“ކީކޭ؟ ރައުފާ ވަރިވީއޭ؟” މަލާކަށް އެހެން ބުނެލެވުނީ އެދުވަހުގެ ޢަޞްރު ނަމާދަށްފަހު ކިޔަވާ މޭޒުދޮށަށް ދިޔަ މަގުމަތީގައި ކަންފަތުގައި ފޯނު ޖައްސައިގެން އިނދެއެވެ. “އާނއެކޭ މަލާކް….ވަރަށް ސަކަރާތްވެފަ ރައުފާ ހުރީ. ރަނގަޅަށް ނުވެސް ކާ. ކުރީ ދުވަހު ވަރަށް ބަލިވެގެން ހޮސްޕިޓަލުގަވެސް ބާއްވަން ޖެހުނު. އަހަރެން ވާހަކަ ދައްކަން އުޅެއުޅެ ރަނގަޅެއްނުވޭ. މިހާރު މިވަނީ އެއް ހަފްތާ. އަޅެ މަލާކް ރައުފާއަށް ގުޅާފަ ވާހަކަ ދައްކާލަބަލަ. މަލާކް ވަރަށް މޮޅެއްނު މީހުން ހައްދަން؟ ޓްރައިއެއް ކޮށްލަބަލަ!” […]
އަޔާޒް ހީކުރީ މަލާކް އެގަތް ލަދާއެކީ އޭނައަށްޓަކައި ދެން ކަމެއް ކޮށްދޭން ނުވެސް ކެރޭނެކަމަށެވެ. އެހެނަސް އެ ފަހުން ވެސް މަލާކް އެކި ގޮތްގޮތުން އޭނައަށް ‘އެހީ’ވަމުން ދިޔައެވެ. އޭނަގެ އަތުކުރީ ގަޑި މަސައްކަތްކުރުން ހުއްޓުނު ދުވަހުގެ އަނެއްދުވަހު އޭނައަށް އަރިމަތީ މޭޒުމަތިން އާ ގަޑިއެއް ފެނިގެން ދިޔައެވެ. އޭނަ ގެންގުޅުނު ކޮންމެވެސް ފޮތެއް ނުފެނިގެން އުޅުނު ދުވަހަކު އެކި ތަންތަން ހޯދަމުން ގޮސް އޭތި ހޯދާލެވުނީ ހަމަ މަލާކަށެވެ. އޭނަ އެންމެ ފަހުން ގަތް ސެންޓުގައި […]
“މަލާކް ވިލް ބީ ރިއަލީ ގުޑް އަސްލު ތިކަމަށް….އެކަމަކު މަލާކް ކިޔެވުމާއިގެން ތިކަމާ އުޅުމުން ސްޓްރެސްވިއްޔާ ކަމަކު ނުދާނެ….މަލާކްގެ ކޮންޑިޝަންގެ ސަބަބުން މާ ބޮޑަށް ސްޓްރެސްވިއްޔާ ގޮތެއް ދިމާވެދާނެ.” އަޔާޒް އެ ކަންބޮޑުވުން ފާޅުކުރިއެވެ. “އެހެންތަ؟ އެހެންވެއްޖެއްޔާ އަހަރެން މަޒީދަށް ތިވާހަކަ އަންގާލާނަން. އަދި ނުބުނަންދޯ؟ މަޒީދާއި އަހަރެން ފްރެންޑޭ މިހާރު. އަހަރުމެންނަށްޓަކައި ގެދޮރުގެ މައްސަލައިގަ ހެކިބަސްވެސް ދޭން ރެޑީއަށް އެ ބޭބެ ހުރީ. މަސްޢޫދުބެއާއެކީ ހުރި ދެވަނަ ހެކިވެރިއަކީ އެއީ. ބޭބެ ކިޔަން އުޅެއުޅެ […]
މަސްޢޫދުބެއާއި ވާހަކަ ދެއްކިތާ މާ ގިނައިރެއްނުވެ އަޔާޒްގެ ބްރޭކް ގަޑި ޖެހުމުން އޭނަ މިޞްރާބުޖެހީ ހޮސްޕިޓަލުގެ ނާރުގެ ޑޮކްޓަރާއި ބައްދަލުކުރަން ދިޔުމަށެވެ. ކަން ދިމާކުރި ގޮތުން އޭނަ ހިނގާފައި ދިޔަ ހޯލުގެ ތެރެއިން ވެސް އޭނައާއި އެކުވެރި ޑޮކްޓަރ ނަޒީހާއި ދިމާވުމުން ދެމީހުން އެކީގައި ހޮސްޕިޓަލުގެ ކެފެޓީރިއާއަށް ދާން ނިންމިއެވެ. ދެމީހުން އެކީގައި މޭޒެއްގެ ދޮށުގައި އިށީނދެ ހަމަޖެހިލުމުން އަޔާޒް އޭނަގެ ހިތުގައި އުފެދިފައި އޮތް ސުވާލުކުރިއެވެ. ސެރެބްރަލް ޕަލްސީ ޕޭޝަންޓަކު ފިޓް ނުޖެހި ހުރެފައި ކުރިއަށް […]
