އިތުރަށް އެވާހަކަތައް އަޑު އަހާ މަންޒަރުތައް ބަލާނެހާ ހިތްވަރު ނެތުމާއެކު ކަރުނަވީ ދެލޮލާއެކު އެތަނުން ދިއުމަށް ފަސްއެނބުރި ހިނގައިގަތް އިއާންގެ ފުރަތަމަ ފިޔަވަޅާއެކު ހުއްޓުން އެރީ އޭނަ އެހާލުގައި ހުއްޓާ އިތުރު މީހަކަށް ފެނުމުންނެވެ. އިއާންގެ ލޮލުގައިވި ކަރުނަތައް ފެނުމާއެކު އަޝްރާގެ ހިތުގައި ސުވާލުތައް އުފެދިގެން ދިޔައެވެ. އިއާންގެ މޫނު މަތިން އެހިތަށް ނުހަނު އަސަރުކޮށްފާވަކަން ހާމަވާން ހުއްޓެވެ. ކުރިން އުޖާލާކަން ފެންނަން ހުރި މޫނު މަތިން މިހާރު ފެންނަމުން ދަނީ ހިތާމަވެރިކަމެވެ. ހިތުގައި ފުނިޖެހެމުން ދިޔަ […]
އަޝްރާގެ އެ ހިމޭންކަމުގެ ސަބަބުން އިއާންގެ ހިތުގައިވި ނުތަނަވަސްކަން ހިނދެއް ހިނދަކަށް ދިޔައީ އިތުރުވަމުންނެވެ. ” އަޝޫ… ދޮންބެއަށް މިހީވަނީ ހަމަ ރަނގަޅަށްތަ… ” އަޝްރާ އަދިވެސް އެެއްޗެކޭ ނުބުނެ ހުންނަން ފެށުމުން އިއާން މިފަހަރުވެސް ވާހަކަ ދެއްކިއެވެ. ” ނޫން.. އެދެމީހުން ދެމެދު އެކަހަލަ އެއްވެސް ގުޅުމެއް ނޯވޭ… އަޅުގަނޑަކަށް ފާހަގައެއްވެސް ނުވޭ ތިކަހަލަ އެއްވެސް ކަމެއް… ” އިއާން ދެވަނަ ފަހަރަށް ސުވާލުކުރުމުން އަޝްރާ ވިސްނާލުމަށްފަހު އޭނައަށް ވިސްނުނު އެންމެ ރަނގަޅު ޖަވާބެއް ދިނެވެ. […]
ދުވަސްތައް ފާއިތުވަމުން ގޮސް މުބާރާތްތައް ފެށެން ދެދުވަހަށް ވެއްޖެއެވެ. ހުރިހާ ދަރިވަރުންވެސް ދިޔައީ ފަރިތަކުރުމަށް ލިބޭނެ އެންމެ ފަހު ދެދުވަހަށް ވުމުން ވަރަށް ފުރިހަމައަށް ފަރިތަކުރުން ކުރިއަށް ގެންދަމުންނެވެ. ހަމައެއާއެކު ކޮންމެ ހައުސްއަކުންވެސް ދަނީ ސަޕޯޓްކުރުމަށް ދިދަ އާއި ހަންފަދަ ތަކެތި ތައްޔާރުކޮށް ކުރިއާލާ ތައްޔާރުވަމުންނެވެ. ހަވީރުގެ ހިތްގައިމު ވަގުތުތައް ނިމި އިރު އޮއްސުމަކާއި ގާތްވަމުން ދަނީއެވެ. ޕްރެކްޓިސް ނިންމާލުމަށްފަހު ވަރުބަލި ފިލުވާލުމަށްޓަކައި އަތިރިމަތި ކައިރީގައި ހުރި ހޮޅުއަށީގައި މިންހާ އާއި އަޝްރާ ތިއްބެވެ. ދެކުދިންގެ ނަޒަރުވެސް […]
ދެމީހުންވެސް ގެއިން ނިކުމެ ސުކޫލަށް މިސްރާބުޖެހިއެވެ. ކުރިއަށް ހިނގަމުން ދިޔަ އަޝްރާ އާއި މިންހާ ފަހަތަށް ބަލައިލީ މީހަކު ތުމުން ފުމެލި އަޑުއިވުމުންނެވެ. ފަހަތަށް ބަލައިލިއިރު ރަތް ކުލައިގެ ގަމީހަކާއެކު ކަޅު ކުލައިގެ ސްކިނީގައި ހުރި އަލޫފް ފިރިހެންވަންތަ ހިނގުމެއްގައި އަންނަމުން ދިޔައެވެ. މިންހާއަށް ބަލައިލަމުން ހިނިތުންވެލުމަށްފަހު އަލޫފް އެއްލޯ މަރާލިއެވެ. އެއާއެކު މިންހާގެ ކޮލަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. އޭނައަށް ލަދުން އިސްޖަހާލެވުނެވެ. މިންހާގެ އެއާދައިން އަލޫފްގެ ހިތުގައި މިންހާއަށްޓަކައިވި އިހުސާސްތައް ފުންވެގެން ދިޔައެވެ. ** […]
