Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 48

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
October 10, 2018 16 Mins Read
19 Comments

ގޭގެ ދޮރުން ނިކުމެ ނިކުމެ ހުއްޓާ ބާރު ހިނގުމުގައި އައިސް ޔޫހާން އައިލީންގެ އަތުގައި ހިފާ ގެނެސް ފާރުގައި ޖައްސާ ނުދެވޭނެހެން ހިފެހެއްޓިއެވެ. އެފަދަ ކަމަކަށް ނުވިސްނާ ހުރި އައިލީންގެ ދެލޯ ހުރީ ބޮޑުވެފައެވެ. ޔޫހާންގެ އެ އަމަލުން އައިލީންގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ” ވައި އާރް ޔޫ ގޮއިން އަވޭ ފްރޮމް މީ އައިލީ… ޑޯންޓް ޔޫ ނޯ ހައު މަޗް އައި ލަވް ޔޫ… އައި ވޮންޓް ލެޓް ޔޫ ގޯ ސޯ އީޒިލީ… ” އައިލީންގެ އަތުގައި ބާރަށް ހިފަހައްޓާއިގެން ހުރެ ޔޫހާން ބުނެލިއެވެ. ޔޫހާންގެ ލޮލުގައިވި އަސަރަކުން އައިލީން ޖެހިލުންވާ ގޮތްވިއެވެ. އޭނަގެ ލޮލުގައިވީ ބުނެދޭން ނޭނގޭ ފަދަ އަސަރުތަކެކެވެ. އައިލީން ޔޫހާންގެ ލޮލަށް ބަލައިލުމަށްފަހު އަވަސް އަވަހަށް އިސްޖަހާލިއެވެ. އެހާ ގާތުގައި ޔޫހާންވުމުން އައިލީންގެ ހިތް ދިޔައީ އޮބިނޯންނަ ވަރަށް ތެޅެމުންނެވެ. ކައިރީގައި ހުރި ޔޫހާންއަށްވެސް އެއަޑު އިވޭނެކަން ކަށަވަރެވެ.

” ލީވް މީ ޔޫހާން… ” ޔޫހާންގެ މޫނަށް ނުބަލަން އެއްފަރާތަކަށް ބަލަހައްޓާއިގެން ހުރެ އައިލީން ބުނެލިއެވެ. ” އައި ވޮންޓް… ” ޔޫހާންގެ ޖަވާބު ވަރަށް ވެސް ކުރެވެ. ” ޔޫހާން އަހަރެން މިބުނީނު ދޫކޮށްލާށޭ… ޖަސްޓް ލީވް މީ… ” ޔޫހާންގެ ގާތުން ސަލާމަތްވުމަށް ގަދަހަދަމުން އައިލީން އަނެއްކާވެސް ބުނެލިއެވެ. އޭރު އައިލީންގެ އަޑުގައި މަޑު ތުރުތުރެއްވިއެވެ. ” އަހަރެންވެސް މިބުނީނު ދުލެއްނުކުރާނަމޭ… އަހަރެންގެ ސުވާލުގެ ޖަވާބު ދީ އައިލީ… އަހަރެންގެ ސުވާލަށް ޖަވާބު ނުދެނީސް ދުލެއްނުކުރާނަން… ކީއްވެތަ އަހަންނާ ދުރަށް ތިދަނީ… ބައްޕަ ގަބޫލު ނޫންވީމަ އަހަންނާ ދުރަށް ދާނަމަ އެކަން އިނގުނު ދުވަހު އައިލީ އަހަންނާ ދުރުވީސް… ކުއްލިއަކަށް ތިހެން ހުރެފަ އަހަންނާ ތިދުރުވީ ކޮންމެވެސް އެހެން ސަބަބެއް އޮވެގެން… ޖަސްޓް ޓެލް މީ ދަ ރީޒަން އައިލީ… ދެން އައިލީ އަހަރެންދެކެ ލޯބި ނުވެޔޭ ބުންޏަސް އަހަރެން ގަބޫލެއް ނުކުރާނަން… އެއީ މިރޭވެސް އަހަންނަށް ތި ދެލޮލުން ތެދުވެރި ލޯބި ފެނުނީމަ… އަހަންނާ ހަތަރު ކަޅި ހަމަނުކުރަން ތިއުޅެނީ އެހެންވެއެއްނު… ތި ދެލޮލުން އައިލީގެ ހިތުގައި އަހަންނަށްޓަކައި އޮތް ލޯބި ފެނިދާނެތީއެއްނު… އައިލީއަށް މިހާރު ތިވަމުންދާ ގޮތް ފެނިފަވެސް އަހަންނަށް އެނގޭ އައިލީ އަހަރެންދެކެ ލޯބިވާކަން… އަހަރެން ގާތްވީމަ އައިލީގެ ތިހިތް ތެޅޭވަރު އަހަރެންނަށް އަޑުއިވޭ ފަދަ… އައިލީ ވަޢުދު ވީމެއްނު ނޯ މޭޓާ ވަޓް ހެޕެންސް ޔޫ ވޮންޓް ލީވް މީ… ޔޫ ވޮންޓް ގޯ އަވޭ ފްރޮމް މީ… ދެން ވައި އައިލީ… ވައި… ޑޯންޓް ޔޫ ނޯ ހައު މަޗް އައި ލަވް ޔޫ… އައިލީ ތިހެން ކަންތައް ކުރާއިރު މިހިތަށް ހާދަ ތަދުވެޔޭ… އިޓް ރިއަލީ ހާޓްސް… ޖަސްޓް ޓެލް މީ ދަ ރީޒަން… އޭރުން އަހަރެމެން ދެމީހުން އެކުގައި ޑިސްކަސްކޮށްފަ ޕްރޮބްލެމް ސޯލްވް ކުރާނީ… ޓެލްމީ އައިލީ… ”

ހަރުކަށިކަމާއެކު ޔޫހާން ދައްކަމުން ދިޔަ ވާހަކަ ނިންމާލިއިރު އެއަޑުގައި ވަނީ ރިހުމެވެ. ޔޫހާން އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް އައިލީން އެއްޗެކޭ ނުބުނިިއިރު ޔޫހާން އާއި ދިމާލަށް ބަލައިވެސް ނުލައެވެ. އެއްފަރާތަކަށް ބަލަހައްޓާއިގެން ހުރިއިރު އިރުއިރުކޮޅުން އައިލީންގެ ލޮލުން ކަރުނައެއް ފައިބައެވެ. ” އައިލީ… ލުކް އިންޓު މައި އައިސް އެން ޓެލް މީ ދަ ރީޒަން… ” އައިލީން އެއްވެސް އެއްޗެކޭ ނުބުނުމުން ޔޫހާން މަޑުމައިތިރިކަމާއެކު އަހާލިއެވެ. މިފަހަރުވެސް އައިލީން އެއްޗެކޭ ބުނާކަށް ޚިޔާލެއް ނުކުރިއެވެ. އައިލީން މަސައްކަތްކުރީ ޔޫހާންގެ ކައިރިން ސަލާމަތްވެވޭތޯއެވެ. ” އައިލީ… ލުކް އިންޓު މައި އައިސް… އައިލީ ތިހެން ކަންތައްކުރަން ޖެހުނު ރީޒަން އަހަރެން ކައިރީ ބުނެބަލަ… އޭރުން ދޯ ތިކަމެއް ހައްލުކުރެވޭނީވެސް… ” މިފަހަރުވެސް ޔޫހާން ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުގައެވެ. އެހެނަސް އައިލީން އެއްވެސް އެއްޗެކޭ ނުބުނެއެވެ. އޭނަ މިފަހަރުވެސް އުޅުނީ ޔޫހާންގެ އަތް ނައްޓުވާލުމަށެވެ. ” އައިލީންގެ އަމަލުތައް ހުރި ގޮތުން ޔޫހާން ރުޅިއަންނަ ގޮތްވިއެވެ. ތިން ފަހަރު ބުނުމުންވެސް އައިލީން އޭނަ ބުނިގޮތެއް ނެހެދިއެވެ. ” އައިލީ… ލުކް އެޓް މީ… އައިލީ އަހަރެންގެ ބުނި ގޮތަށް ނަހަދަނީސް ދުލެއްނުކުރާނަން… އަހަރެންގެ ސުވާލަށް ތެދުވެރިކަމާއެކު ޖަވާބުދީ… ” ޔޫހާާން އޭނަގެ ރުޅިގަނޑު ހިންދާލަމުން މަޑުމަޑުން ބުނެލިއެވެ. ”އަހަރެން ބޭނުމެއްނޫން ޔޫހާންގެ އެއްވެސް ސުވާލަކަށް ޖަވާބުދޭކަށް… ދޫކޮށްލާ… ” ނުރުހުންވެފައިހުރެ އައިލީން އެހެން ބުނެ ވަރަށް މަސައްކަތުން ޔޫހާންގެ އަތް ނައްޓާލިއެވެ.

” އައިލީ އައި ސެޑް ލުކް އިންޓު މައި އައިސް…” ކުރިން ހިފަހައްޓާފައިހުރި ވަރަށްވުރެވެސް ބާރަށް އައިލީންގެ އަތުގައި ހިފާ ފާރުގައި ޖައްސާލަމުން ހިތްހަމަނުޖެހިފައިހުރެ ޔޫހާން ބުނެލިއެވެ. އެތައް ފަހަރަކު ބުނުމުންވެސް އައިލީން އޭނަ ބުނި ގޮތަށް ނުހެދުމުން ޔޫހާން ވަރަށް ހިތްހަމަނުޖެހެނުވެ. އޭނައަށް އެހިސާބުން ރުޅިގަނޑު ހިންދާނުލެވުނީއެވެ. ހިތްހަމަނުޖެހުން ވަރުން ޔޫހާންއަށް އެހެން ބުނެވުނީވެސް ވަރަށް ބާރަށެވެ. ޔޫހާން ރުޅި އައިސްފައި އެހާ ބާރަށް ބުނުމުން އައިލީން ސިހިގެން ދިޔައެވެ. ލިބުނު ސިހުމުގައި އައިލީންއަށް އިސްއުފުލާލުމަށްފަހު ޔޫހާންގެ ދެލޮލަށް ބަލައިލެވުނެވެ. އެދެލޮލުންވެސް އޭނަ ރުޅި އައިސްފައިވާކަން ވަރަށް ރަނގަޅަށް ހާމަކޮށްދެއެވެ. ގަބޫލުކުރަން ދަތިވެފައި އައިލީންއަށް ޔޫހާންގެ ދެލޮލަށް ބަލަހައްޓާއިގެން ހުރެވުނެވެ. ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން އައިލީންގެ ލޮލަށް ވަގުތުން ތާޒާ ކަރުނަތައް ޖަމާވާންފެށިއެވެ. އޭރު އޭނަގެ ތުންފަތުގައިވެސް މަޑު ތުރުތުރެއް ހުއްޓެވެ. ކަރުނުން ފުރެމުން ދިޔަ ލޮލާއެކު އައިލީންއަށް ޔޫހާން ފެންނަމުން ދިޔައީ ފުސްކޮށެވެ.

