Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ވަޢުދު (އެއްތިރީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
November 25, 2019 11 Mins Read
29 Comments

“ތުއްތާ!” ތަނަވަސް ސިޓިންގް ރޫމެއްގެ މެދުގައި ބެހެއްޓިފައިވި މޭޒުމަތީގައި އޮތް މައްޔިތާ 6 ވަރަކަށް މީހުންވެގެން ނަގައި ހިއްލާލި ވަގުތު ޒުވާން ފިރިހެން ކުއްޖެއްގެ ރޮވިފައިވާ ހަރު އަޑު މުޅި ތަނުގައި ގުގުމާލިއެވެ. އެއާއެކު އެތާތިބި އެންމެންގެ ނަޒަރު އެ ކުއްޖާއަށް އަމާޒުވެގެން ދިޔައެވެ. ހީވާ ގޮތުން އެކުއްޖާ އެހާއިރުވީއިރު ވެސް އޭނަގެ ދައްތަ ބޭއްވިފައި އޮތް މޭޒާއި އެހާ ދުރުގައި ހުރީ އެތާތިބި ބޮޑެތި މީހުންތަކުގެ ތެރެއިން ޖާގަ ނެހެދިގެންނެވެ. އެހެނަސް އޭނަގެ ދައްތަ ސިޓިންގް ރޫމުގެ ދޮރުން ބޭރުކުރެވެން ފެށި ވަގުތު އޭނަ އެ ދިމާލަށް ދާން އުޅުމުން ކައިރީގައި ތިބި ބިޔަ ދެ ފިރިހެނުން އޭނަގެ ދެފަރާތުން ހިފަހައްޓާލި ގޮތުން އޭނަ ހިފެހެއްޓިފައިވީކަން އެނގެއެވެ. އޭނަގެ ދައްތަ ލޯމައްޗަށް ގެއްލުނުތަނާހެން ގޭތެރެއަށް ޖަމާވެފައިވި މީހުން މަދުވަމުން ދިޔަދިޔަހެން އޭނަގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. ދެންވެސް ތުއްތާއޭ ކިޔައި ތަކުރާރުކޮށް ބާރަށް ހަޅޭއްލެވީ އޭނަގެ ދެފަރާތުގައި ތިބި ދެ ފިރިހެނުންގެ ކިބައިން ސަލާމަތްވާން މަސައްކަތް ކުރަމުންނެވެ. ދޫކުރާށޭ ބުނެ އެ ދެފިރިހެނުންނަށް ލޯ އަޅަމުން ދިޔައީ ލޮލުގެ ހުދުބަޔަށް ރަތްކުލަ އަރަން ފާށާފައިވާ ޙާލުގައެވެ. އެވަގުތު ގެއިން ނިކުންނަން ޚިޔާލުވެސް ނުކޮށް ތިބި 3 މެދު ޢުމުރުގެ ފިރިހެނުން އެ ޒުވާނާއަށް މަލާމާތުގެ ނަޒަރުތައް ރައްދުކުރަމުން ދިޔައެވެ. ހިލަ ހިތްތަކެއްގެ އެ ވެރިންގެ ތެރެއިން އެކަކު އެ ޒުވާނާއަށް ބަލަން ހުރެ ޗޮއްކަނޑަން ފެށުމުން ޒުވާނާގެ ނަޒަރު އޭނައަށް އަމާޒުވިއެވެ. އެއާއެކު އެ ފިރިހެން މީހާ ހުތުރު ބަސްތަކެއް ކިޔާލިއެވެ.

 

“ހުއްޓާލަންވެއްޖެއެއްނު؟ އެއީ އެހެންނޫނަސް އަހަރުމެން ބޭނުންކޮށްފަ ބާކީވެފަ ހުރި އަންހެނެއް. އޭނަ ދުނިޔޭގަ ހުރުމަށްވުރެ ނެތުމެއްނު ރަނގަޅީ؟ އޭނަ އަހަރުމެން ދޫކޮށްލި ނަމަވެސް ދައްކަން ހުންނާނީ މާ ރީތި ވާހަކަތަކެއް ނޫންވިއްޔާ!” ފިރިހެން މީހާ ބުނެލި ބަސްތަކުން ހިތަށްވެރިވި ހިތްދަތިކަމާއި ރުޅިވެރިކަމާއެކީ ދެގުނަވީ ހިނދު ޒުވާނާ ލޮލަށް ވެރިވެފައިވި ކަރުނަތަކާއެކީ ރޫރޫއެޅިއެވެ. އޭގެ ދެވަނަ ސިކުންތުގައި ދަތްކުނޑި ވިކި ބުމަގޮށްޖެހިގެން ދިޔަ ވަގުތު އޭނަ ކުއްލިއަކަށް އޭނަގެ އަތުގައި ހިފަހައްޓައިގެން ހުރި އެއް ފިރިހެނެއްގެ އަތުގައި ދަތް އަޅާލިއެވެ. ފިރިހެން މީހާގެ ހަޅޭކުގެ އަޑަށް އޭނަގެ އަނެއް ފަރާތުގައި ހުރި ފިރިހެން މީހާގެ ގެ އަތަށް ވެސް ދުލަށް ދެވުމުން ޒުވާނާ ފުރުޞަތުގެ ބޭނުން ހިފައި ދެއަތް ވެސް ފޮޅުވާލަމުން އެ ތިން ފިރިހެނުންނާއި ދިމާލަށް ދިގު ފިޔަވަޅުތަކެއްގައި ދިޔައީ އެ ދެމީހުންގެ ދުވަސް ދުއްވަންކަން އެ މޫނަށް ބަލާލި ކޮންމެ މީހަކަށް އެނގޭނެއެވެ. އެހެނަސް އެ މެދު ޢުމުރުގެ ފިރިހެނުން އެމީހުންނަށްވުރެ އިސްކޮޅުން ވެސް ކުރު ފުރާވަރުގެ އެ ޒުވާނާ އެމީހުންނާއި ދިމާލަށް އަންނަ މަންޒަރު ފެނިފައި އެމީހުން ވަކި ސަލާމަތްވާން މަސައްކަތް ނުކުރީ އޭނައަށް ވަކި ކުރެވޭނެ ކަމެއް ނޯންނާނެއޭ ހިތާއެވެ. އެހެނަސް އެ ޒުވާނާ ކަންތައް ކުރީ އެމީހުން ހީވެސްކޮށްގެން ތިބި ގޮތަކަށް ނޫނެވެ. ޒުވާނާ އެ ދިޔަ ގޮތަށް ގޮސް އެތާހުރި އަރިމަތީ މޭޒުމަތީގައި ހުރި ފެހި ކުލައިގެ ބިއްލޫރި ފުޅިއެއް ނަގައި ދެވަނަ ވިސްނުމެއްވެސް ނެތި އޭތި އެ ތިން ފިރިހެނުންނާއި ދިމާލަށް އުކާލިއެވެ. އޭތި އެ ދިޔަގޮތަށް ގޮސް އޭގެއިން އެއް ފިރިހެނެއްގެ ބޮލުގައި ޖެހި ތަޅައިގެން ދިޔަދިޔަހެން އެމީހާގެ ބޮލަށް އެނބުރުން އަރައިގެން ގޮސް ބިންމައްޗަށް ވެއްޓުނެވެ. ދެން ތިބި ދެ ފިރިހެނުން އެމީހުންގެ އެކުވެރިޔާއަށް ބަލަން ތިބެފައި އެ ޒުވާނާއަށް ބަލާލި ވަގުތު ޒުވާނާ އެތާ ދެން ހުރި ބިއްލޫރި ފުޅި މޭޒުގައި ޖަހައި ތަޅާލަމުން އޭގެ ތޫނު ބައިން އޭނަގެ ފަހަތުން އައިސް އޭނައާއި އަރާ ހަމަކުރި ދެ ފިރިހެނުން ހަޅޭކަކާއެކީ ޒަޚަމް ކުރިއެވެ. އެމީހުން ހުއްޓުން އަރާފައި ތިއްބާ ދެން ތިބި ދެ ފިރިހެނުން އޭނައާއި ދިމާލަށް އަންނަން ފެށުމުން ޒުވާނާ ހަމަ އެ ފުޅީގެ ބަޔާއެކީ އެދެމީހުންނާއި ދިމާލަށް ދިޔައެވެ. އެހެނަސް މިފަހަރު އޭނަ އެމީހުންނާއި ހަމައަށް ދިޔަތަނާހެން އެކަކު އޭނަގެ ފުޅި ހިފައިގެން ހުރި އަތުގެ ކުޑަ ހުޅުގައި ބާރަށް ހިފައި އަނބުރާލަމުން ގަތް ވޭނުގައި ހަޅޭއްލެވުނު ވަގުތު އަތުން ފުޅީގެ އެ ބައި ދޫވެގެން ގޮސް ބިންމަތީގައި ޖެހި އޭތި ތަޅައިގެން ދިޔައެވެ. އޭގެ ދެވަނަ ސިކުންތުގައި އޭގެ ތެރެއިން އެއްފިރިހެނެއްގެ ހޫނު އެތިފަހަރެއް ޒުވާނާގެ މޫނުމައްޗަށް އެރިއެވެ. ކިތަންމެ ތަދެއްވިއެއްކަމަކު އޭނަގެ ތުއްތައަށްޓަކައި ހިތުގައި އޮތް ރުޅިވެރިކަމެއް ސަބަބުން ޒުވާނާ ގޮށްމުއްކަވައި އެމީހުން ގައިގައި ޖަހަންފެށީ މަރާލާނަމޭ ކިޔައި ހަޅޭއްލަވަމުންނެވެ. ޒުވާނާ އެ ހަތަރު ފިރިހެނުންނާއި ތަޅަން ފެށިތާ މާ ގިނައިރެއްނުވެ އޭނަގެ މޫނުގެ އެކި ތަންތަން ނޫފަންގަނެ ނޭފަތުން ލޭ އަންނަން ފެށިއެވެ. ގައިގެ ވަރު ދެރަވިއެއްކަމަކު އޭނަ އަތްއުފުލަމުން ދިޔައީ އޭނަގެ ލޯ ކުރިމަތިން އޭނަގެ ތުއްތައަށް އަނިޔާ ލިބުނު މަންޒަރުތައް ހަނދާންކުރަމުން ދެލޯ ކަރުނުން ފުސްވެފައިވާ ޙާލުގައެވެ. އެ ތަޅާފޮޅުމުގެ ތެރެއިން ޒުވާނާގެ ދެފައިން ވާގި ދޫވާން އުޅުނު ވަގުތު ކޯޓު ފަޓުލޫނުގައި ހުރި ފިރިހެނަކު އެތަނަށް އައިސް ހުއްޓާލާށޭ ކިޔައި ގޮވާލިއެވެ. އެއާއެކު ޒުވާނާއާއެކީ ދެން ތިބި މީހުން ވެސް އެދިމާލަށް ބަލާލިއެވެ.

