ވަޢުދު (ތެއްތިރީސްވަނަ ބައި)

- by - 86- December 1, 2019

“މަންމަ ވަރަށް އުފާވާނެ އަހަރެން މި ކާޑު ހަދައިގެން ދިޔައިމަ ދޮންބޭ….ބަލައްޗޭ!” 6 އަހަރުގެ އަޔާޒް އެހެން ބުނެލީ ސިޓިންގް ރޫމުގައި ހުރި ވަކަރު މޭޒުމަތީގައި ގަނޑެއް ބާއްވައިގެން ބިންމަތީގައި އިނދެ އޭގައި އެއްޗެއް ކުރަހައި ކުލަ ޖައްސަމުންނެވެ.

 

“ދޮންބެ ބުނެފީމެއްނު ތި ބޭކާރު ކަންތައް ކުރުމުގެ ބޭނުމެއްނެތޭ؟ ދޮންބެއަށް ހިއެއްނުވޭ ތިހާ ފަސޭހައިން ހެޔޮވާނެ ރުޅިއެއްހެން މަންމަ އައިސްގެން އުޅެނީ. އަޔާޒް އަތުން އެ ތަށި ތެޅުމުގެ ކުރިން ވެސް މަންމަ ހުރީ ރުޅިންނޭ އަޔާޒް. މަންމަ އުޅެނީ ކޮންމެވެސް ކަމަކާ އަޕްސެޓްވެގެން.” ގޭތެރޭގައި ކަންތައް ވަމުން ދިޔަ ގޮތް ކޮންމެވެސް ވަރަކަށް އެނގުންވެފައިވި ނިޝާން އެހެން ބުނެލީ އޭނަ ހިފަހައްޓައިގެން ހުރި ވާހަކަ ފޮތުން ނަޒަރު ވަކި ކުރަމުންނެވެ. މަންމައާއި ބައްޕައާއި ދެމެދު ދެކެވިފައިވި ވާހަކައެއް ނިޝާނަށް އިވިފައިވި ފަހުން އޭނަގެ ތަބީޢަތް ގޯސްވެފައިވިއެވެ.

 

“އަބްސެޓްވުމަކީ ކޮބާ ދޮންބޭ؟” އަޔާޒް މައުސޫމްކަމާއެކީ އަހާލީ ދޮންބެ ދެއްކި ވާހަކައިން ހިނިތުންވުން ފިލާފައި އިނދެއެވެ. އެއާއެކު އަޔާޒްގެ ސުވާލު ގިނަވުމުން އިތުރަށް ނުރުހުންވެގެން ދިޔަ ނިޝާން އަޔާޒަށް ބަލާލީ ވެސް ނުރުހުމުގެ ނަޒަރަކުންނެވެ.

 

“އެއީ ކޮންމެ ކަމަކަށްވިޔަސް ދޮންބެ ބުނާނީ މި ވަގުތަށް މަންމައާ ވާހަކަ ނުދައްކާށޭ….މި ބަސް އަޑުނާހާ އަޔާޒް ދިޔައިމަ މަންމަ އެއްޗެހި ގޮވީމަ ރޮމުން ނާންނާތި!” ނިޝާން އައިސްފައިވި ރުޅީގައި އިންޒާރެއް ފަދައިން އެހެން ބުނެލަމުން ސޯފާއިން ތެދުވެގެން ދިޔައީއެވެ. ދޮންބެ އެ ދިޔަ ގޮތަށް ގޮސް ކޮޓަރިއަށްވަދެ ދޮރު ލައްޕާލި މަންޒަރު ބަލަން އަޔާޒަށް އިނދެވުނީ ދެރަވެފައެވެ. އޭނަ އެހެން އިންދާ ގޭގެ ދޮރު ހުޅުވުނު އަޑަށް އަޔާޒަށް އެދިމާލަށް ބަލާލެވުނެވެ.

 

“އައްސަލާމުޢަލައިކުމް….ގޭގަ އެބަ އުޅޭތަ އެއްވެސް ކުއްޖެއް؟” ދޮރުން ވަދެގެން އައީ ދިގުކޮށް ސަލާމް ގޮވަމުން އެ ސުވާލުކޮށްލި ޙަލީމެވެ. އާދައިގެ މަތިން އޮފީހުން ގެއަށް އައިއިރު ޙަލީމްގެ ޓައިއަށާއި ބެގީއަށް ދޫވެފައިވިއެއްކަމަކު އެ މޫނުމަތީގައިވީ އުޖާލާވި ހިނިތުންވުމެކެވެ. އެ ހިނިތުންވުމާއެކީ އޭނަގެ ބައްޕަގެ އަތުގައި ފިހާރައަކުން ގެނައި ކަރުދާސް ކޮތަޅެއް އޮތް މަންޒަރު ފެނިފައި އަޔާޒަށް ބައްޕައާއި ދިމާލަށް ދުއްވައިގަނެވުނީ އިންތިހާއަށް އުފާވެފައިވި ހިތަކާއި އެކީގައެވެ. އަޔާޒް އައިސް އޭނައާއި ހަމަވުމާއެކު ޙަލީމް ކުރުފައި މައްޗަށް ތިރިވެ އޭނަގެ ހުސްއަތުން އަޔާޒްގެ ގައިގައި ވަށާލަމުން އުރާލިއެވެ. އެއަށްފަހު ފައިމައްޗަށް ތެދުވަމުން ސޯފާއާއި ދިމާލަށް ދާންފެށިއެވެ.

 

“ބައްޕަ ކޯޗެއް ގެނައި މިއަދު ކޮއްކޮމެންނަށް ދޭން؟” އަޔާޒް ބައްޕަގެ އުރުގައި ހުރެ އަނެއްއަތުގައި އޮތް ކޮތަޅު ތެރެއިން އެއްޗެއް ފެނޭތޯ ބަލަމުން ބުނެލިއެވެ.

 

“ފުރަތަމަ ސަލާމުގެ ޖަވާބުދީ އަޔާޒް….ބައްޕަ ބުނީމެއްނު ﷲ ލޯބިވާނީ ސަލާމުގެ ޖަވާބު ފުރިހަމައަށް ދިނީމައޭ؟” ޙަލީމް އެހެން ބުނެލީ އަމިއްލައަށް ސޯފާގައި އިށީނދެ އަޔާޒް އުނގުމަތީގައި ބައިންދަމުން ލޯތްބާއި އެކީގައެވެ.

 

“ވަޢަލައިކުމުއްސަލާމް ވަރަޙްމަތު ﷲ…..އެނގޭތަ ބައްޕާ؟ މިއަދު ސްކޫލްގަ އާންޓީ ސުވާލުކުރީ ﷲ ލޯބިވާނީ ކޮންކޮން ކަންތަކެއް ކުރީމަހޭ. ބުނީމަ ކޮއްކޮ ކުރިކަމަކީ ބައްޕަ ބުނާ އެކިއެކި ކަންތައް ހަނދާންކޮށްފަ ކިޔައިދިނީ. އާންޓީ ބުނީ ކޮއްކޮ ވަރަށް މޮޅޭ….އަދި އެނގޭތަ؟ މިއަދު އެކިއެކި ކުދިން އެކުދިންގެ ބައްޕައާއި މަންމަގެ ވާހަކަ ކިޔައިދޭން ޖެހުނީ. ކިޔައިދިން އިރު އެންމެ މޮޅީ ކޮއްކޮގެ މަންމައާ ބައްޕަ. ކޮއްކޮ ވަރަށް ކިޔައިދޭހިތުން ބުނިން ކޮއްކޮގެ މަންމައާ ބައްޕަވެސް މަސައްކަތް ކުރަނީ މިނިސްޓްރީ އޮފް ހޯމް ފިއާސްގައޭ…..އެކަމަކު ކޮއްކޮއަށް ނޭނގުނު ކިޔައިދޭކަށް ބައްޕަމެން ކުރަނީ ކޮންކަމެއްކަމެއް…” އަޔާޒް ނުހަނު ކިޔައިދޭ ހިތުން އޭނަގެ ބައްޕައަށް އާދައިގެ މަތިން ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އެހެން މީހަކު އަޑުނޭހިޔަސް އޭނަގެ ބައްޕަ އޭނަގެ ވާހަކައަށް ކަނުލައި އަޑުއަހާނެކަން އެނގޭތީވެއެވެ.

 

“ހެހެ….އަސްލުވެސްތަ؟ އަސްލު ބައްޕަމެން މި ކުރަނީ ވަރަށް މުހިއްމު މަސައްކަތެއް. އެއީ ދިވެހި ރާއްޖޭގެ ތެރޭގަ ހިނގާ ކަންތައްތައް ރަނގަޅަށް ބަލަނީ. ބަލާފަ ރަނގަޅު ނޫންކަމެއް ވިއްޔާ އެކަމެއް ހުއްޓުވަން ކުރެވެން އޮތްހާ ކަމެއް ކުރަނީ.” ޙަލީމް އަޔާޒަށް އެނގޭނެ ފަދައަކުން ކިޔައިދިނެވެ. އޭނަގެ ފަހު ޖުމްލަ ބުނެލިއިރު އެ މޫނުމައްޗަށް ހިސާބެއްގެ ސީރިއަސްކަމެއް ވެރިވިއެވެ. އެހިނދު އަޔާޒް އޭނަގެ ވާހަކައަށް އަސްލުވެސްހޭ ބުނެލި ވަގުތު މޭޒުމަތީގައި އޮތް ކާޑު ޙަލީމްގެ ލޮލުގައި އެޅިއެވެ.