ކަރުނައިން ފުރި ބާރުވެފައިވި އައިލީންގެ ދެލޯ ފެނި ޔޫހާންއަށް މަޑުމަޑުން އައިލީންގެ އަތުން ދޫކޮށްލެވުނެވެ. ހޯސްލައިފައި އެރީތި ދެލޮލުން އައިލީންގެ ދޮން އޮމާން ކޯތާފަތުގައި ކަރުނަތައް ބޮސްދިން މަންޒަރު ފެނުމާއެކު ޔޫހާންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ޔޫހާންއަށް ފުން ނޭވައެއް ދޫކޮށްލަމުން ދެލޯ މަރާލެވުނެވެ. އައިލީން އާއި މެދު އެގޮތަށް ކަންތައް ކުރެވުމުން ޔޫހާން އޭނަގެ އަމިއްލަ ނަފްސު ކުއްވެރިކުރިއެވެ. އޭނަ ހުރީ ވަރަށް ދެރަވެފައެވެ. ދެލޯ ހުޅުވާލިއިރުވެސް އައިލީން ޔޫހާންއަށް ބަލަހައްޓާއިގެން ހުއްޓެވެ. ” އައިލީ އައިމް ސޮރީ… އައިމް ރިއަލީ ސޮރީ… އައިލީ ޕްލީޒް… ޓެލް މީ ވައި އާ  ޔޫ ޑުއިން ދިސް… ވައި އައިލީ… އަހަރެން އިންތިހާއަށް ލޯބިވާއިރު ކީއްވެތަ އަހަންނާ ދުރަށް ތިދަނީ… މިހިތް އެދެނީ އަބަދު ތި ރީތި ސޫރަ ދެކެން… މިހިތް އެދި ގޮވަނީ އައިލީ އަށޭ… ދެން ވައި އާ ޔޫ ޑުއިން ދިސް… ” އައިލީން އާއި ހަތަރުކަޅި ހަމަކޮށްލުމަށްފަހު މަޑުމަޑުން އައިލީންގެ ކޮނޑުގައި ހިފާލަމުން ވަރަށް ދެރަވެފައި ހުރެ ޔޫހާން ބުނެލިއެވެ. ޔޫހާާން ބުނެލި ގޮތުންނާއި އޭނަގެ ލޮލުން ފެންނަމުން ދިޔަ ޖަޒުބާތުތަކުން އައިލީންގެ ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރުކުރިއެވެ.

” އަހަރެންވެސް ޔޫހާންދެކެ ވަރަށް ލޯބިވޭ… އިންތިހާއަށް ލޯބިވަން… މިހިތް ހުއްޓުމެއްނެތި އެދެނީ ޔޫހާންގެ ލޮއެބަށް… ޔޫހާންގެ ދެއަތުގެ ތެރޭގައި ވުމަށް އަހަރެންގެ މިހިތް އަބަދުވެސް އެދޭ… ތި ސޫރަ ދެކެލުމަށް މިހިތް ތެޅިފޮޅޭ… ތި ރީތި ޖާދުވީ އަޑު އަހާލުމަށް ކެތްމަދުވެފައި ހުރެވޭ… ޔޫހާންގެ ކޮންމެ ލޯބިވެތި އަމަލަކަށް މަރުޙަބާ ކިޔުމަށް މިހިތް އެދި ގޮވަމުންދޭ… ތި އަސަރުގަދަ ދެލޮލުން އެންމެ ކަރުނަތިއްކެއްވެސް ވެއްޓެން އަހަރެންގެ ހިތެއް ނޭދޭ… ޔޫހާން ދެރަވާފަދަ… ތިހިތަށް ތަދު އިހުސާސް ކުރެވޭނެ ފަދަ އެއްވެސް ކަމެއް ކުރާކަށް އަހަރެންގެ ހިތެއް ނޭދޭ… ޔޫހާންގެ ދެލޯ ފޮހެލާދޭން އަހަރެންވެސް ބޭނުން… އަހަރެންގެ ހިތުގަ ޔޫހާންއަށްޓަކައި މިވާ ފުން ލޯބި އަންގައިދޭން ބޭނުން… ޔޫހާން އާ ނުލާ ނޫޅެވޭނޭ ބުނަން ބޭނުން… އެކަމަކު… އެކަމަކު މިއަދު އަހަންނަށް މަޖުބޫރު… ތި ލޮއެބާ ދުރަށް ދާން… ޔޫހާން އާ ދުރަށް ދާން އަހަރެންނަށް މަޖުބޫރު… އެއީ ޔޫހާންއަށް ރަނގަޅަކަށް… ޔޫހާންގެ އާއިލާއަށްޓަކައި… އަހަރެންގެ އެންމެ ގާތް އެކުވެރިންނަށްޓަކައި… ޔޫހާންގެ ތިހިތަށް އަނިޔާ ދީ ރޮއްވާލުން ނޫން އިތުުރު ގޮތެއް ނެތް… އިންތިހާއަށް ލޯބިވާ އިރުވެސް ތި ލޮއެބާ އެތައް ހާސް މޭލެއް ދުރުގައި އަހަރެން ހުންނަންޖެހެނީ… ތިގޮތަށް އަހަރެން ގާތު އާދޭސް ނުކުރޭ… މިހިތް ކުދިކުދިވޭ ޔޫހާން ތިހެން ފެނުމުން… އަހަރެން އަބަދުވެސް ލޯބިވާނީ ޔޫހާންދެކެ… ދުވަހަކުވެސް ތިނޫން އެހެން ފަރާތެއް ދެކެ ލޮއެބެއް ނުވެވޭނެ… ހިތާ ފުރާނައިން ތެދުވެރިކަމާއެކު އަހަރެން ޔޫހާންދެކެ ލޯބިވަން… ޔޫހާންގެ މިލްކަކަށް އަހަރެންނަށް ވެވޭނެ ދުވަހަކަށް ލޮއެބާއެކު އިންތިޒާރުގައި ހުންނާނަން… ” ޔޫހާންގެ އަސަރުގަދަ ދެލޮލަށް ގެއްލިފައި ހުރި އައިލީންގެ ހިތުގައިވީ އެހެންނެވެ. ޔޫހާން ގާތު އެހުރިހާ އެއްޗެއް ބުނަން ބޭނުންވިނަމަވެސް އައިލީންގެ ދުލަކަށް އެއިން އެންމެ ބަހެއްވެސް ނައެވެ. އެވާހަކަތައްވީ އޭނަގެ ކުދިކުދިވަމުން ދިޔަ ހިތުގެ ތެރޭގައެވެ. ހިތް މެޔާއިލާ ފިތޭ ކަހަލަ އިހުސާސެއް އައިލީންއަށް ކުރެވެމުން ދިޔައެވެ. ކަރުނުން ބަރާވެފައިވި އައިލީންގެ ދެލޮލަށް ބަލަހައްޓާއިގެން ޔޫހާންއަށްވެސް ހުރެވުނީއެވެ. ” އައި ޑޯންޓް ހޭވް އެނީ އަދާ ޗޮއިސް… ” ހިތުގައި އެހުރިހާ އެއްޗެއްވީއިރުވެސް އައިލީންގެ ދުލު ކުރި އާއި ހަމައަށް އައީ ހަމައެކަނި އެ ލަފްޒުތަކެވެ. އެ ލަފްޒުތައް ބޭރުވެގެން ދިޔައީ އޭނަގެ އެެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އައިލީން ކިތަންމެ މަޑުން ބުނި ނަމަވެސް ޔޫހާންއަށް އެއަޑު ވަރަށް ސާފުކޮށް އިވުނެވެ. ބުނެވުނު އެތި ރޭކާލުމާއެކު އައިލީން އަވަސް އަވަހަށް އޭނަގެ ކޮނޑުގައި ހިފަހައްޓާފައިވި ޔޫހާންގެ އަތް ނައްޓުވާލުމަށްފަހު ދުވެފައި އެގެއިން ނިކުތެވެ.

ޔޫހާންއަށް ހޭވެރިކަންވީ އައިލީންގެ އެއަމަލުންނެވެ. އައިލީން ބުނެލި ލަފްޒުތަކާއިމެދު ވިސްނަން ޔޫހާންއަށް ހުރެވުނީއެވެ. ” އައި ޑޯންޓް ހޭވް އެނީ އަދާ ޗޮއިސް… ” އައިލޫންގެ ދުލުން ބޭރުވެގެން ދިޔަ ލަފްޒުތައް ޔޫހާން އޭނަގެ އަމިއްލަ ނަފްސަށް އަޑުއިވޭ ވަރަށް ތަކުރާރުކޮށްލިއެވެ. އިރުކޮޅަކު އޭނަ އެއްވެސް ހަރަކާތެއްނެތި ވިސްނަން ހުއްޓެވެ. އެއާއެކު އެންމެ ފުރަތަމަވެސް ޔޫހާންގެ ސިކުނޑިއަށް ވެރިވީ ދިނާޖުގެ ނަމެވެ. އެހިނދު އޭނައަށް އަތް މުއްކަވާލެވުނެވެ. ވިސްނުމަށް ގެއްލިފައިހުރި ޔޫހާން ސިހުނީ އޭނަގެ ކޮނޑުގައި ފަހަތުން އަތް ބާއްވާލުމުންނެވެ. ” އެއްވެސް އެއްޗެއް އެނގުންތަ؟ ” ޔޫހާން ފަސްއެނބުރި ބަލާއިލުމާއެކު ޔައިޝް ބުނެލިއެވެ. އޭރު ޔައިޝްގެ ކައިރީގައި އިފާންގެ އިތުރުން ރިފްޝާ އާއި ޝައުނާވެސް ހުއްޓެވެ. ” މާބޮޑު އެއްޗެއް ނޭނގުން… އެތައް ފަހަރަކު އެހިން… ޖަވާބެއް ނުދިން… ބުނިހާވެސް އެއްޗަކީ އައި ޑޯންޓް ހޭވް އަދާ ޗޮއިސް… ” ޔޫހާން އެންމެންގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. ” ޔޫން ކީއްވެތަ ދެންމެ އައިލީ ނުހުއްޓުވީ… ” ކުޑަކޮށް ހިތަހަމަނުޖެހިފައި ހުރެ ރިފްޝާ އަހާލިއެވެ. ”ކިތައް ފަހަރު އަހަރެން ހުއްޓުވާނީ… ދިޔަ ނުދީ ހިފަހައްޓާއިގެން ބުނާނެނަމަ މިހާރު ބުނެފީސް… އައިމް ޝުއާ ސަމްތިން އީޒް ރޯންގް… އައިލީ ކިތަންްމެ މަޑުމަޑުން ބުނިކަމުގައިވިޔަސް އަހަރެންނަށް ހަމަ ރީތިކޮށް އަޑު އިވުން… އައިލީ ބުނީ އިތުރު ޗޮއިސްއެއް ނެތްކަމަށް… ދެޓް މީންސް އައިލީއަށް މަޖުބޫރުވީ އޭ އަހަންނާ ދުރުވާާން… ” ވިސްނާލުމަށްފަހު ދެލޯ ހަނިކޮށްލަމުން ޔޫހާން ބުނެލިއެވެ. އެއާއެކު އެންމެންގެ ނިތައް ރޫތައް ޖަމާވިއެވެ. ”މަޖުބޫރު… އެކަމަކު ކާކު މަޖުބޫރު ކުރާނީ… ” ސުވާލުން ފުރިގެންވީ ނަޒަރެއް ޔޫހާންއަށް ދެމުން ޔައިޝް އަހާލިއެވެ. ” ދިނާޖު… ” ޔޫހާން ޖަވާބުގައި ބުނެލިއެވެ. ” ކުރިންވެސް ދިނާޖު ވަނީ އަހަރެމެން ދުރުކުރަން މަސައްކަތްކޮށްފަ… މިފަހަރުވެސް ވެދާނެއެއްނު އޭނަގެ ކަމެއް ކަމަށްވެސް… ” ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ބަލައިލަމުން ޔޫހާން ބުނެލިއެވެ. އެންމެނަށްވެސް މިއީ ދިނާޖުގެ ކަމަކަށް ވެދާނެކަމަށް ގަބޫލުކުރެވުނެވެ. ” މިވެގެން އުޅޭ ގޮތެއް އެބަޖެހޭ ކޮންމެހެންވެސް ބަލަން… ސޯ ގާއިސް.. ލެޓްސް ޑޫ ސަމްތިން… އަހަރެން މިހާރު މިދަނީ ނައުރީންމެން ގެއަށް… އޭނަ ފަރާތުން ދިނާޖުގެ ކަމެއްތޯ މިއީ ފަހަރެއްގެ އިނގިދާނެ… ޔައި އާ ފާން ދޭން ރިފޫ ގެއަށް ލާން… މަ ޚަބަރެއް ވާނަން ފަހުން… ރިފޫ އާ ޝައުވެސް ބަލާތި އައިލީ ފަރާތުން އެއްޗެއް އެނގޭތޯ… އޯކޭ… ” ޔޫހާން އެހެން ބުނުމުން އެންމެންވެސް އެއްބަސްވިއެވެ. ރިފްޝާ އާއި ޝައުނާ ގެއަށް ލާން ދިއުމަށް އިފާން އާއި ޔައިޝް ސައިކަލުގައި މިސްރާބުޖެހިއިރު ޔޫހާންގެ މިސްރާބަކަށްވީ ނައުރީންގެ ގެއެވެ.