 

“ބޮޑުމީހާ ބުނީ މީނަ މިވަގުތަށް އެހެން ތަނަކަށް ގެންދާށޯ.” އެމީހާ ބުނެލީ ހަމައެކަނި އެހާވަރަށެވެ.

 

އޭގެ އިރުކޮޅެއްފަހުން ދެއަތް ބަނދެވި އަނގަމަތީގައި ފެހިކުލައިގެ ޑަކްޓް ޓޭޕްކޮޅެއް އަނގަމަތީގައި އެޅިފައިވި އެ ޒުވާނާ ކާރެއްގެ ފަހަތު ސީޓަށް ގަދަކަމުން ލެވުނެވެ. އޭނަ ކާރަށް އެރުމާއެކުވެސް ހަޅޭއްލަވައި ގަދަހަދަން އުޅުނެއްކަމަކު އޭނަގެ ދެފަރާތުގައި އިށީން ދެ ފިރިހެނުން އޭނަގެ ދެއަތުގައި ބާރަށް ހިފަހައްޓާލުމުން އެކަން ކާމިޔާބު ކުރެވޭ ގޮތެއްނުވިއެވެ.

 

މާލޭގެ މަގުތަކުން ކުރެވުނު ކުރު ދަތުރަށްފަހު ޒުވާނާ ގެންދެވުނީ މުޅި މާލޭގައި ވެސް ހުރި ފެންވަރު ރަނގަޅު ޢިމާރާތްތަކުގެ ތެރެއިން ޢިމާރާތަކަށެވެ. ޢިމާރާތުގެ ތެރެއަށް ގެންދެވި 6 ވަނަ ފަންގިފިލާއަށް ގޮސް އެ ފަންގިފިލާގައި ހުރި އެޕާޓްމެންޓްގެ ދޮރު މައްޗަށް އެ ޒުވާނާ ގެނެވުނީވެސް އޭނަގެ ދެ ފަރާތުގައި ތިބި ދެ ފިރިހެނުންގެ ހިތްވަރުންނެވެ. އެ އެ މީހެއްގެ އަމުރަށް ކިޔަމަންވަމުން ދިޔަ ކޯޓު ފަޓުލޫނުގައި ހުރި ފިރިހެން މީހާ އެމީހުންގެ ފަހަތުން ކަހަލަ ގޮތަކަށް އައިސް ދޮރު ކައިރީގައި ހުރި ބެލްގެ ސްވިޗަށް ފިތާލިއެވެ. ބެލް އަޅުވާލިތާ މާ ގިނައިރެއްނުވެ އެ ދޮރު ހުޅުވިގެން ދިޔައެވެ. ދޮރުމަތީގައި ހުރީ ލަމްޔާ ނޫން ދެވަނަ މީހެއްނޫނެވެ.

 

“ބޮޑުމީހާ ބުނީ މި ކުއްޖާ ދުވަސްކޮޅަކަށް މިގޭގަ ބަހައްޓަދޭށޭ. މަހީރާ މެޑަމްއާ ބޮޑުމީހާ ވާހަކަ ދައްކާފަ އޮތީ މިކަމާ ބެހޭގޮތުން. އެއްވެސް ބަޔަކު ތަޅަން ވެއްޖެއްޔާ މި ކުއްޖާ ވަރަށް ބޮޑު އެހީއަކަށްވާނެ….މި ކުއްޖާ އަހަރުމެންގެ ކޮޅަށް ޖައްސަން މަސައްކަތް ކުރަން ބޮޑުމީހާ އެދުނީ…” އެ ފިރިހެން މީހާ ކިޔައިދިންއިރު ލަމްޔާގެ ނަޒަރު އޭރުވެސް ސަލާމަތްވާން މަސައްކަތް ކުރަމުން ދިޔަ އެ ޒުވާނާއަށް ހުއްޓިފައިވިއެވެ.

 

“މަހިއްތަ ނުފޮނުވާނެ މަގުން ހޮވާ ކުއްޖެއް އަހަންނާ އެކީގަ އުޅެން. މީ ކާކުގެ ދަރިއެއް؟ ކޮން ނަމެއް ކިޔަނީ؟” ލަމްޔާ އެނގެން ބޭނުންވެފައިވި ފަދައަކުން ސުވާލުކުރިއެވެ.

 

“މިއީ ބޮޑުމީހާގެ ހަގު ދަރިފުޅު، ފާއިޤް.” އެމީހާ އެހެން ބުނެލި ވަގުތު ލަމްޔާއާއި ފާއިޤްގެ ހަތަރުކަޅި ހަމަވީއެވެ. އެވަގުތުވެސް ފާއިޤް އައިސްފައިވި ރުޅީގައި އޭނަގެ ލޮލުން ބަލާ ކޮންމެ މީހަކު އަނދާ އަޅިއަށް ހަދާލާނެހެން ހީވަމުން ދިޔައެވެ.

 

“ފާއިޤް….ނައިސް ނޭމް…ހޭންޑްސަމް ގޮތެއްވެސް އެބަހުރިދޯ؟ އައި ތިންކް ވީ ވިލް ގެޓް އެލޯންގް…އެކަމަކު މި ވަގުތަށް އެތެރޭގަ ހުރި ބަންދު ކޮޓަރިއަށް ލައިދީ. ބިރުވެރި ގޮތެއް އެބަހުރި އަދި.” ލަމްޔާ އެހެން ބުނެލުމާއެކު އެތާހުރި ފިރިހެން މީހާގެ ޢިޝާރާތަށް ފާއިޤްގެ ދެފަރާތުގައި ތިބި ދެ ފިރިހެނުން އޭނަ އެތެރެއަށް ގެންދަން ފެށިއެވެ. އިސާހިތަކު ގުދަނެއްފަދަ ކޮޓަރިއެއްގެ އެތެރެއަށް ފާއިޤް ކޮއްޕައި ވައްޓާލެވުނެވެ. އޭނަގެ ކުޑަހުޅުން ބަނދެވިފައިވި އަތަށް ލިބުނު މިނިވަންކަމާއެކީ ފާއިޤް ވަގުތުން އެ ދެއަތް އެކީ މައްޗަށް ހިއްލައި އަނގަމަތީގައި އެޅިފައިވި ޓޭޕްކޮޅު ނައްޓާލިއެވެ. ފުރަތަމަ ސިކުންތުގައި ސިކުނޑިއާއި ހިތުގައި އުފެދިފައިވި ހައިޖާނެއްގެ ސަބަބުން ބުނާނެ އެއްޗެއްވެސް ނޭނގުމުން ހަޅޭކެއް ލައްވާލެވުނެވެ. ވާހަކައެއް ދެކެވުނީ ދެނެވެ.

 

“މަ ދުވަހަކުވެސް ކަލޭމެންނަށް އެހީއެއް ނުވާނަން އަޑުއިވިއްޖެ!!!” ފާއިޤް އެއްނޭވައިން ހަރުއަޑުން އެހެން ބުނެލީ ވަގުތު އެމީހުން އޭނައަށް ބަލާލުމެއްވެސް ނެތި އެ އަނދިރި ކޮޓަރީގެ ދޮރު ލައްޕާލީއެވެ. ދޮރު ލައްޕާލުމާއެކު ފާއިޤް ދެންވެސް އޭނަގެ ހިތުގައި އަނދައަނދާހުރި ފިނިނުވާ އަލިފާނެއްގެ ސަބަބުން ކޮޅަށް ތެދުވެގެން ގޮސް އެދޮރުގައި އޭނަގެ ގުޅުވިފައިވާ ދެއަތުން ބާރަށް ތަޅަން ފެށިއެވެ. އަދި ބޭރުގައި ތިބި މީހުންނާއި ދިމާލަށް އެއްޗެހި ގޮވަން ފެށިއެވެ.

 

“މަ މިތާ ބަންދުކުރިޔަސް މަ ނިކުންނާނަން މިތަނުން! ތުއްތައަށް އެހެން ހަދާފަ ތިއްބާ ކަލޭމެން ނުބައިތިއްބާނަން ސަލާމަތުން. މަރާލާނަން ކަލޭމެން މަރާލާނަން!!!!” ފާއިޤް ހަރުވަމުން ދިޔަ އަޑަކާއެކީ ފަހު ބަސްތައް ބުނެލިއިރު އޭނަގެ އަޑު މެށިގެން ވެސް ދިޔައެވެ.

