“މަލާކް ވިލް ބީ ރިއަލީ ގުޑް އަސްލު ތިކަމަށް….އެކަމަކު މަލާކް ކިޔެވުމާއިގެން ތިކަމާ އުޅުމުން ސްޓްރެސްވިއްޔާ ކަމަކު ނުދާނެ….މަލާކްގެ ކޮންޑިޝަންގެ ސަބަބުން މާ ބޮޑަށް ސްޓްރެސްވިއްޔާ ގޮތެއް ދިމާވެދާނެ.” އަޔާޒް އެ ކަންބޮޑުވުން ފާޅުކުރިއެވެ.

 

“އެހެންތަ؟ އެހެންވެއްޖެއްޔާ އަހަރެން މަޒީދަށް ތިވާހަކަ އަންގާލާނަން. އަދި ނުބުނަންދޯ؟ މަޒީދާއި އަހަރެން ފްރެންޑޭ މިހާރު. އަހަރުމެންނަށްޓަކައި ގެދޮރުގެ މައްސަލައިގަ ހެކިބަސްވެސް ދޭން ރެޑީއަށް އެ ބޭބެ ހުރީ. މަސްޢޫދުބެއާއެކީ ހުރި ދެވަނަ ހެކިވެރިއަކީ އެއީ. ބޭބެ ކިޔަން އުޅެއުޅެ ކިޔުނައެއް ނުދިން. ހެހެ….މަލާކް މާރކެޓިންގް ޓީމަށް ލާ ވާހަކަ އިވުނީމަ ވަރަށް އުފާވާނެ. މަލާކް ސްޓްރެސްވާން ނުޖެހޭ ވާހަކަ އިވުނިއްޔާ ކޮންމެހެންވެސް މަލާކްގެ ވޯކްލޯޑް ކުޑަވާނެ ގޮތެއް ހަދައިދޭނެ….މަލާކްގެ އަސްލު ބައްޕައަކީ އެއީވިއްޔާ…” ނިޝާން އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރެ ބުނެލި ވާހަކައިން އަޔާޒްގެ ދެބުމަ ކައިރިވިއެވެ.

 

“އަސްލު…..ބައްޕައޭ؟” އަޔާޒަށް އަހާލެވުނެވެ. އެއާއެކު ނިޝާން ބޯޖަހާލިއެވެ.

 

“ހުމް…..އަސްލު ބުނަންވެސް ނުޖެހޭ ވާހަކައެއް މިބުނެވުނީ. މަލާކަށް އަދި ނާންގައްޗޭ މި ވާހަކަ. ނޭނގޭ ކީއްވެކަމެއް އެ ބޭބެ މިހެން ބުނީ….ބުނީ އެއްވެސް މީހަކަށް ނާންގާށޯ ތިމަންނައަކީ މަލާކްގެ ބައްޕަކަމެއް. މިހެން ބުނީމަ ހީވެދާނެ އެ ބައްޕަ މަލާކްދެކެ ލޯބިނުވަނީހެން. އެކަމަކު މަލާކްއާ ބެހޭގޮތުން ވާހަކަ ދައްކާއިރު ހިއެއްނުވޭ އެހެންނެއް. ވަރަށް އުފަލުން ހުންނާނީ އަޔާޒް މަލާކް ގެންގުޅެނީ ވަރަށް ލޯބިންނޭ ބުނީމަ. ތަކުރާރުކޮށް ބުނާނެ އަޔާޒަށް ވެސް ނަޞޭޙަތްތެރި ވައްޗޭ މަލާކް ވީހާވެސް ރަނގަޅަށް ބަލަން.” ނިޝާން ހިނިތުންވުމަކާއެކީ ކިޔައިދިނެވެ.

 

“އެހެންތަ؟ އެހެންވިއްޔާ މަލާކަށް އެނގޭބާ މަސްޢޫދުބެއަކީ މަލާކްގެ އަސްލު ބައްޕައެއް ނޫންކަން؟ ދުވަހަކުވެސް ތިކަހަލަ ވާހަކައެއް އިވިފައެއްނެތް…” އަޔާޒް ވިސްނުމެއްގައި ހުރެ ބުނެލިއެވެ. ދޮންބެ ފަރާތުން އިވުނު ވާހަކަތަކުން އޭނަގެ ކައިވެނީގެ ކުރިން ވެސް ދޮންބެ އޭނައަށް ކިޔައިދިން ވާހަކައެއް ހަނދާނަށްއައެވެ. ބައްޕަގެ ފިހާރަތަކުގެ ތެރެއިން ފިހާރައަކީ އޭނަ އިންނަން އުޅޭ ކުއްޖާގެ އަސްލު ބައްޕަގެ ފިހާރައެއް ކަމަށް ބުނި ހަނދާނެވެ. އެހެނަސް އެދުވަސްވަރު އޭނަ އައިސްފައިވި ރުޅީގެ ސަބަބުން އެކަމާމެދު ވިސްނާނުލެވި ހުރީއެވެ. އަދަށްދާންދެން ވެސް އޭނައަށް ހީކުރެވިފައިވީ މަސްޢޫދުބެއަކީ މަލާކްގެ ޙަޤީޤީ ބައްޕަ ކަމަށެވެ. އެއީ އަދި އަމުދުން އޭނައަށް ފެނިފައިވި މަންޒަރުތަކުން މަލާކާއި މަސްޢޫދުބެއާއި ދެމެދު އޮންނަ ގުޅުން ވަރުގަދަކަން އެނގުންވެފައި މަސްޢޫދުބެއާއި ބެހޭ ނޭދެވޭ ވާހަކައެއް މަލާކްގެ ފަރާތުން އިވިފައިވެސް ނުވުމުންނެވެ.

 

“ދޮންބެއަކަށް ނޭނގޭ މަލާކަށް އެނގޭކަމެއް ނޭނގޭކަމެއް. އެކަމަކު ރަނގަޅުވާނީ މިވަގުތަށް އެ ވާހަކަ ނުދެއްކުން. މަސްލަހަތަށްޓަކައި މިވަގުތަށް މަލާކަށް ވެސް ސިއްރުކޮށްދިނުން ދޮންބެ އެދެން…” ނިޝާން ބުންޏެވެ. ދެންވެސް ވިސްނުމެއްގައި ހުރި އަޔާޒްގެ ސިކުނޑިއަށް ވެރިވަމުން ދިޔަ އެތައް ސުވާލެއްވިއެވެ. މަލާކްގެ އަސްލު ބައްޕަގެ ވާހަކަ އޭނައަށް ކުރިން ނީވުނީ ކީއްވެކަމާއި މެދުގައެވެ. މަސްޢޫދުބެ ވެސް އެ ވާހަކަ ފޮރުވީ ކީއްވެކަމާއި މެދުގައެވެ. މަލާކަށް އެނގިއްޖެނަމަ މަލާކަށް ވެދާނެ ގޮތަކާއި މެދުގައެވެ. ކޮންމެ ގޮތެއްވިޔަސް އަޔާޒް އިތުރު ސުވާލެއް ނުކޮށް ދޮންބެ ބުނި ވާހަކައާއި އެއްބަސްވިއެވެ. ކޮންމެ ގޮތެއްވިޔަސް މަލާކަށް ހަމަޖެހުން ލިބޭނެ ފަދައަކުން އޭނައަށް ޙަޤީޤަތް އެނގިގެންދާނެކަމަށް އުއްމީދު ކުރަމުންނެވެ. ދެންމެ އިވުނު ވާހަކަތަކުން މަލާކްގެ ބައްޕައަކީ މަލާކާއިމެދު އަޅާލާނެ މީހަކުހެން ހީވުމުންނެވެ. އެ ޚިޔާލު ހިތަށްވެރިވުމުން އޭނަ ކަމަކަށް ބޭނުންވި ވަރުން ވާހަކަ ދެކެވުނެވެ.

 

“މް….މަލާކްގެ ބައްޕަގެ ނަންބަރު ދެވިދާނެތަ؟” އަޔާޒް އެ ސުވާލުކޮށްލިއިރު އޭނަ ހިސާބަކަށް ފިނިވެގެން ދިޔަ ގޮތުން އޭނައަށް އަމިއްލަ ނަފްސަށް ނަފްރަތު ކުރެވުނެވެ. އޭނައަކީ ލޯބިވާ ކުއްޖަކާއި އިންނަން ބޭނުންވެގެން އެކުއްޖާގެ ބައްޕައާއި ވާހަކަ ދައްކަން އުޅޭ ފުރާވަރުގެ ފިރިހެން ކުއްޖެއް ނޫންކަމަށް އަމިއްލަ ނަފްސަށް ހަނދާންކޮށްދެވުނެވެ.

 

“އާނ ދީފާނަން. އެހާވަރަށް އަޔާޒްގެ ވާހަކަ ދެއްކިއިރުވެސް ނުއެއް ބުނޭ އަޔާޒްގެ ނަންބަރު ދޭށޭ. އެކަމަކު އަޔާޒް ގުޅީމަ އުފާވާނެހެން ހީވަނީ. މި ޓެކްސްޓްކުރަނީ އިނގޭ ނަންބަރު.” ނިޝާން އެހެން ބުނެ އޭނަގެ ފޯނު ނަގައި އެތެރެއަށް ހިނގައިގަންނަމުން ބުންޏެވެ. އަޔާޒް އެ ވާހަކައަށް ހިނިތުންވުމަކާއެކީ ބޯޖަހާލިއެވެ.

 

އަޔާޒް ގޮސް ކޮޓަރިއަށް ވަން ވަގުތު ދޮންބެގެ މެސެޖު އޭނައަށް ލިބުނެވެ. އެ ދިގު ނަންބަރުގެ ކުރީގައިވި ނަންބަރުތައް ފެނުމާއެކު އެއީ މެލޭޝިޔާގެ ނަންބަރެއްކަން އޭނައަށް އެނގުނެވެ. ކިޔެވުމުގެ ތެރޭގައި އޭނައަށް އެކި ޤައުމުތަކުގެ އެކުވެރިން ލިބިފައިވާތީވެއެވެ. ކޮޓަރިއަށް ވަދެގެން ގޮސް އޭނަ ނިދާ ކޮޓަރިއަށް ވެސް ވަދެ އެނދުގައި އިށީން ވަގުތު ވެސް އަޔާޒަށް އެ ނަންބަރަށް ބަލަހައްޓައިގެން ހުރެވުނެވެ. ހަވީރު ގަޑިން 5 ޖަހާފައިވި މަންޒަރު ފެނިފައި މެލޭޝިޔާއަށް މިވަގުތުވާނީ ކިހާއިރެއްތޯ އޭނަ ގޫގުލްއިން ސާޗްކޮށްލިއެވެ. އެއާއެކު މިވަގުތު އެކޮޅަށްވެފައި ހުންނާނީ އޭނަ ގުޅާލުން މުނާސަބު ގަޑިއެއްކަން އެނގުންވުމުން އަޔާޒަށް އެ ނަންބަރަށް ފިތާލެވުނެވެ. އެހިނދު އޭނަ ޙައިރާންވެސްވިއެވެ. އޭނަ މާ ބޮޑަށް މަލާކްގެ ބައްޕައާއި ވާހަކަ ދައްކަން ބޭނުންވަނީ ކީއްވެތޯ ހިތާހިތުން ސުވާލުކޮށްލެވުނެވެ. އެއާއެކު އޭގެ ޖަވާބުވެސް ލިބުނެވެ. އެ ބައްޕަ މަލާކާއި ދުރުގައި އުޅެނީ ކީއްވެތޯ އޭނަ ބަލާލަން ބޭނުންވަނީއެވެ. މަލާކަށް އެހާ ގިނަ ކަންތައް ސިއްރުކުރެވިފައިވީ ކީއްވެތޯ އަހާލަން ބޭނުންވަނީއެވެ. މިއީ އޭނައަށް މަލާކާއިމެދު އަޅާލެވޭތީ ކުރެވޭ ކަމެއްކަން އެނގުންވިޔަސް އެކަމާއި މެދު ވިސްނާނުލާ އަޔާޒް އެ ނަންބަރަށް ގުޅާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ. 4 ވަރަކަށް ރިންގަށްފަހު އެކޮޅުން އަޑުއައެވެ.

 

“އައްސަލާމްޢަލައިކުމް!” އެކޮޅުން މަޒީދު ބުނި އަޑުއިވިފައި އަނެއްކާވެސް މިއީ މަލާކްގެ ބައްޕަކަން އެނގުންވެ އަޔާޒް ފިނިވާން އުޅުނެއްކަމަކު އޭނަ ހަމައަކަށް އެޅުނެވެ.

 

“ވަޢަލައިކުމުއްސަލާމް…..މަޒީދުބެ ދެއްތޮ؟” އަޔާޒް އަހާލިއެވެ.

 

“ލައްބަ….ތިއީ ކޮންކުއްޖެއް؟” މަޒީދު އެހިއެވެ.

 

“އަޅުގަނޑު މީ……އަޔާޒް. މަލާކްގެ ފިރިހެނުން.” އަޔާޒް ބުނެލިއެވެ. އޭނަ އެހެން ބުނިތަނާހެން އެދެމެދަށް ހިމޭންކަމެއް ވެރިވެގެން ދިޔައެވެ. ސިކުންތުކޮޅެއް ވަންދެން އަނެއްފަރާތުން އެއްވެސް އަޑެއް އަޔާޒަށް ނުއިވުނެވެ. އޭނަ ‘ހެލޯ’ އޭ ބުނަން އުޅުނު ވަގުތު އެކޮޅުން ވާހަކަ ދެއްކި އަޑު އިވުނެވެ.

 

“އަޔާޒަށް އެނގެނީތަ މިއީ ކާކުކަން؟ މަލާކަށް އެނގޭތަ މި ބައްޕަ ތިކޮޅަށް ގުޅާކަން؟” މަޒީދު އެ ސުވާލުތައް ހިސާބެއްގެ ހާސްކަމާއެކީ ކޮށްލި ގޮތުން އަޔާޒް ޙައިރާންވާ ގޮތްވިއެވެ.