 

“މީ ކޮން ކާޑެއް އަޔާޒް؟” ޙަލީމް އަތްދިއްކޮށް އޭތި ނަގަމުން ސުވާލުކުރިއެވެ. މަތީގައި ބޮޑު އަކުރުން ސޮރީއޭ ލިޔެވި ބުރުގާ އަޅައިގެން ހުރި އަންހެނަކު ކުރެހިފައިވުމުން މިއީ މަންމައަށް މަޢާފަށް އަޔާޒް ހަދާފައި އޮތް އެއްޗެއްކަން އެނގުނެވެ.

 

“އެއީ ބައްޕާ…..މިއަދު ކޮއްކޮ ބަދިގޭގެ ކަބަޑު މަތީގައި ހުރި ތަށްޓެއް ހަރުގަނޑުގަ ބާއްވަން އުޅެނިކޮށް އޮޅުމަކުން ކޮއްކޮ އަތުން އޭތި ވެއްޓި ތަޅައިގެން ދިޔައީ. އެހެންވެ މަންމަ ކޮއްކޮއަށް ވަރަށް ރުޅިއައީ. އެހެންވެ ކޮއްކޮ ސޮރީ ބުނަން ހަދާ ކާޑެއް. މީތި ދިނީމަ މަންމަ ވަރަށް ހެޕީވާނެދޯ ބައްޕާ؟ ދޮންބެ ބުނީ މަންމަ އުޅެނީ މާ އަބްސެޓްވެގެންނޯ. މީތި ދިނަސް މަންމަ އުފާނުވާނެޔޯ….އެއީ ތެދެއްތަ ބައްޕާ؟ މަންމަ ބައްޕައަށްވެސް ރުޅީތަ؟ ކީއްވެ މިހާރު ބައްޕައާ އެކީގަ އަންނަން މަޑުނުކޮށް މަންމަ މާ ކުރިން ގެއަށް އަންނަނީ؟” އަޔާޒް އެންމެ ފަހުން ކޮށްލީ އޭނަ އެ ބައްޕަ ކައިރިން ސުވާލުކުރަން ބޭނުންވެގެން ހުރިތާ ދުވަސްކޮޅެއް ފަހުންނެވެ. މަންމަ ކައިރިން ސުވާލުކޮށްކޮށް އެދެވޭ ޖަވާބެއް ނުލިބުމުންނެވެ. އަޔާޒް އެ ސުވާލުކުރުމާއެކު ބައްޕަ ދެރަވެގެން ދިޔަހެން އެ މޫނުމަތިން އަޔާޒަށް ހީވިއެވެ. ހަމަ އެހިނދު ހިތް ދެރަވާން އުޅުނު ވަގުތު ބައްޕަ އަނެއްކާވެސް އޭނައަށް ހިނިތުންވުމެއް ދައްކާލިއެވެ.

 

“ބައްޕައަށް މިހާރު މާ ލަހުން އާދެވެނީ ބައްޕައާއެކީގަ މަސައްކަތް ކުރާ މަސްޢޫދުބެ އޮފީސް ދޫކޮށްފަ ރަށަށް ދިޔައިމަ. ހިއެއްނުވޭ މަސްޢޫދުބެ ދެން އަނބުރާ އަންނާނެ ހެންނެއް. އެހެންވެ މަސްޢޫދުބެ ގެ މަސައްކަތްތައް ވެސް ކުރަންޖެހެނީ ބައްޕަ މިހާރު. އެހެންވީމަ ބޮޑަށް ލަސްވާތީ މަންމަ ކުރިން ގެއަށް އަންނަނީ. އޭރުންނެއްނު އަޔާޒްމެން ސްކޫލުން ގެއަށް އަންނަންވާއިރަށް ތިކުދިން އެކަނި ނުވާނީ؟ ކޮބައިތަ މަންމަ؟ އަދިވެސް ރުޅިއައިސްގެންތަ ހުރީ؟” ޙަލީމް އެ ފަހު ދެ ސުވާލު ކޮށްލީ ލުއި ހިނިތުންވުމަކާއެކީ ވަށައި ކަޅި ހިންގަމުން ސިއްރުސިއްރުންނެވެ.

 

“އާނ ބައްޕާ….ބަދިގޭގަ މަންމަ ހުރީ. ބައްޕަ ހިނގާބަލަ ކޮއްކޮއާއެކީ މި ކާޑުދޭން. ކޮއްކޮއަށް ނުކެރޭނެ އެކަނި ދާކަށް.” އަޔާޒް ވެސް ބަދިގޭގެ ހުޅުވިފައިވި ދޮރަށް ނަޒަރުތައް ދެމުން އެހެން ބުނެލީ ވައި އަޑުންނެވެ.

 

“ކާޑު އެކަނި ދިނީމަ ކަމަކު ނުދާނެ. ކާޑާއެކީ…..މީތިވެސް ދިނީމަ މަންމަ ހެޕީވާނެ!” ޙަލީމް ވާހަކައިގެ މެދުތެރެއިން އޭނަ ކައިރީގައި ބަހައްޓާފައި ހުރި ކޮތަޅުގެ ތެރެއިން ވެނީލާ އައިސްކްރީމް ކުޑަ ތަށްޓެއް ނެގިއެވެ. އޭތި ފެނުމާއެކު އަޔާޒްގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އޭނަ ބޮޑަށް އުފާވީ، މަންމަ އެހެން ނޫނަސް ރުޅި އަންނަ ދުވަސްތަކުގައި ބައްޕަ އެގޮތަށް ކޮންމެވެސް ފޮނި އެއްޗެއް ހަދިޔާ ކުރުމުން މަންމަގެ މޫޑު އަބަދުވެސް ރަނގަޅުވެގެން ދާކަން އެނގޭތީވެއެވެ.

 

“ހިނގާ އަވަހަށް ތީތި މަންމައަށް ދޭން. ކޮއްކޮވެސް ދާނަން!” އަޔާޒް ދެންވެސް ވައި އަޑުން އެހެން ބުނެލީ ބައްޕަގެ އުނގުން ފައިބަމުންނެވެ. އަޔާޒް އެހެން ބުނުމާއެކު އަނެއްކާވެސް ހިނިތުންވުން ފޭދުނު ޙަލީމް ބޯހޫރުވާލިއެވެ.

 

“ނޫން….އަދި އަޔާޒް ދިޔުން ރަނގަޅެއް ނުވާނެ. ބައްޕަ މަންމައާ ވާހަކަ ދައްކައިގެން ހުރިހާ ކަމެއް ރަނގަޅު ކޮށްގެން އަޔާޒްއަށް ގޮވާލާނަން އިނގޭ؟” ޙަލީމް ވާހަކަ ނިންމާލީ ދެންވެސް އަޔާޒަށް ހިނިތުންވުމެއް ދައްކާލަމުން ބޮލުގައި ފިރުމާލަމުންނެވެ. އެއަށްފަހު އެ ކޮތަޅު ތެރެއިން ކުޑަ ޗޮކްލެޓް އައިސްކްރީމް ދެ ތަށި އަޔާޒަށް ދީފައި އެކަތި ދޮންބެއަށް ދީފައި އަނެކަތި ކޮޓަރިއަށް ގޮސް ބޯލުމަށް ބުނެލިއެވެ. އަޔާޒް އުފަލާއެކީ ބޯ ޖަހާލަމުން ބައްޕަ ބުނި ގޮތަށް ހެދިއެވެ. އޭނަ ޢާއްމު ގޮތެއްގައި އެގޮތަށް އެއްޗެއް ލިބުނިއްޔާ އޭތި ބޯނީ ދޮންބެއާއި އެކީގައެވެ. އެހެނަސް ދޮންބެއަށް ހިސާބަކަށް ނުރުހުންވެފައިވުމުން ދޮންބެގެ ތަށި ދީފައި އަޔާޒް އޭނަގެ ތަށްޓާއެކީ އޭނަގެ އަމިއްލަ ކޮޓަރިއަށް ދިޔައީއެވެ. އެކަހަލަ ތަށިތަކުގައި ޢާއްމުކޮށް މަތި ހުޅުވާއިރު ފެންނަ ކަރުދާސްގަނޑުގެ މަތީގައި ކުޑަކުޑަށް ސަމުސަލެއް ބޭއްވިފައި އޮވެއެވެ. އެހެނަސް ކަންދިމާކުރި ގޮތުން އަޔާޒަށް ލިބުނު ތަށީގައި ސަމުސަލެއްނެތެވެ. އެއާއެކު ވީ ފޫހީގައި އަޔާޒް ކޮޓަރިން ބޭރަށް ދިޔައީ ބަދިގެއިން ސަމުސަލެއް ނަގާށެވެ. އެހެނަސް ބަދިގޭގެ ދޮރާއި ގާތްވީވީހެން އޭނަގެ ފިޔަވަޅުތައް މަޑުޖެހުނީ މަންމައާއި ބައްޕަގެ ހޫނު ޒުވާބެއްގެ އަޑު އިވުމުންނެވެ.

 

“ކިތައް ފަހަރުތަ ބުނަންވީ މަލީހާ؟ އަހަންނާ އެ އަންހެން މީހާއާ ދެމެދު އެއްވެސް ގުޅުމެއްނެތް. އަހަންނަކަށް ނޭނގޭ ކާކު ދައްކައިގެން އުޅޭ ވާހަކައެއް ކަމެއްތީ…” ބައްޕަގެ އަޑު މުޅިން ނުކެނޑެނީސް މަންމަގެ އަޑު އިވުނެވެ.