 

މީގެ މަސްތަކެއްކުރިން އޭނަ ބުނެލި އެ ބަސްތައް ކަންފަތުގައި ގުގުމާލިހެން ފާއިޤްއަށް ހީވި ވަގުތު ކާރުތެރޭގައި ލޯ މެރިފައި އިން ފާއިޤްއަށް ލޯ ހުޅުވާލެވުނެވެ. އެ ހިނދު އެދުވަހު އޭނަގެ ލޯ ރަތްވެފައިވި ފަދައިން ލޯ ސަކަރާތްވެފައިވިއެވެ. އޭނަ ހުރިތަން ނަގައިގަތުމަށް ދެ ފަރާތަށް ކަޅި ހިންގާލި ވަގުތު އެ ލޮލުން ކަރުނަ ހިލެން ފަށާފައިވިއެވެ. އޭނަ ޚިޔާލުތަކަށް ގެއްލެން އުޅުނު ހިނދު ކާރުގެ ކުޑަ ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ. އެއީ ކާރަށް ތެޔޮ އެޅި މީހާކަން އެނގުންވުމުން ފާއިޤް ކުޑަދޮރު ތިރިކޮށްލިއެވެ. އެމީހާ ފާއިޤް އޭނަގެ އަތަށް ދިން އެއްހާހުގެ ނޫޓު އަނބުރާ ދިނީ ކުޑަ އެއްޗެއް ދިނުމަށް އެދެމުންނެވެ. ފާއިޤް އޭތި ހޯދައި އޭނަގެ ވޮލެޓުން ފަސް ސަތޭކައިގެ ނޫޓެއްދިނެވެ. އެމީހާ އޭތި މާރުކުރަން ދިޔުމުން ފާއިޤް އޭނަގެ ޖިންސްގެ ޖީބުން އޭނަގެ ފޯނު ނެގިއެވެ. އެއީ ސެމްސަންގްގެ ކުރީގެ ވައްތަރެއްގެ ފޯނަކަށްވީއިރު އޭގެ ސްކްރީންގެ ބައެއް ވެސް ތެޅިފައިވިއެވެ. ފާއިޤް ފޯނު ނަގައި ވަގުތުން ހުޅުވާލީ ވައިބާރއެވެ. ވައިބާރއިން އައިސްފައިވި މެސެޖުތަކުގެ ތެރެއިން ވަރަށް ތިރިއަށް ސްކްރޯލް ކޮށްލަމުން އޭނަ ‘ތުއްތަ’ ޖަހާފައި އޮތް ޗެޓް ލޮގް ހުޅުވާލިއެވެ. އެ ޗެޓް ލޮގްގައި އެންމެ ފަހަކަށް ފޮނުވިފައިވީ ފޮޓޯއެކެވެ. އެ ފޮޓޯގެ މަތީގައިވީ އޭނަގެ ތުއްތަ އޭނައަށް ފޮނުވާފައިވި އެންމެ ފަހު މެސެޖެވެ.

 

“ތުއްތައަށް ކަމެއްކޮށްދެންޏާ މި ކުއްޖާ އެމީހުންގެ ކިބައިން ސަލާމަތްކޮށްދެއްޗޭ ކޮއްކޮ. ތުއްތައަށްޓަކައި ބަދަލު ހިފަން ބޭނުމިއްޔާ މިކަން ކޮށްދީ…” އެ މެސެޖުގައި ލިޔެވިފައިވީ މިހެންނެވެ. މެސެޖު ކިޔުމަށްފަހު ފާއިޤް ތުއްތަ ފޮނުވާފައި ހުރި ފޮޓޯ ހުޅުވާލިއެވެ. އެއީ ސްކޫލް ޔުނިފޯމްގައި ބުރުގާ އަޅައިގައި ލުއި ހިނިތުންވުމެއްގައި ހުރި އަނުމްގެ ފޮޓޯއެކެވެ. ދެބުމަ ކައިރިކޮށްގެން ސީރިއަސް ނަޒަރެއްގައި ފޮޓޯއަށް ބަލަން އިނދެއިނދެފައި ފާއިޤް އަނުމްގެ މޫނު ކައިރީގައި އިނގިލި ޖައްސާލީ ކުރަން ނުކުރަން އިނދެ ކުރި ކަމެއް ފަދައަކުންނެވެ. އޭގެ ދެވަނަ ސިކުންތުގައި ފާއިޤް ދުރަށް ނަޒަރު ހިންގާލަމުން ފޯނު ލޮކްކޮށް ފޯނު ކައިރީގައި ހުރި ސީޓް މައްޗަށް އެއްލާލިއެވެ. ހަމަ އެވަގުތު އޭނަގެ ބާކީ ލާރިވެސް ލިބިގެން ދިޔުމުން ފާއިޤް ކުޑަދޮރު އަރުވާލަމުން ކާރު ސްޓާޓް ކޮށްލިއެވެ.

 

**

 

ރަޝިޔާގައި އެމީހުން ހޭދަކުރަން އޮތް އެންމެ ފަހު ދުވަހު އަޔާޒާއި މަލާކް ގެއިން ބޭރަކަށް ނުދެއެވެ. އެއީ މަލާކްގެ އެދުމުގެ މަތިންނެވެ. މަލާކް ބޭނުންވީ އޭގެ ކުރީ ރޭ އޭނަގެ ފަޔަށް ގެނައި ޙަރަކާތްތައް ވީހާވެސް ގިނައިން ގެންނާށެވެ. އޭނަ އެ ޙަރަކާތްތައް ތަކުރާރުކުރަމުން ދިޔަ ވަރަކަށް ފައިގެ ރިހުން މަޑުވަމުންދާ ކަމާއި އޭނައަށް އިހުނަށްވުރެ މައްޗަށް ފައި ހިއްލެމުން ދިޔަކަން އެނގުންވުމުން ވީ އުފަލާއެކީ މަލާކް ވީހާވެސް ގިނައިން އެކަން ކުރަން ބޭނުންވީއެވެ. އެމީހުން ރަށަށް ދިޔުމަށް ފުރުން އޮތީ ޖެހިގެން އަންނަ ދުވަހު ހެނދުނު ކަމަށްވިޔަސް މަލާކް އެދުވަހުގެ ހެނދުނު ހެނދުނާ އޭނަގެ ހުރިހާ އެއްޗެއް ޕެކްކުރުމުގެ ބޮޑުބައި ނިންމައި ވަގުތު ހުސްކޮށްލިއެވެ. އަދި އަޔާޒް ކިރިޔާވެސް ހުހަށް ހުންނަ ވަގުތެއްވިއްޔާ އަޔާޒް ނަޔަސް އޭނަ ޕޫލަށް ނެރެން އެދެމުން ދިޔައެވެ. އަޔާޒް މަލާކަށް އެކަން ކޮށްދެމުން ދިޔައީ ފޫހިކަމެއްނެތިއެވެ. މަލާކް އުޖާލާވަމުންދާ ހިނިތުންވުންތަކާއެކީ ގޮނޑީގައި ހުންނަ ވަގުތުވެސް އަދި އެނދުމަތީގައި ހުންނަ ވަގުތުވެސް އޭނަ ދަސްކޮށްދިން ޙަރަކާތް ހަދަމުން ދިޔަ ގޮތުން އޭނައަށް އަމިއްލަ އަމިއްލައަށް ހެވެމުން ދިޔައެވެ. މަލާކް ކައިރިން ނޭހިޔަސް އެ ފައިގައި ރިއްސަމުން ދިޔަވަރު ކުޑަވެއްޖެކަން ބަލާބެލުމަށްވެސް އަޔާޒަށް އެނގުނެވެ. އަދި ބާރުވެފައިވާ މަސްތަކަށް ކޮންމެވެސް ވަރެއްގެ ދުލެއް އަންނަމުން ދިޔަކަން ވެސްމެއެވެ. އޭނަ ވަނީ ރޭ ދަންވަރު މަލާކް ފުން ނިންޖެއްގައި ވަނިކޮށް ފައިގެ މަސްތައް ބަލައި އޭނައަށް ފާހަގަވީ ކަންތައް ފޯނުގެ މެމޯއެއްގައި ނޯޓުކޮށްފައެވެ. ޙަޤީޤަތުގައި އޭނަ އެ ބެލިބެލުމުގައި މަލާކްގެ ފައި ލަންބާއިރު މަސްތަކަށްވާ ގޮތް ބަލަން ވަރަށް ވެސް ބޭނުންވިއެވެ. އެހެނަސް މަލާކް ނިދިން ހޭލެވިދާނެތީ އޭނަ އެހެން ނެހެދިއެވެ. އޭނަ މިއުޅެނީ މަލާކަށް ފަރުވާއެއްދޭންކަން މަލާކަށް އެއްގޮތަކަށްވެސް އަންގަން އަޔާޒް ބޭނުމެއް ނުވިއެވެ. މަލާކް ބޭނުންވަނީ އެގޮތް ކަމަށްވާތީވެއެވެ. އެހެންކަމުން ޖެހިގެން އައި ދުވަހު މަލާކް ތެދުވެފައި އިށީންނަމުން ދިޔައިރު ފަޔަށް ވަމުން ދިޔަ ގޮތަށް ފަރުވާތެރިކަމާއެކީ ބެލިއެވެ. އަދި އޭނަ މަލާކް އަތްދަނޑިމައްޗަށް އުފުލާއިރުވެސް ފަޔަށް އަންނަމުން ދިޔަ ބަދަލުތަކަށް ސަމާލުކަން ދިނެވެ. އެއަށްފަހު މުޅި އެދުވަސްތެރޭގައި މަލާކަށް ދެން ދަސްކޮށްދެވޭނެ ޙަރަކާތަކާމެދު އޭނަ ވިސްނަމުން ދިޔައީ ނުހަނު ގަޔާވެ ހުރެއެވެ.

 

އެ ވިސްނި ވިސްނުމުގެ ނަތީޖާއެއްގެ ގޮތުން އަޔާޒް އެރޭވެސް މަލާކްގާތު ޕޫލަށް އައުމަށް އެންގިއެވެ. ޕޫލުގައި ގިނަ ވަގުތު ހޭދަކުރުމުގެ ނަތީޖާއެއްގެ ގޮތުން މަލާކްވެސް މުޅިން ޕޫލަށް ފައިބަން ބޭނުންވެފައިވުމުން އެކަން މިފަހަރު ވެގެން ދިޔައީ ނުހަނު ފަސޭހަ ކަމަކަށެވެ. އެހެންކަމުން ރަޝިޔާގައި ހޭދަކުރާ ފަހު ރޭ ފާހަގަކުރުމުގެ ގޮތުން އެރޭ 8:30 ވެ ބޮޑުވި ވަގުތު ދެމީހުން ވެސް ތިބީ ކުރީ ރޭ ގޮތަށް ޕޫލުގެ މެދާއި ހިސާބުން ކައިރި ފަށުގައި އިށީނދެ ފެންގަނޑަށް ފައި ބާލައިގެންނެވެ. އެވަގުތު ދެމީހުންވެސް ރޭ ހެދިހެން ފައި ހަލުވަމުން ދިޔައެވެ.

