ވަޢުދު (ސައުރަތިރީސްވަނަ ބައި)

- by - 97- December 5, 2019

އޭގެ އަނެއްދުވަހުގެ ހެނދުނެވެ. ފާއިޤް އާދައިގެ މަތިން ސްކޫލަށް ދިޔުމަށްޓަކައި ލަމްޔާ އޭނައަށް ދީފައިވާ ކާރަށް އެރީ 6:30 ހިކަށްހާއިރެވެ. 6:45 ވާއިރު ސްކޫލްގައި ހުންނަން ޖެހުމާއެކު އޭނަ ސްކޫލަށްދާން ޚިޔާރު ކުރާ ދިގު މަގު ކަނޑައްތު ކުރެވޭނީ އެހާއިރުންކަން އޭނައަށް އެނގޭތީވެއެވެ. އޭނަ ދާ ސްކޫލް ހުންނަނީ އޭނަ މިހާރު އުޅޭ ޢިމާރާތާއި ނުހަނު ގާތުގައި ކަމަށްވިޔަސް އޭނަ އެހެން މަގަކުން ދަނީ ‘ސަންރައިޒް’ ޢިމާރާތް ހުރަސްކޮށްފައި ދިޔުމަށެވެ. އެދުވަހުވެސް އޭނަ އެ ޢިމާރާތާއި ގާތްވަމުން ދިޔަ ވަގުތު އާދައިގެ މަތިން އަނުމް އެ ޢިމާރާތުން ނިކުތް މަންޒަރު ފެނުނެވެ. އަނުމް ފެނުމާއެކު ކޮންމެ ދުވަހެކޭވެސް އެއްފަދައިން ފާއިޤް އޭނަގެ ނޫކުލައިގެ ކާރުގެ ސްޕީޑް ދަށްކޮށްލިއެވެ. ހަމަ އެހިނދު މި ފަހުގެ އާދައާއި އެއްގޮތަށް އަނުމް ފަހަތް ބަލާލުމުން ފާއިޤްއަށް އޭނަގެ ބޯ ތިރިކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. އެކަމާމެދު ފާއިޤް އަމިއްލަ ނަފްސަށް ނުރުހުންވެއެވެ. އޭނަ ޖެހިލުންވާންވީ ސަބަބެއް ނެތް ކަމަށް އޭނަ އެތައް ފަހަރެއްގެ މަތިން އަމިއްލަ ހިތަށް އަންގައިދީފިއެވެ. އޭނަ އަނުމްގެ ފަހަތުން ދާކަން އަނުމްއަށް ފާހަގަވިޔަސް ވަކި އަނުމްއަށް އޭނަ ކުށްވެރި ކުރެވޭނީ ހެއްޔެވެ؟ މި ކާރު ނޫނަސް އަނުމްއަށް ކޮންމެ ދުވަހަކު މި މަގުމަތިން ތަކުރާރުކޮށް ފެންނަ އެހެނިހެން އުޅަނދުތައް ހުންނާނެއެވެ. އެހެނަސް އޭނަ ޖެހިލުންވަނީ ވަކި އަނުމް އޭނަ ކުށްވެރިކޮށްފާނެތީ ނޫންކަމަށް އޭނަގެ ސިކުނޑީގެ ކަނަކުން ގޮވަމުން ދިޔައެވެ. އޭނަ ނުތަނަވަސްވީ އޭނައަށް އަނުމް ކަމުގޮސްގެން އުޅޭހެން އަނުމްއަށް ހީވެދާނެތީވެއެވެ. އެ ޚިޔާލުން ވެސް ފާއިޤްއަށް އަސަރެއްނެތް ގޮތަކަށް ހީލެވުނެވެ. އެފަދަ ހީވުމެއްގައި ބެދޭކަށް ފާއިޤް އެއްގޮތަކަށް ވެސް ބޭނުމެއްނޫނެވެ. ކުއްޖަކާއި ރައްޓެހިވެގެން އުޅުމުގެ ޚިޔާލަކީ އޭނައަށް މި ދުވަސްކޮޅު ދުރުދުރުން ވެސް ޙަޤީޤަތަކަށް ވާތަން ފެންނަ ޚިޔާލެއް ނޫނެވެ. އެހެން އެއްވެސް ކަމަކަށްވުރެ އޭނަގެ ހިތުގައި އޮތް އޭނަގެ ތުއްތައަށްޓަކައި ބަދަލު ހިފުމުގެ ރޫޙު އެއަށްވުރެ ވަރުގަދަވުމުންނެވެ.

 

ތުއްތައާއިމެދު ގޯސްކޮށް ކަންތައް ކުރި އެންމެންގެ ސިފަތައް ވަކިވަކިން ފާއިޤްގެ ލޮލަށް ސިފަވެގެން ދިޔަދިޔަހެން އޭނަ ހުންގާނު ބުރުގައި ހިފަހައްޓައިގެން ހުރި އިނގިލިތަކަށް ބާރުވެގެން ދިޔައެވެ. އެއާއެކު އޭނަ ދުރަށް ހިނގަމުން ދިޔަ އަނުމްއަށް ބަލާލީ ވަރުގަދަ ޢަޒުމަކާއި އެކީގައެވެ. ތުއްތަ އޭނައަށް ކުރި ވަޞިއްޔަތުގެ މަތިން ހަނދާންވުމުން ފާއިޤް ގިޔަރު ބަދަލުކޮށްލަމުން ކާރު ބާރަށް ދުއްވާލީ އަނުމްއާއި ދާދި އެއްހަމައެއްގައި ދިޔުމަށެވެ. އަނުމްއަށް ކިރިޔާވެސް ގެއްލުމެއްވިޔަ ނުދިނުމަށެވެ.

 

ހެނދުނު ހެނދުނާ ހިތަށް ވެރިވި އެ ޢަޒުމާއި އެކީ ފާއިޤްއަށް ސްކޫލަށް ދިޔަ މަގުމަތިން ފެށިގެން ސްކޫލް ތެރޭގައި ވެސް އެދުވަހު ފާއިޤްއަށް އަނުމްއާއި ދިމާލަށް މާ ގިނަ ނަޒަރުތަކެއް ދެވެމުން ދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފާއިޤްއަށް އަނުމްގެ މޫނުމަތީގެ ކުލަވަރު އެދުވަހު ފެންނަމުން ދިޔައީ އިހުނަށްވުރެ ސާފުކޮށެވެ. އަނުމް ކޮންމެވެސް ކަމަކާމެދު ހިތްހަމަނުޖެހިގެން އުޅޭހެން އޭނައަށް ހީވާ ދެ ތިން ދުވަސްވެއްޖެއެވެ. އޭގެ ފަހަތުގައިވި ސަބަބު އޭނަ ދެނެގަންނަން އުޅެއުޅެ އެކަންވަނީ ކާމިޔާބުވާ ގޮތެއްނުވެފައެވެ. ނިމާލްމެންގެ ވާހަކަތަކަށް ފާރަލައިގެން އޭނަވަނީ އެމީހުން އެންމެ ފަހަކަށް ރޭވި ރޭވުން ވެސް ނާކާމިޔާބު ކޮށްފައެވެ. ވީއިރު އަނުމްއަށްވެގެން މިއުޅެނީ ކިހިނެއްތޯ އޭނަގެ ހިތަށް އަރަމުން ދިޔައެވެ.

 

ސްކޫލަށް ގޮސް ކާރުން ފައިބައިގެން އަނުމްގެ ފަހަތުން ކަހަލަ ގޮތަކަށް ދިޔަ އިރާއި ސެޝަންގެ ތެރެއިން އެކިއެކި ގަޑިތަކުގައި ފާއިޤް އޮފީހަށް އެކި ކަންކަމުގައި ދާން ޖެހުނު ވަގުތު އޭނަ އަނުމްއަށް ފުން ނަޒަރުތަކެއް ދެމުން ދިޔައެވެ. ކުލާހުގައި އިންއިރު ވެސް އަނުމްގެ އާދަޔާ ޚިލާފު ހިމޭންކަމުން ފާއިޤްގެ ހިތަށް އުދަގޫވިއެވެ. އެހެނީ އަނުމްގެ ފަރާތުން އޭނައަށް ފެނުނު އެންމެ އަޅައިގަންނަ އެއްސިފައަކަށްވީ މީހުންނާއި ދުރުދުރުން އުޅުނަސް ކިޔެވުމަށް މަސައްކަތް ކުރާ ކުއްޖަކަށްވުމެވެ.

 

އަނުމްއަށް ފާރަލުމުގެ ‘ފުރުޞަތު’ އޭނައަށް ލިބި އަނުމް އޭނައަށް ފުރަތަމަ ފެނިގެން ދިޔަގޮތް ގޮތް ފާއިޤް އަދަށްދާންދެން ވެސް ސާފުކޮށް ހަނދާން އެބަ ހުއްޓެވެ. އެދުވަހު އެ ކަޅު ކޮޓަރީގައި ބަންދުވުމަށްފަހު ބޭރުގައި ތިބި މީހުންނާއި ދިމާލަށް އެއްޗެހި ގޮވައި ހަމަ އެމީހުން ބޭނުންކުރާ ފަދަ ނުބައި ބަސްތައް އޭނައަށް ބޭނުންކުރެވުނެވެ. އެއަށްފަހު އޭނައަށް ދެންވެސް އެ ދޮރުގައި ތަޅަމުން ގަދައަށް ރޮއިގަނެވުނީ ކޮންމެ ގޮތެއްވިޔަސް އޭނަގެ ތުއްތަ އޭނައާއި ވަކިވެއްޖެކަން އޭނައަށް އެނގުންވުމުންނެވެ. އޭނަގެ މުޅި ޙަޔާތުގައި ވެސް އޭނަގެ ޢާއިލާއަކަށް ފެނުނު ހަމައެކަނި މީހަކީ އޭނަގެ ތުއްތައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެމީހުންގެ މަންމައަކީ ފާއިޤް ހަނދާން ހުންނަން ފެށީއްސުރެވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހި ކޮންމެ 6 މަހުން ނޫނީ އަހަރަކުން ޖަލުގައި ހުންނަ އަންހެނެކެވެ. ބައްޕަގެ ސިޔާސީ ވަޒީފާގެ ސަބަބުން ބައްޕަ ގިނަ ފަހަރު އެމީހުންނަކަށް ނުފެނެއެވެ. އެހެނަސް އެމީހުންނަށް ތަނަވަސް ދިރިއުޅުމެއް ލިބިފައިވަނީ ބައްޕައަށް ލިބޭ ލާރިން ކަމަށްވުމުން ބައްޕައަކީ ރަނގަޅު މީހެއްކަމަށް ފާއިޤްއަށް ނިންމިފައިވިއެވެ. އެއްދުވަހު އޭނައާއި އޭނަގެ ތުއްތަ ގޭގައި ތިއްބާ ކޮންމެވެސް ފިރިހެނުންގެ ބަޔަކު އެމީހުން ހައްޔަރު ކޮށްގެން ގޮސް ގެއަކަށް ލުމުގެ ކުރިންނެވެ. އަދި އޭނައާއި އޭނަގެ ތުއްތަ ގަދަކަމުން ވަކިކޮށް އެ ފިރިހެނުން ތުއްތަ ގޮވައިގެން ގޮސް ވަކި ކޮޓަރިއަކަށް ލުމުގެ ކުރިންނެވެ. ތުއްތަގެ ސަލާމަތަށްޓަކައި ތުއްތަ ކައިރިއަށް ދިޔުމުން ފާއިޤް މަޑުކުރެވިފައިވީ ބޮޑު މާސިންގާ 3 ފިރިހެނުން އޭނަގެ ގައިގައި ހިފަހައްޓައިގެން ތިބުމުންނެވެ. އޭނަ ހަރުއަޑުން ތުއްތައަށް ގޮވަގޮވާ ހުއްޓާ ރޮވިފައިހުރި ތުއްތަ ލޯމައްޗަށް ގެއްލުނު ވަގުތު ފާއިޤް އޭނަގެ ކައިރީގައި ތިބި މީހުންގެ އަތްތައް ފޮޅުވަމުން އެމީހުންނާއި ކުރިމަތިލައި ހަޅޭއްލެވިއެވެ.

 

“ތިއީ ކޮންބައެއް؟! ތުއްތަ ދޫކޮށްލާ ހަމަ މިވަގުތު! އަހަރެން ބައްޕައަށް ގުޅައިފިއްޔާ މާ ރަނގަޅެއް ނުވާނެ!” ފާއިޤް އިންޒާރެއް ދޭ ފަދައަކުން ބުނެލިއެވެ. އެއާއެކު އެ ތިން ފިރިހެނުން ވެސް މަލާމާތުގެ ޒާތަށް ހީލިއެވެ.

 

“ކޮޔާ! މީ އެކޮއިގެ ބައްޕަ ބޭނުންވާ ގޮތް. އެކޮއިގެ ބައްޕަ އެހެން އަންހެނަކާ އިނދެގެން އެކޮއިމެން އުޅޭ ޝާހީ ގެއަށް ބަދަލުވީ. އެހެންވީމަ ބައްޕަ ބުނުއްވީ އެކޮއިމެން މިގެއަށްލާފަ އަހަރުމެން ބޭނުންކަމެއް ކުރިޔަސް މައްސަލައެއްނެތޭ.” މެދުގައި ބިޔަކޮށް ހުރި ފިރިހެނަކު ބުނެލި ވާހަކައިން ފާއިޤްގެ ދެލޯ ބޮޑުވީ ހިނދު އޭނަގެ ހިތް ރޫރޫއެޅިއެވެ. އިވުނު ވާހަކަތައް ޤަބޫލުކުރަން ބޭނުމެއްނުވިއެއްކަމަކު ބައްޕަ އެމީހުންނާއިމެދު ބަހައްޓާ ފަރުވާ ކުޑަކަމުން އެއީ ހަމަ ޙަޤީޤަތަކަށް ވެދާނެކަމަށް އޭނަގެ ޒަމީރު ބުންޏެވެ. އެހެނަސް ބައްޕައަށްޓަކައި ހިތުގައި އޮތް އިތުބާރު ގެއްލެން އުޅުނު ވަގުތު ފާއިޤްއަށް ދެންވެސް ނޫނެކޭ ބުނެލެވުނެވެ. ލިބިފައިވި ޝޮކުގައި އަމިއްލަ އަމިއްލައަށް ބޯ ހޫރުވަމުން ނޫނެކޭ ތަކުރާރުކޮށް ކިޔެން ފެށިއެވެ. އެހިނދު އޭނަގެ ކުރިމަތީގައި ތިބި ފިރިހެނުން ހަމަ އެއްޒާތަކަށް ހެމުން އޭނަގެ ގައިގައި ހިފެހެއްޓިއެވެ. އެއަށްފަހު އޭނަ ގަދަ ހެދިއެއްކަމަކު ކޮޓަރިއެއްގެ ތެރެއަށް ގެންގޮސް އޭނަގެ އަތްފައި ބަނދެ ހައްޔަރުކޮށްފައި ބޭންދުމަށްފަހު އެ ކޮޓަރީގައި ބަންދުކޮށްފައި ދިޔައީއެވެ. އެ ކޮޓަރީގެ ބިންމަތީގައި އެގޮތަށް އިންއިރު އެ ކޮޓަރިއާއި ދިމާކުރިމަތީގައި ހުރި ކޮޓަރިން ތުއްތަގެ ވޭނީ ހަޅޭކުގެ އަޑުތަކާއި އެ ފިރިހެނުންގެ ނުލަފާ ހުނުންތަކުގެ އަޑުތައް އިވެމުން ދިޔަ ގޮތުން އެއްފަހަރާ ހުރިހާ ނޭދެވޭ އިޙްސާސްތަކެއް ހިތަށްވެރިވެ ފާއިޤްގެ ސިކުނޑި ގޯސްވާން އުޅުނުހެން އޭނައަށް ހީވިއެވެ. ކަރުނަ އަޅައި ގަދައަށް ރޮމުން އަޑުގެ ކޮޅަށް ތުއްތާއޭ ކިޔައި ގޮވެމުން ދިޔައެވެ. 13 އަހަރުގެ ޢުމުރުގައި އެފަދަ ކަމެއް ތަޖުރިބާ ކުރެވުނު އެ ފުރަތަމަ ދުވަހު އޭނައަށް ހީކުރެވިފައިވެސްވީ އެ ހުރިހާ ފިރިހެނުންވެގެން ތުއްތަ ގައިގައި ހަމައެކަނި ތަޅަނީ ކަމަށެވެ. އޭނައަށް ހީކުރެވުނީ އޭނައަށް ދެން ފެންނާނީ ތުއްތަގެ ފުރާނަނެތް ހަށިގަނޑު ކަމަށެވެ. އެހެނަސް އޭގެ އަނެއްދުވަހުގެ ހެނދުނު ތުއްތަ ޞައްޙަ ސަލާމަތުން ހުރެ އޭނަގެ ކޮޓަރިއަށް ވަދެގެން އައި މަންޒަރު ފެނިފައި ފާއިޤްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ތުއްތަގެ ފަރާތުން އޭނައަށް ފެނުނުހާ ވެސް ތަފާތަކީ މިލާފައިވާ މޫނުމަތީގެ ލޮލުގެ ކައިރިން ނޫފަންގަނެފައިވުމާއި ތުއްތަ ހިނގާފައި އައިއިރު ކޮރުޖަހަމުން އައުމެވެ.

 

“ތުއްތާ…..ތު…ތުއްތަ ސަލާމަތުންދޯ ތިހިރީ؟ ތުއްތައަށް އެމީހުން މާ ބޮޑުކަމެއް ނުކުރޭދޯ؟” ތުއްތަ ދަތި ގޮތަކަށް ހިނގާފައި އައިސް އޭނަ ކައިރިއަށް ތިރިވެ އޭނަގެ ފައި ބަނދެވިފައި ފަށްތަށް މޮހެން ފެށުމުން ފާއިޤް އުއްމީދީ ގޮތަކަށް ސުވާލުކުރިއެވެ. އެހިނދު ތުއްތަ އޭނައަށް ބަލާލީ އޭނަގެ ވިސްނުން ހުރި ހިސާބު އެނގުންވި ފަދައަކުންނެވެ. އެއާއެކު ތުއްތަ ކަރުނުން ފުރިގެންވި ދެލޮލާއެކީ ވެސް އޭނައަށް ހިނިތުންވުމެއް ދައްކާލިއެވެ.