ސިޓިންރޫމުގައި ވާހަކަ ދައްކަން އައިހަމް އާއި އާޝިޔާގެ އިތުރުން މާނިއު އާއި ރިޝްފާ އަދި އާފިޔާ ތިއްބެވެ. ކުއްލިއަކަށް ބެލް އެޅި އަޑުއިވުމުން އައިހަމް ސޯފާއިން ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ. ” އައިލީ… ” ރޮއެރޮއެ ރަތްވެ ދުޅަވެފައިވި އައިލީންގެ ދެލޯ ފެނި އައިހަމްއަށް މަޑުމަޑުން އައިލީންގެ ނަން ކިޔާލެވުނެވެ. އޭރުވެސް އައިލީންއަށް ދިޔައީ ކޮންމެވެސް ވަރަކަށް ގިސްލެވެމުންނެވެ. ” ދޮންބޭ… ” އައިލީން ދޮންބޭ އޭ ކިޔާ އައިހަމްގެ ގައިގައި ބާރަށް ބައްދާލަމުން ގިސްލަ ގިސްލާފައި ރޯންފެށިއެވެ. އެންމެންވެސް ހައިރާންވެ ކަންބޮޑުވިއެވެ. ލިބުނު ހައިރާންކަމުގައި ސޯފާގައި ތިބި އެންމެނަށްވެސް ތެދުވެވުނެވެ. އެންމެންގެ މޫނު މަތިންވެސް ފެންނަމުން ދަނީ އިންތިހާއަށް ކަންބޮޑުވުމެވެ. ” އައިލީ… ދޮންބެގެ ޕްރިންސަސް… ކިހިނެއްވީ… އައިލީ… ބުނެބަލަ ދޮންބެ ގާތު ކިހިނެއްވެތަ ތި ރޮނީ… ޕްރިންސަސް ޓެލް މީ… ” އައިލީންގެ ހަށިގަނޑުގައި އެއް އަތުން ވަށާލައިގެން ހުރެ އަނެއް އަތުން އައިލީންގެ ބޮލުގައި ފިރުމާލަމުން ނުހަނު އޯގާތެރިކަމާއެކު އައިހަމް ވާހަކަ ދެއްކިއެވެ. އެއްވެސް ޖަވާބެއް ދިނުމެއްނެތި އައިލީން ދިޔައީ ގިސްލަ ގިސްލާފައި ރޮމުންނެވެ. ” އައިލީ… ކިހިނެއްތަވީ… ކީއްވެތަ ތިރޮނީ… ދޮންތަމެން އެންމެން ނުލާހިކު ބިރުންނޭ މިތިބީ އައިލީ ތިހެން ރޯތީ… ވީ ގޮތެއް ބުނެބަލަ އައިލީ… ” އާޝިޔާވެސް އައިސް އައިލީންގެ ކޮނޑުގައި އަތް ބާއްވާލަމުން ކަންބޮޑުވެފައިހުރެ އަހާލިއެވެ. އެހެނަސް މިފަހަރުވެސް އައިލީންގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ދެވަނަ ފަހަރަށް އާޝިޔާ އެއްޗެކޭ ބުނަން އުޅުމުން އައިހަމް އޭނަގެ އަތުން މަނާކުރިއެވެ. އަދި ދެލޯ މަރާލިއެވެ. އެއާއެކު އާޝިޔާ ބޯޖަހާލިއެވެ.

” އައިލީ… ސްޓޮޕް ކްރައިން… ހިނގާބަލަ ކޮޓަރިއަށް… ޕްރިންސަސް… ކަމް ވިތް މީ… ” އައިލީން އޭނަގެ ގަޔާއި ދުރުކޮށްލުމަށްފަހު ކަރުނަތައް ފޮހެލައިދެމުން އައިހަމް ބުނެލިއެވެ. އަދި އައިލީންގެ ކޮނޑުގައި ދެއަތުން ހިފަހައްޓާލަމުން ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. މަޑުމަޑުން އައިހަމްއާއެކު އައިލީން ކޮޓަރިއަށް ވަނެވެ. އޭރުވެސް އައިލީންއަށް ދިޔައީ ގިސްލެވެމުންނެވެ. ” ޕްރިންސަސް… ދެން ބުނެބަލަ ދޮންބެ ގާތު ކިހިނެއްވީ… ދޮންބެއަށް އެނގޭ ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން… ” އައިލީން އެނދުގައި ބައިންދަމުން އޯގާތެރިކަމާއެކު އައިހަމް ވާހަަކަ ދެއްކިއެވެ. އައިލީން އިނީ ދެފިކުރެއްގައެވެ. ދޮންބެ ގާތު ބުނަންވީ ބާއެވެ. ނޫނީ ސިއްރުކުރަންވީ ބާއެވެ. އެކަމަކު އޭނައަކަށް ދެން ކެތެއްނުކުރެވޭނެއެވެ. ހިތުގައި ހުރިހާ އެއްޗެއް ފޮރުވައިގެން ނުހުރެވޭނެއެވެ. އިސްޖަހާލައިގެން އިނދެ ގިސްލަމުން ދިޔަ އައިލީން އިސްއުފުލާލުމަށްފަހު އައިހަމްއަށް ބަލައިލިއެވެ. ” ޕްރިންސަސް… ޓެލް މީ… ” އައިލީން ބަލައިލުމާއެކު އައިހަމް ބުނެލިއެވެ.

އައިލީން އައިހަމް ގާތު ހުރިހާ ވާހަކައެއް ބުނަން ނިންމިއެވެ. އޭނާ ފުން ނޭވައެއް ލުމަށްފަހު ހަމަޖެހިލިއެވެ. އައިލީން ދިޔައީ ވާހަކަ ފަށާނެ ގޮތަކާއިމެދު ވިސްނަމުންނެވެ. ” އައިލީ… ބުނެބަލަ ކިހިނެއްތަ ވީ… ” އައިލީން އެއްޗެކޭ ނުބުނެ އިންނަން ފެށުމުން އައިހަމް އަނެއްކާވެސް ސުވާލުކުރިއެވެ. ” ދޮންބޭ… އައި… އައި ވޯންޓް ޔޫހާން… އައި ލަވް ހިމް ދޮންބޭ… ޔޫހާން އާއި ނުލާ ނޫޅެވޭނެ އަޅުގަނޑަކަށް… ” ވާހަކަ ފަށާނޭ ގޮތެއް ނޭނގުމުން ރޮވިފައި އިނދެ އައިލީންއަށް ބުނެވުނީ އެހެންނެވެ. ” ދެން ކީއްވެ އައިލީ އެހެން ކަންތައް ކުރީ… އައިލީ އަމިއްލައަކަށްނު ޔޫހާން އާ ދުރުވީ… ” އައިހަމް ސުވާލުކުރިއެވެ. ” އައި ޑޯންޓް ހޭވް އެނީ އަދާ ޗޮއިސް ދޮންބޭ… އައި… އައި ޑިޑިންޓް ވޯންޓް ޓު ހާޓް ހިމް… އެކަމަކުވެސް… އަޅުގަނޑަށް އެނޫން ގޮތެއް ނެތޭ… އެންމެންގެ އުފަލަށްޓަކައި ޔޫހާން އާ ދުރުވާން އަޅުގަނޑަށް މަޖުބޫރުވީ… ” ރޮވިފައި އިނދެ އަސަރާއެކު އައިލީން ވާހަކަ ދައްކަމުން ދިޔައެވެ. އައިލީން ދައްކަމުން ދިޔަ ވާހަކައަކުން އައިހަމްގެ ހިތުގައި ސުވާލުތައް ފުނިޖެހިގެން ދިޔައެވެ. ” ޕްރިންސަސް… ކާކު މަޖުބޫރު ކުރީ ޕްރިންސަސްއަށް… ބުނޭ ދޮންބެ ގާތު… ކޮންކަމަކަށް މަޖުބޫރު ކުރީ… ޓެލް މީ ޕްރިންސަސް… ” އައިލީންގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އައިހަމް އޭނަގެ ހިތުގައި އުފެދުނު ސުވާލުތައް ކޮށްލިއެވެ. ” ޔޫހާންގެ ބައްޕަ… ” އައިހަމްއަށް ބަލަހައްޓާއިގެން އިނދެ އައިލީން ބުނެލިއެވެ. ” ޔޫހާންގެ ބައްޕަ… އެކަމަކު ކީއްވެ… ކިހިނެއް… ” އައިހަމް މިފަހަރުވެސް އައިލީންއަށް ސުވާލުތައް އަމާޒުކޮށްލިއެވެ. ”ޔޫހާންގެ ބައްޕަ ގަބޫލެއްނޫނޭ އަޅުގަނޑުމެންގެ ގުޅުމަކަށް… މީގެ ތިން ދުވަސް ވަރު ކުރިން އަޅުގަނޑު… އަޅުގަނޑު ދިޔައީ ފިހާރައަކަށް ދޮންތަ ބުނެގެން މޭވާކޮޅެއް ގަންނަން…. އެދުވަހު ދަނިކޮށް… ނުދަންނަ ނަމްބަރަކުން ގުޅީ… އެކަމަކު އަޅުގަނޑު ފޯނެއް ނުނަގަން… ދެވަނަ… ދެވަނަ ފަހަރަށްވެސް ގުޅި… އެފަހަރުވެސް ނުނަގަން… ދެން ތިންވަނަ ފަހަރު  ގުޅީމަ އަޅުގަނޑު ފޯނު ނެގީ… އޭރު ގުޅީ ޔޫހާން ބައްޕަ… އަޅުގަނޑު ހުރީ ވަަރަށް ބިރުން… ޔޫހާން ބައްޕަ ބުނީ… ވާހަކަ ދައްކާލަން ބޭނުންވާކަމަށް… އެވަގުތު ޔޫހާާންމެންގެ އޮފީހުން ބައްދަލުކުރުމަށް އަޅުގަނޑު ކައިރީ އެދުނީ… ވަރަށް ބިރުން ހުރީ… އެކަމަކުވެސް ހިތަށް އެރީ ދާނިއްޔޭ ބައްދަލުކުރަން… ދެން އަޅުގަނޑު ދިޔައީ ޓެކްސީއެއްގަ އެ އޮފީހަށް… ” ހުއްޓަ ހުއްޓާއިގެން ނަމަވެސް އައިލީން އެދުވަހު ކަންތައް ވީގޮތް ކިޔައިދެމުން ދިޔައެވެ.