 

“ޕޫލް އެންޖޯއި ކުރުމުގެ ކުލާހަށް އަނެއްކާވެސް މަރުޙަބާ….ކުލާހުގެ ލެވެލް ވަން ވަރަށް ކާމިޔާބުކަމާއެކީ ނިންމާލެވުނު ކަމަށްޓަކައި ވަރަށް މުބާރަކުބާދީ ދަންނަވަން. ދެން އޮތީ ލެވެލް ޓޫ!” އަޔާޒް ކަމެއް އިޢުލާންކުރާ ފަދައަކުން ވާހަކަ ދެއްކި ގޮތުން މަލާކަށް ހެވުނެވެ.

 

“އައްދެ! ލެވެލް ޓޫގަ ވަނީ ކިހިނެއްބާ؟” މަލާކް ސަމާސާވެރި ރާގަކަށް އަހާލިއެވެ.

 

“ލެވެލް ޓޫގަ……ފުންމާނީ!” އަޔާޒް ހިމޭންކަމުގެ ވަގުތުކޮޅަށްފަހު އޭނައަށް ބަލާލަމުން ބުނެލި ބަހުން މަލާކްގެ މެއަށް ނުތަނަވަސްކަމެއް ވެރިވިއެވެ.

 

“ތި…..ތިއީ ހާދަ އުދަގުލޭ ކުއްލިއަކަށް ތިވީ. ވަރަށް އަންފެއާރ…..އަދި ކުޑަކޮށް މަތީގަ ހުރެގެން އެންޖޯއި ކުރެވޭނެ ގޮތްތ…” މަލާކްގެ ޖުމްލަ ފުރިހަމަ ނުވަނީސް އަޔާޒް ވާހަކަ ދެއްކިއެވެ.

 

“މިހާރު މަތީގަ ހުރެގެން އެންޖޯއި ކުރެވޭނެ ގޮތްތައް ނިމުނީ. ސަބް ލެވެލްސްތައް ހުރިއްޔާ ދެން ހުންނާނީ ލެވެލް ޓޫގަ. ފުންމައިގެން ދެން އެންޖޯއި ކުރެވޭނެ އެކި ގޮތްތައް ކިޔައިދެވެން އޮތީ.” އަޔާޒް ބުނެލިއެވެ.

 

“ހް….ހެހެ….އޯކޭ….އެހެންވެއްޖެއްޔާ ކޮންމެވެސް އެހެން ރެއަކު ތިކަން ކުރާނީދޯ އަޔާޒް…” މިފަހަރުވެސް މަލާކްގެ ޖުމްލަ ނުނިމެނީސް އަޔާޒް ވާހަކަ ދެއްކިއެވެ.

 

“އުނހު…..އެހެން ރެއަކު ކޮންތަނަކުން ޕޫލެއް ހޯދާނީ؟” އަޔާޒް ނުހަނު ސީރިއަސް މޫނަކާއެކީ ސުވާލުކުރިއެވެ.

 

“ޕޫލުގަ ނޫނަސް މޫދަށް ދެވިދާނެއެއްނު؟ ހިނގާދޯ މިރޭ ކެންސަ….” މަލާކް ބިރުގަންނަމުން ދިޔަ ހިތަކާއެކީ މިފަހަރުވެސް ފެށި ވާހަކަ އަޔާޒް ނިމިޔަ ނުދިނެވެ.

 

“ނޫން ހަމަ މިރޭ!” އަޔާޒް އެހެން ބުނެލަމުން ޕޫލުގައި ކައިރިފަށުގައި އޭނަގެ އަތާއި ކައިރީގައި އޮތް މަލާކްގެ އަތްމަތީގައި އަތް އެޅިއެވެ.

 

“ޔޫ ކާންޓް ބީ ސީރިއަސް….” މަލާކް އެހެން ބުނެލީ އޭނަގެ އަތާއި އަތް ގުޅުވާލި އަޔާޒަށް ހިސާބަކަށް ރުޅިވެސްވެފައި އިނދެއެވެ.

 

“އައިމް ޑެޑް ސީރިއަސް!” އަޔާޒް އެހެން ބުނެލި ހިނދު އޭނަގެ އަތުގައި ބާރަށް ހިފަހައްޓާލި ގޮތުން މަލާކްގެ ހިތްވެސް ހުއްޓުމަކަށް އައިހެން އޭނައަށް ހީވިއެވެ. އެއަށްފަހު ފުން ނޭވައެއް ލާށޭ އަޔާޒް ބުނުމުން މަލާކް އެހެން ގޮތެއް ނެތް ފަދައަކުން އޭނައަށް ވީ ވަރަކުން ނޭވައެއްލީ ހިނދު އަޔާޒް އިނގިރޭސިން ތިނެކުން ތިރިއަށް ގުނަން ފެށިއެވެ. އެކެއް ކިޔުނުތާ ދެވަނަ ސިކުންތުގައި ކުޑަ ލުއްކަކާއެކީ މަލާކްގެ އަތުގައި ހިފައިގެން ފެންގަނޑު ތެރެއަށް އަޔާޒް ފުންމާލިއެވެ. އަޔާޒްގެ ފަހަތުން ކަހަލަ ގޮތަކަށް ފެންގަނޑަށް ވެއްޓުނު މަލާކްގެ ތޫލި ހަޅޭކުގެ އަޑު ތަނުގައި ގުގުމާލިއެވެ. ފެނު އަޑީގައި ޖެހުނު މަލާކަށް ވަގުތުން ފެންބޮވުނު ވަގުތު މިއީ އޭނަގެ ނިމުންހެން ހީވިއެވެ. ފައި ޖައްސަން ކިތަންމެ މަސައްކަތް ކުރިއެއްކަމަކު އެ ޙާލަތުގައި ހަމަޖެހެން އޭނައަށް އުދަގޫވުމުން އެވެގެން ދިޔައީ ނާދިރުކަމަށެވެ. ސިކުނޑިއަށް ވެރިވެފައިވި ހާސްކަމާއެކީ ހަތަރެސްފަޔަށް ބާރުވެފައިވިހެން އޭނައަށް ހީވިއެވެ. މަލާކް ނާއުއްމީދީ އިޙްސާސްތަކެއްގައި ވަނިކޮށް އަޔާޒް އޭނަގެ ގައިގައި ހިފާލިކަން އެނގުންވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ފެނުން މައްޗަށް އެރުނު ތަނާހެން މަލާކް ގަދައަށް ކެއްސަން ފެށިއެވެ. މަލާކަށް ވަމުން ދިޔަ ގޮތް ފެނިފައި އަޔާޒަށް އޭނަގެ ބުރަކަށީގައި ދެތިން ފަހަރަކު ޖަހާލެވުނެވެ.

 

“އޯކޭތަ؟” އަޔާޒަށް ކަންބޮޑުވުމަކާއެކީ އަހާލެވުނެވެ. ހަމަ އެހިނދު މަލާކްގެ ކެއްސުން ހުއްޓުމަކަށް އައިސް އަޔާޒް ހުރީ އޭނައާއި ނުހަނު ކައިރީގައިކަން އެނގުންވިއެވެ. އެކަމާމެދު ވިސްނެން އުޅުނުތަނާހެން އޭނަގެ ފައި ތިރީގައި ނުޖެހޭކަން މަލާކަށް އެނގުންވިއެވެ. އެއާއެކު އަނެއްކާވެސް ހާސްވެގެން ދިޔަ ސިކުނޑިއަކާއެކީ އޭނައަށް ވާހަކަ ދެކެވުނެވެ.

 

“މަލާކް ދޫނުކުރައްޗޭ އަޔާޒް ޕްލީޒް މަލާކްގެ ފައި ނުޖެހޭ!” މަލާކް އޭނަގެ ދެފައި ތަޅުވަމުން އެހެން ބުނެލީ އޭނަގެ ފައި ތިރީގައި ޖެހޭއިރު އޭނަ އޮންނާނީ އަޑީގައިކަން ޔަޤީންކުރަމުންނެވެ. އޭނަގެ ފައި ނުޖެހެނީ ކަކޫ ރަނގަޅަށް ސީދާ ނުކުރެވި ހުންނާތީވެކަން ދެނެގަންނަން އޭނަގެ ސިކުނޑި ނުކުޅެދިފައިވިއެވެ. ސިކުނޑިއަށް ވެރިވެފައިވި ހައިޖާނުގެ ސަބަބުން ފައިގައި އުފެދުނު ރިހުންވެސް ކުޑަކަމަކަށް ވެފައިވިއެވެ. ފެނުގެ އަޑިން މަލާކްގެ ފަޔަށް ވަމުން ދިޔަ ގޮތަށް ބަލަން ހުރި އަޔާޒަށް މި ހުރިހާ ކަމެއް މާ ރަނގަޅަށް އެނގުނެވެ.

 

“މަލާކް…..ރިލޭކްސް.” އަޔާޒް ނުހަނު ހަމަޖެހިގެން ބުނެލީ މިއީ އެހާ ކަންބޮޑުވާންޖެހޭ ޙާލަތެއް ނޫންކަން މަލާކަށް ވިސްނައިދެވޭތޯއެވެ. އެހެނަސް…..

 

“ނޫން އަޔާޒް ޕްލީޒް ދޫނުކުރައްޗޭ މަލާކް އަޑިއަށް ހިނގައިދާނެ. ޕްލީޒް އަޔާޒް ޕްލީޒް މަލާ…..” މަލާކަށް އެހާ ހިސާބަށް ބުނެލެވުނުތަނާހެން އަޔާޒް މަލާކްގެ އަނގަމަތީގައި އެއްއަތް އަޅާލީ އެހެން ގޮތަކަށް ކުރިއެރުމެއް ލިބެން ނެތްހެން ހީވުމުންނެވެ. މަލާކް އެއަށްފަހު ވެސް ކަންބޮޑުވުމަކާއެކީ އާދޭސްކުރަން ފެށުމުން އަޔާޒް ފުން ނޭވައެއް ދޫކޮށްލިއެވެ.