 

 

“އާނއެކޭ ކޮއްކޯ! ކޮއްކޮ ބޭކާރު ގޮތުގަ ރޭ ހަޅޭއްލެވީ….އެއީ އެމީހުން ބުނީ ތުއްތަ ކައިރި ކޮންމެވެސް އެއް ޑްރާމާއެއް ކުޅެދޭށޭ. ފައިސާވެސް ލިބޭނެއޭ….އެހެންވެ ތުއްތަ އެމީހުން ބުނިގޮތަށް ހެދީ……ދެން ނުރޮއްޗޭ އިނގޭ ތުއްތަ އެގޮތަށް ގެންދިޔަޔަސް. ހިނގާ އަވަހަށް ސައިބޯން….އަދި މިއަދު މެންދުރު ސްކޫލަށްވެސް ދާންވާނެއެއްނު؟” އޭނަގެ 19 އަހަރުގެ ތުއްތަ ކަރުނަތައް ފައިބަމުން ދިޔަ ލޮލާއެކީ ތުރުތުރު އަޅާ އަޑަކުން ވާހަކަ ދައްކަމުން ވެސް މަތި އޮމާންކުރިއެވެ. ހުރިހާ ކަމެއް ރަނގަޅުކަމަށް ނިންމަން އިންތިހާއަށް ބޭނުންވެފައިވި ހިތެއްގެ ސަބަބުން ފާއިޤް އޭރު ހިނިތުންވުމަކާއެކީ ބޯޖަހާލީއެވެ. އެދުވަހުގެ ފަހުން ތުއްތަ އެ ބުނި ޑްރާމާގެ އެހެނިހެން ޒާތުގެ މަންޒަރުތައް އޭނައަށް ފެނި އެ މަންޒަރުތައް ކުޅޭ އަޑު އޭނައަށް އިވޭނެ ކަމަށް ފާއިޤްއަށް ހީކުރެވުނެވެ. އެހެނަސް ކޮންމެ ރެއަކުހެން އިވެނީ ހަމަ ތުއްތަގެ އެ ރުއިމުގެ އަޑެވެ. އޭނަގެ ލޯ ކުރިމަތިން ތުއްތަ ދުވަހަކަށްވުރެ ދުވަހަކަށް ބަލިކަށިވަމުން ދިޔަ މަންޒަރު އޭނައަށް ފެނުނެވެ. ތުއްތަ އޭނައަށް ހެދީ ދޮގެއް ކަމުގެ އިޙްސާސް ކުރެވެން ފެށީ އެހާ ހިސާބުންނެވެ. ކޮންމެވެސް ގޯހެއް އެބައުޅޭކަން އެނގުންވީވެސް އެހާ ހިސާބުންނެވެ. އޭނައާއި އެކީގައި އުޅޭ އެކުވެރިންގެ ފަރާތުން އެ ޒާތުގެ ވާހަކަތައް އޭނައަށް އިވެން ފެށީ ވެސް އެދުވަސްވަރެވެ. އެކުވެރިންގެ ފަރާތުން އެ ވާހަކަތައް އިވި ގޭގެތެރެއިން އިވޭ އަޑުތަކަށް ވިސްނުމުން ކަންތައް ވަމުންދާ ގޮތް ފާއިޤްއަށް އެނގުންވި ދުވަހު އޭނައަށް ނަފްސާނީ ގޮތުން އަސަރުކުރިއެވެ. އެދުވަހު ސްކޫލްގެ ގޮނޑިއެއްގައި އިނދެ އޭނަ ހިމޭންވީ ގޮތަށް ސެޝަން ނިމެންދެން ވެސް އެގޮތުގައި އިނދެވުނެވެ. ހަމަހޭވެރިކަމެއް ލިބިގެން ދިޔައީ މުދައްރިސަކު އޭނަގެ ކޮނޑުގައި އަތް އަޅައި ގޮވާލުމުންނެވެ. އެދުވަހު އޭނަ ގެއަށް ދިޔައީ ގައިގެ ވަރުދޫވެފައިވާ ޙާލުގައެވެ. އޭނަގެ ގޯސް އެކުވެރިން ސަމާސާތަކުގެ ގޮތުގަ ސިފަކޮށްދިން މަންޒަރުތައް އޭނަގެ ތުއްތައާއެކީ ޚިޔާލުކުރަންވެސް އޭނަގެ ސިކުނޑި ނުކުޅެދުނެވެ. އެހެނަސް އެއީ ޙަޤީޤަތްކަމަށް އޭނަގެ ހިތް ބުނަމުން ދިޔަ ކޮންމެ ފަހަރަކު އޭނައަށް ބޯހޫރުވެމުން ދިޔައެވެ.

 

އެދުވަހު އިރުއޮއްސުނު ވަގުތު ގެއަށް ގޮސް ވަނުމާއެކު ވެސް ކޮންމެވެސް ފިރިހެނަކު ތުއްތަގެ އިސްތަށިގަނޑުގައި ހިފައި ދަމަމުން ދިޔަ މަންޒަރު ފެނުމުން އައި ރުޅީގައި ފާއިޤްއަށް ހަޅޭކެއް ލައްވާލެވުނެވެ. ތުއްތައާއެކީ އެމީހާވެސް އޭނައަށް ބަލާލުމާއެކު ރުޅިން ތުރުތުރު އަޅާ ޙާލު ދިގު ފިޔަވަޅުތަކެއްގައި އެ ދިޔަ ގޮތަށް ގޮސް ގޮށްމުށުން އެމީހާގެ ބަނޑާއި ދިމާލަށް އެތިފަހަރެއް ވިއްލާލިއެވެ. އެއީ އޭނަގެ ޙަޔާތުގައިވެސް މީހަކާއި ދިމާލަށް އެގޮތަށް އަތް އިސްކުރެވުނު ފުރަތަމަ ފަހަރެވެ. އެ ފުރަތަމަ ފަހަރު ވެގެން ދިޔައީ މުޅިން އާ ފެށުމަކަށެވެ. އޭނަ އެ އެތި ފަހަރު ވިއްލި މީހާ އޭނަގެ މޫނުމައްޗަށް އެތިފަހަރެއް ވިއްލައި ވައްޓާލިއެއްކަމަކު އޭނަ އައިސްފައިވި ރުޅީގައި އަނެއްކާވެސް ތެދުވެ ޖެހިއެވެ. އެހެނަސް އެފަދަ ކޮންމެ ތަޅާފޮޅުމެއް ނިމޭ ފަދައިން އެ ތަޅާފޮޅުން ވެސް ނިމިގެން ދިޔައީ ތިން ހަތަރު ފިރިހެނުންވެގެން އޭނަ ގައިގައި ހިފަހައްޓައި ތުއްތަ އޭނައާއި ދުރަށް ގެންދިޔުމުންނެވެ.

 

އެރޭ ތުއްތަގެ ރުއިމުގެ އަޑު އެ ކޮޓަރިން އިވުމުން އޭނަ ކޮޓަރިން ނިކުތެވެ. އޭނަ ފަހަކަށް އައިސް އެކަމާމެދު އަޑު ނުއުފުލާތީ އޭނަ ހުންނަނީ ނުވެސް ބަނދެވިއެވެ. އޭގެ ބޭނުން ހިފައި އޭނަ ތުއްތަގެ އަޑު އަންނަމުން ދިޔަ ކޮޓަރީގެ ދޮރު ކައިރިއަށް ގޮސް އެ ދޮރުގައި ގޮށްމުށުން ތެޅިއެވެ. ތުއްތަ ދޫކޮށްލުމަށް ގޮވަމުންނެވެ. ދޫނުކުރިއްޔާ ފަހުން ހިތާމަކުރަން ޖެހިދާނެކަމަށް ބުނަމުންނެވެ. އެއާއެކު އަނެއްކާވެސް ފާއިޤް އެ ފިރިހެނުންނާއި ކުރިމަތިލާން ޖެހުނެވެ. އެ ތަޅާލުން ނިމުނުއިރު ފާއިޤްގެ މޫނާއި ހަށިގަނޑުގެ އެކި ތަންތަންގަނޑު ނޫފަންގަނެފައިވީއިރު އޭނަގެ ޚަބަރު ހުސްވެ އޭނަގެ ކޮޓަރީގެ ބިންމައްޗަށް ދޫކޮށްލެވުނެވެ.

 

އޭގެ އަނެއްދުވަހުގެ ހެނދުނު ފާއިޤްއަށް ހޭލެވުނީ ރޮވިފައިހުރި އޭނަގެ ތުއްތަ އޭނައަށް ގޮވަމުން އައިސް ތިރިވެ އޭނަގެ މޫނުގައި ހިފަހައްޓައި ރަނގަޅުތޯ ސުވާލުކުރަން ފެށުމުންނެވެ. ހަނިގޮތަކަށް ލޯ ހުޅުވާލުމުން ތުއްތަ ފެނިފައި ފާއިޤްއަށް ކުއްލިއަކަށް ތެދުވެލެވުނެވެ. އެއާއެކު ފުރަތަމަ ފަހަރަށް ތުއްތަގެ ޒަޚަމްތައް އެ ޒަޚަމްތަކުގެ ގޮތުގައި އޭނައަށް ފެނުނެވެ. ތުއްތަގެ މޫނުގެ އިތުރުން ކަރާއި އަތުގެ މުލައްދަނޑީގެ ތަންތަން ވެސް ރަތްވެ ތުއްތަގެ ހަށިގަނޑު އަނަރޫފަވެފައިވި މަންޒަރު ފެނިފައި ފާއިޤްގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. މި ހުރިހާ ދުވަހު އޭނަ ތުއްތައާއި އެއްފުރާޅެއްގެ ދަށުގައި ވީއިރުވެސް ތުއްތައަށްޓަކައި އެއްވެސް ކަމެއް އޭނައަށް ނުކުރެވުނުކަން އިޙްސާސް ކުރެވުނު ވަގުތު އޭނަގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. އޭނައަށް ތުއްތަގެ މޫނުން ނަޒަރު ވަކިކޮށްލަމުން ކޮޅަށް ތެދުވެ ތުއްތައަށް ފަސްދެވުނީ ތުއްތައާއި ހަތަރުކަޅި ހަމަކުރަން ވެސް ނުކުޅެދުމުންނެވެ. ތުއްތަ ރައްކާތެރިކުރުމުގައި އޭނަ ނާޤާބިލުވެއްޖެކަން ޔަޤީންވި ވަގުތު ފާއިޤްއަށް ގިސްލެވެން ފެށިއެވެ. އެ ގިސްލުމުގެ ތެރެއިން ތުއްތައާއިމެދު ހިތުގައި އުފެދުނު ޝަކުވާވެސް ދުލާއި ހަމައަށް ގެނެވުނެވެ.

 

“ތު….ތުއްތަ ކޮއްކޮއަށް ދޮގު ހެދީ….އެމީހުން ތުއްތައަށް…..” ފާއިޤް އެހެން ބުނެލި ހިނދު މޭގައި އުފެދުނު ރިހުމުގެ ސަބަބުން މޭމަތީގައި އަތްއަޅާލަން ޖެހުނެވެ. އެ ހިނދު ތުއްތައަށް ވެސް ގިސްލެވުނު އަޑު އިވިފައި އެ ރިހުން ތޫނުވުން ނޫންކަމެއް ނުވިއެވެ. ތުއްތަ ލަސް ހިނގުމެއްގައި އައިސް އޭނަގެ ކޮނޑުގައި އަތްއަޅާލުމުން ވެސް ފާއިޤް ދުރުވެލީ ތުއްތަ ދޮގު ހެދި ކަމަށްޓަކައި ރުޅިވުމަށްވުރެ އޭނަގެ އަމިއްލަ ނަފްސަށް ވީ ނުރުހުމުގައެވެ.

 

“ފާއިޤްވެސް ދެން ތުއްތައާ ވާހަކަ ނުދައްކާނީތަ ތުއްތައަށް މިހެން ދިމާވީމަ؟” ތުއްތަގެ ރޮވިފައިވި އަޑުން އެ ބަސްތައް އިވިގެން ދިޔަ ހިނދު ފާއިޤް ދުވަހަކުވެސް ދެރަނުވާވަރަށް ދެރަވިއެވެ. އޭނައަށް ތުއްތައާއި ދިމާލަށް ބަލާލެވުނީ ކަރުނުން ތެމިފައިވި ކޯތާފަތާއި އެކީގައެވެ.

 

“ނޫން ތުއްތާ…..ކޮއްކޮ ރުޅިއަންނަނީ….ވަރަށް ގަދައަށް. ކޮއްކޮ އަދި މާ ބޮޑަށް އަނިޔާކުރާނަން! ތުއްތައަށް އެހެން ހެދި މީހުންނަށް. ޕޮލިހުންނަށް ގުޅާފަ ޕޮލިހުންނާ ޙަވާލުކުރާނަން! ތުއްތަ ސަލާމަތް ކޮށްދޭނަން ކޮއްކޮ!” ފާއިޤް ތުއްތަ ކައިރިއަށް ދަމުން ވަރުގަދަ ޢަޒުމަކާއެކީ ބުނެލިއެވެ. އެއާއެކު ތުއްތަ އޭނަގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ.

 

“އެމީހުންނަށް އަނިޔާކޮށްފަ އެމީހުން ކަހަލަ މީހަކަށް ވާންތަ ފާއިޤް ބޭނުންވަނީ؟ ފުލުހުންނަށް އަންގަން ތުއްތަ ވެސް ޓްރައި ކޮށްފިން. އެކަމަކު މިއީ ފުލުހުންގެ އަތްދަށަށް ވެސް ދާނެ ބައެއްނޫން. ބައްޕައަށް ގުޅަން ވެސް ޓްރައި ކޮށްފިން. އެކަމަކު ބައްޕަގެ ނަންބަރަށް ނުގުޅޭ ތުއްތައަކަށް…..ދެން ކޮއްކޮ ރުޅިވެގެން އިތުރު ކަމަކަށް އެމީހުން ގައިގަ ނުޖަހައްޗޭ. ބަލާބަލަ ކޮއްކޮއަށްވެފަ ހުރި ގޮތް……އިން ޝާ ﷲ އަދި ހުރިހާ ކަމެއް ރަނގަޅުވާނެ. ކެތްތެރިކަމާއެކު މި ދުވަސްކޮޅުގެ ތެރޭގަ އުޅެލާނީ އަހަރުމެން. ﷲ އަހަރުމެންނަށް މަގެއް ފަހިކޮށްދެއްވާނެ. މަގެއް ފަހި ނުވިއްޔާވެސް މި އިމްތިޙާނަކީ އަހަރުމެންނަށް މިއިން ގިނަގުނަ ސަވާބު ލިބޭނެ އިމްތިޙާނަކަށް ހަދަމާދޯ؟” ތުއްތަ އޭނަގެ ކޮނޑުގައި ހިފަހައްޓައިގެން ހުރެ ހިނިތުންވުމެއް ދައްކަން މަސައްކަތް ކުރަމުން ބުންޏެވެ.

 

އެހެނަސް ފާއިޤް ތުއްތަގެ އެ ބަހެއް ޤަބޫލެއް ނުކުރެއެވެ. ﷲ އެމީހުންނަށް އެހީއެއްވާނެނަމަ މިހާރު ވާންވީ ނޫންތޯއޭ ހިތަށްއަރަމުން ދިޔައެވެ. އެ ޚިޔާލު ހިތަށްވެރިވާ ކޮންމެ ފަހަރަކު އަންނަ ރުޅީގައި އޭނައަށް އަތުން ފައިން ގޯހެއް ހެދެއެވެ. އޭނަ އެކި ގޮތްގޮތުން އެ ގޭގެ ތެރޭގެ ހަމަޖެހުން ނަގަން މަސައްކަތް ކުރެއެވެ. އޭނަ އޭގެއިން ކޮންމެ ފިރިހެނެއްގެ ގައިގައި ޖަހަނީ އެމީހަކު މަރާލުމުގެ ނިޔަތުގައެވެ. އެ ނިޔަތް ހިތަށް ވެރިވާ ކޮންމެ ފަހަރަކު ޚުދު އޭނަގެ ހިތްވެސް ބިރުގަތެއްކަމަކު އޭނަގެ ހިތުގައި އެމީހުންނަށްޓަކައި ވާ ރުޅި މާ ބޮޑެވެ. 13 އަހަރުގެ ޢުމުރުގައި އޭނަގެ ހިތަށް ވެރިވި އެ ރުޅިވެރިކަން 5 އަހަރު ވަންދެން ވެސް އެގޮތުގައި ދެމިގެން ދިޔައެވެ. އޭނައާއި ތުއްތަ އެ ވޭނާއި ކެކުޅުމުގައި އެހާ ގިނަ ދުވަސް ހޭދަކުރިއެއްކަމަކު އެ ދެބެއިން ވެސް އެ ވޭނަށް އާދައެއްނުވެއެވެ. ތުއްތަގެ ހަޅޭކާއި ރުއިމުގެ އަޑު އިވޭއިރު ފާއިޤް ދެރަވަމުން ދިޔައީ ހަމަ އެއްވަރަކަށެވެ. ފަހަކަށް އައިސް ފާއިޤްގެ މޭގައި ހުންނަނީ ވެސް ނުފިލާ ރިހުމެކެވެ. އެއްވެސް ކަމެއް ކުރާ ހިތެއްނުވިއެއްކަމަކު ސްކޫލަށް ދެވުނު ވަރަކުން ދަމުން ދިޔައީ އޭނަ ކިޔަވައި މޮޅުވެ ފައިސާ ލިބެން ފެށުމުން އޭނައަށް ތުއްތަ ރައްކާތެރި ކުރެވިދާނެއޭ ހިތާއެވެ. އެހެނަސް އެންމެ ފަހުން ތުއްތަ އެ ވޭނަށް ކެތްނުކުރެވި އޭނަ ދޫކޮށްފައި ދިޔުމުން އޭނައަށް އަޑުގެ ކޮޅަށް ވެސް މަރުގެ އިންޒާރުތައް ދެވެން ފެށީ އެ ހިތާމައިގައި ހިތް ފިސްފިސްވެދާނެހެން ހީވުމުންނެވެ.