” ދެން ކިހިނެއްވީ އައިލީ… ” ވަކިވަރަކަށް ކިޔައިދިނުމަށްފަހު އައިލީން އެއްޗެކޭ ނުބުނުމުން އައިހަމް ސުވާލުކުރިއެވެ. ” އަޅުގަނޑު ދިޔައިރު ހުރި ޔޫހާން ބައްޕަ… އެދުވަހު ވަރަށް ބޮޑު ހަގީގަތެއް އިނގުން އަޅުގަނޑަށް… ” އައިލީން އަނެއްކާވެސް އެހިސާބަށް ބުނެފައި ހުއްޓާލިއެވެ. ”ކޮން ހަގީގަތެއް ޕްރިންސަސް… ” އައިހަމް އަވަސް އަވަހަށް ސުވާލުކޮށްލިއެވެ. ” ދޮންބޭ… އާފިޔާއްތަ… އާފިޔާއްތަ އަކީ… އާފިޔާއްތަ އަކީ ޔޫހާން ބައްޕަގެ އެއްބަނޑު އެއްބައްފާ ކޮއްކޮ… ޔޫހާން އެން ރިފޫއަކީ ކަޒިންސް… ” އިވިގެންދިޔަ ވާހަކައްގެ ސަބަބުން އައިހަމްއަށް އިރުކޮޅަކު އެއްވެސް އެއްޗެކޭ ނުބުނެ އިނދެވުނެވެ. އޭނައަށް ލިބިގެން ދިޔައީ ވަރަށް ބޮޑު ހައިރާންކަމެކެވެ. ”އަޅުގަނޑަށް ބައިވަރު ފޮޓޯވެސް ދެއްކި އެދުވަހު… އާފިޔާއްތަ އާ ރިފޫގެ އިންނަނީ ޔޫހާން ގޮތަށް އަޅި ކުލައިގެ ކަޅިއެއްނު… ޔޫހާންގެ ބައްޕަވެސް ހަމަ އެކުލައިގެ ކަޅިއެއް އިންނަނީ… އަޅުގަނޑަކަށް ނޭނގެ އާފިޔާއްތަ އެމީހުނާ ދުރުގަ އަޅުގަނޑުމެން ރަށުގަ އުޅެން ޖެހުނު ސަބަބެއް… ޔޫހާން ބައްޕަ އެދުނީ އަޅުގަނޑު ގާތު ޔޫހާންގެ ހަޔާތުން ދުރަށް ދިއުމަށް… ޔޫހާންގެ ބައްޕަ ބުނުމުންވެސް އަޅުގަނޑާ ޔޫހާން ދުރުނުވީމަ އަޅުގަނޑު ގާތު އެދުނީ… ޔޫހާން ބައްޕަ ބޭނުން ވަނީ ޔޫހާން އާ… ޔޫހާން އާ ނައުރީންގެ ކައިވެނި ކުރުވަން… ޔޫހާން ބައްޕަ ބުނީ މާޒީގައި ވަރަށް ބޮޑު ކަންތައްގަނޑެއް ހިނގައިގެން އާފިޔާއްތަ އެއްވެސް ގުޅުމެއް ނުބާއްވާކަމަށް މިހާރު… ޔޫހާންގެ ބައްޕަ އަޅުގަނޑަށް މަޖުބޫރު ކުރީ ޔޫހާން އާ ދުރަށް ދާން… އަޅުގަނޑު ޔޫހާންގެ ހަޔާތުން ދުރުވެއްޖެނަމަ އާފިޔާއްތަ އާއި އާފިޔާއްތަގެ ކުދިންއެ އާއިލާގެ ހިއްސާއެއްގެ ގޮތުގަ ބަލާނެކަމަށް ބުނި… މާޒީ އެއްފަރާތްކޮށް އެދެމެދުގައި ހީނަރުވެފައިވި ގުޅުން އަލުން އާރާސްތު ކުރާނެކަމަށް ބުނި… އެކަމަކު… އެކަމަކު އަޅުގަނޑު ޔޫހާން އާ ދުރުނުވެއްޖެނަމަ… އާފިޔާއްތަމެނާއި އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށް ބުނި… އާފިޔާއްތަ އަކީ އެއާއިލާގެ މެންބަރެއްގެ ގޮތުގައި ނުދެކޭނެ ކަމަށް ޔޫހާންގެ ބައްޕަ ބުނީ… އަދި… އަދި ޝައު އާ ޔައިޝްގެ ގުޅުންވެސް ކުރިއަށް ނުގެންދެވޭނެކަމަށް ބުނި… އެއީ… ޔައިގެ ބައްޕަ އަކީ ޔޫހާންގެ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއް… އެގުޅުމުގައިވެސް މައްސަލަތައް އުފައްދާ އެގުޅުން ކުރިއަށް ގެންދިޔަ ނުދޭނެކަމަށް ބުނި… ޔޫހާން އަޅުގަނޑާ ކައިވެނި ކޮށްފިނަމަ ޔޫހާންގެ ބައްޕަ ޔޫހާން އާ އެއްވެސް ގުުުޅުމެއް ނުބާއްވާނެކަމަށް ބުނި… ދެން… ދެން ކިހިނެއް އަޅުގަނޑު ޔޫހާންގެ ހަޔާތުގައި ދެމިހުންނާނީ… ޔޫހާންގެ ހަޔާތުގަ އަޅުގަނޑު ހުރެއްޖެނަމަ އެންމެނަށްވެސް ލިބޭނީ ގެއްލުން… އެންމެމަށްވެސް ލިބޭނީ ދެރަ… ރިފޫ… ރިފޫ އަބަދުވެސް ބޭނުންވޭ އޭނަގެ ފެމެލީ މީހެއް ހުރުން… ރިފޫގެ ބައްޕަ ފަރާތުން އެއްވެސް މީހަކު ނެތްއިރު މަންމަ ފަރާތުން އާއިލާގެ މެމްބަރަކު ހުރިކަން އެނގުނީމަ… ކިހާ އުފާވާނެ… އާފިޔާއްތައަށް އާފިޔާގެ ބޭބެ އަނބުރާ ލިބޭނެ… އާފިޔާއްތައަށާ ރިފޫ އަދި ރިޝްތައަށް އެމީހުންގެ ލޮއެބާއި އަޅާލުން ލިބޭނެ… ޔައިޝް އާ ޝައުއަށް އެމީހުންގެ ލޯބި ހާސިލްވާނެ… އެކަމަކު… އަޅުގަނޑު ޔޫހާން އާ ދުރުނުވެއްޖެނަމަ ޔޫހާންއަށް އޭނަގެ ބައްޕަ ގެއްލޭނެ… ބައްޕައެއްގެ ލޮއެބާއި އަޅާލުން ބީވެގެންދާނެ… އާއިލާއެއް ރޫޅިގެންދާނެ… އަޅުގަނޑުގެ ސަބަބުން ބައެއްގެ ދިރުއުޅުން ގެއްލޭކަށް ނޭދެން… އާއިލާއެއް ރޫޅިދާކަށް ނޭދެން… ދޮންބެ ބުނެބަލަ އަޅުގަނޑަށް ކެރޭނެތަ ޔޫހާން އާ ގުޅުން ބާއްވަން… އަޅުގަނޑުމެން ދެމީހުން ކިތަންމެ ލޯބިވިޔަސް ދުވަހަކުވެސް އަޅުގަނޑުމެންނަކަށް އުފާވެރި ދިރިއުޅުމެއް ނުލިބޭނެ… އަޅުގަނޑު ބޭނުމީ އެންމެންވެސް އުފަލުގަ ތިބުން… އެހެންވެ އަޅުގަނޑުދެކެ ލޯބިވާ ގާތް މީހުންގެ އުފާތައް އަޅުގަނޑު އިސްކުރީ… ”

އިވިގެން ދިޔަ ވާހަކަ ތަކެއްގެ ސަބަބުން ރިފްޝާ އާއި ޝައުނާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އައިލީން އެމީހުނަށްޓަކައި އޭނަގެ އުފާތައް ގުރުބާންކުރީއެވެ. ކުޑަކޮށް ދޮރު ހުޅުވައިގެން ތިބުމުގެ ސަބަބުން ރިފްޝާ އާއި ޝައުނާއަށް އަދި އެމީހުންގެ ފަހަތުގައި ތިބި އާފިޔާމެނަށްވެސް އައިލީން އާއި އައިހަމް ދެއްކި ހުރިހާ ވާހަކައެއްވެސް ވަރަށް ރީތިކޮށް އަޑު އިވުނެވެ. އައިލީންގެ އަސަރުގަދަ ވާހަކަތަކުގެ ސަބަބުން އެންމެންގެ ލޮލުންވެސް ކަރުނަ ހިލުނެވެ. އެވާހަކަތަކުން އެންމެ ބޮޑަށް އަސަރު ކުރީ ރިފްޝާގެ ކުޑަ އާއިލާއަށެވެ. ރިފްޝާގެ އިތުރުން ރިޝްފާ އާއި އާފިޔާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައެވެ.

އައިލީންގެ އަސަރުގަދަ ވާހަކަތަކުން އައިހަމްގެ ލޮލަށްވެސް ކަރުނަ ޖަމާވިއެވެ. ކޮއްކޮގެ އެ ކެތްތެރިކަމަށް ހިތާއިހިތުން ތަޢުރީފުކުރަމުން އައިހަމް އައިލީން ނެގެސް އެ މޭގައި ފޮރުވާލިއެވެ. މީހެއްގެ އެހީތެރިކަމާއި އަޅާލުން އެފަދަ ވަގުތެއް ލިބުމުން އައިލީންއަށް ގިސްލަ ގިސްލާފައި ރޯންފެށުނެވެ. އެ ރުއިމުގައިވީ ހިތްދަތިކަމެވެ. ވޭނުން ފުރިގެންވީ އެރުއިމުގެ އަޑު އިވޭ ކޮންމެ ހިތަކަށްވެސް އަސަރުކުރާނެކަން ގައިމެވެ. ”ދޮންބޭ… އައި… އައި ލަވް ހިމް… އައި ޑޯންޓް ވޯންޓް ޓު ހާޓް ހިމް… ވަރަށް ލޯބިވޭ ޔޫހާންދެކެ… ” ރޮމުން ރޮމުން އައިލީން އޭނަގެ ހިތުގެ ހާލަތު ބަޔާންކުރަމުން ދިޔައެވެ. ބާރަށް އައިހަމްގެ ގަމީހުގެ ހިފަހައްޓާލައިގެން އޭނަގެ މޭމަތީގައި ބޯއަޅާއިލައިގެން އޮތް އައިލީންގެ ހޫނު ކަރުނަތަކުން އައިހަމްގެ ގަމީސް ތެތްމަމުން ދިޔައެވެ. އައިހަމް އައިލީންގެ ބޮލުގައި ލޮއެބާއެކު ފިރުމާލަ ފިރުމާލަ އޭނަ ރޯނެވަރަކަށް ރޯން ފުރުސަތުދީގެން އިނެވެ.

