ގެއަށް ވަދެ އެންމެ ފުރަތަމަވެސް އައިލީން މިސްރާބު ޖެހީ ކޮޓަރިއަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް ކޮޓަރީގައި ދެކޮޅަށް ދެކޮޅަށް ހިނގަ ހިނގައިހުރި ޝައުނާގެ ހަރާކާތްތަކަށް ހުއްޓުމެއް އައެވެ. އައިލީންގެ ރޮއެރޮއެ ރަތްވެފައިވި ދެ ލޯ ފެނި ޝައުނާ އާއި ރިފްޝާއަށް އައިލީންގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރެވުނީއެވެ. ”ޝައު… ތެންކްޔޫ ސޯ މަޗް… ވަރަށް ބޮޑަށް ތޭންކްސް… އެންމެ މުހިއްމު ވަގުތު ޝައު ޔައި ގާތު ޔޫހާންއަށް ގުޅަން ތި ބުނީ… މިހާރު ހުރިހާ ކަމެއްވެސް […]
ޔޫހާން ދެ ލޯ މަރާލަމުން އިތުރަށް އައިލީން އޭނަގެ މެޔާއިލާ ބޮނޑިކޮށްލިއެވެ. އައިލީން ގިސްލަ ގިސްލާފައި ރޮމުން ދިޔަ ގޮތުން ޔޫހާންގެ ހިތަށް ދިޔައީ ވަރަށް އަސަރުކުރަމުންނެވެ. ” ޔޫހާން… އައިމް… އައިމް ސޮރީ… އަހަރެން… އަހަރެން ހުރީ ޔޫހާން ގާތު… ހުރިހާ… ހުރިހާ ވާހަކައްވެސް ބުނަން… އެކަމަކު… އެކަމަކު ދިނާޖު… ދިނާޖު ބުނީ ޔޫހާން ގާތު… އޮޅުވައިލައިގެން ވާހަކަތައް ދައްކާނަމޯ… އޭނަ ގުޅީމަ ފޯނުވެސް ނަގަންޖެހޭނެ އޭ ދިނާޖު… ބުނި… އެހެންނޫނީ އޭނަ ޔޫހާން ގާތު […]
އެވަގުތު ކާރު ދުއްވަން އިން ޔޫހާންއަށްވެސް އައިލީންއަށް ބަލާލެވުނެވެ. އައިލީންގެ އެ ސާފު ދެ ލޮލުން އެއީ ތެދުކަން ހާމަވެެގެން ދެއެވެ. އެ ރީތި ދެލޮލުގައި އޭރު ކަރުނައިގެ ތެތްކަމެއްވެއެވެ. ޔޫހާންއަށް އޭނަގެ އަމިއްލަ ނަފްސު ކުއްވެރިކުރެވުނެވެ. އައިލީން އެވާހަކަ ސިއްރުކުރީ އޭނައަށްޓަކައެވެ. އޭނަގެ ކުރިއެރުމަށްޓަކައެވެ. ބަދަލުގައި އޭނަ ކަންތައް ކުރީ ކިހިނެއް ހެއްޔެވެ؟ އައިލީން ހިތުގައި ޖައްސާ ރޮއްވީއެވެ. އެންމެ ކުޑަ މިނުން އައިލީން ދެއްކި ވާހަކަތައްވެސް އަޑު އެހީކީ ނޫނެވެ. އައިލީންއަށް އަވަސް ނަޒަރެއްް […]
ފޯނުގެ ސްކްރީނަށް އަރާފައިވި ޔޫހާންގެ ނަން ފެނުމާއެކު އައިލީންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އައިލީން އަވަސް އަވަހަށް ފޯނު ނަގައި ހަލޯ އޭ ބުނެލިއެވެ. ” ހަލޯ އައިލީ… ފާޚާނާއިގަ ފްރެޝްވެލަން އުޅުނީމަ އޭރު ފޯނު ނުނެގުނީ… ” އައިލީން ހަލޯ އޭ ބުނެލުމުން ޔޫހާން ވާހަކަ ދެއްކިއެވެ. ” އިޓްސް އޯކޭ… ޔޫހާން… ވާހަކައެއް ދައްކަން ބޭނުން… ”އައިލީން ޖެހިލުންވެފައި ހުރެވެސް ބުނެލިއެވެ. ” އައިލީ… ތިވާހަކަ ދައްކާނީ ފަހުން ދޯ… މިރޭ މާ ލަސްވެއްޖެ… […]
