“އަހަންނަށް ނޭނގޭ ތި ދައްކާ ވާހަކައެއް މައު….ކޮންކަހަލަ މިނިވަންކަމެއް؟” އަޔާޒަށް އަހާލެވުނެވެ. މައުވާ ދެއްކި ވާހަކަތަކުން މި ދުވަސްވަރު ސޯޝަލް މީޑިޔާގައި ދައުރުވާ ވާހަކަތައް އޭނަގެ ހަނދާނަށް އަޔަސް އެވަގުތު މައުވާ އެ ވާހަކަ ދައްކަންވީ ސަބަބެއް އަޔާޒްގެ ވިސްނުމަކަށްނައެވެ. މައުވާގެ ކާރު ތަނެއްގެ ކުރިމައްޗަށް މަޑުކޮށްލީ އެވަގުތެވެ. އަޔާޒް ކުޑަދޮރުން ބޭރު ބަލާލި ވަގުތު މައުވާ އަބަދުވެސް ގޮސް އުޅޭ ކްލަބް ފެނިގެން ދިޔުމުން އިސާހިތަކު އަޔާޒް ރުޅިން ރަތްވިއެވެ.

 

“ސީރިއަސްލީ މައުވާ! އަހަރެން ގޮވައިގެން މިތަނަށްތަ ތިއައީ؟ އާރ ޔޫ މޭޑް އޯ ވަޓް؟!” އަޔާޒަށް އެހެން ބުނެލީ ކޮންޓްރޯލް ނުކުރެވުނު ރުޅިއެއްގެ ސަބަބުން ހަރުއަޑުންނެވެ. މައުވާ އެ ބުއިންތަކުގެ ވަބާއިން ސަލާމަތްކުރަން އޭނަ ކުރިހާ މަސައްކަތަކަށް ފަހުވެސް މައުވާ އޭނައަށް މި މަންޒަރު ދައްކަފާނެކަމަށް އޭނަ ހިއެއްނުކުރެއެވެ.

 

“އަޔާޒް ޗިލް……ޑްރިންކް ކުރާކަށް ނޫން މިތަނަށް މިއައީ. އެއްޗެއް ދައްކާލަންވެގެން. ފައިބަބަލަ އިރުކޮޅަކަށް.” މައުވާ ބުނެލިއެވެ. އެހެނަސް އަޔާޒަށް ޤަބޫލުކުރަން ވެސް ބޭނުމެއް ނުވެފައި ދަތްކުނޑި ވިކަވިކައި އިނދެވުނެވެ. އޭނަ އިންގޮތަށް އިންނަން ފެށުމުން މައުވާ އަޔާޒްގެ އަތް މަތީގައި އެއްއަތް އަޅާލިއެވެ. އެއާއެކު އަޔާޒް އަނެއްކާވެސް މައުވާއަށް ބަލަން މަޖުބޫރުވިއެވެ.

 

“ޖަސްޓް ޓްރަސްޓް މީ އެންޑް ލެޓްސް ގޯ.” މައުވާ މަޑުމައިތިރި އަޑަކުން ބުނެލިއެވެ. އެއާއެކު އަޔާޒް މައުވާއަށް ބަލަން އިނދެއިނދެފައި ކުއްލިއަކަށް ކާރުން ފޭބިއެވެ. އަދި ކުރިމަތިން ފެންނަމުން ދިޔަ ކްލަބާއި ދިމާލަށް ދާން ފެށީ މައުވާއަށް ބެލުމެއްނެތިއެވެ. އެހެނަސް މައުވާވެސް ކުޑަކޮށް ދުވެލަމުން ގޮސް އަޔާޒާއި އެއްހަމަ ކުރިއެވެ. އަދި އަޔާޒާއި އެކީ ހިނގަންފެށިއެވެ. ދެމީހުން އެކީގައި ހިނގަމުން ހިނގަމުން ގޮސް ކްލަބްގެ ތެރެއަށް ވަދެވުމާއެކުހެން ފެނުނު މަންޒަރުން އަޔާޒްގެ ފިޔަވަޅުތައް މަޑުޖެހުނެވެ.

 

އެތާ ތެރެއިން ފެނިގެން ދިޔައީ މީގެ އަހަރުތަކެއް ކުރިން އަޔާޒް އެތަނަށް ވަން ހިނދު ފެނުނު މަންޒަރެއް ނޫނެވެ. ކުރިއެކޭ އެއްގޮތަށް ބާރު މިއުޒިކެއްގެ އަޑާއެކީ އެކި މީހުން ބުއިންތަކެއް ބޮމުން ނަށަމުން ދިޔަ މަންޒަރު ފެނުނެއްކަމަކު އެތާ ހަތަރު ފާރުގައި ހަރުކުރެވިފައިވީ ފާޙިޝް ޢަމަލުތައް ފެންނަ ބޮޑެތި ފޮޓޯތަކެވެ. ފަނޑު އަލީގެ ތެރެއިން ކުލަބޮކިތަކުން އެކި ކުލަކުލަ އަރަމުން ދިޔަ ފޮޓޯއިން ފެންނަމުން ދިޔައީ ކޮންކަހަލަ މަންޒަރެއްކަން އެނގުންވުމާއެކު އަޔާޒަށް އެހެން ދިމާލަކަށް ނަޒަރު ހުއްޓާލެވުނީ ބޭއިޚްތިޔާރުގައެވެ. އެހެނަސް އެ ފަރާތުން ފެނިގެން ދިޔައީ މުޅިން އެހެން ދަރަޖައެއްގެ ފާޙިޝް ކަންތައްތަކެވެ. އެއްޖިންސުން ގުޅުން ހިނގުމަށް ބާރު އަޅައި އެކަމަށް ހިތްވަރުދޭ މަޝްހޫރު ތަރިންގެ ފޮޓޯތަކާއި އެފަދަ ޚިޔާލުތަކަށް ބާރުދޭ ބަސްތަކާއި ލޯގޯތައް ފާރުގައި ކުރެހިފައިވިއެވެ. އަދި މި ހުރިހާ ކަމަކީ މިނިވަންކަންހެން ހީވާ ފަދަ ބަސްތަކެއް ލިޔެވިފައިވިއެވެ.

 

އެ ހުރިހާ އެއްޗެއް ފެނިފައި އަޔާޒަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އެ ފާރުތަކުގައި ހިތްވަރުދީފައިވާ ޚިޔާލުތަކާއި އެއްފަދަ މަންޒަރުތަކުގެ ފޮޓޯއަށްފަހު އޭނަގެ ކުރިމަތިން ކްލަބްގެ ތެރެއިން ވެސް ފެންނަމުން ދިޔަ އެފަދަ މަންޒަރުތައް ގިނަކަން އެނގުންވުމުން އަޔާޒް ދުވަހަކުވެސް މޭނުބައި ނުކުރާ ގޮތަކަށް މޭނުބައި ކުރިއެވެ. އޭނަ ބުނާނެ އެއްޗެއް ކުރާނެ ޙަރަކާތެއް ނޭނގިފައި ހުއްޓާ ކޮންމެވެސް ރަޝިޔާގެ ފިރިހެނެއްގެ އަޑު އިވުނެވެ.

 

“ހާއި މައު!” އަޔާޒްވެސް ދެކެ ފަރިތަ މައުވާގެ އެ ޒުވާން އެކުވެރިޔާ އައިސް ދެވަނަ ވިސްނުމެއްވެސް ނެތި މައުވާގެ ގައިގައި ބައްދާލީއެވެ. މަންޒަރު ފެނިފައި އަޔާޒްގެ ބުމަގޮށްޖެހުނެއްކަމަކު އޭނައަށް އެއްޗެކޭ ބުނަން ނޭނގިފައި ހުރެވުނެވެ.

 

“ކޮބާ ކިހިނެއް ހުރިހާ ކަމެއް؟ ހިނގާ ކުޑަކޮށް މަޖާކޮށްލަން އެތެރެއަށްދޯ؟” ފިރިހެން މީހާ ރަޝިޔާ ބަހުން ބުނެލި ވާހަކައިން އަޔާޒްގެ ދަތްކުނޑި ވިކުނެވެ. އޭނަ ދެންވެސް މައުވާގެ އަތުގައި ހިފަހައްޓައިގެން ހުރިގޮތުން އޭނަގެ ގޮށްމުއްކެވުނެވެ. އޭނަ ވަގުތުން މައުވާ އެ ފިރިހެން މީހާގެ ފުށުން ‘ސަލާމަތް’ ކޮށްދޭން އުޅުނެވެ. އެހެނަސް…..

 

“ހެހެ….މިރޭ ނޫން. މިރޭ މިހިރީ އަހަރެންގެ ބޯއިފްރެންޑާއެކީ އައިއްސަ.” މައުވާ ވެސް ހެވިދިއްލިފައި ހުރެ ރަޝިޔާ ބަހުން އެ ވާހަކަ ބުނެލި ގޮތުން އަޔާޒަށް އިޙްސާސް ކުރަންވީ ގޮތެއް ނޭނގިފައި ބަލަހައްޓައިގެން ހުރެވުނެވެ.

 

“އޮހް! އެހެންވެއްޖެއްޔާ އަހަރެންގެ ބޯއިފްރެންޑާއި މީޓް ކުރުވަންތަ މި ކުއްޖާއާ؟” އެ ޒުވާނާ އެ ސުވާލުކޮށްލީ އަޔާޒަށް ބަލަހައްޓައިގެން ހެވިފައި ހުރެއެވެ. އޭނަ ދެއްކި ވާހަކައާއި އެ މާޙައުލުގެ ގޮތުން އޭނަގެ ނޭވާ ކުރުވާން ފެށިހެން ވެސް އަޔާޒަށް ހީވިއެވެ. އެ ހީވުމާއެކީ އޭނައަށް ވާހަކަ ދެކެވުނެވެ.

 

“މައު ހިނގާބަލަ ބޭރަށް.” އަޔާޒަށް އެހެން ބުނެލެވުނީ ނުރުހުންތެރިކަމާއި އެކީގައެވެ. އެއާއެކު މައުވާގެ ހިނިތުންވުން ފަނޑުވިއެވެ. އަޔާޒާއި ކުރިމަތިލާންވީ ވަގުތު ޖެހުނީކަން އެނގުންވީ ވަގުތު އޭނަ ނުތަނަވަސްވިއެވެ. އެހެނަސް އޭނަ އެ ނުތަނަވަސްކަން ފޮރުވަމުން ހިނިތުންވުމެއް ދައްކާލިއެވެ.