 

“މީހަކު ބުނެގެނެއްނޫން. އަހަންނަށް ހަމަ އެބަ އިނގޭ. ކިތަންމެ ދުވަހެއްވެއްޖެ އަހަންނަށް އެނގޭތާ. ހަމަ ނޭނގޭ ކަމަށް ހަދައިގެން ހުރީ. އެކަމަކު ދެނެއްނޫން. އަހަރެން ވެސް ބޭނުމެއްނޫން ވަކި މިހެން އުޅޭކަށް. އަހަރެން ވެސް ބޭނުން އަހަރެން ދެކެ ލޯބިވާނެ ވަފާތެރި ފިރިއަކު ހޯދަން.” މަންމަ ހިސާބަކަށް ރޮވިފައިވި އަޑަކުން ދެއްކި ވާހަކައިގެ މާނަ އަޔާޒަކަށް ނޭނގުނެވެ. އެނގުނުހާ ވެސް ކަމަކީ މަންމަ އެމީހުން ދޫކޮށްފައި ދާން ބޭނުންވި ކަމެވެ. އެ ހިނދު މާޔޫސްކަމެއް ވެރިވެފައިވި ހިތަކާއެކީ އަޔާޒަށް ބަދިގޭގެ ދޮރުމައްޗަށް އެރުނީއެވެ. އޭރު އެ ކުޑަ ބަދިގޭގެ މެދާއި ހިސާބުގައި ހުއްޓިގެން ތިބި މަންމައާއި ބައްޕަ އަޔާޒަށް ފެނުނެވެ.

 

“ހެޔޮނުވާނެ މަލީހާ! ޝައްކެއްގެ މައްޗަށް ބުރަވެ ހުރެގެންތަ އަހަރުމެންގެ ޢާއިލާ ރޫޅާލަން ތިއުޅެނީ؟ އަހަރުމެންގެ ދަރިންނާމެދު ވިސްނާލަބަލަ!” ބައްޕަ މަންމަގެ ދެއަތުގައި ހިފަހައްޓާލަމުން ބުންޏެވެ. އެހެނަސް މަންމަ ރުޅިވެރިކަމާއެކީ ބައްޕަގެ އަތް ފޮޅުވާލިތަން އަޔާޒަށް ފެނުނެވެ.

 

“މަ ނެތިން ދެން އިތުރު ވާހަކައެއް ދައްކާކަށް….އެއްމަސް….އެއްމަސް ދުވަހުގެ ތެރޭގަ އަހަރެން ޙަލީމް ދޫކޮށް މި ރަށުން ވެސް ފައިބައިގެން ދާނަން!” މަންމަ އެހެން ބުނެލިއިރު އެ ބުނެލި ބަސްތަކާއެކީ މަންމަގެ ލޮލުން ކަރުނަތައް ފެނިފައި އަޔާޒްގެ ލޮލަށް ވެސް ކަރުނަތައް ޖަމާވިއެވެ. ހަމަ އެވަގުތު ބަދިގެއިން ނިކުންނަން ދިމާކުރި މަންމަ އޭނަ ފެނިފައި ހުއްޓުންއެރިއެވެ. އެ ހިނދު ބައްޕަވެސް ފަސްއެނބުރި އޭނައަށް ބަލާލިއެވެ. ބައްޕަ އޭނަ ފެނުމާއެކު ދެރަ ގޮތަކަށް އަޔާޒްއޭ ކިޔައި ގޮވާލިއެވެ. އެހެނަސް ރޮވެން ކައިރިވެފައި ހުރި މަންމަ އޭނައަށް ބަލަން ހުރެފައި ބަދިގެއިން ނިކުމެގެން ދިޔައީއެވެ. އެ ހިނދު އޭނަ މަންމައަށް ދޭން ހެދި ކާޑުގެ ވީދިފައިވި އެތިއެތި ކޮޅުތައް ފަންކާގެ ފަޔާއެކީ ބަދިގޭގެ ތަރުފާލު މަތީގައި އުދުހެމުން ދިޔަތަން އޭނައަށް ފެނުނެވެ. ހަމަ އެހިނދު އޭނަގެ އަތުގައި ހުރި އައިސްކްރީމް ތަށި އޭނަގެ އަތުން ދޫވެގެން ގޮސް ބިންމައްޗަށް ވެއްޓުނު ވަގުތު ބައްޕަ އޭނަގެ ނަމުން ގޮވާލިއެވެ.

 

“އަޔާޒް!” ޚިޔާލުގެ ތެރެއިން ނިކުމެވުނު އަޔާޒަށް އެ އަޑު އިވިގެން ދިޔައީ މަލާކްގެ އަޑުންނެވެ. އެއާއެކު ހަމަހޭވެރިކަމެއް ލިބިގެންދިޔަ އަޔާޒަށް އޭނަގެ ވަށައި ހޯދާލެވުނުއިރު އޭނައަށް އިނދެވުނީ އެއާރޕޯޓް ތެރޭގައި ހުރި ރެސްޓޯރެންޓެއްގައެވެ.

 

“ކޮން ތަނަކަށް ގެއްލިފަ ތިހިރީ؟ އައިސްކްރީމް ވިރީމަ އެހާ މީރެއް ނުވާނެ.” އޭނަގެ ކުރިމަތީގައި އިން މަލާކް އޭނަގެ ކުރިމަތީގައި ހުރި އައިސްކްރީމް ތަށްޓަށް ޢިޝާރާތްކުރަމުން ބުނެލިއެވެ. އެއާއެކު އަޔާޒް އެއްފަހަރު މަލާކަށް އަނެއްފަހަރު އެ ތަށްޓަށް ބަލާލަމުން ހިނިތުންވުމަކާއެކީ ‘އާނދޯ’ އޭ ބުނެލިއެވެ. އެއަށްފަހު އައިސްކްރީމް ބޯން ފެށީ ދެންވެސް ސީރިއަސްވެގެން ދިޔަ މޫނަކާއި އެކީގައެވެ. އެކަން މަލާކަށް ފާހަގަވިއެވެ. ޓެކްސީގައި އޭނަ މަހީރާގެ ވާހަކަ ބުނިފަހުން އަޔާޒް ވަނީ ހިމޭންވެފައެވެ. އެއީ އަޔާޒް ދަންނަ މީހަކީތޯ ހިތަށްއެރިއެވެ. އެމީހާގެ ފަރާތުން އަޔާޒަށް ގެއްލުމެއް ލިބިފައިވަނީތޯ ހިތް ސުވާލުކުރަމުން ދިޔައީ ދޭތެރެދޭތެރެއިން އަޔާޒްގެ މޫނުމަތިން ހިތާމަވެރިކަން ވެސް ފާޅުވަމުން ދިޔަހެން ހީވުމުންނެވެ. މަލާކް އެ ސުވާލުކުރަން އިންތިހާއަށް ބޭނުންވިއެވެ. އެހެނަސް ދެންވެސް ސުވާލުނުކޮށް އަޔާޒްގެ ތަބީޢަތު ރަނގަޅު ކުރެވޭތޯ ބެލުމަށްޓަކައި އައިސްކްރީމަށްފަހު ބުކްޝޮޕަކަށްދާނީދޯއޭ ބުނެލިއެވެ. އަޔާޒް އަނެއްކާވެސް ހިނިތުންވުމެއް ދައްކާލަމުން އޭނަގެ ވާހަކައާއި އެއްބަސްވިއެވެ.

 

އެހެނަސް އެކަން ވެސް އަޔާޒްގެ ސަކަ މިޒާޖު އަނބުރާ ގެނައުމުގައި ނާކާމިޔާބުވިކަން މަލާކަށް އެނގުންވީ ފްލައިޓަށް އަރަން ދިޔަ މަގުމަތީގައި ވެސް އަޔާޒްގެ މޫނުމަތިން ސީރިއަސްކަން ފެނުމުންނެވެ. އޭނަ އަތްދަނޑިމައްޗަށް އުފުއްލައިގެން ފްލައިޓަށް އަރައި ހަމަޖެހުމަށްފަހު ވެސް އަޔާޒްގެ ހިމޭންކަމަށް ބަދަލެއްނައެވެ. އެކަމަށް ކެތްނުކުރެވުމުން އެންމެ ފަހުން މަލާކަށް ވާހަކަ ދެކެވުނެވެ.

 

“އަޔާޒް ކިހިނެއްތަވީ؟ ކަމަކާމެދު ވިސްނަނީތަ؟” މަލާކަށް ފުރަތަމަ ސުވާލު ކޮށްލެވުނީ ޝަކުވާގެ ރާގަކަށް ކަމަށްވިޔަސް އެކަން ފާހަގަވުމުން އޭނަ އޭނަގެ އަޑަށް މަޑުމައިތިރިކަމެއް ގެނައެވެ. އޭނަގެ ސުވާލުން އަޔާޒް އޭނައަށް ބަލާލިއެވެ. އެއަށްފަހު އަސަރެއް ނެތް ގޮތަކަށް ހީލަމުން ކުރިމައްޗަށް ނަޒަރު ހުއްޓާލިއެވެ.

 

“ހުމް…..މިއަދު މާ ބޮޑަށް މަންމައާއި ބައްޕަ މަތިން ހަނދާންވަނީ…” އަޔާޒް ތެދުތެދަށް ބުނެލިއެވެ.

 

“އޮހް….” ބުނާނެ ވަކި އެއްޗެއް ނުވިސްނުމުން މަލާކަށް ބުނެލެވުނެވެ. މަލާކް އެހެން ބުނެލި އަޑަށް އަޔާޒް ތުން ފިއްތާލަމުން އިތުރަށް ކިޔައިދިނެވެ.

 

“ދީނާއި އެހާ ދެކޮޅު ބައެއްގެ ވާހަކަ އިވުނީމަ އެންމެ ބޮޑަށް ބައްޕަ މަތިން ހަނދާންވަނީ. ބައްޕައަކީ ދީނީ ޢިލްމުވެރިއެއް ނޫން. އެކަމަކު ބައްޕަ އެކަހަލަ މީހަކުހެން އަބަދުވެސް އަހަރުމެން ކައިރި ބުނެހެދި ދީން އުނގެނިގެން ތިބޭށޭ. ދީނާއިމެދު ނޭދެވޭ ވާހަކައެއް ދެއްކިޔަސް ނުހެއްލޭނެ ވަރަށް އުނގެނިގެން ތިބޭށޭ…ހެހެ….” އަޔާޒް އެހެން ބުނެލީ ދެންވެސް އޭނަގެ މާޒީގައި ވޭތުވެގެން ދިޔަ މަހީރާގެ އެކިއެކި ޞަފްޙާތަކުގެ މަތިން ހަނދާން އާ ކުރަމުންނެވެ. އަޔާޒް ބުނި އެއްޗަކާމެދު ވިސްނަން އިނދެއިނދެފައި މަލާކަށް ވާހަކަ ދެކެވުނެވެ.