 

“ނޫން…..މަލާކަށް ނޭނގޭ. ދޮންބެ ހަމަ ދެންމެއަކު އަހަރެން ކައިރި ބުނީ ތިއީއޭ މަލާކްގެ ބައްޕަ. ދޮންބެ ބުނި މަލާކް ކައިރި އަދި ނުބުނާށޭ….އެއީ ކީއްވެތޯ މަލާކް ކައިރި ނުބުނަންވީ؟” އަޔާޒް އޭނަ ކުރަން ބޭނުންވި ސުވާލުކުރިއެވެ. އެއާއެކު އަނެއްކާވެސް އެ ދެމެދަށް ހިމޭންކަމެއް ވެރިވެގެން ދިޔައެވެ. އެ ހިމޭންކަން މިފަހަރު ނެތިގެން ދިޔައީ މަޒީދު ހިތާމަވެރި ގޮތަކަށް ހީލި އަޑަށެވެ.

 

“މަލާކްގެ ބައްޕަގެ ސަބަބުން މަލާކަށް އިތުރު ސަޒާއެއް ލިބެން ބޭނުންނުވާތީ ނުބުނަނީ….ބުނެވުނަސް ހިއެއްނުވޭ މަލާކާއި ހަތަރުކަޅި ހަމަކުރާނެ ހިތްވަރެއް މި ބައްޕައަށް ލިބޭނެހެންނެއް. މި ބައްޕަގެ ސަބަބުން މަލާކްވަނީ އެތައް ވޭނެއް ތަޙައްމަލުކޮށްފަ. ވޭތުވި މަސްތަކުގެ ތެރޭގަ އެ ދަރިފުޅަށްޓަކައި ކުރި ކަންތަކަށްފަހު ވެސް އަމިއްލަ ނަފްސު ކުށްވެރި ކުރެވޭ ވަރަށް ކުޑަވެސް ބަދަލެއްނާދޭ…” މަޒީދު އެހާ ހިސާބަށް ވާހަކަ ދެއްކިއިރު އޭނަގެ އަޑުވެސް ކުރެހިގެން ދިޔަ އަޑު އަޔާޒަށް އިވުނެވެ.

 

“ކް….ކޮންކަމެއްތޯ ކޮށްދެއްވީ މަލާކަށްޓަކައި؟” އަޔާޒް ކުރަން ބޭނުންވި އެތައް ސުވާލެއްވިއެއްކަމަކު އެންމެ ޖަވާބު އެނގެން ބޭނުންވި ސުވާލުކޮށްލެވުނެވެ. ބޭރު ޤައުމަކުން މަލާކަށް ހަދިޔާއެއްހާ މިންވަރުވެސް އަންނަތަން އޭނައަށް ފެނިފައި ނުވުމުންނެވެ.

 

“ފަހަރެއްގަ މި ވާހަކަ ޤަބޫލުކުރަން ދަތިވެދާނެ އެކަމަކު…..އަޔާޒްއާ މަލާކްގެ ކައިވެންޏަކީ މި ބައްޕަ ހަމަޖެއްސި ކައިވެންޏެއް.” މަޒީދު ބުނެލި ވާހަކައިން އަޔާޒްގެ ދެލޯ ބޮޑުވެ އޭނަގެ އަނގަވެސް ކުޑަކޮށް ހުޅުވިގެން ދިޔައެވެ.

 

“ވަޓް؟!” އަޔާޒަށް ހިސާބެއްގެ ހަރު އަޑަކުން އެ ސުވާލުކޮށްލެވުނީ އަޖާއިބުވީ ވަރުންނެވެ.

 

“އާނ…..ޙައިރާންވެއްޖެދޯ؟ އަދި ފަހުން ދުވަހަކުން ކިޔައިދޭނަން އެއީ ކިހިނެއްވީ ކަމެއްކަން އިން ޝާ ﷲ……އެހެންނޫނަސް އެންމެ ކުރީއްސުރެވެސް އަޔާޒްގެ ބައްޕަގެ އެދުމަކަށް ވެފަވީ މި ބޭބެއަށް އަންހެން ކުއްޖަކު ލިބުނިއްޔާ ދެމީހުންގެ ކުދިން ދެވަން. ދެމީހުންގެ އެކުވެރިކަން ދަމަހައްޓަން. އަދި އަޔާޒްގެ ބައްޕަގެ ވިޔަފާރީގެ ތެރޭގަ މި ބޭބެގެ ވެސް ޙިއްސާއެއް އޮތީމަ…..ދެން އަޔާޒް ބުނެބަލަ ބޭބެ ކައިރި…..އަޔާޒް ތިއުޅެނީ މަލާކްއާއެކީ އުފަލުގަތަ؟” މަޒީދު ސުވާލުކުރިއެވެ. ޙައިރާންކުރުވަނިވި އެތައް ވާހަކައަކަށްފަހު އިވުނު ސުވާލުން އަޔާޒް ހުއްޓުން އަރާ ގޮތްވިއެވެ. އެ ސުވާލާއެކީ އޭނަގެ ލޮލަށް މަލާކްގެ ހިނިތުންވުން ސިފަވެގެން ދިޔުމާއެކު ހިތަށްވެރިވެގެން ދިޔައީ އާދަޔާ ޚިލާފު އުފަލުން އޭނައަށް ވެސް ހިނިތުންވެލެވުނެވެ. އެހެނަސް އެއްޗެކޭ ބުނަން އޭނަ ނުކުޅެދުނީ ހިތުގައި އުފެދެމުން ދިޔަ އިޙްސާސްތަކާމެދު ޔަޤީންކުރަން ދަތިވުމުންނެވެ. އޭނައަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އެކޮޅުން ދެންވެސް ވާހަކަ ދެއްކި އަޑުއިވުނެވެ.

 

“އަޔާޒްއާ މަލާކްގެ ކައިވެނި ހަމަޖެހިގެން ދިޔަ ދުވަސްވަރު ތިކުދިންނަށް ނޭނގުނަސް ބޭބެ ދިޔައީ ތިކުދިންގެ ކަންތައް ބަލަމުން. ބޭބެއަށް އެނގޭ އަޔާޒް އުޅުނީ އެހެން ކުއްޖަކާ ރައްޓެހިވެގެން ކަންވެސް. އެކަމަކު ވަރަށް ފަހަކަށް އެކުއްޖާއާއި ވަކިވީ ވާހަކަ ވެސް އަޑުއެހިން……އެނގޭ ވަރަށް ދަތިކަމެއްކަން ނުކުޅެދޭ ކުއްޖަކާ އިނދެގެން އުޅުމަކީ. އެކަމަކު ޙަޤީޤަތުގަ އަޔާޒްއާ މަލާކް ގުޅުވަން ބޭބެ ރޭވީ އަޔާޒަކީ ޑޮކްޓަރަކަށްވެފަ މަލާކަށް ފަރުވާ ކުރާނެ ކަމުގެ އުއްމީދުގަ. އަދި އެކަމުގެ ތެރެއިން ތި ދެކުދިން ގުޅިގެންދާނެ ކަމަށްވެސް އުއްމީދުކުރެވުނު….އަދިވެސް އެ އުއްމީދުގަ މިހިރީ ޙަޤީޤަތުގަ. އެކަމަކު މަލާކަށް ފަރުވާ ކުރުމަށްފަހުވެސް އަޔާޒްއަށް މަލާކް ކަމުނުދަންޏާ އަދި މަލާކަށްވެސް އަޔާޒް ކަމުނުދަންޏާ ބޭބެ ކައިރި ބުނެލައްޗޭ. އޭރުން ތިކުދިން ވަރިވާން ބޭބެ ތިކުދިންނަށް އެހީވެދޭނަން. އަދި މަލާކްވެސް އެހެން ޤައުމަކަށް ގެންގޮސް އެހެން ރަނގަޅު ކުއްޖަކާ ގުޅުވޭތް…..” މަޒީދު އެހާ ހިސާބަށް ވާހަކަ ދެއްކިތަނާހެން އަޔާޒަށް ވާހަކަ ދެކެވުނެވެ.

 

“ނޫން ނޫން…..އެހެން….ހަދާކަށް ނުޖެހޭނެ.” އަޔާޒަށް ޖެހިލުންވުމަކާއެކީ އެހެން ބުނެ ދެލޯ މަރައި ތަގުޅި ކޮށްލެވުނެވެ. އެހިނދު އޭނަގެ ހިތުގެ ތެޅުން އަވަސްވެފައިވިއެވެ.

 

“އަސްލުވެސްތަ؟ އެހެންވީމަ އަޔާޒް ލޯބިވަނީތަ މަލާކްދެކެ؟” މަޒީދު އެ ސުވާލުކޮށްލީ އުފާވެރިކަން ވެރިވެގެން ދިޔަ އަޑަކާއި އެކީގައެވެ. އެއާއެކު އަޔާޒަށް އުދަގުލެއްވެގެން އުޅޭ ފަދައަކުން ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެންމެން އޭނަ ލައްވާ އެ ވާހަކަ ބުނުވަން އުޅެނީ ކީއްވެތޯ ހިތަށްއެރި ހިނދު ވާހަކަ ދެކެވުނެވެ.

 

“ބޭބޭ…..ކުޑަކަމެއް ދިމާވެއްޖެ އިނގޭ؟ ދާންވެއްޖެ ހަމަ މިވަގުތު. ފަހުން ގުޅާލާނަން އިން ޝާ ﷲ!” އަޔާޒް އަވަސްއަވަހަށް ބުނެލިއެވެ.

 

“އެހެންތަ؟ އާނ އޯކޭ….މަލޫ ރަނގަޅަށް ބަލައްޗޭ އަޔާޒް….އަޔާޒް މަލޫދެކެ ލޯބިވަންޏާ މި ބޭބެއަށް ކިޔަންވާނީ ބައްޕަ އިނގޭ؟ ހެހެ….ބޭއްވީ…” މަޒީދު އެހެން ބުނެލުމާއެކު އެ ފޯނު ކެނޑިގެން ދިޔައެވެ. އަޔާޒް ފޯނު ކަންފަތުން ނަގާލަމުން ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓާލިއެވެ. އެ ދިގު ނަންބަރު އިރުކޮޅެއް ވަންދެން ސްކްރީނަށް އަރާފައި އޮތް ވަގުތު ކޮންޓެކްޓް އެޑް ކުރުމުގެ އޮޕްޝަން ފެނިފައި އަޔާޒް އެ ނިޝާނަށް ފިތާލިއެވެ. އެއަށްފަހު އެ ނަންބަރު ސޭވް ކުރެވޭ ނަމަކަށް ‘ބައްޕަ’ ލިޔެ ސޭވްކުރިއެވެ. އެ ނަންބަރު އެގޮތަށް ސޭވްވެފައި އޮތް މަންޒަރު ފެނިފައި އަޔާޒަށް އަމިއްލަ ނަފްސާއި ހީލަމުން ފޯނު ތިރީ ތުންފަތުގައި ޖައްސައި ޚިޔާލުތަކެއްގެ ތެރެއަށް ގެއްލުނެވެ. މަލާކްގެ އެކިއެކި ހަނދާންތައް އާކުރަމުން ދަނިކޮށް އޭނަގެ ފޯނަށް މެސެޖެއް އައި އަޑަށް އަޔާޒަށް ފޯނު ބަލާލެވުނެވެ. އެއީ ‘ބައްޕަ’ ގެ ފަރާތުން އައިސްފައިވި މެސެޖަކަށްވުމުން އަޔާޒް ވަގުތުން އޭތި ހުޅުވައި ބަލާލިއެވެ.

 

“ނިޝާން ބުނިދޯ މަލާކް މާރކެޓިންގް ޓީމަށް ލާ ވާހަކަ؟ ކަންބޮޑުނުވައްޗޭ! މަލާކްގެ ވޯކްލޯޑް އެހާ ބޮޑުނުވާނެ ގޮތަށް މިކޮޅުން ވެސް މޮޅު ކުއްޖަކު އެބަ ފޮނުވަން މަލާކްގެ މަސައްކަތް ޝެއާރކުރަން. 2 ހަފްތާއެއްވަރު ނަގާނެ އެކުއްޖާ ރާއްޖެއާއި ހަމައަށް ފޯރަން. އިންޑިޔާގަ ހުރި ފިހާރައެއްގެ ކަންތައް ބަލަންވެގެންނާ އެކީގަ އެކުއްޖާ ދާތީ. މަލާކްގެ ވޯކިންގް ހަވާރސްއަށް އަޔާޒް ހިތްހަމަޖެހޭ ވަރު ފޮނުވައި ދިނިއްޔާ އޮފީހުގެ ތެރެއިން ވެސް އެކަން އެގޮތަށް ހަމަޖައްސަދޭނަން.” ބައްޕަ ފޮނުވާފައި އޮތް މެސެޖުގައި އޮތީ އެހެންނެވެ. އަޔާޒް ހިނިތުންވުމަކާއެކީ ‘އޯކޭ’ އޭ ބުނެ އެ މެސެޖަށް ރިޕްލައިއެއް ފޮނުވިއެވެ.

 

**

 

އެރޭގެ އެވަގުތު ކުއަލާ ލަމްޕޫރް އިންޓަނޭޝަނަލް އެއާރޕޯޓުގެ ޑިޕާރޗާރގައި ބުރުގާ އަޅައިގެން އިން މެލޭޝިޔާގެ އަންހެން ކުއްޖެއް އިނެވެ. ޑިޕާރޗާރގައި އިންއިރު އެ އަންހެން ކުއްޖާގެ ނަޒަރު ހުއްޓިފައިވީ އަތުގައި އޮތް ފައިލަށެވެ. ފައިލުގެ ގަނޑުތަކުގައިވީ ފިހާރައެއްގެ ހިސާބުތަކެވެ. އޭގެއިން ކޮންމެ ގަނޑެއްގެ ކަނުގައި ‘ކުއީންސް ޝޮޕް، މާލޭ، މޯލްޑިވްސް’ އޮތްގޮތުން އެއީ މާލޭގެ ފިހާރައެއްގެ ހިސާބުތަކެއްކަން އެނގެއެވެ.

