އެ ލިބުނު ޔަޤީންކަމާއެކީ ވިސާމް މެހެނާޒަށް “ލޯބި” ހުށަހެޅިއެވެ. އޭނަ އުއްމީދު ކުރި ފަދައިން މެހެނާޒް ވަގުތުން އެ “ލޯބި” ޤަބޫލުކޮށް ވިސާމާއި ރައްޓެހިވިއެވެ. އެދުވަހަށްފަހު ވިސާމްގެ ޙަޔާތް ފުރިގެން ދިޔައީ ހިނިތުންވުންތަކުންނެވެ. އޭނައާއި މެހެނާޒް އެކީގައި އުޅޭތަން މާލޭގެ އެކި މަގުތަކުން ފެންނަން ފެށިއެވެ. މެހެނާޒާއެކީ ވަގުތު ހޭދަކުރަމުން ދިޔަވަރަކަށް ވިސާމް އެ ވަގުތުތަކަށް ދެވިހިފަން ފެށިއެވެ. މެހެނާޒްގެ ސޫރަ ގިނަގިނައިން ފެނުމަށް އޭނަގެ ހިތް އެދި ގޮވަމުން ދިޔައެވެ. މެހެނާޒްގެ ހުނުމުގެ އަޑު […]
“އާދެ….މެހެނާޒް.” ޝޯގެ ހޯސްޓް އެހެން ބުނެލުމާއެކު ޓީވީގެ ސްކްރީނަށް އެރީ ބުޅި އިސްތަށިގަނޑެއްގެ ވެރި އަންހެން ކުއްޖެކެވެ. އެކުއްޖާ ހިނިތުންވެލީ މަންޒަރު ފެނިފައި ވިސާމް އެސްފިޔަ ޖަހާލަން ވެސް ހަނދާން ނެތުނެވެ. އެއްވެސް އަންހެން ކުއްޖަކު ރީތި ނުވާވަރަށް އޭނައަށް އެކުއްޖާ ރީތިވީ ކީއްވެކަމެއް ނޭނގެއެވެ. އެ ވަށްމޫނާއި މަޑު ރަތް ކުލައެއް އަރަމުން ދިޔަ އެ އޮމާން ކޮތާފަތާއެކީ ފެންނަމުން ދިޔަ ޖާދުވީ ހިނިތުންވުން އޭނަ އާޝޯޚު ކުރުވިއެވެ. ހޯސްޓް ކުރަމުން ދިޔަ ސުވާލުތަކަށް މެހެނާޒް […]
މަންމައާއި އެގޮތަށް ވާހަކަ ދެކެވުމުން ވިސާމް ހިނދުކޮޅަކަށް ދެރަވެސްވިއެވެ. އެހެނަސް މާ ގިނައިރެއްނުވެ އޭނަ ބެނުންވާ ގޮތަށް ވާހަކަ ދެއްކުމަކީ އޭނަގެ ޙައްޤެއްކަމަށްބުނެ ޝައިޠާނާ އޭނަގެ ހިތުގައި އެ ޢަމަލު ޒީނަތްތެރި ކުރިއެވެ. ވިސާމަށް މިއައި ކުއްލި ބަދަލުގެ ފަހަތުގައިވީ ރާއިފްކަން ރަޝީދާއަށް އެނގުންވީ އެ ރެއެވެ. ރަޝީދާއަށް އެރޭ އެދެމީހުން ސިޓިންގް ރޫމުގައި ބަލަން ތިބި މަންޒަރުތައް ފެނިފައި އޭނައަށް އެ ދެމީހުންގެ ނަމުން އަޑުގެ ކޮޅަށް ގޮވާލެވުނެވެ. ހަމަ އެއާއެކު ގޭގެ އެންމެން […]
އެއީ ހުދުކުލައިގެ ހިލަކުނޑިން ފުރިފައިވި ދަންފުޅިއެކެވެ. އޭތި އަގުހުރި ހަދިޔާއަކަށް ވާންވީ ސަބަބެއް ވިސާމަކަށް އެއްގޮތަކަށް ވެސް ނޭނގެއެވެ. ހަމަ ގައިމުވެސް މިއަށްވުރެ އަގުބޮޑު އެއްޗެހިތައް ބައްޕަ އޭނައަށް ގަނެދީފައިވެއެވެ. އެހެނަސް އެ ސިއްރުވެސް މިއަދު ބައްޕައާއެކީ ވަޅުލެވިގެން ގޮސްފިއެވެ. އެދުވަހު ގެއަށް ދިޔަ ގޮތަށް ވިސާމް އޭނަގެ އަނދިރި ކޮޓަރިއަށްވަދެ ދޮރު ތަޅުލިއެވެ. އަދި އަޑުން އަޑު ނަގައި ރޯންފެށިއެވެ. ބޭރުން އޭނަގެ މަންމަ އޭނައަށް ގޮވާ އަޑު އިވުނެއްކަމަކު އޭނަ އެއަށް އިޖާބަދޭ […]