 

އެދުވަހު ލަމްޔާގެ އެދުމަށް އޭނަ ކޮޓަރިއަކަށް ލެވުމުން އެތައް އިރެއްވަންދެން އޭނަ ހަޅޭއްލެވިއެވެ. އެ ހުރިހާ ހަޅޭކަކަށްފަހު ވަރުބަލިވުމުން އޭނައަށް ބިންމައްޗަށް ތިރިވެ ދުވަހަކުވެސް ނުރޯވަރަށް ރޮވުނެވެ. އޭނަ ދުނިޔޭގައި މުޅިން އެކަނިވެރިވިކަމުގެ އިޙްސާސް ކުރެވުމުންނެވެ. އޭނައަށް މީހަކު ރައްކާތެރި ކުރެވިދާނެހެން ހީވި ދުވަހު ރައްކާތެރިކޮށްދޭނެ ލޯބިވާ މީހަކު ނެތްކަން އެނގުންވުމުންނެވެ. އޭނަ އެހެން އިންދާ ރޮމުން ދަނިކޮށް ފޯނަށް މެސެޖެއް އައި އަޑަށް ފާއިޤް އޭނަގެ ބަނދެވިފައިވި ދެއަތް ސޯޓުގެ ޖީބާއި ދިމާލަށް ގެންގޮސް އެއްއަތުން ފޯނު ނެގިއެވެ. އެއީ ތުއްތައަށް އެގޭގައި ތިބޭ މީހުން ބައެއްފަހަރު ދޭ ލާރި އެއްކޮށްގެން ތުއްތަ އޭނައަށް ގަނެދިން ފޯނެކެވެ. އެމީހުން އޭނައަށް އަނިޔާއެއް ކޮށްފާނެތީ ކަމެއް ދިމާވެއްޖެނަމަ ތުއްތައަށް ގުޅަން އެދެމުން ދިން ފޯނެކެވެ. ފޯނަށް އައި މެސެޖު ބަލާލިއިރު އެއީ ފޯނުގެ ލާރި ހުސްވީކަން އެންގުމަށް އައި މެސެޖެކެވެ. ހަމަ އެވަގުތު ވައިބާރއިން ވެސް އޭނައަށް މެސެޖެއް އައިސްފައިވިތަން އެދުވަހު ފާއިޤްއަށް ފެނުނީ ފުރަތަމަ ފަހަރަށެވެ. އެއީ އެދުވަހުގެ ހެނދުނު ނިޔާވުމުގެ ކުރިން ތުއްތަ އޭނައަށް ފޮނުވާފައިވި މެސެޖުތަކެވެ. އޭގެއިން ތުއްތަ ވަރަށް ތަފްޞީލުކޮށް ކިޔައިދީފައިވާ ގޮތުގައި އެގޭގައި އުޅޭ ފިރިހެނުން އަނިޔާކުރަނީ ހަމައެކަނި ތުއްތައަށް ނޫނެވެ. ތުއްތަ ބުނި ގޮތުގައި މިހާތަނަށް އައިއިރު އެއްވެސް އެހެން އަންހެން ކުއްޖަކަށް އަނިޔާއެއްދޭން އެމީހުން ރާވާކަން ތުއްތައަށް އެނގިއްޖެނަމަ ތުއްތަވަނީ އެކުއްޖަކަށް ގުޅައި އެމީހުންގެ ރޭވުމުން ސަލާމަތްވާން އަންގާފައެވެ. އެހެނަސް އެމީހުން އެންމެ ފަހަކަށް އެކުއްޖަކާ ބެހޭގޮތުން އެ ވާހަކަ ދައްކާ ‘އަނުމް’ އަކީ ފޯނެއް އޮތް ކުއްޖެއްނޫންހެން ތުއްތައަށް ހީވާ ވާހަކައެވެ. އަދި އެކުއްޖާ އުޅެނީ ރާއްޖެތެރޭގެ ރަށެއްގައިހެން ހީވާ ވާހަކަވެސްމެއެވެ. އެކަމަކު ވަރަށް އަވަހަށް އެކުއްޖާ ފާއިޤް ދާން އުޅޭ ސްކޫލަށް ދާން އުޅޭ ޚަބަރު ތުއްތައަށް ލިބުނު ވާހަކައެވެ.

 

އަނުމްގެ ފޮޓޯއެއް ފޮނުވުމަށްފަހު އަނުމް ރައްކާތެރި ކޮށްދޭން ތުއްތަ އޭނައަށް އެދިފައިވަނީ އެއަށްފަހުގައެވެ. ތުއްތައަށްޓަކައި ބަދަލު ހިފުމުގެ ގޮތުން ކުރެވިދާނެކަމަކީ އެއީ ކަމަށް ތުއްތަ ބުނި ބުނުމުން ފާއިޤް އޭނަގެ ގޮތްގަނޑު ބަދަލުކުރަން ނިންމިއެވެ. ކޮންމެހެންވެސް އޭނަ މިހާރު ބަލަމުން ދިޔަ އެ ލަމްޔާގެ އިތުބާރު ހޯދައި އޭނަ ދާން ރާވާފައި އޮތް ސްކޫލަށް ދިޔުމަށެވެ. ތުއްތަގެ އެ ފަހު އެދުން ކޮންމެހެން ވެސް ފުރިހަމަ ކޮށްދިނުމަށެވެ.

 

ނަތީޖާއެއްގެ ގޮތުން ދެތިން ހަފްތާ ތެރޭގައި އޭނަގެ މަޑުމައިތިރި އަޑާއި އިޙްތިރާމް ހުރި ގޮތްތަކުގެ ބޭނުން ހިފައި ފާއިޤް އެންމެ ފަހުން ލަމްޔާގެ އިތުބާރު ހޯދިއެވެ. އެއަށްފަހު ލަމްޔާ އޭނައަށް އާ ހެދުންތައް ގަނެދީ ރީތި ކޮޓަރިއެއް ވެސް ދިނީ ބޮޑު މީހާގެ ކުއްޖާއަށް ރަނގަޅަށް ހިތަންވާނެތާއޭ ބުނަމުންނެވެ. ކޮންމެ މަހަކު ހާހުން ލާރިވެސް ދެނީ އެ ބުނާ ބުނުމާއި އެކީގައެވެ. ފާއިޤް އެ ހުރިހާ ކަމެއްގެ ބޭނުން ހިފަމުން ދިޔައެއްކަމަކު އޭނަ އެ ކަންކަމަށް ނުހެއްލެއެވެ. އެއަށްވުރެ ބޮޑަށް އޭނަގެ އަމާޒު އޭނައަށް ސާފެވެ. ސްކޫލަށްދާން ފެށި ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނަ އަނުމް ހޯދަން ފެށީ އެހެންވެއެވެ. އެހެނަސް ސްކޫލް ފެށި، ދެ މަހެއްހާ ދުވަސް ފާއިތުވީއިރު ވެސް އެ އަނުމް އެ ސްކޫލަށް ނާންނަކަން ފާއިޤްއަށް އެނގުންވިއެވެ. އޭނަ އެކުއްޖާ ފެންނާނެ ކަމުގެ އުއްމީދު ކަނޑާލަން އުޅުނު ވަގުތު އޭނައަށް އެކުއްޖާގެ ވާހަކަ އިވިގެން ދިޔައީ ލަމްޔާ އެއްދުވަހު ގެއަށް ގެނައި އޭނައާއި ދާދި އެއް ޢުމުރެއްގެ ފިރިހެން ކުއްޖެއްގެ ފަރާތުންނެވެ.

 

“ނިމާލްދޯ ކިޔަނީ؟ ތިއީ ފާރޫޤުގެ ދަރިދޯ؟” ލަމްޔާ ނިމާލް ކުރިމަތީގައި ބައިންދައިގެން ވާހަކަ ދައްކަން ފެށުމުން އެވަގުތު ގެއަށް ވަދެގެން އައި ފާއިޤަށް އަޑުއަހަން ހުރެވުނެވެ.

 

“ހެހެ….އާނ….ފާރޫޤުގެ ހުރި ހަމައެކަނި ދަރިފުޅު. ބައްޕައެއްނު އެއްކަލަ ނިޝާން ލައްވާ މަހީރާ ދައްތަގެ މައްސަލައެކޯ ކިޔާފަ އޭނަ ވާ ވައްދަނީ؟ ހެހެހެ….” ނިމާލް އެހެން ބުނެފައި ހޭންފެށުމުން ފާއިޤްގެ ދެބުމަ ކައިރިވިއެވެ.

 

“އޯހް! ހެހެހެ…..ހާދަ ހެއްވައޭ ނިޝާން ވާ ވައްދާ ވާހަކަ އިވުނީމަ. ހެހެ……އެނީވޭސް….އެހެންވެއްޖެއްޔާ ތިއީ އެއްކަލަ އަނުމްއާ އެއްރަށެއްގަ އުޅުނު ކުއްޖެއްދޯ؟” ލަމްޔާ އެ ސުވާލުކުރުމުން ފާއިޤް އޭނަގެ ހުރިހާ ސަމާލުކަމެއް އެއަށްދިނެވެ.

 

“އާނ……އަހަރެން އަނުމްއާ އެކީގަ ކިޔެވީ ގްރޭޑް 5 އާ ހަމައަށް. އެއަށްފަހު ބައްޕައާއެކީ މާލެ އައީ. މާލެ އައިފަހުން ވެސް ދޭތެރެދޭތެރެއިން ރަށަށް ދަން. އެހެންވީމަ ތިކުއްޖާ އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ.” ނިމާލް ބުނެލިއެވެ.

 

“އޯކޭ….ސޯ ޔޫ އާރ ރައިޓް ފޯ ދިސް ޖޮބް……އަނުމް ހައްލާލައިގެން އެއްކަލަ ގެއަށް ގެންދިޔުމުގެ މަސައްކަތް މި ޙަވާލުކުރީ…..” ލަމްޔާއަށް އެހާ ހިސާބަށް ބުނެވުނުތަނާހެން ފާއިޤް ކުރިއަށް ޖެހިލަމުން ވާހަކަ ދެއްކިއެވެ.

 

“އަހަންނަށް ދީ!” ފާއިޤް އެހެން ބުނެލުމާއެކު ލަމްޔާއާއި ނިމާލް އެކުއެކީގައި އޭނައަށް ބަލާލިއެވެ. ދެމީހުން ވެސް ވަކި އެއްޗެކޭ ނުބުނީ ފާއިޤް އެ ބުނި އެއްޗެއް އިތުރަށް ތަފްޞީލުކޮށްދޭށޭ ބުނާ ފަދައަކުންނެވެ.

 

“އަ…ހަރެން ބޭނުން އަހަންނަށް އިތުބާރު ކުރެވޭނެކަން ސާބިތުކޮށްދޭން. އަހަންނާ ކަމެއް ޙަވާލުކުރީމަ ކަންނޭނގެ އެ އިތުބާރު ބިނާކުރެވޭނީ.” ފާއިޤް ބުނެލިއެވެ. އެހިނދު ނިމާލް އޭނައަށް ނުރުހުމުގެ ނަޒަރެއް ދިންއިރު ލަމްޔާ ވިސްނުމެއްގައި އޭނައަށް ބަލަން އިނދެފައި ވާހަކަ ދެއްކިއެވެ.

 

“ވޯންޓް ބީ އަ ބޭޑް އައިޑިއާ އައި ތިންކް. ފާއިޤްގެ އެބަހުރި ދޯ ލުކްސް ވެސް. އެކުއްޖާ ހެއްލިދާނެ ފަސޭހައިން ތި ލުކްސްއިން ވެސް. އަހަރެން އެކުއްޖާގެ ފޮޓޯ ދައްކަދީފާނަން. ފާއިޤް ކޮންމެވެސް އެއް ޕްލޭންއެއް ހަދައިގެން އެކުއްޖާ އަމިއްލަ މުށުތެރެއަށް ގެންނަންވީ. އެއަށްފަހު ދެން ހަދަންވީ ގޮތް ކިޔައިދޭނަން. އެންމެ ރަނގަޅު؟” ލަމްޔާ ބުނެލިއެވެ. އެއާއެކު ފާއިޤް ބޯޖަހާލިއިރު އޭނައަށް ނިމާލްގެ ޙަސަދަވެރި ލޯ އަމާޒުވެފައިވިކަން އޭނައަށް މާ ރަނގަޅަށް ވެސް އެނގުނެވެ. އެހެނަސް އޭނަ އެކަމާމެދު މާ ބޮޑު ފަރުވާލެއް ނުބެހެއްޓިއެވެ. އޭގެ ބަދަލުގައި ނިމާލް އަމިއްލައަށް ވެސް ލަމްޔާގެ އިތުބާރު ހޯދުމަށްޓަކައި ސްކޫލްގެ އެހެން ފިރިހެން ބައިގަނޑެއް ލައިގެން އަނުމް އަތުލަން ކުރަމުން ދިޔަ ހުރިހާ މަސައްކަތެއް ފޭލްކުރަމުން ދިޔައެވެ. ފާއިޤްއަކީ އަތްއިސްކޮށްގެން މައިތިރިކުރެވޭނެ މީހެއްނޫންކަން އެންމެ ފުރަތަމަ ދުވަހު އޭނައާއި ކުރިމަތިލީ ދުވަހުވެސް ނިމާލަށް ސާފުވިއެވެ. ގޭގައި ލަމްޔާ ނެތް ވަގުތަކު ނިމާލް ހިތުން އޭނަގެ 3 އެކުވެރިންނާއެކީ އެގެއަށް ދިޔައީ ފާއިޤް ތިރިއަރުވައި އޭނަގެ މަޤާމް އަންގައި ދޭށެވެ. އެހެނަސް އެ ތަޅާފޮޅުންގަނޑު ނިމުނުއިރު ތިރި އެރުވިފައިވީ ނިމާލާއި އޭނަގެ އެކުވެރިންނެވެ. އަދި އަމުދުން ނިމާލްގެ އެކުވެރިން ސްކޫލް ތެރޭގައި ވެސް އަނުމްގެ ވީޑިޔޯތައް ކޮށް ފޮޓޯ ނަގާ މަންޒަރު ފެނުނަސް ފާއިޤް އެމީހުންނަށް ވެސް ދުނިޔޭގެ ދެކޮޅު ދައްކާލާ ގޮތުން ފަހަކަށް އައިސް ނިމާލްގެ އެ ބައިގަނޑު ފާއިޤްގެ އެންމެ ނަޒަރަކުން ވެސް ޖެހިލުންވެއެވެ.

 

މި ހުރިހާ ކަމެއްގެ ތެރެއިން ވެސް ފާއިޤް ކިތަންމެ ޤަބޫލުކުރަން ބޭނުމެއްނުވިޔަސް އަނުމް ފެންނަ ކޮންމެ ފަހަރަކު އޭނަގެ ހިތަށް ހިމޭންކަމެއް ވެރިވެގެންދެއެވެ. އަނުމްވަނީ ނުހަނު ގާތް މާޒީއެއްގައި ވެސް ތުއްތަ ފަދައިން ދަތިތަކެއް ތަޙައްމަލުކޮށްފައިކަން އޭނައަށް އެނގުންވީ ލަމްޔާގެ ފަރާތުން އެއްދުވަހު އިވުނު ވާހަކަތަކުންނެވެ. އެއީ އޭނައަށް އަނުމް ހަމަ ލޮލަށް ފެނުމުގެ ކުރިންނެވެ. އޭނައަށް ހީކުރެވިފައިވީ އެފަދަ މާޒީއެއް ތަޙައްމަލުކޮށްފައިވި ކުއްޖަކު އެއްގޮތަކަށް ވެސް ހިނިތުންވާތަނެއް ނުފެންނާނެއެވެ. އަދި އެހެން މީހަކާއި ވާހަކަ ދައްކައި އެހީވާ މަންޒަރެއް ވެސް ނުފެންނާނެއެވެ. އެހެނަސް އަނުމް އޭނައަށް ފެންނަން ފެށިފަހުން އެ ހުރިހާ ހީކުރުންތައް ވިއްސިވިހާލިވެގެން ދިޔައެވެ. އަނުމްއަކީ ހިމޭނުން ހުންނަ ކުއްޖަކަށް ވިޔަސް ގިނަގިނައިން ކުލާހުގައި ޖަވާބުދޭ މަންޒަރު ފެންނާނެއެވެ. ކައިރީގައި ހުރި ކުއްޖާއަށް ނޭނގިގެން އުޅޭނަމަ ކިޔައިދޭ މަންޒަރު ފެންނާނެއެވެ. މަދުން ވިޔަސް ބައެއްފަހަރު އޭނަ ބަލާ އަންނަންދެން މަޑުކޮށްގެން ހުންނަ ވަގުތު އެއްދިމާލަކަށް ނަޒަރު ހުއްޓައި ހިނިތުންވެގެން އިންނަ މަންޒަރު ފެންނާނެއެވެ. އެ މަންޒަރު ފެނިފައި ހިތަށް ވެރިވާ ޙައިރާންކަމާއެކީ ފާއިޤަށް ހީލެވެއެވެ. ތުއްތަހެން މި އަންހެން ކުއްޖާގެ ހިތުގައި ވެސް ބަދަލު ހިފުމުގެ ރޫޙެއް ހަމަ ނެތީތޯ ހިތަށްއަރައެވެ. ބަދަލު ހިފުމުގެ ފުރުޞަތު ލިބިފައިވަނިކޮށް އޭނައަށް އަނިޔާ ދިން މީހުންގެ މަތިން ހަނދާން ނައްތައި އެހާ ހިމޭންކަމާއެކީ އެ އިންނަނީ ކީއްވެތޯ ހިތާހިތުން ސުވާލުކޮށްލެވެއެވެ.