 

އެ ޒުވާން ކުއްޖާ އެ އިން ގޮތަށް އިންދާ އުސްކަށީގެ ކަޅުކުލައިގެ ފައިވާނެއްގައި އަންހެން ގަމީހަކާއި ޖިންސެއް ލައިގެން ހުރި އަންހެން ކުއްޖަކު އައިސް އޭނަގެ ކައިރީގައި އިށީނެވެ. އެހެން ހުސް ގޮނޑިތައް ވެސް ހުއްޓާ ދިމާ އޭނައާއި ޖެހިގެން ހުރި ގޮނޑީގައި އިށީނުމުން އެކުއްޖާއަށް އެމީހަކާއި ދިމާލަށް ބަލާލެވުނެވެ. އެއާއެކު އެކުއްޖާގެ ލޯ ބޮޑުވީ ހިނދު ސީދާވެލިއެވެ.

 

“މައުވާ މޭމް!” އެކުއްޖާ އެހެން ބުނެލުމާއެކު އޭނަ ކައިރީގައި އިން މައުވާގެ ތުންފަތްމައްޗަށް ވެރިވީ އެއްމިޔަކަނުގެ ކިބުރުވެރި ހިނިތުންވުމެކެވެ.

 

“ހާއި ސޯފިޔާ…..ކޮންމެވެސް ތަނަކަށް ދާންދޯ ތިއުޅެނީ؟ މޭމް ކައިރި ނުވެސް ބުނަމެއްނު؟” މައުވާ އިނގިރޭސި ބަހުން ވާހަކަ ދެއްކިއެވެ.

 

“ލައްބަ….ބޮސް ބުނެގެން ފުރަތަމަ އިންޑިޔާއަށް ގޮއްސަ މޯލްޑިވްސްއަށް ދާން މިއުޅެނީ. ބުނުއްވީ މޯލްޑިވްސްގަ ފުދޭވަރަކަށް ދުވަސްވަންދެން ހުންނަން ޖެހޭނެޔޯ. ހީކުރީ މޭމްއަށް އެނގޭނެކަމަށް. ބޮސް ބުނެފަކަމަށް އޮންނާނީ. އެހެންވެ އަވަސްއަރުވައިގެން ފުރަން ތައްޔާރުވީއިރު ލީވްގެ ވާހަކަ މޭމް ކައިރި ނުބުނެވި އޮތީ.” ސޯފިޔާ އެ ވާހަކަތައް ކިޔައިދިންއިރު އޭނަގެ ނިތުން ދާހިއްލައި އެ މޫނުމަތިން ނުތަނަވަސްކަން ފެނުނެވެ.

 

“ހެހެހެ…..ދޮގު ހަދާނެކަމެއްނެތޭ ސޯފިޔާ! ބޮސް ބުނީދޯ މޭމް ކައިރި ނުބުނާށޭ؟ އެއީ އާކަމެއް ނޫނޭ. ބައްޕައާ ދަރިފުޅާއި ދެމެދު ވެސް ބައެއްފަހަރު ސިއްރުތައް ހުރެދާނެ. ސޯފިޔާ މޭމްގެ ބައްޕައަށް ކަމެއް ސިއްރުކޮށްދޭން އެހީވި ގޮތަށް މޭމްއަށް ވެސް އެހީއެއްވެދީ….މިހާރު މޭމްއަށް ހުރިހާ ކަމެއް އެނގޭވިއްޔާ….ސޯފިޔާ މިކޮޅުގަ މަޑުކޮށްލާ. ސޯފިޔާގެ ބަދަލުގަ މޭމް ދާނީ މޯލްޑިވްސްއަށް. މި ވާހަކަ ބޮސްއަށް ސިއްރުކޮށްދީ!” މައުވާ ނުހަނު ސީރިއަސް ނަޒަރެއްގައި ހުރެ ބުނެލި ވާހަކައިން ސޯފިޔާ އިތުރަށް ނުތަނަވަސްވުން ނޫންކަމެއް ނުވިއެވެ.

 

“އެކަމަކު ބޮސް….” ސޯފިޔާގެ ވާހަކަ މެދުކެނޑުނެވެ.

 

“ބޮސްއަށް ޝައްކުނުވާނެހެން ބޮސް ކައިރީގަ ބުނޭ ތިމަންނައާ ކޮންޓެކްޓް ކުރާނީ ވައިބާރ ނޫނީ ވަޓްސް އެޕް އިންނޭ. އާ ސިމެއް ނުގަންނާނަމޭ. އޭރުން ނަންބަރު ބަދަލުނުވިޔަސް ނޭނގޭނެ. ގުޅާފަ ކަމެއް ސާފުކުރަން އުޅުނިއްޔާ އެނގޭނެހެން މޭމް އިންޑިޔާއަށް ގޮއްސަވެސް ފިހާރައިގެ ފަހުގެ ހިސާބުތަކުގެ ފޮޓޯތައް ސޯފިޔާއަށް ފޮނުވާނަން. އޭރުން އޭގެ ތަފްޞީލީ އެނަލިސިސްއަށް ބޮސްއަށް ކިޔައިދޭތި. ސާފުވެއްޖެ؟” މައުވާ ބުނެލިއެވެ. އޭގެ ބަދަލުގައި ސޯފިޔާ ދެންވެސް ދެކޮޅު ހަދަން އުޅުމުން މައުވާ ކުއްލި ގޮތަކަށް ސޯފިޔާގެ އަތުގައި އޮތް ބޯޑިންގް ޕާސް ޖަހައިގަތެވެ. އެއަށްފަހު ސޯފިޔާއަށް ވާގޮތެއްވެސް ބެލުމެއްނެތި އޭތި ވީދައި ކުދިކުދިކޮށް ބިމަށް ވައްޓާލިއެވެ.

 

“ސާފުވެއްޖެ؟” މައުވާ ސޯފިޔާއަށް ބަލައި އެއްބުމަ އަރުވާލަމުން ފަހު އެއްޗެއްގެ ގޮތުން އަހާލިއެވެ.

 

**

 

މައުވާގެ ވަކިތައް ހިއްޕިފައިވީ ހަމައެކަނި އަޔާޒާއި މަލާކްގެ ޙަޔާތުގައެއް ނޫނެވެ. އޭނަގެ އަމިއްލަ ބޭނުމަށްޓަކައި އޭނަ ޚިޔާރުކުރި އަނުމްގެ ޙަޔާތްވެސް ބަރުބާދުކުރެވޭތޯ އޭނަ ލަމްޔާ މެދުވެރިވެގެން އެތައް މަސައްކަތެއްކުރަމުން ދިޔައެވެ. އެ މަސައްކަތްތައް ފޭލްކުރެވެމުން ދިޔަހެން ހީވި ފާއިޤަށް އެމީހުން ކުރިއަރައިގެން ގޮސްފައިވި މިންވަރު އެނގުންވީ އެރޭގެ ވަގުތެއްގައި އޭނަ ކޮޓަރިން ނިކުތް ވަގުތު ސިޓިންގް ރޫމުން އެތައް ބަޔަކު އެއްފަހަރާ ހޭ އަޑު އިވުމުންނެވެ. އެ އަޑުތަކުގެ ތެރެއިން ލަމްޔާގެ އަޑާއި ނިމާލްގެ އަޑު ފާއިޤަށް ފާހަގަވެގެން ދިޔައެވެ. ހުނުމުގެ ތެރެއިން ދެއްކި ވާހަކަތަކުގެ ތެރެއިން އޭނަގެ ނަން އިވުނުހެން ހީވުމުން ފާއިޤް ކުރިއަށް ފިޔަވަޅުތަކެއް އަޅައި ފާރު ކައިރީގައި ނިވާވެގެން އެ ވާހަކަތައް އަޑުއަހަން ހުއްޓިލިއެވެ.

 

“ފާއިޤް ހުންނާނީ ރަނގަޅަށްވެސް މޮޔަ ހެއްދިފަ. އޭނަ ހިތުން އެދުވަހު އެ ޑުޕްލިކޭޓް ޕެންޑްރައިވް ދައްކާފަ މީތި މިއުޅެނީ އަނުމްގެ ދަބަހަށް އަޅަންށޭ ބުނީމަ ހީރޯވެގެން މަ ވައްޓާލާފަ އޭތި ޖަހައިގަތް. އަނުމްގެ އެކުވެރިން ލައްވާ އަނުމްގެ ދަބަހަށް އޭތި އެޅުވިއިރުވެސް އޭނައަކަށް ނޭނގުނު.” ނިމާލް ހީހީފައި ކިޔައިދިން ވާހަކައިން ފާއިޤްގެ ދެލޯ ބޮޑުވިއެވެ. އެ ޕެންޑްރައިވްގައި ހުރީ ކޯޗެއްކަން އޭނައަށް އެނގޭތީވެއެވެ. އަދި އެމީހުން އަނުމް ބައްދަން މިއުޅެނީ ކޮންކަހަލަ މަޅިއެއްގައިކަން ވެސް ރަނގަޅަށް އެނގޭތީވެއެވެ.

 

“ހެހެހެ…..އަސްލުވެސް! ނަސީބެއް ނިމާލް މި ފާއިޤްގެ ޙަޤީޤަތް ކިޔައިދިންކަން. އޭނަގެ މޮޔަކަމުން އޭނަ ނިމާލް އަނުމް ހިފަހައްޓަން އުޅުނީމަ މަޑުކުރުވާނީ. އޭނަ ހީކުރީތަ ނިމާލްއަށް އަހަރެން ކައިރި ނުބުނެވޭނެއޭ. ހޫނ…..ފޮނި މީހާގަނޑެއް. ދެން އެއްވެސް ކަމެއް ޙަވާލުނުކުރާނަމޭ އޭނައާ!” ލަމްޔާ ބުނެލި އަޑު އިވުނެވެ.

 

“އޭނަ ނެތަސް އަހަރުމެންނަށް މިކަން މާ މޮޅަށްވާނެ. މިއަދުވެސް އެ އަނުމްގެ ލެޕްޓޮޕް ހުންނާނީ އެފަދަ ވައިރަސްތަކުން ފުރުވާފަ. އިންޓަރނެޓް ބްރައުޒާރއެއް އޭނައަށް ނުހުޅުވޭނެ އެކަހަލަ އެއްޗެއް ނުފެނި.” ނިމާލް ބުނެލި ވާހަކައިން ފާއިޤްގެ ބުމަގޮށްޖެހި އޭނަގެ ގޮށްމުއްކެވުނެވެ. އެމީހުން ހީގަތް އަޑަށް ފާއިޤް އައި ރުޅީގައި މުޅި މީހާ ރޫރޫއެޅިއެވެ. އޭނަ އެ ހުރިގޮތަށް ގޮސް އަނބުރާ އޭނަގެ ކޮޓަރިއަށް ދިޔައެވެ. ކޮޓަރިއަށް ވަންގޮތަށް ގޮސް ރީތިވާ މޭޒުމަތީގައި އޮތް އޭނަގެ ފޯނު ނެގީ ހިތުން އަނުމްއަށް ގުޅާލުމަށެވެ. އެހެނަސް އަނުމްގެ ނަންބަރެއް އޭނައަށް ނޭނގޭކަން އެނގުންވުމުން ދެދަތްޕިލަ ޖައްސާލަމުން އާހެއްގެ އަޑު ލައްވާލެވުނެވެ. އަދި އަމުދުން އަނުމްގެ އަތުގައި ފޯނެއް އޮތްކަމެއް ވެސް އޭނައަށް އެނގެނީއެއްނޫނެވެ. ހިތަށްވެރިވި އެ ޚިޔާލާއެކީ ފާއިޤް އޭނަގެ ފޯނު އަނބުރާ މޭޒުމަތީގައި ބޭއްވިއެވެ. އޭނަ އެވަގުތުވެސް އަނުމްގެ ގެއަށް ގޮސް އަނުމް އެމީހުންގެ ރޭވުންތަކުން ދުރުކުރަން ބޭނުންވިއެވެ. އެހެނަސް އޭނަ އެގޮތަށް ހަދައިފިނަމަ ގޭތެރޭގައި ތިބި މީހުންނަށް ޝައްކެއްވެދާނެތީ ޖެހިލުންވިއެވެ. އެހެންކަމުން ހިތާހިތުން ހެޔޮކޮށް ވިސްނުން ނޫންކަމެއް އޭނައަށް ނުކުރެވުނެވެ. ކިތަންމެ ގިނަ ނޭދެވޭ އެއްޗެހި ފެނުނަސް އަނުމް އޭގެ އަވައިގައި ނުޖެހޭނެ ގޮތެއްވުމަށް އޭނައަށް އުއްމީދު ކުރެވުނެވެ.