އޭގެ އަނެއްދުވަހުގެ ހެނދުނެވެ. ފާއިޤް އާދައިގެ މަތިން ސްކޫލަށް ދިޔުމަށްޓަކައި ލަމްޔާ އޭނައަށް ދީފައިވާ ކާރަށް އެރީ 6:30 ހިކަށްހާއިރެވެ. 6:45 ވާއިރު ސްކޫލްގައި ހުންނަން ޖެހުމާއެކު އޭނަ ސްކޫލަށްދާން ޚިޔާރު ކުރާ ދިގު މަގު ކަނޑައްތު ކުރެވޭނީ އެހާއިރުންކަން އޭނައަށް އެނގޭތީވެއެވެ. އޭނަ ދާ ސްކޫލް ހުންނަނީ އޭނަ މިހާރު އުޅޭ ޢިމާރާތާއި ނުހަނު ގާތުގައި ކަމަށްވިޔަސް އޭނަ އެހެން މަގަކުން ދަނީ ‘ސަންރައިޒް’ ޢިމާރާތް ހުރަސްކޮށްފައި ދިޔުމަށެވެ. އެދުވަހުވެސް އޭނަ އެ ޢިމާރާތާއި ގާތްވަމުން […]
“މަންމަ ވަރަށް އުފާވާނެ އަހަރެން މި ކާޑު ހަދައިގެން ދިޔައިމަ ދޮންބޭ….ބަލައްޗޭ!” 6 އަހަރުގެ އަޔާޒް އެހެން ބުނެލީ ސިޓިންގް ރޫމުގައި ހުރި ވަކަރު މޭޒުމަތީގައި ގަނޑެއް ބާއްވައިގެން ބިންމަތީގައި އިނދެ އޭގައި އެއްޗެއް ކުރަހައި ކުލަ ޖައްސަމުންނެވެ. “ދޮންބެ ބުނެފީމެއްނު ތި ބޭކާރު ކަންތައް ކުރުމުގެ ބޭނުމެއްނެތޭ؟ ދޮންބެއަށް ހިއެއްނުވޭ ތިހާ ފަސޭހައިން ހެޔޮވާނެ ރުޅިއެއްހެން މަންމަ އައިސްގެން އުޅެނީ. އަޔާޒް އަތުން އެ ތަށި ތެޅުމުގެ ކުރިން ވެސް މަންމަ ހުރީ ރުޅިންނޭ […]
“އާނ އަޔާޒް….ވަރަށް ކިޔައިދޭނެ…އަދި…..އަޔާޒް….އަޔާޒް މި ފެންގަނޑު ބޮޑުވަނީތަ؟” މަލާކަށް ކުއްލިއަކަށް މަޢުޟޫ ބަދަލުކޮށްލެވުނީ އޭނަގެ ކޮނޑުގެ ކައިރިން ފިނިވާން ފެށުމުންނެވެ. އޭނަ އެ ސުވާލުކޮށްލިއިރު ދެލޯ ބޮޑުވެފައި ހުރިގޮތުން އޭނަގެ ޚިޔާލުތަކުން ނިކުމެވުނު އަޔާޒަށް ނުހެވުނީވެސް ކިރިޔާއެވެ. “އާނދޯ؟ ވަރަށް ބޮޑު އެބަވޭ. ދެން ކިހިނެއް ހަދާނީ؟ ދެމީހުން މިތަނަށް މަރުވާނިތަ؟” އަޔާޒް ދެންވެސް އޭނައާއެކީ މަލާކް ފުން ހިސާބަށް ގެންދަމުން އެހެން ބުނެލީ މަލާކަށް ވާގޮތް ބަލަން ބޭނުންވެގެންނެވެ. “އަޔާޒް ދެން މަޑުކޮށްލަބަލަ….މީ […]
“ތުއްތާ!” ތަނަވަސް ސިޓިންގް ރޫމެއްގެ މެދުގައި ބެހެއްޓިފައިވި މޭޒުމަތީގައި އޮތް މައްޔިތާ 6 ވަރަކަށް މީހުންވެގެން ނަގައި ހިއްލާލި ވަގުތު ޒުވާން ފިރިހެން ކުއްޖެއްގެ ރޮވިފައިވާ ހަރު އަޑު މުޅި ތަނުގައި ގުގުމާލިއެވެ. އެއާއެކު އެތާތިބި އެންމެންގެ ނަޒަރު އެ ކުއްޖާއަށް އަމާޒުވެގެން ދިޔައެވެ. ހީވާ ގޮތުން އެކުއްޖާ އެހާއިރުވީއިރު ވެސް އޭނަގެ ދައްތަ ބޭއްވިފައި އޮތް މޭޒާއި އެހާ ދުރުގައި ހުރީ އެތާތިބި ބޮޑެތި މީހުންތަކުގެ ތެރެއިން ޖާގަ ނެހެދިގެންނެވެ. އެހެނަސް އޭނަގެ ދައްތަ ސިޓިންގް […]
އެހެންކަމުން މަލާކަށް ހިނގޭނެނަމައޭ އެދުވަހު އަޔާޒްގެ ހިތަށްއެރީ ފުރަތަމަ ފަހަރަށެވެ. ހަމައެއާއެކު މަލާކަށް ނުހިނގެނީ ކީއްވެކަން އޭނައަށް އެނގޭކަން ވެސް އެނގުންވިއެވެ. އޭނަ މިހާތަނަށް އައިއިރު މަލާކަށް ފަރުވާ ނުކުރީ ކީއްވެތޯ ހިތް ސުވާލުކުރުމުން ކައިވެނީގެ ފުރަތަމަ ރޭ މަތިން އޭނަގެ ސިކުނޑި އޭނައަށް ހަނދާންކޮށްދިނެވެ. އޭނަ ފަރުވާގެ ވާހަކަ ދެއްކުމުން މަލާކް އިސްކުރި ރުޅިމަތިން ހަނދާންވިއެވެ. “މަލާކް ބޭނުމެއްނޫން ބަލި މީހަކަށްވާކަށް!” މަލާކް ބުނެލި އެ ބަސްތައް އަޔާޒްގެ ސިކުނޑީގައި ގުގުމާލިއެވެ. އެ ބަސްތައް […]