 

“ތިހެން ބުނީމަ މި ހަނދާންވީ….މަލާކްގެ މަންމަވެސް ބުނި ދީނާއިމެދު އުނގެނޭށޭ. މަންމަ މަލާކްގެ ކައިރި އެދުނު އެންމެ ފަހު އެދުމެއްގެ ގޮތުގަ. އެކަމާމެދު ހަނދާން ނައްތާލާފަ މި އުޅެނީ…” މަލާކްވެސް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ އެހެން ބުނެލީ ހިސާބަކަށް އަމިއްލަ ނަފްސު ކުށްވެރި ކުރާ ޙާލުގައެވެ.

 

“އަހަރެންގެ ހިތަށްއަރާ އެއްޗެއް ބުނަންތަ މަލާކް؟ ހިތަށްއަރަނީ ދީނާއި އެއްކޮޅު މީހުންހެއްޔޭ އަހަރުމެންގެ ސިކުނޑި ދޮންނަނީ….އެހެންނޫނީ ދީނާއި ދެކޮޅު މީހުން ހެއްޔޭ…..އެއީ އަހަންނަށް ޖަވާބު ނުލިބިފައި އޮތް ސުވާލަކަށްވީމަ ދީނާއިމެދު އުނގެނެން ޖެހިލުންވަނީ.” އަޔާޒް ތެދުތެދަށް އޭނަގެ ޝުޢޫރުތައް ފާޅުކުރިއެވެ.

 

“ރަނގަޅު ވާހަކައެއް އަޔާޒް ތި ދެއްކީ…..އެކަމަކު ރަނގަޅު ކޮޅެއް އެނގޭނީވެސް އޭގެ ދެކޮޅަށް ފުރިހަމަ ނަޒަރެއް ދިނީމަ ކަންނޭނގެދޯ؟ މަލާކްގެ ވާހަކަ ދައްކަންޏާ މަލާކަށް ވެސް އަދި ދީނާއިމެދު އެހާ ބޮޑަށް ނޭނގޭ. ހަމައެކަނި މަންމަ ދަސްކޮށްދީފަ ހުރި ދުޢާތައް އެނގެނީ. ކިރިޔާވެސް މަލީހާދައްތަ ދިން ނަޞޭޙަތްތަކުގެ ތެރެއިން އާޔަތްތަކުގެ މާނަތައް ކިޔައިދިނީމަ އެނގުނީ އަދި ނޭނގޭވަރު. އަސްލު މަލާކް ވަރަށް ބޭނުން މަލީހާދައްތަ ގޮތަށް އާޔަތްތަކުގެ މާނަ އެނގެން. ޤުރުއާނުން ބުނާ އެއްޗެއް ދެނެގަންނަން ބޭނުން. ކިހިނެއްތަ އަޔާޒްގެ މަންމަ އެ އެއްޗެހި ދަސްކުރީ؟” މަލާކް މިފަހަރު ވަކި ޖެހިލުންވުމެއްނެތި މަލީހާދައްތަގެ ވާހަކަ ދެއްކިއެވެ. އޭނަގެ މަންމަގެ ނަން އިވުމުން އާދައިގެ މަތިން އަޔާޒްގެ ނޭވާ ކުރުވެގެން ދިޔައެއްކަމަކު އޭނަ ހަމައަކަށް އެޅެމުން ވާހަކަ ދެއްކިއެވެ.

 

“ން…ނޭނގެ……މަންމަ ބައްޕަ ކައިރިން ދަސްކުރި އެއްޗެހި ކަންނޭނގެ އެއީ. އަނެއްހެން ބައްޕަ ޢާއްމުކޮށް އުޅޭނީ ތުނބުޅިލީ މީހުންނާއެކީ. އެމީހުން ބައްޕައަށް ކިޔައިދޭނެތާ….އަދި އެހެންނޫނަސް މަންމަ ވަރަށް ފެންނާނެ ޤުރުއާނުގެ ތަރުޖަމާ ހިފައިގެން ހުންނަތަން.” އަޔާޒް ހަނދާންކުރަމުން ކިޔައިދިނެވެ.

 

“އަސްލުވެސްތަ؟ އެހެންވީއިރު ހިނގާބަލަ މިހެން ހަދަން އަޔާޒް. ހިނގާ ދެމީހުން އެކީ ޤުރުއާނުގެ މާނަ ބަލަން ފަށަން. ދެމީހުން އެކީގަ ކަމެއް ފެށީމަ ކުރިއަށް ދިޔުމުގެ ފުރުޞަތު ބޮޑުވާނެ އިން ޝާ ﷲ….މަލާކް އަސްލު ވަރަށް ބޭނުން ޤުރުއާން އުނގެނެން. އަޔާޒް ބޭނުންނުވޭތަ؟ ކިއުރިއަސް ނުވޭތަ އޭގަ ދައްކަނީ ކޮން ވާހަކައެއްކަމާމެދު؟” މަލާކް ހިސާބެއްގެ ޖޯޝަކާއެކީ ސުވާލުކުރިއެވެ. އަޔާޒް ފޫއްސެއްވީ ފަދައަކުން ދެލޯ ހަނިކޮށްލިއެވެ.

 

“ން…ނޭނގެ….އަހަންނަށް ހީވަނީ ހުސް ރަސޫލު ބޭކަލުންގެ ވާހަކަތައްހެން އެފޮތުގަ ހުންނާނީ. ބައްޕަ އަބަދު ކިޔައިދޭނީ ޤުރުއާނުންނޭ ކިޔާފަ ރަސޫލުންގެ ވާހަކަ…” އަޔާޒް ބުންޏެވެ.

 

“އެހެންނެއް ނުވާނެ އަޔާޒް….ވަރަށް ޓަޗިންގް ލެސަންސްތައް ހުންނަ އާޔަތްތައް ވެސް މަންމައާއި މަލީހާދައްތަގެ ފަރާތުން ވެސް މަލާކް އަޑުއެހިން. އަޅެ ހިނގާބަލަ މިކަމާ އުޅެން. އަޔާޒް ތި އަންޝުއާރވެގެން އުޅޭ ކަމެއް ސާފުނުވާނެ ކަމެއްވެސް ނޭނގެއެއްނު؟ އަޔާޒްގެ ބައްޕަގެ އެދުމެއް އަޔާޒް ފުރިހަމަ ކުރަން ބޭނުމެއް ނުވޭތަ؟” މަލާކް ސުވާލުކުރިއެވެ. އެއާއެކު އަޔާޒަށް މަލާކްގެ އެ ސުވާލާއިމެދު ވިސްނަމުން މަލާކަށް ބަލާލެވުނެވެ. ޙަޤީޤަތުގައި ބައްޕައާ ނުލާ ވޭތުވި އަހަރުތަކުގައި އޭނަ ދީނާއިމެދު އުނގެނެން ވަރަށްވެސް ބޭނުންވިއެވެ. ކުޑައިރު ބައްޕަ ނިޔާވިފަހުން އޭނަ އަމިއްލައަށް ވެސް ޤުރުއާނުގެ ތަރުޖަމާ ނަގައިގެން އުޅުނެވެ. އެހެނަސް އެ ތަރުޖަމާއިން އޭނައަށް އެނގޭވަރަށްވުރެ ނޭނގޭ ކަންތައް ގިނަވުމުން އޭނަވަނީ އެކަން ހުއްޓާލާފައެވެ. އަދި އަމުދުން ދީނުގެ އެއްވެސް ކަމެއްކުރާއިރު ބައްޕަ މަތިން ހަނދާންވެފައި ދެރަވާވަރުން އޭނަ އެކަންތަކާއި ދުރުވިއެވެ. ފުރާވަރަށް އެޅުމުން ދިރިއުޅުމުގެ އެހެނިހެން ކަންތައްތަކަށް މާ ބޮޑަށް ސަމާލުކަން ދެވުމުން އޭނަ ދީނާއި އިހުނަށްވުރެވެސް ބޮޑަށް ދުރުވެ ބައްޕަގެ އެ އެދުން މަތިން ހަނދާންނެތޭ ގޮތްވެސްވީއެވެ. އަދި އަމުދުން އޭނަ އެންމެ ފަހަކަށް ރައްޓެހިވި އަންހެން ކުއްޖާ ފާޅުގައި އެއީ ދައްކަން ނުޖެހޭ ވާހަކަތަކެއްކަން އޭނައަށް އަންގާފައިވުމުން އޭނަ ދީނީ ކަންތަކާއި ދުވަހަކުވެސް ދުރުނުވާވަރަށް ދުރުވިއެވެ.

 

އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. އޭނަގެ ކުރިމަތީގައި މިވަގުތު އެހެރި އަންހެން ކުއްޖާގެ ސަބަބުން އެ ހުރިހާ ކަމެއް އެއްފަހަރާ ބަދަލުވާން އުޅުނުހެން އޭނައަށް ހީވިއެވެ. މަލާކް އޭނަގެ ޖަވާބެއްގެ އިންތިޒާރުގައި ބަލަހައްޓައިގެން އިންނަން ފެށުމުން ލުއި ހިނިތުންވުމަކާއެކީ ބޯޖަހާލެވުނީ އެކުއްޖާއާއި އެއްބަސްވުމުގެ ގޮތުންނެވެ. އެކުއްޖާއާއެކީ ކުރާ އެއްވެސް ކަމަކުން އޭނަގެ ހިތަށް ހަމަޖެހުމެއް ނޫނީ ނުލިބޭނެކަން އޭނައަށް ޔަޤީންވީތީވެއެވެ.