ހަމަ އެއާއެކު އެކޮޅުން ދެއްކި ވާހަކައަކުން އޭނަގެ ބުމަގޮށްޖެހިގެން ދިޔައެވެ. މާ ގިނައިރެއްނުވެ އައި ރުޅީގައި އޭނަގެ މޫނު ރަތްވެގެން ދިޔަ ހިނދު އޭނަ ކޮޅަށް ތެދުވެ އަތަށް ލެވުނުހާ ބާރަކާއެކީ ފޯނު ބިމަށް ޖަހާލިއެވެ. ފޯނު ތެޅިގެން ދިޔަ އަޑަށް ޝަފަޤް ސިހިގެން ދިޔައިރު މިޝްކާ ހަޅޭއްލަވައިގަންނަމުން ޝަފަޤްގެ ގައިގައި ހިފަހައްޓާލިއެވެ. މިޝްކާގެ ތުރުތުރު އަޅަމުން ހަށިގަނޑުގައި ދެއަތް ވަށާލަމުން ޝަފަޤަށް ވެސް ދެ ލޯ ބޮޑުވެފައި ވިސާމަށް ބަލަން އިނދެވުނީ ބިރުގެންފައިވާ ހިތަކާއެކީގައެވެ. އޭނަ […]
“މޭއި ﷲ ފޮގިވް އޯލް އޮފް ހާރ ސިންސް އެންޑް ގްރާންޓް ހާރ ޖަންނަތުލް ފިރްދައުސް. އާމީން!” ޝިޔާ އޮތީ އެ ދުޢާ ލިޔެފައި އޭގެ ފަހަތުގައި މުގުރިފައި ހުރި ހިތެއްޖަހާފައެވެ. އައިމަނަށް އެއާއި ދިމާލަށް ބަލަން އިނދެވުނީ ބުމަގޮށްޖެހިފައެވެ. އެވަގުތު އައިމަން ޙައިރާންވާންޖެހުނު އެތައް ސަބަބެއްވިއެވެ. އެއްސަބަބަކަށްވެފައިވީ އޭނަ ދަންނަ ޝިޔާއަކީ މިފަދަ ގޮތަކަށް ވާހަކަ ދައްކާ ކުއްޖަކަށް ނުވުމެވެ. އަނެއް ސަބަބަކީ ޝިޔާ އެއްވެސް ދުވަސްވަރެއްގައި މި މެހެނާޒްއެއްގެ ވާހަކަ އޭނަގާތު ދައްކާފައި ނުވުމެވެ. […]
އެއަށްފަހު ތުން ފިއްތާލަމުން އަނެއްއަތުން ދޮރުގެ ތަޅު އަނބުރައި އެ ދޮރު ހުޅުވިއެވެ. އެވަގުތު ފެނުނު މަންޒަރުން އޭނަ ހުއްޓުން އެރިއެވެ. ޝަފަޤް ހުރީ އޭނައަށް ފުރަގަސްވާ ގޮތަށް ޤިބްލައަށް ކުރިމަތިލައިގެން ހަޝަމް ބަނދެ ނަމާދު ކުރާށެވެ. ޝަފަޤްގެ މޫނުގެ ބަދަލުގައި އޭނަގެ ހުދުކުލައިގެ ބޮޑު ދޮޅި ފެންނަމުން ދިޔައިރު ވިސާމްގެ މޫނުމައްޗަށް ވެރިވެފައިވީ ޙައިރާންކަމެވެ. ޝަފަޤް މި ގަޑީގައި ކުއްލިއަކަށް އެ ކުރަނީ ކޮން ނަމާދެއްތޯ އޭނަގެ ހިތަށްއެރިއެވެ. އަޖާއިބެއްފަދަ ކުއްޖެކެވެ. ކޮންމެ ގޮތެއްވިޔަސް ޝަފަޤް […]
“ގޯ ޓު ހެލް މިލްނާ!” ކާރުގެ ކުރީ ސީޓުގައި އިން އައިމަން ފޯނު ހިފަހައްޓައިގެން ހުރެ ރުޅިވެރި އަޑަކުން ބުނެލި އަޑަށް އަޒާންގެ ދެބުމަ ކައިރިވިއެވެ. އެވަގުތު ކާރުގެ ޑްރައިވާރސް ސީޓުގައި އިން އިނގިރޭސި އަދި ދިވެހިވެސް ރަނގަޅަށް ނޭނގޭ ޑްރައިވަރު ކާރު ދުއްވާލައިފިއެވެ. އަޒާން ސުވާލެއް ކުރަން އުޅުނުތަނާހެން އައިމަން އޭނައަށް ބަލާލަމުން ވާހަކަ ދެއްކިއެވެ. “އެ ފޮޓޯތައް ހެދި މީހަކީ އެ މިލްނާ ޒުހެއިރު! ފޮޓޯތައް ޢާއްމުކޮށްފަ އޭނަ މާލެއަށް ގޮސް ފިލައިފި. […]
“އައިމަން ވެސް ގޮވައިގެން ޕްރިންސިޕަލް އޮފީހަށް އިނގޭ؟” އޭނަ އެހެން ބުނެފައި އަޒާނަށް ފަސްދީފައި ދާން ހިނގައިގަތެވެ. ދެންމެ ވިއާމްގެ އެކުވެރިޔާ ދެއްކި ވާހަކައަކާއެކު މި ޚަބަރު އޭނަގެ ސިކުނޑީގައި ތަކުރާރުވުމުން އޭނަގެ ހިތުގައި ނެގި ނުތަނަވަސްކަމުގެ ރާޅުބާންޏާއެކު އޭނައަށް ކޮޅަށް ތެދުވެވުނެވެ. އޭނަ ހާސްކަމެއްގެ ތެރޭގައި ހުރެ ވަގުތުން މިޞްރާބުޖެހީ ކެންޓީނާއި ދިމާލަށެވެ. އޭނަ ކެންޓީންގެ ދޮރުމައްޗަށް އެރިއިރު އެ ދޮރުގެ ކައިރީގައި ހުރި ދިގު މޭޒެއްގެ ކޮޅުގައި އައިމަން އޭނަގެ އެކުވެރިންނާއެކީ އިނެވެ. […]