ކޮޓަރީގެ ދޮރު މަޑުމަޑުން ލައްޕާލަމުން ރިފްޝާ އާފިޔާގެ މޫނަށް ބަލައިލިއެވެ. އެއާއެކު އާފިޔާއަށް އިސްޖަހާލެވުނެވެ. ރިފްޝާ އާފިޔާގެ އަތުގައި ހިފައިގެން އާފިޔާމެން ތިބޭ ކޮޓަރިއަށް ވަނެވެ. އެހެން މީހުންވެސް އެދެމީހުންގެ ފަހަތުން އެކޮޓަރިއަށް ވަނެވެ. ރިފްޝާ ގޮސް އާފިޔާ އެނދުގައި ބޭންދިއެވެ. އަދި އޭނަ އާފިޔާގެ ކުރިމަތީގައި ކަކޫ ޓައިލްސްތަކުގެ މަތީގައި ޖައްސާލަމުން ތިރިވެލިއެވެ. ރިޝްފާ އައިސް އާފިޔާގެ އެެއްފަރާތުން އެނދުގައި އިށީނެވެ. ކައިރީގައި ތިބި އެންްމެންވެސް ތިބީ ރިފްޝާގެ އަމަލުތަކަށް ބަލަހައްޓާއިގެންނެވެ. ” މަންމާ… އައިލީ… އައިލީ އެބުނީ ތެދެއްތަ… ” ޖޯޑުކޮށްލެވިފައިވި އާފިޔާގެ އަތުގައި ހިފަހައްޓާލަމުން ރިފްޝާ އަހާލިއެވެ. އާފިޔާ އިސްޖަހާލައިގެން މަޑުމައިތިރިކަމާއެކު އިނެވެ. އޭރުވެސް ހުއްޓުމެއްނެތި އެދެލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. ” މަންމާ… އަޅުގަނޑު އެބަ ސުވާލެއްކުރަމޭ… އައިލީ އެބުނީ ތެދު ވާހަކައެއްތަ… މަންމަގެ އެއްބަނޑު އެއްބައްފާ ބޭބެއެއް ހުރޭތަ… ޔޫންގެ ބައްޕަ އަކީ އަޅުގަނޑުމެންގެ ބޮޑުބެތަ… ” ރިފްޝާ ދެވަނަ ފަހަރަށްވެސް ސުވާލުކުރިއެވެ. އެއާއެކު އާފިޔާ ބޯޖަހާލިއެވެ. ރިފްޝާއަށް ފުން ނޭވައެއް ދޫކޮށްލަމުން ޓައިލްސްތަކުގެ މަތީގައި އިށީންދެވުނެވެ. ރިޝްފާއަށް ބުނާނެ އެއްޗެއް ނޭނގުނު އިރު އެެއްވެސް ހަރަކާތެެއްނެތި އިނދެވުނީއެވެ. ” މިހުރިހާ ދުވަސްވީއިރުވެސް އަޅުގަނޑުމެނަށް ނޭނގެ އެކަމެއް… މަންމަ އެންމެ ކުޑަމިނުން ބުނެލިނަމަ… ” ޝަކުވާއިން ފުރިގެންވީ ރާގެއްްގައި އާފިޔާއަށް ބަލައިލަމުން ރިފްޝާ ބުނެލިއެވެ. އޭރު ރިފްޝާގެ ލޮލަށް ވަނީ ކަރުނަތައް ޖަމާވެފައެވެ. ” މަންމައަށް މާފު ކުރޭ… މަންމަ ބޭނުންނުވީ އެދުވަސްތައް ހަނދާންކުރަން… މަންމައަށް ޔޫހާން އަކީ ދަރިފުޅުމެންގެ ބޮޑުބެގެ ދަރިއެއްހެން ހީވާތީ އޭރުވެސް ޔޫހާން އާ ބެހޭގޮތުން ސުވާލުކުރެވެނީ… އެހާ ވައްތަރުވީމަ އަބަދުވެސް ހީވި އެހެން… އެންމެ ފަހުން ހީވިހީވުން މިވީ ހަގީގަތަކަށް… ” އާފިޔާވެސް ރޮވިފައި އިނދެ ބުނެލިއެވެ.

” މަންމަ އާ ބޮޑުބެމެނާ ދެމެދު އެހާ ބޮޑު ދުރުކަމެއް އުފެދެން ޖެހުނީ ކީއްވެ؟ ” މަޑުމަޑުން އިން ރިޝްފާގެ ދުލުން އިވުނީ އެތަނުގައި ތިބި އެންމެންގެ ހިތުގައިވެސް އުފެދިފައި ސުވާލެވެ. ރިޝްފާގެ ސުވާލު އަޑުއިވުމާއެކު އާފިޔާ އޭނައަށް ބަލައިލިއެވެ. އިސްޖަހައިލަމުން ފުން ނޭވައެއް ދޫކޮށްލުމަށްފަހު އާފިޔާ އޭނަގެ މާޒީގެ ވާހަކަ ކިޔައިދޭން ފެށިއެވެ. ”އެއީ ވަރަށް ދިގު ވާހަކައެއް… ދަރިފުޅުމެންގެ ބައްޕަ އާ މަންމައަކީ އެއްކުލާހެއްގަ ކިޔަވަމުން ދިޔަ ދެމީހުން… ކިޔަވަން އުޅުނު އިރުންސުރެން ދެމީހުން އެކަކު އަނެކަކުދެކެ ލޯބިވޭ… ކިޔެވުން ނިމުމުންވެސް ދެމީހުންގެ ދެމެދުގައި އޮތް ގުޅުމަކަށް ބަދަލެއް ނާދޭ… ދެމީހުން  ބައްދަލުވެ ހަދަން މަންމަގެ އާއިލާ އާ ސިއްރުން… އެއްދުވަހަކު ދަރިފުޅު ކާފައަށް އެނގުނީ މަންމަ އާ ދަރިފުޅުމެންގެ ބައްޕަގެ ގުޅުން ކާފަގެ ރައްޓެއްސެއްގެ ފަރާތުން… އެކަމާ ކާފަ ވަރަށް ރުޅިއައި… ވަރަށް ހިތްހަމަނުޖެހުން… ކާފަ ވަގުތުން މަންމަ އާ ބައްޕަގެ ގުޅުމަށް ނުގަބޫލުވި… ދެތިން ދުވަސްތެރޭ ކާފަ މަންމަ އާ އެހެން މީހެެއްގެ ކައިވެނި ހަމަޖެއްސި… މަންމަ އާދޭސްކުރިން އެކަން ހުއްޓުމަށް އެދި…ތަކުރާރުކޮށް އެކައިވެނި ނުކުރާނެ ކަމަށް ބުނިން… އެކަމަކު ދަރިފުޅުމެންގެ ކާފައެއް ބޮޑުބޭބެއެއް ގަބޫލެއްނުވިއެވެ. ދަރިފުޅުމެންގެ މާމަ ވަރަށް މަސައްކަތްކުރި ދަރިފުޅުމެންގެ ކާފައަށާ ބޮޑުބެއަށް ވިސްނައިދެވޭތޯ… އެކަމަކުވެސް އެކަން ކާމިޔާބެއް ނުވު… ކާފަމެން މިގުޅުމަށް ގަބޫލުނުވީ ދަރިފުޅުމެންގެ ބައްޕަ އަކީ ފަޤީރަކަށް ވީމަ… ކައިވެނި ހުއްޓުވޭނެ އެއްވެސް ގޮތެއް ނެތުމުން މަންމައަށް ހަތަރު އުދަރެސް ފެނުޖެހުނު ފަދަ… މިކައިވެނިން ސަލާމަތްވުމަށް މަންމައަށް އެންމެ ފަހުން ވިސްނުނީ އެންމެ ގޮތެެއް… އެއީ ދަރިފުޅުގެ ބައްޕައާއެކު ފިލުން… ދަރިފުޅުގެ ބައްޕައާ އިތުރު ދެތިން ރައްޓެހިންގެ އެހީއާއެކު މަންމަ އެގެއިން އެއްރޭ ފިލީ… ހަމަ އެރޭ މަންމަ ބައްޕައާއެކު ބައްޕަގެ ރައްޓެއްސެއްގެ ރަށަށް ފުރިން… އެ ރަހުމަތްތެރިޔާގެ އެހީތެރިކަމުގައި އުޅެމުން ގޮސް ކައިވެނިވެސް ކުރީ… މަންމަ އެރަށަށް ދިޔަފަހަކުން ބޮޑުބޭބެމެންގެ އެއްވެސް ޚަބަރެއް ނުވޭ… ވަރަށް ހަނދާންވޭ އާއިލާ މަތިން… އެކަމަކުވެސް ކެތްތެރިކަމާއެކު ދުވަސްތައް ހޭދަކުރަމުން ދިޔައީ… އާއިލާ މަތިން ހަނދާންނުވާ އެންމެ ދުވަހެއްވެސް ނުދޭ… ” ނުހަނު އަސަރާއެކު އާފިޔާ އޭނަގެ މާޒީގައި ކަންތައް ހިނގާދިޔަ ކުރު ގޮތަކަށް ކިޔައިދިނެވެ. ” މަންމައަށް މާފުކުރޭ ދެކުދިންވެސް… އެދުވަސްތައް މަތިން ހަނދާންކުރުމަކީ މަންމައަށް ފަސޭހަކަމެއް ނޫން… މަންމަ ގަބޫލުކުރަން ދަރިފުޅުމެނަށް މިކަން ސިއްރުކުރުން އެއީ މަންމަގެ ވަރަށް ބޮޑު ކުށެއްކަން… މަންމައަށް މާފުކޮށްދީ… ” ރިޝްފާ އާއި ރިފްޝާގެ އަތުން ހިފާލަމުން ރޮއެފައި އާފިޔާ ބުނެލިއެވެ. އާފިޔާގެ އަޑުންވެސް އެހިތަށް ކޮށްފައިވި އަސަރު ހާމަވެގެންދެއެވެ. ރިޝްފާ އާއި ރިފްޝާއަކަށް ކެތެއްނުކުރެވުނެވެ. ދެމީހުންވެސް މާފުކޮށްފީމޭ ބުނަމުން އަވަސް އަވަހަށް އާފިޔާގެ ގައިގައި ބައްދާލިއެވެ. އެއާއެކު އެތަނުގައި ތިބި އެންމެންގެ މޫނުމަތިންވެސް ހިތްހަމަޖެހުން ފެނިގެން ދިޔައެވެ.

ސައިކަލުގައި އައިސް ނައުރީންގެ ގޭގެ ކައިރީގައި ޔޫހާން މަޑުކޮށްލިއެވެ. ސައިކަލު ޕާކުކޮށްލުމަށްފަހު ބާރު ހިނގުމުގައި ޔޫހާން އެގޭތެރެއަށް ވަނެވެ. ޔޫހާންއަށް ވުމުން ގާޑު މީހާވެސް ވަރަށް ފަސޭހަކަމާއެކު އެތެރެއަށް ވަނުމުގެ ފުރުސަތު ދިނެވެ. ޔޫހާން އެތެރެއަށް ވަންނަމުން ނައުރީންއަށް ގުޅާލިއެވެ. ނަސީބުކަން ދިމާކުރި ގޮތުން ނައުރީން ވަރަށް އަވަހަށް ފޯނަށް ޖަވާބުދިނެވެ. ނައުރީން ފޯނު ނެގުމާއެކު ޔޫހާން މިހުރީ އެގޭގައި ކަމަށާއި ކަމަކާއި ބެހޭގޮތުން ވާހަކައެއް ދައްކާލަން ބޭނުންކަމަށް ބުނެލިއެވެ. އެއާއެކު ނައުރީން އިރުކޮޅަކުން މިނިކުންނަނީ ކަމުގައި ބުނެލިއެވެ. ޔޫހާން އެންމެ ރަނގަޅު ކަމުގައި ފޯނު ކަނޑާލިއެވެ.

ނައުރީންވީ އުފަލުން ފުމެންފެށިއެވެ. އަވަސް އަވަހަށް އެނދު މަތި ރީތިކޮށްލުމަށްފަހު ޑްރެސިން ޓޭބަލް ކުރިމަތީގައި ހުއްޓިލިއެވެ. އަދި ގަދަ ރަތް ކުލައިގެ ލިޕްސްޓިކްއަކުން ތުންފަތް ފަވާލުމަށްފަހު ގަޔަށް ސެންޓު ޖަހާލަމުން ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ކޮޓަރިން ނިކުތެވެ.