 

އެހެނަސް ފާއިޤަށް ނޭނގުނު ކަމަކީ އަނުމްއަށް އޭރުވެސް ކަތި ފިޔަވަޅެއް އެޅިފައިވިކަމެވެ. އަދި އެ އެޅުނު ކަތި ފިޔަވަޅުގެ ސަބަބުން އޭނަ ދެވިހިފުމެއްގައި ޤައިދުވެފައިވިކަމެވެ. އެކަން ފެށިގެން ދިޔައީ އެދުވަހު ކިޔަން ފެށި އެ ވާހަކައިންނެވެ. ވާހަކަ ކިޔަން ފެށީ ހަމައެކަނި ‘ބްރޭކް’ އަކަށް ކަމަށްވިޔަސް ގަޑިއިރެއްހާ ގިނައިރު ވަންދެން އޭނައަށް އެދުވަހު އެ ވާހަކަ ކިޔަން އިދެވުނެވެ. އޭނަ މަސައްކަތް ކުރުމަށްޓަކައި މެދުކަނޑާލުމުން ވެސް ސިކުނޑިއަށް އުދަގުލެއްވިހެން ހީވިއެވެ. އަދި އަމުދުން ނުބައިކަމެއް ކުރެވުނު ކަމުގެ އިޙްސާސްވެސް ހިތުގައިވިއެވެ. ދެން އެ ވާހަކަ ނުކިޔާނެކަމަށް ހިތުގެ ކަނަކުން ގޮވިއެއްކަމަކު މަސައްކަތްތައް ނިމުމާއެކު އަނުމްއަށް އެ ފޮތް ނެގުނެވެ. އޭނައަކީ އެހާ ގިނައިން ފޮތް ކިޔާ މީހަކަށް ނުވިޔަސް ދެދުވަސް ތެރޭގައި އެފޮތް ކިޔައި ނިމުނެވެ. އެ ދެދުވަސް ތެރޭގައި އޭނަ ވަކި ނޭދެވޭ މަންޒަރެއް ނުބެލިޔަސް އެފަދަ މަންޒަރުތައް ލޮލަށް ސިފަވަމުން ދިޔައެވެ. ދެން އެފަދަ ވާހަކައެއް ނުކިޔާނެ ކަމަށް އަމިއްލަ ނަފްސުގާތު ބުނެވުނީ އެއީ ނުބައިކަމެއްކަމަށްބުނެ އޭނަގެ ހިތް ގޮވަމުން ދިޔަ މިންވަރުންނެވެ. އެހެނަސް އޭގެ އަނެއްދުވަހު އަލީނާ ފެނިފައި އެ ފޮތް ކިޔައި ނިމުނު ވާހަކަ ބުނެލެވުނެވެ. އަލީނާ އޭތި ވަރަށް ސަޅިދޯއޭ ބުނެ ވާހަކައިން ވީ ގޮތުގެ ވާހަކަ ކިޔައިދޭން ފެށުމުން އެއީ ހަމަ ވާހަކައެއް ނޫންތޯ ހިތަށްއެރިއެވެ. އޭނަވެސް ބޮޑުވަމުން ދަންޏާ އޭނަ ވެސް ކިޔަންވާނީ އެކަހަލަ ވާހަކަތަކެއް ނޫންތޯ ބުނެ ޝައިޠާނާ ވަސްވާސްދިނެވެ. އެއާއެކު އަލީނާ ކައިރިން ތަކުރާރުކޮށް ވާހަކަ ފޮތްތައް ހޯދައި ކިޔުމުގެ މަރުޙަލާއަކަށް އަނުމް ދިޔައެވެ. ފަހަކަށް އައިސް އެ ފޮތްތަކުން އަނުމްއަށް ކިޔެނީ ހަމައެކަނި އެ މަންޒަރުތަކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެކަން އެނގުންވެ ކުރީކޮޅު އެއީ ނުބައި ކަމެއްހެން ހީވިޔަސް އޭނަ ވަކި އެއްޗެއް ނުބަލައެއް ނޫންތޯ ތަކުރާރުކޮށް އޭނަގެ ހިތް ބުނި ބުނުމާއެކީ އަނުމް ހަމަޖެހުން ހޯދައިގެން ހުއްޓެވެ.

 

އެހެނަސް ފާއިތުވެގެން ދިޔަ ދުވަސްތަކުގެ ތެރޭގައި ކަންތައްވެގެން ދިޔަ ގޮތުން އެ ހަމަޖެހުން ނެތިދިޔައީ އޭނަގެ ލެޕްޓޮޕުން ފެންނަން ފެށި މަންޒަރުތަކުންނެވެ. އެ މަންޒަރުތައް ފެނުނު ފުރަތަމަ ދުވަސްކޮޅު މަލާކް އެއެއްޗެއްސަށް ބެލުމެއްނެތި އެ ޓެބްތައް ކްލޯޒް ކުރަމުން ދިޔައެވެ. އެހެނަސް ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އެ ފޮޓޯތަކަށް އިހުނަށްވުރެ ގިނައިރު ވަންދެން ބެލެން ފެށިއެވެ. އެ ދުވަސްކޮޅު އޭނަ އާދަޔާއި ޚިލާފަށް އަޅުކަންތަކާއި ވެސް ދުރުވަމުން ދިޔައެވެ. ނަމާދުތައް ވެސް ކުރެވެމުން ދިޔައީ ފަރުވާ ކުޑަކޮށެވެ. ބޮޑުމަންމަ ނަޞޭޙަތެއް އަޑުއަހަން އަންނާށޭ ބުނުމުން ވެސް ކޮންމެވެސް އެއްބަހަނާއެއް ދައްކާފައި ކޮޓަރިއަށް ވަދެވެމުން ދިޔައެވެ. ޤުރުއާން އެންމެ ފަހަކަށް ކިޔެވި އަދި އަޑުއެހި ދުވަހެއްވެސް އޭނަގެ ހަނދާނުގައި ނުހުންނަ ހިސާބަށް ދިޔައެވެ. ރަނގަޅު އެއްޗެހި އިވެމުން ދިޔަލެއް މަދުވެ ނުބައި މަންޒަރުތައް ފެންނަމުން ދިޔަލެއް ގިނަވަމުން ގޮސް އޭނަގެ ހިތް އެންމެފަހުން އެކަމަށް ލެނބިގެން ދިޔައެވެ. އެފަދަ ލިންކަކަށް އެއްދުވަހު ފިތާލެވުނީ އެހެންވެގެން ދިޔުމުގެ ސަބަބުންނެވެ. އެފަދަ ވީޑިޔޯއެއް އަމިއްލަ އިޚްތިޔާރުގައި ބަލާ ނިމުނު ފުރަތަމަ ދުވަހު އަނުމްއަށް އަމިއްލަ ނަފްސަށް ނަފްރަތު ކުރެވުނެވެ. އޭނައަށް މި ކުރެވުނީ ކޮންކަމެއްތޯ ހިތަށްއެރިއެވެ. ދެން ދުވަހަކުވެސް އެފަދަ އެއްޗެއް ނުބެލުމަށް ޢަޒުމް ކަނޑައެޅުނެވެ. ހަފްތާއެއްހާ ދުވަސް ވަންދެން އެ ޢަޒުމުގައި އަނުމްއަށް ހުރެވުނެވެ. އެހެނަސް އަނެއްކާވެސް އެދުވަހު ހިތަށްކުރެވުނު ނޭދެވޭ އިޙްސާސްތަކުގެ މަތިން ހަނދާންނެތި އެކަހަލަ ވީޑިޔޯއެއް ބަލާލެވުނީ މަސައްކަތްތައް ބުރަވެގެން ދިޔަ ވަގުތެއްގައެވެ. އަނެއްކާވެސް އެކަމަށް އެނބުރި ނުދާން އަނުމް ޢަޒުމް ކަނޑައެޅިއެއްކަމަކު ދުވަސްކޮޅެއް ފަހުން ދެންވެސް އަނުމްއަށް ބެލެން ފެށިއެވެ. ބަލަމުން ދިޔަވަރަކަށް އިހުނަށްވުރެ ގިނަ ވަގުތުވެސް އެކަމަށް ދެވެމުން ދިޔަކަން އަނުމްއަށް ފާހަގަކުރެވުނެވެ. އަދި އޭނަ ބަލާ އެއްޗެހި އިހުނަށްވުރެ ގޯސް ޒާތެއްގެ އެއްޗަކަށް ބަދަލުކުރަން އޭނަގެ ސިކުނޑި އެދެމުން ދިޔަހެންވެސް ހީވިއެވެ. މިހުރިހާ ކަމަކާމެދު ހިތާމަ ކުރެވޭ ވަރުން އަނުމް އެފަދައިން ބަލިކަށިވާ ވަގުތުތަކުގައި ރޮވެން ވެސް ރޮވެއެވެ. ކިތަންމެ ވަރުގަދަ ޢަޒުމެއް ކަނޑައެޅިޔަސް އެ ޢަޒުމުގައި ނުހިފެހެއްޓޭނެހެން ހީވާ ހީވުމާއެކީ އަމިއްލަ ނަފްސަށް ކުރާ ނަފްރަތު އިތުރުވެ ނާއުއްމީދީ އިޙްސާސްތަކުން އޭނަގެ ހިތް ވަށާލެވިގެންދެއެވެ. ކުރީކޮޅު އޭނަ އެފަދަ ވަގުތުތަކުގައި އޭނަ ﷲ ގެ އެހީއަށް އެދި ދުޢާކުރިއެއްކަމަކު އޭނަގެ އުޅުމަށް ބަދަލެއް އަންނަތަން ނުފެނުމުން އޭނަ ﷲ ގެ ރަޙްމަތުން ވެސް އުއްމީދު ކަނޑާލިއެވެ. ﷲ އާއިމެދު އޭނައަށް އެހާ ބޮޑަށް އުނގެނިފައި ނުވުމާއެކު އެކަލާނގެ އޭނަގެ ފާފަތައް ފުއްސަވައި ދެއްވާނެކަމާމެދު ޝައްކު އުފެދުނެވެ. އޭނަގެ މަންމަ ދުނިޔޭގައި ހުރިއިރުވެސް ދިން ނަޞޭޙަތްތަކުގެ ތެރެއިން އެފަދަ ވާހަކައެއް އިވިފައި ނުވުމުންނެވެ. ނަތީޖާއެއްގެ ގޮތުން ބޭރުފުށުން އެހެން މީހަކަށް ތަފާތެއް ނުފެނުނެއްކަމަކު އަނުމް އޭނައަކީ ނުބައި މީހެއްކަމަށް ނިންމައި އަނދިރި ކަނޑެއްގެ ތެރޭގައި ޣަރަޤުވާން ފެށިއެވެ. ކޮޓަރިން ބޭރުވާ ކޮންމެ ވަގުތަކު އެހެން މީހުންނަށް ހިނިތުންވުންތައް ދެއްކިއެއްކަމަކު އޭނައަކީ ޤަދަރެއްނެތް މީހެއްކަމުގެ އިޙްސާސުން އޭނައަށް އަމިއްލަ ނަފްސަށް މަލާމާތް ކުރެވެމުން ދިޔައެވެ. އޭނަ ދެން ދުވަހަކުވެސް މި އަނދިރިގަނޑުން ސަލާމަތް ނުވާނެކަމަށް ނިންމި އަނުމްއަށް ނޭނގުނުކަމަކީ އޭރުވެސް ﷲ ގެ ރަޙްމަތް އޭނައާއި ދާދި ގާތުގައިވި ކަމެވެ. އެ ނުބައިކަމުގެ ތެރެއަށް ވަދެވޭއިރު ހިތަށްވެރިވާ ނޭދެވޭ އިޙްސާސަކީ އެކަލާނގެ ޙަޟްރަތުން އެ އަނދިރި ކަނޑުގައި ﷲ ލެއްވި އައްޔެއްކަމެވެ. އެ އަލީގެ ބޭނުން ހިފައި އޭނަ އަދިވެސް ކުޑަ ހިތްވަރެއް ކޮށްފިނަމަ އޭނަގެ ނޭވާ ހުސްވުމުގެ ކުރިން އޭނައަށް ސަލާމަތުގެ އައްސޭރިއަކަށް ދެވޭނެ ކަމެވެ.

 

އަނުމްގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ފެންނަމުން ދިޔަ މަލާކް އެކި ގޮތްގޮތުން އަނުމްއާއި ސުވާލުކޮށް އަނުމްއަށްވެގެން އުޅޭ ގޮތެއް ސާފުކުރެވޭތޯ ބެލިއެވެ. އެހެނަސް އަނުމް އެއްވެސްކަމެއް ނުވާކަމަށް ހިނިތުންވުންތަކާއެކީ ތަކުރާރުކޮށް ބުނަމުން ދިޔަގޮތުން މަލާކްވެސް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އަނުމް ކަމެއް ފޮރުވަނީއޭ ހިތައި މަލާކް ބޮޑުމަންމައާއި ހައިފާ ކައިރިން ވެސް އަނުމްއާއި ބެހޭގޮތުން ސުވާލުކުރިއެވެ. އެހެނަސް ހައިފާވެސް ވަކި އެކަހަލަ ސިއްރެއް ނެތް ވާހަކަ ބުނުމުން އެއީ އޭނައަށް ހީވާ ހީވުމެއްކަމަށް މަލާކަށް ހީކުރެވެން ފެށިއެވެ. ހައިފާއަށް ޢާއްމުގޮތެއްގައި އަނުމްގެ ފޯނުގައި ހުންނަ މެސެޖުތައް ވެސް ފެންނާތީ އެއްވެސް މީހެއްގެ އުދަގުލެއްވެސް އަނުމްއަށް ނުފޯރާކަމަށް ނިންމަން މަލާކަށް މަޖުބޫރުވިއެވެ.

 

އެހެންކަމުން މަލާކް އަނުމްއަށް އެހާ ބޮޑު ސަމާލުކަމެއް ނުދޭން ނިންމިއެވެ. އަޔާޒްމެންގެ ޢާއިލާއަށް ނިސްބަތްވާ ފިހާރަތަކުގެ މާރކެޓިންގް ޓީމާއި ގުޅުނު ފަހުން އަނުމްއަށް ސަމާލުކަންދޭން އޭނައަށް ވަގުތެއްވެސް ނުވަނީއެވެ. އަދި އަމުދުން އަޔާޒްގެ ފަރާތުން އޭނައަށް ފެންނަމުން ދިޔަ ބަދަލުވެފައިވި ޙަރަކާތްތަކެއްގެ ސަބަބުން އަޔާޒަށް ދެވެމުން ދިޔަ ސަމާލުކަން މާ ބޮޑުވިއެވެ. ފަހަކަށް އައިސް އޭނަ ރަނގަޅަށް ކާތޯވެސް އަޔާޒް ބަލަނީ މާ ބޮޑަށެވެ. ނާސްތާކުރާ ގަޑީގައި ވެސް އޭނަ އަވަސްކޮށްލަން ހަމައެކަނި ބިސްކޯދެއް ކާތަން ފެނުނަސް މައްސަލަ ޖައްސާނެއެވެ. އެއަށްފަހު އަމިއްލަ ނާސްތާއިން އޭނައާއި ޙިއްސާވެސް ކުރާނެއެވެ. އެހެންނޫނީ އޭނަގެ ތަށި ގެނެސް އެއްޗެހި އަޅައިގެން ވެސް އޭނައަށް ކާންދެވޭތޯ ބަލާނެއެވެ. އަޔާޒް އެފަދަ ކަންތައް ކުރާއިރު ބޮޑުމަންމަމެން ދޭ ނަޒަރުތަކުން މަލާކަށް ހުރެވެނީ ލަދުން ހަލާކުވާވަރު ވެފައެވެ. އަޔާޒަށްވެގެން މިއުޅެނީ ކިހިނެއްތޯ ހިތަށްއަރަމުން ދިޔައެވެ. ފަހަކަށް އައިސް އަޔާޒް އޭނައަށް ގޭގައި ލާނެ އާ ކުރުތާތަކާއި ޝޯލްތައްވެސް ގަނެދޭ މިންވަރު އިތުރުވިއެވެ. އަދި އަމުދުން އޭނަ ދިގުހެދުން ލާން ބޭނުންވާ ވާހަކަ ބުނުމުން ހުރިހާ ފޮއްޗެއް ގަނެ އެންމެ ދެ ދުވަހުގެ ތެރޭގައި އެފަދަ ހެދުންތަކުން އޭނަގެ އަލަމާރި ފުރުވާލީ އަޔާޒްގެ ޚަރަދުގައެވެ. އެކަން އެގޮތަށް ނުކުރަން އަޔާޒްގާތު މަލާކް އާދޭސްކުރިއެއްކަމަކު އަޔާޒަށް އެ އާދޭސްތައް ނުވެސް އިވޭ ފަދައެވެ. މި ހުރިހާ ކަމެއްގެ މައްޗަށް މަލާކް ބޭނުން އިތުރު އެއްޗެއް އޮތިއްޔާ ގަންނަން ވެސް އަޔާޒް އޭނައަށް ލާރިދިނެވެ. އެގޮތަށް ކަންތައް ކޮށްދިނުމުން އަޔާޒް އޭނައާމެދު ދެކެނީ ކިހިނެއްތޯ ހިތާހިތުން ސުވާލުކޮށްލެވުނެވެ. އަޔާޒް ހަމަ އޭނައަށް އަންބެއްގެ މަޤާމު ދިނީތޯ ހިތަށްއެރިއެއްކަމަކު އެކަން ޤަބޫލުކުރަން މަލާކަށް ވަރަށް ދަތިވިއެވެ.