 

އަޔާޒާއި މަލާކް ދީނާއިމެދު އުނގެނެން ޢަޒުމެއް ކަނޑައެޅި ވަގުތަކީ އެމީހުން ތިބި ފްލައިޓް ލަސް ދުވެއްޔެއްގައި ދުވަން ފެށި ވަގުތެވެ. އާދައިގެ މަތިން މަލާކް ނުތަނަވަސްކަމާއެކީ ސީޓުގެ އަތްގަނޑުގައި ބާރަށް ހިފަހައްޓާލުމުން އަޔާޒް ބިރުންތޯ އަހާލިއެވެ. އެހެނަސް މަލާކް އޭނައަށް ބަލައި ބޯ ހޫރުވާލަމުން މިކޮޅަށް އައި ފްލައިޓް މަތީގައި އަޔާޒް އޭނައާއި ޙިއްސާކުރި ބަސްތައް ހަނދާންކުރަމުން ކިޔަން އުޅުނެވެ. މަލާކަށް ވަކި ހިސާބަކަށް ކިޔާލެވުމުން އަޔާޒް ފުރިހަމަ ހިނިތުންވުމަކާއެކީ އެ ބަސްތައް ފުރިހަމަ ކޮށްދިނެވެ. އެއާއެކު ދެމީހުން އެކުއެކީގައި ހީލި ވަގުތު އަޔާޒް ދެންވެސް މަލާކަށް އިތުރު އެހީއެއްގެ ގޮތުން މަލާކްގެ އަތްމަތީގައި އޭނަގެ އެއްއަތް އަޅާލިއެވެ.

 

8 ގަޑިއިރުގެ ދަތުރަކަށްފަހު މަލާކާއި އަޔާޒް ރާއްޖެއާއި ހަމައަށް ފޯރީ ރާއްޖެއަށް އިރުއޮއްސުނު ފަހުންނެވެ. އެމީހުން އުއްމީދު ކުރި ފަދައިން މުޅި ޢާއިލާ އެކީގައި އެމީހުން ބަލާ އައިސް ތިއްބެވެ. މަލާކަށް އެ އެންމެންގެ ތެރެއިން ވެސް އެންމެ ބޮޑު ސަމާލުކަމެއް ދެވުނީ އަނުމްއަށެވެ. އާދައިގެ މަތިން އަނުމްގެ މޫނުމަތި މިލާފައިވިކަން މަލާކަށް ފާހަގަވިއެވެ. އަދި ކުރިއާއި ޚިލާފަށް ދޭތެރެދޭތެރެއިން އެ މޫނުމަތިން ކަމަކާމެދު އުދަގޫވެގެން އުޅޭހެން ހީވާ އަސަރުތައް ވެސް ފާޅުވަމުން ދިޔައެވެ. އަޔާޒް ކައިރި އެދިގެން މަލާކް އެމީހުންނާއި އެއްކާރެއްގައި އަނުމް ގެންދިޔައީ އަނުމްގެ އެ މިޒާޖުގެ ފަހަތުގައިވި ސިއްރުގެ ކުޑަ ތަންކޮޅެއްވެސް އޭނައަށް އެނގޭތޯއެވެ. އެހެނަސް އަނުމް ރަނގަޅުތޯ ސުވާލުކުރުމުން އަނުމް ހިނިތުންވުމެއް ދައްކައި ރަނގަޅޭ ބުނެލި ގޮތުން މަލާކަށް އެ ފުރުޞަތެއް ނުލިބުނެވެ. އޭނަ އިތުރަށް ސުވާލުނުކުރީ އަނުމްއާއި އަދި ފަހުން ވާހަކަ ދައްކަން ނިންމަމުންނެވެ.

 

ގެއަށް ގޮސް ވަދެވުމާއެކު ނިޝާން އަޔާޒާއި މަލާކް އަންނަންވާއިރަށް ކޮށްފައި ހުރި ކަންތައް ކިޔައިދިނެވެ. އޭގެ ތެރެއިން އަޔާޒްގެ ކޮޓަރީގެ އޭސީ ހައްދަން ޖެހުނު ވާހަކަ ކިޔައިދިނެވެ.

 

“އެއްދުވަހު ލަޔާން…..އަހަންނަށް ވަރަށް ރުޅިއައިސްގެން ހުރެފަ ގޮސް އެ ކޮޓަރިއަށް ހުރިހާ ރޯޅިއެއް ބޭލީ. އެ ދިޔަގޮތަށް ގޮސް އެނދު އެ ފުށްމިފުށަށް ޖަހާފަ އޭސީ ޖައްސާފަ އޭސީއާ ދިމާލަށް ވަރަށް ބާރަށް ފެންފުޅިއެއް އުކާލީ. ނޭނގޭ ކޮންތަނަކުން އެކުއްޖާ ދަސްކޮށްގެން ކުރި ކަމެއްކަމެއްވެސް. އޭސީގެ ފޭން ކުޑަކޮށް ލޫޒްވެފަ ހުއްޓާ އިއްސޭމެން ގުރޫޕު ގެނެސް ރަނގަޅުކޮށްފަ ހުންނާނީ މިހާރު.” ނިޝާން ލަޔާންގެ ވާހަކަ ދައްކަން އުޅެފައި އެ ވާހަކަ ކުރިއަށް ގެންދިޔައީ ލަޔާން އެތާ ނެތްކަން ޔަޤީންކޮށްފައެވެ. ދޮންބެ ލަޔާންއާއި ބެހޭގޮތުން ކިޔައިދިން އެ ވާހަކަ ޤަބޫލުކުރަން ވެސް އަޔާޒަށް ދަތިވިއެވެ. އެހެނީ ލަޔާނަކީ އެފަދަ ކަމެއް ކުރާވަރަށްވުރެ ހިމޭނުން ހުންނަ ކުއްޖެކެވެ. އެހެނަސް ވޭތުވެ ދިޔަ ދުވަހެއްގައި ލަޔާންއާއިމެދު ކަންތައްވީ ގޮތް ބޮޑުމަންމަ ފަރާތުން އިވިފައިވުމުން އެއީ އޭގެ ސަބަބުން އެކުއްޖާއަށް އައި ބަދަލެއްތޯ އަޔާޒްގެ ހިތަށްއެރިއެވެ. އެ ސުވާލު ހިތަށްވެރިވުމުން ލަޔާނާއިމެދު ޙަމްދަރުދީއެއް އުފެދުނު ވަގުތު ދެންވެސް ލަޔާން އެފަދަ ކަމެއް ކޮށްފާނެކަމާމެދު ހިތުގައި ޝައްކު އުފެދުނެވެ. އެހެނަސް އޭނަ އެވަގުތު އިތުރު ސުވާލެއް ނުކުރީ ވަރުބަލިވެފައިވުމާއެކު ދޮންބެވެސް އިތުރަށް ހިތްދަތި ނުކުރުވުމަށެވެ.

 

ނިޝާންގެ ވާހަކައާއި ބޮޑުމަންމަ އަވަހަށް ކާން ނިކުތުމަށް އެންގި އެންގުމަށްފަހު މަލާކާއި އަޔާޒް ކޮޓަރިއަށް ވަނީ އެކުއެކީގައެވެ. އެއާއެކު މިއަށްފަހު ދެމީހުން ތިބެންޖެހޭނީ ދެ ކޮޓަރިއެއްގައި ކަން އެނގުންވުމުން ދެމީހުންވެސް ހުއްޓުންއެރީ އެއްވަރަކަށެވެ. ކޮޓަރީގެ ވަކި ހިސާބަކަށް ހުއްޓިލަމުން އެކަކު އަނެކަކަށް ބަލާލެވުނީ އިޚްތިޔާރަކާއި ނުލައެވެ. އެއަށްފަހު ޒާތެއްގެ ހިނިތުންވުންތައް ބަދަލުކޮށްފައި ކުރިއަށް ދެވުނެވެ. މަލާކްގެ ބަލި ބަހަނާއަކަށް ހަދައިގެން ވިޔަސް މަލާކާއި އެއްކޮޓަރިއެއްގައި އޮންނަން އަޔާޒްގެ ހިތް އެދުނެވެ. އެހެނަސް މަލާކަކީ ބަލި މީހެއްކަމުގެ އިޙްސާސް ކުރުވަން ބޭނުމެއްނުވުމުން އޭނަ އަވަސްއަވަހަށް ގޮސް އޭނަގެ ކޮޓަރިއަށްވަނެވެ. އާދައިގެ މަތިން ބޮޑުމަންމަ ހުރީ އޭނަ އަންނަން ވާއިރަށް އެނދު ފޮތި ބަދަލުކޮށް ކޮޓަރިއަށް ތަރުތީބުކަމާއި އާރޯކަމެއް ގެނުވާފައެވެ. އަޔާޒް ފޮށި ދަމަމުން ގޮސް ވަކި ހިސާބެއްގައި ބަހައްޓާފައި އޭނަ ކޮނޑުގައި އަޅުވައިގެން އައި ދަބަސް އެނދުމައްޗަށް ދޫކޮށްލިއެވެ. ހަމަ އެހިނދު އޭނަގެ ކިޔަވާ މޭޒުމަތިން ގަދަ ނޫކުލައިގެ ކަވަރެއް ލެއްވިފައިވި އައިޕެޑެއް ފެނިފައި އަޔާޒްގެ ދެބުމަ ކައިރިވިއެވެ. އެހެނީ އޭނަ ގެންގުޅޭ އައި ޕެޑަކީ ކަވަރެއް ލެއްވިފައިވާ އައިޕެޑަކަށް ނުވާތީވެއެވެ. އަދި އަމުދުން މިފަހަކަށް އައިސް ދޮންބެ ވެސް އައިޕެޑެއް ގެންގުޅޭހެން އޭނައަށް ހީނުވުމުން އެ މޭޒުމަތީގައި އެ ގޮތް ނޭނގޭ އާލާތް އޮންނަންވީ ސަބަބެއް އަޔާޒަކަށް ނޭނގުނެވެ.