ކޮޓަރީގެ ދޮރު މަތީގައި ހުރި ނައުރީން ފެނި ޔޫހާންއަށް އުނދަގޫވިއެވެ. ރަތް ކުލައިގެ ގަޔަށް ބާރު އަތްކުރު ޓޮޕްކޮޅަކާއި ކުރު ޖިންސު ސޯޓެއްގައ ހުރުމުން ޔޫހާން އޭނަގެ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. ” ހާއި… އާދޭ ރޫމްއަށް… ޑޭޑްވެސް ނޫޅޭ ގެއަކު… ” ފުޅާ ހިނިތުންވުމެއް ވެރިކުރުވަމުން ނައުރީން ބުނެލިއެވެ. ” ނޫނޭ … އޯކޭ ވާނެ މިތަނުގަވެސް… ” ޔޫހާން ވަގުތުން ދެކޮޅު ހެދިއެވެ. ” ދެން އާދެބަލަ.. ޔޫން ދޭ ރޫމްއަށް… އަހަރެން އެބައަންނަން ކޮފީއެއް ހަދައިގެން… އެހާ ދުވަސް ފަހުން އައިމް ޖެހޭނެ އެއްޗެއް ބޯލަން… އައި ވިލް ބީ ބެކް ސޫން… ” ނައުރީން އެހެން ބުނެ ބަދިގެއާއި ދިމާލަށް މިސްރާބުޖެހިއެވެ. ޔޫހާން ނައުރީން ބުނެފި ގޮތެއް ގަބޫލުނުކުރާނެތީ ނައުރީންގެ ކޮޓަރިއަށްް ވަނެވެ. ޔޫހާން ގޮސް ކޮޓަރީގެ އެއްފަރާތުގައި ހުރި ރަތްކުލައިގެ ސޯފާގައި އިށީނެވެ. ޔޫހާން އައިސް އިށީންތަނާ ސޯފާގެ ކުރިމަތީގައި ހުރި ބިއްލޫރި މޭޒު މަތީގައި އޮތް ނައުރީންގެ ފޯނު ރިންގުވާން ފެށިއެވެ. ޔޫހާންއަަށް ފޯނުގެ ސްކްރީނަށް ބަލައިލެވުނެވެ. ސްކްރީނުގައިވި ދިނާޖުގެ ނަން ފެނި ޔޫހާންގެ މޫނު މަތިން ފޫހިކަން ފެނިގެން ދިޔައެވެ. ދެފަހަރަކު ރިންގުވިއެވެ. އެހެނަސް ޔޫހާން ހަމަ އަޅާވެސް ނުލާ އިނީއެވެ. އަނެެއްކާވެސް ފޯނު ރިންގުވާން ފެށިއެވެ. އެކަމަކު މިފަހަރު ރިންގުވަމުން ދަނީ އޭނަގެ ކުރިމަތީގައި އޮތް ފޯނެެއް ނޫނެވެ. ޔޫހާން އޭނަގެ ޖީބުގައި އޮތް ފޯނު ނަގައި ބަލާއިލިއެވެ. ރިންގުވަމުން ދަނީ އޭނަގެ ފޯނެއްވެސް ނޫޫނެވެ. އަޑު އަންނަނީ އެނދުގެ އެއްފަރާތުގައި ހުރި ސައިޑް ކަބަޑާއި ދިމާލުންކަމުން ޔޫހާން ސޯފާއިން ތެދުވެ އެދިމާލަށް ހިނގައިގަތެވެ. އޭނަގެ ހިތުގައި އެކަން ބެލުމުގެ ޝައުގުވެރިކަން އޮތުމުން ސައިޑް ކަބަޑު ހުޅުވާލިއެވެ. އެއާއެކު ޔޫހާާންއަށް ރިންގުވަމުން ދިޔަ ފޯނު ފެނުނެވެ. އެފޯނަށްވެސް ގުޅަމުން ދަނީ ދިނާޖުއެވެ. ޔޫހާާން ސައިޑް ކަބަޑު ލައްޕާލުމަށްފަހު ގޮސް ސޯފާގައި އިށީންނެވެ. ސޯފާގައި އިށީންތަނާ މިފަހަރު އޭނަގެ ކުރިމަތީގައި އޮތް ނައުރީންގެ ފޯނަށް އައީ މެސެޖެކެވެ. ސްކްރީނަށް ބަލާއިލިއިރު އެއީވެސް ދިނާޖުގެ މެސެޖެކެވެ. ” ޔޫހާންގެ ޑޭޑް ކޭމް… ބީ ރެޑީ ޓު ގެޓް މެރީޑް… ” ސްކްރީނުން މެސެޖުގެ ފެނުން ތަންކޮޅު ޔޫހާން ކިޔައިލިއެވެ. އެއާއެކު އޭނަގެ ނިތައް ރޫތައް ޖަމާވިއެވެ. އިތުރަށް މެސެޖު ކިޔޭނެ ގޮތެއް ނެތެެވެ. ފޯނުގައޮ ޕާސްވޯޑް ޖަހާފައިވުމުން ޔޫހާންއަށް އެކަން ވާގޮތެއްނުވިއެވެ.

ކުއްލިއަކަށް ސޯފާއިން ތެދުވެގެން ގޮސް ޔޫހާން އޭނަ ކުރިންވެސް ހުޅުވި ކަބަޑު ހުޅުވާލިއެވެ. އަދި އޭގައި އޮތް ފޯނު ނެގިއެވެ. އެފޯނު އޮތީ ލޮކްނުކޮށް ކަމުން ޔޫހާން އެނަގައި ބަލާއިލިއެވެ. ކޯލް ލޮގް ބަލައިލިއިރު ގުޅާފައިވަނީ ހަމައެކަނި ދިނާޖުއަށެވެ. މެސެޖުވެސް ކޮށްފައިވަނީ ހަމައެކަނި ދިނާޖުއަށެވެ. ކޮންޓެކްޓްސް ބަލައިލިއިރު ސޭވްކޮށްފައި ވަނީ ހަމައެކަނި އޭނަގެ ނަމްބަރާ ދިނާޖުގެ ނަމްބަރެވެ. ޔޫހާންއަށް ހައިރާންކަން ލިބިގެން ދިޔައެވެ. ޔޫހާން ވައިބާވެސް ބަލައިލިއެވެ. އެއާއެކު އޭނައަށް ފެނުނު އެއްޗަކުން ދެބުމަ ގޮށްޖެހިގެން ދިޔައެެވެ. އެއީ އެފޯނުން ޔޫހާންއަށް ފޮނުވައިފައިވި މެސެޖުތަކެވެ. ޗެޓް ބަލައިލިއިރު ޔޫހާާންއަށް ފެނިގެން މީގެ ދުވަސްތަކެއް ކުރިން ކޮށްފައިވި މެސެޖުތަކެކެވެ. ދިނާޖުގެ އަތުތެރޭގައި އައިލީން އޮތް ފޮޓޮއެެއް ފޮނުވާފަވީއިރު ދެން ހުރީ ހުސް އައިލީން އާއި ދެކޮޅަށް ލިޔެފައިވި މެސެޖުތަކެވެ. އެމެސެޖުތައް ފެނ ޔޫހާންއަށް ހަގީގަތް ހާމަވެގެން ދިޔައެވެ. އެނާ ހުރީ ގަބޫލުކުރަން އުނދަގޫވެފައެވެ. އެހެނަސް ހެކި އެއޮތީ އޭނަގެ ކުރިމަތީ ފެންނާށެވެ. ގާތް ރައްޓެއްސެއްގެ ގޮތުގައި ދެކުނު ނައުރީން އޭނަގެ ފަސްފަހަތުން ކުރާ ކަމަކީ މިއީ ހެއްޔެވެ؟ ” މިހުރިހާ ކަމެއް މިކުރަނީ ނައުރީން… ” އަތުގައި އޮތް ފޯނުގެ ސްކްރީނަށް ބަލަހައްޓާއިގެން ހުރެ ޔޫހާން އެހެން ބުނެލިއިރު އޭނަގެ އަތް ވަނީ މުއްކެވިފައެވެ.

ދެކޮފީ މަގު ޓްރޭއަކަށް ލައިގެން އައިސް ކޮޓަރީގެ ދޮރު މަތީގައި މަޑުކޮށްލި ނައުރީންއަށް ފެނުނު މަންޒަރުން ހިފަހައްޓާއިގެން ހުރި ޓްރޭ އަތުން ދޫވިއެވެ. ޓްރޭ ވެއްޓުނު އަޑަށް ޔޫހާން ފަސްއެނބުރި ބަލާއިލިއިރު ދޮރު މަތީގައި ހުރި ނައުރީން ފެނި އިތުރަށް ރުޅިގަދަވިއެވެ. ” ޔޫން… އައި ކޭން އެކްސްޕްލެއިން… ” ހިތްއަވަސްވެފައި ހުރެ އަވަސް ހިނގުުމުގައި ގޮސް ޔޫހާންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ” އެކްސްޕްލެއިން ވަޓް ނައުރީން… ” ރުޅިއައިސްފައި ނައުރީންގެ އަތް ފޮޅުވާލަމުން ނުހަނު ބާރަށް ޔޫހާން ބުނެލިއެވެ. ޔޫހާންގެ އެއަމަލުން ނައުރީންގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ” މިހުރިހާ ކަމެއްވެސް ނައުރީން ކުރާ ކަންތައް ދޯ މީ… އަހަރެންނަށް ފޮނުވި މެސެޖުތަކާ ޕާޓީގެ އެ ހާދިސާ އާ ރެސްޓޯރެންޓަށް ދިއުމާ ކައިވެނީގެ ކަންތަކާ މިހުރިހާ ކަމެއްވެސް މީ ހަމަ ނައުރީންގެ ޕްލޭން ދޯ… އަދި ކިރިޔާ އަހަންނަށް މި ވިސްނުނީ… ހިތަށްވެސް ނާރަން ނައުރީން މިހެން ކަންތައްކޮށްފާނެ ކަމަކަށް… ” ޔޫހާާން މިފަހަރުވެސް ވާހަކަ ދެއްކީ ހިތްހަމަނުޖެފައި ހުރެއެވެ. ” ލުކް ޔޫހާން… އައި ނޯ އައިމް ރޯންގް… ބަޓް އަހަރެން އެގޮތަށް ކަންތައް ކުރީ އަހަރެންގެ ލޮއެބަށްޓަކައި… ލޯބި ހާސިލްކުުރުމަށް… އަހަރެން ލޯބި ވަނީ ޔޫހާންދެކެ… އެންމެ ފުރަތަމަ ޔޫހާން ފެނުނު ދުވަހުވެސް މިހިތުގައި ތި ސޫރަ ބިންވަޅުނެގިގެން ދިޔަ… ޔޫހާންގެ ފުރަތަމަ ފެނިލުމުން އަހަރެންގެ ހިތް ޔޫހާންއަށް ދެވުނު… އައި ލަވް ޔޫ… އައި ރިއަލީ ލަވް ޔޫ… ” ޔޫހާން އާއި ގާތަށް ޖެހިލަމުން ނައުރީން އޭނަގެ ހިތުގެ ހާލަތު ޔޫހާންއަށް އިއްވާލިއެވެ. ” ވަޓް… އައި ކާންޓް ބިލީވް ދިސް… ” ލިބުނު ހައިރާން ކަމުގައި ޔޫހާންއަށް ބުނެލެވުނެވެ. ” ޔޫހާން… އަހަރެން މިބުނީ ހަމަ ތެދަށް… އައި ލަވް ޔޫ… އަހަރެން… ” ޔޫހާންގެ މޫނަށް ބަލަހައްޓާއިގެން ހުރެ ނައުރީން ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. އެހެނަސް ވަކި ހިސާބަކުން ވާހަކަ ހުއްޓާލީ ޔޫހާން އަތުގެ އިޝާރާތުން ވާހަކަ ކުރިއަށް ނުގެންދިއުމަށް އެދުމުންނެވެ. ” އައި ޖަސްޓް ކާންޓް ބިލީވް ދިސް… އަހަރެން ނައުރީން ދެކެނީ ހަމައެކަނި ރަހުމަތްތެރިއެއްގެ ގޮތުގަ… އެފަދަ އެއްވެސް ނަޒަރަކުން ނައުރީން އާ މެދު އަހަރެން ނުދެކެން… އަހަރެންގެ އެކުވެރިކަންވެސް ނައުރީންއަކަށް މިހާރު ހައްގެއް ނޫން… އަހަރެންގެ ހިތުގަ ވަނީ ހަމައެކަނި އައިލީންގެ ނަން… އަހަރެން ލޯބިވަނީވެސް އަދި ކުރިއަށް އޮތްތާ ވާނީވެސް ހަމައެކަނި އައިލީންދެކެ… ” ރުޅި އައިސްފައިހުރެ މިހެން ބުނުމަށްފަހު ޔޫހާން ކޮޓަރިން ނިކުތެވެ.

