި ބަސްތަކުން މާޝާގެ އަތްފައި ފިނިވެ މުޅި މީހާ ގަނޑުވިއެވެ. ** ހެނދުނު 8:30 ވާން ގާތްވެފައި ވަނިކޮށް އައްޒާމް ދަތުރުކުރަމުން ދިޔަ ފްލައިޓް މުލަކާއި […]
އެމީހާގެ އަތުގައި މުށިކުލައިގެ ގަނޑުން ގަނޑު ލެވިފައިވި ޕާރުސަލެއްވީއިރު އޭގެ މަތީގައި ސްޓިކާރއެއް ތަތްކުރެވިފައިވިއެވެ. ޕޯސްޓުން އައި މީހާ އެއާއެކީ މިރްޒާން ސޮއި ކުރަންވީ ގަނޑެއް ދިއްކޮށްލިއެވެ. މިރްޒާން އެ ގަނޑުގައި ސޮއި ކުރުމަށްފަހު ޕާރުސަލް ހޯދައި ޝުކުރު އަދާކުރިއެވެ. އެމީހާ ދިޔުމުން މިރްޒާން އެ ޕާރުސަލަށް ބަލާލި ހިނދު އޭނަގެ ނިތަށް ރޫގިނަވިއެވެ. އެ ޕާރުސަލުގައި ހުރީ އޭނައަށް އާއްމު ގޮތެއްގައި މިފަދައިން ލިބޭ ޕެކޭޖްތަކުގައި ހުންނަ ޒާތުގެ ސްޓިކާރއަކަށް ނުވާތީވެއެވެ. ޕޯސްޓުން އައި މީހާ […]
“އަދި އެހެންނޫނަސް ﷲ ގެ ދީނަށް އުޅުމުން އަހަރެން އެއްވެސް ކަމަކުން މަޙްރޫމްވީއެއްނޫން. ﷲ ރުހިވޮޑިގެންވާފަދަ ގޮތްގޮތަށް އަހަންނަށް ތި ހުރިހާ ނިޢުމަތްތަކެއް މިހާރު ވެސް ލިބޭ. އަހަންނަށް ﷲ ދެއްވި އަތާއި ފައި ބޭނުންކޮށްގެން އެކަލާނގެ އިރާދަފުޅުން އަހަންނަށް ތަނަވަސް އުޅުމެއް އުޅެވޭވަރަށް ފައިސާ ލިބޭ. އަހަރެން މީރު ކެއިންތަކާއި މީރު ބުއިންތައް މިހާރު ވެސް ކައިބޮއި އުޅެން. އަމިއްލައަށް ފައިސާ އެއްކޮށްގެން ބުރަ މަސައްކަތުން ގަތް ކާރެއްވެސް އެބައޮތް. އަދި އިން ޝާ ﷲ […]
އެ ޕާރުސަލުގައިވީ މިރްޒާނާއި އަމްނާގެ ދެމެދުގައި ބަދަލުވެ ދިޔަ ހަދިޔާތަކުގައި އާއްމުގޮތެއްގައި ހުންނަ ދެކުލައެވެ. އަންހެން މީހާ އެއަށް ބަލަހައްޓައިގެން ހުރެފައި އޭގެ ކައިރީގައި ބޭއްވިފައި އޮތް ތުނި ތުނޑެއް ހުރި މާކަރެއް ނެގިއެވެ. އަދި މާކަރުގެ މަތި ނަގާލަމުން ތުރުތުރު އަޅަމުން ދިޔަ އަތަކާއި އެކީގައި އޭގެ ކަނެއްގައި އަކުރެއް އަޅަން ފެށީއެވެ. އިރުކޮޅެއް ވަންދެން ލިޔުމަށްފަހު އަންހެން މީހާ އޭގެ މަތިން އަތް ހިއްލާލިއިރު ތުރުތުރުގެ އަސަރު ހުރި އަކުރުތަކުން އެޅިފައިވީ ‘މިޒް’ އެވެ. […]