 

ވިސްނުމެއްގައި ހުރެ އަޔާޒް ގޮސް މޭޒުމަތީގައި އޮތް އެ އައިޕެޑް ނެގިއެވެ. އަދި ކަވަރު އެއްފަރާތް ކޮށްލަމުން އޭގެ އެއްފަރާތުގައި ހުރި ބަޓަނަކަށް ފިތާލިއެވެ. އެއާއެކު ލޮކް ކޯޑެއް ޖެހިފައި ނެތް އެ ސްކްރީނުން ފެނިގެން ދިޔައީ ކޮޓަރިއެއްގެ މަންޒަރެވެ. އަޔާޒް ދެބުމަ ކައިރި ކޮށްލަމުން ރަނގަޅަށް ބަލާލިއިރު އޭގެއިން ފެންނަމުން ދިޔައީ ހަމަ އެވަގުތު މަލާކްގެ ކޮޓަރި ފެންނަމުން ދިޔަ ގޮތެވެ. މިއީ ކުރިން ނެގިފައިވި ވީޑިޔޯއެއްތޯ ޔަޤީން ކުރުމަށްޓަކައި އަޔާޒް މަލާކްގެ ހެދުމަށް ބެލިއެވެ. އެހެނަސް މަލާކް އަޅައިގެން ހުރީ ދާދި ދެންމެއަކު އޭނައަށް ފެނުނު ފިޔާތޮށި ކުލައިގެ ޝޯލްއަކާއި ހުދުކުލައިގެ ކުރުތާއަކާއި ފިޔާތޮށި ކުލައިގެ ތިރިއެކެވެ. ޤަބޫލުކުރަން ވެސް ދަތިވެފައި ހުރެ އަޔާޒް ދިގު ފިޔަވަޅުތަކެއްގައި ގޮސް އޭނަގެ ކޮޓަރީގެ ދޮރު ހުޅުވައި މަލާކްގެ ކޮޓަރީގެ ފިޔަވަޅެއް އަޅާލަމުން ކޮޓަރީގެ ސީލިންގުގެ ކައިރިން ކަނާތް ފަރާތުގެ ކަނަށް ބަލާލިއެވެ. އޭނަ އުއްމީދު ކުރި ފަދައިން އެ ދިމާލުގައި ކުޑަ ކެމެރާއެއް ހަރުކުރެވިފައިވިއެވެ. އޭނަ އެއާއި ދިމާލަށް ޝައްކުގެ ނަޒަރެއް ދިން ވަގުތު މަލާކް ކިހިނެއްވީތޯ އަހާލިއެވެ. މަލާކަށް ބަލާލެވުނު އަޔާޒް ހިނިތުންވެލަން މަސައްކަތް ކުރަމުން ކަމެއްނުވެއޭ ބުނެލީ އޭނަގެ ހިތުގައި އުފެދެން ފެށި ގޮތް ނޭނގޭ ކަންބޮޑުވުން މަލާކާއި ޙިއްސާ ނުކުރުމަށެވެ. އޭގެ ބަދަލުގައި އޭނަ އަނބުރާ އަމިއްލަ ކޮޓަރިއަށް ވަނީ ޖިންސްގެ ޖީބުން ފޯނު ނަގައި ދޮންބެގެ ނަންބަރަށް ގުޅަމުންނެވެ.

 

“ހެލޯ ދޮންބޭ! ކާކުތަ މަލާކްގެ ކޮޓް….ބޭރު ކޮޓަރީގަ ކެމެރާއެއް ހަރުކުރީ؟” އަޔާޒް އަނެއްކާވެސް ކިޔަވާ މޭޒު ކައިރިއަށް ގޮސް އައި ޕެޑުން މަންޒަރު ބަލަމުން ސުވާލުކުރިއެވެ.

 

“ކެމެރާއެކޭ؟” ދޮންބެ ސުވާލުކުރި އަޑު އިވުނެވެ.

 

“އާނ ކެމެރާއެއް. ކެމެރާއިން ލައިވްކޮށް މަންޒަރު އެބަފެނޭ އެތެރޭގެ ކޮޓަރީގަ އޮތް އައިޕެޑަކުން….ކާކުގެ އައިޕެޑެއް މީ؟” އަޔާޒަށް އަހާލެވުނީ ހިސާބަކަށް ހިތް އަވަސްވެފައި ހުރެއެވެ.

 

“އައިޕެޑެކޭ؟….ކާކުގެ އެއްޗެއްބާތީ…..އަޅެ ވީޑިޔޯއަށްލާފަ ތީތި ދައްކާލަބަލަ.” ދޮންބެ ބުނެލިއެވެ. އެއާއެކު އަޔާޒް ވަގުތުން ވީޑިޔޯއަށްލައި ފޯނުގެ ސްކްރީނު އައިޕެޑާއި ދިމާލަށް ދިއްކޮށްލީ އައިޕެޑުގެ ސްކްރީނު ކަވަރުން ނިވާކުރަމުންނެވެ. މަލާކް އުޅެނީ އޭނައާއި ވަކިން ކޮޓަރިއެއްގައިކަން ދޮންބެއަށް އަންގަން ބޭނުމެއްނުވުމުންނެވެ. އޭނަ ދޮންބެއަށް އައިޕެޑް ދައްކާލުމާއެކު ދޮންބެގެ އަޑު އިވުނެވެ.

 

“އޯހް! މިހާރު ހަނދާންވެއްޖެ. ތިއީ ދޮންބެގެ އައިޕެޑޭ….އެ ކެމެރާއަކީ އަޔާޒް ރަޝިޔާގަ ކިޔަވަން އުޅުނުއިރު ބޮޑުމަންމަވެސް ޢުމްރާއަށް ދިޔަ ފަހަރަކު ދޮންބެ ހަރުކުރި ކެމެރާއެއް. ލަޔާންއަށް އެއްދުވަހު އަނެއްކޮޓަރިން ކުރަތްޕެއް ފެނިގެން އެދުވަސްކޮޅު އެ ކޮޓަރީގަ ނިދަން ނުކެރިގެން ތި ކޮޓަރިއަށް ބަދަލުވީ. އެހެންވެ ލަޔާންއާ ލިލިއަން ނިންދަވާފަ ވެސް ކުޑައިރުކޮޅަކަށް ތަނަކަށް ދާއިރު އެ މީހުންނަށް ވާ އެއްޗެއް ބަލަން އެމީހުންގެ މަންމައާ ދޮންބެވެގެން ހަރުކުރި ކެމެރާއެއްތީ….އެކަމަކު ވަރަށް ޒަމާންވެއްޖެ ތި އައިޕެޑް ދޮންބެ ނުދެކޭތާ ވެސް. ބޮޑުމަންމަ އޭރު ޢުމްރާއިން އައިފަހުން ތި އައިޕެޑް ބޭނުމެއްވެސް ނުކުރަން. އެހެންވެ އަޔާޒް އައިއިރު ކެމެރާ އަންއިންސްޓޯލްކުރަން ހަނދާނެއް ނެތީވެސް. އަސްލު ހިއެއްނުކުރަން ދޮންބެ އަތުގަ ތި އައިޕެޑް އޮތްކަމެއްވެސް. ޔަޤީން މި ލަޔާން ކަބަޑު ތެރެ ހާވައިގެން އެއާ ކުޅެމުންކުޅެމުން ގޮސް ތި ކޮޓަރީގަ ބޭއްވީކަން……މައްސަލައެއްނެތް އިނގޭ ކެމެރާ އަންއިންސްޓޯލް ކޮށްލިޔަސް. ތި އައިޕެޑް ވެސް ބާއްވާ. ތިއީ ދޮންބެއާ އެހާ ގުޅޭ އެއްޗެއްނޫން.” ނިޝާން ބުނެލިއެވެ. އެއާއެކު ދޮންބެ އޭތި ބޭނުން ނުވާނީ ކީއްވެކަން ވެސް އަޔާޒަށް ސާފުވިއެވެ. އެއީ ދޮންބެގެ ކުރީގެ އަންހެނުންނާއި ގުޅުންހުރި އެއްޗަކަށްވާތީވެއެވެ.