އޭނަގެ ހިތަށް ކުރި އަސަރުން ނައުރީންއަށް ހުރި ތަނަށްް ތިރިވެވުނެވެ. ޔޫހާން ދިޔަ މަންޒަރު ބަލަން ނައުރީންއަށް އެއްވެސް ހަރަކާތެއްނެތި އިނދެވުނީއެވެ. އޭރު އެދެލޮލަށް ވަނީ ކަރުނަތައް ޖަމާވެފައެވެ. ޔޫހާން ދިއުމާއެކު ނައުރީންގެ ހިތާމަތައް ރުޅިއަށް ބަދަލުވެގެން ދިޔައެވެ. ”އައިލީން އައިލީން އައިލީން… އައި ހޭޓް ޔޫ އައިލީން… ” އައި ރުޅީގައި ނައުރީން މިހެން ކިޔައި ބާރަށް ހަޅޭއްލަވައިގަތެވެ. އަދި އިންތަނުން ތެދުވެ އޭނަ އައިސްފައި ހުރި ރުޅީގައި ކޮޓަރީގައި އެއްޗެހި އުކާ ހަލާކުކުރަމުން ދިޔައެވެ.

ޔޫހާން ބާރު ހިނގުމުގައި ނައުރީންގެ ގެއިން ނިކުމެ ސައިކަލަށް އެރިއެވެ. އެވަގުތު ޖީބުގައި އޮތް އޭނަގެ ފޯނު ރިންގުވުމުން ބަލައިލިއިރު ގުޅަމުން ދަނީ ރިފްޝާއެވެ. ފޯނު ނެގުމާއެކު ދައްކަންޖެހޭ ވަރަށް ބޮޑު ވާހަކައެއް އޮތްކަމުގައި ބުނެ މިވަގުތު ވަރަށް އަވަހަށް އެގެއަށް އައިސް ދިނުމަށް އެދުނެވެ. އެއާއެކު ޔޫހާން މިދަނީ ކަމުގައި ބުނެލުމުން ރިފްޝާ ފޯނު ކަނޑާލިއެވެ. ސައިކަލު ސްޓާޓްކުރަން އުޅެނިކޮށް އަނެެއްކާވެސް އިތުރު ފޯނު ކޯލެއް އައުމުން ޔޫހާން ފޯނަށް ޖަވާބުދިނެވެ. ” ދަރިފުޅާ… ކޮންތާކުތަ ތިއުޅެނީ… ގެއަށް އަންނާކަށް ނުވޭތަ… މިހާރު އެހެރަ ބާރަ ޖަހާ ބޮޑުވީ… ހާދަ ވަރަކަށް ގުޅާއިފީމޭ މަންމަ…” ކަންބޮޑުވެފައިހުރެ އަފީފާ ބުނެލިއެވެ. ” މަންމާ.. އަޅުގަނޑު ރަނގަޅޭ… ވަރަށް އަވަހަށް ގެއަށް ދާނަން… މިވަގުތު ވަރަށް މުހިއްމު ކަމަކު ތަނަކަށް ދާން މިދަނީ… މަންމަ ކަންބޮޑުނުވޭ… ވަރަށް އަވަހަށް ގެއަށް ދާނަން… ” ޔޫހާން މިހެން ބުނެ ފޯނު ބޭއްވިއެވެ. އަދި އަވަހަށް ސައިކަލުގައި ރިފްޝާމެންގެ ގެއަށް ދިއުމަށް މިސްރާބުޖެހިއެވެ.

ގެއަށް އައިސް ވަން ޔޫހާންގެ މޫނު މަތީގައި ވަނީ ތަފާތު އަސަރުތަކެކެވެ. ސިޓިން ރޫމުގައި ކަންބޮޑުވެފައި ތިބި އަފީފާމެނަށްވެސް ބަލާއިލުމެއްނެތި ޔޫހާން އަވަސް ހިނގުމެއްގައި އޭނަގެ ބައްޕަގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.

” ނަސީރު ހާސްނުވޭ… ޔޫހާންގެ ކައިވެނި ކުރެވޭނީ ހަމައެކަނި ނައުރީން އާ… ޔޫހާން ގަބޫލުނޫނަސް ޖެހޭނީ މިކައިވެނި ކުރަން… އައިލީންއަށް އަނބުރާ ޔޫހާންގެ ހަޔާތަށް އަންނަން ނުކެރޭ ވަރު ކޮށްފަ އަހަރެން ހުންނާނީ… މާދަމާ ކައިވެނީގެ ކަންތައްތަކާ އުޅެންވާނެ… ” ބައްޕަގެ ކޮޓަރީގެ ދޮރު މަތީގައި ހުއްޓިލުމާއެކު ޔޫހާންގެ ކަންފަތަށް އަޑުއިވިގެން ދިޔައީ އޭނަގެ ބައްޕަގެ އަޑެވެ. އެވަގުތު ރިފްޝާ ދެއްކި ހުރިހާ ވާހަކަތަކެއް ޔޫހާންގެ ސިކުނޑީގައި އެނބުރެން ފެށިއެވެ. ނަސީރުގެ ފޯނު ކޯލެއްގައި ހުރި ޔާސިރު ސިހުނީ ފަހަތުން ވަރަށް ބާރަށް އަތްތިލަބަޑި ޖަހާލި އަޑަށެވެ. ސިހިފައި ޔާސިރަށް ފަހަތަށް އެނބުރި ބަލައިލެވުނެވެ. ފަހަތުގައި ހުރި ޔޫހާން ފެނި ޔާސިރަށް ވަގުތުން ފޯނު ތިރިކޮށްލަމުން ކަނޑާލެވުނެވެ. ޔޫހާންގެ އަތްތިލަބަޑީގެ އަޑަށް އަފީފާ އާއި ޔުމާހުގެ އިތުރުން މީޝާވެސް އައެވެ. ” ވާއު ޑޭޑް… ވާއު… ހާދަ މޮޅު ޕްލޭންއެކޭ… ” އަތްތިލަބަޑި ޖަހަމުން މަލާމާތުގެ ރާގެއްގައި ޔޫހާން މިހެން ބުނެލިއެވެ. ” ޔޫހާން… ތީ ކޮން ގޮތެއް ބައްޕަ އާ ވާހަކަ ދައްކަން… ” ނުރުހުންވެފައި އަފީފާ ބުނެލިއެވެ. ” ބައްޕަގެ އަމަލުތައް މިފަދަ ގޮތަކަށް ނުދާނަމަ މިހެނެއް ވާހަކައެއް ނުދެއްކީމުސް… އެކަމަކ މިހާރު ބައްޕަގެ އަމަލުތައް ގޮސްފައިވި ހިސާބުން އަޅުގަނޑަށް މިހެން ނޫނީ ނެތް ވާހަކަ ދެއްކޭކެއް… ” ޔާސިރަށް ބަލައިލަމުން ޔޫހާން ވާހަކަ ދެއްކިއެވެ. ” ޔޫން… ބައްޕަ ކިހިނެއް ކަންތައްކުރީތަ… ” ސަބަބަކާއު ނުލާ ޔޫހާން އެހެން ވާހަކަ ނުދައްކާނެކަން އިނގޭތީ ޔުމާން އަވަސް އަވަހަށް އަހާލިއެވެ. އެއާއެކު ޔޫހާން މިހާރު އާފިޔާ މެން އައިސް އުޅޭ ކަމުގެ ޚަބަރު ދީ ޔާސިރު އައިލީންއަށް މަޖުބޫރުކުރި ގޮތުގެ ވާހަކަ ތަފްސީލުކޮށް ކިޔައިދިނެވެ. އަދި ނައުރީންގެ ވާހަކަ ވެސް މެއެވެ. ޔޫހާން އާފިޔާގެ ވާހަކަތައްވެސް ތަފްސީލުކޮށް ކިޔައިދިނެވެ. އިވުނު ވާހަކަތަކުގެ ސަބަބުން އެންމެންވެސް ތިބީ ހިމޭންވެފައެވެ. ޔޫހާންގެ ވާހަކައިގެ ތެދުކަން އެމީހުނަށް ހާމަވެގެން ދިޔައީ ފަޓުލޫނުގެ ޖީބަށް އަތް ޖަހާލައިގެން އިސްޖަހައިލައިގެން ޔާސިރު ހުރުމުންނެވެ. ޔާސިރު އޭނަގެ ދިފާއުގައި އެއްވެސް އެއްޗެކޭ ނުބުނެއެވެ.

” ބައްޕަައަށް އެނގޭތަ ބައްޕަަށް ތިކުރެވުނީ ކިހާ ވަރެއްގެ ކަމެއްކަން… ކިތައް މީހުންގެ ދިރިއުޅުން ނަގާލަން ބައްޕަ ތިނިންމީ… ބައްޕަ ކުރިންވެސް ހެދި މިސްޓޭކް މިހާރުވެސް ތި ތަކުރާރު ކުރަނީ… ބައްޕަ އާ ކާފަގެ ނިންމުމުގެ ސަބަބުން ބޮޑުދައިތަގެ ދިރިއުޅުން ހަލާކުވެގެން ދިޔައީ… ދެން މިއަދު އަނެެއްކާ ތިއުޅެނީ ބައްޕަގެ އަމިއްލަ ދަރިފުޅުގެ ދިރިއުޅުން ހަލާާކުކޮށްލަން… މާޒީގައި ބައްޕަގެ އެ ނިންމުމުގެ ސަބަބުން ބޮޑުދައިތަ ބައްޕަމެންގެ ދިރިއުޅުމާ ވަކިވީ… މިއަދު ބައްޕަގެ ތިނިންމުމުގެ ސަބަބުން އަޅުގަނޑު ބައްޕަގެ ދިރިއުޅުމުން ވަކިވާނީ… ބައްޕަގެ ނުރުހުމުގަވިޔަސް އަޅުގަނޑު އައިލީން އާ ކައިވެނިކުރާނަން… އިންޝާ ﷲ… ” ނުހަނު އަސަރާއެކު ޔޫހާން އެހެން ބުނުމަށްފަހު އިތުރު އެއްޗެކޭ ބުނާނެ ފުރުސަތެއް ނުދީ ކޮޓަރި ދިޔައެވެ. ލޮލަށް ޖަމާވި ކަރުނަތަކުން ޔޫހާންގެ ހިތަށް ވަރަށް އަސަރުކުރިކަން ހާމަވެއެވެ.

ކޮޓަރިއަަށް ވަދުމަށްފަހު ޔޫހާން ފާޚާނާއަށް ވަދެ ފެންވަރާލިއެވެ. އޭނަ ހުރީ ރުޅި އާއި އެއްވަރަށް ދެރަވެސް ވެފައެވެ. ނަފްސު ހަމައަކަށް އަޅުވާލުމަށް އެންމެ ރަނގަޅު ކަމަކަށް ޔޫހާންއަށް އެވަގުތު ވިސްނުނީ ފެންވަރާލުމަށެވެ. ބައްޕަ އެފަދަ ދަށު ދަރަޖައަކަށް ވެއްޓިދާނެކަމަށް ޔޫހާން ހިތަށްވެސް ނާރައެވެ. ފެންވަރާ ލައިގެން އައިސް ޔޫހާން އެނދުގައި އޮށޯތެވެ. ” ސޫން އައި ވިލް މޭކް ޔޫ މައިން އައިލީ… ” އަމިއްލަ ނަފްސަށް އަޑުއިވޭ ވަރަށް އެހެން ބުނެލުމަށްފަހު ޔޫހާން ނިދާލުމުގެ ބޭނުމުގައި ދެލޯ މަރާލިއެވެ.