 

ކޮންމެ ގޮތެއްވިޔަސް ފަހަކަށް އައިސް އަނުމްގެ މޫނުމަތިން އޭނައަށް ފެންނަމުން ދަނީ އެ ހިމޭންކަމެއް ނޫނެވެ. ކޮންމެވެސް އެއް ހިތްހަމަނުޖެހުމެއް އެ މޫނުމަތިން ފާޅުވަމުން ދިޔައެވެ. އެއީ ކީއްވެކަން ދެނެގަންނަން ބޭނުންވި ވަރުން އެންމެ ފަހުން ފާއިޤް އަނުމް ކައިރިން އެކަމާމެދު ސުވާލުކުރަން ނިންމިއެވެ. އެކަމަށްޓަކައި އޭނަ އެންމެ ފުރަތަމަ ޖެހޭނީ އަނުމްއާއި އެކުވެރިވާންކަން އެނގުންވުމުން އޭނަގެ ހިތުގެ ތެޅުމަށް ގޮތެއްވިއެވެ. އެއާއެކު ވީ ޖެހިލުމުގައި އޭނަ އަނުމްއާއި އެކުވެރި ނުވާން ނިންމިއެވެ. އެކުވެރި ނުވިޔަސް ހުރިހާ ކަމެއް ރަނގަޅުތޯ ސުވާލުކުރެވިދާނެއެއްނޫންތޯ ހިތާހިތުން ބުނެލެވުނެވެ.

 

ސްކޫލްގެ ސެޝަން ނިމުނު ވަގުތު ފާއިޤް އަވަސް ފިޔަވަޅުތަކެއްގައި އޭނަގެ ކުލާހުން ނިކުމެ ދުވެފައި ކަހަލަ ގޮތަކަށް އޭނަގެ ކުލާސް ހުންނަ ޢިމާރާތުން ފައިބަން ދިޔައީ އަނުމް ސްކޫލުން ނިކުތުމުގެ ކުރިން އަނުމްއާއި ދިމާކޮށްލުމަށެވެ. ނަސީބު ރަނގަޅު ކަމުން އޭނަ އަނުމްގެ ކްލާހާއި ހަމަވަމުން ދިޔަ ވަގުތަކީ އަނުމް އެއްކޮނޑުގައި ދަބަސް އަޅުވައިގެން ކުލާހުން ނިކުތް ވަގުތެވެ. އަނުމް އޭނަގެ އެކުވެރިއެއް ކައިރީގައި ވާހަކައެއް ދައްކަމުން ކުރިއަށް ދަމުން ދިޔަ މަންޒަރު ފެނިފައި ފާއިޤް އެމީހުންނަށް ޝައްކު ނުވާނެހެން އެމީހުންނާއި އެއްކޮރިޑޯއަކަށް އަރައި ތަންކޮޅެއް ދުރު ހިސާބަކުން އެމީހުން ފަހަތުން އަންނަން ފެށިއެވެ. އެހެނަސް އޭނަ އެގޮތަށް ހިނގަން ފެށިތާ މާ ގިނައިރެއްނުވެ އެކުވެރިޔާއަށް އަލްވަދާޢު ކިޔާލި އަނުމްއަށް އޭނަގެ ފަހަތުން މީހަކު އަންނަމުން ދިޔަހެން ހީވިއެވެ. އޭނަ ފަސްއެނބުރި ބަލާލުމާއެކު ފާއިޤްއާއި ހަތަރުކަޅި ހަމަވުމުން ދެމީހުންވެސް ހިސާބަކަށް ހުއްޓުން އެރިއެއްކަމަކު ދެމީހުން ވެސް އަވަސްއަވަހަށް ދުރު ބަލައި ކުރިއަށް ފިޔަވަޅުތައް އަޅަމުން ދިޔައެވެ. އެހިނދު ފާއިޤްއަށް ދެލޯ މަރައި ތަގުޅި ކޮށްލެވުނީ އަނުމްއަށް ނުބައި މާނައެއް ނެގިދާނެތީވެއެވެ. އޭނައަކީ އަނުމްއާހެދި އާވާރާވެގެން އުޅޭ މީހެއްހެން ހީވެދާނެތީވެއެވެ. އޭނަ ލޯ ހުޅުވާލަމުން އޭނަގެ ފިޔަވަޅުތައް އަވަސްކޮށްލީ އަނުމްއާއި ހަމަކޮށް އޭނަ ބޭނުންވާ ސުވާލުކޮށްލުމަށެވެ. އެހެނަސް އޭނައަށް ނޭނގުނުކަމަކީ އަނުމްއަށް ނެގުނީ މުޅިން އެހެން ޒާތެއްގެ ނުބައި މާނައެއް ކަމަށެވެ. އެ ފިރިހެން ކުއްޖާއަކީ އޭނަގެ ގަޔަށް އަތްލާން އުޅޭ ޒާތުގެ ކުއްޖެއްހެން ހީވީ ނިމާލްއާއި އޭނަގެ އެކުވެރިންގެ ފަރާތުން ތަކުރާރުކޮށް ފެނިފައިވި ސިފަތަކެއްގެ ސަބަބުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އަނުމްގެ ސިކުނޑިއަށް އެވަގުތު ވެރިވެގެން ދިޔައީ ކުރިން ދުވަހަކު ހައިފާ އޭނައަށް ކިޔައިދިން ވާހަކައެވެ. އެ ޒާތެއްގެ ފިރިހެން ކުއްޖަކު ކައިރިވާން މަސައްކަތް ކޮށްފިނަމަ އަމިއްލަ ދިފާޢުގައި ކުރެވިދާނެ ކަންތަކެވެ. އެ ޚިޔާލުތައް ސިކުނޑިއަށް ވެރިވުމުން އަނުމް އޭނަގެ ދަބަހުގެ ކޮނޑުގައި އެޅުވެފައިވި ފަށުގައި އެއްއަތުން ބާރަށް ހިފަހައްޓާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި ފާއިޤް އޭނައާއި ހަމަކުރަމުން ‘ސްކިއުޒް’ އޭ ކިޔާލުމާއެކު އަނުމް ދެވަނަ ވިސްނުމެއްނެތި އޭނަގެ ދަބަސް ކޮނޑުން ނަގައި ފާއިޤްއާއިވީ ދިމާލަށް ވިއްލާލިއެވެ. ފާއިޤްގެ ބަނޑާއި މޭމައްޗަށް ވާގޮތަށް ގޮސް ދަބަސް ޖެހުނު ވަގުތު އެކަހަލަ ކަމަކަށް އުއްމީދު ކޮށްގެން ނެތް ފާއިޤް ހުއްޓުން އެރިވަގުތު ވީ ތަދާއެކީ އާހެއްގެ އަޑު ލައްވާލެވުނެވެ. އެހިނދު އަނުމްއަށްވެސް ހުއްޓުން އަރާފައި ދަބަހުގެ ފަށުގައި ހިފައިގެން އެއަތް ދިއްކުރި ގޮތަށް ހުރެވުނެވެ. ފާއިޤްގެ މޫނުމަތިން ފެނުނު އަސަރުން އެ ފިރިހެން ކުއްޖާއަކީ އޭނަ ހީކުރިފަދަ ކުއްޖަކަށް ނުވާނެކަމަށް އަނުމްގެ ހިތަށްއެރި ވަގުތު އޭނަގެ ކޯތާފަތް ރަތްވެގެން ދިޔައެވެ. އިސާހިތަކު ކެނޑިކެނޑިގެން ދިޔަ އަޑަކުން ސޮރީއޭ ބުނެ އަނުމް އޭނަގެ ދަބަސް ކޮނޑުގައި އަޅުވައި އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ދާން ހިނގައިގަތެވެ. އަނުމް ލޯ މައްޗަށް ގެއްލެންދެން އެދިމާލަށް ބަލަން ހުރި ފާއިޤަށް އެ މަންޒަރު ބަލަން ހުރެހުރެފައި ބޭއިޚްތިޔާރުގައި ހީލެވުނެވެ.

 

ފާއިޤްއަށް އެދުވަހު ނޭނގުނެއްކަމަކު އަނުމްގެ ހަމަޖެހުން ގެއްލިފައިވީ ކުރީ ދުވަހު ވަފާ އޭނައަށް ދިން ޕެންޑްރައިވްގެ ސަބަބުންނާއި އަލީނާ އޭނައަށް ދިން ވާހަކަ ފޮތުގެ ސަބަބުންނެވެ. ސްކޫލަށް ގޮސް އޭނައަށް ފާރަލާ އެ އާ ފިރިހެން ކުއްޖާ ފެންނަ ކޮންމެ ފަހަރަކު އެ ނޭދެވޭ އިޙްސާސްތަކުން އޭނަ ދުރުވިއެއްކަމަކު ގޭގައި އެކަނިވުމުން އޭނަ ދޭތެރެދޭތެރެއިން އެދުވަހު ފެނުނު މަންޒަރުތަކުގެ މަތިން ހަނދާންވެއެވެ. އެ މަންޒަރުތަކުގެ ސަބަބުން އަމިއްލަ ހިތި މާޒީ މަތިން ހަނދާންވާތީ އެ މަންޒަރުތައް ހަނދާންވާ ކޮންމެ ފަހަރަކު ހިތާމައިގެ ވަގުތުކޮޅެއް ހޭދަ ކުރަންޖެހެއެވެ. އެވަގުތު ކޮޅުގައި އަމިއްލަ ނަފްސަށް ޙަމްދަރުދީވެ ތިމަންނައަކީ މާ ބޮޑު އަގެއްހުރި މީހެއްނޫންތާއޭ ހިތަށްއަރައެވެ. އެޚިޔާލު ހިތަށްވެރިވާ ވަގުތު ބޮޑުމަންމަ ހުރިހާ އާދަމުގެ ދަރިން ޤަދަރުވެރި ކުރައްވާފައިވާ ވާހަކަ ހަނދާންވިއެއްކަމަކު އެ ބަސްތައް ދޭހަކުރެވޭވަރު ދަށްވުމުން އެ ބަސްތަކުން އޭނަގެ ހިތަށް މާ ބޮޑު އަސަރެއް ނުކުރެއެވެ. އަދި އަމުދުން އަނުމްއަށް ފާހަގަ ނުކުރެވުނެއްކަމަކު ފަހަކަށް އައިސް ސްކޫލްގެ މަސައްކަތްތައް ވެސް ބުރަވުމުން އޭނައަށް ޤުރުއާން ކިޔެވޭ ވަރާއި އަޑުއެހޭ ވަރު ވެސް މަދުވެފައިވެއެވެ. ކުރިން ޤުރުއާން އަޑުއެހުމެއްނެތި އެންމެ ދުވަހެއް ފާއިތުނުވިޔަސް ވޭތުވި ތިން ދުވަހުންކުރެ އެއްވެސް ދުވަހެއްގައި އޭނަ ޤުރުއާން އަޑުއަހާފައެއް ނުވެއެވެ. އަދި ހެނދުނާއި ހަވީރުގެ ޒިކުރުތަކަށް ވެސް އޭނަ ފަރުވާ ކުޑަ ވެފައިވެއެވެ.

 

އެދުވަހުވެސް ގެއަށް ގޮސް ކޮޓަރިއަށް ވަނުމާއެކު ލެޕްޓޮޕް ފެނިފައި އެދުވަހު ފެނުނު މަންޒަރުތަކުގެ މަތިން ހަނދާންވިއެވެ. އެހެނަސް އަވަސްއަވަހަށް އެ ޚިޔާލުތައް ފޮޅުވާލަމުން އޭނަ ފެންވަރައި ހެދުން ބަދަލުކޮށް ރީތިވެލިއެވެ. އެއަށްފަހު އޭނަ ކިޔަވާ މޭޒުދޮށުގައި އިށީނީ އޭގެ އަނެއްދުވަހަށް ނިންމަންޖެހޭ ކެމިސްޓްރީ އެސައިންމެންޓް ނިންމުމަށެވެ. އެސައިންމެންޓް ހެދުމަށްޓަކައި ދަބަހުން ފޮތްތައް ނަގަމުން ދިޔަ ވަގުތު އޭނައަށް ހިނިތުންވެވެމުން ދިޔައީ އެދުވަހު އޭނައާއި ފާއިޤްއާއި ދެމެދު ހިނގި ކަންތައް ހަނދާންވުމުންނެވެ. ފޮތްތައް ނަގައި ގޮނޑީގައި އިށީނދެ އަތުރަމުން ދިޔަ ވަގުތުވެސް ރަތްވެފައިވި ކޯތާފަތާއެކީ އޭނައަށް އެ ހިނިތުންވުމުގައި އިރުކޮޅެއް ވަންދެން އިނދެވުނެވެ. އެހެނަސް މަސައްކަތަށް ސަމާލުކަން ދިނުމުގެ ގޮތުން އޭނަ އެ ޚިޔާލުތަކުން ދުރުވެ ލިޔާފޮތުގެ ތެރެއަށް އެޅިފައިވި ވޯކްޝީޓަށް ބެލިއެވެ. އެތައް ބައިވަރު ފޯމިއުލާތަކާއި އީކުއޭޝަންތަކުން ފުރިފައިވި އެ ޝީޓް ފެނިފައި އަނުމްއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. މިއީ އޭނައަށް އެހެންނޫނަސް އުދަގޫ މާއްދާއަކަށްވުމުން ފުރަތަމަ ސުވާލުވެސް އޭނައަށް އެނގޭގޮތެއް ނުވިއެވެ. އެހާ ހިސާބުންވެސް އޭނަ އޭތި ބާއްވަން ބޭނުންވިއެއްކަމަކު މާދަމާ ދޭންޖެހޭ އެއްޗެއްކަން އެނގުންވުމުން އަނުމް ލެޕްޓޮޕް ހުޅުވާލިއެވެ. އެއަށްފަހު އެ ސުވާލުގެ ޖަވާބު އޭނައަށް ނަގައި ގަނެވޭތޯ ބެލުމަށް އެކަހަލަ ސުވާލުތައް ޙައްލުކުރާނެ ގޮތެއް ގޫގުލްއިން ސާޗްކުރަން ފެށިއެވެ. ސާޗްކުރަން ފެށިތާ ވެސް އިރުކޮޅެއްވުމުން ނުފެނުމުން އަނުމް އަނެއްކާވެސް ބަލި ޤަބޫލުކުރަން އުޅުނެވެ. ހަމަ އެވަގުތު ވަދެވިފައިވި ސައިޓަކުން ބަލަން ނުޖެހޭ ޒާތެއްގެ އިޝްތިހާރެއް ފެނިފައި އަނުމް ވަގުތުން އެ ޓެބް ކްލޯޒް ކުރިއެވެ. އަދި އެއަށްފަހު މާ ގިނައިރެއްނުވެ ލެޕްޓޮޕް ވެސް ލައްޕާލިއެވެ. ދެންވެސް އެ ވޯކްޝީޓަށް ބަލާލުމުން އަނުމްގެ ސިކުނޑިއަށް ވެރިވީ ނޭދެވޭ އިޙްސާސްތަކެވެ. އޭނަގެ ނާޤާބިލިއްޔަތު ކަމުގެ އިޙްސާސްތަކެވެ. އެ ނޭދެވޭ އިޙްސާސްތަކުގެ ތެރެއިން ވެސް ނޭނގޭ ސަބަބަކާހުރެ އެއްކަލަ މަންޒަރުތައް އޭނަގެ ސިކުނޑި އޭނައަށް ހަނދާންކޮށްދެމުން ދިޔައެވެ. އެ ހަނދާން އާވެގެން ދިޔަދިޔަހެން މިފަހަރު އަނުމްއަށް ނަޒަރެއް ދެވުނީ އޭނަގެ މޭޒުގެ ކަނެއްގައި ބާއްވާފައި އޮތް ފޮތާއި ދިމާލަށެވެ. އެއީ އަލީނާ އެދުވަހު އޭނައަށް ދިން ފޮތެވެ. އަލީނާއަށް އެ ފޮތް އަނބުރާ ދޭން އުޅެއުޅެ ތިއީ އަނުމްއަށް ދިން ހަދިޔާއެއްކަމަށްބުނެ އޭނަ އޭތި ނުހޯދިއެވެ. ނޭނގޭ ސަބަބަކާހުރެ ހަމަ އެވަގުތު އެ ފޮތް ކިޔަން އަނުމް ބޭނުންވިއެވެ. އެދުވަހު އޭނައަށް އެފަދަ އެންމެ މަންޒަރެއް އެފޮތުން ކިޔާލެވުނަސް މުޅި ވާހަކައިގައި ހަމައެކަނި އެފަދަ މަންޒަރުތަކެއް ނުހުންނާނެ ނޫންތޯ ހިތަށްއެރިއެވެ. އަދި އެހެން ނޫނަސް މިއީ އެ މަންޒަރުތައް ބަލަނީއެއްނޫނެއްނޫންތޯ ހިތަށްއެރިއެވެ. ވީއިރު އޭގެއިން ލިބޭނެ ގެއްލުމެއްނެތްކަމަށް ހިތް ބުންޏެވެ.

 

ސިކުނޑިއަށް ވެރިވި އެ ޚިޔާލާއެކީ އަނުމް އެ ފޮތް ނެގީ އޭނަ ކުޑަ ‘ބްރޭކް’ އެއް ނަގާފައި ވޯކްޝީޓަށް އަނބުރާ ދިޔުމުން އޭތި ދޭހަ ކުރެވޭނެކަމަށް ހިތާހިތުން ބުނަމުންނެވެ. އޭނަ ކުރަން ހުރި މަސައްކަތުގެ މަތިން ހަނދާން ނައްތާލުމަށްފަހު އަނުމް ހަމަ ޖެހިލައިގެން އެ ވާހަކަ ކިޔަން ފެށީ އޭނައަށް ނޭނގުމެއްގެ ތެރެއިން މި އެރުނީ ކިހާ އަނދިރި މަގަކަށްކަން ނޭނގިއެވެ.