 

ދޮންބެގެ ވާހަކަތައް އަޑުއަހަން ހުރެފައި އަޔާޒް ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި އެންމެ ރަނގަޅޭ ބުނެލަމުން ފޯނު ކަނޑާލިއެވެ. އެއަށްފަހު އަނެއްކާވެސް އައިޕެޑްގެ ކަވަރު ހުޅުވާލަމުން ސްކްރީނަށް ބަލާލީ އެ ކެމެރާ ނަގާލުމުގެ މަސައްކަތް ފަށަންވީތާއޭ ހިތާހިތުން ކިޔަމުންނެވެ. އެހެނަސް އެވަގުތު ސްކްރީނުން ފެނުނު މަންޒަރުން އަޔާޒްގެ ޚިޔާލު އެހެން ދިމާލަކަށް ދިޔައެވެ. އެވަގުތު އެނދުގެ ކައިރީގައި ހުރި ފޮށި ކައިރީގައި ހުރެފައި    މަލާކް ގޮނޑި ދުއްވަމުން ދެވަނަ ފަހަރަށް ރީތިވާ މޭޒުކައިރިއަށް ދިޔައީއެވެ. އަދި އާދައިގެ މަތިން އޭނަގެ ޝޯލްއިން ޕިންތައް ނައްޓަމުން ޝޯލް ނަގައި އުނގުމަތީގައި ބޭއްވީއެވެ. އެއަށްފަހު ވޫލްއެއްގެ އެހީގައި ލަންބާލެވިފައިވި ފަން އިސްތަށިގަނޑު ނިއުޅާލީއެވެ. އިސްތަށިގަނޑު ނިއުޅާލުމަށްފަހު މަލާކް އިސްތަށިގަނޑު ތެރެއިން އަތް ހިންގައި އިސްތަށިގަނޑުގެ ބައެއް ކޮނޑުމަތިން ގެނެސް ފަރި ބަލަމުން ދިޔަ ގޮތުން އަޔާޒަށް ހިނިތުންވުމެއްގައި ހުރެވުނެވެ. ހަމަ އެ ހިނދު އޭނަގެ ޚިޔާލު ބަދަލުވިއެވެ. ކެމެރާ އަނބުރާ ނުނެގުމަށެވެ. ކުރިއަށް އޮތް ތާނގައި އޭނަ މަލާކްގެ ފަރުވާއަށް ކަންތައް ދަސްކޮށްދީފައި އެކަންތައް ކުރަންޖެހޭނީ މަލާކް އަމިއްލައަށް ކަން ވެސް ހަނދާން ކުރަމުންނެވެ. ކަން މިހެން އޮތްއިރު އެ ކަސްރަތުތައް މަލާކް ހަދަނީ ރަނގަޅަށްތޯއާއި މަލާކް އެހެން އުޅޭއިރު އެއްވެސް ގެއްލުމެއްވޭތޯ ބެލުންވެސް މުހިއްމެވެ.

 

މި ހުރިހާ ކަމަކަށް ވިސްނައި އެ ކެމެރާ ބަހައްޓަން ނިންމި އަޔާޒަށް ނޭނގުނު ކަމަކީ މިއީ އޭނައާއި މަލާކްގެ ހަލާކަށްޓަކައި ރޭވިފައިވި ކިހާ ވަރުގަދަ މަޅިއެއްކަމެވެ.

 

ނުނިމޭ

86

You may also like...

26 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Assalaam’alaikum. mi bai thankolheh maqbool nuvedhaane ehaa serious veema. ekamaku vaahaka kuriah dhaany ves eki rahathakaa ekykan kiyuntherin understand vaane kamah ummeedhukuran. dhen oiy bain anekkaaves happy scenes thah fenigendhaane vaahaka bunelan In Sha Allah. mihen bunevunyma dhen oiy baige kudakuda snapshot ehves jana dheefaanan. ebain Ayaaz hospital eh join kuraany. koffa ulhemun dhanikoh Ayaaz kanboduvaany Malaak ge bayyaai gulhigen Malaak ah dhimaavedhaane nurakkaatheri kamakaamedhu. 🙂

    Next part Thursday ga In Sha Allah. ebain hama yageenunves Anum menge baives annaane. ^_^ ebaives varah liyaahithun jana mihiry. ekamaku mi bai emme rangalhuvaany mihaa hisaabah nimmymahen heevaathy mihaa hisaabah mi genesdhiny

    ⚠Report!
    1. why are you asking that every time? thi noon ehcheh bunan neyngenya anonymous ge vaguthuthah beykaaru kuran comment nukuraa namaves maa rangalhu vaane ennu.. ehn noony anonymous ah olhumakuntha komme faharaku mi story ah aadheveny?

      ⚠Report!
    2. Anonymous: what is what? 🤔

      Meh: ey kuda game ekey Anonymous aa jana kulhey. Mi in molhu vaany rulhi isnukoh kehtherivevey meehaku dho Anonymous? Savaabu hoadhan chance hoadhaidheny Anonymous 🤗

      ⚠Report!
  2. Wowow Masha Allah…nooney Jana sis mi part vx interesting …hehe curiously waiting for the next part

    ⚠Report!
    1. Alhamdhulillah! (All praise and thanks belong to Allah) means a lot ingey sis ❤ next part thursday ga In Sha Allah 😊

      ⚠Report!
  3. ހާދަ ރީއްޗޭ ދޯ މި ބައިވެސް މާޝާﷲ. ދެން އޮތް ބައި ކިޔައިލާހިތުން މިއުޅެނީ. އެހެނެއްކަމަކު ބުރާސްފައްޗަށް ކެތްކުރަންތާ ޖެހޭނީ ދޯ ޖަނާ ސިސް. އަޔާޒް އާއި މަލާކް ދުރުނުކުރުވާތި ކޮންމެހެންވެސް. އޭރުން ހާދަ ދެރަވާނެޔޭ. ދެން އޮތް ބަޔަށް އިންތިޒާރުގައި މީނީ އިނގެ ސިސް. ލަވް ޔޫ

    ⚠Report!
    1. Aan dho buraasfahchah wait kuran jeheyny. Hehe….emeehun kaireega behetteytho mi balany ingey. Alhamdhulillah! 😊❤

      ⚠Report!
  4. Assalaam’ alaikum jana sis ❤️❤️❤️😊😊😊… Mi part vx hama v v v reethi vefa interesting ❤️❤️❤️💜💜💜💙💙💙💚💚💚💛💛💛😍😍😍🌹🌹🌹🌻🌻🌻🌷🌷🌷🌺🌺🌺… Comment nukurevunas regular koh hurihaa parteh vx kiyan 😊😊😊… Mi Story invx Maa Sha Allah v gina messages thakeh libey aslu 😊😊😊👍👍👍… Mind Negative koh hunna vaguthehgavx story kiyaaleema eba positive vegen dhey 😊😊😊… Ragalhah visnumah baaru alhaa 😊😊😊… Alhuganduge kankan vx ragalhu vaane kamah ummeedhukurevey bodah 😊😊😊… V faseyha kamaaeku understand vey aslu jana sis ge story inn kankan 😊😊😊… Aslu baeh faharu faruvaa kuda kurevey faharu aadhey… Own life ge kankamuga maa bxy v ma dheenaa medhu faruvaa kuda kurey… Ekamaa hithaamavx kuran 🙁🙁🙁… Story inn ekankan hadhaan vegen dhey kiyaalaairu… Alhugandugemenah hadhaan koh dhinumah vx mikankan himanaathy v v ufaa kuran… N v gina kudhinnah heevaa ehcheh aee Quran ga vany hama ekani rasoolubeykalunge vaahaka thakey… Ekamaku aslu malaak bunihen v touching lessons himeney 😊😊😊… V shaugveri vaahaka thakeh himeney… Suvarugeyge vaahaka thakaa Allah ge hazrathun libigendhaa niumaithah 😊😊😊… I love it ❤️❤️❤️… N blog post thakah v wait kuran… V v faidhaa kurey blog posts thakun 😊😊😊👍👍👍… Keep up the good work jana sis ❤️❤️❤️👍👍👍👏👏👏❤️❤️❤️… Lots of love jana sis ❤️❤️❤️💛💛💛💚💚💚💜💜💜💙💙💙😘😘😘🌹🌹🌹🌻🌻🌻🌷🌷🌷🌺🌺🌺😍😍😍😊😊😊… Sorry for the long comment…

    ⚠Report!
    1. Haadha zamaaneh fahunney shifoo ge comment eh mi fenuny….vvvvv ufaavejje shifoo ge comment eh fenunyma. Adhi varah bodu hiyvvareh ves libijje vaahakain faidha eh kuraakan engunyma. Alhamdhulillah!

      Shifoo thi highlight kurihen Quranuga hunnany hama ekani eh zaathegge vaahaka eh noon. Haqeeqathuga aharumenge dhiriulhumuga dhimaavaa eki eki kanthahthakuge halluthah ves fennaane aayaiythakun. Ekan ihsaas kureveyny e aayaiythah ungeni e aayaiythakaa medhu visnan masakkaiy kuraa meehakah.

      Maai Allah alhamenge hiythakugai Quran attakai loabi lavvaashi. Ameen!

      Much love shifoo sis 💜💙💚💛🧡❤

      ⚠Report!
  5. Kotareega camera eh hurun massala akah nuvaane keevve tha. Ayaz men Russia ga huri suite ga ves camera eh huri dho. E adhi fennaanennu ethaange staff ah ves. Malak buruga naalha ulhey iru ves. Evves privacy eh noannaane. Husband and wife viyas privacy beynun vaane ekaku anekegge faraathun.
    Ehen meehakah nufenunas ves eii haadha uncomfortable kamekey. And it’s very dangerous too. I can never live in a room like that. Buruga naalha amilla photo evves nunagan. E varihama ehen insaanakah nufenunas. Kuda kujjehge kotari nama okay
    Ayaz please uninstall it

    ⚠Report!
    1. Subhaanalaahi Alanaasi camera thakaa gulheygothun haadha bodu qaraarekey. But i feel you to some point as you say this. Jana ahves kereynee noonviyya hirilanves egothah meehaku balan hurihen heevanya. Hehe 😅💜

      Ekamaku hotel camera thakaa gulheygothun jana bunelan beynun vaahaka thah ebahuri. Aammukoh hotel ge security attakai camera thsh hunnaany room thakuge beyruthereyga ekani. Room thereyga camera harukurun baeh qaumuthakuga manaa ves vaane. Ekamaku baeh faharu hotel ah kurimathivaa kamegge sababun security varugadha kurumah room ge thereyga ves camera harukurey. Baeh hotel thakuga hunnaany foruvaafa hunna camera thah. Ekamaku aneh bai hotel thakun customers aa clearly communicate koffa onnaany camera thah huri thanthanuge vaahaka. Ekan dhimaaveema Ayaaz amilla ah gulhaafa dho bunyves cctv footage fonuvaashey? Maana aky Ayaaz ah kurinves engeyey. Plus e camera hury sitting room ga dho? Kotareega eh noon. Suite thereyga camera hunna iruves privacy policy eh onnaane. Policy aa dhekolhah e cctv in muvazzafaku view kuriyya court ah massalaves hushahelheyne. Aammugothegga cctv footage view kuraanyves police case akah beynunviyya 🤗

      Saafuvejje kamah ummeedhukuran Alanaasi. Dhen balamaa dho Ayaaz e camera in kuraakameh. Hehe 😊

      ⚠Report!
  6. Masha Allah mi partves vvvv reethi jana pix e dhemeehunah dheragotheh viyaka nudhehchey ingey waiting next part

    ⚠Report!
    1. Alhamdhulillah! Edhemeehunnah rangalhah kanthah kureveytho mi balany. Balaa dho vaagotheh In Sha Allah. Next part thursday ga In Sha Allah 😊

      ⚠Report!
  7. Blog post:

    Many parents think…what would it take for my child to be the very best? Does it take some special tutors? Does it take a colourful and active daycare? Does it take some magical parenting skills that are so hard to learn?