 

“އޯކޭ އަޔާޒް…ފުރަތަމަ ރޭ ވީމަ ކުޑަކޮށް ޑިސްޓާބްވީދޯ؟ ހިނގާ ބޭރަށް. ބީ ރައިޓް ބެކް ޓިމް!” މައުވާ އެހެން ބުނެ އަޔާޒްގެ އަތުގައި އަތް އަޅުވަމުން އޭނަގެ އެކުވެރިޔާގާތު ބުނެލިއެވެ. މައުވާ އޭނަގެ އަތުގައި ހިފާލުމާއެކު އަޔާޒް ފަހަތް ބެލުމެއްނެތި ދިގު ފިޔަވަޅުތަކެއްގައި އެތަނުން ބޭރަށް ދާން ފެށުމުން މައުވާ އަރިއަޅާލާފައި ނުވެއްޓުނީވެސް ކިރިޔާއެވެ. އެކަމާމެދު އަޔާޒަށް ވީ ނުރުހުމުގައި މައުވާ އަޔާޒަށް ލޯ ވެސް އެޅިއެއްކަމަކު އޭނަ އެއްޗެކޭ ނުބުނެ އަޔާޒްގެ ކައިރީގައި ހުރެގެން ދިޔައެވެ. އޭނަ ހީކުރީ ކްލަބްގެ ދޮރުން ބޭރުވުމުން އަޔާޒް މަޑުކޮށްލާނެ ކަމަށެވެ. އެހެނަސް އަޔާޒް އެ ދޮރުން ނިކުމެފައި ވެސް ދިގު ފިޔަވަޅުތަކެއްގައި ކާރާއި ހަމައަށް ދިޔައީ އޭނަ އެތަނާއި ވައިވެސް އެޅޭހާ ހިސާބުގައި ހުންނަން ބޭނުންނުވާ ފަދައަކުންނެވެ. ކާރާއި ހަމަވުމާއެކުހެން އަޔާޒް ފިޔަވަޅުތައް މަޑުޖައްސާލަމުން ކުއްލި ގޮތަކަށް މައުވާގެ އަތަށް ދޫކޮށްލީ ރުޅިވެރިކަމާއި އެކީގައެވެ. މައުވާގެ އަތަށްވީ ތަދާއެކީ ކުޑަ އާހެއްގެ އަޑާއެކީ އޭނަ އަޔާޒަށް ބަލާލީ ހިތާހިތުން އަޔާޒާއި ދިމާލަށް ހުތުރު އެއްޗެހި ކިޔަމުންނެވެ.

 

“އެއީ ކޮންހާ ކަމެއްތަ މައުވާ؟!!” އަޔާޒަށް އެހެން އަހާލެވުނީ ހަރުއަޑުންނެވެ. އޭނައަށް އޭރުވެސް ހުރެވުނީ އޭނައަށް ދެންމެ ފެނުނު ކަންތައް ޤަބޫލުވެސް ކުރަން ދަތިވެފައެވެ. އަދި އޭނަގެ ލޯބިވެރިޔާ އެކަންތަކާއި ކިހާ ގާތްކަން އަމިއްލަ ލޮލުން ފެނިފައި ވިޔަސް އެ ލޮލަށް އިތުބާރުކުރަން ނޭނގިފައެވެ.

 

“އަޔާޒް ފުރަތަމަ ޗިލްކޮށްލަބަލަ….ހާދަ ރުޅިއެއް އައިސްފް….” މައުވާގެ ވާހަކަ މެދުކެނޑުނީ އިހުނަށްވުރެ ހަރުވެގެން ދިޔަ އަޔާޒްގެ އަޑުންނެވެ.

 

“ރުޅި ނާންނަންވީ ސަބަބެއްނެތް!!! އެތާތެރެއިން އެ ހިނގަނީ ކިހާ ހުތުރު ނުބައި ކަންތައްތަކެއްކަން އެބަ ވިސްނޭތަ މައުވާއަށް؟ އޯރ އާ ޔޫ މެންޓަލީ އިލް ޓު ބީ ހިއާރ؟!” އަޔާޒް އެހެން އަހާލީ އޭނަ ދުވަހަކުވެސް ރުޅި ނާންނަވަރަށް ރުޅިއައިސްފައި ހުރެއެވެ. ދެންވެސް ކަމުގެ ޙަޤީޤަތް ޤަބޫލުކުރަން އޭނަގެ ނަފްސު ބޭނުންވެފައި ނުވުމުން އޭނަގެ ބޮލުގައި ރިހުމެއްވެސް އުފެދުނެވެ.

 

“އެގްޒެކްޓްލީ! އަޔާޒް ތި ބުނި ބުނުމުން ވެސް ތި ފެންނަނީ އަޔާޒްގެ ސިކުނޑި ދޮވިފަ ހުރި މިންވަރު! އެހެން މީހުންގެ އިޙްސާސްތަކާމެދު ވިސްނާނުލާ ތި ބުނެލީ އެއީ ކިހާ ހުތުރު ކަންތައްތަކެއް ހެއްޔޭ. ބައެއް ތުނބުޅި ލާފައި ތިބޭ މީހުން ބުނާ ވާހަކައަކަށް ބުރަވެ ތިހެން ތި ބުނަނީ…..އެ މީހުން ބުނާ އެއްޗަކަށް ނުވިސްނާ އަމިއްލައަށް ވިސްނަބަލަ އަޔާޒް. ދެންމެ އެތާ ތެރޭގަ ތިބި މީހުންގެ އިޙްސާސްތަކާމެދު ވިސްނާލަބަލަ. އެމީހުން ދެން ހަމަ ބާކީ ކޮށްލާނީތަ؟” މައުވާ އެ ސުވާލުކޮށްލީ ނުހަނު ޖަޒުބާތީ ގޮތަކަށެވެ. އަމިއްލަ ހަވާ ނަފްސަށް ތަބާވުމުގެ ފުރުޞަތު މީހަކަށް ނުދީފިނަމަ އެމީހަކަށް އެ ދެވެނީ ވަރަށް ބޮޑު ނިކަމެތިކަމެއްކަމަށް އޭނަ ބުނަން އުޅުނު ފަދައެވެ. އެ ހަވާ ނަފްސަށް ތަބާވުމުން އެމީހަކު ދެދުނިޔެއިން ވެސް ހަލާކުވެ ނިމިގެން ދިޔަ ނަމަވެސްއެވެ.

 

މައުވާ ބުނެލި ވާހަކަތަކުން އަޔާޒަށް އަނެއްކާވެސް ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނެވެ. އޭނަ ދެންމެ ބުނެލި ވާހަކައިން މައުވާ އޭނަ ކުށްވެރި ކޮށްފިކަން އެނގުންވުމުންނެވެ. އެހެނަސް ޙަޤީޤަތުގައިވެސް އޭނައަށް ކުށްވެރިއެއްގެ އިޙްސާސް މި ޙާލަތުގައި ކުރެވެން ޖެހޭތޯ ހިތާހިތުން ސުވާލުކޮށްލެވުނެވެ. އޭގެ ޖަވާބާއިމެދު ވިސްނިވިސްނިހެން އަޔާޒަށް ވާހަކަ ދެކެވުނެވެ.

 

“އަހަންނަކަށް ނޭނގޭ މައު….އައި ސީރިއަސްލީ ޑޯންޓް ނޯ….އެކަމަކު އެނގެނީ އަހަރެން މިކަހަލަ ތަނެއްގަ ހުންނަން ބޭނުމެއް ނުވާކަން.” އަޔާޒް ތެދުތެދަށް އޭނައަށް އިޙްސާސް ކުރެވެމުން ދިޔަ ގޮތް ކިޔައިދިނީ މަޑުމައިތިރި އަޑަކުންނެވެ.

 

“ބަޓް އަޔާޒް ތިންކް އެބައުޓް އިޓް. މި ދުނިޔޭގަ އުޅެންވާނީ ހަމައެކަނި އަހަރުމެންގެ ޙައްޤުތަކާއިމެދު ވިސްނައިގެނެއްނޫންދޯ؟ އެހެން މީހުންގެ ވެސް ޙައްޤުތަކާމެދު ވިސްނަންވާނެ. މިއީ ހައްތަހާވެސް އަހަރުމެން ގަދަކަމުން ވައްދާފަ ހުރި ދީނުގެ ސަބަބުން އަހަރުމެންގެ ވިސްނުމަށްވެފަ ހުރިގޮތް. ހުސް އިސްލާމް ދީނެކޭ އަނެކައްޗެކޭ ކިޔާފަ އަހަރުމެން ބިރުގެންނެވުން ނޫންކަމެއް ނުކުރޭ އެ ޝެއިޚުންނޭ ކިޔާ މީހުން. ހުސް ބޯދާ ވާހަކަ ދައްކް….” މައުވާގެ ވާހަކަ މެދުކެނޑުނީ އަޔާޒް މައުވާއޭ ކިޔައި ގޮވާލުމުންނެވެ. އެ ހިނދު އަޔާޒާއި މައުވާގެ ހަތަރުކަޅި ހަމަވީ ވަގުތު އަޔާޒްގެ ނުރުހުންތެރިކަން އެ މޫނުމަތިން ފާޅުވަމުން ދިޔައެވެ. މައުވާ ދެއްކި ވާހަކަތަކަށް ނުރުހުންވުމުން ޚުދު އަޔާޒްވެސް ޙައިރާންވިއެވެ. އެހެނީ އޭނައަކީ ވެސް އެއްދުވަސްވަރެއްގައި ވެސް އޭނަގެ ދީނާއިމެދު މާ ބޮޑު ޔަޤީންކަމެއް އޮތް މީހަކަށް ނުވާތީވެއެވެ. ވީއިރު އެ ދީނާއިމެދު ނޭދެވޭ ވާހަކަތަކެއް އިވުމުން އޭނަ ނުރުހުންވާންވީ ކީއްވެ ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބުވެސް އަޔާޒަށް ޔަޤީން ނުކުރެވުމުން އޭނައަށް އުދަގޫވިއެވެ. އޭނައަށް ‘ސަބަބެއްނެތި’ މައުވާގެ ކުރިމަތީގައި ރުޅި އިސްކުރެވިއްޖެކަން އެނގުންވުމުން އޭނަ ހަތަރު ފަރާތުން ބެދެން ފެށި ކަހަލަ އިޙްސާސެއް އޭނައަށް ކުރެވުނެވެ. އެހިނދު މައުވާއަށް ބަލަން ހުރެ ކުރު ނޭވައެއް ދޫކޮށްލަމުން އޭނައަށް ދެންވެސް ވާހަކަ ދެކެވުނެވެ.