 

އަނުމްގެ ޙަޔާތަށް ވެރިވި ކޮޅިގަނޑާއިމެދު ރޭކާވެސްލުމެއް ނެތި އަޔާޒާއި މަލާކް އެމީހުންގެ ކަންތައްތަކާއިގެން ކުރިއަށް ދިޔައެވެ. މިގޮތުން އަޔާޒް މާލޭގެ ބޮޑު ހޮސްޕިޓަލްއަކަށް އެޕްލައި ކުރިއިރު މަލާކްވެސް މާރކެޓިންގް ކިޔެވުމަށްޓަކައި އޮންލައިންކޮށް ކިޔެވޭ ޔުނިވާރސިޓީއަކަށް އެޕްލައި ކުރިއެވެ. މަލާކް އޮންލައިންކޮށް ކިޔަވަން ނިންމީ އެއްގޮތަކަށް ވެސް ގޮނޑީގައި ތަންތަނަށް ދާން ލަދުގަތީތީވެއެއް ނޫނެވެ. އެހެނަސް އޭނަ ގޮވައިގެން ދާން ނިންމައިގެން ހުރި އަޔާޒަށް ފަސޭހަ ކޮށްދިނުމުގެ އިތުރުން އޭނަގެ ވަގުތު ވެސް ސަލާމަތް ކުރުމަށެވެ. ދެތިން ހަފްތާ ތެރޭގައި އަޔާޒް ހޮސްޕިޓަލަށް ދާން ފެށިތާ މާ ގިނަ ދުވަހެއްނުވެ މަލާކްގެ ވެސް ކިޔެވުން ފެށިގެން ދިޔައެވެ. ދެމީހުންގެ މަސައްކަތް ވެސް ބުރަވެގެން ދިޔައެއްކަމަކު ދެމީހުންވެސް ކޮންމެ ދުވަހަކު އެކަކު އަނެކަކާއެކީ ވަގުތުކޮޅެއް ހޭދަކުރެއެވެ. ވަކި ޚާއްޞަކޮށް ރާއްޖެއަށް އަނބުރާ އައި ދަތުރު މަތީގައި ދެމީހުން އެކީގައި ޤުރުއާން އުނގެނެން ކަނޑައެޅި ޢަޒުމުގެ ސަބަބުން އަޔާޒް ގޭގައި ހުންނަ ރޭތަކުގައި ދެމީހުން އެކީގައި އެކި އެކި އާޔަތްތަކަށް ބަލައި އެއާއި މެދު ވާހަކަތައް އެކަކު އަނެކަކާއި ޙިއްސާ ކުރަމުން ދެއެވެ. މަލާކް އޭނަގެ މަންމަ ފަރާތުންނާއި މަލީހާ ދައްތަ ފަރާތުން އެނގުނު ވާހަކަތައް ކިޔައިދޭއިރު އަޔާޒްވެސް އޭނަގެ ބައްޕަ ގެންގުޅުނު ފޮތްތަކާއި އެކިއެކި ދަރުސްތައް އަޑުއަހައި ނަގާފައި ހުރި ލިޔުންތައް ބަލައިގެން އެ ލިޔުންތަކުން އެކިއެކި އާޔަތްތަކުން ބުނާ ވާހަކަތައް ކިޔައިދެއެވެ. ބައްޕަގެ އެ ހަނދާންތައް ނަގައިގެން ޖެހިލުމެއްނެތި ކިޔައިދިނުން ވެގެން ދިޔައީ އަޔާޒަށް ލިބުނު އުފަލަކަށެވެ.

 

“ބަލާބަލަ އަޔާޒް މި ފޮތުގަ އޮތް ވާހަކައެއް. މިތާނގަ ހަމައެކަނި وَ އޮތީމަ އެނގިގެން ދަނީ ސުވަރުގޭގެ ދޮރުތައް ހުންނާނީ ސުވަރުގެއަށް ވަންނަން ދާއިރުވެސް ހުޅުވިފަކަން. އެކަމަކު ނަރަކައިގެ ދޮރުތައް ހުންނަނީ ލެއްޕިފަ ނަރަކައިގެ އަހުލުވެރިން ދާއިރު. އެމީހުން އެހާ ހިސާބަށް ދިޔައިމަ ހުޅުވޭނީ. ސުބްޙާނަ ﷲ އެއިން އެނގެނީ ﷲ އެކަލާނގެ އަޅުން ވައްދަވަން އެދިވަޑައިގަންނަވަނީ ސުވަރުގެއަށްކަން….” މަލާކް ނުހަނު ޖޯޝާއެކީ ކިޔައިދިނެވެ.

 

“އިވެން މޯރ އޯސަމް ދޭން ދެޓް! ރޭގަ ކޮންމެވެސް نُزُل ގެ މާނައެއް ނޭނގިގެން އުޅުނީމެއްނު؟ ބައްޕަގެ ވޮކޭބިއުލަރީ ފޮތުގަ މިއޮތީ. އެއީ އަސްލު ގެއަކަށް ދާއިރު އެންމެ ފުރަތަމަ ދެވޭ އެއްޗެހި. މިސާލަކަށް ފެން ތަށްޓެއް ނޫނީ ބަދަން ކަހަލަ އެއްޗެއް. އެ އެއްޗެއް ދީފަ އަސްލު މީލް ދޭނީ. ދެޓްސް ޖަސްޓް ދަ ސްޓާޓާރ!” އަޔާޒް ނުހަނު އަޖާއިބުވެފައި ހުރެ ބުނެލިއެވެ.

 

“މާނައަކީ ފުއްޞިއްލަތު ސޫރަތުގަ ސިފަކުރެވިފައިވި ސުވަރުގޭގަ ދެވޭ އެއެއްޗެއްސަކީ އަދި ކިރިޔާ ފެށުމޭތަ؟ އޯއެމްޖީ!” ރޭގަ ދެމީހުން އެކީ އެ ބެލި އާޔަތް ހަނދާންވެފައި އެއިން ބުނާ އެއްޗެއް ދޭހަ ކުރެވުމުން ދެމީހުންގެ ހިތަށްވެސް ވެރިވީ އާދަޔާ ޚިލާފު އުފާވެރިކަމެކެވެ. އާޔަތްތަކާއެކީ ވަގުތު ހޭދަކުރުމުގެ ސަބަބުން ދެމީހުންގެ ގުޅުން ވަރުގަދަވުމުގެ އިތުރުން ދެމީހުން ވެސް އަޅުކަންތަކާއި ގާތްވާން ފެށިއެވެ. ފަހަކަށް އައިސް އަޔާޒް ވެސް ވަކި މަލާކް ނޫނީ ބޮޑުމަންމަ ނޫނީ ދޮންބެ ވެސް ހަނދާންކޮށްދިނުމުގެ ކުރިން ނަމާދަށް ދާންފެށިއެވެ. މީގެ އިތުރުން އެއްދުވަހު މަލާކް ނުހަނު ދެރަވެފައި އޭނަ ޤުރުއާން މުބާރާތަކަށް ހިތުން ދަސްކުރި ސޫރަތްތައް ހަނދާން ނެތުނު ވާހަކަ ބުނުމުން ދެމީހުން އެކީގައި ހިތުން ދަސްކުރުމުގެ ‘މުބާރާތެއް’ ފެށުނެވެ. އެންމެ އަވަހަށް އެންމެ ފަރިތަކޮށް ދަސްކުރެވެނީ ކާކަށްތޯ ބެލުމުގެ މުބާރާތެކެވެ. އަޔާޒް ވެސް އެކަން ކުރާހިތުން ކުރަމުން ދިޔައީ އޭނަ މުޅި ޤުރުއާން ހިތުން ދަސްކޮށްފިނަމަ ބައްޕަ އުފާވާނެ ވާހަކަ ބައްޕަ ބުނެފައި އޮތް ހަނދާން އާވުމުންނެވެ.

 

މި ހުރިހާ ކަމެއްގެ ތެރެއިން ވެސް އަޔާޒް މަލާކްގެ ފަރުވާގެ މަތިން ހަނދާން ނައްތައެއް ނުލައެވެ. މަލާކް ކިޔެވުމުގެ ތެރޭގައި މަޝްޣޫލުވިފަހުން ކޮޓަރި ތެރޭގައިވެސް އޭނަ ކުރިން ދަސްކޮށްދީފައިވި ޙަރަކާތް ނަހަދާކަން އޭނައަށް ކެމެރާގެ އެހީގައި އެނގުންވިއެވެ. ކެމެރާގެ އެހީގައި އޭނަ މަލާކަށް ބަލަމުން ދިޔައެއްކަމަކު އޭނަ އެ ކެމެރާއަށް އެހެން މީހަކަށް އެކްސެސް ނުކުރެވޭތޯ ޔަޤީންކުރުވިއެވެ. މިގޮތުން ކެމެރާ ފެނުނު ފުރަތަމަ ދުވަހުވެސް އައިޓީ މީހެއްގެ އެހީގައި ކެމެރާއަށް އެކްސެސް ކުރެވޭ ޕާސްވޯޑް ވަރުގަދަކޮށް އެއްވެސް އެހެން ޑިވައިސްއަކުން ކެމެރާގެ މަންޒަރު ފެނޭގޮތަށް ހެދޭތޯ ބަލަންޏާވެސް އޭނައަށް އެލާޓެއް ލިބޭނެ ގޮތެއް ހެދިއެވެ. މަލާކްގެ ރައްކާތެރިކަން ޔަޤީންކުރަން އަޔާޒް ބޭނުންވި ވަރުންނެވެ. އެހެނަސް އޭނައަށް ނޭނގުނު ކަމަކީ އެ ކެމެރާ އޭނައާއި ދެކޮޅަށް އޭނަގެ ދުޝްމަނުން ބޭނުންކުރަން ނިންމާފައިވީ އޭނަ ހީވެސް ނުކުރާ ފަދައަކުންކަމެވެ.

 

ކޮންމެ ގޮތެއްވިޔަސް އަޔާޒް ދެންވެސް މަލާކްގެ ފަރުވާގެ ކަންތަކާއިގެން ކުރިއަށްދާން ނިންމިއެވެ. މިގޮތުން ހޮސްޕިޓަލުގައި ހުންނައިރު ވެސް ލިބޭ ހުސް ވަގުތުތަކުގައި މަލާކްގެ ބައްޔާއިމެދު ދިރާސާކޮށް މަލާކަށް ދަސްކޮށްދެވޭނެ ޙަރަކާތްތަކާއިމެދު ބަލައި ހޯދަމުން ދިޔައެވެ. އޭނަ ކުރަމުން ދިޔަ ދިރާސާތަކުގެ ތެރެއިން ފެނުނު އެއް ވާހަކައަކުން އަޔާޒްގެ މެއަށް ފިނިވެގެން ދިޔައެވެ. ކިޔަމުން ދިޔަ އާރޓިކަލް އަކުން ފެނުނު ވާހަކައަކުން އޭނަ ގޫގުލްގައި ސާޗްކޮށްލީ ‘ސެރެބްރަލް ޕަލްސީ އެންޑް އެޕިލެޕްސީ’ އެވެ. އެއަށްފަހު އޭނަ ހުޅުވާލި ދިރާސީ ކަރުދާހެއްގައިވީ ހަމަ އެ ޞުރުޚީއެވެ. އޭގެ ތެރެއިން ސްކްރޯލް ކުރަމުން ދިޔައިރު އަޔާޒްގެ ދެބުމަ ކައިރިވެފައިވީއިރު ހިތާހިތުން ނޫނެކޭ ކިޔެމުން ދިޔައެވެ. އެންމެ ފަހުން އޭނަ އެވަގުތުން އެވަގުތަށް ވެސް ކަމެއް ޔަޤީންކުރަން ބޭނުންވުމުން އޭނަ ފޯނު ނަގައި ނަންބަރުތަކަށް ފިތާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ. ދެތިން ރިންގަށްފަހު އެކޮޅުން ފޯނު ނެގުމުން އަޔާޒަށް ވާހަކަ ދެކެވުނެވެ.

 

“ހެލޯ މަސްޢޫދުބޭ! މް…މިއީ އަޔާޒް. މަލާކްއާ ބެހޭގޮތުން ކުޑަ ވާހަކައެއް އަހާލަންވެގެން…” އަޔާޒް ވާހަކަ ދެއްކިއިރު އޭނަ ހިސާބަކަށް ހާސްވެފައިވިއެއްކަމަކު އޭނަ ހަމަޖެހޭ ގޮތް ދެއްކިއެވެ.

 

“އާނ….ކީކޭ؟” އެހެން ބުނެލި މަސްޢޫދު ސީރިއަސް ނަޒަރެއްގައި ހުރެ ފްލައިޓަކަށް އަރަމުން ދިޔައީއެވެ.

 

“މް…މަލާކަށް އެއްވެސް ގޮތެއްވީ އެއްނޫން އިނގޭ އެކަމަކު…..މަލާކް ކުޑައިރު އެއްވެސް ވަރަކަށް ފިޓް ޖެހުނުތަ؟ އެއްފަރާތަކަށް ވެއްޓި އަނގައިން ފޮނު އައިސް ދުލުގަ ދަތްއެޅި ވާނުވާ ނޭނގޭ ގޮތްވިތަ؟” އަޔާޒް އަވަސްއަވަހަށް އެވާހަކަތައް ބުނެލިއިރު މަލާކް އެފަދަ ޙާލެއްގައިވިތަން ސިފަކުރަން ވެސް އޭނައަށް ދަތިވިއެވެ. އެކޮޅުން ޖަވާބަކަށް ނޫނެކޭ އިވުމަށް އެދި އޭނަގެ ހިތް ގޮވިއެވެ. އެހެނަސް…..

 

“އާނ…..ކުޑައިރު ވަރަށް ގިނައިން އެހެންވި. އެކަމަކު އެހެންވާ ކޮންމެ ފަހަރަކު ވަރަށް އަވަހަށް ރަނގަޅުވޭ. ޑޮކްޓަރުން ބުނީ ނަސީބު ރަނގަޅުކަމުންނޭ ހަނދާން ބަލިނުވެ ހުންނަނީ. ކުޑައިރު އެހެންވެފަ ވަރަށް ގިނަ ދުވަސްވަންދެން ނުވެ ހުރެފަ އޯލެވެލް ހެދި އަހަރު އެންމެ ފަހުން އެހެންވީ….އެފަހުން ނުވޭ އަދި އަލްޙަމްދުލި ﷲ!” މަސްޢޫދު އެހެން ބުނެލީ ފްލައިޓް ތެރެއަށް އަރައި އޭނަގެ ސީޓު ހޯދުމަށްފަހު ސީޓުގައި އިށީންނަމުންނެވެ. މަސްޢޫދުގެ ވާހަކަ އިވުނު އަޔާޒަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެއާއެކު އެ ބޭބެއަށް ޝުކުރު އަދާކޮށްލަމުން އޭނަ ފޯނު ކަނޑާލީއެވެ. އަޔާޒްގެ ފޯނު ކަނޑާލި ވަގުތަކީ މަސްޢޫދުއިން ފްލައިޓްގެ ދޮރު ލައްޕާލެވިގެން ދިޔައެވެ. އެއާއެކު ދަތުރު ފެށުމުގެ ކުރިން އެންގޭ އެންގުނަތައް އަންގަން ފެށި ވަގުތު މަސްޢޫދު އޭނަ އަތުން ހިފައިގެން އޮތް ފޮޓޯއަކަށް ބަލާލިއެވެ. އެއީ މީގެ 23 އަހަރު ކުރިން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ މުވައްޒަފުން ކެއުމަކަށް ގޮސް އެކީގައި ނަގާފައި ހުރި ފޮޓޯއެކެވެ. އޭގެ އެންމެ ކުރީ ސަފުގައި އޭނަގެ ކައިރިން ޙަލީމް ހުރިއިރު ޙަލީމްގެ ކައިރީގައި މަލީހާ އިނެވެ. މަލީހާގެ ކައިރީގައި މަހީރާއާއި މަޒީދު ޖެހިޖެހިގެން ތިބިއިރު އެމީހުންގެ ފަހަތުގައި ކަހަލަ ގޮތަކަށް ދެވަނަ ސަފުގައި ކޮޅަށް ހުރީ ސާރިޔާއެވެ. ފޮޓޯއަށް ބަލަން އިނދެފައި މަސްޢޫދަށް ހިނިތުންވެލެވުނީ އެދުވަހު އެއެންމެންގެ މޫނުމަތީގައިވި އުފާވެރި ހިނިތުންވުންތައް ފެނުމުންނެވެ. އެހެނަސް އެ ހުރިހާ ހިނިތުންވުންތައް ގެއްލިދިޔަ ހިތާމަވެރި ގޮތްވެސް ހަނދާންވެގެން ދިޔުމުން އޭނަގެ ހިނިތުންވުން ފޭދިގެން ދިޔައެވެ.

 

މަސްޢޫދަށް އޭނަގެ ޚިޔާލުތަކުން ނިކުމެވުނީ ދަތުރު ފަށަން މިއުޅެނީ ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށް ކަމަށްބުނެ ކަމަރު އެޅުމަށް ފަހު ފަހަރަށް ހަނދާން ކޮށްދިނުމުންނެވެ. އެއާއެކު މަސްޢޫދު އޭނަގެ ކަމަރު އަޅުވައި ސީޓަށް ލެނގިލަމުން ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ.