    But at the end of the day, it’s quite simple. All it takes, is an ear that’s ready to listen. A heart that truly cares about how they feel. A day that includes some extra few minutes with them planned to give them unwavering attention. A true desire to see them succeed both in this world and in the next. A tongue that’s able to communicate genuine love and respect for them.

    While we think of the grand things we could do for our kids, many times we forget these little things that mean so much to them. I’m not a parent but I can say this from my experience with quite a number of kids. The day we start listening to them and caring about how they feel, we would realize just how much pain they were hiding all along. How they were coping with feelings of loneliness that they faced because of us. And it would melt our hearts to see how they change, when we start showing them love.

    So show them love and compassion, while they are still asking for it. Tell them that you want Allah’s love for them, while they are still listening to you. Only then is there hope that they will at least think about deen once they grow up. Because they heard it from someone who genuinely cared about them.

    May Allah make us of those who love and care about the little ones around us genuinely. And Allah make them and our future generations of children righteous people who will stand up for this faith. Ameen!

    “Whoever does not show mercy to others, will not be treated mercifully” (Sahih Bukhaari)

    ***********************************

    ވަރަށް ގިނަ ބެލެނިވެރިން އެއާއިމެދު ވިސްނާ ސުވާލެކެވެ. އަހަރެންގެ ދަރިފުޅު ހުރިހާ ގޮތަކުން ކާމިޔާބު ކުއްޖަކަށް ހަދާނީ ކިހިނެއް ހެއްޔެވެ؟ އެކަމަށް ބޭނުންވާނީ ވަކި ޚާއްޞަ ޓިއުޝަންތަކެއްދޭ މީހުން ހެއްޔެވެ؟ އެހެންނޫނީ ކުލަގަދަ އަދި ގިނަގުނަ ޙަރަކާތްތައް ހިންގޭ ޑޭކެއާރއެއް ހެއްޔެވެ؟ އެހެނީ ޙާޞިލުކުރަން ނުހަނު އުދަގޫ ބެލެނިވެރިކަމުގެ ހުނަރެއް ހެއްޔެވެ؟

    އެހެނަސް ޙަޤީޤަތަކީ އެއީ އަޅުގަނޑުމެން ހީކުރާވަރަށްވުރެ ފަސޭހަކަމެއްކަމެވެ. އެކަމަށްޓަކައި ބޭނުންވާހާވެސް ކަމަކީ އެކުދިންގެ ވާހަކަތައް އަޑުއަހާނެ ކަންފަތެކެވެ. އެކުދިންގެ އިޙްސާސްތަކާމެދު އަޅާލާނެ ހިތެކެވެ. އެކުދިންނަށް ފުރިހަމަ ސަމާލުކަން ދޭން ވަގުތުކޮޅެއް ރޭވިފައި އޮތް ދުވަހެކެވެ. އެކުދިންނަށްޓަކައި ދެދުނިޔޭގެ ބާއްޖަވެރިކަމަށް އެދޭ ވަރުގަދަ އެދުމެކެވެ. އެކުދިންނަށްޓަކައި ހިތުގައިވާ ލޯތްބާއި އިޙްތިރާމް ކިޔައިދެވޭނެ ދުލެކެވެ.

    އަޅުގަނޑުމެންގެ ކުދިންނަށްޓަކައި ކުރެވޭނެ ބޮޑެތި ކަންތަކާމެދު އަބަދުހެން ވިސްނުމުގެ ސަބަބުން، އެކުދިން އެންމެ ބޮޑަށް ބޭނުންވާ މި ކުދިކުދި ކަންތައްތަކާމެދު އަޅުގަނޑުމެން ހަނދާން ނެތޭ ގޮތްވެއެވެ. އަޅުގަނޑަކީ ބެލެނިވެރިއަކީމެއްނޫނެވެ. އެހެނަސް ނުހަނު ގިނަ ކުޑަކުދިންނާއެކީ އަޅުގަނޑު ކުރި ތަޖުރިބާގެ އަލީގައި އަޅުގަނޑު މި ވާހަކަ ބުނެލާނަމެވެ. އަޅުގަނޑުމެން އެކުދިންގެ ވާހަކަތައް އަޑުއަހައި އެކުދިންގެ އިޙްސާސްތަކާމެދު އަޅާލާން ފަށާ ދުވަހުން ފެށިގެން އެކުދިން ތަޙައްމަލުކޮށްފައިވި ހިތާމަތައް އަޅުގަނޑުމެންނަށް އެނގިގެންދާނެއެވެ. އަޅުގަނޑުމެންގެ ސަބަބުން އެކުދިންނަށް ކުރިމަތިވި އެކަނިވެރިކަމާއި އެކުދިން ކުރިމަތިލީ ގޮތް އަޅުގަނޑުމެންނަށް އިޙްސާސްވާނެއެވެ. އަދި އަޅުގަނޑުމެން ލޯބިދޭން ފެށުމުން އެކުދިންގެ އުޅުމަށް ހެޔޮ ބަދަލު އަންނަ މަންޒަރު ފެނިފައި އަޅުގަނޑުމެންގެ ހިތްތައް ވިރިގެންދާނެކަން ގައިމެވެ.

    އެހެންކަމުން މިއަދު އެކުދިން އެކަމަށް ބޭނުންވެފައިވީ ހިނދު އެކުދިންނަށް ލޯތްބާއި އަޅާލުން ދޭށެވެ. އެކުދިންނަށް ﷲ ގެ ލޯބިފުޅު ލިބުމަކީ ތިބާގެ އެދުމެއް ކަމުގައި ބުނާށެވެ. އެކުދިން ބޮޑުވުމުން ކިރިޔާވެސް ދީނާއިމެދު ވިސްނުމުގެ ފުރުޞަތު އޮތީ އެހެން ހެދުމުންނެވެ. އެއީ އެވާހަކަ އެކުދިންނަށް އިވުނީ އެކުދިންނާމެދު އަޅާލާ މީހެއްގެ ފަރާތުން ކަމަށްވުމުންނެވެ.

    މާތް ﷲ އަޅަމެންނަކީ ކުޑަކުދިންނަށް ލޯތްބާއި އަޅާލުންދޭ ބަޔަކު ކަމުގައި ލައްވާށި! އަދި އެކުދިންނާއި އަޅަމެންގެ މުސްތަޤްބަލުގައި އަންނާނެ ދަރިފަސްކޮޅަކީ މި ދީނަށްޓަކައި ތެދުވާނެ ތަޤްވާވެރި ބަޔަކު ކަމުގައި ލައްވާށި! އާމީން!

    “އެހެންމީހުންނަށް ރަޙުމްނުކުރާ މީހަކަށް ރަޙްމަތް ނުލައްވާނެއެވެ.” (ސަޙީޙުލް ބުޚާރީ)

    ⚠Report!
  8. Finally feshigen mibkiyaalevunnyy
    Varah varah reethi mi vaahaka
    It had became my favourite story now
    Curiously waiting for the next part
    N Jana plxxx ayaaz n malaak vaki nukuru vahcheyy
    I’m waiting e dhemeehunnah vxx ekaku anekahdheke vAa lawbi realise vaane dhuvahakah
    Plxxx maufa fadha meehunge makaruvei reyvunthakugai ayaaz men nubahdhah cheyyy
    ❤️❤️😘😘😁😁🥰🥰🥰🤩🤩🤩😍😍
    Aslu vxxxx varah reethi mi storyy
    May Allah bless u
    ❤️❤️❤️😍😍😍😍😍😍😘😘

    ⚠Report!
    1. Subhaanallahi aslukoh tha Dark princess? midhuvaskolhu hama nethy dho kuranvy dhevana kameh? hehe….free veema veehaves ginain Quran aa gaaiy vaanves masakkaiy kurahchey ingey sis. In Sha Allah dhen oiy bain feshigen vaahakaige thereinves annaane Quranaai gaaiy vaane eki eki goiythah. Next part In Sha Allah maadhamaa rey 9 hikah haairu up kohdheynan. May Allah bless you too sis. Ameen! :* <3 <3 <3

      ⚠Report!
  9. Jana sis . I love the way how you explains the beauty of Quran and islami religion .. I want to clarify some information about Quran and Islamic religion . Is there anyway that I can contact with you . ?

    ⚠Report!
    1. Alhamdhulillah! 🙂

      just mail it to me sis. my mail is:

      [email protected]

      if you want to talk more even after the question, i could send you my number through mail so its easier to talk from then on. Any other sisters who would like to ask me anything can do the same In Sha Allah. would be happy to be of any help to you In Sha Allah. Much love <3

      ⚠Report!

Leave a Reply

Your email address will not be published.