 

“މައު…..އަހަރެން ބޭނުމީ އެކަނިވާން މިވަގުތު. ވަރަށް ގަދައަށް ބޮލުގަ އެބަރިއްސާ. މައު ބޭނުމިއްޔާ މިކޮޅުގަ މަޑުކޮށްލިޔަސް ހެޔޮ. އަހަރެން ޓެކްސީއެއްގަ އަނބުރާ ހޮޓެލަށް ގޮސްލާނަން.” އަޔާޒް އެވަގުތު އިތުރަށް މައުވާއާއި ވާހަކަ ދައްކަން ބޭނުމެއް ނުވުމުން ބުނެލިއެވެ. މައުވާ އަޔާޒަށް ބަލަން ހުރެފައި ސީރިއަސް ނަޒަރެއްގައި ހުރެ ބޯޖަހާލީ އެވަގުތުގެ މަޞްލަޙަތަށް ބަލާފައެވެ. އޭނަގެ ޚިޔާލުތަކަށް އަޔާޒް ނުރުހުންވާކަން އެވަގުތު ޔަޤީންވިއެއްކަމަކު މަންމަ ބުނިހެން އޭނަ އަޔާޒް މުޅިން ދުރުކުރާކަށް ވެސް ބޭނުމެއްނުވިއެވެ. އެހެންކަމުން އޭނަ އަޔާޒް އެވަގުތަށް ދޫކޮށްލީ އޭނަ އިތުރަށް އެއްޗެކޭ ބުނެފިނަމަ ޙާލަތު އިތުރަށް ހޫނުވެގެން ދާނެކަން ދަނެގެންނެވެ.

 

މައުވާ އިތުރު އެއްޗެކޭ ނުބުނުމުން އަޔާޒް މައުވާއާއި ދުރަށްދާން ހިނގައިގަތީ އިތުރު ދައްޗެއްނެތި އޭނަ ބޭނުންވި ގޮތަށްވުމުން ހިސާބަކަށް ހިތްހަމަޖެހިފައި ހުރެއެވެ. އެހެނަސް ޓެކްސީއެއް ހޯދައި ޓެކްސީއެއް އެރުމަށްފަހު ވެސް އޭނައަށް ދާދި ދެންމެއަކު ހިނގި ކަންތައްތަކާއިމެދު ވިސްނެމުން ދިޔައެވެ. އެ ވިސްނުމުގެ ސަބަބުން އޭނަ ކުރަން ފެށި ދަތުރު ނިމުނު ގޮތްވެސް އޭނައަށް ރޭކާއެއްނުލިއެވެ. އޭނައަށް ހަމަހޭވެރިކަމެއްވީ އޭނަ އުޅޭ ހޮޓެލުގެ ކައިރިއަށް ޓެކްސީ މަޑުކުރުމާއެކު ޓެކްސީ ޑްރައިވަރު ދޭންވީ ލާރީގެ ޢަދަދު ބުނި ވަގުތެވެ. އަޔާޒް ވަގުތުން ލާރި ދެއްކުމަށްފަހު ޓެކްސީއިން ފޭބީ އެވަގުތު އޭނަގެ ސިކުނޑި ޤައިދުވެފައިވި ޚިޔާލުތަކުން ދުރުވެވޭތޯ މަސައްކަތް ކުރަމުންނެވެ.

 

މިނެޓްތަކެއްގެ ތެރޭގައި އަޔާޒް ހުރީ އޭނަ އުޅޭ ސޫޓް ހުންނަ ފްލޯގައެވެ. ލަސް ހިނގުމެއްގައި އޭނަ ސޫޓްގެ ދޮރާއި ހަމަވީ ވަގުތު އޭނަގެ ބޮލުގައިވި ރިހުން ނޫން އެހެން ކަމަކާމެދު ވިސްނަން އޭނަ ނުކުޅެދިފައިވިއެވެ. އަޔާޒް ގޮސް ދޮރުގެ ކައިރީގައި ހަރުކުރެވިފައިވި ޑައިލާގައި ސޫޓްގެ ކޯޑު ޖެހުމަށްފަހު ދޮރު ހުޅުވާލީ ކާނެ ބޭހަކާއިމެދު ވިސްނަމުންނެވެ. ސޫޓްއަށް ވަނުމަށްފަހު އޭނަ ވަގުތުން ކޮޓަރިއާއި ދިމާލަށްދާން މިޞްރާބުޖެހީ އެ ބޭސް އެނދުގެ އަރިމަތީ މޭޒުގެ ވަތްގަނޑުގައި އޮތް މަންޒަރު ސިފަކުރަމުންނެވެ. އަޔާޒް ގޮސް ކޮޓަރިއަށް ވަނީ ވަކި އެހެން ޚިޔާލެއްނެތިއެވެ. ކޮޓަރި ތެރެއިން މީހަކު ވެސް ނުފެނުމުން އަޔާޒް ވަކި އިތުރު ވިސްނުމެއްނެތި އެނދުގައި އިށީނދެ އެ ވަތްގަނޑު ހުޅުވާލިއެވެ. އެއަށްފަހު އޭގެ ތެރެއިން ބޭސް ކާޑަކުން ބޭސް ގުޅައެއް ނަގައި އެތާހުރި ފެންތަށްޓަށް ފެން ޖަގުން ފެން އަޅާލުމަށްފަހު ބޭސް ކާލިއެވެ. އޭނަ ހިފައިގެން ހުރި ތަށްޓަކީ އޭނަގެ ތަށި ނޫންހެން އަޔާޒަށް ހީވީ ފެންފޮދު ބޮއި ނިމެން ގާތްވެފައި ވަނިކޮށެވެ. އެއާއެކު އަޔާޒް ވަގުތުން އެ ފެންތަށި ދުރުކޮށް ބަލާލިއިރު ފިޔާތޮށި ކުލައިގެ މާ ޖަހާފައި ހުރި ދިގު ތަށްޓެއް ފެނިފައި އޭނަގެ އަނގައިގައި ތިބި ފެން ބުރައިގެން ނުދިޔައީ ވެސް ކިރިޔާއެވެ. އެހެނަސް އޭނަ ހަމައަކަށް އެޅެމުން ފެން ދިރުވާލީ ވެސް އެ ތަށްޓަށް ބަލަން އިނދެއެވެ. ތަށީގެ އަނެއްފަރާތުން އެ ތަށީގެ ވެރިޔާގެ ތުންފަތުގެ އަސަރުތައް ފެނިގެން ދިޔަ ގޮތުން އަޔާޒަށް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. މަލާކްގެ ސޫރަ ސިފަވެގެން ދިޔުމާއެކު އޭނަ ކުއްލިއަކަށް އޭނަގެ ހުރިހާ ނޭދެވޭ އިޙްސާސްތަކުން ދުރުވިއެވެ. އޭނައަށް މި ތަށިން ފެން ބޮވިއްޖެކަން މަލާކަށް އެނގިއްޖެނަމަ ވެދާނެ ގޮތް ސިފަކުރެވުމުން އަޔާޒަށް އޭނަގެ ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ. އިސާހިތަކު މަލާކްއާއި ސަމާސާވެރި ޖަދަލެއް ކުރަން ބޭނުންވި ވަރުން އޭނައަށް ކޮޓަރީގެ ވަށައިގެން ހޯދާލެވުނެވެ. އެހެނަސް އޭނަ ދެކެން ބޭނުންވި ސޫރަ ފެންނަ ނެތުމުން އޭނަގެ މޭތެރެއިން ނުތަނަވަސްކަމެއް ހިނގާލިއެވެ. އިސާހިތަކު ފެންތަށި މޭޒުމަތީގައި ބަހައްޓަމުން އޭނައަށް ކޮޅަށް ތެދުވެލެވުނެވެ. އެއަށްފަހު މަލާކްގެ ނަމުން ގޮވަމުން ފާޚާނާއާއި ދިމާލަށް ދެވުނެވެ. އެހެނަސް ފަސޭހަކަމާއެކު ހުޅުވާލެވުނު ދޮރުގެ އަނެއްފަރާތުން ވެސް އޭނައަށް މަލާކް ފެނޭ ގޮތެއްނުވިއެވެ. ފާޚާނާގެ އެތެރެ ބެލުމަށްފަހު އޭނަ އަނެއްކާވެސް ކޮޓަރިން ބޭރަށްދާން އުޅުނު ވަގުތު އެތާ ކައިރީގައި ހުރި ކަހާލެވޭ ޒާތުގެ ބޮޑު ބިއްލޫރި ދޮރު އޭނައަށް ފާހަގަވިއެވެ. ފާރަކާއި އެއްވަރަށް ހެދިފައިވި އެ ދޮރު ފަހަނަޅައި ދެވެން އޮތީ ހަނދުވަރުގެ އަލިން ފެންވެރިފައިވި ފަތާ ފެންގަނޑެކެވެ. މަލާކް އެ ފެންގަނޑުގެ ކައިރިއަށް ގޮސް މަޑުކޮށްގެން އިން މަންޒަރު ފެނިފައި އަޔާޒަށް ހަމަޖެހުމުގެ ނޭވައެއް ލެވުނު ހިނދު އޭނައަށް ހިނިތުންވެސް ވެލެވުނެވެ. އެއާއެކު އޭނަ އެތާ ބޭރަށް ދާން ހިނގައިގަތެވެ. އަދި ބޭރަށް ދެވޭ ބިއްލޫރި ދޮރާއި ހަމަވުމާއެކު އޭނަ މަލާކަށް ބަލަންހުރެ ދޮރު ކަހާލަން އުޅުނެވެ. އެހެނަސް އެއިން މަލާކް ސިއްސައިގެންދާނެކަން ދަނެގެން އަޔާޒް ޚިޔާލު ބަދަލުކުރިއެވެ. އަދި ބަދަލުގައި އޭނަގެ ކަނާތް އަތުގެ ޝަހާދަތް އިނގިލިން މަޑުމަޑުން ދޮރުގައި ޓަކި ޖަހާލިއެވެ. އެއާއެކު މަލާކް ސިހުމެއްނެތި ފަހަތް ބަލާލިއެވެ. މަލާކްގެ މޫނުމަތިން ޙައިރާންކަން ފެނިގެން ދިޔުމުން އަޔާޒް ހިނިތުންވުމަކާއެކީ ހަނާއަޅާލިއެވެ. އެއަށްފަހު ދޮރު ކަހާލަމުން ބޭރަށް ނިކުތެވެ.

 

“ހާއި…..ހާދަ އެކަނިވެރިކޮށް ދެރަވެފަ މިހާ ރީތި ރެއެއްގަ ތި އިންނަނީ؟” ދޮރު ލައްޕާލަމުން އަޔާޒް ހަމަ އެ ހިނިތުންވުމުގައި ހުރެ މަލާކާއި ދިމާލަށް ދާންފެށިއެވެ.

 

“އެކަނިވެރިވާނެތާ ގޭގަ މީހަކު ނެތިއްޔާ….އެކަމަކު ދެރަވެފައެއްނޫން މިހިރީ.” މަލާކް އެހެން ބުނެލީ އޭނައާއި އަރާ ހަމަވި އަޔާޒަށް އޭނަގެ އަތުގައި ހުރި ފެހިކުލައިގެ މޭބިސްކަދުރު ހުރި ބިއްލޫރި ކުޑަ ތަށްޓެއް ދައްކަމުންނެވެ. އެ މަންޒަރު ފެނިފައި އަޔާޒަށް ހީލެވުނެވެ.