 

މަސްޢޫދުބެއާއި ވާހަކަ ދެއްކިތާ މާ ގިނައިރެއްނުވެ އަޔާޒްގެ ބްރޭކް ގަޑި ޖެހުމުން އޭނަ މިޞްރާބުޖެހީ ހޮސްޕިޓަލުގެ ނާރުގެ ޑޮކްޓަރާއި ބައްދަލުކުރަން ދިޔުމަށެވެ. ކަން ދިމާކުރި ގޮތުން އޭނަ ހިނގާފައި ދިޔަ ހޯލުގެ ތެރެއިން ވެސް އޭނައާއި އެކުވެރި ޑޮކްޓަރ ނަޒީހާއި ދިމާވުމުން ދެމީހުން އެކީގައި ހޮސްޕިޓަލުގެ ކެފެޓީރިއާއަށް ދާން ނިންމިއެވެ. ދެމީހުން އެކީގައި މޭޒެއްގެ ދޮށުގައި އިށީނދެ ހަމަޖެހިލުމުން އަޔާޒް އޭނަގެ ހިތުގައި އުފެދިފައި އޮތް ސުވާލުކުރިއެވެ. ސެރެބްރަލް ޕަލްސީ ޕޭޝަންޓަކު ފިޓް ނުޖެހި ހުރެފައި ކުރިއަށް އޮތްތާނގައި ޖެހުމަށް އޮތީ ކިހާވަރުގެ ފުރުޞަތެއްތޯއެވެ.

 

“އަނެއްހެން އެގޮތަށް ގެޕެއް އައިއްސިއްޔާ ދެން ވަރަށް ނުޖެހޭނެ. ވަރަށް ރެއާރވާނެ އެކަހަލަ ކޭސެސްތައް. ބަޓް ވީ ނެވާ ނޯ…..ބްރައިންގަ އެ އިންޖަރީ ހުރީމަ ފަހަރެއްގަ ވަކި ޙާލަތެއް ހޭންޑްލް ނުވެ ހިނގައިދާނެ. ވަކިން ޚާއްޞަކޮށް އޯވާރވޯކްކޮށް ނޫނީ މާ ބޮޑަށް ސްޓްރެސްވީމަ. އެހެންނޫނީ އިމޯޝަނަލް ޓްރޯމާއެއްގެ ސަބަބުންވެސް ހަމަ ކުރިމަތިވެދާނެ….” ޑޮކްޓަރ ނަޒީހް ކިޔައިދިނެވެ. އަޔާޒަށް އެ ވާހަކަތަކާއިމެދު ވިސްނެން ފެށި ވަގުތު އޭނައަށް ނޭނގުނު ކަމަކީ އެ ވާހަކަ އަޑުއަހަން އޭނަގެ ފަހަތުގައި ހުރި މޭޒެއްގައި އިން މީހަކު އަޑުއަހަން އިން ކަމެވެ.

 

ނުނިމޭ

97

You may also like...

36 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
    1. Masha allah. Vrh reethi mi part vx. When next?? Miadhu ethah faharaku belunu vaahaka up nuvegen. Waiting 4 next… LY sis. May allah bless u..

      ⚠Report!
    2. Labba Shifna sis first. 😀 hehe….Alhamdhulillah! (All praise and thanks belong to Allah). next part In Sha Allah monday ga. Love you too sis. May Allah bless you more. Ameen! :* <3 <3 <3

      ⚠Report!
    1. Labba mary furathama kiyaa nimuny. hehe…mary beleema dho page in jana ah notification eh libuny ‘7 new views’ ey kiyaafa? hehe…aammugothegga jana hendhunu up nukuriyya e reaku 9 in up vaany ingey mary. dhen handhaan bahattachey. Alhamdhulillah! 😀

      ⚠Report!
  1. Varah reethi masha Allah ♥️♥️♥️♥️……. Kn irakun tha next part sis…… Varah inthizaaru kohfin up vey tho?? ……

    ⚠Report!
    1. jana ves liyaa hiyvvany ey adhives adhives. ekamaku baibayah genna vaahaka eh veema vaki hisaabakun up kuran jeheynethaa. hehe 😀

      ⚠Report!
    1. madhu dho? eyrunnennu Maya dhen oiy bai kiyaany? 😉 hehe….ehen noonas aslu Faaiq menge bai engun muhimmuveema e bai genesdheefa mihiry ingey. emeehunge maazyge bai dhen mulhin hen nimuny. dhen e story ves dhaany kuriah. balamaa vaagotheh dho In Sha Allah. Alhamdhulillah! 🙂

      ⚠Report!
    1. Anum aky Ayaaz ge kokko ey Yaya. Anum aa Malaak friend ee eh rashegga ulhe boduveema remember? 🙂 Anum ge bai nukiyanytha Yaya?

      ⚠Report!
  2. Haadha reechchey dhw. Anum eh gellumeiy nudheythi konmeves. Faaig v rangalhau anum balachchey. Faaig akee alhuganduge rashu meehakauves kiyaa namekey. Hehe. Malaak and Ayaaz ge bai v interesting. vakin khaassakoh mihaaru. Love you sis <3 <3 <3 <3 <3 <3 <3 <3 <3

    ⚠Report!
    1. hehe…Faaiq aa eh age ehviyya thi vedhaane e Faaiq kamahves. Anum ah dheragotheh nehedheytho balaanan ingey dhonthy. Malaak men bai interesting vaan adhi kuriah othy. 😀 Alhamdhulillah! Love you too sis! <3 <3 <3 <3 <3 <3 <3 <3 <3

      ⚠Report!
  3. Blog post (i)

    Why won’t the help of Allah come?
    Mariyam (Salaamun ‘alaihaa) could have asked the same question, as she was carrying a baby in her womb, because of whom her reputation would be falsely tarnished. Yusuf (AS) could have asked the same question, when he was thrown into a well, sold as a slave and had to spend almost a decade in prison for a crime he didn’t commit. Ya’qub (AS) could have asked the same question, when he cried for his long lost son to the point he lost his eyesight. Muhammad (SAW) could have asked the same question, when he and his companions were being tortured for years just because of their faith.

    So the next time your heart wonders about the help of Allah, my dear brothers and sisters, remember these stories of the people from our past. And it’s not like they weren’t in pain just because they were Prophets or people who were shown miracles like Mariyam (Salaamun ‘alaihaa). They felt pain too. They shed tears too. They were in need of desperate help too. But do you know what we learn from all of their stories? Not just about their faith in Allah in tough times. But also about Allah’s greater plan for us.

    Yes….Mariyam (Salaamun ‘alaihaa) went through that pain. But because of that baby who was her biggest worry, her status rose like no other. And Allah is the One Who restored her reputation even in His final Book (the Quran) so that people who live until the Day of Judgement would know that she was innocent and other people could find inspiration from her story. Yes, Yusuf (AS) went through some very tough times. But because he was in jail for 10 years or so, he came into contact with the king and was able to save an entire nation from starving to death. Yes, Ya’qub (AS) had cried for that long but because of the story he lived through, many other fathers will know the wisdom of beautiful patience. Yes, Muhammad (SAW) and his companions were tortured and weakened. But it was because of that torture that they were able to show ultimate patience which in turn bent the hearts of many towards Islam.

    So if you are suffering today, always remember that you may be part of a bigger plan. Perhaps this test is making you stronger for something bigger you have to face in the future. Perhaps through this test, you will be able to help many others. Perhaps this test you are going through may be an inspiring lesson for many others. And whether that happens or not, Allah is still rewarding you for every bit of pain you go through.

    May Allah make us of those who stay strong in our faith in Him, even when we go through the toughest of tests. Ameen!

    “Indeed the help of Allah is near.” Suratul Baqarah, 214

    ⚠Report!
  4. Blog post (ii)

    #Addictivebehaviours #Dirtyscreenaddiction

    (Note: Please note that the posts with these hashtags mainly address the issue that I’m calling ‘Dirty screen addiction’ to be more indirect. These posts will include information collected from research-based books and best-selling authors on the subject. But please note that this isn’t just for those who have that particular addiction. The fact of the matter is we all have unhealthy addictive behaviours that we need to get rid of OR minimize. Be it the addiction to screen, social media, gaming etc…So as you read these posts, think of that one repetitive behavior in your life that you would like to change and In Sha Allah these posts will be of some help)

    Triggers: what leads to an addictive behavior?

    We usually assume that a person falls into any kind of addiction because they are careless and it’s their fault that they are still staying in it. This is both true and false.

    An addictive behavior usually begins with a careless choice. There are two kinds of triggers that lead to that choice and these very triggers could make it more and more difficult for a person to stay away from making that choice over time. In these posts, I’m going to call them direct triggers and non-direct triggers.

    The direct triggers are the ones that are more obvious. It could be a dirty image that is seen online, an inappropriate ad or a joke that has some words that remind you of that behavior. So after you see or experience a trigger, your brain reminds you of the images you saw earlier and that could lead you to act upon the behavior.

    The non-direct triggers are the tougher ones to stay away from. HALT is an acronym used in addiction recovery to help a person remember these triggers. HALT stands for 4 questions.

    H – Are you Hungry?
    A – Are you Angry?
    L – Are you Lonely?
    T – Are you Tired?

    So the people suffering from an addictive behavior are supposed to think about these questions and address what they are facing out of these 4, instead of falling into the harmful behavior. If you are hungry, go have a snack. If you are angry, address those feelings and share your feelings with a loved one. If you are lonely, surround yourself with people. If you are tired, go take a rest.

    There is actually one more I like to add to these 4 triggers based on other findings. And it’s called, ‘the feeling of incompetence or helplessness’. Because sometimes, you may not have any of those 4 triggers bothering you. Maybe you are just stressed because you think you aren’t capable of finishing a task at hand. Maybe you are thinking that you aren’t good enough based on some experiences you went through. Or maybe you are just going through very tough times that you think can’t be helped. And these tough times lead your brain to release a ‘stress hormone’. And whenever that happens, your brain will remind you of anything that will help the release of the ‘happy hormone’ named dopamine. Dopamine is usually released when we do anything that we enjoy. Be it sports, art, exercise, eating delicious food or spending time with a loved one. But during stressful times, the brain will remind you of that one thing that you’ve experienced or you are exposed to, that will release the largest amounts of dopamine during a short time. Though it is unhealthy and disintegrating for your brain to have large amounts of dopamine all at the same time, the brain will give you no such alert. And thus a person ends up falling into the addictive behavior during tough times.

    I know that I’ve only highlighted the triggers in this post but I do feel that knowing these is actually half the battle. Now that you know the triggers, it will help you be more aware of your thoughts and feelings when you are about to fall into that behavior In Sha Allah. So tell yourself that you are only feeling like going back to that behavior, because of some other feelings or factors that you need to address. Know that you are not incompetent or helpless no matter what the situation is. If you find a hard time completing a task, ask for help and learn more. If you think you aren’t worth something just because of what people say, know that your worth comes from the good you do at any moment in the Sight of Allah. If you are going through a hard time, know that hard times never last a lifetime and its giving you strength like never before.

    May Allah help all of us to get over any behaviours that He swt is not pleased with. Ameen!

    ⚠Report!
  5. Blog post (iii)

    =The gates of Jannah and the gates of Jahannam=

    Subhaanallah this is one of the places in the Quran that gets me so excited that I’m barely able to sit still as I’m about to explain it.

    In Surah Az-Zumar, Allah describes two scenes of the Day of Judgement. One scene is where the disbelievers are taken to Jahannam and the other scene is where the believers are taken to Jannah. When describing the scene where the disbelievers are taken to Jahannam, Allah says:

    وَسِيقَ الَّذِينَ كَفَرُوا إِلَىٰ جَهَنَّمَ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا فُتِحَتْ أَبْوَابُهَا

    “And those who disbelieved will be driven to Hell in groups until, when they reach it, its gates are opened….” Surah Az-Zumar, 71

    To describe the gates of Jahannam, Allah uses this expression. حَتَّىٰ إِذَا جَاءُوهَا فُتِحَتْ أَبْوَابُهَا which translates as ‘until when they reach it, its gates are opened’. So this means that when the disbelievers reach the gates of Jahannam, the gates are originally closed and they are only opened when they reach it.

    Now look at this ayah where Allah describes the believers reaching the gates of Jannah.
    وَسِيقَ الَّذِينَ اتَّقَوْا رَبَّهُمْ إِلَى الْجَنَّةِ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا وَفُتِحَتْ أَبْوَابُهَا

    “But those who feared their Lord will be driven to Paradise in groups until, when they reach it while its gates have been opened…” Surah Az-Zumar, 73.

    Here, the words Allah uses to describe the gates of Jannah are حَتَّىٰ إِذَا جَاءُوهَا وَفُتِحَتْ أَبْوَابُهَا. As you can notice its similar to the words used to describe the gates of Jahannam. The only difference is this word وَ before فُتِحَتْ أَبْوَابُهَا. وَ translates as while. So this ayah is saying, until when they reach it, WHILE the gates have been opened. This means that the gates of Jannah were opened even before the believers reached it. Because Allah has always kept the gates of Jannah opened, while He kept the doors of Jahannam closed, out of His incomprehensible Mercy that He has for all of humanity. Subhaanallah!

    May Allah make all of us those who enter the gates of Jannah. Ameen!

    ⚠Report!
  6. Blog post (iv)

    In Surah Fussilat, this is how Allah describes what the people of taqwa will be getting in Jannah. He swt says:

    وَلَكُمْ فِيهَا مَا تَشْتَهِي أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ

    “…And you will have therein whatever your souls desire, and you will have therein whatever you request.” Surah Fussilat, 31

    The meaning of this ayah is quite obvious. Allah is saying that we would get whatever we want in Jannah. And He swt is also saying that we will see things in Jannah that we never saw before. So when we see them we might want them too along with the desires that we carried in this world. So we would get those new things too if we request or place an order to get them.

    All of this sounds cool but here is what’s even cooler. In the next ayah Allah says:

    نُزُلًا مِّنْ غَفُورٍ رَّحِيمٍ

    “A نُزُلا from the Forgiving and the Merciful.”

    The word نُزُلا which is usually translated as ‘accomodation’, actually has the meaning of coming down. Because back in the day, the Arabs visited each other’s houses on horses or camels. So when they arrived at someone’s house they literally had to come down from the ‘vehicle’ they came in. So the word نُزُلا is actually used for the first treatment that you get when you get down to or when you arrive at a house. Be it a glass of water or a small snack. The point is, that’s not all that you are going to get from the house. In fact, that نُزُلا is just the starter for the bigger meal or some other services you are going to receive.

    As I was discussing this ayah with one of my friends, and I was having a hard time explaining this word, she brilliantly said, “It’s like a welcome drink.” And I was like…..“EXACTLY!” Because a welcome drink is something you get when you arrive a 5 star hotel or a resort. That welcome drink you get is like just the beginning of all the services you are going to get from the resort. There are going to be so many exotic meals, sceneries and other activities that you are going to enjoy in the resort besides that drink.

    So what is Allah saying in the ayah? He swt is telling us that whatever we desire AND whatever more we request from Jannah are still nothing but a نُزُلا. That’s not everything we are going to get from Jannah. Rather, that’s just the beginning of all that Allah has prepared for the believers. The rest of the blessings are just on their way after that. So this means that most things in Jannah that we have heard of is actually still part of that initial treatment. Subhaanallah! From this we could comprehend the hadhith where the Prophet (SAW) says that Jannah is such that no eye has ever seen, no ear has ever heard and no heart can even think of.

    May Allah make us all worthy of His Jannah. Ameen!

    ⚠Report!
  7. Assalaam’alaikum. mi bayaa gulhey post thah dhiguviyas mi post thah kiyaalumaky jana ge varah bodu edhumeh. adhi post thakun faidhaa eh kuriyya ehen meehunnaa hissaakollun ves edhen. vakin khaassakoh addiction aa gulhey gothun huri post. In Sha Allah mi post thakuge dhivehi post thah jana maadhamaa genesdheynan. facebook ga ulhey kiyuntherin mi page ah ziyaaraiy kollumaky jana ge varah bodu edhumeh

    https://web.facebook.com/Asr-1445208739121696/

    ⚠Report!
  8. Yessssss miothy dhw new episode haadha varakah check kuramey up kohffa inthow hehe Masha Allah Jana sis u r so talented vrh vrh rythi malaak mnge bey thankolheh kuru dhw but Hama habeys hehe may Allah bless u sissy💖💖💖

    ⚠Report!
    1. Aan dho miothy new episode mihaaru old vefa. hehe….Alhamdhulillah! May Allah bless you more sis. Ameen! <3 <3 <3

      ⚠Report!
  9. Blog post (Dhivehi) i

    ސުވަރުގޭގައި ތަޤްވާވެރިންނަށް ލިބޭނެ ނިޢުމަތްތަކުގެ ވާހަކަ ﷲ ސުބުޙާނަހޫ ވަތަޢާލާ ފުއްޞިލަތު ސޫރަތުގައި ކިޔައިދެއްވޭފައިވެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވަނީ:

    وَلَكُمْ فِيهَا مَا تَشْتَهِي أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ

    “އަދި ތިޔަބައިމީހުންގެ ނަފްސުތައް އެދޭހާކަމެއް އެދުވަހުން، ތިޔަބައިމީހުންނަށްޓަކައިވެއެވެ. އަދި ތިޔަބައިމީހުން ދަންނަވާހާކަމެއް ތިޔަބައިމީހުންނަށްވެއެވެ.” ސޫރަތް ފުއްޞިލަތު، 31

    މި އާޔަތުން އެނގޭ ކަންތައް ފުދޭވަރަކަށް ސާފެވެ. މި އާޔަތުން އެނގިގެންދަނީ ސުވަރުގޭގައި އަޅުގަނޑުމެން ބޭނުންވާ ކޮންމެ ކަމެއް ލިބޭނެކަމެވެ. އަދި މި ދުނިޔޭގައި ނުފެންނަ މުޅިން އާ ކަމެއް ސުވަރުގެއިން ފެނުނަސް އެކަމެއް ބޭނުންވެގެން އެދިއްޖެނަމަ އެކަމެއް ވެސް ލިބޭނެކަމެވެ.

