ރިފްޝާ މަޑުމައިތިރިކަމާއެކު ޝައުނާ ދެއްކި ވާހަކަތަކާއިމެދު ވިސްނަން ހުއްޓެވެ. ” ރިފޫ… ދެން ދޭ އައިލީ ގާތު ސޮރީ އޭ ބުނަން… އައިލީ ވަރަށް ދެރަވެފަ ހުންނާނީ ރިފޫ އެހެން ރުޅި އައިއްސަ ވާހަކަ ދެއްކީމަ… ” ރިފްޝާގެ ކޮނޑު މަތީގައި އަތް ބާއްވާލަމުން ޝައުނާ ބުނެލިއެވެ. ”ނޯ… ނުބުނާން ސޮރީ އެކޭ… އައިލީ އެއްނު އަހަރެމެނާ ޑިސްކަސްވެސް ކޮށްނުލާ ޑިޒިޝަން ނެގީ… ކޮންމެ ގޮތެއްްވިޔަސް އައިލީ ޔޫންއަށް އެހެން ހާޓްކޮށްގެން ނުވާނެ… އައިލީއަށް ވިޔަސް މިފަހަރު […]
ބެލްކަނީގެ ދޮރު ކައިރީގައި މަންޒަރު ބަލަން ހުރި ރިފްޝާ އާއި ޝައުނާވެސް ހުރީ ހައިރާންވެފައެވެ. ދުވަހަކުވެސް އައިލީންގެ ފަރާތުން ނުފެންނަ ފަދަ ސިފައެއް ފެނިގެން ދިޔުމުން ދެމީހުންވެސް ތިބީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ” ޔޫން… އާރް ޔޫ އޯކޭ… ” ރިފްޝާ ގޮސް ޔޫހާންގެ ކޮނޑުގައި އަތް ބާއްވާލަމުން އެހެން ބުނުމާއެކު ޔޫހާންއަށް ސިހިފައި ބަލާއިލެވުނެވެ. އޭނާ އަދިވެސް ހުރީ ގަބޫލުކުރަން ދަތިވެފައެވެ. އައިލީން އޭނައަށް އެހެން ހަދާފާނެކަމަކަށް ޔޫހާންއަށް އެއްވެސް ވަރަކަށް ގަބޫލެއްނުކުރެއެވެ. އޭނައަށް […]
އައިލީން ތީ ކާކުތޯ ސުވާލުކުރުމާއެކު އެކޮޅުން ދިން ޖަވާބުން އައިލީން ލާއުޅުނު ނޭވާވެސް ހީވީ ތާށިވީހެންނެވެ. ވަގުތުން އޭނަގެ ހަރަކާތްތައް ހުއްޓުނެވެ. ހިތް ނުތަނަވަސްވެރިކަމުން ވަށާލިއެވެ. ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ. އެކޮޅުން އެމީހަކު ބުނަން ބޭނުންވި އެއްޗެއް ބުނުމަށްފަހު ފޯނު ކަނޑާލިއެވެ. އޭރުވެސް އައިލީން އެހުރި ގޮތަށް ހުއްޓެވެ. އޭނައަށް ހަދަންވީ ކިހިނެއް ކަމެއް ނޭނގިފައެވެ. އެމީހަކު އެބުނި ތަނަކަށް ދާންވީބާއެވެ؟ ވިސްނި ވަރަކަށް ސިކުނޑިއަށް ބާރުކުރަމުން ދިޔައެވެ. އެންމެ ފަހުން އައިލީން އެމީހަކު އެބުނި […]
އެކަކު އަނެކަކުގެ ގައިގައި ބައްދާލައިގެން ތިބި ގޮތުން ދެހިތުގައިވެސް އެކަކު އަނެކަކަށްޓަކައިވާ ލޯބި ހާމަކޮށްދެމުން ދިޔައެވެ. ޔޫހާން މަޑުމަޑުން އައިލީން އޭނަގެ ގަޔާއި ދުރުކޮށްލިއެވެ. ”އައިލީ… ނޯ މޭޓާ ވަޓް ހެޕެން، ޔޫ ވޮންޓް ލީވް މީ… އޯކޭ… އަހަރެމެން ދެމީހުން އެކުގަ ތިބިއްޔާ މިކަމުގެ ހައްލުވެސް ލިބޭނެ އިންޝާ ﷲ އަދި… އައި ވިލް ސޯލްވް ދަ ޕްރޮބްލެމް އިންޝާ ﷲ… ދުވަހަކުވެސް އައިލީ ނޫން އެހެން ކުއްޖަކަށް އަހަރެންގެ ހިތުންވެސް އަދި ދިރިއުޅުމުންވެސް ޖާގައެއް […]
ހިތުގެ ހިނގުން އަވަސްވެ އަތް ފައި ފިނިވިކަމުގެ އިހުސާސެއް އައިލީންއަށް ކުރެވުނެވެ. ޔޫހާން އައިލީންގެ ދަތްދޮޅީގައި ހިފައި ކައިރިކޮށްލި ވަގުތު އައިލީންއަށް ބޭއިހްތިޔާރުގައި ދެލޯ މަރާލެވުނެވެ. އެއާއެކު ޔޫހާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ޔޫހާން ނުހަނު ލޮއެބާއެކު މަޑުމަޑުން އައިލީންގެ އެރީތި ދެލޮލުގައި ބޮސްދިނެވެ. އެހިނދު އައިލީންގެ ތުންފަތަށްވެސް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ” ޔޫ ހޭވް ބިއުޓިފުލް އައިސް… ” އައިލީން އާއި ދުރުވެލުމަށްފަހު އެ ރީތި ދެލޮލަށް ނަޒަރު ހުއްޓާލަމުން ޔޫހާާން ބުނެލިއެވެ. […]