 

“އަމިއްލައަށް ޕާޓީ ހަދައިގެންދޯ ތިއިނީ؟ ނޭނގޭނެތާ!” އަޔާޒް މަލާކް ދިއްކުރި ތަށިން މޭބިސްކަދުރެއް ނަގައިގެން މަލާކްގެ ކައިރީގައި ހުރި އޮށޯވެވޭ ގޮތަށް ހެދިފައިވި ގޮނޑީގައި އިށީނދެ އޭތި ކާލިއެވެ.

 

“މާ ދަންވީތަ މަލާކް މިތާ ހުއްޓާ؟ ކިހާއިރެއް ގަޑިންވީ؟ ފޯނުވެސް އެތެރޭގަ ބާއްވާފަ އައިސް މި ހުންނަނީ.” މަލާކް ބުނެލިއެވެ.

 

“ނޫނޭ….އަދި ކިރިޔާ 9:30 ވާން އެ އެއުޅެނީ.” އަޔާޒް އޭނަގެ ޖީބުން ފޯނު ނަގައި ބަލާލަމުން ބުނެލިއެވެ.

 

“އެހެންތަ؟ ހާދަ އަވަހަކަށް މިރޭ ގެއަށް ތިއައީ…..ކިހިނެއްވީ؟” މަލާކަށް އެހެން އަހާލެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. މައުވާއާއި އަޔާޒްއާއި ދެމެދު ކަމެއް ހިނގީތޯ ހިތަށްއެރި ހިނދު އޭނަ ކަންބޮޑުވީ އަޔާޒަށް ދެރައެއް ލިބިފައި ހުރެދާނެއޭ ހިތާއެވެ. އޭނަގެ އެ ސުވާލުން އަޔާޒް ހިތާމަވެރި މޫނަކާއެކީ ކުރިމައްޗަށް ނަޒަރު ހުއްޓާލި ގޮތުން މަލާކް އިތުރަށް ކަންބޮޑުވިއެވެ. އޭނަ އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް އަޔާޒް ވާހަކަ ދެއްކިއެވެ.

 

“މާ ބޮޑު ކަމެއް ދިމައެއްނުވޭ….މައު އަހަރެން ގެންދިޔައީ އަހަންނަށް ކަމުދާ ކަހަލަ ތަނަކަށް ނޫން…” އަޔާޒް ކުރު ގޮތަކަށް ކިޔައިދިނެވެ.

 

“އެހެންތަ؟ ކޮންކަހަލަ ތަނަކަށް ގެންދިޔައީ؟” މަލާކަށް އަހާލެވުނެވެ. އެއާއެކު އަޔާޒަށް މަލާކާއި ދިމާލަށް ބަލާލެވުނެވެ. މިހާތަނަށް އައިއިރު އޭނަ މައުވާގެ ނޭދެވޭ ވާހަކަތައް އެހެން މީހަކާއި ޙިއްސާ ކޮށްފައެއް ނުވެއެވެ. މައުވާގެ ޙަޤީޤަތް ދޮންބެއާއި ބޮޑުމަންމައަށް އެނގިފައިވަނީ ދޮންބެ ހޯދި ހޯދުންތަކުންނެވެ. އޭނަ އެއްގޮތަކަށް ވެސް އޭނަގެ ލޯބިވެރިޔާ އެއްވެސް މީހެއްގެ ކުރިމަތީގައި ގޯސްކުރަން ބޭނުންވި އެއްމެ ދުވަހެއްވެސް ނާދެއެވެ. އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. އެވަގުތު އޭނަގެ ކުރިމަތީގައި އޭނައަށް އަޅާލާފަދަ ނަޒަރެއް ދީގެން ހުރި ކުއްޖާއަށް އޭނަ ހުރިހާ ވާހަކައެއް ކިޔައިދޭން ބޭނުންވިއެވެ. އެކުއްޖާގެ ފަރާތުން އޭނަގެ އިޙްސާސްތަކަށް ރައްކާތެރި ހިޔާވައްސެއް ލިބޭނެކަން އޭނައަށް ޔަޤީން ކުރެވުނީ ކީއްވެކަމެއް ނޭނގެއެވެ. އޭނަގެ ހަމަޖެހުން ނެތިފައިވި ހިތަށް ފިނިކަމެއް ލިބިގެން ދާނެކަން ޤަބޫލުކުރެވުނީ ކީއްވެކަމެއް ނޭނގެއެވެ. ނޭނގުނެއްކަމަކު އޭނައަށް ހިމޭންކަމުގެ ވަގުތުކޮޅަކަށް ފަހު ފުން ނޭވައެއް ދޫކޮށްލަމުން ވާހަކަ ދެކެވުނެވެ.

 

“ސުވާލެއްކޮށްލަންތަ މަލާކް؟” އަޔާޒް ކުރިމައްޗަށް ނަޒަރު ހުއްޓާލަމުން އަހާލިއެވެ. އެއާއެކު މަލާކް ހޫންލައްވާލުމުން އޭނަ ވާހަކަ ދެއްކިއެވެ.

 

“މަލާކް ވަރަށް ލޯބިވާ މީހަކު މަލާކްއާ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެއްޖެއްޔާ ކިހިނެއް ހަދާނީ؟” އަޔާޒް އިން ގޮތަށް އިނދެ ސުވާލުކުރިއެވެ. އަޔާޒް ކޮށްލި ސުވާލުން މަލާކްގެ ދެބުމަ ކައިރިވިއެވެ. މައުވާއާއި އަޔާޒްއާ ދެމެދު ކަމެއް ހިނގައިފިކަން އޭނައަށް އެވަގުތު ޔަޤީންވިއެވެ. އޭނަ ވަގުތުން އެކަމާމެދު ސުވާލުކުރަން ބޭނުންވިއެއްކަމަކު އޭނަ އޭގެ މަތިން ހަނދާން ނައްތާލަމުން އަޔާޒްގެ ސުވާލަށް ޖަވާބު ދެވޭތޯ ބެލިއެވެ.

 

“ޚިޔާލު ތަފާތުވުމަކީ ކޮންމެ ގުޅުމެއްގައި ވެސް ހިނގާނެކަމެއް. އަހަރެން ދެކޭ ގޮތުގަ އެކަކު އަނެކަކާ ވާހަކަ ދައްކައިގެން އެ މައްސަލަ ޙައްލުކުރުން ރަނގަޅުވާނީ.” މަލާކް އަޔާޒްގެ މޫނަށް ބަލަން އިނދެ ބުނެލިއެވެ.

 

“ވާހަކަ ދައްކައިގެން ޙައްލު ނުވިއްޔާޔޯ؟” އަޔާޒް ދެންވެސް ހުރިދިމާލަށް ބަލަން އިނދެ ސުވާލުކުރިއެވެ. އެއާއެކު މަލާކް އެ ވާހަކަ އިތުރަށް ދެނެގަންނަން އިހުނަށްވުރެ ޝައުޤުވެރިވިއެވެ. އެހެނަސް އޭނަ ލަސްލަހުން ވާހަކަ ދައްކަމުން އެ ވާހަކައާއި ހަމައަށް ދާން ނިންމިއެވެ.

 

“ޙައްލު ނުވިއްޔާ ދެން ކޮންމެވެސް އެހެން މީހަކު ގެނެސްގެން ވެސް މައްސަލަ ޙައްލުކުރެވޭތޯ ބަލާނީ. އެހާވަރުން ވެސް ޙައްލު ނުވިއްޔާ ދެން އެ ގުޅުން ކަނޑާލުން ރަނގަޅުވާނީ. އެއީ ގުޅުމަށްޓަކައި ދެމީހުންކުރެ އެކަކަށް ވެސް ޤުރުބާނީއެއް ނުވެވެންޏާ އެއީ ޙަޤީޤީ ގުޅުމަކަށް ނުވާނެތީ.” މަލާކް އޭނަ ދެކޭ ގޮތް ކިޔައިދިނެވެ. އަޔާޒަށް މަލާކްގެ އެ ވާހަކައަށް ބޯޖަހާލެވުނީ އެ ވާހަކައާއި އެއްބަސް ވެވުނު ވަރުންނެވެ. ޤުރުބާނީއެއްވުމުގެ ވާހަކަ އައުމުން އޭނަ މި ގުޅުމަށްޓަކައި އޭނަދެކޭ ގޮތް އެއްފަރާތެއްގައި ބާއްވާނީތޯ އަމިއްލަ ހިތާއި ސުވާލުކޮށްލެވުނެވެ. އެހެނަސް އެ ޚިޔާލުން އޭނަގެ ހިތަށް އިންތިހާއަށް އުދަގޫވިއެވެ. އޭނަ އެ ގޯސް ކަންތައްތަކާމެދު ރަނގަޅު ކަންތައްތަކެއްގެ ގޮތުގައި ދެކޭނީ ކިހިނެއްތޯ ހިތަށްއެރިއެވެ. އޭނަގެ ޚިޔާލުތައް މިގޮތަށް ހުރީ މައުވާ ބުނިފަދައިން އޭނަގެ ސިކުނޑި ދޮވިފައިވުމުންތޯ ހިތް ސުވާލުކުރުމުން އަނެއްކާވެސް އޭނަގެ ބޮލުގައިވި ރިހުމުގެ މަތިން އޭނަ ހަނދާން އާވިއެވެ.

 

އަޔާޒްގެ މޫނުމައްޗަށް އަނެއްކާވެސް ކަންބޮޑުވުމާއި ހާސްކަން ވެރިވާން ފެށި މަންޒަރު ފެނިފައި މަލާކް އެއްފަހަރާ އެތައް ސުވާލެއްކުރަން ބޭނުންވިއެވެ. މައުވާ ކީއްކުރީތޯ އަހަން ބޭނުންވިއެވެ. މައުވާ ގެންގުޅެނީ ކޮންކަހަލަ ޚިޔާލުތަކެއްތޯ އަހަން ބޭނުންވިއެވެ. މައުވާ އަޔާޒް ދެރަވާ ކަހަލަ ވާހަކައެއް ދައްކާފަ އޮތިއްޔާ އޭނަގެ މޫނުމައްޗަށް އެތިފަހަރެއް ވިއްލާލުން ރަނގަޅުވާނެކަމަށް ބުނަން ބޭނުންވިއެވެ. އެހެނަސް އޭނަ އެވަގުތު ގަދަކަމުން ހިނިތުންވެލަމުން އަޔާޒް ހިތްހަމަޖައްސައިދެވޭތޯ މަލާކް ބެލިއެވެ.

 

“ކައިގެންތަ ތި އައީ މިރޭ؟ މަލާކް ކައިގެން ވަރަށް ބާކީވެފަ އެބަހުރި. އެއީ ދޮގު އަސްލު ޑިނާރ އައިމަ ނުވެސް ކަން. ހިނގާދޯ އެކީގަ ކާން؟” މަލާކް އަހާލިއެވެ. އެއާއެކު އަޔާޒް މަލާކަށް ބަލާލިއެވެ.