    މިއީ ވަރަށް ބޮޑު ނިޢުމަތެއްހެން ތިބާއަށް ހީވެދާނެއެވެ. އެހެނަސް ޖެހިގެން އޮތް އާޔަތާއި މެދު ވިސްނާލުމުން ތިބާ އަޖާއިބުވާނެއެވެ. ދެން އޮތް އާޔަތުގައި ﷲ ވަޙީކުރައްވަނީ:

    نُزُلًا مِّنْ غَفُورٍ رَّحِيمٍ

    “ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ކަލެއްގެ ފަރާތުން މެހުމާންދާރީ (نُزُلًا) އެއްގެ ގޮތުގައެވެ.”

    نُزُلا ޢާއްމުގޮތެއްގައި މާނަކުރެވެނީ ‘މެހުމާންދާރީ’ ގެ ގޮތުގައެވެ. މި ބަހުގެ މާނައިގެ ތެރޭގައި ‘ތިރިއަށް އައުން’ ވެސް ހިމެނެއެވެ. އެހެނީ ކުރީ ޒަމާނުގައި ޢަރަބިން އެއްގެއިން އަނެއްގެއަށް ނޫނީ އެއްތަނުން އަނެއްތަނަށް ގޮސް އުޅުނީ އަސް ނޫނީ ޖަމަލުގައެވެ. އަދި ގެއަކަށް އާދެވުމާއެކު ‘ތިރިއަށް އަންނަން’ ޖެހެއެވެ. އެހެންކަމުން ތިރިއަށް އައުމަށްފަހު އެހެންނޫނީ ގެއަކަށް އައުމާއެކު އެގޭގެ މީހުން ކޮށްދޭ ކަމަކަށް ކިޔާނީ نُزُلا އެވެ. އެއީ ފެންތަށްޓަކަށް ވިޔަސް ނޫނީ ކުޑަ ކާއެއްޗަކަށް ވިޔަސްމެއެވެ. މައިގަނޑު ނުކުތާއަކީ އެގެއިން ތިބާއަށް ލިބޭނެ ހަމައެކަނި އެއްޗަކީ އެއީއެއް ނޫންކަމެވެ. އެހެނެއްކަމަކު نُزُلا އަކީ ތިބާއަށް އެގެއިން ލިބެން އުޅޭ ކާއެއްޗެހީގެ ނޫނީ އެހެނިހެން ޚިދުމަތްތަކެއްގެ ވެސް ފެށުމެވެ.

    އަޅުގަނޑުގެ އެކުވެރިއަކު نُزُلا ސިފަކުރަނީ ‘ވެލްކަމް ޑްރިންކް’ އެއްގެ ގޮތުގައެވެ. އެހެނީ ވެލްކަމް ޑްރިންކަކީ 5 ތަރީގެ ހޮޓަލަކަށް ނޫނީ ރިސޯޓަކަށް ފުރަތަމަ ދާއިރު ދެވޭ ފުރަތަމަ މެހުމާންދާރީއެވެ. އެ ވެލްކަމް ޑްރިންކަކީ ތިބާއަށް އެ ރިސޯޓްއިން ލިބެން އުޅޭ ޚިދުމަތްތަކުގެ ފެށުމެވެ. އެ ބުއިމުގެ އިތުރުން ތިބާއަށް ރިސޯޓްއިން އެތައް މީރު ކެއުންތައް ކައި، ރީތި މަންޒަރުތައް ފެނި އަދި އެހެނިހެން ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނެއެވެ.

    އެހެންކަމަށްވާނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާ އެ އާޔަތުގައި ވަޙީކުރައްވަނީ ކީކޭ ހެއްޔެވެ؟ އެކަލާނގެ އެ ވަޙީކުރައްވަނީ އަޅުގަނޑުމެންގެ ނަފްސުތައް އެދޭ ކަންތަކާއި އަދި އޭގެ އިތުރަށް ވެސް ސުވަރުގޭގައި އަޅަމެން އެދޭނެ ކަންތައްތަކަކީ ހަމައެކަނި نُزُلا އެއް ކަމެވެ. ސުވަރުގޭގައި އަޅުގަނޑުމެންނަށް ލިބޭނެ ހަމައެކަނި އެއްޗަކީ އެއީއެއްނޫނެވެ. އެހެނެއްކަމަކު އެއީ މުއުމިނުންނަށްޓަކައި ﷲ ތައްޔާރު ކުރައްވާފައިވާ ނިޢުމަތްތަކުގެ ފެށުމެވެ. ދެން ހުރި ނިޢުމަތްތައް އަދި ލިބުން އޮތީ އެކަމަށްފަހު ކުރިއަށެވެ. އެހެންކަމުން މީގެ މާނައަކީ ސުވަރުގެއާއި ބެހޭ ގޮތުން އަޅުގަނޑުމެންނަށް އިވިފައިވާ ގިނަ ވާހަކަތަކަކީ އެ ފުރަތަމަ މެހުމާންދާރީގެ ތެރޭގައި ހިމެނޭ ކަންތަކެއްކަމެވެ. ސުބްޙާނަ ﷲ! މިއިން އަޅުގަނޑުމެންނަށް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ މި ޙަދީޘް ދޭހަކުރެވޭނެއެވެ. ސުވަރުގެއަކީ އެއްވެސް ލޮލަކަށް ފެނިފައި ނުވާ އަދި އެއްވެސް ކަންފަތަކަށް އިވިފައި ނުވާ އަދި އެއްވެސް ހިތެއްގެ ޚިޔާލަކަށް އައިސްފައި ނުވާފަދަ ތަނެކެވެ.

    މާތް ﷲ އަޅަމެންނަކީ އެ ސުވަރުގެއަށް ޤާބިލު ބަޔަކު ކަމުގައި ލައްވާށި! އާމީން!

    ⚠Report!
  10. =ނަރަކައިގެ ދޮރުތަކާއި ސުވަރުގޭގެ ދޮރުތައް=

    މިއީ ޤުރުއާނުގެ ހުރިހާ އާޔަތްތަކުގެ ތެރެއިން އަޅުގަނޑު އެންމެ ބުނެދޭ ހިތްވާ އަޔާތްތަކުގެ ތެރެއިން އާޔަތްތަކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

    ސޫރަތުއްޒުމަރުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އާޚިރަތް ދުވަހުގެ ދެ މަންޒަރެއް ސިފަކުރައްވާފައިވެއެވެ. އެއް މަންޒަރަކީ ކާފަރުން ނަރަކައަށް ގެންދަވާ މަންޒަރެވެ. އަނެއް މަންޒަރަކީ ތަޤްވާވެރިން ސުވަރުގެއަށް ގެންދަވާ މަންޒަރެވެ. ކާފަރުން ނަރަކައަށް ގެންދަވާ މަންޒަރު ސިފަކުރައްވަމުން ﷲ ވަޙީކުރައްވާފައި ވަނީ މިހެންނެވެ.

    وَسِيقَ الَّذِينَ كَفَرُوا إِلَىٰ جَهَنَّمَ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا فُتِحَتْ أَبْوَابُهَا

    “…އަދި ކާފިރުވި މީހުން ބައިބަޔަށް ނަރަކައާއި ދިމާލަށް ލަވައި ގެންދަވާނެއެވެ. އެބައިމީހުންނަށް ނަރަކައިގެ ކައިރިއަށް އާދެވޭހިނދު، އެތާނގެ ދޮރުތައް ހުޅުއްވަވާނެއެވެ.” ސޫރަތުއްޒުމަރު، 71

    ނަރަކައިގެ ދޮރުތައް ސިފަކުރެއްވުމަށް ﷲ ބޭނުންކުރެއްވި ބަސްފުޅަކީ حَتَّىٰ إِذَا جَاءُوهَا فُتِحَتْ أَبْوَابُهَا އެވެ. މާނައަކީ އެމީހުންނަށް އެތަނަށް ދެވޭ ހިނދު އެތާނގެ ދޮރުތައް ހުޅުއްވަވާނެއެވެ. މިއިން އެނގެނީ ނަރަކައިގެ އަހުލުވެރިން ނަރަކައަށް ދާއިރު ނަރަކައިގެ ދޮރުތައް ހުންނަނީ ލެއްޕިފައިކަމެވެ. އަދި އެ ދޮރުތައް ހުޅުވެނީ ހަމައެކަނި އެ އަހުލުވެރިން އައުމުން ކަމެވެ.

    ދެން ސުވަރުގޭގެ ދޮރުތައް ސިފަކުރައްވަން ﷲ ވަޙީކުރެއްވި އާޔަތަށް ބައްލަވާށެވެ.

    وَسِيقَ الَّذِينَ اتَّقَوْا رَبَّهُمْ إِلَى الْجَنَّةِ زُمَرًا ۖ حَتَّىٰ إِذَا جَاءُوهَا وَفُتِحَتْ أَبْوَابُهَا

    “އަދި އެމީހުންގެ ވެރިރަސްކަލާނގެއަށް ތަޤްވާވެރިވި މީހުން، ބައިބަޔަށް ސުވަރުގެޔާ ދިމާލަށް (މާތްކޮށް ހިތުމާއެކު) ލަވައި ގެންދަވާނެއެވެ. އަދި އެ ސުވަރުގޭގެ ކައިރިއަށް، އެބައިމީހުންނަށް އާދެވޭހިނދު، އެތާނގެ ދޮރުތައް ހުޅުއްވާފައި ހުންނާނެތެވެ.” ސޫރަތުއްޒުމަރު 73

    މި އާޔަތުގައި ސުވަރުގޭގެ ދޮރުތައް ސިފަކުރައްވަން ﷲ ބޭނުންކުރެއްވި ބަސްތަކަކީ حَتَّىٰ إِذَا جَاءُوهَا وَفُتِحَتْ أَبْوَابُهَا މިއެވެ. ފާހަގަކުރެވޭނެ ފަދައިން މި ބަސްތަކާއި ނަރަކައިގެ ދޮރުތައް ސިފަކުރެވިފައިވި ބަސްތައް ނުހަނު އެއްގޮތެވެ. ހަމައެކަނި ތަފާތަކީ فُتِحَتْ أَبْوَابُهَا ގެ ކުރިއަށް وَ އައިސްފައި އޮތުމެވެ. މި و އަކީ ޢަރަބި ޤަވާޢިދުގައި و ޙާލިއްޔާއެވެ. و ޙާލިއްޔާ އައުމުން މި ބަސްތަކުގެ މާނަ އަންނާނީ މިހެންނެވެ. އެތާނގެ ދޮރުތައް ހުޅުވިފައިވާ ޙާލު އެބައިމީހުން އެތަނަށް ދާ ހިނދެވެ. މާނައަކީ ސުވަރުގޭގެ އަހުލުވެރިން ސުވަރުގެއަށް ދާއިރުވެސް އެދޮރުތައް ހުންނާނީ ހުޅުވިފައިކަމެވެ. އެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަބަދުވެސް ސުވަރުގޭގެ ދޮރުކޮޅުތައް ބެހެއްޓެވީ ހުޅުއްވާފައެވެ. އަދި ނަރަކައިގެ ދޮރުކޮޅުތައް ބަންދުކުރައްވާފައެވެ. އެކަލާނގެ ޙަޟްރަތުން އެކަލާނގެ އަޅުންނަށްޓަކައި އޮތް ރަޙްމަތެއްގެ ބޮޑުކަމުންނެވެ.

    މާތް ﷲ އަޅަމެން އެންމެންނަކީ ސުވަރުގޭގެ އަހުލުވެރިން ކަމުގައި ލައްވާށި! އާމީން!

    ⚠Report!
  11. Blog post (Dhivehi) iii

    #ދެވިހިފާއާދަތައް #ސެންސާރޑްސްކްރީން #ދެވިހިފުން

    ނޯޓް: މި ހޭޝްޓެގްތައް ބޭނުންކުރެވިފައި ހުންނަ ޕޯސްޓްތަކުގައި ޢާއްމުގޮތެއްގައި އަލި އަޅުވާލެވޭނީ ނުސީދާކޮށް މި ވާހަކަދެކެވޭ ‘ސެންސާޑްސްކްރީން’ އަށް ދެވިހިފުމުގެ މައްސަލައަށެވެ. އެކި ދިރާސާތަކަށް އަލި އަޅުވައި ލިޔެވިފައިވި ފޮތްތަކުންނާއި އަދި މި މައްސަލައާއި ގުޅިގެން ހެދިފައިވި ދިރާސާތަކުން ނެގިފައިވި މަޢުލޫމާތު މި ޕޯސްޓްތަކުގައި ހިމެނޭނެއެވެ. އެހެނަސް މި ޕޯސްޓްތަކަކީ ހަމައެކަނި މި ވާހަކަ ދެކެވޭ އާދައަށް ދެވިހިފާފައިވާ ފަރާތްތަކަށް ފައިދާކުރާނެ ޕޯސްޓްތަކެއް ނޫނެވެ. ޙަޤީޤަތަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހެއްގެ ވެސް ހުއްޓަން ޖެހޭ އާދައެއް އެހެންނޫނީ މަދުކުރަން ޖެހޭ އާދައެއް އެހެންނޫނީ ދެވިހިފުމެއް ހުރިކަމެވެ. އެއީ ސްކްރީނަށް ދެވިހިފުން ކަމަށްވިޔަސް، ސޯޝަލް މީޑިޔާއަށްވިޔަސް އަދި ގޭމްކުޅުން ކަމުގައި ވިޔަސްމެއެވެ. އެހެންކަމުން ކޮންމެ ކިޔުންތެރިއަކު ވެސް މި ޕޯސްޓްތައް ކިޔާއިރު އެކިޔުންތެރިއެއްގެ އެ އެއް އާދައާއިމެދު ވިސްނާށެވެ. އިން ޝާ ﷲ އެ އާދަ ހުއްޓުވުމަށް އެހެންނޫނީ މަދުކުރުމަށް މި ޕޯސްޓްތަކުން އެހީއެއް ލިބިގެންދާނެއެވެ.

    ދެވިހިފުމަށް ބާރުދޭ ކަންތައް: ދެވިހިފުމަކަށް ވަދެވެނީ ކިހިނެއް ހެއްޔެވެ؟

    އަޅުގަނޑުމެންނަށް ޢާއްމުގޮތެއްގައި ހީވެފައި އޮންނަނީ މީހަކު ދެވިހިފުމެއްގެ ތެރެއަށް ވަންނަނީ އެމީހެއްގެ ފަރުވާކުޑަ ކަމުން ހެންނެވެ. އަދި އެމީހަކު އެ ދެވިހިފުމުގެ ތެރޭގައި އުޅެނީ ހަމަ އެމީހުންގެ ކުށުން ކަމެވެ. މީގެ ބައެއް ތަންތަންކޮޅު ޙަޤީޤަތާއި އެއްގޮތް ވިޔަސް ބައެއް ތަންތަންކޮޅު ޙަޤީޤަތާއި ޚިލާފެވެ.

    އެއީ ތެދެކެވެ. ދެވިހިފުމެއްގެ ތެރެއަށް ވަދެވެނީ ފަރުވާ ކުޑަކޮށް އެޅޭ އެންމެ ފިޔަވަޅަކުންނެވެ. އެހެނަސް އޭގެ ތެރޭގައި މީހަކަށް ބޭއިޚްތިޔާރުގައި ވެސް އުޅެވިދާ އެތައް ސަބަބެއް ހުރެއެވެ. ދެވިހިފާފައިވާ އާދައަކަށް އެނބުރި މީހަކު ގެންދާނެ ދެވިހިފުމަށް ބާރުދޭ ކަންތައް ހުރެއެވެ. މީގެ ތެރޭގައި ސީދާކޮށް ދެވިހިފުމަށް ބާރުދޭ ކަންތަކާއި ނުސީދާކޮށް ދެވިހިފުމަށް ބާރުދޭ ކަންތައް ހުރެއެވެ.

    ސީދާކޮށް ބާރުދޭ ކަންތައްތަކަކީ އަޅުގަނޑުމެންނަށް އެނގޭ ކަންތަކެވެ. މިސާލަކަށް އޮންލައިންކޮށް ފެންނަން ނުޖެހޭ ޒާތުގެ ފޮޓޯއެއް ފެނުމެވެ. އެހެންނޫނީ އެ ޒާތުގެ އިޝްތިހާރެއް ފެނުމެވެ. އެހެންނޫނީ އެފަދަ ޚިޔާލުތަކަށް ބާރުދޭ ފަދަ ސަމާސާއެއް ނެޓުން ފެނި އެހެންނޫނީ އެކުވެރިއެއްގެ ފަރާތުން އިވުމެވެ. އެހެންކަމުން މީގެ ތެރެއިން ސީދާކޮށް ދެވިހިފުމަށް ބާރުދޭ ކަމެއް ތަޖުރިބާ ކުރެވިއްޖެނަމަ، ތިބާގެ ސިކުނޑި ތިބާއަށް އެ ފޮޓޯތަކުގެ މަތިން ނޫނީ އެ ބަސްތަކުގެ މަތިން ހަނދާން ކޮށްދޭނެއެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން އެ ދެވިހިފި އާދައަށް އަނބުރާ ދެވިދާނެއެވެ.

    ނުސީދާކޮށް ދެވިހިފުމަށް ބާރުދޭ ކަންތައްތަކަކީ އެކަންތައްތަކުން ދުރުވާން އުދަގޫ ކަންތައްތަކެވެ. HALT އަކީ މި ކަންތައްތައް ހަނދާން ބަހައްޓަން ދެވިހިފާފައިވާ މީހަކަށް ފަސޭހަކޮށްދޭނެ އެކްރޮނީމްއެކެވެ. HALT އިން ކޮށްލަނީ 4 ސުވާލެކެވެ.
    H – Are you Hungry?
    A – Are you Angry?
    L- Are you Lonely?
    T- Are you Tired?