 

ކޮންމެ ގޮތެއްވިޔަސް އަޔާޒް އޭނައަށް ކަންތައް ކޮށްދޭ މަންޒަރު ފެނިފައި މަލާކް ވެސް އަޔާޒަށް ކަންތައް ކޮށްދޭން ބޭނުންވިއެވެ. މިގޮތުން އެއްދުވަހު އަޔާޒް ގެއަށް އައިއިރު އޭނައަށް ވަރަށް ކަމުދާ މަޑު ނޫކުލައިގެ ގަމީހުގެ މައްޗަށް ގަލަން ދެލި ވެއްޓުނު ވާހަކަ ބުނެ ބޮޑުމަންމަ ކައިރި ޝަކުވާކުރި އަޑު މަލާކަށް އިވުނެވެ. އަޔާޒް ކޮޓަރިއަށް ވަދެގެން އައިއިރު މަލާކް ހުއްޓެވެ. ބޮޑުމަންމަ ތީތި ދެން ނުފިލާނެއޭ ބުނި އަޑަށް އަޔާޒް ހުރީ މޫޑު ޚަރާބުވެފައެވެ. މަންޒަރު ބަލަބަލާ ހުރެފައި އަޔާޒް ގަމީސް ބަދަލުކޮށްފައި ކޮންމެވެސް ތަނަކަށް ދިޔުމުން މަލާކް އަޔާޒްގެ ކޮޓަރިއަށް ގޮސް އެ ގަމީސް ނެގިއެވެ. އޭގެ އަނެއްދުވަހު އަޔާޒަށް އެ ގަމީސް ފެނުނީ އަލަމާރީގެ ތެރޭގައި ނުހަނު އޮމާންކޮށް އިސްތިރި ކުރެވި އެޅުވިފައިވި ތަނެވެ. ގަމީހުން އެ ލައް ފިލާފައިވި މަންޒަރު ފެނިފައި ވީ އުފަލުގައި އަޔާޒް އެ ގަމީހާއެކީ ސިޓިންގް ރޫމަށް ނިކުތެވެ.

 

“ބޮޑުމަންމާ! ކީއްވެ ކުރީގަ ބުނީ އޭތި ނުފިލާނެއޭ؟” އަޔާޒް ގޮސް ހެވިފައިހުރެ އެ ސުވާލުކޮށްލީ ރޭގަނޑުގެ ޚަބަރު ބަލަންއިން ބޮޑުމަންމަ ކުރެންނެވެ.

 

“ކޯޗެއް؟” ވަސީމާ ވާނުވާއެއްގައި އިނދެ އަހާލިއެވެ. އެހިނދު މަލާކްވެސް ނޫންކަމަށް ހަދައިގެން ޓީވީއަށް ނަޒަރު ހުއްޓައިގެން އިނެވެ.

 

“ގަމީހުގަ ހުރި ދެލި ވާހަކަ….ބޮޑުމަންމައެއްނޫންތަ ދެލި ފިލުވާލީ؟” އަޔާޒަށް އަހާލެވުނެވެ. އެއާއެކު ބޮޑުމަންމަ ބޯހޫރުވާލުމުން އަޔާޒަށް ޙައިރާންކަމެއް ލިބުނެވެ. އެ ހިނދު އާފަލެއް ކަމުން އެތަނަށް އައި ހައިފާ ވާހަކަ ދެއްކިއެވެ.

 

“ދެލި ފިލުވީ ކާކުކަމެއް ނޭނގެ ޔަޒްބެ….އެކަމަކު ކޮންމެވެސް ކުއްޖަކު އަހަރެން ކައިރި ބުނި ތި ގަމީސް ޔަޒްބެގެ އަލަމާރީގަ އަޅުވަދޭށޭ.” ހައިފާ ލާނެތް ހިނިތުންވުމަކާއެކީ ބުނެލިއެވެ. އެއާއެކު އަޔާޒް ކޮން ކުއްޖެއްތޯ އަހަން އުޅުނު ވަގުތު މަލާކް އޭނަގެ ލޮލުގައި އެޅިއެވެ. މަލާކް އޭނައަށް ބަލާފައި ނޫންކަމަށް ހަދަމުން ދުރު ބެލިއިރު އެ މޫނު ރަތްވެގެން ދިޔަގޮތުން ކަންވީ ގޮތް އެނގިގެން ދިޔަދިޔަހެން އަޔާޒަށް ހީލެވުނެވެ. އެއާއެކު މަލާކް ގަތް ލަދާއެކީ އެތަނުން ދާން ގޮނޑި ދުއްވާލިއެވެ.

 

އަޔާޒް ހީކުރީ މަލާކް އެގަތް ލަދާއެކީ އޭނައަށްޓަކައި ދެން ކަމެއް ކޮށްދޭން ނުވެސް ކެރޭނެކަމަށެވެ. އެހެނަސް އެ ފަހުން ވެސް މަލާކް އެކި ގޮތްގޮތުން އޭނައަށް ‘އެހީ’ވަމުން ދިޔައެވެ. އޭނަގެ އަތުކުރީ ގަޑި މަސައްކަތްކުރުން ހުއްޓުނު ދުވަހުގެ އަނެއްދުވަހު އޭނައަށް އަރިމަތީ މޭޒުމަތިން އާ ގަޑިއެއް ފެނިގެން ދިޔައެވެ. އޭނަ ގެންގުޅުނު ކޮންމެވެސް ފޮތެއް ނުފެނިގެން އުޅުނު ދުވަހަކު އެކި ތަންތަން ހޯދަމުން ގޮސް އޭތި ހޯދާލެވުނީ ހަމަ މަލާކަށެވެ. އޭނަ އެންމެ ފަހުން ގަތް ސެންޓުގައި ދެނީ އެހާ މީރު ވަހެއް ނޫންކަމަށް ދޮންބެގާތު ބުނި ދުވަހުގެ އަނެއްދުވަހު ރީތިވާ މޭޒުމަތިން އެހެން އާ ސެންޓު ފުޅިއެއް ފެނުނެވެ. އެއީ އޭނަ ދުވަހަކުވެސް ބޭނުން ނުކުރާ ސެންޓަކަށްވިޔަސް އޭގައި އޭނައަށް ދުވީ މީރުވަހެވެ. އެއީ ޙަޤީޤަތުގައި ވެސް މީރުވަސް ދުވާތީކަމެއް ނޫނީ އެއީ ކާކު ގަނެދިން އެއްޗެއްކަން އެނގޭތީވެކަމެއް ޔަޤީންކުރަން އަޔާޒަށް ދަތިވިއެވެ.

 

ކޮންމެ ގޮތެއްވިޔަސް އަޔާޒަށް އެވަގުތު އެއްކަމެއް ޔަޤީންކުރެވުނެވެ. އޭނައާއި މަލާކާއި ދެމެދު އޮތީ އާދައިގެ އެކުވެރިކަމުގެ ގުޅުމެއް ނޫންކަމެވެ. އޭނަގެ ހިތުގައި އުފެދުނުފަދަ އިޙްސާސެއް މަލާކްގެ ހިތުގައިވެސް އުފެދިފައިވިކަމެވެ. އަދި މަލާކްވެސް އޭނައާއި ވަކިވާން ބޭނުންނުވާނެކަން އޭނައަށް ޔަޤީންކުރެވުނެވެ. އެ ޔަޤީންކަމާއެކީ އަޔާޒް އޭނަގެ ހިތުގެ ޙާލަތު މަލާކަށް ކިޔައިދޭން ހިތާހިތުން ނިންމިއެވެ. އެ ޚިޔާލުންވެސް އޭނަގެ ހިތަށް ވެރިވި އުފާވެރިކަމާއެކީ އެ މޫނުމައްޗަށް ވެރިވީ އުޖާލާވި ހިނިތުންވުމެކެވެ.

 

ނުނިމޭ

144

35 Comments

 1. faathun

  December 11, 2019 at 9:08 pm

  yey me first v reethi maasha allah

  • Jana

   December 13, 2019 at 10:19 pm

   yes faathun first….ekamaku haadha avahashey faathun ge comment aee erey. mulhin mi bai keentha anekka? hehe…Alhamdhulillah! (All praise and thanks belong to Allah) 🙂

 2. Sun

  December 11, 2019 at 9:29 pm

  Wow. Just wow. Atlast malaak and Ayaaz……😊😊😊😊

  • Jana

   December 13, 2019 at 10:20 pm

   At last dho? 😀 hehe…Alhamdhulillah! 🙂

 3. ®@@ñ!

  December 12, 2019 at 12:02 am

  Wow varah reethi ❤️♥️😍❤️♥️ …. Mistake eh fenuneema bunelan miulhenee ‘ firihenun ineema’ aslu innaanee FIRIMEEHAA… Ekam vx story v reethi ingey

  • Jana

   December 13, 2019 at 10:21 pm

   varah dhera dhen jana ah ebai edit ves nukureveyne mihaa ginairu veema. Addu bahun ethankolhu gossa eothy. hehe…Alhamdhulillah! 🙂 <3

 4. Abdulla

  December 12, 2019 at 10:08 am

  Maasha Allah

  • Jana

   December 13, 2019 at 10:22 pm

   🙂

 5. Abdulla

  December 12, 2019 at 10:08 am

  Maasha Allah

 6. Alanaasi

  December 12, 2019 at 10:33 am

  Yess! Finally they are accepting their feelings for each other.
  Dhen vareege lafzu ves e dhemeehunge dhulun nukiyuhvahchey jana

  • Jana

   December 13, 2019 at 10:23 pm

   YES! FINALLY! hehe…balamaa dho vaagotheh? dhen emeehun thihen kiyan nujeheyne kanneynge dho? balamaa In Sha Allah ^_^

 7. Jana

  December 12, 2019 at 4:09 pm

  Assalaam’alaikum. 😊 reyssure jana kudakoh balive ulheythy comment eh konnulevigen miulheny. Hiyeh nuvey mi bayaa gulhey post thah miadhu genesdheveynehen. In Sha Allah maadhamaa post thah genedheynan.

  Hurihaa kiyuntherin post thah kiyumaky jana ge varah bodu edhumeh. Fb ga noolhey kiyuntherinves page chrome in fb page ah ziyaaraiy koh post thah kiyu
  edhen. Vakin khaassakoh dhevihifumaai gukhey gothun jana mi genesdhey series veehaaves gina zuvaan kudhinnah foaru kohdhinumaky varah bodu edhumeh. 😊

  Hurihaa kiyuntherinnahves baajjaveri dhuvahakah edhen. Next part sunday ga In Sha Allah. ❤

 8. Dhonthy

  December 12, 2019 at 6:01 pm

  v reechchey hama. Ayaaz and Malaak ulheyleiy loabikan dhw Maasha Allah. Jana sis ge hurihaa vaahaka thakevves alhugandau v reethi. v gina iburaiythakaai filaavalhuthah libey. I am waiting for the next part inge sis. Love you. <3 <3 <3 <3 <3 <3 <3. May Allah bless you. Mwah

  • Jana

   December 13, 2019 at 10:28 pm

   aan dho? emeehun e ulhey goiy ehaa loabee keevvekan engeytha dhonthy? ey kuraa kanthakun loabivaakan dhakkuvaidheythy. aharumen aammu dhiriulhumuga ves vashaigen thibi meehunnah loabi dheynvaany ehen 😉 hehe…Alhamdhulillah! faidha eh kurikan engunyma varah bodu hiyvvareh libijje. mi filaavalhuthah ehen meehunna ves hissa kollahchey ingey. ehen noony naseyhathekey nukiyaa vaahaka hissa kolliyas heyo 😀 May Allah bless you more. Ameen! Love you too. :* <3 <3 <3 <3 <3 <3 <3 <3

 9. Jana

  December 12, 2019 at 8:52 pm

  Blog post 1 (English)

  Love is not manifested in the pictures posted on social media. Rather, it is manifested in the little things you do for the one you love. Be it a silent prayer, a gift given in secret or openly, the effort made to make your loved one smile in a tough time, the help you are willing to offer them, the words of love said to the them in person.

  So if you imagine a relationship where you fantasize showing off your relationship on social media, know that you aren’t in love. Rather, you are in love with showing your worth based on a relationship.

  Hence when you love, love with all your heart in every relationship that Allah has blessed you with. Show love to those around you without expecting anything in return. Not to have the ‘perfect’ relationship to show off. Rather to live a fulfilling life with a sound heart that Allah Loves.