 

“ހުމް….ކާންވީ އަސްލު. ނުކައި ހުންނާތީވެ ކަންނޭނގެ މާ ބޮޑަށް ބޮލުގަ މި ރިއްސަނީ. ހިނގާ!” އަޔާޒް ގޮނޑިން ތެދުވެ ހިނގައިގަންނަމުން ބުނެލިއެވެ.

 

“ބޮލުގަ ރިއްސައިގެންތަ ތި އުޅެނީ؟ ބޭސް ކައިފިންތަ؟” މަލާކްވެސް އަޔާޒްގެ ފަހަތުން ގޮނޑި ދުއްވަމުން ސުވާލުކުރިއެވެ.

 

“ހުމް….ބޭސް ކައިގެން އޮޅުމަކުން އެހެން މީހެއްގެ ތަށްޓަކުން ފެންބޮވުނީވެސް.” އަޔާޒް އެ ވާހަކަ ބުނެލީ ކުރިއަށް ދަމުން ލާނެތް ހިނިތުންވުމަކާއެކީގައެވެ.

 

“ކާކުގެ ތަ….މަލާކްގެ…..ޗި! އައްޗީޑި!” މަލާކަށް ވީގޮތް ނަގައިގަނެވުމާއެކު ގޮނޑި މަޑު ކޮށްލި ހިނދު އޭނަގެ މޫނު ރަތްވިއެއްކަމަކު އޭނަގެ ދުލުން ބުނެވެމުން ދިޔައީ އެހެން ބަސްތަކެވެ. މަލާކް އެ ބަސްތައް ބުނުމަށްފަހު ހޮޑުލަވާކަމަށް ހެދުމުން އަޔާޒަށް ހެވެމުން ދިޔައެވެ. މަލާކް އަނެއްކާވެސް ގޮނޑި ދުއްވަމުން ތިމަންނަ އެތަށި ދިހަ ފަހަރު ދޮންނާނަމޭ ބުނެ މަލާކް ކުދި ކިޔަން ފެށި ގޮތުން އަޔާޒަށް އިތުރަށް ހެވުނެވެ.

 

އެރޭގެ ކެއުމުގެ ތެރެއިން ވެސް އަޔާޒްގެ މޫނުމަތީގައިވީ ހިނިތުންވުމެކެވެ. އޭނަ މުޅިންހެން މައުވާގެ މަތިން ހަނދާން ނެތިފައިވި ފަދައެވެ. މަލާކްގެ ވާހަކައިގެ ތެރެއަށް އޭނަ ގެނބިގެން ދިޔަ ގޮތެއްވެސް އޭނައަށް ނޭނގުނެވެ. އެ ދެކެވުނު ވާހަކައިގެ ތެރެއިން ބޮޑުމަންމަ ދޭތެރެދޭތެރެއިން ގުޅާ ވާހަކަ ވެސް މަލާކް އަޔާޒާއި ޙިއްސާ ކުރިއެވެ.

 

“ކޮންމެ ފަހަރަކު ގުޅާފަ އަހާނީ އަޔާޒް ކޮބައިހެއްޔޭ. ނަސީބަކުން ގިނަ ފަހަރު އެ ސުވާލުކުރަނީ އަޔާޒް ގޭގަ ހުންނައިރު. ދެން މަލާކް ކައިރިން އަހާނީ އުފަލުގަ ހެއްޔޭ ތިއުޅެނީ. ދެން މަލާކް ބުނަން މިހާ މީރު ކާއެއްޗެހި ލިބޭއިރު ކިހިނެއްހެއްޔޭ ދެރަވާނީ.” މަލާކް އެ ބުނެލި ވާހަކައިން ވެސް އަޔާޒަށް ހެވުން ނޫންކަމެއް ނުވިއެވެ.

 

އެރޭ ވެސް އާދައިގެ މަތިން މަލާކް އަވަހަށް ނިދަން ދިޔައީ އަނެއްދުވަހުގެ ފަތިސް ނަމާދާއިމެދު ވިސްނާފައެވެ. މަލާކް ނިދަން ދިޔައީ އަޔާޒްގާތު ވެސް އެ ވާހަކަ ބުނުމަށް ފަހުގައެވެ. މަލާކްގެ އެ ވާހަކައިން އަނެއްކާވެސް އަޔާޒްގެ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. އަނެއްކާވެސް މައުވާ އޭނައާއި ދިމާލަށް ބުނެލި ބަސްތައް އޭނަގެ ސިކުނޑީގައި ގުގުމަން ފެށިއެވެ. އަޔާޒަށް އެރޭ ސިޓިންގް ރޫމުގެ ސޯފާގައި އިނދެ އޭނައާއި މައުވާގެ ގުޅުމާމެދު ވިސްނުނެވެ. މައުވާ އޭނައަށް ފެނުނު ފުރަތަމަ ދުވަސްމަތިން ހަނދާން އާވިއެވެ. އެއީ އޭނަ ޑޮކްޓަރުކަން ކިޔަވަން ފެށިތާ ދެވަނަ އަހަރެވެ. އޭނައަށް މައުވާ ފެނިގެން ދިޔައީ އެ ޔުނިވާރސިޓީގެ ކެމްޕަސް ތެރެއިންނެވެ. މައުވާގެ ހިނިތުންވުން ފެނުނު ފުރަތަމަ ނަޒަރުން ވެސް އަޔާޒްގެ ހިތުގައި އެ ސޫރަ ކުރެހިގެން ދިޔައެވެ. އިސާހިތަކު އޭނައަށް ލޯތްބެއް ވެވުނު ކަހަލަ އިޙްސާސެއް އޭނައަށް ކުރެވުނެވެ. އަދި މިއީ ސްކޫލް ދައުރުގައި އޭނަ ރައްޓެހިވި ކުދިންނާއި ޚިލާފަށް އޭނަ މުޅި ޢުމުރު އެކީގައި ހޭދަކުރާނެ ކުއްޖާއޭ ވެސް ހިތާހިތުން ބުނެވުނެވެ. އަޔާޒަށް ނޭނގުނު ކަމަކީ އޭނަގެ ހިތުގައި އުފަންވި މި އިޙްސާސްތަކުގެ ފަހަތުގައިވި ސަބަބުތަކެވެ. ފުރަތަމަ ނަޒަރުން އޭނައަށް އެ ވެވުނީ ލޯތްބެއްކަމަށް އޭނައަށް ހީކުރެވުނީ އޭނަ ބަލަމުން ދިޔަ އެތައް ފިލްމަކާއި އަޑުއަހަމުން ދިޔަ އެތައް ލަވައެއްގެ ސަބަބުން ކަމެވެ. ސްކޫލް ދައުރުގައި އޭނަ ރައްޓެހިވި ކުދިންނާއި މި ކުއްޖާ ތަފާތު ވާނެ ކަމަށް އޭނައަށް ހީކުރެވުނީ އޭނަ ދިރިއުޅުމުގެ ތަފާތު ފައްތަރަކަށް އައިސްފައިވާތީވެ ކަމެވެ. އެ ވާނީ އޭނަ މުޅި ޢުމުރު އެކީގައި ހޭދަކުރާނެ ކުއްޖާ ކަމަށް ނިންމުނީ އޭނަ ދެން އޭނަގެ މިޒާޖާއި އެއްފަދަ ދިވެހި އަންހެން ކުއްޖަކާއި ދިމާނުވާނެކަމަށް އޭނަގެ ސިކުނޑި ބުނަމުން ދިޔައީތީވެ ކަމެވެ. އަދި އަމުދުން ފާއިތުވާން ފެށި ދުވަސްތަކުގައި އޭނަގެ އެ އިޙްސާސްތައް ބާރުގަދަވާން ފެށީ އޭނައަށް އެ ފެނުނު އަންހެން ކުއްޖާ ނުހަނު ރޭވުންތެރި ރޭވުމަކުން ޤަޞްދެއްގައި އޭނައާއި އެކި ގޮތްގޮތުން ދިމާކުރަމުން ދިޔަ ގޮތުންކަމެވެ. އަދި އެ އަންހެން ކުއްޖާގެ ބޭނުމަކަށް ވެފައިވީ އަޔާޒް އޭނަގެ ބާރުގެ ދަށަށް އައުމުން އަޔާޒްގެ ބޭނުން ހިފުންކަމެވެ.

 

މައުވާ ފެނި އޭނައާއި އެކުވެރިވިތާ މައްސަރެއްގެ ތެރޭގައި އަޔާޒް މައުވާއާއި ރައްޓެހިވީ އޭގެއިން އެއްވެސް ކަމެއް ރޭކާލުމެއްނެތިއެވެ. އޭނައަށް މުޅިން ވެސް އިޙްސާސް ކުރެވެމުން ދިޔައީ އޭނައަށް އުޅެވެމުން ދިޔައީ ހުވަފެނީ ލޯބީގެ ފިލްމެއްގެ ތެރޭގައި ކަމަށެވެ. މައުވާ އޭނައަށް ބަލާ ނަޒަރުތަކުންނާއި މައުވާ އޭނަ ކައިރީގައި އިށީންނަ ވަގުތު އޭނަގެ އަތުގައި ހިފާލާ ގޮތުން ހަމަ ޙަޤީޤަތުގައި ވެސް މައުވާއާއެކީ ދިރިއުޅުމެއް ފެށުމުގެ ޝުޢޫރު އަޔާޒްގެ ހިތުގައި އުފެދެން ފެށިއެވެ. އަޔާޒް ހުރިހާ ކަމެއްގައި ނަމޫނާއަކަށް ބަލާ އޭނަގެ ބައްޕަ މަންމައަށްޓަކައި ކަންތައް ކޮށްދިން ފަދައިން އޭނަ ވެސް މުޅި ޢުމުރު ދުވަހު މައުވާއަށް ލޯބިދޭން ބޭނުންވިއެވެ.