    އެހެންކަމުން ވަކި އާދައަކަށް ދެވިހިފާފައިވާ މީހުން އެ އާދައަށް އަނބުރާ ދާން ބޭނުންވާ ވަގުތަކު އަމިއްލަ ނަފްސާއި މި 4 ސުވާލު ކޮށްލަން ޖެހެއެވެ. އަދި އެ ނޭދެވޭ އާދައަށް އަނބުރާ ދިޔުމުގެ ބަދަލުގައި އެ ޙާލަތަކާއި ގުޅިގެން ކަމެއް ކޮށްލަން ޖެހެއެވެ. ތިބާ ބަނޑުހައިވެގެން ހުރި ވަގުތެއްނަމަ އެއްޗެއް ކާލާށެވެ. ރުޅިއައިސްފައި ހުރި ވަގުތެއްނަމަ ތިބާގެ އިޙްސާސްތައް އެހެން މީހަކާ ޙިއްސާކޮށް އެ ރުޅި މަޑުކުރަން މަސައްކަތް ކުރާށެވެ. އެކަނި ހުރިނަމަ މީހުން ތިބޭ ތަނަކަށް ދާށެވެ. ވަރުބަލިވެފައި ހުރި ވަގުތެއްނަމަ އަރާމުކޮށްލާށެވެ.

    ދެވިހިފުމަށް ބާރުދޭ މި 4 ކަންތަކުގެ ތެރޭގައި އަޅުގަނޑު އެހެން ކަމެއް ވެސް ހިމަނާލަން ބޭނުމެވެ. ހޯދި ހޯދުންތަކުގެ މައްޗަށް ބުރަވެއެވެ. އެއީ ތިބާގެ ނާޤާބިލިއްޔަތުކަމުގެ އިޙްސާސެވެ. އެހެނީ ބައެއްފަހަރު ތިބާ ދެވިހިފުމަށް އަނބުރާ ހިނގައިދާ ސަބަބަކީ މަތީގައި ބުނެވެދިޔަ 4 ކަމުގެ ތެރެއިން ކަމަކަށް ނުވެދާނެއެވެ. ފަހަރެއްގައި އެ ސަބަބަކީ ތިބާ ކުރަންޖެހިފައި އޮތްކަމެއް ތިބާއަށް ނުކުރެވިދާނެކަމުގެ އިޙްސާސާއެކީ ސިކުނޑިއަށް ވެރިވާ ހާސްކަމެވެ. ނުވަތަ ސްޓްރެސްއެވެ. އެހެންނޫނީ ތިބާއަށް ތަޖުރިބާ ކުރެވިފައި ހުރި ބައެއް ކަންތައްތަކެއްގެ ސަބަބުން ތިބާއަކީ އެހާ ޤާބިލު މީހެއްނޫންހެން ތިބާއަށް ހީވެދާނެއެވެ. އެހެންނޫނީ ޙަޔާތުގައި ތިބާއަށް ކުރިމަތިވެފައިވި ދަތި ޙާލަތެއްގެ ސަބަބުން މި ޙާލަތުން ދެން ދުވަހަކުވެސް އަރައި ނުގަނެވޭނެހެން ތިބާއަށް ހީވެދާނެއެވެ. މިފަދަ ޙާލަތްތަކުގެ ތިބާގެ ސިކުނޑި ‘ސްޓްރެސް ހޯމޯން’ އުފައްދައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ‘މައްސަލަ’ ޙައްލު ކުރުމަށްޓަކައި ތިބާގެ ސިކުނޑި އުފާވެރިކަމުގެ ހޯމޯން ކަމަށްވާ ޑޮޕްއެމީން ހޯމޯން އުފައްދަން މަސައްކަތް ކުރެއެވެ. ޑޮޕްއެމީން ޢާއްމުގޮތެއްގައި ސިކުނޑިން އުފައްދާނީ ތިބާ ކުރާ ހިތްވާ ކަމެއް ނޫނީ ތިބާ އެކަމެއް ކުރުމުން އުފާވެރިކަމެއް ނޫނީ ލައްޒަތެއް ލިބޭ ފަދަކަމެއް ކުރާ ވަގުތެވެ. މިސާލަކަށް ކުޅިވަރު، އަތްތެރި މަސައްކަތް، ކަސްރަތު، މީރު އެއްޗެއް ކެއުން ނޫނީ ލޯބިވާ މީހަކާއެކީ ވަގުތު ހޭދަ ކުރާ ހިނދުކޮޅެވެ. އެހެނަސް ސްޓްރެސްވާ ވަގުތުތަކުގައި ތިބާގެ ސިކުނޑި ތިބާއަށް ހަނދާންކޮށްދޭނީ ތިބާގެ ހުރިހާ ތަޖުރިބާތަކުގެ ތެރެއިން އެންމެ ގިނައިން ޑޮޕްއެމީން އެއްފަހަރާ ނެރެވޭނެ ފަދަ ތަޖުރިބާއަކާއި މެދުގައެވެ. ޢާއްމުގޮތެއްގައި ދެވިހިފާ ކަންކަމަކީ އެކަމެއް ކުރުމުން ކމިފަދައިން ޑޮޕްއެމީން އުފެދޭ ކަންތަކެވެ. އެއްފަހަރާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޑޮޕްއެމީން އުފެދުމަކީ ސިކުނޑިއަށް ގެއްލުން ހުރި ކަމަކަށް ވިޔަސް ސިކުނޑި އެވަގުތު އެފަދަ އިންޒާރެއް ނުދޭނެއެވެ. އެހެންކަމުން މީހަކު ސްޓްރެސްވާ ވަގުތުތަކުގައި ދެވިހިފައިވާ އާދަތަކަށް އަނބުރާ ދެއެވެ.

    މި ޕޯސްޓްގައި އަޅުގަނޑު މި އަލިއަޅުވާލީ ހަމައެކަނި ދެވިހިފުމަށް ބާރުދޭ ކަންތަކަށެވެ. މި ކަންތައް އެނގުމަކީ ވެސް ދެވިހިފުންތަކާއި ދެކޮޅަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އެހެނީ މިހާރު ތިބާ ދެވިހިފާފައިވާ އާދައަކަށް ދިޔުމުގެ ކުރިން ސިކުނޑިއަށް ވެރިވާ ޚިޔާލުތަކަށް ސަމާލުކަން ދޭން ތިބާއަށް ފަސޭހަވާނެއެވެ. (އިން ޝާ ﷲ) އެހެންކަމުން ދެން ފަހަރަކުން ތިބާ އެ އާދައަށް އަނބުރާ ދާން އުޅޭ ވަގުތު އަމިއްލަ ނަފްސު ގާތު ބުނާށެވެ. މިއީ އަޅުގަނޑުގެ ޚިޔާލުތަކުގެ ތެރެއިން ނޫނީ އެހެން ގޮތަކުން ވިޔަސް ޙައްލުކުރަން ޖެހޭ ކަމެއްގެ ސަބަބުން ސިކުނޑިއަށް ވެރިވާ ޚިޔާލެކެވެ. އެއަށްފަހު އެ އާދައަށް އަނބުރާ ނުގޮސް އެކަމެއް ޙައްލުކުރަން މަސައްކަތް ކުރާށެވެ. ދަންނާށެވެ! ކޮންމެ ޙާލަތެއްގައި ވިޔަސް ތިބާއަކީ ނާޤާބިލު އަދި އެހީއެއް ނުލިބޭނެ މީހެއްނޫނެވެ. ކަމެއް ނިންމުމުގައި ތިބާ ދަތިތަކާއި ކުރިމަތިވާނަމަ އިތުރަށް އުނގެނި އެނގޭ މީހުން ކައިރިން ސުވާލުކޮށް އެހީ ހޯދާށެވެ. މީހުން ބުނެފައިވާ އެއްޗެއްގެ ސަބަބުން ތިބާގެ އަގެއް ނެތް ހެން ހީވާނަމަ ތިބާގެ ޤަދަރު އުފުލިގެން ދާނީ މި ވަގުތުކޮޅުން ފެށިގެން ވެސް ތިބާކުރާ ހެޔޮ ޢަމަލެއްގެ ސަބަބުންކަން ދަންނާށެވެ. ޙަޔާތުގެ ދަތި ޙާލަތެއްގައި ތިބާ ވާނަމަ ދަތި ޙާލަތްތަކަކީ ޢުމުރު ދުވަހަށް ދެމިގެންދާ ކަންތައްތަކެއް ނޫންކަން ހަނދުމައިގައި ބަހައްޓާށެވެ. އަދި މި އިމްތިޙާނުން ތިބާއަށް ދުވަހަކުވެސް ނުލިބޭފަދަ ބާރެއް ލިބިގެން އެބަދެއެވެ.

    މާތް ﷲ އަޅަމެންގެ ހުރިހާ ނޭދެވޭ އާދަތަކުން ދުރުވުމަށް އަޅަމެންނަށް އެހީވެދެއްވާށި! އާމީން!

    ⚠Report!
  12. Blog post (Dhivehi) iv

    ﷲ ގެ އެހީ ނާންނަނީ ކީއްވެ ހެއްޔެވެ؟

    މި ސުވާލު މަރިޔަމް (ސަލާމުން ޢަލައިހާ) އަށް ވެސް ކުރެވުނީހެވެ. އެއްވެސް ފިރިހެނަކާއި ގުޅުމެއް ހިންގުމެއްނެތި ދަރިއަކަށް ބަލިވެ އިން ހިނދެވެ. އެ ދަރިފުޅުގެ ސަބަބުން އެކަމަނަގެ ޤަދަރާއި ޢިއްޒަތް ވެއްޔާއި މޮޑެވިދާނެކަން ޔަޤީންވި ހިނދެވެ. ޔޫސުފް ޢަލައިހިއްސަލާމް އަށް ވެސް އެ ސުވާލު ކުރެވުނީއެވެ. އެކަލޭގެފާނު ވަޅެއްގެ ތެރެއަށް ވައްޓާލެވި، އަޅެއްގެ ގޮތުގައި ވިކި ނުކުރާ ކުށަކަށްޓަކައި ޖަލަށް ލެވުނު ހިނދެވެ. ޔަޢްޤޫބް ޢަލައިހިއްސަލާމް އަށް ވެސް އެ ސުވާލު ކުރެވުނީހެވެ. އެކަލޭގެފާނުގެ ދަރިކަލުން ނުފެނި ވޭތުވި އެތައް އަހަރެއްގެ ތެރެއިން ރުއިމުގެ ސަބަބުން އެކަލޭގެފާނުގެ ލޮލުގެ ފެނުން ވެސް ގެއްލި ދިޔަ ހިނދެވެ. މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްއަށް ވެސް އެ ސުވާލު ކުރެވުނީހެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ އަޞްޙާބުންނަށް ހަމައެކަނި އެ ބޭކަލުންގެ އީމާންތެރިކަމުގެ ސަބަބުން އެތައް އަހަރުތަކެއް ވަންދެން އަނިޔާ ލިބެމުން ދިޔަ ހިނދެވެ.

    އެހެންކަމުން ދެން ތިބާ ﷲ ގެ އެހީއާއިމެދު ވިސްނާ ހިނދަކު މި ވާހަކަތަކުގެ މަތިން ހަނދާން ކުރާށެވެ. މި ވާހަކަތަކުގައި ހިމެނެނީ ﷲ ގެ ރަސޫލުންނާއި އެކަލާނގެ ކަރާމާތްތައް ދެއްކެވި ފަރާތްތަކަށްވިޔަސް މި ފަރާތްތަކަށް ވެސް ތަދު އިޙްސާސް ކުރެވުނެވެ. އެ ބޭކަލުންގެ ލޯފުޅުތަކުން ވެސް ކަރުނަތައް އޮހޮރިގެންއައެވެ. އެބޭކަލުން ވެސް ވީ އެހީއަކަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ. އެހެނަސް މި ހުރިހާ ވާހަކައަކުން އަޅުގަނޑުމެންނަށް ލިބޭ ޢިބްރަތަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ ހަމައެކަނި ދަތި ޙާލަތްތަކުގައި އެ ބޭކަލުން ﷲ އަށް ވަކީލުކުރި ގޮތެއް ނޫނެވެ. އެހެނެއްކަމަކު މީގެ އިތުރުން ﷲ ގެ ރޭއްވެވުންތަކުގެ ފުރިހަމަކަން ވެސްމެއެވެ.

    އާނއެކެވެ. މަރިޔަމް ސަލާމުން ޢަލައިހާ އެދަރިކަލުންނާއެކީ ބަލިވެ އިންނެވި ދުވަސްކޮޅަކީ އެކަމަނާ ވަރަށް ހިތާމަކުރެއްވި ދުވަސްކޮޅެކެވެ. އެހެނަސް ހަމަ އެ ދަރިކަލުންގެ ސަބަބުން އެކަމަނާގެ ދަރަޖަ އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ. އަދި އެކަމަނާގެ ޤަދަރާއި ޢިއްޒަތް ދެމެހެއްޓެވީ ޚުދު ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އެކަލާނގެ ބާވައިލެއްވި އެންމެ ފަހު ފޮތުގައި ވެސް އެކަމަނާގެ ނަންފުޅު ދިފާޢުކުރައްވާފައިވެއެވެ. ޤިޔާމަތާއި ޖެހެންދެން ވެސް އަންނާނެހާ އެންމެންނަށް އެކަމަނާގެ މައުސޫމްކަން ޔަޤީންކޮށްދެއްވުމަށެވެ. އަދި އެކަމަނާގެ ވާހަކައިން އެތައް ބަޔަކަށް ހިތްވަރެއް ލިބިގެންދާނެ ފަދައަކުންނެވެ. އާނއެކެވެ. ޔޫސުފް ޢަލައިހިއްސަލާމް ވަރަށް ދަތި ދުވަސްތަކެއް ކަނޑައްތު ކުރައްވާފައިވެއެވެ. އެހެނަސް އެކަލޭގެފާނު 10 ވަރަކަށް އަހަރު ވަންދެން ޖަލުގައި ހުންނެވި ހުންނެވުމުގެ ސަބަބުން ރަސްގެފާނަށް އެކަލޭގެފާނުގެ ވާހަކަ އިވި މުޅި ޤައުމެއް ބަނޑަށް ޖެހިގެން ދިޔުމުން އެކަލޭގެފާނަށް ސަލާމަތްކޮށްދެއްވުނެވެ. އާނއެކެވެ. ޔަޢްޤޫބް ޢަލައިހިއްސަލާމް އެހާ ގިނަ ދުވަސްވަންދެން ކީރިތި ކުރައްވާފައިވެއެވެ. އެހެނަސް އެކަލޭގެފާނުގެ ވާހަކައިގެ ސަބަބުން ކުރިއަށް އަންނާނެ ހުރިހާ ބައްޕައިންނަށް ރީތިވެގެންވާ ކެތްތެރިކަމުގެ ފަހަތުގައިވާ ޙިކުމަތް ވިސްނޭނެއެވެ. އާނއެކެވެ. މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް އާއި އެކަލޭގެފާނުގެ އަޞްޙާބުންނަށް ވަރަށް ގިނަ އަހަރު ވަންދެން އަނިޔާކުރެވި ބަލިކަށި ކުރެވިގެން ދިޔައެވެ. އެހެނަސް އެ އަނިޔާގެ ސަބަބުން އެ ބޭކަލުންނަށް ކެތްތެރިކަމުގެ ލާމަސީލު ނަމޫނާ ދެއްކުނެވެ. އޭގެ ސަބަބުން އެތައް ބައެއްގެ ހިތްތައް އިސްލާމްދީނަށް ލެނބިގެން ދިޔައެވެ.

    އެހެންކަމުން ތިބާ މިއަދު ކޮންމެވެސް ދަތި ޙާލަތެއް ކަނޑައްތު ކުރަމުން ދާނަމަ ހަނދާންކުރާށެވެ. ތިބާގެ ތި ދަތި ޙާލަތަކީ ﷲ ގެ ބޮޑު ރޭއްވެވުމުގެ ތެރެއިންވާ ކަމެއް ކަމުގައި ވެދާނެއެވެ. ތިބާގެ ތި އިމްތިޙާނުގެ ތެރެއިން ކުރިއަށް އޮތްތަނުގައި ތިބާ ކުރިމަތިލާންޖެހޭ ކަމަކަށްޓަކައި ތިބާ ވަރުގަދަ ކުރެވިގެން ދަނީ ކަމަށްވެދާނެއެވެ. ތިބާގެ ތި އިމްތިޙާނުގެ ސަބަބުން ތިބާއަކީ އެހެން އެތައް ބަޔަކަށް އެހީއެއް ވެދޭނެ މީހަކަށް ވެދާނެއެވެ. ތިބާގެ ތި އިމްތިޙާނުގެ ސަބަބުން ތިބާޔަކީ އެތައް އެހެން ބަޔަކަށް ހިތްވަރެއް ލިބިދޭ ފަދަ މީހަކަށް ވެދާނެއެވެ. މިފަދަ ގޮތެއް ވިޔަސް ނުވިޔަސް ދަންނާށެވެ! ތިބާ ތަޙައްމަލުކުރާ ކޮންމެ ވޭނަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާއަށް އުޖޫރަ ދެއްވެއެވެ. އަދި ހަނދާން ބަހައްޓާށެވެ. ޝައްކެއްނެތް ގޮތުގައި ﷲ ގެ އެހީ ވަނީ ނުހަނު ގާތުގައެވެ.

    މާތް ﷲ އަޅަމެންނަކީ ދަތި އިމްތިޙާންތަކުގެ ތެރެއިންވެސް އެކަލާނގެއަށް އޮތް އިތުބާރާއި އީމާންތެރިކަން ވަރުގަދަ ބަޔަކު ކަމުގައި ލައްވާށި! އާމީން!

    ⚠Report!
    1. Jazakahllah khaira
      Allah thibaa ah dharuma aai savaabu ithuru kohdhehvvaa, dhe dhuniyeyge baajjaverikan dhevvaashi, aameen

      ⚠Report!

Leave a Reply

Your email address will not be published.