  #Selfreminder

  ***********************************

  Blog post 1 (Dhivehi)

  ޤީޤީ ލޯބި ފެނިގެން ދަނީ ސޯޝަލް މީޑިޔާގައި ޕޯސްޓް ކުރެވިގެންދާ ފޮޓޯއަކުންނެއްނޫނެވެ. އެހެނެއްކަމަކު އެ ލޯބި ފެނިގެންދަނީ ލޯބިވާ މީހަކަށްޓަކައި ކުރެވޭ ކުދިކުދި ކަންތަކުންނެވެ. އެއީ އެމީހަކަށްޓަކައި ކުރެވޭ ދުޢާއަކުން ވިޔަސް، ނުވަތަ ސިއްރުގައާއި ފާޅުގައި ދެވޭ ހަދިޔާއަކުން ވިޔަސް، ދަތި ޙާލަތެއްގެ ތެރެއިން އެ ލޯބިވާ މީހެއްގެ ހިނިތުންވުން އަނބުރާ ގެންނަން ކުރެވޭ މަސައްކަތުން ވިޔަސް، އެމީހަކަށް އެހީވެދޭން އުޅޭ މިންވަރުން ވިޔަސް އަދި ސީދާ އެމީހެއް ކައިރީގައި ލޯބިވާ ކަމަށް ބުނެވޭ ބަސްތަކުން ކަމުގައި ވިޔަސްމެއެވެ.

  އެހެންކަމުން ތިބާ ގުޅުމަކާއިމެދު ވިސްނާއިރު ހަމައެކަނި ސޯޝަލް މީޑިޔާގައި ޕޯސްޓް ކުރާ މަންޒަރު ޚިޔާލު ކުރެވޭނަމަ ދަންނާށެވެ. ތިބާއަށް އެމީހެއްދެކެ އެ ވެވެނީ ޙަޤީޤީ ލޯތްބެއް ނޫނެވެ. އެހެނެއްކަމަކު ތިބާ ލޯބިވަނީ ގުޅުމެއްގެ މައްޗަށް ބިނާކޮށް ތިބާގެ އަގު މީހުންގެ ކުރިމަތީގައި އުފުލުމަށެވެ.

  އެހެންކަމުން ތިބާ ލޯބިވާ ކަމަށްވާނަމަ އިޚްލާޞްތެރި ހިތަކާއެކީ ލޯބިވާށެވެ. ﷲ ތިބާއަށް ދެއްވާފައި ހުރި ހުރިހާ ގުޅުންތަކެއްގައި ވެސްމެއެވެ. އެއްވެސް ބަދަލަކަށް އެދުމެއްނެތި ތިބާގެ ވަށައިގެންވި މީހުންނަށް ލޯބި ދޭށެވެ. ސޯޝަލް މީޑިޔާގައި ދެއްކުމަށް ‘ފުރިހަމަ’ ގުޅުމެއް ބިނާކުރާކަށް ނޫނެވެ. އެހެނެއްކަމަކު ﷲ ލޯބިވެވޮޑިގެންވާފަދަ ހަމަޖެހިގެންވި ހިތެއްގެ ވެރިއަކަށްވެ ހިތްފުރޭފަދަ ރީތި ދިރިއުޅުމެއް އުޅުމަށެވެ.

 10. Jana

  December 12, 2019 at 8:58 pm

  Assalaam’alaikum. mi bayaa gulhey ithuru post thah adhi maadhama jana genesdheynan In Sha Allah. hurihaa kiyuntherinves mi page ah ziyaaraiy koh faidha kuraa post thah share kohdhinun edhen 🙂

  https://web.facebook.com/Asr-1445208739121696/

 11. Lol

  December 13, 2019 at 1:47 am

  What mi kiyan jeheynee ekolukoluk

  • Lol

   December 13, 2019 at 1:48 am

   I mean blog post

  • Jana

   December 13, 2019 at 5:27 am

   Ey site ah dhimaavaa massala akun fenna goiy. Page reload kureema rangalhah fennaane. Rangalhu nuviyya irukolheh fahun hulhuvaairu hunnaany rangalhah In Sha Allah 😊

 12. Izabell

  December 13, 2019 at 9:47 pm

  Alhe varah reethi vaahaka eh mee. Mi part vx varah varah reethi. Masha Allah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ When is next part. Alhe avahah up kollahche. 😊😊😊😊😊😊😊 Varah kiyaa hiyy vey.🧡💛💚💙💜 Waiting

  • Jana

   December 13, 2019 at 10:25 pm

   reethi veevarah vaahakain faidha eh kuraa kamahves ummeedhukuran In Sha Allah. Izabell jana ge vaahaka eh kiyaalee furathama ah viyya jana ge kureege vaahaka thah ves kiyaalahchey. vaahakaige baithakaa gulhigen comment thakuge thereyga hunnaane post thah ves. e post thah ves kiyaalahchey In Sha Allah 🙂

   Next part sunday ga In Sha Allah 😀

 13. Jana

  December 13, 2019 at 10:13 pm

  Blog post 2

  Overcoming an addiction: what makes it difficult?
  #Addictivebehaviours #Dirtyscreenaddiction

  In the previous post we had discussed about how a person gets into an addiction, some triggers that makes a person go back to an addiction and how dopamine (the happy hormone) is released when we engage in an addictive behavior. Those who have not read that post, please read it before this one to benefit fully from this series In Sha Allah.

  Today we will talk about how an addiction cycle is formed and the reasons why it’s difficult to get out of it.

  As mentioned in the previous post, when we engage in an addictive behavior, the brain will produce a large amount of dopamine. When this happens, our brains register that behavior as the ‘most pleasurable’ and thus we are likely to go back to it over and over. We might go back due to one of those triggers we discussed earlier. Be it one of the direct or non-direct triggers.

  When we keep going back to that same behavior due to those weak moments, our brains will literally make a neuronal pathway for that repetitive behavior. What does this mean? Think of the brain as a machine with lots of wires. Just like one of those wires that connect a switch to a bulb. When the switch is flipped, the current flows through the wire and thus the bulb lights up. The same way, when our body senses a stimulus from the environment, we behave a certain way. Let’s say for example when our hand touches a hot object, the sensory nerves on our hand send the signal to our brain and our brains will send back the signals to the muscles in our hand to move it back. Different signals for different behaviours are sent through various wires in the brain.

  There are already many wires in our brains to ensure that our body functions well and that we behave appropriately in emergency circumstances. However, when an addictive behavior gets hold of us, a completely new wire is formed for that behavior. And the more we fall back into that behavior, the stronger that wire becomes. And the stronger that wire gets, the harder it will be for us to refrain from a behavior when we see a trigger.

  Hence we get stuck in a cycle of addiction. We may feel guilt, shame and worthlessness at the time we fall weak and we might even stay strong for a few days because of those feelings. But when that undesired neural pathway or ‘wire’ is way too strong in our brains, we tend to forget about those feelings and fall back into the behavior as soon as we experience a trigger.

  Solution? There are many! But here is the basic idea behind all of them. Our ultimate goal when we try to recover from an addiction is to ‘starve the nerve’. Just as a ‘wire’ can form when we repeat a behavior, that wire can be made weak by trying our best to stay away from that behavior. You might not feel any major changes in your thoughts when you stay away from the behavior for just 1 or 2 days. Researches show that it takes 21 to 90 days to form or break any habit.

  Nowadays there are mobile apps that help you set goals throughout the recovery from any habit. ‘Sober time’ is one of those apps that I personally recommend. Because it shows realistic goals starting from Day 1. And it sends inspirational quotes daily to help your mind focus on why you started to break any habit. Those of you who are too young for mobiles, keep a journal with days written from Day 1 to 21 or Day 1 to 90. Put a tick next to every day you pass without falling weak. If you fall weak, somewhere along the way, don’t lose hope and start all over. Because relapses are part of the recovery from addiction. (Relapses will be discussed in the upcoming posts In Sha Allah).

  May Allah make it easy for all of us to recover from any bad habits that we become victims of. Ameen!

  #Share

 14. Jana

  December 13, 2019 at 10:14 pm

  Blog post 3:

  “Will Allah forgive me if I went back to the same sin after making tawba?”

  I’ve lost count of the number of times I got this question from so many sisters over the past years. And it breaks my heart to realize the help they are in need of in order to get rid of an addictive behavior.

  The content of the video below is the crux of my answer to that question but I will say it here anyway. The first thing I’d like to share is this hadhith of the Prophet (SAW).

  كل بني آدم خطاء, وخير الخطّائين التوابون

  “Every son of Adam is a sinner and the best of sinners are those who make tawba repeatedly.”

  The word used for ‘sinner’ in this hadhith is خطاء (khatta’) which doesn’t just mean a person who commits sins. But the form of the word gives the meaning of a person who commits sins REPEATEDLY. So the Prophet (SAW) is telling us that all human beings are prone to making mistakes over and over again. There may be some sins that we keep falling back into. But the best of those sinners are those who repent repeatedly too. So this means that the best of sinners make tawba when they commit a sin.

  But how do you know that your tawba was sincere? When you have failed to stay away from the sin so many times in the past? When you feel so weak that you are close to sure that you will fall into it soon again? When you feel hopeless and so bad of a person for falling back into that same sin for the umpteenth time?

  Here is the simple answer. You know that your tawba was sincere, when you had a genuine conversation with Allah saying to Him with all your might that you will stay away from that sin no matter what happens. AND…here is the important bit…you make sure you take the necessary steps that you think will help you stay away from the addictive behavior. For example let’s say you identify that you fall into that behavior when you are alone with your laptop or mobile in your room. So after making your tawba, you make sure you are never alone with those devices. Perhaps by moving the laptop to the living room and by keeping your mobile outside your room. Then again you might fall back to the sin due to some circumstance. Then again you make a sincere tawba and reflect on how you fell back into the sin. Maybe you realized that you will fall back into it when your mobile is within your reach. So as the next step, you keep your phone with some other person in the family and take it only when its necessary. Then again when you fall back, you reflect on why you fell weak and take another step that you think will help you stay away from the sin.

  When you keep taking steps like this, Wallahi your recovery from addiction is going to be one beautiful journey. It’s a journey where you repeatedly went back to Allah, sought His Help and struggled just to seek His pleasure while knowing that He swt appreciates every single one of your efforts. You held on, though you felt weak so many times because you knew that you’d rather die trying to stay away from the sin rather than giving up. Because only then will you have gained the pleasure of the One you struggled for.

 15. Jana

  December 13, 2019 at 10:15 pm

  Blog post 4:

  There is a scene from the Quran that I included in the last episode and I can’t get rid of the urge to share it. I think I shared this with one of my previous stories but the ayahs of the Quran are timeless. It gave me chills to write that scene as I thought about the ayah just as it did about a year ago.

  In Surah An-Nur, Allah describes a scene of a stormy dark night with a rough ocean. In the scene Allah describes a person drowning in the ocean. Even when this person tries to get back up, waves come crashing down on him one on top of the other. So this person is just going down to the very bottom of the ocean. There is no ship nearby so there is no light at all. And even the moonlight is blocked by all the clouds in the sky.

  About this person, Allah swt says:

  إِذَا أَخْرَجَ يَدَهُ لَمْ يَكَدْ يَرَاهَا

  “..when he takes his hand out, he can almost not see it…” Surah An-Nur, 40

  Think about this. If a person is in the ocean in the middle of the night with no light around whatsoever, will he see anything? If he takes his hand out, will he be able to see it? No! You can’t even see your hand when the electricity goes out from your island and you are left without your phone. So that person is definitely not going to see anything.

  But strangely, Allah says that he can ALMOST not see his hand. As though he could somewhat see his hand when he took a look. What is Allah saying in this ayah?

  The darkness of the ocean is the darkness of our sins. Our sins are such that it feels like we drown in them. We choke as we try to get back up and yet they keep making us fall deeper into them like those waves. But even when a person reaches that stage, where he is almost at the point of giving up, he can still see somewhat of his hand. The hand is the representation of our deeds. No matter how far down the road of sin we go, we still have some idea of the reality of our deeds. And that’s because of the light (our Ruh) that Allah put inside of us. If we gave a chance to that light, and reflected on our deeds, the light will grow and eventually brighten up even our surroundings. And thus the person will be able to find his way out by Allah’s Will. Subhaanallah!

 16. Naafy

  December 14, 2019 at 8:43 am

  Masha Allah vrh rythi Anum ah kihaa dhera gotheh dhw e vany .. curiously waiting for the next part sending so much lovee

  • Jana

   December 14, 2019 at 5:47 pm

   Dho Naafy? aharumen emmenves haqeeqathuga e noonas ehenihen dhevihifunthakuga ulhen dho? Social media viyas adhi screen ah viyas? jana dhevihifumaa gulhey gothun mi liyaa post thah e hurihaa kamakah applicable vaane ingey? ehenveema Naafy ves e post thah kiyahchey ingey. faidhaa eh kuraane In Sha Allah. Alhamdhulillah! Love you too sis <3 <3 <3

 17. 🙊🙉🙈

  December 14, 2019 at 11:34 am

  Maadhan hedhunu next part up koh dheynan dhw

  • Jana

   December 14, 2019 at 5:49 pm

   varah aan ekey bunan beynun ingey? ekamaku hiyeh nuvey jana beynunvaa varah liyeveynehen maadhamaa hendhunah. ehenveema sunday night ga 9 ah In Sha Allah ^_^

 18. Jana

  December 14, 2019 at 5:42 pm

  Blog post 2 (Dhivehi)

  ދެވިހިފުމަކުން އަރައިގަތުން: އެކަން އުދަގޫ ކަމަކަށްވަނީ ކީއްވެ؟
  #ސެންސާރޑްސްކްރީން #ދެވިހިފުން #ދެވިހިފާއާދަތައް

  ކުރީގެ ޕޯސްޓުގައި އަޅުގަނޑުމެން ވާނީ ދެވިހިފުމެއްގެ ތެރެއަށް މީހަކަށް ވަދެވެނީ ކިހިނެއްކަމަށް ބަލާލާފައެވެ. އަދި ދެވިހިފުމަކަށް ބާރު އަޅާ ކަންތައްތަކާއި، ދެވިހިފާ އާދައިގައި އުޅޭ ވަގުތު އުފާވެރިކަމުގެ ހޯމޯން ކަމަށްވާ ‘ޑޮޕްއެމީން’ ސިކުނޑީގައި އުފެދޭ ވާހަކައަށް ވެސް އަޅުގަނޑުމެންވާނީ ބަލާލާފައެވެ. އެ ޕޯސްޓް ނުކިޔާ ކިޔުންތެރިން ކުރިއަށް ކިޔުމުގެ ކުރިން އެ ޕޯސްޓް ކިޔުމަށްފަހު މި ޕޯސްޓަށް އަނބުރާ އައުން އެދެމެވެ. މި ޕޯސްޓްތަކުގެ ފުރިހަމަ ފައިދާ ލިބިގަތުމަށެވެ. ކުރީގެ ޕޯސްޓްގެ ލިންކް:

  މިއަދު އަޅުގަނޑުމެން ބަލާނީ ދެވިހިފުމެއްގެ ތެރޭގައި ބެދެނީ ކިހިނެއްކަމާއި އަދި އޭގެއިން ނިކުންނަން އުދަގޫވާ ސަބަބުތަކަށެވެ.