 

އެހެނަސް އެ ޝުޢޫރުތައް އުފެދެން ފެށިތާ މާ ގިނަ ދުވަހެއްނުވެ މައުވާގެ ނޭދެވޭ ސިފަތައް އަޔާޒަށް ފެންނަން ފެށިއެވެ. މައުވާ މަސްތުވާތަކެތި ބޭނުންކުރާކަން އެނގުނު ދުވަހު އަޔާޒް ހިތްދަތިވިއެވެ. އެއަށްވުރެ ދެރަވެގެން ދިޔައީ އޭގެ ވަބާގައި ޖެހިގެން މައުވާ ކިޔެވުން ވެސް ހުއްޓާލުމުންނެވެ. އެހެނަސް މައުވާއަކީ އަމިއްލަ ޢާއިލާއަށް ހަދަން އޭނަ އަމިއްލަ ނަފްސަށް ވަޢުދުވީ އަންހެން ކުއްޖާ ކަމަށްވުމުން އަޔާޒް މައުވާގެ ކިބައިން އުއްމީދު ކަނޑާލާކަށް ބޭނުމެއްނުވިއެވެ. މައުވާއަށް އެހީވާން އޭނައަށް ނިންމުނީ އެހެންވެއެވެ. އަދި ޚުދު މައުވާވެސް އާދޭސްކޮށްފައި އެހީއަށް އެދެމުން ދިޔަ ގޮތުންނެވެ. އޭގެ މާ ގިނަ ދުވަހެއްނުވެ މައުވާ ފިރިހެނަކާއެކީ ރެއެއް ހޭދަކުރި ވާހަކަ އިވިފައި އެއަށްވެސް މަޢާފު ދެވުނީ އެއީ މައުވާއަށް ‘ނޭނގުމެއްގެ ތެރެއިން’ ވެވިފައިވާނެ ކަމެއްކަމަށް ޤަބޫލުކުރެވުނީތީވެއެވެ. އަދި މި ނޫނަސް މައުވާ އެތައް ފަހަރެއްގެ މަތިން އޭނަ ހިތްދަތިވާފަދަ ކަންތައް ކުރުމުން ވެސް މަޢާފުދީ މި ގުޅުން ދަމަހައްޓަމުން ގެންދިޔައީ އަޔާޒަކީ އޭނަގެ އަމިއްލަ ނަފްސަށް ވެސް ވާ ވަޢުދަކާއި ޚިލާފުވާން ބޭނުމެއްނުވާ މީހަކަށްވާތީވެއެވެ. އަދި އެ ވަޢުދުގެ ސަބަބުން އޭނަގެ ހިތުގައި މައުވާއަށްޓަކައި އުފެދިފައިވި އިޙްސާސްތަކެއްގެ ސަބަބުންވެސްމެއެވެ.

 

އެހެނަސް މިއަދު އޭނައަށް މައުވާގެ ފަރާތުން ފެނިފައި މިވަނީ އޭނައަށް ދުވަހަކުވެސް ފެނިފައި ނުވާ ފަދަ ސަބަބެކެވެ. އެ ސިފަ މައުވާގެ ފަރާތުން ފެނިފައި ވަނީ އޭނަ މަސްތުވެފައިވާތީއޭ ވެސް ބުނެވޭކަށް ނެތެވެ. އެހެނީ އެތަނަކަށް ދިޔައީ ބޯން ނޫންކަމަށް ބުނީ ޚުދު މައުވާއެވެ. ވީއިރު މި ޙާލަތުގައި އޭނަ މައުވާއާއިމެދު ރަނގަޅަށް ވިސްނާނީ ފަހެ ކިހިނެއް ހެއްޔެވެ؟ އެ ސުވާލު ސިކުނޑިއަށް ވެރިވިއެއްކަމަކު ކޮންމެހެން ވެސް އޭނައާއި މައުވާގެ ގުޅުން އަދި ރަނގަޅުވާނެކަމަށް އަޔާޒަށް ހިތާހިތުން ކިޔާލެވުނެވެ. އަދި މައުވާއަށް އޭނަ ވިސްނައިދޭން މަސައްކަތް ކޮށްފިނަމަ ވިސްނޭނެކަމަށް އޭނަގެ މޮޔަ ހިތް ބުންޏެވެ.

 

އަޔާޒަށް އެރޭ ނިދުނީ އެ ޙަޤީޤަތެއް ނެތް ޚިޔާލުން ހަމަޖެހުން ހޯދަމުންނެވެ. އަދި އޭނަ އެ ‘ލޯބި’ ވާ ފަރާތް އޭނައާއި ދެކޮޅަށް ރާވަމުން ދިޔަ ރޭވުމާއިމެދު ރޭކާލުމެއްނެތިއެވެ.

 

**

 

“އާނ މަންމާ….ބުނެފިން ހުރިހާ ވާހަކައެއް. ހުރިހާ މަންޒަރެއް ދައްކައިފިން.” މައުވާ އެހެން ބުނެލީ ކްލަބްގެ ތެރެއިން ނިކުންނަމުން އޭނަގެ ފޯނު ކަންފަތުގައި ޖައްސައިގެން ހުރެއެވެ.

 

“ކީކޭ އޭނަ ބުނީ؟ ކިހިނެއްވީ؟!” މަންމަގެ އަޑު އެކޮޅުން އައީ ހިސާބެއްގެ ކަންބޮޑުވުމަކާއި އެކީގައެވެ. އެއާއެކު މައުވާ މަލާމާތުގެ ޒާތަށް ލުއި ގޮތަކަށް ހީލިއެވެ.

 

“ހީވީ ކުޑަކުއްޖަކަށް ބިރުވެރި ހޮހޮޅައަކަށް ވަދެވުނީހެން….ވަގުތުން ބުނީ އެއީ ހާދަ ނުބައި ހުތުރު ކަންތައްތަކޭ…..ފޫހި މީހާގަނޑެއް ހުވާ! މަންމާ ދެން މަ އޭނައާއި ހަމަ ވަކިވެވޭނެ ގޮތެއް ނެތީތަ؟ އެ ގޮނޑީގަ ހުންނަ އަންހެނާއާ އޭނަ ކުޑަކޮށް ކްލޯޒްހެން އަހަންނަށް ހީވޭ. އެކަމަކު ދޭ ވޯންޓް ލާސްޓް އައިމް ޝުއާރ. ކޮންމެވެސް ގޮތެއް ހަދާބަލަ މަންމާ…” މައުވާ ޝަކުވާގެ ރާގަކަށް ބުނެލިއެވެ.

 

“އާނ…..ތިކަމާއޭ އަސްލު މިއުޅެނީ. މަންމަވެސް ބޭނުމެއްނޫން ވަކި އެދެމީހުންގެ ގުޅުމަށް އަހަރުމެން ސިހުންވޭވެ ތިބޭކަށް…މަންމަ އެބައޮތް ލިޔުމެއް ތައްޔާރުކޮށްފަ. މީތި މެއިލް އެބަކުރަން މައުއަށް. މީގަ ކޮންމެހެން ހަދާފަވެސް އަޔާޒްގެ ސޮއި ނޫނީ އިނގިލީގެ ނިޝާން ޖެހުނިއްޔާވެސް އަހަރުމެން ދެން ތި މީހުންނަކާ ބެހޭކަށް ނުޖެހޭނެ. އެކަމަކު ހިއެއްނުވޭ އަޔާޒް މީތި ކިޔާފަ ސޮއި ކުރާނެ ހެންނެއް. އޭނައާއި އޭނަގެ އަނބިމީހާގެ މުދަލާ ގުޅޭ ލިޔުމެއްވިއްޔާ މިއީ. ކޮންމެވެސް ގޮތަކަށް އޭނަގެ ސިކުނޑިއާ އަނގަ ބަންދުކޮށްފަ މީގަ ސޮއިކުރުވޭނެނަމައޭ ހިތަށްއެބައަރާ.” އެކޮޅުން މަންމަ ދެއްކި ވާހަކައިން މައުވާ ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ.

 

“އިނގިލީގެ ނިޝާންވެސް އޯކޭއޭތަ ތިބުނީ؟” މައުވާ ސުވާލުކުރިއެވެ.

 

“އަސްލު ބޮޑަށް ސޮއި ރަނގަޅީ. އެކަމަކު އިނގިލީގެ ނިޝާންއިން ވެސް ފަހަރެއްގަ ޕްރޮސެސްވެދާނެ. ޑޫ ޔޫ ތިންކް ޔޫ ކޭން ގެޓް އިޓް؟” މަންމަ އަހާލި އަޑުއިވުނެވެ. އެއާއެކު މައުވާގެ މޫނުމައްޗަށް ވެރިވީ އެއްމިޔަކަނުގެ ހިނިތުންވުމެކެވެ.

 

“އައި ތިންކް އައި ކޭން، މަންމާ! ތިބުނީއެއްނު އޭނަގެ ވިސްނުން ހުއްޓުވާފަ ތިކަން ކުރެވޭނެނަމައޭ؟ އަހަރެން ހުއްޓާ ތިއީ ނަމައަކަށް ވާންޖެހޭ ވާހަކައެއް ނޫނެއްނު މަންމާ؟” މައުވާ އެހެން ބުނެލީ ނުލަފާ ހިނިތުންވުމަކާއި އެކީގައެވެ.

 

“އާނދޯ؟ ބަޓް ބީ ކެއާރފުލް މައު. މައުއަށް އޭނަ ޝައްކުކޮށްގެން ނުވާނެ. ކޮށްފިއްޔާ ހުރިހާ ކަމެއް ގޯހުން ގޯހަށް ދާނީ.” މަންމަ ބުނެލިއެވެ.

 

“އޯކޭ މަންމާ. ޔޫ ޑޯންޓް ހޭވް ޓު ވޮރީ. ތީތި މައުއަށް މެއިލްކޮށްލާ. މާދަމާ ރޭ ތި ޑޮކިއުމެންޓްގަ ހުންނާނެ އަޔާޒްގެ އިނގިލީގެ ނިޝާން…” މައުވާ ޔަޤީންކަމާއެކީ އެހެން ބުނެލި ހިނދުވެސް އޭނަގެ ހިނިތުންވުން އެގޮތުގައި ހުއްޓެވެ.

 

**

 

އޭގެ އަނެއްދުވަސް އަޔާޒަށާއި މަލާކަށް ވޭތުވާން ފެށީ ނުހަނު އާދައިގެ ގޮތަކަށެވެ. ދެމީހުން ދާދި އެއްގަޑިއެއްގައި ހޭލައިގެން ނަމާދު ކުރުމަށްފަހު ހެނދުނު ސައިބުއީ އެކީގައެވެ. އަޔާޒް މުޅި އެދުވަހުވެސް މައުވާއާއިމެދު ވިސްނަމުން ދިޔައީތީ އޭނަ ބަސްމަދުވެފައިވިއެވެ. އަޔާޒަށް ދޭތެރެދޭތެރެއިން އޭނަގެ ފޯނަށް ބަލަމުން ދިޔައީ މައުވާގެ މެސެޖެއް ނޫނީ ކޯލެއްވެސް އާދޭތޯ ބެލުމަށެވެ. އެހެނަސް މުޅި އެދުވަސް ނިމެން ކައިރިވީއިރު ވެސް މައުވާގެ ޚަބަރެއް ނުވުމުން އަޔާޒް މާޔޫސްވެފައިވިއެވެ. މަލާކް އަޔާޒް ދެރަވެފައި ހުންނަ މަންޒަރު ފެނިފައި އޭނައާއި ސަމާސާކޮށް ހުރިހާ ކަމެއް ރަނގަޅުކުރަން މަސައްކަތް ކުރިއެވެ. އެހެނަސް މައުވާއާއި އޭނައާއި ދެމެދު ޖެހިފައިވި މައްސަލައިގެ ޒާތުން އަޔާޒަށް އެ ވާހަކަ ދައްކަން ވެސް އުދަގޫވުމުން އޭނައަށް މަލާކާއި އެވާހަކަ ޙިއްސާކުރަން ދަތިވިއެވެ. އެހެންކަމުން އެދުވަހުގެ އިރުއޮއްސި ރޭގަނޑު ވީވެސް އަޔާޒްގެ އިޙްސާސްތަކަށް މާ ބޮޑު ބަދަލެއް ނައިހެވެ.