ހެނދުނު އައިލީންއަށް ހޭލެވުނީ ރިފްޝާ ގޮވުމުންނެވެ. އޭރު ގަޑިން ނުވައެއް ޖަހަނީއެވެ. ވަރަށް އުނދަގުލުން އައިލީން ދެލޯ ހުޅުވާލިއެވެ. ރޭގައި އެހާ ވަރަށް ރުއިމުގެ ސަބަބުން ދެލޮލުގައި ރިހުމެއް އެކުލެވިފައިވިއެވެ. ބޮލުގައިވެސް ކުޑަ ރިހުމެއް އެކުލެވިފައިވުމުން އައިލީންއަށް ބޮލުގައި އެއްއަތުން ހިފަހައްޓާލެވުނެވެ. އޭނާ މަޑުމަޑުން ތެދުވެ އެނދުގެ ހެޑް ބޯޑުގައި ލެނގިލުމަށްފަހު ވަށާއިގެން ނަޒަރު ހިންގާލިއެވެ. އެއާއެކު ރޭގަ އޭނައަށް ނިދުނީ އެއްޗެހިވެސް ބަދަލުނުކޮށްކަން އެނގުނެވެ. އައިލީންއަށް ރޭގެ މަންޒަރުތައް ވަކިވަކިން ސިފަވާން ފެށިއެވެ. އެއާއެކު އެދެލޯ ކަރުނައިން ފުރުނެވެ. ” ކީއްވެ ރޭގަ ތިދެމީހުން ދޮގު ހެދީ… ޔޫހާން އާ ބައްދަލުކުރަން ބޭނުންނުވާއިރުވެސް ކީއްވެތަ އެގޮތަށް ކަންތައް ކުރީ… ” ޝަކުވާއިން ފުރިގެންވީ ބެލުމަކުން ރިފްޝާ އާއި ޝައުނާއަށް ބަލައިލަމުން އައިލީން ބުނެލިއެވެ. ” އައިލީ އެއްޗެހި ކިޔާނެ ވަރަކަށް އެއްޗެހި ކިޔަސް ހެޔޮ ފަހުން… އެކަމަކު މިގަޑިއަކު ނޫން… އަވަހަށް ތެދުވެ ފްރެޝްވެގެން މި ޖޫސްތައްޓާއެކު މި ތިން ސޭންޑްވިޗް ކާލައިގެން ނިކުމޭ… ރޭގަ ރަނގަޅަށް ނުވެސް ކަމެއްނު… އަހަރެމެން މިތިބީ ސިޓިންރޫމުގަ އައިލީގެ އިންތިޒާރުގަ… ” ޝައުނާ މިހެން ބުނެލުމަށްފަހު ރިފްޝާ އާއި ދެމީހުން ކޮޓަރިން ނިކުތެވެ. އައިލީން ސުވާލު އުފެދިފައި ހުރެ ފެންވަރާލުމަށް ފާޚާނާއަށް ވަނެވެ. ފެންވަރާ ތައްޔާރުވެގެން ޝައުނާ ގެނައި ޖޫސްތައްޓާއެކު ދެ ސޭންޑްވިޗް ކާލިއެވެ. އެއްވެސް ޚިޔާލެއް ފިކުރެެއްނެތި ސިޓިންރޫމަަށް ނިކުން އައިލީންއަށް ހައިރާންކަން ލިބިގެން ދިޔައީ ކުރިމަތިން ފެނުނު މަންޒަރުންނެވެ.

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ހަމަލޯތްބޭވެވެނީ….

Next

ދުޢާ 25

Next
October 10, 2018

ދުޢާ 25

Previews
October 10, 2018

ހަމަލޯތްބޭވެވެނީ….

19 Comments!

  1. Ifoo ifoo says:
    October 10, 2018 at 5:58 pm

    Salaam dear readers ❤️❤️❤️???… Here is the next part ???… It’s 3900 words ???… Hope all will like this part too ???… Thankyou so much all ifoo ah thidhey support ah ❤️❤️❤️????????????… Love you my dear readers ❤️❤️❤️??????…

  2. Lara says:
    October 10, 2018 at 6:31 pm

    Ifoo,
    Obviously I like this part. Actually not like. I love this. i have been reading this from the beginning. And I have noticed you improving really well. This part was absolutely fascinating. You really have the talent. Go for it. You would turn out be be one of the best writers. Insha Allah. I never commented on this story. But today’s part was so good I couldn’t hold myself without praising you. So yeah, I wish you all the very best with your writing and life. Bless you. <3
    A reader who's very fond of you
    X

  3. Unkown says:
    October 10, 2018 at 7:13 pm

    Wow … speachless

  4. Rani says:
    October 10, 2018 at 7:33 pm

    V foohi reason eh yoohan ge bappa e dhekee…. Lha kudhin gaboolu kuraa kahala vahaka…

  5. Thaashaa says:
    October 10, 2018 at 8:30 pm

    Wow nice vvvvvv reethi mi part so nimeneedhow????❤❤❤❤❤?????

  6. ❤️❤️ says:
    October 10, 2018 at 8:35 pm

    Oh no!!! Alhey haadha curious hisaabakunney thi ninmaaly…I think Yoon ge family hen ehthaa hunnaany dhw ifoo dear…???????this part owww I love it ..????bt Yoon ge dad thankolheh interested reason eh dhehki Nama ….bt mi reason vex kada eh noon…stry Hama awesome as usual…?????????????????❤️❤️❤️ I’m speechless …bunaane ehcheh hithakahvex naara…haadha loabi a mi stry…bt dhn mi story nimuny vrh miss vaane…dear thi plan kurany mi myhunge marry kuraa thanun ninmaalan tha…alhe ehn nuhadhaathi igey…❤️❤️❤️❤️??????????whn is next part…

  7. mar-hath says:
    October 10, 2018 at 10:29 pm

    i don’t want this story to end soon..ehaaves reethi..waiting for the next part..keep up the good work…

  8. Naju says:
    October 10, 2018 at 10:31 pm

    ᗩᒪᕼEY IᖴOO ᕼᗩᗩᗪᕼᗩ ᔕᗩᒪᕼI EY ᗰI ᑭᗩᖇTᐯ᙭ ?????.. I ᒪOᐯE IT ????? .. TᕼᑎK᙭ IᑎGEY ᗰI ᑭᗩᖇT ᗪᕼIGᑌKOᕼ GEᑎEᔕᗪᕼIᑎYᗰᗩ ????? .. ᔕTOᖇY ᕼᗩᗩᗪᕼᗩ ᕼᗩᗩᗪᕼᗩ ᖇEEᕼᑕᕼEY ᗪEᗩᖇ ????? .. ᒍᑌᗰᑌᒪᗩTᕼᗩᕼ ᗩTᕼᑌᖇᗩᗩᒪᗩᗩᖴᗩ ᕼᑌᖇIGOII ᐯ ᐯ᙭ ᖇEETᕼI ????? .. ᗩᒪᕼEY ᔕTOᖇY ᑎIᗰEᑎY ᗪᕼᗯ ᐯ ᔕᗩᗪ ᐯEᖇY EᕼᑎᐯE unmeedhu Kᑌᖇᗩᑎ Eᕼᑎ ᔕTOᖇY Eᕼ KIYᗩᗩᒪᗩᑎ ᐯ ᗩᐯᗩᕼᗩᕼ ᒪIᗷEYᑎE Kᗩᗰᗩᕼ IᖴOO GE ?????.. ᑌᖇ ᗰY ᖴᗩᐯOᑌᖇITE IᑎGEY ????? .. KEEᑭ ᑌᑭ TᕼE GOOᗪ ᗯOᖇK ᗪEᗩᖇ ????? … ᑕᑌᖇIOᑌᔕᒪY ᗯᗩITIᑎG 4 TᕼE ᑎE᙭T ????? … ᗰᑌᑕᕼ ᒪOᐯEᔕ ᖴᖇOᗰ ᑎᗩᒍᑌ ??????????????????????❤️❤️❤️❤️???????????????????????????????????????????

  9. Mal says:
    October 11, 2018 at 9:49 am

    Ifoo. You are so good.. haadha Asaru gadhaeyy… rovihjje Hamas rangalhah ves.. you have a really good skills of writing… mal ves mi vaahakaa ge inthizaaruga hunnan loabin.. love you.

  10. Mixuhan says:
    October 11, 2018 at 1:00 pm

    When is the next part ifooo …?? Kiyaahithun keii madhuvefa mihunnany …. Avahah upkhla dhehchey …

  11. Sharyn says:
    October 13, 2018 at 11:21 am

    Amazing ifooo wooo wooo ❤️❤️ comments Koh nuleveni but your story is best ❤️❤️❤️ whish you all the best ❤️❤️❤️

  12. Unknown says:
    October 13, 2018 at 3:52 pm

    Ifoo whn next part .. v wait kurevey mi story ah

  13. Livy says:
    October 13, 2018 at 9:12 pm

    Ifooo loabyyy ! ❤❤❤❤???????????? Its been so long dho livy comment kolli thaa.. Hama exams vyma neyvaalaane vagutheh ves nuvey ?????? But mi part kiyaalaifin hama up kolli thanaa hen.. ???? Haadha curious thankolhakunney nimmaaly thi.. ?? Alhey yoon aissa ailee ehaa bodu sacrifice eh kuryma bahdhaalaany kanneynge dhww ??❤❤ Yoon bappa ves haadha goahey dhen ehen nuvaane ehnu hadhaakah alhe ?? Varah varah loabi hurihaa kameh ves sifa kohdhyfa huri leh ☺☺????? Ekam emme dhera vany story nimey thy ???? Gonna miss you dear ????❣❣???? Lots of love and blessings ❤❤??????????????????

  14. Ifoo ifoo says:
    October 13, 2018 at 9:57 pm

    Dear readers I’m sick ???… Ifoo rogaa jehigen miulheny ???… Dhn othy story ge last part… In Sha Allah Monday night ga up kohdheynan… I will try my best… Story lasvamun dhaathy hurihaa kiyuntheringe kibain ifoo maafah edhen… I’m sorry my dear readers… Thankyou so much all for the love n support ❤️❤️❤️??????…

    1. Maayu says:
      October 14, 2018 at 9:33 am

      Alhe get well soon ifooo…???❤❤❤….. vaahaka ah v inthizaaru kurevey….

    2. Naju says:
      October 14, 2018 at 10:41 am

      Gws dear ???

  15. ❤️❤️ says:
    October 13, 2018 at 11:07 pm

    It’s ok ifoo dear….knmea myhakuvex Bali vaane…nd don’t be sry for that..i understand….stry ge ehn part thakahvex inthixaaru kurynu dhn kyhve mipart ah nukureven v….I will wait ….nd GWS dear..????

  16. Naju says:
    October 14, 2018 at 10:41 am

    Gws dear ???

  17. Sharyn says:
    October 14, 2018 at 5:23 pm

    Ifoo adhi vs mikahala loabi vaahaka eh liyahchey plx dhn mivaahka nimuneema nuvadhevyne esfiya story kiyan ?? ifooo adhi eh story up kohba

Comments are closed.

Next Episodeއިންތިޒާރުގައި ހުންނަމޭ ލޯބިން 49 ( ފަހުބައި )←


All Right Reserved!