ސިޑިން މައްޗަށް އަރަމުން ދިޔަ މިންހާއަށް ފައި އެޅުނު ގޮތަކުން ފަހަތަށް ވެއްޓެން ދިޔައެވެ. ސިޑިން ވެއްޓިއްޖެނަމަ ވާނެ ތަދު ހިތަށް އެރުމާއެކު މިންހާއަށް އޭނަގެ ދެލޯ މަރާ ބާރުކޮށްލެވުނެވެ. އެހެނަސް ވެއްޓުމުގެ ކުރިން ބާރުގަދަ އަތަކުން އޭނަގެ އަތުގައި ހިފާ ދަމާލުމަށްފަހު އުނަގަނޑުގައި އަތް ވަށާލި ކަމުގެ އިހުސާސެއް ކުރެވުނެވެ. މަޑުމަޑުން މިންހާ އޭނަގެ ދެލޯ ހުޅުވާލިއެވެ. ދެލޯ ހުޅުވާލުމާއެކު އޭނައަށް ދާދި ކައިރިން ފެނިގެން ދިޔައީ އިއާންގެ ސޫރައެވެ. އިއާންއަށް ކަޅި ޖަހާ ނުލާ […]
ފަތިހުގެ ހަމަހިމޭން ވަގުތެވެ. މުޅި ކޮޓަރި ތެރެއަށްވެސް ވެރިވެފައިވަނީ މަރުފަދަ ހިމޭންކަމެކެވެ. ދަނބު ކުލައިގެ ނިދާ ބޮކީގެ ފަނޑު އަލީގައި އަރާމުކޮށް ނިދާލައިފައި އޮތް އަންހެން ކުއްޖާގެ މޫނު މަތިން ފެންނަމުން ދަނީ މައުސޫމްކަމެވެ. ދިގު އެސްފިޔަތަކާކާއެކު މަޑު ފިޔާތޮށި ކުލައަރާ ތުނި ތުންފަތެއް ލިބިފައިވާއިރު ގަދަ މުށި ކުލައިގެ ރާޅު ބާނި އިސްތަށިގަނޑުން އެދޮން މޫނުގެ ބައެއް ވަނީ ފޮރުވިފައެވެ. ގައިމަތީގައި އަޅާފައި އޮތް ދަނބު ކުލައިގެ ބްލޭންކެޓް އެތެރެއަށް ވަދެ ކައިރީގައި އޮތް ދިގު […]
ލޮއެބަކީ ހިތުގައި އުފެދޭ ޖަޒުބާތެކެވެ. އެއީ ވަރަށް ފޮނި އިހުސާސެކެވެ. ދުވަސްވީ އެކުވެރިކަމުގެ ތެރެއިން އިއާންއަށް މިންހާދެކެ ލޯބިވެވިއްޖެއެވެ. އެހެނަސް އޭރު މިންހާގެ ހިތުން ވަނީ އަލޫފްއަށް ޖާގަދެވިފައެވެ. އެމީހަކު އެންމެ ލޯބިވާ ފަރާތް އެހެން މީހަކާ ގުޅިގެން އުޅޭތަން ބަލަން އެއްވެސް މީހަކަށް ފަސޭހަވާނެ ހެއްޔެވެ؟ ހަމަގައިމުވެސް އެ މަންޒަރު ފެނުމުން އެމީހެއްގެ ހިތް ކުދިކުދިވެގެން ދާނެއެވެ. ދެލޮލުން ކަރުނަ އޮހޮރި މޭގައި ރިހުމެއް އުފެދޭނެއެވެ. މިހުރިހާ ކަމަކަށް ކެތްތެރިވެ އިއާން ކުރާ ދިގު އިންތިޒާރުގެ […]
އެއްވެސް ޚިޔާލެއް ފިކުރެއްނެތި ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ސިޓިން ރޫމަށް ނިކުން އައިލީންއަށް ހައިރާންކަން ލިބިގެން ދިޔައީ ކުރަމަތިން ފެނުނު މަންޒަރުންނެވެ. އޭނަގެ ކުރިމަތީގައި އެއްފައި މައްޗަށް ތިރިވެ އެއިނީ ޔޫހާންއެވެ. ” ޔޫހާން… ” ލިބުނު ހައިރާންކަމުގައި އައިލީންއަށް މަޑުމަޑުން ޔޫހާންގެ ނަން ކިޔައިލެވުނެވެ. ” އައި ލަވް ޔޫ އައިލީ… އަހަރެންނަށް މިހާރު އެނގޭ ހުރިހާ އެެއްޗެއްވެސް… އައި ނޯ އެވްރިތިން… ނޯ މޭޓާ ވަޓް ހެޕެންސް އައިލީ… އަހަރެމެން ދެމީހުން ދުވަހަކުވެސް އެކަކު […]
ގޭގެ ދޮރުން ނިކުމެ ނިކުމެ ހުއްޓާ ބާރު ހިނގުމުގައި އައިސް ޔޫހާން އައިލީންގެ އަތުގައި ހިފާ ގެނެސް ފާރުގައި ޖައްސާ ނުދެވޭނެހެން ހިފެހެއްޓިއެވެ. އެފަދަ ކަމަކަށް ނުވިސްނާ ހުރި އައިލީންގެ ދެލޯ ހުރީ ބޮޑުވެފައެވެ. ޔޫހާންގެ އެ އަމަލުން އައިލީންގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ” ވައި އާރް ޔޫ ގޮއިން އަވޭ ފްރޮމް މީ އައިލީ… ޑޯންޓް ޔޫ ނޯ ހައު މަޗް އައި ލަވް ޔޫ… އައި ވޮންޓް ލެޓް ޔޫ ގޯ ސޯ […]