 

އެރޭ މައުވާ އޭނައާއި ބައްދަލުކުރަން ނުގުޅުމުން އަޔާޒް ގުޅަން ބޭނުންވިއެއްކަމަކު އޭނައަށް ނުގުޅުނެވެ. އޭނަ ދެންވެސް ޤަބޫލުކުރަން ބޭނުންވީ މައުވާ އޭނަ މަތިން ހަނދާންވެގެން އެ ނުބައި ކަންތައް ދޫކޮށް އޭނަ ކައިރިއަށް އަންނާނެ ކަމަށެވެ. އެހެނަސް ކަންތައްވެގެން ދިޔައީ އަޔާޒް ހީވެސް ނުކުރާފަދަ ގޮތަކަށެވެ.

 

މަލާކްގެ އެދުމަށް އެރޭގެ ކެއުން އޯޑަރު ކުރުމަށްފަހު އަޔާޒް އިނީ އޭނައާއި އެކީ ޓީވީ ބަލާށެވެ. ޗެނަލްތައް ބަދަލުކުރަމުން ގޮސް މަލާކް ޑޮކްޓަރުން ކުރާ މަސައްކަތް ދައްކާ ޝޯއަކަށް މަޑުކޮށްލީ އެއިން އަޔާޒްގެ ތަބީޢަތް ރަނގަޅުވާނެއޭ ހިތާއެވެ. ޝޯ ބަލަމުން މަލާކް ނުހަނު ޖޯޝާއެކީ އަޔާޒް ކައިރިން އެކިއެކި ސުވާލުތައް ކުރަމުން ދިޔައެވެ. އެހެނަސް އަޔާޒް އެ ސުވާލުތަކަށް ޖަވާބު ދެމުން ދިޔައީ އާދައިގެ ގޮތަކަށެވެ. އަޔާޒް އޭރުވެސް ދޭތެރެދޭތެރެއިން އޭނަގެ ފޯނަށް ބަލާ މަންޒަރު ފެނިފައި މަލާކްގެ ދަތްކުނޑި ވިކުނެވެ. އޭނަގެ ރުޅި އަމާޒުވީ މައުވާއަށެވެ. ލޯބިވެރިއަކަށްވާން ނޭނގެންޏާ ނުވީމަ ނިމުނީނޫންތޯ ކިޔައި ހިތާހިތުން އެއްޗެހި ގޮވެމުން ދިޔައެވެ.

 

އަޔާޒާއި މަލާކް އެ ތިބި ގޮތަށް ތިއްބާ ސޫޓްގެ ބެލް އަޅުވާލި އަޑު އިވުނެވެ. އެއާއެކު މަލާކާއި އަޔާޒަށް އެކުއެކީގައި ދޮރާއި ދިމާލަށް ބަލާލެވުނެވެ. އަޔާޒް ވަގުތުން ކޮޅަށް ތެދުވީ މިވަގުތު އަންނާނީ މައުވާއޭ ހިތާއެވެ. އެހެނަސް އޭނަ ދިގު ފިޔަވަޅުތަކެއްގައި ގޮސް ދޮރު ހުޅުވާލިއިރު ދޮރު މަތިން އޭނަގެ ރަޝިޔާގެ ފިރިހެން އެކުވެރިއެއް ފެނިފައި އަޔާޒް ހުއްޓުން އެރިއެވެ.

 

“އަޔާޒް! ހާދަ ދުވަހެއް ފަހުންނޭދޯ މި ފެނުނީ؟” އެ އެކުވެރިޔާ އުޖާލާވި ހިނިތުންވުމަކާއެކީ ރަޝިޔާ ބަހުން އެހެން ބުނެ އަޔާޒްގެ ގައިގައި ބައްދާލީ އޭނަގެ އަތުގައި އޮތް ސިޓީ އުރައާއި އެކީގައެވެ.

 

“ސާޝާ….ވަރަށް ހަނދާންވި އިނގޭ؟ ކިހިނެއްތަ ހުރިހާ ކަމެއް؟” އަޔާޒްވެސް ހިނިތުންވުމަކާއެކީ އެ ސުވާލުތައް ކޮށްލީ އޭނަގެ އެކުވެރިޔާގެ ރަށު ބަހުންނެވެ.

 

“ރަނގަޅު….އަސްލު އަޔާޒްއާ ބައްދަލުކޮށްލަން މިއައީ ކުޑަކަމަކު. އެއްކަލަ އަޔާޒް ގެންގުޅުނީމެއްނު ހިތުގެ ބަލިތަކާ ގުޅޭ ބޮޑު ފޮތެއް؟ އޭތި އޮތިއްޔާ ދީބަލަ. މެޑް ސްކޫލްއަށްދާ އަހަރެންގެ ކޮއްކޮއަކު އޭތި ބޭނުންވެގެން އުޅުނީމަ ހަމަ އަޔާޒް މަތިން ހަނދާންވީ.” ސާޝާ ބުންޏެވެ.

 

“އާނ….އޭތި އޮންނަންވާނެ އަލަމާރީގެ ކަނެއްގަ. ބަލާލާނަން އިނގޭ؟ ކުޑަކޮށް އިށީނދެލާ.” އަޔާޒް ސާޝާއާއި ވާހަކަ ދައްކަމުން ސިޓިންގް ރޫމުގެ ސޯފާއަށް ޢިޝާރާތް ކުރިއެވެ. ސާޝާ މަލާކް ފެނިފައި ވެސް މަލާކަށް ލުއި ނަޒަރެއް ދީފައި ގޮސް އެތާހުރި ދިގު ސޯފާގައި އިށީނެވެ. އެ ވަގުތު އަޔާޒް އޭނަ އެ ބުނި ފޮތެއް ހޯދަން ގޮސް ކޮޓަރިއަށް ވަނީއެވެ. ހިލޭ ފިރިހެނަކާއެކީ ވަކިން ހުންނަންވުމުން މަލާކަށް އުދަގޫވިއެވެ. އަދި އެ ޒުވާނާ އޭނަގެ އަތުގައި އޮތް ސިޓީ އުރަ މޭޒުމަތީގައި ބާއްވަމުން އޭނައާއި ހިނިތުންވެލީ ގޮތުން މަލާކަށް އިތުރަށް އުދަގޫވިއެވެ. އެހެންކަމުން މަލާކް އޭނަގެ ގޮނޑި ފަހަތަށް ޖައްސަމުން ގޮސް އަނބުރާލިއެވެ. އެއަށްފަހު ސާޝާއަށް ފަސްދެމުން އެތަނުން ދުރަށް ދިޔުމަށްޓަކައި ގޮނޑި ދުއްވަން ފެށިއެވެ. އެ ހިނދު މަލާކަށް ނޭނގުނުކަމަކީ ސާޝާ ނުހަނު ފަރުވާތެރިކަމާއެކީ އޭނައަށް ބަލަން އިނދެ ޖިންސްގެ ޖީބުގެ ތެރެއިން ޕްލާސްޓިކް ޕެކެޓެއްގެ ތެރެއަށް އެޅިފައިވި ސިރިންޖެއް ނެގިކަމެވެ. ސާޝާ އެ ޕެކެޓް ނަގައި ކަނޑަން ފެށީ ވެސް މަލާކަށް ބަލަމުންނެވެ. ސާޝާ ނުހަނު ވިސްނައިގެން އެ ޕެކެޓް ކެނޑިއެއްކަމަކު އޭތި ކެނޑުނު އަޑު މަލާކަށް އިވުނެވެ. އަޑެއް އިވިގެން ދިޔުމާއެކު މަލާކް ގޮނޑި މަޑުކޮށްލަމުން ފަސްއެނބުރި ބަލާލިއެވެ. އެކަން ނޭނގުނު ސާޝާ އެ ޕެކެޓްގެ ތެރެއިން ސިރިންޖް ނަގައި އޭތި މަސައްކަތް ކުރޭތޯ ބަލާލިއެވެ. ސާޝާގެ އެ ޙަރަކާތުން މަލާކްގެ ނިތަށް ރޫގިނަވިއެވެ. އެއީ ކޮންކަހަލަ އިންޖެކްޝަނެއްތޯ ހިތަށްއެރިއެވެ. ސާޝާގެ ހުރި ބައްޔެއްގެ ސަބަބުން ސާޝާ އަމިއްލަ ގަޔަށް ދޭތެރެދޭތެރެއިން ޖަހަންޖެހޭ އެއްޗަކީތޯ ހިތަށްއެރިއެވެ.

 

އެހެނަސް މަލާކްގެ މޭތެރޭގައި ނުތަނަވަސްކަމުގެ ރާޅުބާންޏެއް ނެގީ ސާޝާ އެ ސިރިންޖާއެކީ ކޮޅަށް ތެދުވެލީ ހިނދު އެ މޫނުމަތިން ފެނިގެން ދިޔަ ސީރިއަސްކަމެވެ. އަދި އެ ސިރިންޖާއެކީ އޭނަ ކުރިއަށްދާން ފެށީ އަޔާޒް ވަން ކޮޓަރިއާއި ދިމާލަކަށް އެނގުންވީ ހިނދު މަލާކްގެ ދެލޯ ބޮޑުވިއެވެ. ހިނދުކޮޅަކަށް ހުއްޓުން އެރިއެއްކަމަކު ސާޝާ ގޮސް އެކޮޓަރިއަށް ވަން ވަގުތު މަލާކަށް އޭނަގެ ގޮނޑި އެދިމާލަށް އަނބުރާލެވުނީ ކުއްލިއަކަށެވެ. އެއަށްފަހު އޭނަ ގޮނޑީގެ ފުރޮޅި އަނބުރަން ޤަޞްދުކުރީ ނުހަނު އަވަސްއަވަހަށް ކަމަށްވުމުން އެފަދަ ޙާލަތްތަކުގެ އާދައިގެ މަތިން އޭނަގެ އަތް ތުރުތުރު އެޅިއެވެ. އެ ދިޔަ މަގުމަތީގައި އަޔާޒަށް ގޮވުނެއްކަމަކު އޭނަގެ އަޑު ނިކުތީ ވައި އަޑުންނެވެ. މަލާކް އެ ޙާލުގައި ގޮސް އެ ކޮޓަރީގެ ދޮރު މައްޗަށް އެރި ވަގުތަކީ އަލަމާރީގެ ކައިރީގައި ފޮތަކަށް ބަލައިގެން ހުރި އަޔާޒްގެ ފަހަތުގައި ހުއްޓިހުރި ސާޝާ އޭނަގެ އަތުގައި އޮތް ސިރިންޖް އަޔާޒްގެ ކަނދުރައާއި ދިމާކޮށްގެން ހުރި ވަގުތެވެ.