ސައިޑް ކަބަޑު މަތީގައި އިން ސޯނާ ގަޑިން އެލާމްވާ އަޑަށް ނިދާފައި އޮތް ޔޫހާންއަށް ހޭލެވުނެވެ. އޭނާ ސޯނާ ގަޑި އޮފްކޮށްލުމަށްފަހު ކަންނެއްކަމާއެކު ދެލޯ ހުޅުވާލަމުން މޯޅިއަކަށް ދެމިލިއެވެ. އެނދުން ތެދުވެ ފެންވަރާ ތާޒާވެލުމަށްފަހު ޔޫހާން ފާޚާނާއަށް ވަނެވެ. ފެންވަރާއިގެން ނިކުމެ އަލަމާރިން މުށި ކުލައިގެ އަތް ކުރު ޓީޝާޓަކާއި ކަޅު ކުލައިގެ ސްކިނީއެއް ލިއެވެ. ފަތިހުގެ މި ވަގުތުގައިވެސް ޔޫހާންގެ މޫނު މަތިން ފެންނަމުން ދަނީ ތާޒާކަމެވެ. ޑްރެސިން ޓޭބަލް ކުރިމަތީގައި އިސްތަށިގަނޑު ސްޓައިލްކުރަން ހުއްޓާ […]
” އައި ނިއު އިޓް ޑޭޑް… އަޅުގަނޑަށް އޭރުވެސް އެނގޭ ޑޭޑް އަޅުގަނޑު ބުނާ ކަމެއް ކޮށްދޭނެކަން… އަޅުގަނޑުގެ އުފަލަށްޓަކައި ކޮންމެ ކަމެއް ކުރަންވެސް ޑޭޑް ފަސްނުޖެހޭނެކަން… ” ނައުރީން އޭނަގެ ބައްޕަގެ ގައިން ދޫކޮށްލުމަށްފަހު ހިނިތުންވެފައިހުރެ ނަސީރުގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. އޭއާއެކު ނަސީރުވެސް ހިނިތުންވެލަމުން ނައުރީންގެ ކޮލުގައި ފިރުމާލިއެވެ. އަދި ނައުރީންގެ އުފަލަށްޓަކައި ކޮންމެ ކަމެއް ކުރަންވެސް ތައްޔާރަށް ހުރި ކަމުގައި ބުނެލިއެވެ. ނަސީރު އެހެން ބުނުމާއެކު ނައުރީންގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައެެވެ. […]
އައިލީންގެ ހިތް ތެޅެމުން ދިޔައީ ގާތުގައި ހުރި ޔޫހާންއަށްވެސް އަޑު އިވޭނެހާާ ބާރަށެވެ. އައިލީން ޔޫހާންގެ މޭގައި އަތް އަޅާ ކޮށްޕާލުމަށްފަހު އަވަހަށް ދާން ހިނގައިގަތެވެ. އެހެނަސް ކުރިއަށް އެންމެ ފިޔަވަޅެއް އެޅިތަނާ ޔޫހާން ފަހަތުން އޭނަގެ އަތުގައި ހިފާ ބާރަށް ދަމާލިއެވެ. އެއާއެކު އައިލީން ގޮސް ޖެހުނީ ޔޫހާންގެ ގައިގައެވެ. އައިލީން އޭނަގެ ހަށިގަނޑުގައި އައިސް ޖެހުމާއެކު ޔޫހާން އޭނަގެ ދެއަތުން އައިލީންގެ ބަނޑުގައި ފަހަތުން ވަށާލިއެވެ. އެއާއެކު ކުރުވި އިހުސާސަކުން އައިލީންއަށް ޔޫހާންގެ އަތުގައި […]
ނައުރީން އޭނަގެ ފޯނު ނަގައި ދިނާޖުގެ ނަމްބަރަށް ޑައިލްކޮށްލިއެވެ. ” ހެލޯ ދިނާޖު… އައި ހޭވް އަ ނިއު ޕްލޭން… ” ދިނާޖު ފޯނު ނެގުމާއެކު ނައުރީން ވަރަށް ފޯރީގައި ބުނެލިއެވެ. ”ރިއަލީ… ވަޓްސް ދަ ޕްލޭން… ” ދިނާޖުވެސް އަވަސް އަވަހަށް އަހާލިއެވެ. އެކަމަށް އޭނަ ގަޔާވެފައި ހުރިވަރު ދިނާޖުގެ އަޑުންވެސް އިނގިގެން ދެއެވެ. ދިނާޖު ޕްލޭން އަކީ ކޮބާތޯ ސުވާލުކުރުމުން ނައުރީން އޭނަގެ ޕްލޭން ހިއްސާކުރިއެވެ. ” ވާއު ނައު… ސުޕާބް… އައިމް ޝުއާ […]