 

“ސީރިއަސްލީ މަލާކް. ތިހާވަރަށް ޕްލީޒް ކިޔާފަ އަހަރެންގެ ނަން ކިޔަންޏާ އަޑުއަހާ މީހުންނަށް ހީވާނީ އަހަރެން މާ އެހެން ކަހަލަ ކަމެއް ކުރަނީހެންނެއްނު؟ ލަދުވެސް އެބަގަނޭ ކުޑަކޮށް…” އަޔާޒް ނޫންކަމަށް ހަދާފައި އެފަދަ ވާހަކައެއް ބުނެލީ ހިނދުކޮޅަކަށް ނަމަވެސް މަލާކްގެ ވިސްނުން އެހެން ދިމާލަކަށް ދޭތޯ ބެލުމަށެވެ. އެކަން ކާމިޔާބުވެސްވިއެވެ. އޭނަ ބުނި އެއްޗެއްގެ މާނަ މަލާކަށް ނަގައިގަނެވުނު ވަގުތު މަލާކް ހިމޭންވެގެން ދިޔަ ހިނދު އޭނަގެ ކޯތާފަތްވެސް ރަތްވިއެވެ. އަނގަމަތީގައި އެޅިފައިވި އަތުގެ ދޭތެރެއިން ދެންވެސް އެއްޗެކޭ ބުނެވެން އުޅުނެއްކަމަކު އަޔާޒް އެ ބުނި އެއްޗެއްގެ ސަބަބުން ޖެހިލުންވިއެވެ. މަލާކްގެ ކޯތާފަތް އިތުރަށް ރަތްވާން ފެށީ މަންޒަރު ފެނިފައި އަޔާޒް އޭނަގެ ހިނިތުންވުން ކޮންޓްރޯލް ކޮށްލަން ޖެހުނެވެ. އެއަށްފަހު އޭނަ ވާހަކަ ދެއްކިއެވެ.

 

“ކަކޫ ސީދާކޮށްލާ މަލާކް. އުޑުމަށް ވިސްނައިގެން އެންމެ ތިރީގަ އުޑުން ޖެއްސޭތޯ ބަލާ.” އަޔާޒް ބުނެލިއެވެ. އޭނަ އެހެން ބުނުމާއެކު މަލާކް ފައިގައި ހިފާފައި ހުރި މެދުމިނުގެ ތަދާއެކީ ވެސް އުޑުން ޖެއްސޭތޯ ބެލިއެވެ. އެހެނަސް އެހެން ހަދައިފިނަމަ އޭނަ ވަރަށް އަޑިއަށް ގޮސްދާނެ ކަމަށް އޭނަގެ ސިކުނޑި ބުނި ބުނުމާއެކު އަނެއްކާވެސް ތެޅިގަނެވުނެވެ.

 

“އެއްވެސް ކަމެއްނުވާނެ މަލާކް. މަލާކް ހިފަހައްޓައިގެން މިހިރީ ބޮޑު މާސިންގާ ފިރިހެނެއް…” އަޔާޒް ބުނެލިއެވެ. އަޔާޒް ބުނެލި ވާހަކައިން ލިބުނު ހިސާބެއްގެ ހަމަޖެހުމާއެކު ލަސްލަހުން އޭނަގެ ކަކޫ ސީދާކުރިއެވެ. އަދި ފަޔަށްވީ ތަދަށް ވަކި ވިސްނުމެއް ނެތި އަޔާޒް ބުނިހެން އުޑުމަށް ވިސްނައި ލަސްލަހުން ގޮސް އުދަގުލާއެކީ އޭނަގެ އުޑުން އެންމެ ތިރީގައި ޖައްސާލިއެވެ. ހަމަ އެވަގުތު އެ ފިނި ފެންގަނޑުގެ ތެރެއިން މަލާކްގެ އިނގިލިތަކަށް ވާންވާން ފެށިހެން މަލާކަށް ހީވިއެވެ. އިސާހިތަކު އެ ލޯމަތިން ވޭނީ އަސަރެއް ފެނިގެން ދިޔުމުން އަޔާޒަށް މަލާކްގެ އަނގަމަތިން އަތް ނަގައި ކިހިނެއްވީތޯ އަހާލެވުނެވެ.

 

“މަލާކްގެ….އިނގިލިތަ….” މަލާކަށް ބުނެލެވުނީ ވެސް ހަމައެކަނި އެހާވަރަށެވެ. އެއާއެކު އަޔާޒް ވަގުތު ފެނުގެ އަޑިން އޭނަގެ ފައި މަލާކްގެ ފައިމަތީގައި އެޅިއެވެ. އިސާހިތަކު އަޔާޒްގެ ފައިގެ ހޫނުކަން އިޙްސާސް ކުރެވެން ފެށުމުން ލަސްލަހުން އެ ވާންކަން ކެނޑެން ފެށިއެވެ. އެވަގުތު ދެމީހުންނަށް ވެސް ފެނުގެ އަޑިން ފެންނަމުން ދިޔަ ދެމީހުންގެ ފަޔަށް ބަލަހައްޓައިގެން ތިބެވުނެވެ. އެހެން ހުރިއިރު މަލާކްގެ ފައިގެ ދަނޑިގަނޑުގައި ރިހުމެއް އުފެދެމުން ދިޔައެއްކަމަކު އަޔާޒާއި ދުރުވާން ބޭނުމެއް ނުވުމުން އޭނައަށް އެއްވެސް އެއްޗެކޭ ނުބުނެ ހުރެވުނެވެ. އެ ތަދަށް އޭނައަށް ދެން ކެތް ނުކުރެވޭނެހެން ހީވި ވަގުތު އަޔާޒް އޭނަގެ ފައިމަތިން ފައި ނަގާލަމުން ވާހަކަ ދެއްކިއެވެ.

 

“ދެން މަލާކް އަހަރެންގެ ފައިމައްޗަށް އަރާ.” އަޔާޒް ބުނެލިއެވެ.

 

“އެއީ ކީ…އްކުރަން؟” މަލާކަށް ޖެހިލުންވުމަކާއެކީ އަހާލެވުނެވެ.

 

“މިއުޅެނީ ކުޑަ ގޭމެއް ކުޅެން…އަރާ!” އަޔާޒް ހިނިތުންވުމަކާއެކީ ބުނެލިއެވެ. އެއާއެކު މަލާކް އަޔާޒް ބުނިގޮތަށް ހެދޭތޯ ބެލިއެވެ. އެހެނަސް އެއްފައި ހިއްލާލުމާއެކު ވެސް ބެލެންސް ގެއްލި މަލާކް ވެއްޓެން އުޅުމުން އަޔާޒް ބާރަށް ހިފަހައްޓާލަން ޖެހުނެވެ. އެކަން އެގޮތަށް ވުމުން އަޔާޒް މަލާކާއި އިހުނަށްވުރެ ކައިރިއަށް ޖެހިލިއެވެ. އޭނަގެ ފައިގެ އިނގިލިތައް މަލާކްގެ އިނގިލިތަކުގައި ޖެހޭ ވަރަށެވެ. އަޔާޒް އަދި ޓްރައި ކުރާށޭ ބުނެލުމުން މަލާކް ވީހާވެސް ކުޑަކޮށް ކަކޫވެސް ލަންބާލުމެއްނެތި އޭނަގެ ދެފައި ވެސް އަޔާޒްގެ ފައި މައްޗަށް އެރުވިއެވެ. އެހިނދު އޭނަގެ ހުރިހާ ސަމާލުކަމެއް އޭނަގެ ފަޔަށް ދެވިފައިވުމުން އޭނަ އަމިއްލައަށް އަޔާޒާއި ކިހާ ގާތްވެއްޖެކަން އޭނައަށް އެނގުންވެސް ނުވެއެވެ. އެހެނަސް އެކަން އެނގުންވި އަޔާޒަށް ސިކުންތުކޮޅެއް ވަންދެން ތިރި ބަލައިގެން ހުރި މަލާކްގެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނަގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެއްކަމަކު އަޔާޒް އަމިއްލަ ނަފްސުގެ މައްޗަށް ބާރު ހޯދަމުން ވާހަކަ ދެއްކިއެވެ.

 

“ހް….ހިނގާދޯ އެކޮޅަށް. ފައި ތިގޮތަށް ބަހައްޓައްޗޭ.” އަޔާޒް އޭނަގެ ފަހަތަށް ޢިޝާރާތްކުރަމުން އެދުނެވެ. ނުހަނު އާ ތަޖުރިބާއެއް ކުރެވެން އުޅުނުހެން ހީވި މަލާކް ދެންވެސް އޭނަގެ ފަޔަށް ބަލަން ހުރެ ދެވަނަ ވިސްނުމެއްނެތި ހޫންލައްވާލިއެވެ. އެއާއެކު އަޔާޒް ހިނިތުންވުމަކާއެކީ ލަސްލަހުން އޭނަގެ އެއްފައި މައްޗަށް ހިއްލާލަމުން ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އެހިނދު އޭނަ ލަފާކޮށްގެން ހުރި ފަދައިން މަލާކްގެ ފައި ލަންބައިގެން ދިޔުމުން އޭނަގެ މޫނުމަތިން ވޭނެއް އެޅިފަދަ އަސަރެއް ފެނިގެން ދިޔައެވެ. އޭނަ ހީކުރީ މަލާކް ވަގުތުން އޭނަގާތު ހުއްޓާލަން އެދޭނެ ކަމަށެވެ. އެހެނަސް މަލާކް އެއްޗެކޭ ނުބުނުމުން އޭނައަށް ވާހަކަ ދެކެވުނެވެ.

 

“ވަރަށް ތަދުވޭތަ؟ ހުއްޓާލަންވީތަ؟” އަޔާޒް އެ ސުވާލުކޮށްލީ މަލާކް އެ ސުވާލަށް އާނއެކޭ ބުނެފިނަމަ ދެން މަލާކަށްޓަކައި ކޮށްދެވޭނެ މިއަށްވުރެ ފަސޭހަކަމަކާއިމެދު ވެސް ވިސްނަމުންނެވެ. އޭނަ ދެން ހަދަންޖެހޭނީވެސް އެހެންކަން ޔަޤީނާއި ގާތް ކުރެވުނެވެ. އެހެނަސް….