ޔޫހާން އެއްޗެކޭ ބުނަން އުޅެފައިވެސް ހުއްޓުނީ މޭޒު މަތީގައި އޮތް އޭނަގެ ފޯނު ރިންގުވާ އަޑަށެވެ. ފޯނުގެ ސްކްރީނަށް ބަލައިލިއިރު ގުޅަމުން ދަނީ ނައުރީންއެވެ. ” ޔޫން… ވަރަށް އިންޕޯޓެންޓް ވާހަކައެއް ބުނަން މި ގުޅީ… މާދަމާ ރޭ އެއިޓް ތާޓީގަ އަހަރެން ގޭގައި އޮންނާނެ ކުޑަ ޕާޓީއެއް… ފްރެންޑްސް އާއެކު އެންޖޯއި ކޮށްލަން ހަމަ… އަސްލު މިފަހަރު އައިފަހުން ގިނަ ފްރެންޑްސް އާ ރަނގަޅަށް މީޓްވެސް ނުވޭ… ސޯ އައި ޖަސްޓް ވޯންޓް ޓު މީޓް […]
” ކޮންމެ ގޮތެއް ވިޔަސް އަހަރެން ޔޫހާން އާ އައިލީން ދުރުކުރާނަން… އެން ޓު މޭކް ދެމް ސެޕެރޭޓް… އައި ހޭވް އަ ނިއު ޕްލޭން… އެ ޕްލޭންއަށް ފަހު ޔޫހާން އައިލީންގެ ސޫރަވެސް ދެކެން ބޭނުމެއް ނުވާާނެ… ހަހަހަ… ” ދިނާޖުއަށް ބަލަހައްޓައިގެން ހުރެ ނައުރީން އެހެން ބުނެލިއިރު އޭނަގެ ތުންފަތުގައި ވަނީ މަކަރުވެރި ވިހަ ހިނިތުންވުމެކެވެ. އެ މަންޒަރު ފެނި ދިނާޖުގެ ތުންފަތުގައިވެސް އެފަދަ ހިނިތުންވުމެއް ވެރިވިއެވެ. އެގޮތުގައި އެތައް އިރަކު އެމީހުންގެ ޕްލޭން […]
ޔޫހާން އެހުރި ގޮތަށް ދެ ޖީބަށް އަތް ޖަހައިލައިގެން ދުރު ބަލަހައްޓައިގެން ހުއްޓެވެ. ޔޫހާންގެ އެ ދުރުކަން ފެނި އައިލީންގެ ދެ ލޮލަށް ވަގުތުން ކަރުނަ ޖަމާވިއެވެ. ” ޔޫހާން… ކިހިނެއް ވީ… ކަމަކާ ހިތްހަމަނުޖެހިފަތަ… މިހާ ދުވަސް ފަހުން ދިމާވީމަވެސް ހަގްވެސް ނުކޮށްލާނަންތަ…” ލޮލަށް ޖަމާވި ކަރުނަތައް ހިންދާލަން މަސައްކަތްކުރަމުން އައިލީން ބުނެލިއެވެ. ދެންވެސް އެ ހުރި ގޮތަށް އެއްވެސް އެއްޗެއް ބުނުމެއްނެތި ޔޫހާން ހުރީއެވެ. ޔޫހާން އެގޮތަށް އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން އައިލީންގެ […]
މަންޒަރު ބަލަން އިން ނައުރީންގެ ތުންފަތުގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ” ލެޓްސް ގޯ ނައު… ” ޔޫހާން މިހެން ބުނެ ނައުރީން ބުނާނެ އެއްޗަކަށް ބެލުމެއްނެތި ގޮނޑިން ތެދުވެ އެތަނުން ނިކުންނަން ހިނގައިގަތެވެ. ނައުރީން އަވަސް އަވަހަށް ފައިސާ ދެއްކުމަށްފަހު ޔޫހާންގެ ގާތަށް ދިއުމަށް ހިނގައިގަތެވެ. ” ޔޫން… ވަޓް ހެޕެން… މާ އަވަސް އަވަހަށް ކިހިނެއްވެ ތި ނިކުތީ… ޑްރިންކްވެސް ހުސްނުކޮށް… ” ބޭރުގައި ހުރި ޔޫހާންގެ ކުރިމަތީ އައިސް ހުއްޓެމުން ނައުރީން ބުނެލިއެވެ. […]
އެފަދަ ޚިޔާލުތަކަށް ގެއްލިފައި އިން ޔޫހާން ސިހުނީ އައިހަމް އޭނައަށް ގޮވާލުމުންނެވެ. ”ޔޫން… އާރް ޔޫ ލިސެނިން… ދޮންބެ މިހާރު ދެތިން ފަހަރު ގޮވާލައިފިން… ” އައިހަމް އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ” މީ ދޮންބޭ… ދޮންބެ ނުގުޅަންތަ މިރޭ އައިލީއަކަށް… އައިލީ ބުނިހެން ހީވި މިރޭ ދޮންބެ ގުޅިޔޭ… ފަހަރެއްގަ ވެދާނެ ހީވި ގޮތެއް ކަމަށްވެސް… ހެހެހެ… ” ރަނގަޅަށް އޮޅުންފިލުވަން ބޭނުންވާތީ ޔޫހާން އަހާލިއެވެ. ” އާނ… ދޮންބެ ނުގުޅަން މިރެއަކު… ތިވާނީ ހީވި […]