  ކުރީގެ ޕޯސްޓްގައި ވެސް ބުނެވެދިޔަ ފަދައިން ދެވިހިފާ އާދައެއްގެ ތެރޭގައި އުޅޭ ވަގުތު އަޅުގަނޑުމެންގެ ސިކުނޑި ގިނަ ޢަދަދެއްގެ ޑޮޕްއެމީން އުފައްދައެވެ. އަދި މީގެ ސަބަބުން އަޅުގަނޑުމެންގެ ސިކުނޑި އެ އާދަ ‘އެންމެ އުފާވެރި’ ތަޖުރިބާގެ ގޮތުގައި ނަގައިގަނެއެވެ. އެ ޕޯސްޓުގައި ނަންގަނެވުނު ފަދަ ދެވިހިފުމަށް ބާރުދޭ ކަންތައްތަކުގެ ތެރެއިން ކަމެއް ދިމާވުމުން އެ އާދައަށް އަނބުރާ ދެވެއެވެ. އެއީ ސީދާކޮށް ބާރުދޭ ކަންތަކުގެ ތެރެއިން ކަމަކަށްވިޔަސް އަދި ނުސީދާކޮށް ބާރުދޭ ކަންތަކުގެ ތެރެއިން ކަމަކަށްވިޔަސްމެއެވެ.

  މިފަދައިން ބަލިކަށިވާ ވަގުތުތަކުގައި އަޅުގަނޑުމެން ތަކުރާރުކޮށް އެއްއާދައަކަށް އަނބުރާ ދާން ފަށައިފިނަމަ އަޅުގަނޑުމެންގެ ސިކުނޑީގައި މުޅިން އާ ‘ނިއުރޯނަލް ޕާތުވޭ’ އެއް އުފެދެއެވެ. މީގެ މާނައަކީ ކޮބައިތޯއެވެ؟ އަޅުގަނޑުމެންގެ ސިކުނޑިއަކީ ބައިވަރު ވައިރުތަކެއް ހިމެނޭ މެޝިނެއްގެ ގޮތުގައި ޚިޔާލުކުރާށެވެ. ބޮތްކަކާއި ސްވިޗެއް ގުޅުވައިދޭ ފަދަ ވައިރުތަކެވެ. ސްވިޗަކަށް ފިތާލުމުން ކަރަންޓު ވައިރުގެ ތެރެއިން ގޮސް ބޮތްކާއި ހަމަވުމުން ބޮކި ދިއްލިގެން ދެއެވެ. ހަމަ މިފަދައިން އަޅުގަނޑުމެންގެ ހަށިގަނޑަށް ކަމެއް ތަޖުރިބާ ކުރެވުމުން އަޅުގަނޑުމެންގެ ޙަރަކާތްތަކަށް ބަދަލުތަކެއް އާދެއެވެ. މިސާލަކަށް ހޫނު އެއްޗެއްގައި އަތް ޖެހުމުން އަތުގައި ހުންނަ ސެންސަރީ ނާރުތަކުން ސިކުނޑިއަށް ސިގްނަލެއް ފޮނުވައެވެ. ބަދަލުގައި ސިކުނޑި އަތުގެ މަސްތަކަށް ސިގްނަލެއް ފޮނުވައެވެ. އަތް އެ ހޫނު އެއްޗާއި ދުރު ކުރުވުމަށެވެ. އެކި ކަންކަމަށްޓަކައި ސިކުނޑީގެ ތެރޭގައި އެ ސިގްނަލްތައް ދައުރުވާނީ އެކި ވައިރުތަކުގެ ތެރެއިންނެވެ.

  އަޅުގަނޑުމެންގެ ހަށިގަނޑު ރަނގަޅަށް މަސައްކަތް ކުރުމަށާއި، ނުރައްކާތެރި ޙާލަތްތަކުގައި ރަނގަޅު ފިޔަވަޅުތައް އެޅުމަށްޓަކައި ސިކުނޑީގައި އަބަދުވެސް އެތައް ވައިރުތަކެއްވެއެވެ. އެހެނަސް ދެވިހިފުމެއްގައި ބެދި އެ އާދަ ތަކުރާރުވަމުން ދާނަމަ ހަމައެކަނި އެ އާދައަށްޓަކައި ވަކިން ވައިރެއް ސިކުނޑީގައި އުފެދިގެން ދެއެވެ. އެ ވައިރު އުފެދުމަށްފަހު ވެސް އެ އާދައަށް ތަކުރާރުކޮށް އެނބުރި ދާނަމަ އެ ވައިރު ވަރުގަދަވެގެން ދެއެވެ. އަދި ވައިރު ވަރުގަދަ ވާ ވަރަކަށް ދެވިހިފުމަށް ބާރުދޭ ކަމެއް ދިމާވާ އިރަށް އެ ދެވިހިފި އާދައިން ދުރުވާން އަޅުގަނޑުމެންނަށް ދަތިވަމުން ދާނެއެވެ.

  އެހެންކަމުން ދެވިހިފުމެއްގައި އަޅުގަނޑުމެން ބެދިގެންދެއެވެ. އެ ދެވިހިފި އާދައަށް ވެއްޓިގެންދާ ވަގުތު ލަދުވެތިކަމާއި، އަމިއްލަ ނަފްސު ކުށްވެރި ކުރުމާއި، އަމިއްލަ މީހާގެ އަގެއްނެތް ކަމުގެ އިޙްސާސް ކުރެވޭނެއެވެ. އަދި މި އިޙްސާސްތަކުގެ ސަބަބުން ދެ ތިން ދުވަސް ވަންދެން އެ އާދައާއި ދުރުވެސް ވެވިދާނެއެވެ. އެހެނަސް ކުރީގައި ބުނެވުނު ފަދަ ‘ނިއުރަލް ޕާތުވޭ’ އެހެންނޫނީ ވައިރު ވަރުގަދަ ވެފައިވާ މިންވަރުން އަޅުގަނޑުމެން އެ އިޙްސާސްތަކުގެ މަތިން ވެސް ހަނދާންނެތި ދެވިހިފުމަށް ބާރުދޭ ކަމެއް ތަޖުރިބާ ކުރެވުމާއެކު އެ އާދައަށް އަނބުރާ ދެވެއެވެ.

  މީގެ ޙައްލަކީ ކޮބައިތޯއެވެ؟ ބައިވަރު ޙައްލުތަކެއް އެބަހުއްޓެވެ. އެހެނަސް އެ ހުރިހާ ޙައްލުތަކެއްގެ ފަހަތުގައިވަނީ މައިގަނޑު އެއް ޢަޒުމެކެވެ. އެ ޢަޒުމަކީ ސިކުނޑީގައިވާ އެ ނޭދެވޭ ނާރު ‘ބަނޑަށްޖެއްސުމެވެ.’ ވަކި އާދައެއް ތަކުރާރުކުރުމުން ސިކުނޑީގައި ވައިރެއް އުފެދޭ ފަދައިން އެ އާދައިން ދުރުވާން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އެ ވައިރު ބަލިކަށިވެސް ވެއެވެ. އެންމެ ދެ ތިން ދުވަހަށް އާދައަކާއި ދުރުވުމުން ސިކުނޑިއަށް ވެރިވާ ޚިޔާލުތަކަށް މާ ބޮޑު ބަދަލެއް ނައިސްދާނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އާދައެއް އުފައްދަން އަދި އާދައަކުން މުޅިން ދުރުވާން ވެސް 21 ނުވަތަ 90 ދުވަސް ނަގާނެއެވެ.

  މި ދުވަސްވަރު ވަކި އާދައަކުން ދުރުވާން އެހީވެދޭ ބައިވަރު މޯބައިލް އެޕްތަކެއް ވެސް ހުރެއެވެ. Sober Time’’ އަކީ މިގޮތުން ވަރަށް ރަނގަޅު އެޕްއެއްކަން ފާހަގަކޮށްލަމެވެ. އެހެނީ މި އެޕްއިން ތިބާއަށް ވަކި އާދައަކުން ދުރުގައި އުޅެވުނީ ކިހާ ދުވަހަކަށްކަން ދައްކުވައިދެއެވެ. އަދި ވަކި ވަރަކަށް ދުވަސްތަކަށް އަމާޒުތައް ވެސް ކަނޑައެޅިފައި ހުރެއެވެ. މީގެ އިތުރުން އެ އާދައަކުން ދުރުވެ ހުރުމަށް ތިބާގެ ސިކުނޑި ހަނދާން ހުންނާނެ ފަދައިން ކޮންމެ ދުވަހަކު ހިތްވަރު ލިބޭ ފަދަ ބަސްތަކެއް ވެސް ނޮޓިފިކޭޝަންތަކުގެ ގޮތުގައި ފޮނުވައެވެ. ފޯނު ގެންގުޅޭ ވަރަށްވުރެ ތިބާ ކުޑަނަމަ މިކަމަށްޓަކައި ފޮތެއް ގެންގުޅޭށެވެ. އަދި ދުވަސް 1-21 އަށް ނުވަތަ ދުވަސް 1-90 އަށް ފޮތުގެ ޞަފްޙާއެއްގައި ލިޔާށެވެ. އަދި ތިބާ އެ އާދައަށް އެނބުރި ނުގޮސް ފާއިތުވާ ކޮންމެ ދުވަހަކަށް ހެޔޮ ފާހަގައެއްލާށެވެ. މިގޮތަށް އުޅުމުގައި ތިބާ އެއްދުވަހު ބަލިކަށި ވިޔަސް އުއްމީދު ކަނޑާލުމެއްނެތި އަލުން ފަށާށެވެ. އެހެނީ ‘ރިލޭޕްސެސް’ އަކީ ދެވިހިފުމުން އަރައިގަތުމުގައި ދިމާވާނެ ކަމެކެވެ. ‘ރިލޭޕްސް’ ތަކުގެ ވާހަކަ ކުރިއަށް ހުރި ޕޯސްޓްތަކުގައި ދެކެވޭނެއެވެ. (އިން ޝާ ﷲ)

  މާތް ﷲ ނުބައި އާދަތަކުން ދުރުވުމަށް އަޅަމެން އެންމެންނަށް ފަސޭހަކޮށްދެއްވާށި! އާމީން!

 19. Jana

  December 14, 2019 at 5:43 pm

  Blog post 3 (Dhivehi) :

  “އަޅުގަނޑު ތައުބާވުމަށްފަހު ހަމަ އެ އާދައަށް އަނބުރާ ގޮއްސިނަމަ ﷲ އަޅުގަނޑަށް ޢަފޫ ދެއްވާނެ ހެއްޔެވެ؟”

  ވޭތުވެ ދިޔަ އަހަރުތަކުގައި އެކިއެކި އުޚްތުންގެ ފަރާތުން އަޅުގަނޑަށް މި ސުވާލު ލިބުނު ޢަދަދުވެސް އަޅުގަނޑަކަށް ނޭނގެއެވެ. އަދި މި ސުވާލު ފެންނަ ކޮންމެ ފަހަރަކު އެ އުޚްތުން ވަނީ ދެވިހިފުމަކުން އަރައިގަތުމަށް އެހީއަކަށް ބޭނުންވެފައިކަން އެނގުންވާ ކޮންމެ ފަހަރަކު އަޅުގަނޑުގެ ހިތަށް އުދަގޫވެއެވެ.

  ތިރީގައިވާ ވީޑިޔޯގައި އެވަނީ އަޅުގަނޑު އެ ސުވާލުގެ ޖަވާބަށް ދޭނެ މައިގަނޑު ވާހަކަތަކެވެ. އެހެނަސް މިތާނގައި އަޅުގަނޑު އެ ވާހަކަތައް ތަފްޞީލުކޮށްދޭނަމެވެ. އެންމެ ފުރަތަމަ ވެސް އަޅުގަނޑު ޙިއްސާކޮށްލަން ބޭނުންވަނީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ މި ޙަދީޘެވެ.

  كل بني آدم خطاء, وخير الخطّائين التوابون

  “ކޮންމެ އާދަމުގެ ދަރިއަކީ ފާފަކުރާނެ މީހެކެވެ. އަދި ފާފަކުރާ މީހުންގެ ތެރެއިން އެންމެ ރަނގަޅީ ގިނަގިނައިން ތައުބާވާ މީހުންނެވެ.”

  މި ޙަދީޘްގައި ފާފަކުރާ މީހާއަށް ބޭނުންކުރެވިފައިވި ބަހަކީ خطاء އެވެ. މި ބަހުގެ މާނައަކީ ހަމައެކަނި އެއްފަހަރު ދެފަހަރު ފާފަކުރާ މީހާއެއްނޫނެވެ. އެހެނެއްކަމަކު ތަކުރާރުކޮށް ފާފަކުރާ މީހާއެވެ. އެހެންކަމުން މި ޙަދީޘްއިން އެނގިގެން ދަނީ ހުރިހާ އިންސާނުންނަށް ވެސް ތަކުރާރުކޮށް ފާފަ ކުރެވޭނެ ކަމެވެ. ބައެއް ފާފަތަކަކީ އެ ފާފަތަކަށް ތަކުރާރުކޮށް އަނބުރާ ދެވޭ ފާފަތަކެއްކަމެވެ. އެހެނަސް ތަކުރާރުކޮށް ފާފަކުރާ މީހުންގެ ތެރެއިން އެންމެ ރަނގަޅީ ތަކުރާރުކޮށް ތައުބާވެސް ވާ މީހުންނެވެ. އެހެންކަމުން މީގެ މާނައަކީ އެންމެ ރަނގަޅު ފާފަވެރިންނަކީ ފާފަ ކުރެވޭއިރަށް ތައުބާވާ މީހުންކަމެވެ.