 

“އަޔާޒް!” އަޑުގެ ކޮޅަށް މަލާކަށް އަޔާޒްގެ ނަމުން ގޮވާލެވުނު ވަގުތަކީ ސާޝާ އަޔާޒްގެ ކަނދުރާއަށް އެ ސިރިންޖް ކޮއްޕާލި ވަގުތެވެ. އެއާއެކު ސިކުންތުކޮޅެއްގެ ތެރޭގައި އަޔާޒްގެ އަތުގައި އޮތް ފޮތް ބިމަށް ވެއްޓި އޭނަގެ ދެލޯ މެރި އޭނަ ކަކޫ މައްޗަށް ތިރިވިއެވެ.

 

ނުނިމޭ

184

14 Comments

 1. Jana

  October 26, 2019 at 4:57 pm

  Assalaam’alaikum. Mi bayaa gulhey post thah In Sha Allah jana maadhamaa genesdheynan 🙂

 2. Eenash

  October 26, 2019 at 5:45 pm

  Vaahaka hama varah reethi. Ma sha Allah. ❤😘 Ekm maagnain English beynun kurhma ehaa kamaku nudhey. Adhi kudakoh ishydhey othyma varah odd. Ey kuh baheh hen eenash ah heevany.😁.

 3. shaaz

  October 26, 2019 at 7:01 pm

  Abadhu emeehunnahtha hurihaa kameh kaamiyaabu vany?

 4. Yanaa

  October 26, 2019 at 8:40 pm

  Mi part varah reethi..maa sha allah….when is next part??waiting for the next part…Hey Ayaaz ah kamei viya nudheichey please please….Dhen mauva ge hageegei ingen v dhw….Avahah next part up kohdheichey..

 5. Saaji waleed

  October 26, 2019 at 11:06 pm

  Varah reethi mi part. Varah curious vey eba dhen vaane gotheh neyngeythee.. alhey mauvaa dhurah dhaan vejje ennun dhen

 6. Alanaasi

  October 27, 2019 at 6:18 am

  ފުރަތަމަ ނަޒަރުން އެ ވެވުނީ ލޯތްބެއް ކަމަށް އޭނާއަށް ހީކުރެވުނީ އޭނާ ބަލަމުން ދިޔަ އެތަށް ފިލްމަކާއި އަޑުއަހަމުން ދިޔަ އެތަށް ލަވައެއްގެ ސަބަބުން ކަމެވެ.

  މިއީ ހާދަ ބޮޑު ޙަގީގަތެކޭ ޖަނާ
  މިކަން މިއަދުގެ ޒުވާން ކުދިންނަށް ވިސްނޭނެ ނަމަ

  މިނިވަންކަމޭ ކިޔާފައި މައުވާގެ ވިސްނުން އެ ހުންނަ ގޮތަށް ދިވެހި މުސްލިމް ކުދިންގެ ވިސްނުން ހުންނަލެއް ވެސް ވަކި މަދެއް ނޫން. އެކުދިން އެހެން ނޫޅުނިމަ ނިމުނީ. އެކަމަކު އެކަން ކުރަން ބޭނުން ބަޔަކަށް އެ ފުރުސަތު ނުދެވެންޏާ އެ އަރައިގަނެވޭނީ އިންސާނީ ހައްގަކަށް، އެމީހުން ދެކޭ ގޮތުގައި

 7. Snow

  October 27, 2019 at 8:36 am

  Havaa nafsa thabavumaky haqqeke nukiyene 👍👍 I support this. Alhamdhulillah ♥️♥️

 8. Jana

  October 27, 2019 at 8:43 pm

  Blog post:

  ‘Freedom of Expression’

  Let’s talk about this elephant in the room that most of us hesitate to talk about. Especially because of the things that we see and the ideas that we are bombarded with each passing day. And even more so because of how people use these very words as an excuse when they bad mouth our deen. So it’s important for us as muslims to be clear about our stand on this.

  This post isn’t necessarily going to be about whether or not it’s right or wrong. But just some reflections on its consequences and how we as muslims are supposed face anyone throwing those words on our faces as they demonize our faith.

  The first thing to note is that these words did not just come to be in this modern age that we see today. These words have echoed throughout history since as long as 5th century. The ones who pronounced freedom of speech and expression as a right, did so with good intentions. They hoped that it would stop the oppression against weak and everyone will have the right to ask for what they deserve. In addition, they hoped that the people will have the freedom to asks for proof if they are not convinced of something. And those who made ‘freedom of speech’ as part of the American constitution also mentioned that there are limitations to this right. For example, one can’t use that freedom to tarnish someone else’s image or spread hate speech.

  So when those ‘intellectuals’ criticize our faith, in order to prove a point, they are actually going against the very idea they seek shelter in as they do so. The fact that they promote their ideas of secularism or atheism just by criticizing our faith, shows the hollowness in their ideas.

  Compare that to the faith that we believe in. Islam! The only religion/ideology in the world that said that there is no forcing when it comes to religion. We can inherit a muslim name and be born in a muslim country. But that does not necessarily mean we are forced to be muslim. Islam asks each and every one of us to think deeply about what is around us and seek the truth, whether we have a muslim name or not. At the end of the day, we have to make that choice on our own.

  Moreover, this is the only faith that said if we believe, we must believe with our eyes open. Look at these powerful words that the Prophet (SAW) was told to say:

  قُلْ هَـٰذِهِ سَبِيلِي أَدْعُو إِلَى اللَّـهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي

  Say, “This is my way; I invite to Allah with insight, I and those who follow me….” Surah Yusuf, 108

  Rasool (SAW) is told to say that this is his way. And that he invites people to this faith with insight. With eyes open. Not just to see what the naked eye can see. But above and beyond what the eye can see. That’s the idea that the word بَصِيرَةٍ gives. Because the nature of human intellect isn’t such that it is satisfied with what is right in front of it. The human intellect tries to seek logic and reason and draw conclusions from everything it senses. And hence we are told to look at everything around us to come to the conclusion on our own that there can be only one God.

  With this statement of Rasool (SAW), and many other ayahs of the Quran, it’s clear that we call people to our faith with solid evidences. Unlike other faiths and ideologies, one of the primary ways we ‘promote’ our faith is by use of facts and logic. And those facts are so obvious that people will accept this faith even without us having to criticize other ideologies. As muslims, we don’t feel that pressure to bring other faiths down in order to prove that our faith is right. And thereby giving us the full liberty of using ‘Freedom of Expression’ the right way to spread our faith. (Not that we need that law to spread our faith anyway)

  So from today, if anyone criticizes your faith, my dear brothers and sisters, don’t you dare feel even an inch of disturbance. Because their criticism, in itself shows the weakness of what they believe in. So instead of being on the weak side, question them about what they believe in. Ask them for an explanation that does not include denouncing other faiths and calling other ideologies a hocus pocus. Because as muslims, our faith gives us the freedom to ask for proofs when we aren’t convinced.

  قُلْ هَاتُوا بُرْهَانَكُمْ إِن كُنتُمْ صَادِقِينَ

  Say, “Produce your proof, if you should be truthful.” Suratul Baqarah, 111

 9. Jana

  October 27, 2019 at 8:45 pm

  Salaam. mi bayaa gulhigen adhi jana genesdheyn beynunvaa post eh ebahuri. e post liyefa adhi jana mirey kuran huri kanthah koffa try kuraanan dhivehi post thah ves post kureveytho. mi post thah kuru nuviyas kiyaalumaky jana ge vvv bodu edhumeh. adhi post in faidha eh kuriyya ehen meehunna hissaa kurun ves varah bodah edhen. Jazaakumullah Khairan!

  https://web.facebook.com/Asr-1445208739121696/

 10. Jana

  October 27, 2019 at 10:28 pm

  Blog post 2:

  Freedom of Expression – Freedom? Or slavery?

  The idea of freedom of speech and expression appeared in the American constitution in the late 18th century. The law came to be in order to protect the rights of all individuals by ensuring that they had the right to ask for what they deserved. It came with limitations such as not using spreading hate speech, not using speech to tarnish ones language and also not using profane words (indecent and vulgar words).

  But then fast forward to the 1990s and the 2000s. Where the world became more global than ever before. Where expressing one’s views became easier than ever before with the advent of technology. Hence the ‘real’ freedom to express began. The era where not only do people share their thoughts in their small circle but shared whatever came to their minds PUBLICLY. Though the law relating to freedom of speech and expression forbade indecency, it quickly became the norm in public for the whole world.

  The result? It’s the heinous ideas that are being popularized in this day and age. People being carried away in their vain desires to the point that they aren’t even clear about how they could fulfill their lusts. People being so obsessed with their desires to the point that it became their utmost priority. Where having the resources to fulfill a purpose in life became less important of a right than having the right to be able choose the gender of the spouse they will have. In what kind of a dip must the human intellect be to be able to think this way?

  It maybe disturbing for some readers as they read this no matter how indirect I’m being with it. But others, are so taken in by this idea, due to the number of songs, movies and celebrities related to it. And they think of this as an absolute right. But I will ask just this question today. Is it possible that a person could want for himself something that is harmful for him? The obvious answer is yes. The next question is, is it possible for an incorrect idea to be spread and popularized due to uncountable people expressing that idea freely? The answer is yes!

  So no matter how popular an idea is, it does not necessarily make it the right idea. Think of the consequences of the issue we are talking about right now. There is a raising generation of young people, who are not happy with their gender. Who are brainwashed to think that their gender is something that they ‘feel’. Just because of which gender they choose to be attracted to, they may even want to change their gender. And so many…so many young people regretting after they have done so.

  We may not see that stage of this issue in our country yet. But the thoughts have already seeped into the minds of our young people. And thus we need to talk and educate them, before it’s too late.

  #Freedom #Sexuality

 11. 💖💖tweety💖💖

  October 28, 2019 at 9:18 am

  when next

 12. Kokkii

  October 29, 2019 at 10:22 am

  Mi part vs vrh reethi maasha allah.. kon irakuntha next part up vaanee? Jana sis.. wattpad ah up kuraa english story ge fahu part up vaanee kon dhuvahakuntha?

 13. Lily

  October 30, 2019 at 1:06 pm

  Than kolheh avahah up kohdhehchey…
  Dhenvaany kihinehbaa.maashaa allah vaahaka v reethi

 14. jiji

  October 30, 2019 at 2:09 pm

  Nice masha allah…ayaaz eyga sign kuriya nudheythi janaa😁..waiting for the next part..ly

Comments are closed.