 

“އުނހު….ނުހުއްޓާނެ. މަލާކް އާދައިގެ މީހުންހެން ހިނގުމުގެ ހުވަފެން ދެކެންޏާ މިކަން ކުރެވެންވާނެ. މަސައްކަތް ކުރިއްޔާ ކޮންމެ ކަމެއްވެސް ޙާޞިލުކުރެވޭނެ އިން ޝާ ﷲ!” މަލާކަށް އެހެން ބުނެލެވުނީ އޭނަ އެ އެޅި ފުރަތަމަ ފިޔަވަޅާއި އެކީ ވެސް އޭނަ ހަނދާން ނައްތާލާފައިވި އެ ހުވަފެން ޙަޤީޤަތަކަށްވާން ގާތްވެއްޖެހެން ހީވުމުންނެވެ. އަޔާޒް އެކުޅެނީ ‘ކުޅިވަރަކަށް’ ވިޔަސް މިއިން އޭނައަށް ވަރަށް ބޮޑު ފައިދާއެއް ކުރަމުންދާހެން އޭނައަށް ހީވަމުން ދިޔައެވެ. ވަކިން ޚާއްޞަކޮށް ރޭ އަޔާޒް ދަސްކޮށްދިން ޙަރަކާތް ފަހުން އޭނަ އަމިއްލައަށް ވެސް އިހުނަށްވުރެ ރަނގަޅަށް ހެދެމުން ދިޔަގޮތުންނެވެ. އެ ޙަރަކާތް އޭނަ އަމިއްލައަށް ރަނގަޅަށް ހެދުނު ނަމަ މިރޭ މި ދަސްކޮށްދޭ ޙަރަކާތް އެނގިއްޖެނަމަ އޭނައަށް ނުހިނގޭނެކަން ވެސް އެނގެނީ ކިހިނެއްހެއްޔެވެ؟ މަލާކް ދެންވެސް އޭނަގެ ފައި އަޔާޒްގެ ފައިމަތީގައި ބަހައްޓައިގެން ހުރުމަށް އޭނަގެ ހުރިހާ ސަމާލުކަމެއް ދީގެން ހުރެވުނީ ހިތަށްވެރިވަމުން ދިޔަ އެ ސުވާލާއި އެކީގައެވެ.

 

އަނެއްކާވެސް މަލާކްގެ ޢަޒުމް ވަރުގަދަކަން އިޙްސާސް ކުރެވުމުން އަޔާޒަށް އޭނައަށް ބަލަން ހުރެ ހިނިތުންވެލެވުނެވެ. އެއަށްފަހު މީހުން އުޅޭ ގޮތަކީ ތިއީއޭ ބުނެލަމުން އަނެއްކާވެސް ނުހަނު ލަސްލަހުން އޭނަގެ ކޮންމެ ފިޔަވަޅެއް ފަހަތަށް އަޅަމުން ދިޔައެވެ. މަލާކްގެ ފައި ލަންބައިގެންދާ ކޮންމެ ފަހަރަކު އެ މޫނުމައްޗަށް ވެރިވާ ކުލަވަރުތަކުން އަޔާޒަށް ވެސް އުދަގޫވަމުން ދިޔައެވެ. އަދި އަމުދުން އޭނަ މަލާކް ގެންދަމުން ދިޔަ ވަރަކަށް ޕޫލުގެ އަޑިން ފުންވަމުން ދާނެކަން ވެސް އޭނަގެ ހަނދާނަށްއައެވެ. މަލާކްގެ ފަޔަށްވަމުން ދިޔަ ތަދާއެކީ އެ ފުންކަމަށް މަލާކްގެ ސަމާލުކަން ނުހުއްޓުވުމަށްޓަކައި އަޔާޒް ވާހަކަ ދެއްކިއެވެ.

 

“އިން ޝާ ﷲ….އޭގެ މާނައަކީ ކޮބާ؟” އަޔާޒް ސުވާލުކުރީ ހިސާބަކަށް އެނގެންވެސް ބޭނުންވެފައި ހުރެއެވެ. އެއީ އޭނަ ކުޑައިރު ފެނުނު މަދު ދީންވެރި މީހުންނާއެކީ އޭނަގެ ބައްޕަވެސް ބޭނުންކުރި ބަސްތަކަށްވާތީވެއެވެ.

 

“އޭގެ މާނައަކީ ﷲ އިރާދަކުރެއްވިއްޔާއޭ. މުސްތަޤްބަލުގަ ހިނގާނެ ކަމެއްގެ ވާހަކަ ދައްކާއިރު އެހެން ކިޔާނީ.” މަލާކް ދެންވެސް އޭނަގެ ފައި ނޫން އެހެން ދިމާލަކަށް ބަލަން ނުކުޅެދިފައިވާ ޙާލުގައި ވާހަކަ ދެއްކިއެވެ.

 

“އެހެންތަ؟ ކާކު ކިޔައިދިނީ ތިވާހަކަ؟” އަޔާޒަށް އަހާލެވުނެވެ. ރާއްޖެތެރޭގައި އުޅޭ ކުއްޖަކަށް އެފަދަ ދީނީ މަޢުލޫމާތެއް ލިބިފައި ހުރުމުން އޭނަ އަޖާއިބުވީއެވެ. އެފަދަ ޢަރަބި ބަސްތައް އެނގޭނީ ޓީވީ ޗެނަލަކުން ދަރުސްތައް ބަލައިގެންހެން އޭނައަށް ހީވެފައި ހުރުމުންނެވެ.

 

“މި ވާހަކަ ކިޔައިދިނީ….މަންމަ އެންމެ ފުރަތަމަ. ދެން އަދި މަލީހާދައްތަ……..އަޔާޒްގެ މަންމަ…ވެސް ކިޔައިދިން އަދި އޭތި އިތުރަށް ތަފްޞީލުކޮށް. ބުނީ އަދަށްވުރެ ފަހި މާދަމައަކަށް އުއްމީދު ކޮށްގެންނޭ އެހެން ބުނަންވާނީ…” މަލާކް މަލީހާދައްތަގެ ނަން ކިޔައި ހުއްޓާލަން އުޅެފައިވެސް ކުރިއަށް ގެންދިޔައެވެ. އެއްވެސް ސަބަބަކާހުރެ އަޔާޒް އޭނަގެ މަންމައަށް ރުޅިވެގެން ހުންނަން ނުޖެހޭނެކަން އޭނަ އަޔާޒަށް އަންގަން ބޭނުންވިއެވެ.

 

“އެކަހަލަ ވާހަކަތައް ވެސް ކިޔައިދޭތަ؟” އަޔާޒަށް އެހެން އަހާލެވުނީ ތަބީޢަތް ގޯސްވާން ކައިރިވެފައި ހުރެއެވެ.

 

“އާނ އަޔާޒް….ވަރަށް ކިޔައިދޭނެ…އަދި…..އަޔާޒް….އަޔާޒް މި ފެންގަނޑު ބޮޑުވަނީތަ؟” މަލާކަށް ކުއްލިއަކަށް މަޢުޟޫ ބަދަލުކޮށްލެވުނީ އޭނަގެ ކޮނޑުގެ ކައިރިން ފިނިވާން ފެށުމުންނެވެ. އޭނަ އެ ސުވާލުކޮށްލިއިރު ދެލޯ ބޮޑުވެފައި ހުރިގޮތުން އޭނަގެ ޚިޔާލުތަކުން ނިކުމެވުނު އަޔާޒަށް ނުހެވުނީވެސް ކިރިޔާއެވެ.

 

“އާނދޯ؟ ވަރަށް ބޮޑު އެބަވޭ. ދެން ކިހިނެއް ހަދާނީ؟ ދެމީހުން މިތަނަށް މަރުވާނިތަ؟” އަޔާޒް ދެންވެސް އޭނައާއެކީ މަލާކް ފުން ހިސާބަށް ގެންދަމުން އެހެން ބުނެލީ މަލާކަށް ވާގޮތް ބަލަން ބޭނުންވެގެންނެވެ.

 

“އަޔާޒް ދެން މަޑުކޮށްލަބަލަ….މީ ކިހިނެއްތަ މިވަނީ؟!” މަލާކް ހާސްވެފައިހުރެ ސުވާލުކުރިއެވެ.

 

“ނޭނގެ….ޕޫލުން ސުނާމީއެއް އަރަން އުޅެނީ ކަންނޭނގެދޯ؟” އަޔާޒް ނުހަނު ހަމަޖެހިގެން ހުރެ ބުނެލިއެވެ. އެހެނަސް މަލާކް ހަމަޖެހޭ ގޮތެއްނުވީ ކަމެއްވިޔަސް އޭނައަށް ސަލާމަތްވެވޭނެ ގޮތެއްނެތްހެން ހީވުމުންނެވެ.

 

“އަޔާޒް…..ހިނގާ މައްޗަށް އަރަން. ދެން ނުތިބޭނެ މިތާނގަ!” މަލާކް ބުނެލިއެވެ.

 

“އުނހު އަދި ފަހުންދާން މަޑުކޮށްލަބަލަ.” އަޔާޒް ބުނެލިއެވެ.

 

“ދެން! އެހެންވީއިރު މަލާކް ދަނީ!” އަޔާޒްގެ ފަރުވާކުޑަކަމުން މަލާކް އައި ރުޅީގައި ބުނެލެވުނެވެ.