  އެހެނަސް ތިބާގެ ތައުބާއަކީ އިޚްލާޞްތެރި ތައުބާއެއްކަން ތިބާއަށް އެނގެނީ ކިހިނެއް ހެއްޔެވެ؟ މާޒީގައި އެތައް ފަހަރެއްގެ މަތިން އެ އެއްފާފައިން ދުރުވުމުގައި ތިބާ ފޭލްވެފައި ވަނިކޮށެވެ. ތިބާގެ ބަލިކަށިކަމުގެ ސަބަބުން ކައިރި މުސްތަޤްބަލެއްގައި އަނެއްކާވެސް އެ ފާފައަށް އަރައިގަނެވޭނެކަން ތިބާއަށް ޔަޤީނާއި ގާތްވާއިރެވެ. އެ ފާފައިން ދުރުވާން އުޅެއުޅެވެސް ދުރުނުވެވުމުން ނާއުއްމީދީ އިޙްސާސާއެކީ ތިބާއަކީ ނުބައި މީހެއްކަމުގެ އިޙްސާސް ތިބާއަށް ކުރެވޭ ހިނދެވެ.

  އޭގެ ޖަވާބު ވަރަށް ސާފެވެ. ތިބާގެ ތައުބާއަކީ އިޚްލާޞްތެރި ތައުބާއެއްކަން ތިބާއަށް އެނގޭނީ، އެ ފާފަ ކުރެވުމަށްފަހު އިޚްލާޞްތެރި ހިތަކާއެކީ ތިބާ ﷲ އާއި ވާހަކަ ދައްކާފައިވާނަމައެވެ. ކޮންމެ ގޮތެއްވިޔަސް ތިބާ ދެން އެ ފާފައަށް އަރައި ނުގަންނާނެކަމަށް ބުނެ ވަރުގަދަ ޢަޒުމެއް ކަނޑައަޅާފައިވާނަމައެވެ. އަދި ތިބާއަށް ދެން އެ ފާފައަށް އަރައިނުގަނެވޭނެ ފަދައިން ފިޔަވަޅުތަކެއް އަޅާފައިވާނަމައެވެ. މިސާލަކަށް ތިބާއަށް އެ ފާފައަށް އަރައިގަނެވެނީ ތިބާގެ ލެޕްޓޮޕް ނޫނީ ފޯނާއެކީ އެކަނި ވާ ވަގުތެއްގައި ކަމަށްވާނަމަ ތިބާ އެ ލެޕްޓޮޕް ކޮޓަރިން ބޭރުގައި ބަހައްޓަން ނިންމަމުއެވެ. އެ ފިޔަވަޅު އެޅުމަށްފަހުވެސް ތިބާއަށް އެ ފާފައަށް އަރައިގަނެވިއްޖެނަމަ މިފަހަރު އަރައިގަނެވުނީ ކީއްވެކަމާމެދު ވިސްނައި އިތުރު ފިޔަވަޅެއް އަޅަމުއެވެ. މިސާލަކަށް ތިބާގެ ފޯނު ވެސް އެކަނި ހުންނަ ވަގުތުތަކުގައި ފަސޭހައިން އަތުނުޖެހޭ ހިސާބެއްގައި ބާއްވަނީއެވެ. އެއަށްފަހު ވެސް ތިބާއަށް އަނެއްކާ އެ ފާފައަށް އަރައިގަނެވިއްޖެނަމަ އަނެއްކާވެސް އެ އަރައިގަނެވުނީ ކީއްވެކަމާމެދު ވިސްނައި އިތުރު ފިޔަވަޅެއް އަޅަމުއެވެ.

  މިފަދައިން ތިބާ ފިޔަވަޅުތަކެއް އަޅަމުން ދާނަމަ ތިބާ މި ދެވިހިފުމުން ދުރުވުމަށް ކުރާ މި ދަތުރަކީ ނުހަނު ރީތި ދަތުރަކަށްވެގެން ދާނެކަން ހަމަ ޔަޤީނެވެ. (އިން ޝާ ﷲ). އެހެނީ މި ދަތުރަކީ ތިބާ ތަކުރާރުކޮށް ﷲ ގެ ޙަޟްރަތުގައި އެހީއަށް ދަންނަވައި އެކަލާނގެއަށްޓަކައި އުދަގޫކަމާއެކީ ވެސް ކަމަކުން ދުރުވާން މަސައްކަތް ކުރާ ދަތުރެކެވެ. ހަމައެކަނި އެކަލާނގެ ރުހިވޮޑިގަތުން އެދި އެކަލާނގެ ތިބާ ކުރާ ކޮންމެ މަސައްކަތް ޤަބޫލުކުރައްވާނެކަމުގެ ޔަޤީންކަމާއި އެކީގައެވެ. ތިބާ އެތައް ފަހަރެއްގެ މަތިން ބަލިކަށިވިނަމަވެސް ތިބާ އެކަމުން ދުރުވާން މަސައްކަތްކުރުން ހުއްޓައެއްނުލަމުއެވެ. އެއީ އެ މަސައްކަތް ހުއްޓުމަށްވުރެ އެ މަސައްކަތުގައި މަރުވެދިޔުން ވެސް މާ ރަނގަޅުކަން ތިބާއަށް އެނގޭތީވެއެވެ. އެހެނީ ތިބާއަށް ﷲ ގެ ރުހިވޮޑިގަތުން ލިބިފައިވާނީ އޭރުން ކަމަށްވާތީވެއެވެ.

 20. Jana

  December 14, 2019 at 5:44 pm

  Blog post 4 (Dhivehi)

  ވާހަކައިގެ އެންމެ ފަހުން އަޕްކުރެވުނު ބައިގައި ޤުރުއާނުގެ މަންޒަރެއް އަޅުގަނޑު ސިފަކޮށްފައި ހުންނާތީ އެ މަންޒަރު ޙިއްސާކޮށްލަން ވަރަށް ބޭނުމެވެ. މިއީ އަޅުގަނޑު ކުރީގެ ވާހަކައަކާއެކީ ޙިއްސާކޮށްފައިވާ މަންޒަރަކަށް ވިޔަސް ޤުރުއާނުގެ އާޔަތްތަކަކީ އޭގެ ރީތިކަމަށް ފޫހިނުވާ ފަދަ އާޔަތްތަކެވެ. މީގެ ދެ އަހަރެއްހާ ދުވަސްކުރިން މި އާޔަތް ސިފަކުރިއިރު ހިތަށް ކުރި ފަދަ އަސަރެއް ހަމަ އެ މަންޒަރު މި ވާހަކައިގައި ސިފަކުރިއިރު ވެސް ކުރެވުނެވެ.

  ސޫރަތުއްނޫރުގެ އާޔަތެއްގައި ވަރަށް އަނދިރި އަދި ޠޫފާނީ ރެއެއްގެ ގަދަ ކަނޑެއް ﷲ ސުބުޙާނަހޫ ވަތަޢާލާ ސިފަކުރައްވާފައިވެއެވެ. މި އާޔަތުގައި ސިފަކުރައްވާފައިވަނީ އެ ގަދަ ކަނޑުގައި ގެނބެމުންދާ މީހެކެވެ. އެ މީހާ އެ ގަދަ ކަނޑުގެ މައްޗަށް އަރަން އުޅުނަސް މަތި މައްޗަށް އަންނަ ބޮޑެތި ރާޅުތަކުގެ ސަބަބުން އޭނަ އަޑިއަށް ދެއެވެ. އެހެންކަމުން މި މީހާ މަޑުމަޑުން އެ ފުން ކަނޑުގެ އަޑިއަށް ދާން ފަށައެވެ. ކައިރީގައި ބޯޓެއް އަދި އެހެން އުޅަނދެއްވެސް ނެތް ތާނގައި ހަނދުގެ އަލިވެސް ކޮޅިތަކުން ފޮރުވިފައިވުމުން މި މީހާއަކަށް އެއްވެސް އައްޔެއް ލިބޭކަށް ނެތެވެ. މި މީހާއާއި ބެހޭގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވަނީ މިހެންނެވެ.

  إِذَا أَخْرَجَ يَدَهُ لَمْ يَكَدْ يَرَاهَا

  “…އެމީހާގެ އަތް ނެރުނަސް، އެ އަތް ނުފެންނަނީ ކިރިޔާއެވެ….” ސޫރަތުއްނޫރު، 40

  ތިބާ ވިސްނާލާށެވެ. މި މީހާ އޮތީ އަނދިރި ރެއެއްގައި ކަނޑު އަޑީގައި ކަމަށްވާނަމަ އަދި ވަށައިގެން އެއްވެސް އައްޔެއް ނެތް ނަމަ އޭނައަށް އެއްވެސް އެއްޗެއް ފެންނާނެ ހެއްޔެވެ؟ އޭނަ އަތް ނެރުނަސް އެއަތް އެއްވެސް ވަރަކަށް ފެންނާނެ ހެއްޔެވެ؟ ނޫނެކެވެ. ތިބާގެ ރަށުން ރޭގަނޑު ވަގުތު ކަރަންޓު ދިޔުމުން ތިބާގެ އަތަށް ބަލަން އުޅުނަސް ފޯނު ނެތިއްޔާ ތިބާއަށް އަތް ނުފެންނާނެއެވެ. އެހެންކަމުން އެ މީހާއަށް އޭނަގެ އަތް އެއްވެސް ވަރަކަށް ނުފެންނާނެކަން ހަމަ ޔަޤީނެވެ.

  އެހެނަސް އަޖާއިބުކުރުވަނިވި ގޮތަކަށް ﷲ ވަޙީކުރައްވާފައިވަނީ އެމީހާއަށް އޭނަގެ އަތް ނުފެންނަނީ ‘ކިރިޔާ’ ކަމެވެ. އޭނައަށް އޭނަގެ އަތް ކޮންމެވެސް ވަރަކަށް ފެންނަކަން މި އާޔަތުން އެނގެއެވެ. މި އާޔަތުން އެނގެނީ ކޮންކަމެއް ހެއްޔެވެ؟

  ކަނޑުގައިވާ އެ އަނދިރިކަމަކީ އަޅުގަނޑުމެންގެ ފާފަތަކުގެ އަނދިރިކަމެވެ. އަޅުގަނޑުމެންގެ ފާފަތަކުގެ ޒާތަކީ އެ ފާފަތަކުގެ ތެރޭގައި އަޅުގަނޑުމެން ގެނބޭ ކަހަލަ ޒާތެކެވެ. އެ ފާފަތަކުގެ ތެރެއިން އަރައިގަންނަން އުޅުމުން އަޅުގަނޑުމެން ބައެއްފަހަރު އިތުރަށް އެ ފާފަތަކުގެ ދަށަށް ދެއެވެ. އެ ކަނޑުގައިވާ ރާޅުތައް ފަދައިންނެވެ. އެހެނަސް މީހަކު މި ނާއުއްމީދީ ކަނޑުގައި ޣަރަޤުވާން އުޅޭ ވަގުތުވެސް އޭނައަށް ކޮންމެވެސް ވަރަކަށް އޭނަގެ އަތް ފެނެއެވެ. އަތަކީ އަޅުގަނޑުމެން ކުރާ ޢަމަލުތަކުގެ ނިޝާނެކެވެ. އަޅުގަނޑުމެން ފާފަތަކެއްގެ މަގުން ކިތަންމެ ދުރަށް ހިނގިޔަސް އަޅުގަނޑުމެންގެ ޢަމަލުތަކުގެ އަސްލު އަޅުގަނޑުމެންނަށް ވިސްނެއެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ ކިބައިގައި ލެއްވި އަލި (އަޅުގަނޑުމެންގެ ރޫޙު) ގެ ސަބަބުންނެވެ. އަޅުގަނޑުމެން އެ އައްޔަށް ފުރުޞަތެއްދީ އަޅުގަނޑުމެންގެ ޢަމަލުތަކާއިމެދު ވިސްނައި ފިކުރު ކޮށްފިނަމަ އެ އަލި ބޮޑުވަމުން ގޮސް އަޅުގަނޑުމެންގެ ވަށައިގެންވި މާޙައުލުވެސް އަލިކޮށްދޭނެއެވެ. އެހެންކަމުން އެމީހާއަށް ﷲ ގެ އިރާދަފުޅުން ސަލާމަތްވާންވީ މަގު ފެނިގެންދާނެއެވެ. ސުބުޙާނަ ﷲ!

 21. Binthi Ibrahim

  December 14, 2019 at 6:52 pm

  Salaam ukhutha…. Noor40 vana aayathuge maana einy ragalhahtha????

  • Jana

   December 15, 2019 at 8:37 pm

   Wa’alaikumussalaam. Labba rangalhah ehery. Dhivehi translation aa kudakoh thafaathuveema dho thi suvaalukury. Jana aammugothegga aayaiythakuge maana post thakuga liyany tharujamaa in nagaigen. Ekamaku mi aayathuga Jana dhuh Dhivehi translation ga eyge maanaiga othy emeehaage aiy nerunas e aiy fennaan gaaiyves nuve ey. Aayathuge arabi bahah balaairu يَكَدْ e othy ennu dho? E bas annany Arabi ehen baheh kamahvaa كَادَ in. كَادَ evves kamegge kuriah aissiyya maana annaany ekan evany mulhinne nooney. Kommeves varakashey. Kiriya kiriyaa ey. English in bunaanama almost. English translation ga beynun kurevifa othy hama almost.

   Tharujamaa ga othy aiy fennaan gaaiyves nuve ey dho? Ehen bunyma maana eba negey e aiy evves varakah nufene ey bunaa gothah ves dho? Ehenve jana egothah maana liyuny. 🙂

 22. niqabi

  December 15, 2019 at 9:23 am

  Ma sha allah❤
  alhamdulillah❤
  varah faidhaa kuruvanivi post thakeh❤
  wahaka vx varah reethi❤
  ma sha allah❤

  • Jana

   December 15, 2019 at 8:38 pm

   Alhamdhulillah! faidhaa kuraa vaahaka engunyma hiyvvareh libijje 😀 <3 Jazaakillah Khairan 🙂

Comments are closed.