 

“އާނ ދޭ އެހެންވެއްޖެއްޔާ.” އަޔާޒް އެހެން ބުނެ މަލާކްގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރި އަތަށް ކުޑަވަރެއްގެ ދުލެއްދިނެވެ. އެހިނދު މަލާކްގެ ހިތް ބިރުވެރިކަމުން ވަށާލެވިގެން ދިޔައީ އޭނަ ވެއްޓެން އުޅުނުހެން ހީވުމަށްވުރެ ބޮޑަށް އަޔާޒް ނުރައްކަލެއްގެ ތެރެއަށް ދޫކޮށްލެވެން އުޅުނުހެން ހީވުމުންނެވެ. އަޔާޒްގެ ނަމުން ބާރަށް ގޮވަމުން އޭނަގެ ޓީޝާޓުގެ ކުރިމަތީގައި ހިފައި ދަމާލެވުނީ ހަމަ އެއްވެސް އިޚްތިޔަރަކާއި ނުލައެވެ. މަލާކްގެ އެ ޙަރަކާތުން އަޔާޒް ގުޑާނުލިއެއްކަމަކު މަލާކް ގޮސް އަޔާޒްގެ ގައިގައި ޖެހުނެވެ. މަލާކަށް ލޯ ހުޅުވާލެވުނު ވަގުތު ދެމީހުންނަށް ތިބެވުނީ މޫނުޖެހޭ ނުޖެހޭ ހިސާބުގައެވެ. އިސާހިތަކު މަލާކަށް އަޔާޒާއި ދުރުވެވެން އުޅުނެއްކަމަކު އަޔާޒް އޭނަގެ އުނަގަނޑުގައި ހިފައި ކައިރިކުރިއެވެ. އަޔާޒްގެ އެ ޙަރަކާތުން މަލާކަށް އެވަގުތު ކުރެވެމުން ދިޔަ ހުރިހާ ޚިޔާލެއް އެހެން މިޞްރާބަކަށް ދިޔައެވެ. ދެންމެ ކަންބޮޑުވި ފެންގަނޑުގެ މަތިން ވެސް ހަނދާން ނައްތާލެވުނު ހިނދު ވިސްނެން ފެށީ އެންމެ ކަމަކާއި މެދުގައެވެ. އަޔާޒްގެ އެ ފުން ދެލޮލުގެ ފަހަތުގައި ފޮރުވިފައިވި އިޙްސާސްތަކާއި މެދުގައެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ވީރާނާވެފައިވީ ޙަޔާތް މަގޭ 16

Next

ތެދުވެރި ލޯބި- 7

Next
November 25, 2019

ތެދުވެރި ލޯބި- 7

Previews
November 24, 2019

ވީރާނާވެފައިވީ ޙަޔާތް މަގޭ 16

29 Comments!

  1. Jana says:
    November 25, 2019 at 7:23 am

    Assalaam’alaikum. mi bai faharegga foohivedhaane eh scene eh maa dhiguveema. ekamaku Malaak ge faruvage baives at least kuree kolhu thankolheh detail kureema kanneynge Malaak kuri araigen dhaagoiy kiyuntherinnah dheyha kureveynee. ehenve bodah ebai mi genesdheny ^_^

    Next part In Sha Allah Thursday ga 🙂

  2. Izabell says:
    November 25, 2019 at 8:28 am

    Ammmmm, mi part varah varah varah reethi, Masha Allah ❤❤❤❤❤❤❤❤❤❤❤ varah interesting kollafa thi nimmaaly, when is next part? Waiting waiting waiting waiting waiting

    1. Jana says:
      November 25, 2019 at 9:16 pm

      hehe….Alhamdhulillah! (All praise and thanks belong to Allah) next part thursday ga In Sha Allah. 😀

  3. Yanaa says:
    November 25, 2019 at 8:31 am

    varah kiyaahithun indhaa enimunii.?????????????
    ❤❤❤❤❤Varah ❤❤❤❤❤
    ❤❤❤❤varah ❤❤❤❤❤❤
    ❤❤❤varah ❤❤❤❤❤❤❤❤
    ❤❤reethi ❤❤❤❤❤❤❤❤❤
    ❤❤❤❤Maa sha Allah❤❤❤❤
    ❤❤❤Curiously ❤❤❤❤❤❤
    ❤❤❤❤❤waiting ❤❤❤❤❤
    ❤❤❤❤❤❤for ❤❤❤❤❤❤
    ❤❤❤❤❤❤❤the ❤❤❤❤❤
    ❤❤❤❤❤❤❤❤❤next ❤❤
    ❤❤❤❤❤❤❤❤❤❤part…❤

    1. Jana says:
      November 25, 2019 at 9:17 pm

      Yanaa haadha creative vefa reehchey mi comment thah Ma Sha Allah <3 Alhamdhulillah! Next part thursday ga In Sha Allah 🙂

  4. Mar Sha Marsha says:
    November 25, 2019 at 9:56 am

    Varah rythi mi vaahaka. Faaiq tha car ga anum ge Salaamathah balan e ulheny? Next part ge inthizaaruga?! ❤️❤️

    1. Jana says:
      November 25, 2019 at 9:19 pm

      ehen jana ahves heevany Marsha….balamaa dho vaagotheh In Sha Allah. Next part thursday ga In Sha Allah 😀

  5. Kairaa says:
    November 25, 2019 at 10:35 am

    Varah varah reethi…..varah furihama mi bai vx….whn nxt…..waiting…..

    1. Jana says:
      November 25, 2019 at 9:19 pm

      Alhamdhulillah! Next part thursday ga In Sha Allah ^_^

  6. Naafy says:
    November 25, 2019 at 11:55 am

    Jana sis faaig eii kaakutha ??alhugandah mhru vaanuvaa neynge?ekam vxx vrh rythi u r so talented
    Curiously waiting for the next part..sending so much love???

    1. Jana says:
      November 25, 2019 at 9:20 pm

      hehe….vaanuvaa neyngeny jana adhi angan beynun nuvaathy ey Naafy. Just chill and go with the flow ingey 😉 Alhamdhulillah! Much love to you too sis :*

  7. Fathun says:
    November 25, 2019 at 1:24 pm

    Varah Reethi

    1. Jana says:
      November 25, 2019 at 9:21 pm

      Alhamdhulillah! 🙂

  8. Ummyasmynahalmuhajirah says:
    November 25, 2019 at 2:27 pm

    ما شاء الله vr vr reethi. Waiting for next part. Jana sis alhe pls can you give me n answer for my comment…
    Can you give me your email sis? I need to ask you something in privatly. Jazakillah khayran?

    1. Jana says:
      November 25, 2019 at 9:22 pm

      Salaam sis. jana ge mail aky [email protected].
      Hope i would be of some help. Baarakallah Feeki! <3 🙂

  9. Saaji says:
    November 25, 2019 at 3:27 pm

    Masha allah mi part ves vvv reethi. Anekkaa mi faaig akee kaaku baa.. so curious.. waiting for the next part. May allah bless you jana sis. ILYSM Jana sis ❤❤ you are the best ??

    1. Jana says:
      November 25, 2019 at 9:24 pm

      Faaiq dho? varah disturbed life eh ulhefa huri kujjeh hen heevany dho? balamaa vaagoiy In Sha Allah. Next part thursday ga In Sha Allah. May Allah bless you more. Ameen! Love you too sissy :* <3 <3 <3

  10. muslimath says:
    November 25, 2019 at 4:56 pm

    masha allah v reethi mi part ves
    waiting for the next part

    1. Jana says:
      November 25, 2019 at 9:24 pm

      Alhamdhulillah! Next part thursday ga In Sha Allah 🙂

  11. Jana says:
    November 25, 2019 at 9:15 pm

    Blog post:

    ‘In Sha Allah’

    When do you say or type these words somewhere? The cliché answer would be when talking about the future. But not all of our intentions are same when we say these words. And neither are our emotions. The sad reality is, many of us even tend to use these beautiful words as an excuse not to fulfill a promise.

    But if we look at the ayah in which Allah tells us to say In Sha Allah, our entire view on these words will change. He swt says:

    وَلَا تَقُولَنَّ لِشَيْءٍ إِنِّي فَاعِلٌ ذَٰلِكَ غَدًا ﴿٢٣﴾ إِلَّا أَن يَشَاءَ اللَّـهُ

    “And never say of anything, “Indeed, I will do that tomorrow,” (23) Except [when adding], “If Allah wills.” Suratul Kahf, 22-23

    In this ayah Allah did not tell us about a weak promise as He swt gave an example. The words He used is إِنِّي فَاعِلٌ ذَٰلِكَ غَدًا which means no doubt I am definitely doing that tomorrow! (that’s the emphasis hidden in the grammar of the ayah). And then Allah tells us to add In Sha Allah to the end of such a statement. What do we learn from this ayah? We are learning that we are supposed to be people of strong commitment. We should have clear aims of whatever we are going to do in the future and we are confident about them too. We must have every intention to live up to whatever statements we make and we are optimistic that we are going to achieve our goals.

    But wait…you might think that these are thoughts that only arrogant people would have. Of course confidence is one thing but when the confidence goes out of hand, everything tends to go down the hill doesn’t it? And hence Allah humbles us, with the words In Sha Allah. (if Allah Wills).

    Of course we are confident and positive about our goals. But at the same time, we realize that at the end of the day, it all rests in the Will of Allah. We may have every intention to go somewhere and we might even get ready to go….but in the last minute, we just happen to miss that last bus. We may have every intention to finish a project but we may not get the most needed resources to finish it the way we planned to. We may have every intention to get the work done but we get sick along the way.

    So the bottom line is….yes, say things about your tomorrow. And be firm and confident about them too. But know that your tomorrow can only happen by the Will of Allah. Sometimes things will go how you planned because your plan and Allah’s plan are same. But other times, you may not get what you wanted because Allah has a better plan for you. So seek His Help, hold onto to Him through His remembrance and say In Sha Allah, always in hope of a better tomorrow. <3

  12. aishoo says:
    November 25, 2019 at 9:47 pm

    Haadhahaavaaey reethee ,masha allah.. waiting 4 da next part. Jana asluves v molhu masha allah

    1. Jana says:
      November 26, 2019 at 4:33 pm

      Alhamdhulillah! Next part thursday ga In Sha Allah 🙂

  13. Xaaan says:
    November 26, 2019 at 12:21 pm

    Masha Allah mi part haadha reehchey jana ehme kiyaahihvi hisaabun thi ninmaaly waitin next part

    1. Jana says:
      November 26, 2019 at 4:33 pm

      Alhamdhulillah! Next part thursday ga In Sha Allah ^_^

  14. Anonymous says:
    November 26, 2019 at 3:50 pm

    what is this??????

    1. Jana says:
      November 26, 2019 at 4:34 pm

      what is what, Anonymous? *curious*

  15. Jana says:
    November 26, 2019 at 4:28 pm

    ‘އިން ޝާ ﷲ’
    މިއީ ކޮން ޙާލަތްތަކެއްގައި އަޅުގަނޑުމެން ބުނެއުޅޭ ނޫނީ ޓައިޕްކޮށްހަދާ ބަސްތަކެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކަށް ޢާއްމުގޮތެއްގައި އިވޭނީ މިއީ މުސްތަޤްބަލުގައިވާނެ ކަމެއްގެ ވާހަކަ ދެކެވޭއިރު ބުނެވޭ ބަސްތަކެއް ކަމަށެވެ. އެހެނަސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން މި ބަސްތައް ބޭނުންކުރާއިރު ނިޔަތްތައް އެއްގޮތެއް ނޫނެވެ. އަދި އަޅުގަނޑުމެންގެ ތެރެއިން އެކި މީހުންނަށް މި ބަސްތަކުން ކުރެވޭ އިޙްސާސްތައް ވެސް ތަފާތެވެ. ހިތާމައަކީ މިއަދު ވަޢުދެއް ނުފުއްދުމަށް ދެވޭ ޢުޒުރެއްގެ ގޮތުގައި ވެސް މި ބަސްތައް ބޭނުންކުރެވޭ ކަމެވެ.

    އެހެނަސް މި ބަސްތައް ކިޔަން އަޅުގަނޑުމެންނަށް ﷲ އަމުރުކުރެއްވި އާޔަތަށް އަޅުގަނޑުމެން ބަލައިފިނަމަ މި ބަސްތަކާމެދު އަޅުގަނޑުމެންގެ އޮންނަ މުޅި ނަޒަރިއްޔާތު ބަދަލުވެގެން ދާނެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.

    وَلَا تَقُولَنَّ لِشَيْءٍ إِنِّي فَاعِلٌ ذَٰلِكَ غَدًا ﴿٢٣﴾ إِلَّا أَن يَشَاءَ اللَّـهُ
    “އަދި ކަލޭގެފާނު އެއްވެސްކަމަކާ ދޭތެރޭގައި، ހަމަކަށަވަރުން، ތިމަންކަލޭގެފާނު މާދަމާ އެކަމެއް ކުރައްވާނަމޭ ވިދާޅުނުވާހުށިކަމެވެ! (23) اللَّه އިރާދަކުރެއްވިއްޔާއޭ ވިދާޅުވެފައި މެނުވީއެވެ.” ސޫރަތުލް ކަހަފް، 23-24
    މި އާޔަތުގައި މާތް ﷲ ވަނީ މާދަމާ ކަމެއް ކުރާނަމޭ ބުނުމުގެ މިސާލެއް ޖައްސަވާފައެވެ. މިސާލު ޖެއްސެވިއިރު އެކަލާނގެ ދެއްވީ އެހާ ޢަޒުމް ބަލިކަށި ޖުމްލައެއް ނޫނެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވަނީ إِنِّي فَاعِلٌ ذَٰلِكَ غَدًا، މާނައަކީ ހަމަ ޔަޤީނުންވެސް މާދަމާ އަހަރެން އެކަން ކުރާނަމެވެ. (އާޔަތުގެ ޢަރަބީގެ ޤަވާޢިދުގައި ފޮރުވިފައިވި އަސަރަކީ އެއީއެވެ.) އިން ޝާ ﷲ އިތުރުކުރަން ﷲ އަންގަވާފައިވަނީ އެފަދަ ބަސްތަކެއްގެ ފަހަތަށެވެ. މިއިން އެނގެނީ ކޮންކަމެއް ހެއްޔެވެ؟ މިއިން އެނގެނީ މުސްލިމުންގެ ގޮތުގައި އަޅުގަނޑުމެން ވާންޖެހޭނީ ނުހަނު ޢަޒުމް ވަރުގަދަ ބަޔަކަށް ކަމެވެ. މާދަމާ ކުރާ ކޮންމެ ކަމަކާއިމެދު ސާފު އަމާޒެއް އަޅުގަނޑުމެންގެ އޮންނަންވާނެކަމެވެ. އަދި އެކަން ކުރާނެކަމުގެ ޔަޤީންކަން ވެސް ހިތުގައި އޮންނަން ވާނެކަމެވެ. އަޅުގަނޑުމެންގެ ބަސްތަކާއި އެއްގޮތަށް ޢަމަލު ބަހައްޓަން އަޅުގަނޑުމެންނަށް ވެވެން އޮތް ހުރިހާ ކަމެއް ކުރުމުގެ ނިޔަތް އޮންނަން ވާނެކަމެވެ. އަދި އެކަންތައް ޙާޞިލުކުރެވޭނެ ކަމަށް ތިބާއަށް ޤަބޫލުކުރެވޭ ކަންވެސް މެއެވެ.

    އެހެނަސް މިފަދަ ޚިޔާލުތަކަކީ ކިބުރުވެރިއެއްގެ ޚިޔާލުތަކެއްހެން ހިއެއްނުވޭތޯއެވެ. އަމިއްލަ ނަފްސަށް އިތުބާރު ކުރުމަކީ އެއްކަމެކެވެ. އެހެނަސް އެކަން ހައްދު ފަހަނަޅައި ދިޔުމުން ކިބުރުވެރިކަމަށް މަގުފަހިވެ ހުރިހާ ކަމެއް އެފުށްމިފުށަށް އަންނަތަން ވެސް އާދެއެވެ. އެހެންކަމުން ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ ހިތްތައް ތިރިކުރައްވައެވެ. ‘އިން ޝާ ﷲ’ މި ބަސްތަކުންނެވެ.

    އާނއެކެވެ. މާދަމާ އަޅުގަނޑުމެން ޙާޞިލުކުރަން ބޭނުންވާ ކަންތައް ޙާޞިލުކުރެވޭނެކަމުގެ ޔަޤީންކަން އަޅުގަނޑުމެން ހިތުގައި ބާއްވަމެވެ. އެހެނަސް ކޮންމެ ކަމެއްވެސް ޙާޞިލުކުރެވޭނީ ހަމައެކަނި ﷲ ގެ އިރާދަފުޅުންކަން އަޅުގަނޑުމެން ހަނދުމައިގައި ބަހައްޓަންވާނެއެވެ. އަޅުގަނޑުމެން ކޮންމެވެސް ތަނަކަށް ދާން ޢަޒުމް ކަނޑައަޅައިގެން އެތަނަށް ދާން ތައްޔާރުވެފައިވެސް ފަހު ވަގުތުގައި އެތަނަށް ދެވޭނެ ގޮތެއް ނުވެ ހިނގައިދާނެއެވެ. އަޅުގަނޑުމެން ކޮންމެވެސް އެއް މަޝްރޫޢެއް ފަށައި އޭތި ނިންމަން ޢަޒުމް ކަނޑައެޅިޔަސް އެއަށް ބޭނުންވާ އެންމެ މުހިއްމު އެއްޗެހި ނުލިބުމުން ކުރިން ރޭވި ގޮތަށް އޭތި ނުނިމި ހިނގައިދާނެއެވެ. އަޅުގަނޑުމެން މަސައްކަތެއް ފަށާފައި އެ މަސައްކަތް ވަކި ވަގުތަކަށް ނިންމަން ޢަޒުމް ކަނޑައަޅައި ނިންމަން އުޅުނަސް ބަލިވެ ހިނގައިދާނެއެވެ.

    އެހެންކަމުން ޖުމްލަ ގޮތެއްގައި އަޅުގަނޑުމެންގެ މާދަމާއާއި ބެހޭގޮތުން އަޅުގަނޑުމެން ވާހަކަ ދައްކަންވާނެއެވެ. އަދި އެ ދައްކާއިރު ކުރަން އުޅޭ ކަމަކާމެދު ނުހަނު ޔަޤީންކަން ވެސް އޮންނަންވާނެއެވެ. އެހެނަސް އެ މާދަމާއެއް އަންނާނީ ހަމައެކަނި ﷲ ގެ އިރާދަފުޅުންކަން އަޅުގަނޑުމެން ހަނދާން ބަހައްޓަންވާނެއެވެ. ބައެއްފަހަރު ތިބާ ރާވާ ގޮތަށް ކަންތައް ދަނީ ތިބާގެ ރޭވުމާއި ﷲ ގެ ރޭއްވެވުން އެއްގޮތް ވުމުންނެވެ. އެހެނަސް އަނެއްބައި ފަހަރު ތިބާގެ ރޭވުމާއި އެއްގޮތަށް ކަންތައް ނުދަނީ ﷲ ތިބާއަށްޓަކައި އެއަށްވުރެ ފުރިހަމަ ރޭވުމެއް ރާއްވަވާފައިވާތީވެއެވެ. އެހެންކަމުން އެކަލާނގެ ޙަޟްރަތުން އެހީއަށް އެދި، އެކަލާނގެ ހަނދުމަކޮށް އިން ޝާ ﷲ ކިޔާށެވެ. އަދަށްވުރެ ފަހި މާދަމައެއްގެ އުއްމީދުގައެވެ.

  16. Jana says:
    November 26, 2019 at 4:30 pm

    Blog post (ii)

    Sometimes true revenge is saving yourself from becoming the likes of those who hurt you. And to seek justice against them by saving others from being hurt.

    ************************************

    ބައެއްފަހަރު ބަދަލު ހިފުމަކީ ތިބާއަށް އަނިޔާ ދިން މީހުންނަށް ހަމަ އެފަދައިން އަނިޔާ ކުރުމެއްނޫނެވެ. އެހެނެއްކަމަކު އެފަދަ މީހުން ކަހަލަ މީހަކަށް ވުމުން ތިބާގެ އަމިއްލަނަފްސު ސަލާމަތްކުރުމެވެ. އަދި އެހެންމީހުން ތިބާއަށް އަނިޔާކުރި މީހުންގެ ކިބައިން ސަލާމަތްކުރުމެވެ.

  17. Jana says:
    November 27, 2019 at 9:37 pm

    Assalaam’alaikum. Next part maadhamaa rey 9 hikah haairu up vaane In Sha Allah ^_^

Comments are closed.

Next Episodeވަޢުދު (ބައްތިރީސްވަނަ ބައި)←


All Right Reserved!